ތިޔަ އަސަރު 40
ކާއިންގެ އިންތިޒާރުގައި އަޝްވާ އާއި ކައުސަރު ވަގުތުތައް ގުނާލަ ގުނާލައި ތިއްބެވެ. ޝައިމް ކާއިންގެ ރައްޓެހިންނަށް ގުޅައި ކާއިން އެ މީހުންނާއި ބައްދަލު ކުރިތޯ ސުވާލުކޮށް ހެދިއެވެ. އަދި ކާއިން ދާނެ ގޮސްދާނެހެން ހީވާ ތަންތަނަށް ގޮސް ހެދިއެވެ. އެހެންނަމަވެސް އަދިވެސް ކާއިންގެ ހަބަރެއް ނުވެއެވެ.
“ދޮންބޭ! ހޮޓަލަށް ދިޔައިން ތަ؟” ފަހަރެއްގަ ކާއިން އެތަނަށް ގޮސްދާނެ އެއްނު” ދޮރުން ވަދެގެން އައި ޝައިމް ފެނިފައި އަޝްވާ ބުނެލިއެވެ.
“ދޮންބެ އެތަނަށް ވެސް ދެތިން ފަހަރެއްގެ މަތިން ގޮސްފީމޭ.. އެ މީހުން ބުނީ އަދާފައި ހުރި ތަންތަން މަރާމަތް ކުރާތީ އެއްވެސް ކޮޓަރިއެއްގައި މީހަކު ނޫޅޭނެކަމަށް..” ޝައިމް އައިސް އަޝްވާ ކައިރީ އިށީދެލަމުން ބުނެލިއެވެ.
އެ ވަގުތު ކައުސަރަށް ފޯނެއް އައެވެ. ގުޅަނީ ލޭންޑު ލައިނަކުންނެވެ. ކައުސަރު ލަސްކުރުމެއް ނެތި ފޯނު ނަގައިލީ އެއީ ޕޮލިހުން ކަމަށް ހީކޮށެވެ. ހައްސާނު ހައްޔަރު ކުރި ފަހުން ފުލުސް އޮފީހުން އޭނާގެ ފޯނަށް ދޭތެރެ ދޭތެރެއިން ގުޅާ ހަދައެވެ.
“އައްސަލައިމަލައިކުމް” ދުރަށް ގޮސް ވާހަކަ ދައްކާލަން ކައުސަރު ކޮޅަށް ތެދުވިއެވެ. އެހެންނަމަވެސް އޭގެ ކުރިން މީހާ އިށީންނަން ޖެހުނީ އެ ކޮޅުން ވާހަކަ ދެއްކި މީހާ ދިން ޖަވާބަކުންނެވެ.
“ދައްތާ ކިހިނެތް ވީ؟؟” ކައުސަރުގެ މޫނުމައްޗަށް ވެރިވި ކުއްލި ސިހުން ފެނިފައި އަޝްވާ އަހާލިއެވެ.
“މަގޭ ދަރިފުޅު” އެ ހިސާބަށް ބުނެވުނު ތަނާ ކައުސަރަށް އަޑުން އަޑުނަގައި ރޮވެން ފެށުނެވެ.
“ކާއިން އަށް ކިހެނެތް ވީ؟” އަޝްވާއާއި ޝައިމް އަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ.
ނަމަވެސް ކައުސަރަށް އެ ސުވާލުގެ ޖަވާބު ދެވޭ ގޮތެއް ނުވިއެވެ. ފޯން ކަންފަތުގައި ޖަހައިގެން ހުރެ އަދިވެސް ރޮވެމުން ދިޔައެވެ.
އަޝްވާ ކައުރަސުގެ އަތުން ފޯނު ނެގިއެވެ. އަދި އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ކާކު ތޯ ބެލުމަށް އަވަސްވެގަތެވެ. ގުޅައިގެން ހުރި ފަރާތާއި ސުވާލުކޮށް ލިބުނު ޖަވާބާއި އެކު އަޝްވާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
“ދޮންބޭ! ކާއިންގެ ސިކުނޑިއަށް ލޭ އެޅިގެން އޮޕެރޭޝަން ކުރަން ވައްދާފަ އެބަ އޮތް” އަޑުގައިވި ތުރުތުރު އެޅުމާއި އެކު އަޝްވާ ބުނެލިއެވެ.
“ކޮންތާކު ކާއިން އޮތީ” ޝައިމް އަވަސް އަވަހަށް އެތަނުން ދާން ދޮރާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ
“އޭޑީކޭގައި. ދޮންބެ އަހަރަމެން ވެސް ގޮވައިގެން ދާންވީ އެއްނު” އަޝްވާ އެދުނެވެ. އެވަގުތު އަޝްވާ އާއި ކައުސަރުގެ އިތުރުން މަލަކާ ވެސް އެތާގައި ހުއްޓެވެ.
އެއްމެން އެކުގައި ހޮސްޕިޓަލަށް ދިޔައިރު ވެސް ކާއިން ތިއޭޓަރުން ނުނެރައެވެ. އޭރު ދެތިން ފުލުސް އޮފިސަރުން ކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމަށް ކާއިން ހޮސްޕިޓަލަށް ގެނައި މީހުންނާއި ވާހަކަ ދައްކަމުން ދިޔައެވެ. ޝައިމް އިސްވެ ހުރެ ޕޮލިހުން ކައިރީ ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ.
“ކާއިން މިތަނަށް ގެނައި މީހުންނާއި އަދިވެސް އެހެން މަންޒަރު ދުށް މީހުން ބުނާ ގޮތުން ނަމަ އެމީހުންނަށް ކަން ހިނގައި ދިޔަ ގޮތް އެހާ ސާފުކޮށް ބުނާކަށް ނޭނގޭ.. އެއްބަޔަކު ބުނަނީ ކާއިން ސައިކަލުން ދުއްވައިފައި ދަނިކޮށް އެކްސިޑެންޓެއް ވީ ކަމަށް.. އަނެއް ބަޔަކު ބުނަނީ މިއީ މާރާމާރީއެއް ކަމަށް.. އަޅުގަނޑުމެން މިދަނީ އެ މީހުންގެ ބަޔާން ނަގައި ކަންހިނގައި ދިޔަ ގޮތް ވީހާ ވެސް އަވަހަކަށް ހޯދޭ ތޯ ބަލަމުން.. ޑޮކްޓަރުން ވިދާޅުވީ މިއީ ހަތަރު ގަޑިއިރުގެ އޮޕެރޭޝަނެއް ކަމަށް.. އެހެންވީމަ ބާރަ ޖަހަންވާ އިރަށް އޮޕެރޭޝަން ކޮށް ނިމޭނެ.. އަދި އެ ބޭފުޅުން ވިދާޅުވި ލޭ އެޅިފައިވާ ގޮތުން ކާއިންގެ ފުރާނައަށް އޭގެ އަސަރު ކުރުން ވަރަށް ގާތް ކަމަށް.. އަދި ކާއިން ސަލާމަތް ކުރަން ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށް” ފަހު ޖުމްލައާއި އެކު އަޝްވާގެ ހިތް ބިރުން ތޮޅިގަތެވެ. އިސްޖަހައިލައި ދުރަށް ހިނގައިގަތީ އެ ދެއްކި އެއްވެސް ވާހަކައެއް ގަބޫލުކުރަން ބޭނުން ނުވާތީއެވެ.
“އަޝްވާ.. ހިތްވަރު ކުރޭ.. އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅު ވާން.. ކާއިންގެ އޮޕެރޭޝަން ވަރަށް ކާމިޔާބު ވާނެ” އަޝްވާ ދުރަސް ހިނގަގަތް މަންޒަރު ފެނިފައި މަލަކާ އަޝްވާގެ ފަހަތުން ގޮސް ހިތްވަރު ދިނެވެ.
“ކާއިން ކައިރީ އަހަރެން ބުނީމޭ ނުދާށޭ.. އެކަމަކު ވެސް ކާއިންގެ ބީރު ކަންފަތަކަށް އަޑެއް ނީވުނެއްނު” އަޝްވާ ކާއިން ދެކެ ރުޅިއައެވެ. އެއްވެސް ވަރަކަށް ކާއިން އޭނާގެ އަމިއްލަ ސަލާމަތަށް ނުވިސްނަނީ ހެއްޔެވެ؟
“އަހަރެން ވެސް ގަބޫލުކުރަން ކާއިންގެ ފަރުވާ ކުޑަކަމުން ވާ ކަންތައް ކަން މިއީ.. އެކަމަކު މިއީ ކާއިން ދެކެ ރުޅި އަންނަންވީ ވަގުތެއް ނޫން.. ކާއިން ހޭ އެރުމުން އަޝްވާ ބޭނުން އެއްޗެއް ކާއިންއާއި ދިމާލަށް ކިޔާ އިނގޭ!! އިހަށް ހިނގާ އެއްމެން އެއްކޮށް ކާއިންއަށްޓަކައި ދުއާ ކުރަން.. އޭރުން އިން ޝާ ﷲ ކާއިންގެ އޮޕެރޭޝަން ކާމިޔާބު ވާނެ” މަލަކާ އަޝްވާ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބައިންދައި އެތައް ނަސޭހަތަކާއި ހިތްވަރެއް ދިނެވެ.
