“އަރޫން. ހިނގާ ޝުބާގެ މަންމަ ގާތު ބުނަން ޝުބާ އެޖެންސީގަ މަސައްކަތްކުރި ވާހަކަ.” އިރުކޮޅަކު އެހެން އިނުމަށްފަހު ރޫޝިން ބުނެލި އެއްޗެއްގެ ސަބަބުން އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން އޭނާގެ މޫނަށް ބަލާލީ އެ ކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާ ޚިލާފަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ރޫޝިން މޮޔަވީ ހެއްޔެވެ؟ “އާ ޔޫ ސީރިއަސް؟” މީހެއްގެ ހިލަމެއްވޭތޯ ދެކޮޅު […]
“ބައްޕާ! ކައިވެންޏަކީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނޭ!.. އެހެންނޫނަސް ވަކި ކަމަކަށް ޝަރުތުކޮށް އަޅުގަނޑު ބޭނުމެއް ނޫން މީހަކާއި އިންނަން” އަސްރާރު އަށް ވިސްނައިދެމުން އަޝްވާ ބުނެލިއެވެ. “އަޝްވާ! އެ ޝަރުތު ނެތަސް މިއުވާން އެހެރީ އަޝްވާއާއި ކައިވެނި ކުރަން ތައްޔާރަށޭ.. އެހެންވީމަ މިކަމާ ދެކޮޅު ނުހަދާ!” އަޝްވާގެ އަތުގައި ހިފަމުން އަސްރާރު ބުނެލިއެވެ. އަޝްވާ ބަލައިލީ ދުރުގައި ހުރި ކާއިން އަށެވެ. އަދި ހިނިތުންވެލުމަށްފަހު އަސްރާރު އަށް ބަލައި “ލައްބަ” އޭ ބުނެލިއެވެ. “ވަރަށް […]
އެމީހާ ރައިނާގެ ގާތަށް ދިޔަ ސަބަބު މިހާރު އަހަންނަށް އެނގިއްޖެއެވެ. މާޒް އަކީ ސީކްރެޓް އޭޖެންޓެއްކަން އެމީހާއަށް ޝައްކުވީއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ** ** ރޭގަނޑުގެ ވަގުތު އަހަރެންނާއި ރޫޝިން އެޖެންސީ ތެރެއަށް ވަދެގެން އައީ ދާދި އެކު އެކީގައެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައި ވީއިރު، އެކި ދިމަދިމާގައި މީހުން ހަރަކާތްތެރި ވާތަން އޭރު އަހަންނަށް ފެނުނެވެ. “އަރޫން. މާޒްގެ އަންހެނުންނަށް އެނގޭނެ ދޯ އޭނަ މިތަނުގަ މަސައްކަތް ކުރާކަން؟” މަޝްވަރާ ރޫމާ ދިމާއަށް […]
ބުނެވޭ އެއްޗަކާއި މެދު އަދި ކުރެވޭ ކަމަކާއި މެދު ގިނަ ފަހަރަށް އަހަރަމެންނަށް ވިސްނޭ ތަން އަންނަނީ އެކަން ކޮށް ނިމުމުންނެވެ. ބައެއް ހާލަތްތަކުގައި އެކުރި ކަމެއް އިސްހާލުކޮށް ކަންތައް ހަމަ މަގަށް އެޅުވުމަށް ފުރުސަތު ލިބެނީ މަދު ބަޔަކަށެވެ. ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަޝްވިންއަށް ވެސް ވިސްނެމުން ދިޔައީ މިއަދު އޭނާއަށް ކުރެވުނު “މޮޔަ” ކަމަކާއި މެދުގައެވެ. މާޒީއަކީ މޫނު ބަލާ ލޯގަނޑަށް ވިޔަސް މާޒީއަށް ބިނާކޮށް ތިމާގެ ކުރިމަގުގެ ނިންމުންތައް ނުނިއްމޭކަން […]
ސީޒަން 2 ގެ ފެށުން… 2 އަހަރު ފަސް… އަރޫން: އަށް ގަޑިއިރު! އަހަރެމެން މިތަނުގައި މަޑުކޮށްގެން ހުންނަތާ މިހާރު އަށް ގަޑިއިރުވީއެވެ. އަތުގައިވާ ސްމާޓް ގަޑިއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަހަރެން އަނެއްކާވެސް ބޭރު ބަލާލީމެވެ. ކާރުގެ ހުންގާނުގައި އެއް އަތް އަޅުވާލުމަށްފަހު އަހަރެން އަނެއް އަތުން ދެލޯ އުނގުޅާލީމެވެ. “ނުނިކުތެއްނު އެމީހާއެއް! ދިސް އިޒް ގެޓިންގް ބޯރިންގް.” ކައިރީގައި އިން ރޫޝިންގެ އަޑަށް އަހަރެން އެދިމާ ބަލާލީމެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން […]
