މަޑުމަޑުން ސިޑިން މައްޗަށް އަރައިގެން ދިޔައިރު އަހަރެންގެ ދެއަތް އޮންނާނީ ދެ ޖީބަށް ޖަހާލެވިފައެވެ. އެ ފްލޯރ ގައި ހުރީ ހަނި ގޯޅިގަނޑެކެވެ. އެ ގޯޅިގަނޑުގެ ދެފަރާތައް ވާގޮތަށް ހުރި ކޮޓަރިތަކަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެތަނުން ބަޝަރުގެ ކޮޓަރި އަކީ ކޮބާ ހެއްޔެވެ؟ ލޯ އެކި ކޮޅުކޮޅަށް ޙަރަކާތްކުރާ ހާލު އަހަރެން އެ ހަނި ގޯޅިގަނޑުގެ ތެރެއިން ހިނގަން ފެށީމެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހަކު އަހަރެންގެ ވާއަތު ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ވަގުތުން […]
އަހަންނަށް ބަލާކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން އޭނާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލީމެވެ. އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. “ޝުބާ…” ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން އެ ނަން ބޭރުވެގެން ދިޔައެވެ. “ލެޓް. ގޯ. އޮފް. މީ.” އޭނާ ދަތްކުނޑި ވިކައިގެން ހުރެ ފަހަރަކު ބަހެއް ވަކިވަކިން ކިޔާލިއެވެ. އެއަޑު އިވުނު ނަމަވެސް އަހަންނަށް އެވަގުތު އޭނާގެ ހަށިގަނޑުން ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ ދެ […]
“އައި އޭމް ޑެލްޓާ.” އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނުމާއެކު އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. ދެލޯ ހަނިކޮށްގެން ހުރެ އަހަރެން ކަޅު ކުލައިގެ ލެދަރ އަންގި ލައްވާފައިވާ އޭނާގެ އަތަށް ބަލާލީމެވެ. ޑެލްޓާ އަކީ އަންހެނެއް ހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކިހިނެއް ހެއްޔެވެ؟ “ސަލާމެއްވެސް ނުކުރާނަންތަ؟” އަހަރެން ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް އެ އަންހެންކުއްޖާ އަހާލިއެވެ. އަހަރެން މަޑުމަޑުން އޭނާގެ އަތުގައި ހިފައި ސަލާމްކޮށްލީމެވެ. “ހައިރާންވެފަ ދޯ ތި ހުރީ؟ ކޮންފާމް […]
އަޝްވާއަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އެއް ސިކުންތުގައި ވޭނީ ކަރުނަތައް އޮހެރެމުން ދިޔަ އެ ދެ ލޮލުން ދެވަނަ ސިކުންތުގައި ހިލާލޯ ފޮނި ކަރުނައެވެ. “ޝުކުރިއްޔާ ޝައިމް، އަހަރެން ޔަގީންކަން ދެން އަޝްވާއަށް ދުވަހަކުވެސް އަހަރެންގެ ފަރާތުން އެއްވެސް ދެރައެއް ނުދޭނެކަމަށް…” ޝައިމް ގައިގައި ބައްދާލަމުން ކާއިން ބުނެލިއެވެ. “އިތުބާރު ކުރަން.. އެކަމަކު ދުވަހެއްގެ ކޮޅުން ވިޔަސް އަޝްވާއަށް ދެރައެއް ދީފި ނަމަ އެކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކަށް ވިސްނައިގެން ހުންނާތި! ” […]