އޮޕެރޭޝަން ތިއޭޓަރުގެ ބޭރުގައި މަޑު ކުރަން ޖެހުނު ތިން ގަޑިއިރަކީ އަޝްވާގެ ހަޔާތުގައި އެއްމެ ދިގުލައިގެން ދިޔަ ވަގުތެވެ. ކޮންމެ މިނެޓެއް ވެސް ހީވަނީ އެތައް ގަޑިއިރުތަކަކުންނެވެ. އެއިން ކޮންމެ މިނެޓަކު އަޝްވާގެ ހިތުންނާއި ދުލުން ކާއިންއަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރެވެމުން ދެވުނެވެ. ކާއިންގެ ފާފަ ފުއްސަވައި އެފުރާނައަށް ދިގު އުމުރެއް ލެއްވުމަށެވެ.
އަޝްވާ މި ހާލުގައި އިންއިރު ކައުސަރުގެ ހާލު މިއަށް ވުރެ ގޯހެވެ. ފަހުން ހޮސްޕިޓަލަށް އައި ހަފީޒާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު ގިސްލެވެމުން ދެއެވެ. ލޯބިވާ ފިރިމީހާ އޭނާ އަތުން ބީވެގެން ދިޔަތާ ތިން ދުވަސް ވެސް ހަމަނުވަނީސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މުޅި އުމުރަށް އޭނާއާއި އަލްވަދާއު ކިޔާ މަންޒަރު ބަލަން އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. ކާއިން އޭނާގެ ހަޔާތަށް އައި ދުވަހަކީ ކައުސަރުގެ އުނގަށް ހުރިހާ އުފަލެއް ޖަމާވި ދުވަހޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކާއިން އޭނާ ދެކެ ކުރިން ކިތައްމެ ރުޅި އަޔަސް ކައުސަރުގެ ހިތުގައި މައިވަންތަކަމުގެ ލޯބި އޭގެ އެއްމެ އުހުގައި ހުއްޓެވެ. ކާއިންއަށް އެ ލޯތްބާއި އަޅާލުން ނުފެނުނަސް ކައުސަރު ކެތްކުރިއެވެ. އަދި އެ ކެތްތެރިކަމުގެ ނަތީޖާއަކީ ކާއިން ކުރާ ކޮންމެ ކަމެއްގައި އޭނާއާއި ދޭތެރޭ ވިސްނުމެވެ. މަންމާ އޭ ބުނެ ގޮވާލާއިރު އޭގައި ލޯތްބާއި ކުލުނު އެކުލެވިގެން ވުމެވެ.
ޝައިމްއަށް އިށީދެ އިނދެގެން އިނުންވީ ވަރަށް ދަތިކަމަކަށެވެ. ކާއިންގެ ހަބަރެއް އަދިވެސް ނުވާތީ ރިސެޕްޝަނަށް ގޮސް އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ހުރެއެވެ. ބައެއް ފަހަރު ޒުވާބު ކުރާ އަޑުވެސް އިވިގެން ދެއެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާ ވެސް ހުރީ ކާއިން އަށް ދެރަ ގޮތެއް މެދުވެރިވެދާނެތީ ހިތް ބިރުގެންފައި ކަމުންނެވެ. ކާއިން އަކީ ޝައިމްގެ އެއްމެ ގާތް އެކުވެރިޔާއެވެ. ލިބޭ ކޮންމެ އުފަލަކާއި އުފުލަންޖެހޭ ކޮންމެ ބުރަކަމެއްގައި ކާއިންގެ ބައިވެރިވުމުން އޭނާއަށް ލިބެއެވެ. ކިޔެވުން މެދު ކަނޑާލުމަށްފަހު މާލެ އައީ ޝައިމް މަލަކާ ނުލިބިގެން ހިތާމަ ކުރާ ހަބަރު އިވުމުންނެވެ. އަދިވެސް ލިސްޓު ކިޔިދާނެއެވެ.
އެއްމެންގެ ދިގު އިންތިޒާރަށް ނިމުން އައީ ކާއިންގެ އޮޕެރޭޝަން ކުރި ޑޮކްޓަރު އެމީހުންނާއި ބައްދަލުކޮށްލަން އައުމުންނެވެ.
“އަލްހަމްދުލިއްލާހި. ކާއިންގެ އޮޕެރޭޝަން ވަރަށް ކާމިޔާބު ކަމާއި އެކީ ނިއްމާލެވިއްޖެ.. ދެ ގަޑިއަރެއްހާ ތެރޭ ހޭއަރާނެ ކަމަށް ލަފާ ކުރެވޭ..” އުފާވެރިކަމުގެ ހަބަރު ލިބުމާއި އެކީ އެއްމެންގެ މޫނުތައް އުޖާލާވެގެން ދިޔައެވެ.
“މިއީ ކިހިނެތްވީ ކަމެއް ކަމަށް ތޯ ލަފާކުރެވެނީ” ޝައިމް އަހާލިއެވެ.
“މިއީ އެއްޗެއްގައި ޖެހި ސިކުޑީގައި ހުރި ލޭހޮޅިތަކަށް ގެއްލުން ވެގެން ވީ ކަމެއް ކަމަށް އަޅުގަނޑު ބުނާނީ.. ސައިކަލުން ދިމާވި އެކުސިޑެންޓެއް ކަމަށް ވެސް ވެދާނެ.. އެއީ ކާއިން އެކްސިޑެންޓް ވެ ބުރުއްސައިގެން ދިޔަ ދިމާލުގައި ހުރި އެއްޗަކުން ޖެހި މޭމަތިން ވެސް އަތް ތިލަ ހާ ވަރުގެ ތަނެއް ކަފައިގެން ގޮސް ހުރި.. ނޫނީ މިއީ މާރާމާރީ އެއްކަމަށް ވެސް ވެދާނެ.. އަޅުގަނޑު ނެތިން އެޔަށް ގޮތެއް ނިންމަން.. މިކަން ހިނގައި ދިޔަ ގޮތް ހޯދުމަށް ޕޮލިހުންނަށް ދެވެން އޮތް ހުރިހާ މައުލޫމާތެއް އަޅުގަނޑުގެ ފަރާތުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން. އަދި އިން ޝާ ﷲ ކާއިން ހޭ އަރައި ކަން ހިނގައި ދިޔަ ގޮތުގެ ތަފުސީލް ލިބޭނެ ކަމަށް އުއްމީދު މި ކުރަނީ… ” ޑޮކްޓަރު ތަފުސީލަށް ކާއިންއަށް ލިބިފައި ހުރި އަނިޔާތައް ކިޔައިދިނެވެ.
އެ ދުވަހު ކަންތައް ހިނގައި ދިޔުމަށްފަހު ރީމް އަމީހާއާއި ވީހާ ވެސް ދުރުގައި އުޅެން މަސައްކަތް ކުރެއެވެ. އަމީހާ ގުޅިއަސް ފޯނު ނުނަގައެވެ. އަމީހާ ރީމްއާއި ވާހަކަ ދައްކަން ބޭނުން ވެގެން ނީމާގެ ފޯނުން ގުޅާލިއަސް ރީމްއަށް އަމީހާގެ އަޑު އިވުމުން ފޯނު ކަނޑާލައެވެ. ރީމް އޮންނަނީ ނީމާ ކައިރީގައި އޭނާ ކައިރީގައި އަމީހާގެ ވާހަކަ ނުދެއްކުމަށް އެދިފައެވެ.
“ދޮންތާ އަހަރެން ދައްކާ ވާހަކަ އެއްމެ ފަހަރަކުވެސް އަޑުއަހާބަލަ..” އެކި ވާހަކަތައް ދައްކަމުން ގޮސް ނީމާ އަމީހާގެ ވާހަކަތައް ފަށައިގަތުމުން ރީމް އުޅުނީ ފޯނު ބާއްވާށެވެ.
“ނީމާ! އަހަރެން އެތައް ފަހަރަކު ބުނެފިން ދޯ މަންމަގެ ވާހަކަ ނުދައްކާ ނަމޭ.. މަންމަ އަހަންނަށް ހެޔޮ އެދޭނަމަ މިހެން ކަންތައް ނުކުރީސް.. އެއްމެ ފަހަރަކު އަހަރެން ދެރަވާނެ ކަމަށް ބިރުގަތް ނަމަ މިކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ކޮށްލީސް.. ” ރީމް ބަހަނާ ދައްކާލިއެވެ.