ދަތުރުގެ ދެވަނަ ދުވަހެވެ. ފަތިސް ނަމާދުކޮށްލައިގެން އެއްމެން ވެސް އަވަސްވެގަތީ ހެނދުނު ނާސްތާ ތައްޔާރުކޮށްލުމަށެވެ. ރޭގެ ހާދިސާއަށްފަހު އަޝްވާ އިތުރަށް ކާއިންގެ ކުރިމައްޗަށް އަރަން ލަދުގަތެވެ. ރޭގެ ފިނި މެންދަމުގައި އަޝްވާގެ ސިކުޑި ބަރުކޮށްފައިވަނީ ކާއިންގެ ހިޔާލުތަކުންނެވެ. ގުގުރާއިރު ބިރުން ދެ ލޯ މަރާލިއަސް އެޔަށް ވުރެ ބޮޑަށް ކާއިންގެ ހިޔާލުތައް އަޝްވާ ބިރުގަންނަވާލައެވެ. މި ބިރުވެރިކަން ހިތުގައި އޮތަސް އެހިޔާލުތަކާއި އެކީ އަޝްވާއަށް ހިނިތުންވެވޭ ސަބަބެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ކާއިން […]
ކާއިން އަޝްވާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ކާއިން ވީނުވީ ތަނެއް ނޭނގި ކައުސަރު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. “މަންމާ!” ކާއިން ކައުސަރުގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅު ބަލިވެ އުޅޭއިރު ކޮންތާކަށް ގޮސްފައިތަ ތިއައީ؟؟ ދަރިފުޅު ވީ ތަނެއް ނޭނގެންޏާ މަންމަ ކިހާ ހާސްވާނެ” ކައުސަރުގެ ލޮލުން ކަރުނަ ހިލާލިއެވެ. ކާއިން ކައުސަރުގެ އަތުގައި ހިފައި ވަރަށް ލޯބިން ބޮސްދިނެވެ. “މަންމާ! ބައްޕަ ވަރަށް އަވަހަށް އަހަރެމެން ކައިރިއަށް އަންނާނެ.. ” އެހެން ބުނެލުމަށްފަހު ކާއިން […]
ޝުބާ 1)އެޖެންސީގައި އުޅޭ މީހުންގެ ތެރެއިން ޝުބާ އެންމެ ލޯބިވަނީ ކާކު ދެކެ؟ ޝުބާ: (ހިނިގަނޑެއް ޖަހާލާފައި) އެޖެންސީގަ އުޅޭ ހުރިހާ އެންމެން ވެސް އަނެއް ގޮތަށް ވަރަށް ފްރެންޑްލީވާނެ. އެކަމަކު އަހަރެން އެންމެ ގާތް ވާނީ އަރޫންއާ.. ސޯ…. އަރޫން. 2)އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟ ޝުބާ: އަސްލު އަހަރެން އެޖެންސީގެ މަސައްކަތްތައް މިކުރަނީ ވަރަށް ވަރަށް ކުރާ ހިތުން. އެކަމަކު މަންމަމެންނަށް މިކަން އެނގެއްޖިއްޔާ….ވަރަށް ނުރުހުންވާނެ. ބޭނުންވަނީ މަންމަމެންނަށް މިކަން އެނގޭ […]
އަޝްވާ ހީކޮށްގެން ހުރި ގޮތާއި ހިލާފަށް ކާއިން މާޒިން އުޅޭ ތަނަށް ދިޔައީ ޓްކްސީއެއްގައެވެ. މީގެ ދުވަސްތަކެއް ކުރިން އޮފީހަށް ބައްދަލުވުމަކަށް އައި މީހާގެ ސޫޓް ކޭސްގައި ހަރު ކުރެވުނު ޓްރެކިން ޑިވައިސްގެ އެހީގައި ކާއިން ދިޔައީ އެމީހުން އާއްމުކޮށް ގޮސް އުޅޭ ތަންތަން ބަލަމުންނެވެ. އެގޮތުން މިއަދު ދާން މިއުޅޭ ތަނަކީ އޭގެތެރެއިން އެއްމެ ގިނައިން ގޮސް އުޅޭ އެއް ތަނެވެ. މާހިލް އައި ދުވަހު ކާއިން މި މައުލޫމާތުތައް މާހިލްއާއި ހިއްސާނުކުރުނީ ކާއިން ހިތުގައި […]