“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ. “ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ. “ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު […]
މަދު އެކަށްޗެއްވެސް ނެތެވެ. އެކަމަކުވެސް ފަޅުކަން އެހިތަށް ވެރިވިއެވެ. އޭނާގެ ދިރިއުޅުން އުޖާލާކުރަން ދެން ކުރާނީ ކޮންކަމެއްބާއެވެ. “ބެންބޭ….” ހަނާ އައިސް އެކޮޓަރި ދޮރުގައި ޓަކި ޖެހީ މިކަހަލަ މައްސުނި ހިޔާލު ތަކުން އަޔާޒުގެ ބޯ ބަރުވެފައި އޮއްވައެވެ. މަޑުމަޑުން ގޮސް އަޔާޒު ދޮރު ހުޅުވާލިއިރު ހަނާ ތަށިބަރިއެއް ހިފައިގެން އައިސް ހުއްޓެވެ. “މިއައީ ބެންބެއާއެކީ ސއިބޯން…” ހަނާ އަދިވެސް އޭނާއާ މުހާތަބްކުރަނީ ބެންބެ ކިޔައިގެންނެވެ. ހާލަތަށް ހޭނިފައިވިޔަސް އެމީހުން އެންމެންގެ ހިތުގައިވެސް ރީމާގެ ނަން ކުލަގަދަކޮށް ފެވިފައި […]
ދެމީހުންނަށް އެތަނަށް ދެވުނު އިރު މިއުވާން މެހުމާނުންނަށް މަރުހަބާ ކިޔުމުގައި އުޅުނެވެ. ދެމީހުން އެކުގައި މިއުވާން ކައިރިއަށް ދާން މިސްރާބު ޖެހިއެވެ. އެހިސާބަށް ނުދެވުނީސް ލެއްޕެމުން ދިޔަ އިމާރާތުގެ ލިފްޓުގެ ތެރެއިން ކާއިންއަށް ދަންނަ މޫނެއް ފެނުނެވެ. އެހެންކަމުން އަޝްވާ ކައިރީ މި އަންނަނީ އޭ ބުނެ ބާރު ހިނގުމެއްގައި ކާއިން އެދިމާލަށް ހިނގައިގަތެވެ. ކާއިން ދާން ހިނގައިގަތުމުން އަޝްވާ ކާއިންއާއި ދިމާލަށް އަތް ދިއްކޮށްލީ ކާއިން ކައިރީ ނުދިޔުމަށް ބުނުމަށެވެ. އެހެންނަމަވެސް ކާއިން ދިޔަ ބާރުމިނާއި […]
ލޯބިވާގެއެ ހަނދާންތަކުން ނިކުމެވުނީ ރީމާގެ ފޯން ރިންގް ވުމުންނެވެ. “އޭ ކޮބާ؟ މަމިދަނީ ބަލާ… ރޮށިފިހަން ފުށްގަނޑު މޮޑެފަ…” ސުހާ ހުރީ އަވަސް އަރުވާލައިފައެވެ. “އާން…މަ މިނުކުންނަނީ ނަމާދުކޮށްލައިގެން…އާދޭ….”ރީމާ އެހެން ބުނުމުން ސުހާ ފޯނު ބޭއްވިއެވެ. ރީމާވެސް ކޮޓަރިއަށްވަނެވެ. ފާހާނަޔަށް ވަދެ ވުޟޫއު ކޮށްގެން ނުކުމެ މުސައްލަ ފަތުރައިލިއެވެ. ނަމާދުކޮށް ސަޖިދައިގައި އޭނާގެ އާއިލާއަށް ދުޢާ ކުރިއެވެ. އަދި އަޔާޒުގެ ހަނދާންތައް އަނބުރާ އޭނާއަށް ދެއްވުމަށް އެތަށްފަހަރަކު ދުޢާ ކުރިއެވެ. އޭނާގެ ލޯބިވެރިޔާ ހެޔޮޙާލުގައި ލެއްވުމަށް އެތައްފަހަރަކު […]
ފިރިހެނުން ހުކުރުން ގެޔަށް އަންނަން ވާ އިރަށް އަޝްވާއާއި ހަފީޒާ އަދި ހިންދު ބަދިގޭގައި އަވަދިނެތި އުޅެއެވެ. ގޭގެ ކަންތަކުގައި ކުރިން އަޝްވާއަށް އެހީވެދޭން އުޅެނީ ހަމައެކަނި ނަދީމާ ކަމަށް ވިޔަސް މިހާރު އެކަންތައް ބަދަލުވެއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ރީމް ގެޔަށް ދޫކޮށްލުމުން އެމީހުން ބަދަލުވީ މިގެޔަށެވެ. މީހުން ގިނަ ތަނެއްގައި އުޅުމަކީ ރީމްއަށް އެއްމެ ރައްކާތެރި ގޮތް ކަމުން ޝަނުމް މިގޭގައި ކުޑަ ދުވަސްކޮޅަކު ހުރެވޭނެ އިންތިޒާމް ހަފީޒާއާއި އަސްރާރުއާއި ވާހަކަ ދައްކައިގެން ހަމަޖެއްސިއެވެ. […]