‘ޑެލްޓާ’ މި ނަމަކީ އެޖެންސީގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. އޭނާ އަކީ މުޅި މި އެޖެންސީގައި މަސައްކަތްކުރާ އެންމެ ގަދަ ފަހުލަވާނެވެ. އެހެން ގޮތަކަށް ބުނާނަ އެއީ ‘ލެޖެންޑް’ އެކެވެ. އެޖެންސީގެ ހިސްޓޮރީ ފޮތް ފުރިފައި އޮންނާނީ އޭނާގެ ނަމުންނެވެ. އެ ކަހަލަ ‘ލެޖެންޑް’ އެއްގެ ޕާޓްނާ އަށް ވުމުގެ ފުރުޞަތު ކުއްލިއަކަށް ލިބުމުން ހައިރާންނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެން މިއިނީ މި ފެންނަނީ ހުވަފެނެއް ކަމެއް، ޙަޤީޤަތެއް ކަމެއް […]
“އަޝްވާ ބައްޕައަށް މާފުކުރޭ… އަޝްވާ ވިސްނާލިޔަސް އެގޭނެ ކާއިން ނޫން އެހެން އެތައް ބައިވަރު ކުދިން އަޝްވާއަށް ލިބިދާނެ ކަން.. ކާއިން މަތިން ހަނދާން ނައްތާލާފަ އަދި ކުޑަ ހިތްވަރެއް ކޮށްލާ” އަސްރާރު އަޝްވާއަށް ބަލާލަމުން ބުނެލިއެވެ. “ބައްޕާ ، ތިޔަ ފަދަ ވާހަކަ ނުދައްކަވާ… ލޯތްބަކީ ތިޔަހާ ފަސޭހައިން ވެވޭނެ އެއްޗެއް ނޫން..ކާއިންއަށް ވުރެ އަޝްވާއަށް ކަމުދިޔައީ ޝަނުމް… ޝަނުމްގެ ސަމާލުކަން ހޯދުމަށްޓަކައި އަޝްވާ އުޅުނު ހާލު އެއްމެ ރަގަޅަށް އެގޭނެ އެކަކަށް ކާއިން ވާނެ. […]
“ޔެސް މައި ޑާލިންގ… އަހަރެން ކިހިނެތް ކާއިން އެކަނިކޮށްލާނީ؟ ” ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ. އަދި ލިފުޓް ތެރެއަށް ވަދެ ކާއިންގެ ގައިގައި ވަރަށް ލޯބިން ބައްދައިގަތެވެ. ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ. ކާއިންއަށް އެވަގުތު ލިބުނު އުފާވެރިކަން ގަލަމުން ލިޔެވޭހާ ބޮޑެވެ. ނުނިދާ އެތައް ރޭ އަޝްވާގެ ހިޔާލުގައި ހޭދަކުރީ އަޝްވާގެ ފަރާތުން މިކަހަލަ ޖުމްލައެއް އަޑުނީވެދާނެކަމަށް ބިރުންނެވެ. އެހެންނަމަވެސް އެތައް ރުއިމަކާއި އާދޭހަކަށް ފަހު އަޝްވާ އޭނާގެ ހިތް އުފަލުން […]
ފޯނުގެ އަތްގަނޑު އެއްލާލުމަށް ފަހު އަޝްވާ ކާއިންގެ ގައިގައި ޖަހަން އިސްއުފުލާލިއެވެ. “އައި ލަވް ޔޫ އަޝްވާ!” އަޝްވާ އިސްކުރި އަތުގައި ހިފައި އިތުރަށް ގަޔާއި ކައިރިކޮށްލަމުން ކާއިން ބުނެލިއެވެ. އަޝްވާއަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގުނެވެ. އެސްފިޔަ ޖަހާލުން ފިޔަވައި ދެން އިތުރަށް އެއްމެ ހަރަކާތެއް ވެސް ހަށިގަނޑުގެ ބޭރުން ނުފެނެވެ. އެހެންނަމަވެސް ކާއިން އެ ބުނި ހަތަރު ލަފުޒު އިވުމާއި އެކީ ހިތުގެ ވިންދު އަވަސްވެ ސިކުޑީގައި ބޮޑު ހައިޖާންގަނޑެއް އުފެދިއްޖެއެވެ. “އަޝްވާ، […]
ޑިޔުޓީއަށް ދާން ތައްޔާރުވާން ޑުރެސިންގ ޓޭބަލް ކައިރީގައި ހުރި އަޝްވިންއަށް ދޮރާއި ދިމާލަށް ބަލާލެވުނީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. މި ގަޑީ އޭނާ ހޯދަން އަންނާނީ އަޝްވާ ކަމަށް ގޮސް އަޝްވިން ދޮރު ހުޅުވާލިއެވެ. އެވަގުތު މީހާއަށް ސިހުމާއި އެކު ހިނިތުންވެވުނީ ދޮރު ކުރިމަތީގައި ހުރި ހިންދު ފެނިފައެވެ. “އަހަރެން ހީކުރީ މިއަދު ޑިޔުޓީއަށް ނުދާނެ ކަމަށް!” އެހެން ބުނެލަމުން ހިންދު އެތެރެއަށް ވަނެވެ. “ނުދާން އުޅުނީ، އެކަމަކު ވަރަށް ބޮޑު މީޓިންގ އެއް އޮތީމަ […]