“އަހަރެން ނުބުނަމޭ ތީ ދޮގު ވާހަކަ އެކޭ.. އަހަރެން ބުނަން ވެގެން މިއުޅެނީ މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް މަންމަ ވާނީ މަންމައަކަށް ނޫންހޭ.. ދޮންތަ އަށް ވެސް އަދި އަހަންނަށް ވެސް މަންމަ ކަންތައްކޮށްދިނީ ވަރަށް އޯގާތެރިކަމާއި އެކީ.. ހާއްސަކޮށް ދޮންތައަށް މަންމަ ދޭ ސަމާލުކަން ބޮޑުކަން އެނގޭނެ.. ދޮންތަ ގޯސްކޮށް ކަމެއް ކުރިއަސް މަންމަ ހުންނާނީ ދޮންތަ ދިފާއުކުރަން.. އެއީ މަންމަ ދޮންތަ ދެކެ ލޯބިވާތީ އޭ.. އަޅެ އެއްމެ ފަހަރަކުވެސް މަންމައާއި ވާހަކަ ދައްކާލަބަ. އެ ދުވަހަށް ފަހު މަންމަ އެހުންނަނީ ނުކައި.. ތިން އިރަށް ޖޫސްތައްޓެއް ބޯލައިގެން.. އަހަރެން އެވަރަށް އާދޭސް ކުރާއިރުވެސް ވާހަކަ ވެސް ދައްކާނުލާ.. ކޮންމެ ސުވާލެއް ކުރިއަސް ރޮއިރޮއިފަ ބުނަނީ ތިމަންނަގެ ރީމް ކޮބާހޭ؟ ރީމް ނާދޭހޭ ތި މަންނަ ހޯދަން؟ ގުޅާވެސް ނުލާހޭ؟ ނިދިފައި އޮންނަ އިރުވެސް މީހާ ސިހިސިހިފައި ހޭއަރައި ބާރަށް ގޮވައިގަންނަ ފަހަރު ފަހަރު އަހަރެން ބިރުން ފިތް ކަނޑައިގެން ނުދަނީ ކިރިއާ” ނީމާ ރީމް އަށް ވިސްނުވައިދެވޭތޯ އުޅުނެވެ. މަންމަގެ ފަރާތުން ދަރީންގެ މެދުގައި ތަފާތު ކުރުންތައް ފެނިގެން ދިޔަޔަސް ނީމާ އޭނާގެ މަންމަގެ މަގާމް ހަނދާން ނައްތާނުލައެވެ.
“އަހަންނަށް ވެސް އެނގޭ މަންމަ އަހަންނަށް އެ ހުރިހާ ކަމެއް ކޮށްދިނީ ލޯބިވާތީ ކަން. އެކަމަކު އެއީ އަހަންނަށް ދިން އިތުރު ވޭނެއް ކަމަށް އަހަރެން ގަބޫލުކުރާނީ.. އަހަންނަށް އަހަރެންގެ އަމިއްލަ ބައްޕަ އޮޅުވާލައިގެން އަހަންނަށް ކޮން ލޯތްބެއްތަ ދެވޭނީ.. އަހަރެން ގެ މުޅި ނަސްލު އޮޅުވާލާފަ މަންމަ އެހެރީ.. ކުށް ކުރެވުނީމަ އިސްހާލުވާން ފުރުސަތު އޮންނަނީ ވަކި ބޭނުމަކު. އެކަމަކު މަންމަ އިސްލާހުވިތަ؟ ކަންތައްތައް ފަޅާއަރާ ހިސާބަށް ގޮސް މަންމައަށް އެއްމެން ގެއްލެން ހީވާން ފެށުމުން ހަގީގަތް ހާމަ ކުރަން ކުޑަކޮށް ވެސް ހިތަށް އަރުވާލީ.. ” ރީމް އަށް ރޮވުނެވެ. އާއެކެވެ. އެއީ އޭނާގެ ވެސް މަންމައެވެ. ލޯތްބާއި ކުލުނު ދިން ފަރާތެވެ. އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ. މަންމައާއި މިހާ ކުއްލި ގޮތަކަށް ދުރަށް ދާން ޖެހުމުން އޭނާ ވެސް ދެރެވެއެވެ. ކޮންމެވެސް ދުވަހަކުން މާފު ލިބިދާނެއެވެ. އެހެނަސް އެއީ މިއަދު ނޫނީ މާދަމާ އަށް ނުވާނެއެވެ. ރީމްއަށް ވިސްނާލަން ވަގުތު ބޭނުމެވެ. މަންމައަށް މާފުކޮށްދޭން ވަރަށް ބޮޑު ކެތްތެރިކަމަކާއި ހިތްވަރެއް ބޭނުމެވެ.
“އަހަރެން ހީކުރަން ދޮންތަ އަދި މަންމަ ކައިރިއަށް އަންނާނެ ކަމަށް.. މަންމަ އަދިވެސް އެއްމެ ލޯބިވަނީ ދޮންތަ ދެކެކަން ހަނދާނުގައި ބަހައްޓައްޗޭ.. އަހަރެން ދަނީ އޭ ދެން.. ދޮންތަބެއަށް އަހަރެން ގެ ސަލާމް ބުނެދޭތި” ނީމާ އުއްމީދު ކަނޑާލާކަށް ބޭނުމެއް ނޫނެވެ. ރީމް އަކީ އޭނާގެ ގޮތުގައި ހިފަހައްޓާ މީހެއް ކަމުން އަދި އިހަށް މަޑުކޮށްލީއެވެ.
އެނދުގައި އޮށޯވެގެން އޮތް ރީމް އަށް ރޮވެން ފެށުނެވެ. އޭނާގެ ހަޔާތުގައި ލޯބީގެ ލަފުޒަކީ މިހާ ވޭން ހުރި އެއްޗެއް ހެއްޔެވެ؟ މަންމަ ލޯބީގެ ނަމުގައި އޮޅުވާލީއެވެ. މާޒިން ލޯބީގެ ނަމުގައި ދިނީ އަނިޔާއެވެ. ބައްޕައެއްގެ ލޯބީގެ ނަމުގައި ލިބުނީ ދޮންބައްޕައެއްގެ ލޯތްބެއެވެ. ދެން ހުރީ ޝަނުމް އެވެ. ދެ މީހުންގެ ގުޅުމުގައި ލޯބީގެ ނަމެއް ނެތެވެ. ގަނޫނީ ގޮތުން ޝަނުމްގެ އަނބިމީހާއަށް ވިޔަސް އެލޯތްބެއް ނުލިބެއެވެ.
ރީމްގެ ހިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެއްޓުމުންނެވެ. ކާއިންގެ ހަބަރު ދޭން މިގަޑީ އެ ގުޅަނީ އަޝްވާ ކަމަށް ހީކޮށް ރީމް ފޯނު ބަލާލި ވަގުތު މޫނު މައްޗަށް ހިނިތުންވުން ވެރިވީ ޝަނުމްގެ ނަން ފެނުމުންނެވެ.
“ހަލޯ” ރީމް މަޑުމަޑުން ބުނެލިއެވެ.
“ހަލޯ.. އަހަރެން އަޑު އެހިން ކާއިން އެކްސިޑެންޓެއް ވެގެން އުޅޭ ހަބަރު.. މިހާރު ކިހިނެތް؟ ރީމް ތިހިރީ ހޮސްޕިޓަލުގައި ތަ” ހަލޯ ބުނެ ޝަނުމް ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
“ކާއިން އޮޕެރޭޝަން ކޮށް ނިމުމުން ކައުސަރު ދައްތަ ގޮވައިގެން އަހަރެން ގެޔަށް އައިތާ ދެ ގަޑިއިރު މިވަނީ.. ކާއިން މިހާ އިރަށް ހޭ އަރާނެ ކަމަށް ޑޮކްޓަރުން ބުނި” ރީމް ޖަވާބު ދިނެވެ. ކާއިން އަކީ އޭނާގެ ބޭބެ ކަމަށް ވިޔަސް “ބޭބެ” ގެ ނަމުން މުހާތަބުކުރަން އަދި އުދަގުލެވެ.
“ކައުސަރު ދައްތައަށް ރަގަޅަށް ބަލައްޗޭ.. ދެރަވެ އުޅޭއިރު އެހެން މީހުންގެ ހިތްވަރު ބޭނުން ވާނެ.. ރީމް ކައިފިންތަ މިރޭ” ޝަނުމް ބުނެލިއެވެ.
“ހަވީރު ސައިބުއި ގޮތަށް އެއްވެސް އެއްޗެއް ނުކައި ހުރެ އެވަރަށް ރުއީމަ ވަރަށް ވަރުބަލިވެފަ ހުރީ.. އަހަރެން އެވަރެއް ކޮށްގެން ކެއީވެސް. މިހާރު އެބަ އޮތް އަޝްވާ ކޮޓަރީގައި ނިދާފަ” ރީމް ބުނެލިއެވެ.
“ރީމް ކެއިންތަ” ޝަނުމްގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“ނޫނޭ… ކާ ހިތެއް ނެތް” ރީމް އުޅުނީ ކައުސަރު ނިދުމުން ކާން ދާށެވެ. އެހެންނަމަވެސް އެވަގުތު ނީމާ ގުޅުމުން ކާ ހިތް ކެނޑުނެވެ.
“އެ ކީއްވެ ނުކައި ތި އޮތީ.. ކައުސަރު ދައްތަ ކައިރީ ރީމް އާދޭސް ކުރިހެން އަހަރެން ވެސް ވީ އާދޭސްކުރަންތަ” ޝަނުމް ކުޑަކޮށް މަޖާވެލާފައި ބުނެލިއެވެ.
“ތިހެން ނުބުނަން ދޯ… މައްސަލައެއް ނެތް އަހަރެން ކާނަނަން ، އެކަމަކު އެއީ ޝަރުތެއްގެ މަތީން” ޝަނުމް އެހެން ވާހަކަ ދެއްކުމުން ރީމްގެ ތަބިއްޔަތު ރަގަޅުވާން ފެށިއެވެ. ޖުމްލަ ބުނެލާ ގޮތުން އަޑު އަހަން ހުންނަ މީހާއަށް ކިހާ ބޮޑު ބަދަލެއް އައިއްސި ހެއްޔެވެ؟
“ކޮން ޝަރުތެއް” ރީމް އާއި ވާހަކަ ދައްކަން ޝަނުމް އޮތީ އެނދުމަތީގައެވެ. ޑިޔުޓީގައި ވަރަށް ބުރަ ދުވަހަކަށް ވުމުން ހަށިގަނޑަށް ވަނީ ލޮޑުކަމެއް އައިސްފައެވެ.
“ޝަނުމް ވެސް ޖެހޭނެ މިރޭ ކާން..” ރީމް ބުނެލިއެވެ.
“ރީމްއަށް ކިހިނެތް އެގެނީ އަހަރެން މިއޮތީ ނުކައި ކަމެއް؟” ދެ ބުމަ ކައިރިކޮށްލަމުން ޝަނުމް އަހާލިއެވެ.
“އެއީ ހަވީރު ޑިޔުޓީ ނިއްމާލަފަ ނޫނީ ޝަނުމް މިހާ ލަހުން ނުނިދާނެ.. ޝަނުމް ރޭގަނޑު ނުކައި އޭގެ އަނެއް ދުވަހު ތެދުވެ ރަގަޅަށް ނާސްތާކޮށްލާނީ… ރަނގަޅަށް ދޯ މި ބުނެވުނީ” ރީމްގެ އަޑުގައިވި ޔަގީންކަން ޝަނުމްއަށް ފާހަގަވިއެވެ. ރީމް މިހާ އަވަހަށް އޭނާގެ އާދަތައް ދަސްކުރީ ހެއްޔެވެ؟ ޝަނުމް ގެ އުސޫލުތަކާއި އާދަތައް ރީމް ވަރަށް ރަގަޅަށް ދަސްކުރަމުން ދާ ހެން ޝަނުމްއަށް ހީވާން ފަށައިފިއެވެ. ޝަނުމްއަށް އެއްމެ ކަމުދާ ދިވެހި ކެއުންތައް ތައްޔާރުކޮށްލުމުގައި ރީމް ކުޅަދާނައެވެ. ކެއުމުގެ އިތުރުން ޝަނުމް ހިފަހައްޓާ އާދަތަކާއި އެއްގޮތަށް ރީމް އެދަނީ އޭނާގެ ދިރިއުޅުން ބައްޓަން ކުރަމުންނެވެ.
“ވަރަށް ރަނގަޅު.. އެކަމަކު މިރޭ އަހަރެން މިއައީ މި ރަށުގައި އުޅޭ ރައްޓެހިންތަކާއި އެކީ ކޮފީއަކަށް ގޮސްލާފަ… ހިޔެއް ނުވޭ ދެން މިރޭ އިތުރަށް ކެވޭނެހެން” ޝަނުމް ބުނެލިއެވެ.
“މައްސަލައެއް ނެތް! އަހަރެން ނިދާނީ ކައިގެން.. މީ އަހަރެން ކުރާ ޝަރުތަކަށް ނުވިޔަސް ޝަނުމް ޖެހޭނެ ކޮފީ ބުއިން ކުޑަކޮށް މަދުކޮށްލަން.. މާލޭގަ ހުރި އިރުވެސް ދުވާލަކު ފަހެއް ކީއްކުރަން ދިހަ ކޮފީއިން ވެސް ޝަނުމްގެ ބަނޑު ނުފުރޭނެ.. ކޮފީގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި އެއްޗެއް ވެސް ބޮވިދާނެ އެއްނު.. ޝަނުމް ބޭނުން ނަމަ އަހަރެން އަލަނާސި ޖޫސް ގިރާފައި ފުރިޖުގައި ބަހައްޓަފާނަމޭ ” ޝަނުމްއަށް އެއްމެ މީރީ އަލަނާސި ޖޫސްކަން އެނގޭތީ ރީމް ބުނެލިއެވެ.
“އެއްމެ ރަނގަޅު ތި ގޮތް.. ދެން އަވަހަށް ދޭ ކައިގެން ނިދަން.. އިރާދަ ކުރެއްވިއްޔާ ދެތިން ދުވަސް ތެރޭ ބައްދަލުވާނެ” ޝަނުމް ފޯނު ކަނޑާލުމުގެ ކުރިން ބުނެލިއެވެ.
އަޝްވާގެ އޭނާއަށް ނުލިބޭނެކަން އެނގި ޝަނުމް ހަޔާތުގެ އައު ބާއެއް ފެށިއިރު އޭނާގެ ހިތް އެކަމަށް ތައްޔާރު ހެއްޔެވެ؟ ރީމް ޝަނުމްއަށް ލޯތްބާއި ވަފާތެރިކަން ދޭން ބޭނުން ވާއިރު ޝަނުމްއަށް އަދިވެސް އެކަން އެއްކޮށް ބަލައިގަތުން ވަނީ ދަތިކަމަށެވެ. އެހެންނަމަވެސް ޝަނުމް އެދަނީ ރީމްގެ އަޅާލުމަށް އޭނާގެ ހިތް ހުޅުވާލަމުންނެވެ. އެކުގައި އުޅެވޭނެ ކަމުގެ އުއްމީދާއި އެކީގައެވެ.
ސިކުނޑިން ފޮނުވާލި ސިގުނަލާއި އެކު ކާއިންގެ ހަށިގަނޑަށް ހަރަކާތް އަންނަމުން ދިޔައެވެ. އެތައް އިރަކު ފުން ނިންޖަކުން ނިދާފައި ހޭލާހެން ކާއިން ދެ ލޯ ހުޅުވާލިއެވެ. އެޔާއި އެކު ކުރިމަތިން ފެނުނު ސޫރައާއި އެކު ކާއިންއަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ.
“ކާއިން! ކިހިނެތް މިހާރު” އިވުނީވެސް އަޑުއަހަން ބޭނުންވި އަޑެވެ. އަދި ބޮލުގައި ފިރުމާލީ ވެސް ބޭނުންވި ފަރާތުންނެވެ.
“ރަނގަޅު ދޯ” ކާއިން ޖަވާބެއް ނުދިނުމުން އަޝްވާ އަހާލިއެވެ. އަދި ކާއިންގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަ ދިނެވެ.
“އާން.. ޗެރީ..އަހަރެން ޗެރީ..”ކާއިން ބޭނުން ވަނީ ލޯބިވާ ވާހަކަ ބުނާށެވެ. އެހެންނަމަވެސް އެއަޑުގައި އެހާ ބާރެއް ނެތެވެ. ކާއިންއަށް އަނެއްކާ ވެސް ލޯ މަރާލެވުނެވެ.
އެއްގަޑިއިރު ފަހެވެ. އަދިވެސް އަޝްވާ އޭނާ ކައިރީގައި ހުންނާނެ ކަމަށް ކާއިން މަޑުމަޑުން އަޝްވާއަށް ގޮވާލިއެވެ.
“ކީކޭ ކާއިން.. އަދިވެސް ވަރަށް ބޮޑަށް ތަދުވޭތަ” މިފަހަރު އިވުނީ ޝައިމްގެ އަޑެވެ. ކާއިން ލޯ ހުޅުވާލައި އަޝްވާ ކޮބައިތޯ ބަލަން އުޅުނެވެ. އެއް ގޮތަކަށް އެތައް އިރެއް ވަންދެން އޮތުމުން މަސްތަކުގައި ވާންކަމެއް ހުއްޓެވެ.
އަޝްވާ މިފަހަރު ހުރީ ކޮޓަރީގައި ހުރި ކުޑަދޮރު ކައިރީގައެވެ. ކާއިން އަޝްވާއަށް ބަލައި ހިނިތުންވެލީ އޭނާ ކައިރިއަށް އައުމަށް އެދުމުގެ ގޮތުންނެވެ. އެހެންނަމަވެސް އަޝްވާއަށް އެ މެސެޖު ލިބުނުހެން ހީނުވެއެވެ. އެއްވެސް ހަރަކާތެއް ނުކޮށް ކާއިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ.
“ބޮލުގައި ރިއްސާތާ؟ ޑޮކްޓަރަށް ގޮވާލަން ވީތަ” ކާއިން ޖަވާބެއް ނުދިނުމުން ޝައިމް އަނެއްކާ ވެސް އަހާލިއެވެ.
“ނޫން..” ޝައިމް އާއި ދިމާލަށް އެބުރިލައި ދެ ކޮޅަށް ބޯ ހޫރުވާލަމުން ކާއިން ބުނެލިއެވެ. ކާއިން ދެރަވިއެވެ. އަޝްވާ ދުރުގައި ބަލަހައްޓައިގެން ހުރުމުންނެވެ. ޝައިމް ހެން އައިސް ހާލު ބަލަން ނޫޅެނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ކުރިން އޭނާއަށް އަޝްވާ ކަމަށް ވާހަކަ ދެއްކުނީ ހުވަފެނެއްގައި ހެއްޔެވެ؟
“އަޝްވާ، ދޮންބެ އެބަ އަންނަން ކާއިންގެ ޑޮކްޓަރު ގޮވައިގެން.. ކާއިން އެކަނި ބަހައްޓާފަ އެއްވެސް ތާކަށް ނުދައްޗޭ، މީ މިހާރު އަހަރަމެން އިތުބާރު ކުރާ މީހެއް ނޫން” ޝައިމް އެހެން ބުނެލުމަށްފަހު ދިޔައެވެ.
ޝައިމް ދިޔުމުން ކާއިން އަނެއްކާ ވެސް އަޝްވާއަށް ބަލާލިއެވެ. އޭނާގެ އެބެލުމުން އަޝްވާއަށް ބުނަން އުޅޭ އެއްޗެއްގެ މާނަ ނޭނގެނީ ހެއްޔެވެ؟
އެއް މިނެޓް ވަންދެން ބަލަން އޮތް އިރު ވެސް އަޝްވާގެ ފަރާތުން ކުޑަ ނަމަވެސް އިޝާރާތެއް ނުލިބުމުން ކާއިން އަޝްވާއަށް ގޮވާލަން އުޅުނެވެ. އެހެންނަމަވެސް އެއަޑު ބޭރުނުވަނީސް އަޝްވާ ފަހަތަށް އެބުރި ބެލްކަންޏާއި ދިމާލަށް ދާން ހިނގައިގަތެވެ. އެ ހިނދު ކާއިންގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އޮޕެރޭޝަން ކުރުމުން ކެތްނުވާ ވަރަށް ބޮލާއި މުޅި ހަށިގަނޑުގައި ރިއްސަމުން ދާ އިރުވެސް އަޝްވާ އެ ކުރި ކަންތަކުން ލިބުނު ތަދު މާ ބޮޑެވެ.
ކާއިންއަށް މަޑަކުން ނޯވެނުނެވެ. ވަރަށް ހިތްވަރުކޮށްލުމަށްފަހު އެނދުން ތެދުވެ އަތަށް ގުޅާފައި ތިބި ވާގަނޑުތައް ނައްޓާލުމަށްފަހު އަޝްވާ ކައިރިއަށް ދާން ހިނގައިގަތެވެ. ކޮޅަށް ތެދުވުމާއި އެކީ މޫނު މައްޗަށް އަނދިރިކަން ވެރިވި ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ހަދާނުލައެވެ.
“އަޝްވާ! ކީއްވެ ތަ އަހަރެން އެވަރަށް އަންނަން ބުނި އިރުވެސް ކައިރިއަށް ނައިސް ހުރީ.. އަޝްވާ ތި ހިރީ އަހަރެން ދެކެ ރުޅި އައިސްފަތަ؟” އަޝްވާ ކައިރިއަށް ބެލްކަންޏަށް ނިކުމެ ކާއިން ޝަކުވާކޮށްލިއެވެ.
“ކާއިން! ތީ ކޮންކަމެއް.. އަވަހަށް ހިނގާ އެނދުގައި އޮށޯންނަން.. ކޮޅަށް ތެދުވެގެން އުޅޭއިރު އަނިޔާއެއް ވެދާނޭ!” ކާއިން ފެނުމުން އަޝްވާ ދިޔައީ ހައިރާންވެގެންނެވެ. އެނދުގައި އެޑްމިޓްވެގެން އޮތުމަކީ ވެސް ކާއިންއަށް ނުކުރެވޭ ވަރުގެ ބޮޑުކަމެއް ހެއްޔެވެ؟
“ނުދާނަން!” އެހެން ބުނެ ކާއިން އަޝްވާގެ އަތުގައި ހިފާލީ ގަދަ ހަދާލުމުގެ ގޮތުންނެވެ. އޭނާ ހިތުގައިވާ އެއްޗެއް ފާޅުނުކުރެވެނީސް އަޝްވާ އޭނާއަށް އަދަބު ދޭން ފެށީ ހެއްޔެވެ؟
“އަޝްވާ ކީއްވެތަ އަހަރެން ދެކެ ރުޅި އައިސްފަ ތިހިރީ.. އަހަރެން …” ކާއިން މެދުކަނޑާލިއެވެ. އަޝްވާ ދެކެ ރުޅި އަންނަން އުޅުނަސް އޭނާއަށް އެކަން ނުކުރެވޭނެކަން އެނގޭތީއެވެ.
” ކާއިން ތިހެން ތި އަހަނީ އަހަރެން ރުޅިއައިސްފަ މިހިރަ ސަބަބު ނޭނގިގެންތަ ؟ އަހަރެން އެވަރަށް އަހަރެންގެ އިހުސާސްތައް ކިޔައިދިނުމުވެސް ކާއިންއަށް އެކަންތަކަށް އިހުތިރާމް ކުރާކަށް ނޭނގުނެއްނު” ރުޅި މޫނު ހަދާލައި ދުރަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.
“އަހަރެން އަޝްވާގެ އިހުސާސްތަކަށް ނުވިސްނަނީއޭ! އަހަރެން އަޝްވާގެ އިހުސާސްތަކަށް ވިސްނާތީއެއްނު މިއޮތް ހާ ދުވަހު އެ ޝަނުމް އަޝްވާއަށް އެވަރަށް އަނިޔާ ދޭއިރު އަޝްވާ ކައިރީ …. މި ހުންނަނީ” އަޝްވާ ކައިރިއަށް ޖެހިލަމުން ކާއިން ބުނެލިއެވެ. ކާއިން ޖުމްލަ ނިންމާލަން އުޅުނީ އެހެން ނޫނެވެ. އަދިވެސް ހިތްބިރުގަންނަނީއެވެ.
ކާއިންގެ އަޑު ގަދަވުމުން އަޝްވާ އިސްޖަހާލިއެވެ. ކާއިން މިހާ ރުޅިގަދަވެފައި ހުއްޓައި އޭނާ ދުވަހަކުވެސް ނުދެކެވެ.
“ބަލާބަ އަހަންނަށް.. އަހަންނަށް މާފުކޮށްދީ އަހަރެން ބަލަހައްޓައިގެން ހުރި ގޮތުން އަޝްވާއަށް ނުބައި މާނައެއް ނަގަން ފުރުސަތު ދެވުނީތީ.. އެކަމަކު އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން… އެވަގުތު އަހަރެން ދެރަވެފައި ހުއްޓައި އަޑުއަހަން ބޭނުންވި ވާހަކަތައް އަޝްވާ އަހަންނަށް އިއްވައި ދިނުމުން އަހަރެންގެ ހިތް ނުބައި މާނައެއް ނެނގީ.. އަޝްވާ އަހަންނާއި ދުރުގައި ހުންނަން ޖެހޭ އެއްވެސް ކަމެއް ކުރަން އަހަރެންގެ ހިތެއް ނޭދޭ.. އަޝްވާ އަހަރެން ސިފަކޮށްދިން ގޮތަށް އަޝްވާ ވެސް ތީ މިހާރު އަހަރެންގެ ހަޔާތުގެ އެއްބައި.. އަޝްވާއާއި ނުލައި އަހަރެންގެ ދިރިއުޅުމެއް ފުރިހަމައެއް ނުވާނެ.. ” އަޝްވާގެ އިސްއުފުލައި ދެމުން ކާއިން ބުނެލިއެވެ.
“އަޝްވާ އަހަންނާއި ދުރުވާން ޖެހޭ އެއްވެސް ސަބަބެއް އަހަރެން ފަރާތުން ދެން ދުވަހަކު ވެސް ފެނިގެން ނުދާނެ ކަމަށް ވައުދުވަން” އަޝްވާގެ ދެ ލޮލަށް ބަލާލަމުން ކާއިން ބުނެލިއެވެ. ކާއިންގެ ހިތަކީ ބިއްލޫރިން ހަދާފައިވާ އެއްޗެއް ނަމަ އެ ތަޅައިގެން ގޮސް ކުދިކުދިވި އަޑު އަޝްވާއަށް އިވޭނެކަން ޔަގީނެވެ.
“ކާއިން!!!.. އަޝްވާ ކޮބާތަ ކާއިން” އަޝްވާއަށް އެޔަށް ޖަވާބެއް ނުދެވެނީސް އިވުނީ ޝައިމްގެ އަޑެވެ. ކާއިން އަޝްވާގެ މޫނުން އަތް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު ތިން ޑޮކްޓަރުންނާއި ޝައިމް ހައިރާންވެފައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އެހާ ބޮޑު އޮޕެރޭޝަނެއް ކުރުމަށްފަހު ކާއިންއަށް ކޮޅަށް ތެދުވެ ހުރެވުނީތީއެވެ.
“އަޝްވާ އަހަރެން ބުނީމެއްނު ކާއިންއަށް ބަލާށޭ.” ދެކޮޅަށް ބޯ ހޫރުވާލަމުން ހިތްހަމަނުޖެހުމާއި އެކީ ޝައިމް ބުނެލިއެވެ.
ޑޮކްޓަރުން އޭނާގެ ހާލަތު ބެލުމަށްފަހު ދިޔުމުން ކާއިން އެނދުގައި އޮށޯވެ ނިދަން އުޅުނެވެ. އެހެންނަމަވެސް އެތައް ހިޔާލުތަކެއްގެ ސަބަބުން ސިކުނޑިއަށް ވަނީ ބަރުކަމެއް އައިސްފައެވެ. ލޯތްބަށް އިއުތިރާފު ނުވަނީސް އަޝްވާ ކާއިންގެ ލޯތްބަށް ފުރަގަސްދިނީ ހެއްޔެވެ؟
ލޯމަރައިގެން އޮވެ ކާއިންއަށް ރޮވުނެވެ. ކޮޓަރީގެ ބޮކި ހުރީ ނިއްވާލާފައިކަމުން އެއްވެސް މީހަކަށް މި މަންޒަރުތަކެއް ނުފެނެއެވެ. ފެނުނަސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ ރުހުން ލިބެން ބޭނުންވި ކުއްޖާ އެހެރީ ދުރުގައެވެ. ލޯބިވާކަން ބެލުމަކުން އަންގައިދިން ކަމަށްޓަކައި ނުރުހިފައެވެ. އަޝްވާގެ ހިތުގައި ކާއިން އަށްޓަކައި ރަހުމް ނުވަނީ ހެއްޔެވެ؟ އެވަރަށް ލޯބިވާ ކަމަށް ބުނާއިރުވެސް އަޅާނުލަނީ ކީއްވެ ހެއްޔެވެ؟ ކާއިންގެ ލޯބި ބޭނުން ނުވަނީ ހެއްޔެވެ؟ އަދިވެސް އަޝްވާގެ ހިތް މިލްކުކޮށްގެން އުޅެނީ ޝަނުމް ހެއްޔެވެ؟ އެހިތުން ކާއިންއަށްޓަކައި ޖާގައެއް ނުވަނީ ހެއްޔެވެ؟
ކާއިން ބުނެލަން ބޭނުމެވެ. ހިތް ނުރޮއްވާށެވެ. އެއްމެ ފަހަރަކުވެސް ލޯބިން ހިނިތުންވެލައި ތިޔަ އޯގާތެރިކަމުގެ ހިޔާ ދޭށެވެ. އޭރުން މި ހިތް ފުރި ބަންޑުންވާނެ ކަން ޔަގީނެވެ. ލޯބިވަމެވެ، އިންތިހާއަށެވެ. ފުރާނައިން ގުރުބާން ވާންޖެހުނަސް ފަރުވާލެއް ނުވާ ފަދައިންނެވެ. ދުރުނުވާށެވެ. ބިރުނުގަންނާށެވެ. އަހަރެން އަޝްވާ ރޮއްވާ ނުލާނަމެވެ. ދެރައާއި ހިތާމަ ތި ހަޔާތުން ފުހެލާނަމަވެ. ތިޔައީ އަހަރެންގެ ހަޔާތުގެ ދިރުމެވެ. ކޮންމެ ދުވަހަކު ހިނިތުންވެވޭ ސަބަބެވެ. ލޯ މަރާ ހިނދު ސިފަވާ ތަސްވީރެވެ. އެކުގައި ހުވަފެނީ އާލަމަށް ދަތުރުކުރަން ބޭނުންވާ ފަރާތެވެ.
ޖެހިގެން އައި ދުވަހު ކާއިން ފަތިސް ނަމާދަށް އަރަން ގޮވީ ކައުސަރެވެ. ކާއިން ދެ ލޯ އުނގުޅަމުން ފޯނު ބަލައިލީ އަޝްވާގެ ފޯނެއް އައިސްފައިވޭތޯއެވެ. އެއްމެ ފަހަރަކުވެސް ގުޅާފައެއް ނެތެވެ. އަޝްވާ އަބަދުވެސް ކާއިންއަށް ފަތިސް ނަމާދަށް އަރަން ގޮވައެވެ. އެހެންނަމަވެސް މިއަދު ؟؟؟
މުޅި ދުވަސް ފާއިތުވެގެން މިދަނީ އެހެންނެވެ. އަޝްވާ ގުޅާލާތޯ ކާއިން ފޯނަށް ބަލަހައްޓައިގެން އިންނަނީ ކެތްތެރިކަމެއް ނެތިއެވެ. ފާއިތުވާ ކޮންމެ ވަގުތަކާއި އެކީ ކާއިންގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އިސްވެ ގުޅާލާނަމޭ ހިތަށް އެރީ މަދު ފަހަރެއްގެ މަތިން ނޫނެވެ. ބިރުގަންނަނީ ކާއިން މިހެން ކޮށްލާ ކިތައްމެ ކުޑަކަމަކުން ވެސް އަޝްވާ އޭނައާއި ދުރުވެދާނެތީއެވެ؟
“ކާއިން، އަހަރެން ސުވާލުނުކޮށް މިހިރީ ކާއިން އިސްވެ ވީ ގޮތް އަހަންނަށް ކިޔައިދޭނެ ކަމަށް ހީކޮށް” ދެ މީހުން އެކަނިވެލުމުން ޝައިމް ބުނެލިއެވެ. ކާއިން އެހެން މީހުން ކައިރީ އޭނާ އެކްސިޑެންޓެއް ވީ ކަމަށް ބުންޏަސް އެއީ ދޮގެއް ކަން ޝައިމްއަށް އެނގެއެވެ.
ކާއިން ޝައިމްއަށް ވީ ކަންތައް ކިޔައި ނުދެވެނީސް އަޝްވާ އެތަނަށް އައެވެ.
“ދޮންބެ ދޭ ގެޔަށް.. އަހަރެން ކާއިން ކައިރީ މަޑުކޮށްލާނަން” އަޝްވާ އެދުނެވެ. ޝައިމް ރެއިން ފެށިގެން އުޅުނީ ހޮސްޕިޓަލުގައި ކަމުން އިތުރު ބަހަނާއެއް ނުދައްކައި އެތަނުން ދިޔައެވެ.
“އައްދިއްޔޯ މަންމާ” ޝައިމް ދޮރުން ނިކުތުމާއި އެކު އަޝްވާ ކާއިންގެ އަތުގައި ބާރަށް ވިކައިގަތެވެ.
“ތަދު ވި ތަ؟ އެހެންވީމަ ކާއިންއަށް އެނގޭ ދޯ ތަދަކީ ކިހާ ވޭން ހުރި އެއްޗެއްކަން… އަދިވެސް މާ މޮޅުވެގެން އެކަނި ކަންތައް ކުރެވޭ ބަލަން އުޅޭތި!! އަހަރެން އެވަރަށް ނުދާސް ޢާދޭސްކުރުމުން ވެސް ކާއިން މާ ގަޓް ދައްކާލާފަ ދިޔައީ ކޯއްޗެއް ލިބޭނޭ ހިތާތަ؟ ކާއިން ގެޔަށް ނައިސްގެން އަހަރަމެން ކިހާ އިންތިޒާރެއް ކުރަން ޖެހުނުކަން އެނގޭތަ؟ ކާއިންއަށް ކީއްވެތަ އެހެން މީހުންގެ އިހުސާސްތައް ނުވިސްނެނީ.. ކާއިން ހީ ކުރަނީތަ ކާއިން އެކަނި ހުރިހާ ކަމެއް ކުރެވޭނެއޭ! އެއްވެސް މީހެއް ކީއްކުރަން ކާއިންއަށް އަމުދުން އަމިއްލައަށް ކަމެއް ނުކުރެވޭނެ. ތީ ރުޅި އައުމުގައި އެއްވަނަ. ލޯބިވާ މީހެއް ނަމަ ފުރާނަ ގުރުބާންކޮށްލަން ޖެހުނަސް ވިސްނާލާ މީހެއް ނޫން.. ތީ ބޮޑު ބޮޑު މޮޔައެއް” ކާއިންއާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައި އަޝްވާ ހަޅޭތްލައިވައިގަތެވެ.
“ލޯބިވާ މީހުންނަށްޓަކައި ގުރުބާން ވުމަކީ މައްސަލައަކަށް ވާންވީ ކީއްވެ؟” އަޝްވާ ވިކައިގަތް ތަނުގައި އަތް އުނގުޅާލަމުން ކާއިން ބުނެލިއެވެ.
“ކާއިން އެހެން މީހުން ދެކެ ލޯބިވާ ފަދައިން ކާއިން ދެކެ ވެސް ލޯބިވާ މީހުން ތިބޭނެކަން ނޭނގޭތަ؟؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
75 Comments!
Comments are closed.







me first… adhi nukiyan… mi kiyany inge..
❤❤?❤?
hey roon .. adhii nuves kiyaalan..kiyaafa cmnt kohlaanan… hehhe ..igey nice vaane kan..♥♥
Thanku sam ?
wow its vvvvvv nice roon .. alhe sam ah rovihje aslu ves .. ashava n.kaain dhuru nukuruvah chey..plx… love u roon.♥♥♥ sam.first dhww… hehehe
?????
Oh kihinei v ?
V foohi… reem n shanum ge bai onnathi…. aslu hiykuri me story v rythi vaane kamah… ekamaku dhw
Its okay. Hurihaa kudhin beynun vaa gothah story nudhaane. ?
Maroon thi buni hama thedheh
Superb….varan reethi….
Thanku hasha ?
wow varah reethi heart touching. mi part ga twins bai hunnane kamah heekuri but adhi ehaa hisaabah nudhey dhw. i think actually kaain follow kuri meehun attck kuri hen kain ah. varah reethi mi part ves. waiting mazin fennane irakah. and i think reem ge twins hate her hen may b bcz they both have same parents but some incidents cause them apart. may b thats y she hates reem for being abandon and not getting parents love something like thst. if that happens she will want to get revenge. i think shez working for mazin to get revenge. lets see wats next. love this part tooo. gdnyt roon. ur the best ?
Thanku annoying reader. I love ur comments!!!
U think of the story morethan anyone else. Reem ge twins dhw.. yes adhi eynage v v bodu baeh annaane.. eyrun egeynethaa what she is trying to do dhw..its all abt revenge and love…and love comes in different forms..good night lovees ??
As always v reethi mi part vx… Kaain Nd ashwaa dhen gulhuva dheebala plx… Waiting… Luv yuh
Thanku lamsha ? hehe might hama ? loves
ashwa loves kaain???? v dhera vejje kaain ge vaahaka adu ivifa… ashwa ebuni thedheh… kaain hama kuda koh moya… accident vyma ves e ulheny gaddaa vegen… heheh.. reem shud talk to amyha… she is her mom… reem aa shanum ge love story furihama kurachey… thanku mihaa reethi reethi story eh liyedheythyve… Masha Allah v reethi mi part… waiting for next part inge… loveeeess <3 <3 <3
DNT KNOW
Kuda moya ehtha. I think bodu bodu henn.. ehehe… ?
Reem dhaane dhw mom vyma. Lets see of she can forgive her
Thanku so much for all the support. Loves tx ??
Alhey. ….. waiting for the next part. …
maroon thee hama best. ..
ތެންކް ޔޫ ފަފޫ ??
Story vrh reethi. .ekam mihaaru hindhu and ashvin ge bai madhu kamah faahaga kurevey.
Thanku shina. Yes gasdhuga madhu kuree. Ei because they r happily married kamun. But next part ga e kuda familyge kuda thankolheh annaane ngey ??
V reethi mi part ves, when next
Ashwaa and shanum hama nugulheynetha
There is litle bit chance. Depends on their hearts desire
Varah reethi…alhey avahah kaain nd ashwaa gulhuvaaba……lots of love .waiting for the next part?❤
Thanku maikko. Might happen hama.
Loves ??
Alhe komme ves gothakun shanum aai ashvaa gulhuvaba… Please
Jaanu gotheh bunedhybala. ?
Alhe v v v rythi story. .. maroon u r the best. .. kaain aa ashwa aa dhemyhun gulhuvan feney mihaaru. .. shanum dn nulibeyne viyya kithamme ummeedh kurias ?? alheyy dn hama mi vaahaka kiyaa hithun hurevenyy eh nunn… next part avahah up kohdhehcheyy. .. love you maroon ???❤
Twingirl its happy that u like the changes i bring in this story.
Keeh kuran dhw marriage breakup kuran ashwa vy.. ekamakuves there is chance she might still get him..
Loves . Sure ??
Varah reethi mi bai ves?
Thanku eyra ??
(Ashwa ahrn dheke loaehbeh nuveytha..???)
Plxx ehn ahahchey
Hehehe.. kaain ashwa kairee bunebala loabi vaa vaahaka. Thihaa birun ulhegen kameh nuvaand ??
??
Story ah haadha inthixaaru kohfaey reyga nidhyves… Thanks a lot story up kohla dhinyma… Story up vehjetho iru iru kolhaa balaaves lan… Ehaaves kiyaahiyvefa abadhu hureveny… Mi story nimunas ehen story eh maroo fashahchey igey.. Mihaa rythikoh aturaalaigen genesdhey story eh hama nethey buneveyny … Kiyaa kiyaa foohi nuvaane… Ehbaeh ves ki idhaane kithanme faharakuves.. Ehaaves furihamey buneveyny… Mi story feshigen mihaa hisaabah ai iruves story ge molhukamah badhaleh naadhey… Maroo hyvany story eh liyan fashaairu abadhuves v yagyn kamaaekuhen liyan fashany… Ehenve kanneynge ehaa rythy. . story kiyamun dhaairu hama hyvany khonme manzarehves aslah hama loa kurimahchah fennahen.. Ehavv ves ehaaves sifakurun molhey n furihamey buneveyny. . abadhuves buneveyny hama thivareh nethey..????????… Miss u…???
Dhoonya sorry ehaa las vandhn inthizaaru gai behettunhthy. Ehen story eh dhw.. visnaalaanan ngey… v visnaafa thafaathu story eh genesdhinumuge magsadhuga liyan fetty. M so glad u guys like the story..v ufaa vey abadhuves shannge commenr kiyaalaafa. Much love tc ???
Hello maroon.. Story hama
? reethi abadhu ves reethi
Naseebehnu kaain dhera gotheh nuveekan.. Ashwa ah adhives rangalhah neyngey dhw loabi vaa kameh.. Kobaa tha ekkala twins eyna ves e ulhenii maazin aa dhekolhah
…kameh raavan kanneyge
? Very beautiful mi part ves
Lots of love maroon ???
Thanku jeen. She cares abt him a lot. Ekam love???
Twins maybe a ekkolhah ves noony dhe kolhah ves huredhaane dhw..
Loves tc ??
V ufaa vejje thi gothugai maroon aai eky vaathy ?
Alhey mi part ves varah reethi ❤️ Alhey kaain ashwaaa dheke haadha loabi veyey dhw ashawa ves kaain ah dheke loabi vaane dhuvahakah inthizaaru kuran ? Ashwa and kaain gulhuvahchey nge maroon. Kaain hama ehves varakah amihla nafsah nuvina ey dhw ehaa avahah thedhuvee e noavevigen hama bodu bodu moya eh ashwaa bunaa hen.
Waiting for the next part
Hehehe shaa.. v v ufaa vejje comment kiyaalaafa.yh he is too much dhw..
Ekam ehen e ulheny loabi vaa meehun gelli dhaane kamuge birah.
Loves ??
ވާހަކަ ވަރަށް ރީތި.ކޮމެންޓް ނުކުރިކަމުގައިވިޔަސް ވާހަކަ ބަރާބަރަށް ކިޔަން.. މިވާހަކައިގަ އިންނަނީ ކިތަށް އެޕިސޯޑްތަ..؟؟
Thanku kiyaa.. adhi less than 15 parts left. ??
Maroon is the best. Daily koh upkohdhethee hama best writer in esfiya.nice story.
Thanku yal ??
Yey. Finally 40 ves up kury..maroon thee fisaari kanbaleh..hehe yor are best..mi bai koyaafa rovvije…vv asarugadh. Non ah ingey eruves accodenteh vaaneka..keep it up..i am with you..big supporter..love you
Thanku non.. v ufaa vejje comment kiyaalaafa. Heekuran e gothugai hunnaane kmah abadhuves.
?? loves
kihineh mi vi story ah.hadikohlaifi mulhi story vaki hisaabakah v reethi koh dhiyaee ekam mihaaru ehaa reethi nooney buneveyny sorry roon.
Its ok zoya
Ekam story hadi vi sababu bunedhyfiyyaa v ragalhu
Mi part v kiyaahithun indhaey e nimunee..alhey kaainmee meehun buna ehcheh adu ahaa meeheh noon.. geyga ahsaafa baandhanvee hama?.. mi stryge sifakurunthah v nice.. mihaa kiyaahithun kiyey stry eh adhi mi situn nukiyan.. komme dhuvahakau up kohdheyba.. thank you maroon..
Thanku shina
Hehehe kaain dhw ???
Ehen hadhanvy… shaim and ashwa kairee bunelaanan ngey…
Vvvv ufaa vejje comment kiyaalaafa ??
maroon, mivaahaka my mihaaru emme kiyaahihvaa ehvaahaka, shifakuruntha, vaahakaige baithah genesdheeleh varah furihama, varah ufaavejje kaain ge opporation kaamiyaab vyma. ashvaa dheke kaain loabivaakan haama kohbala kaain, i think ashwaa will accept ur love.
maaxin eaailaa ah egothah dhimaa kuraa aslu sababu ingen beynun, adhi dhuvahaku maaxin salaamah nuvaa varuge andhavalhakah polihuge ehyga vattaalan vaane maroon, but e haadhisaage kurinvess maaxin ah kaainmenge faraathun undhagulaa dhuthuraa libenvaane, maaxin ah undhagoo kanthah thakeh himananvaane, adhi kaain maaxin black mail kuraa kahala kameh himanaaliyas salhi vaane,
kaain , maaxin men gein hoadhunu ehchakah viyas ok, misaalakah maraalaafa vaa myhehge hashigandeh, unexceptred myhehge.
Now maroon u can compete for other story writter like aishaa, sofa, yasma, laaraa. they are cute and very good story writer in all online news.
Hehehe noo …v v ufaa vejje comment kiyaalaafa..ashwa ah vaa gotheh balama dhw.. maybe him or shanum noony miuvaan ah ves vedhaane ennu ??
Yes jeheyne maazin ah varugadha ladeh dheyn. I have decided it.. m sure u are going to love it..aslu sababu dhw. In sha Allah ekan ves lasnuve bunedheynan… kaain athah maazin arafiyyaa heeveytha hama heygai bahattaane hen.. he is someone with so much anger. V salhi gothakah maazin bust kollan vaane dhw…
Thats so much thaureefu… ehheheh… ????? much love
owww …..maroon thee gadha meeheh ehaa fast koh up kolly..busykn ulhemun ves gavaaidha mi story nukiyanyya hiyhamaeh nujehey..vvvvvvvvvv reethi..sanum and reem ge gulhun eba rangalhuvey..aswa and kaain avaha gulhuvaba…eesh ge mathin miss vanee…dhen genna part doble ko dhigukurachey..ingey writers akee ves vvv busy baeh kan ..thi kuraa buramasakeh faahaga kuran ..vv ufaavey vaahaka medhunukendi genesdhethy..aharemenah assingnmenteh hadhaairu type kuran jehey iruves onnnany type kuranbbodukamakah vefa but vaahaka liyuntherin vv kulhadhaana..hurihaa enmenves gaboolu kuran jeheyne writers in akee ves vv busy bae kn baeh faharu las ves vedhaane kan ..ekam maroon vareh nei..ehaa fast..vaahaka vv salhi..adhi ithurah furihama vaany kaain aa aswaa aa marry kuraa hissabun adhi aswaaahdhariyaku libey dhuvahakun…
Aww thts so shweeet desr. M showing all my teeths ? ufaavi varun…eesh mathin maroon ves v hadhaanvey. In sha Allah next part ga eesh ulheyne ngey… hehehe.yes typing is difficult ekam mihaaru liye liye fast vehje. Vvvvv ufaa vejje ey anekkaa ves bunaaly. Thi gothugai abdhuves support dheyne kamah v ummeedhu kuran. So many hearts and love.. kaain and ashwa dhw.. kaain kairee bunelaanan avahah propose kuraashey ????
owww …..maroon thee gadha meeheh ehaa fast koh up kolly..busykn ulhemun ves gavaaidha mi story nukiyanyya hiyhamaeh nujehey..vvvvvvvvvv reethi..sanum and reem ge gulhun eba rangalhuvey..aswa and kaain avaha gulhuvaba…eesh ge mathin miss vanee…dhen genna part doble ko dhigukurachey..ingey writers akee ves vvv busy baeh kan ..thi kuraa buramasakeh faahaga kuran ..vv ufaavey vaahaka medhunukendi genesdhethy..aharemenah assingnmenteh hadhaairu type kuran jehey iruves onnnany type kuranbbodukamakah vefa but vaahaka liyuntherin vv kulhadhaana..hurihaa enmenves gaboolu kuran jeheyne writers in akee ves vv busy bae kn baeh faharu las ves vedhaane kan ..ekam maroon vareh nei..ehaa fast..vaahaka vv salhi..adhi ithurah furihama vaany kaain aa aswaa aa marry kuraa hissabun adhi aswaaahdhariyaku libey dhuvahakun…
Wow..just wowww..?.varah salhi ingey mi part ves???…varah a furihama…hama fabulous ey buneveyni?????..dhen kiyaanekamehnei….hama bashuhtije..???.mi vaahakaige reethikamun..hehe.???.finally kaain ge operation kaamiyaabu vidhw…keep it up n good luck…???? my support are always with u..loves..???.waitting ????❤️❤️❤️❤️
Its so great to see ur comment click… vvvv happy vejje ngey … kaain ge operation kaamiyaabu vejje but we need to protect him from doing something stupid dhe..much love dear. Always wait for ur cokment ???
Wow ❤️❤️❤️… Superb ???… Maasha Allah mi part haadha reehchey ???… Vaahakaiga hingaa knme kamehvx heevany loa kurimathyga sifavaahennn.. Ehaa vx reethi koh sifakohlevey ???… N v v kamudhey maroon feelings thah describe kohdhey goi ???… V v v reethi koh ihusaasa thah genesdhyfa hunnanee ???…. Keep up the good work maroon… Nasybehnu kaain salaamai vikan.. Mi part vx v emotional n kaain haadha dheravaaneyey dhw ???… Curiously waiting for the next part… Lots of love and take care ?❤️???
vv ufaa vejje pinky shifoo. thats a beautiful comment. and kaain ah dhera gotheh nuhadhaane ennu maroon. i love him ??? loves tc
Woww… amazing… maroon ge sifakurun eh furihama.. hiivanii vhk therey ulheveyhn… luv this stry…. nxt prt avas khdhehchey… plx plx plx.. this is one stry that i can’t live without this…. love this stry vvvv much
heheh mishy… i live ur comment… loves tc.. so happpy dear ???
ވާހަކަ ވަރައް ރީތި އެކަމު ސަނުމް އެންޑު އަޝްވާ އާ ގުޅުވީމަ ރީތި ވާނީ.ރީމް ޕުރެގު ކޮއްފަ ވިހެއުމުތެރެ ހާދިސާ އެއް މެދުވެރި ކޮއްފަ އަޝްވާ އާއި ސަނުމް ގުޅުވަބާ.
thats …. i dnt knw what to say
alhe haadha rangalhey sorry lahun comment kurevunyma but v kurin kyn alhe mihaa reethi story eh nukiyan umuru hayaathugaves wish u all the?? best hama serious koh curious about what will happen story nimunyma dhn misite ehves dhirumeh nuvaane dhw ??
its okay.. u r one of the best readera.. egey story kiyaane kana.. much love. ???
hehehe.. ehen story eh liyan fashan vy dhw
Vara reethi. Maroon alhe miadhu 1 more part genesla nudheveyne tha? Enme kiyaa hiy vi hisaabun thi ninmaalee.. ehenve hama kiyan beynun vanee adhi ves. Visnahcehy alhe adhi 1 part up kuran. Mirey viyas
up vejje ??.. thanku faathee
Stry ga dhen vaane goih balaalan beynumy.stry mi dhany vv nice koh. Reem vess mom ah maafu kurey avahah . Mom hithuga jahshaakah nuvaane. Hehehe .roon kaain evarh dhera nukurahchey.n ashwa vess shanum mathi hadhaan nahthaa laafa kaain ah jaagaeh dhiy. Esoru evarah nuvaane dherakura kah.waiting 4 next part.mirey avahah koh dhiy bala roon.??
thanku friends… vv v ufaa vejje comment kiyaalaafa.. hehe.. kaain dheke friends v loabi vey dhw.. ???
Kon irakun up kolla dheynre
next part kyhve tha las vany
you can read it now
Hey maroon. Busy v ma coment nukureveny ingey. Story kiyan ekam. Mi part kiyaafa hama hithah ery ehaa bodu operation eh koffa egothah thedhuveveyne hey. Ebaiga kaain thedhuvi vaahaka liyefa othyma kuda koh odd gotheh huri. E ee ekahala operafion kohffa ehaa avahah egothah noolheveyne aslu. Hahha. Ya Ashwa and Miuvaan ?
its oaky dear.. v ufaa vejje story kiyaakana angaalyama.. thanku for pointin out the mistakes ?? miuvaan ehehe