ހޮސްޕިޓަލުން ނުކުމެގެން ގެޔާ ހަމަޔަށް އައި އިރުވެސް ރީމާ ހުރީ ޖެހި ބުދެއް ހެންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ މުޅީ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. އޭނާދެކެ ލޯބިވާނޭ ފަރާތެއް ހަމަ މިދުނިޔެއިން ނުވަނީހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި ފަތަން އޭނާއަށް ޖެހިފައިވިއެވެ. ލޯބީގައި އިންސާފު ކޮބާބާއެވެ. އަޔާޒުވެސް އޭނާގެ ހަޔާތަށް އައީ ކުޑަ ދުވަސްކޮޅަކަށެވެ. ދެން އެއައީ އޮޅުވާލުމެއްގެ ތެރެއިން އާޒިން އެވެ. ލޯބީގެ ދަޅަ ދައްކައިގެން ހިސާބަކަށް އޭނާ ހައްލައިލައިފިއެވެ. އޭނާގެ ހިތް އެއީ ކުޅޭ […]
ހައްސާނުއާއި އަމީހާއާއި ދޭތެރޭ ހިނގަމުން މިދާ ކަންތައް ބަލަން އަޝްވާ ހުރީ ވާނުވާގައެވެ. ދެމީހުން ވެސް ކުރިން ދަންނަން ތޯ އަހާލަން އުޅެނިކޮށް އަޝްވާއަށް ކާއިންގެ ފޯނެއް އައެވެ. “އަހަރެން މި ވަންނަނީ އެގެޔަށް، ދެތިން ގަޑިއިރު ތެރޭ ހަބަރެއް ނުވެއްޖެނަމަ ޝައިމް ކައިރީ ބުނެލާތި” އަޝްވާއަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ކާއިން ފޯނު ކަނޑާލިއެވެ. ކާއިންގެ ފޯނުން އަޝްވާގެ ހިތަށް ބިރުވެރިކަމާއި ހާސްކަން ވަނެވެ. ލަސްކުރުމެއްނެތި އެކޮޓަރިން ނިކުމެ ޝައިމްއަށް ގުޅައި ކާއިން […]
ހިތްގައިމު ހެނދުނެކެވެ. “ލަމް….” ކޮލެޖަށްދާން ހިނަގައިގަތް ލަމްހާ ހުއްޓުނީ ޔަޒިން ގޮވާލުމުންނެވެ. ޔަޒިން ފުންކޮށް ލަމްހާއަށް ބަލާލިއެވެ. ލަމްހާ މިއަދު ހާދަ ރީއްޗެވެ. އެ ދޮން މޫނު އެހެންދުވަސްތަކާ ބަލައި އުޖާލާވެފައި ތަފާތު ވިދުވަރެއް އެލޮލުގައިވިހެން ޔަޒިންއަށް ހީވިއެވެ. އެތާގެ ފިނި މާހައުލުން ލަމްހާއަށް ވަނީ ރޯގާޖެހިފައެވެ. ދޮން ކޮލަށްވަނީ ރަތްކުލައަރާފައެވެ. ފިނިކޯޓެއްލައިފައި ގަންބޫޓަކަށް އަރައިފައި ހުއްޓެވެ. “ކީކޭ……؟” ރަކި ހިނިތންވުމެއްޔަޒިންއަށް ދެމުން ލަމްހާ އަހައިލިއެވެ. “މްމްމްމް މަޑުކޮށްބަލާށޭ ބުނަންވެގެން…އަހަންނާ އެއްކޮށްދާން….” ބޯކަހާލަމުން ޔަޒިން ވެސް ބުނެލީ […]
“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މި މައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ […]