Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 44

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 25, 2018 12 Mins Read
73 Comments

ޝަނުމް ކުޑަކޮށް ތާޒާ ވެލުމަށް ރީމް އާއި އެކީ ގޮސް ކޮޓަރިއަށް ވަނެވެ. އިއްޔެ ވީ ކަންތަކުގެ ވާހަކަ ދައްކަން ދެ މީހުން ވެސް ތިބީ ލަދުންނެވެ.

އޭނާ ލޯބިވަނީ ހަމައެކަނި އަޝްވާ ދެކެ ކަމަށް ޝަނުމް އޭނާގެ ހިތަށް އެތައް ފަހަރެއްގެ މަތިން ވިސްނުވައިދެވޭތޯ އުޅެއެވެ. އަދި އިތުރު މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ ކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރީމްގެ ބަދަލުވަމުން އަންނަމުންދާ މިޒާޖުގެ ސަބަބުން މިކަންތައް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައި ޝަނުމް ބިރުގަނެއެވެ. ރީމް އަކީ އޭނާގެ އަނބިމީހާއެވެ. ދެމަފިރިއެއްގެ ދޭތެރޭ އެކަހަލަ ގުޅުމެއް އޮވެދާނެއެވެ. އެހެންނަމަވެސް ލޯތްބަކީ މުޅިން ތަފާތު އެއްޗެކެވެ. ކުރެވޭ އަމަލުތަކަކަށް ވުރެ ބޮޑަށް އެއީ އިހުސާސްތަކެވެ. ޖަޒުބާތަކެކެވެ.

“ޝަނުމް! ހަވީރު ޑިޔުޓީ ނޯންނަ ދުވަހެއްގައި އަހަރެން ގޮވައިގެން މަންމަމެން ގެޔަށް ދެވިދާނެތަ” ދެ މީހުންގެ ދޭތެރޭ ވީ ނުތަނަވަސްކަން ނަގާލަމުގެ މަގުސަދުގައި ރީމް ބުނެލިއެވެ.

“އާން މައްސަލައެއް ނެތް.. ހޮނިހިރު ދުވަހު ދަމާ؟” ރީތިވާ މޭޒު ކައިރީގައި ހުރި ޝަނުމް ރީމްއަށް ބަލާލަމުން ބުނެލިއެވެ.

“ޝަނުމް….މަންމަ….” އެ ވަގުތު ފޯނަށް އައި މެސެޖު ކިޔާލުމަށްފަހު ރީމްއަށް ބުނެވުނެވެ. އޭގައިވާ އެއްޗެއްގެ ސަބަބުން ލިބުނު ޝޮކާއި އެކީ ރީމްގެ އަތުގައި އޮތް ފޯނު ދޫވެގެން ބިން މައްޗަށް ވެއްޓުނެވެ.

“ކިހިނެތް ވީ” ސުވާލުގެ ނަޒަރުން ރީމް އާއި ދިމާލަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

ނީމާ އެ ބުނި ޖުމްލަ ރީމްގެ ސކުޑިއަށް ނަގައިނަން ވަރަށް އުނދަގޫ ވިއެވެ. ބުނަންވީ އެއްޗެއް އަދި ކުރަން ވީ ކަމެއް ނޭނގިފައި ރީމް ގަނޑުވެފައި ހުއްޓެވެ.

“ރީމް.. ކިހިނެތް ވީ ތަ؟ ކާކު ގުޅީ؟” ރީމް ހުރި ހާލު ފެނިފައި ޝަނުމް ވެސް ހާސްވިއެވެ. އެހެންކަމުން ރީމް ކައިރިއަށް ޖެހިލައި ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.

“މަންމަ، މަރުވެއްޖެ!!!” އެހެން ބުނެ ރީމްއަށް ދެ ލޯ ތަޑުގިކޮށްލެވުނެވެ. ދެ ލޯ މަރާލުމާއި އެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހޯސްލާފައި އޮހެން ފެށުނެވެ.

އަމީހާގެ  މަރާއި އެކު ޝަނުމްއަށް ވެސް ލިބުނީ ކުއްލި  ސިހުމެކެވެ.

“މަންމަ މަރުވެއްޖެ!” އެތައް ފަހަރެއްގެ މަތިން ރީމް ތަކުރާރުކޮށް ކިޔާލިއެވެ. ދުލުން އެހެން ބުނެވުނަސް އަދިވެސް އެ ހަބަރު ގަބޫލުކުރަން ރީމް ބޭނުމެއް ނޫނެވެ.

“ރީމް..” ޝަނުމް ރީމްގެ ގައިގައި ބައްދާލައި ތައްސައްލީއެއް ދެވޭތޯ އުޅުނެވެ. އެހެންނަމަވެސް އޭގެކުރިން ރީމްގެ ގައިގެ ވަރު ދޫވެ ބިން މައްޗަށް ތިރިވެވުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރީމްގެ ރުއިމުގެ އަޑު މުޅި ކޮޓަރީގެ ތެރޭގައި ހިފާލިއެވެ.

“ރީމް، ރީމް!! ނުރޮއި ކެތްކުރޭ.. މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް”‘ ޝަނުމް ރީމްއާއި އެއްވަރަށް ތިރިވެ ރީމްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެހެންނަމަވެސް އެއިން ރީމްއަށް ލިބުނު އެއްވެސް ތަލައްސީއެއް ނެތެވެ. ރުއިން ވީ އިތުރެވެ. ގިސްލުން އިންތިހާއަށް ދިޔައެވެ.

“ޝަނުމް! ކީއްވެ މަންމަ އަހަރެން ދޫކޮށްފަ އެދިޔައީ؟ މަންމަ އަހަރެން ދޫކޮށް އެ ދިޔައީ އަހަރެން މަންމައަށް މާފުކޮށް ނުދިމުން އެކަމުގެ ރުޅީގަތަ ؟” ޝަނުމްގެ މޭގައި މޫނު ފޮރުވައިގެން އިން ރީމް ގިސްލަ ގިސްލާފައި ބުނެލިއެވެ.

“ތިހެން ނުބުނޭ! އެއްވެސް މަޔެއް އެމީހެއްގެ ދަރިއަކަށް ހިތް ބުރަ ނުކުރާނެ..މަންމަ ރީމް ދެކެ ވަރަށް ލޯބިވާނެ.. ރީމް އަބަދުވެސް ބުނަމެއްނު މަންމަ އެއްމެ ލޯބިވަނީ ތިމައްނަ ދެކެއޭ.. ދެން އެހެންވީމަ ތިހެން ބުނެވޭނެ އެއްވެސް ޖާގައެއް ނެތް” ރީމްގެ ބޮލުގައި ފިރުމާލަމުން ޝަނުމް ބުނެލިއެވެ.

“ތީ ހުސް ދޮގު… މަންމަ އަހަރެން ދެކެ ކިހާ ވަރަކަށް ލޯބިވި.. މަންމަ އަހަންނަށް ނުކޮށްދޭ އެއްމެ ކަމެއް ވެސް ބުނެބަލަ.. އަމިއްލަ ބައްޕައެއްގެ އެހީއާއި ނުލައި މިއަދާއި ހަމައަށް އަހަރެން ބޮޑުކޮށްފައި މި ވަނީ އެއްވެސް ޝަކުވާއެއް ނެތި… އެހެން މަންމައެއް ނަމަ ފިރިމީހާ ބޭވަފާތެރިވުމުން ލިބޭ ދަރިފުޅުގެ ކިބައިން އޭގެ ބަދަލު ހިފާނީ.. އެކަމަކު އަހަރެންގެ ލޯބިވާ މަންމަ ވީ ލޯބި ދިނުމުގައި ނަމޫނާއަކަށް.. އަހަރެން ނުބުންޏަސް އަހަރެން ބޭނުންވާ ހުރިހާ ކަމެއް މަންމައަށް އެގޭނެ.. މީހަކު އަހަރެން ދެރަކޮށް ލުމުން މަންމަ އެކަމުގެ ބަދަލުގައި އަހަރެން އުފާކޮށްދޭން ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުންނާނެ… މަންމަ ވީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާއަށް.. އެކަމަކު މަންމައަށް ކުރެވުނު އެއްމެ ކުށެއްގެ ސަބަބުން އަހަރެން މަންމައަށް ކުރީ ނަފުރަތު.. މަންމަ ގުޅުމުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެ ފޯނު ކަނޑާލަނީ.. މަންމަ އަހަރެން ދެކެ ލޯބިވާ ވަރު އަހަންނަށް އަންދާޒާކޮށްލަން ވެސް ދަތި.. އެކަމަކު މަންމަ އަހަންނަށް ބޭނުންވި އެއްމެ ދުވަހު އަހަރެން މަންމަ ދޫކޮށް ލާފަ އައީ އެ މަންމަ އަހަންނަށް ކޮށްދިން އެއްވެސް ކަމެއްގެ އަގު އަދާކުރުމަށް ވެސް ހިތަށް ނާރުވާ.. އަހަރެން ކިހާ އަމިއްލަ އެދުން ބޮޑު.. އެއްމެ ފަހަރަކުވެސް ފޯނު ނެގުނު ނަމަ.. އެއްމެ ފަހަރަކުވެސް އެ ސޫރަ ދެކިލަން ދެވުނު ނަމަ.. އެއްމެ ފަހަރަކު ނަމަވެސް މަންމާއޭ ބުނެ ގޮވާލަން ފުރުސަތު ލިބޭނެ ނަމަ.. އެއްމެ ފަހަރަކު ވެސް…….” އެހިސާބަށް ބުނެވުނު ތަނާ ރީމްގެ އަޑު ބެދިގެން ދިޔައެވެ. އެތައް ޝަކުވާ ތަކެއް ކުރަން ބޭނުމެވެ. އެހެންނަމަވެސް އެއްމެ ކުޑަ މިނުން އެއަޑުގައި ވެސް އެހާ ބާރެއް ނެތެވެ.

ރީމްގެ ގައިގައި ބައްދާލައިގެން ހުރި ޝަނުމްގެ ލޮލަށް ވެސް ކަރުނަ ޖަމާވިއެވެ. ރީމް އޭނާ ގޮވައިގެން ހޮނިހިރު ދުވަހު މަންމަ ކައިރިއަށް ދާން ބުނިތާ އެއްމެ ދިހަ ސިކުންތު ވެސް ނުވަނިސް އެލިބުނީ އަމީހާ މަރުވި ހަބަރެވެ. ތަގުދީރު މި ކުޅުނީ ކޮން ކަހަލަ ސަމާސާއެއް ހެއްޔެވެ؟

މަރަކީ އަހަރަމެން ހީވެސް ނުކުރާހާ ކައިރީގައި ވާ އެއްޗެކެވެ. އެހެންނަމަވެސް އެޔަށް ތައްޔާރުވެ ތިބެގެން ތިބެނީ އަހަރަމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟

ޝަނުމް ރީމް ގޮވައިގެން ގޮސް އެނދުގައި ބާއްވާލަ ދިނެވެ. އަދި އޭނާގެ ދެ އަތުން ރީމްގެ ކޮލުގައި ވާ ކަރުނަތައް ފުހެ ދިނެވެ. ރީމްގެ ލޮލުން އޮހެރެމުންދާ އެއްމެ ކަރުނަ ތިއްކަކީ ވެސް މިހާރު އޭނާއަށް ވެސް ލިބޭ އިތުރު ދެރައެކެވެ.

“މިހާރު އަހަރެން ހިތަށް އަރާ އަހަރެން މީ މި ދުނިޔެއަށް އައި ބޭކާރު މީހެކޭ” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ރީމް ބުނެލި ބަސްތަކުން ޝަނުމްގެ ހިތަށް ކުއްލި ތަދެއް އަރައިގެން ދިޔައެވެ.

“ރީމް! ދެން ދުވަހަކުވެސް ތިހެން ނުބުނާތި! ދުވަހަކުވެސް” ރީމްގެ ލޮލާއި ނަޒަރު ސީދާކޮށްލަމުން ޝަނުމް ބުނެލިއެވެ.

“ޝަނުމް ތިހެން ތި ބުނަނީ އަހަރެން ދެރަވެފައި ހުރުމުން އެކަނި.. އެހެން ނޫންނަމަ ޝަނުމް ހިތަށް ވެސް އަރާނެ އަހަރެން މީ ނެތް މީހަކަށް ވާނެ ނަމައޭ.. އަހަރެން ނެތް ނަމަ ޝަނުމްއަށް ޝަނުމްގެ ލޯބިވެރިއާއި އެކު ކިހާ އުފަލުގައި އުޅެވޭނެ.. އަދި މާޒިންގެ ކަންތަކާއި ވެސް ބޯ ބޮޑުކޮށްގެން އުޅޭކަށް ނުޖެހޭނެ އެއްނު.. ދެން ހުރީ އަހަރެން މަންމަ.. މަންމަ ވެސް އެ މަރުވީ އަހަންނާއި ހެދި ކަން ޔަގީން..” ރީމް ވާހަކަ ދައްކަމުން ދިޔައީ ހަތަރު އުދަރެސް ފެނު ޖެހިފައިވާ މީހެއް ފަދައިންނެވެ. ޖިސްމުގައި ވަރެއް ނެތް ފަދައިން އެ ނަފުސުން ވެސް ކަހަތަ ހުސްވެއްޖެއެވެ. މިއީ އެއްވެސް މީހެއް ލިބެން އެދޭނެ ހިތާމައެއް ނޫނެވެ. އެހެނަސް މިނޫން ގޮތެއް ރީމް އަށް އެބަ އޮތް ހެއްޔެވެ؟

“ރީމް! އަހަރެން ދެފައިގަ ހިފައި އާދޭސްކޮށްފަ މިބުނީ ދެން ތިހެން ކިޔުން ހުއްޓާލާ… އެއްވެސް މީހެއްގެ މަރަކީ އަނެކާއަށް ލިބެގެން ވާ ބާރެއް ނޫން.. މަރު ގަންނަވަނީ  ތަގުދީރުގައި އެކަން ކުރުމަށް އޮންނަ ގޮތަށް އަދި އެކަން ކުރުމަށް ލިޔެވިފައި އޮންނަ ވަގުތުގައި.. އިންސާނާއަށް ފުރާނަ އަޅުއްވާ ފަރާތުން އެ ފުރާނަ އަބުރާ ގެންދަވާނީ ވެސް.. އަހަރަމެން ދިރި ތިބީންއަށް އޮތް ގޮތަކީ މަރުވެ ދިޔުމުން އެކަމުން އިބުރަތް ހާސިލްކޮށް މައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކުރުން.. ރީމްއަށް އެނގޭތަ ދަރިން މައިންބަފައިންނަށް ކުރާ ދުއާ އަކީ ވަރަށް ބާރުގަދަ އެއްޗެއް ކަން.. އެހެންވީމަ ކެތްކުރޭ.. އަދި ވަރަށް ހިތްވަރާއި އެކީ މަންމަގެ މައްޗަށް ދުއާކޮށްދީ.. އޭރުން އޭގެ އަސަރު ކިތައްމެ ދުރުގައި ހުއްޓަސް މަންމައަށް ފޯރާނެކަން ޔަގީން…” ރީމްގެ އަތުގައި ހިފައި އެއަތް މެޔާއި ކައިރިކޮށްލަމުން ޝަނުމް ރީމްއަށް ވިސްނުވައިދެވޭތޯ އުޅުނެވެ. މަންމައެއްގެ ލޯބި ލިބި އެ ބީވުމުން ކުރާ އަސަރު ނޭނގުނަސް އޭނާއަށް ވެސް މަންމައަކީ އެއްވެސް ދަރިއެއްގެ ހިތުން ނުފޮހެވޭނެ ފަރާތެއްކަން އެނގެއެވެ.

“އަހަރެން މި ހުރިހާ ވާހަކައެއް ދައްކައި ރީމް ކައިރީ މިހުރީ ކޮންމެހެން އަހަރެން ރީމްގެ ފިރިމީހާއަށް ވީތީ ރީމްއަށް ލިބޭ ދެރައާއި ހިތާމާގައި ބައިވެރިވާން ޖެހޭތީއެއް ނޫން.. މިހާރު އަހަރެން ރީމްއަށް ކޮށްދޭ ކޮންމެ ކަމެއް ކޮށްދެނީ ވަރަށް ވެސް ބޮޑަށް އަހަރެންގެ ހިތް ވެސް އެކަމަށް އެދޭތީ.. ރީމް ދެރަވެފައި ހުންނަތަން ފެނި އަހަރެން ވެސް ދެރަވޭ.. އަދި ރީމްއަށް ގެއްލުމެއް ލިބިދާނެތީ އަހަރެން ވެސް ބިރުގަނޭ..ރީމް އަހަރެންގެ ހަޔާތަށް ނައިނަމަ ….” އެ ހިސާބަށް ބުނެލުމަށް ފަހު ޝަނުމް މަޑުޖެހިލިއެވެ. އަދި ރީމްއާއި ކައިރިވެލައި ވަރަށް ލޯބިން ނިތްކުރީގައި ބޮސް ދިނެވެ.

“ކޮންމެ ގޮތަކަށް ކަންތައް ވެ ހިނގައި ދިޔަޔަސް ރީމް ތީ މިހާރު އަހަރެންގެ ހަޔާތަށް ވަރަށް މުހިއްމު މީހެއް.. ” ރީމްގެ މޫނަށް ބަލައި ހިނިތުންވެލަމުން ޝަނުމް ބުނެލިއެވެ.

“ހިނގާ މަންމަ ކައިރިއަށް ދާން” ޝަނުމް ކިޔައިދިން އެއްވެސް އެއްޗެއް ރީމްއަށް އަޑުއިވުނުހެން ހީނުވެއެވެ. އެޔަށް ވުރެ ބޮޑު މުޅި ބޮލުގަޔާއި އަދި މޭގައި ރިއްސަމުން ދިޔައެވެ.

“އަދި އިހަށް އޮށޯވެލާ.. އަހަރެން އެބަ އަންނަން ފާހަނައަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން… އޭރުން ދެ މީހުން އެއްކޮށް ދެވޭނެއެއްނު” ރީމް ތެދުވާން އުޅުމުން ރީމްގެ ދެ ކޮނޑުގައި ހިފައި އެނދުން ނުތެދުވުމަށް އެދެމަށް ޝަނުމް އެދުނެވެ.

“އޯކޭ…” އެނދުގައި އަލުން އޮށޯތުމާއި އެކު ރީމް ދެ ލޯ މަރާލިއެވެ. ވަރުބަލިވެފައިވާ ހަށިގަނޑަށް ލުޔެއް ދެވޭތޯއެވެ.

ރީމް އޮށޯތުމުން ޝަނުމް ފާހަނައަށް ވަދެ އެއްޗެހި ބަދަލު ކުރިއެވެ.

“ރީމް، ހިނގާ ދާން” ފާހަނައިން ނުކުތުމާއި އެކީ ޝަނުމް ރީމްއަށް ގޮވާލިއެވެ.

ރީމް އެޔަށް އެއްވެސް ރައްދެއް ނުދިނުމުން ޝަނުމް ރީމް އަތުގައި ކޮށްޓާލިއެވެ. އެހެންނަމަވެސް އެސްފިޔަތަށް ބަރުވެ ގަދަ ނިންޖަކަށް ގޮސްފައިވާ ރީމްއަށް އޭގެ އިހުސާސެއް ނުވިއެވެ.


 

މިއުވާންގެ ގެޔަށް އަސްރާރު އާއި އެކީ ދިޔަ އަޝްވާ ހުރީ އަދިވެސް ލަދުންނެވެ. މިއުވާން ކުޑަކޮށް ދަންނަ މީހަކަށް ވިޔަސް އެގޭގެ އެހެން މީހުން އޭނާއަށް ވީ ބީރައްޓެހިން ކަމަށް ވުމުންނެވެ. މިއުވާން މީގެ ކުރިން ވެސް ލޯބިވެރިން ގެންގުޅެފައި ވީ ނަމަވެސް މިއީ އަލަށް ގެޔަށް އެ ނަމުގައި ގެނައި ކުއްޖަކަށް ވުމުން، އެމީހުން އަޝްވާއާއި ވަރަށް ސުވާލުކުރިއެވެ. އަޝްވާ ހުރީ އެޔަށް ދޭނެ ޖަވާބުތައް ނޭނގިފައެވެ.

ކެއުން ނިންމާލުމަށް ފަހު އަޝްވާ ބެލްކަންޏަށް ނިކުތީ ކާއިންއަށް ގުޅާލުމަށެވެ. މިރޭ ކާއިންގެ އަމަލުތައް ހުރި ގޮތުން އަދިވެސް އޭނާއަށް އުނދަގޫ ވަމުން ދާތީއެވެ.

“އަޝްވާ!” އޭނާގެ ނަން އެހާ ކުއްލި ގޮތަކަށް އަޑުއިވެގެން ދިޔުމާއި އެކީ އަޝްވާ ދިޔައީ ސިހިގެންނެވެ. އެ ލިބުނު ސިހުމާއި އެކީ އަތުގައި އޮތް ފޯނު އަތުން ދޫވެ ހަވަނަ ފަންގިފިލާއިން ބިން މައްޗަށް ވެއްޓުނެވެ.

“އަޅޭ، ނޫން ކާއިން” މޫނުގައި އަތް އަޅާލަމުން އަޝްވާއަށް ބުނެވުނެވެ.

“ކާއިން އެއް ނޫނޭ މީ، މީ މިއުވާން” އަޝްވާއަށް ކާއިންގެ ނަން ބުނެވުނީތީ މިއުވާން ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“ސޮރީ .. އަހަރެން އުޅުނީ ކާއިންއަށް ގުޅަން” ގަދަ ކަމުން މިއުވާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޝްވާ ބުނެލިއެވެ.

މިއުވާން އެގޭގައި އުޅޭ ކުއްޖެއް ކައިރީ ބުނެ އަޝްވާގެ ފޯނު ހިފައިގެން އައުމަށް އެދުނެވެ.

“އަސްރާރު ބޭބެ މިރޭ އަހަރެން ކައިރީ ބުނި އަޝްވާ އަހަންނާއި މެރީ ކުރަން ބޭނުން ނުވެއޭ.. އަޝްވާ އެހެން ބުނީ ކާއިން ދެކެ ލޯބިވާތީ ތަ؟” މިއުވާން ސަބަބު ހޯދަން ބޭނުންވިއެވެ.

“ނޫން އަހަރެން ކާއިން ދެކެ ލޯތްބެއް ނުވޭ… މީހަކާއި އިންނަ އިރު އަހަރެން ބޭނުންވަނީ އެއީ ލޯބިން ކުރެވޭ ކައިވެންޏަކަށް ވާން” އަޝްވާ ބަހަނާ ދައްކާލިއެވެ.

“ކައިވެންޏެއް ކުރެވޭ އިރު ދެ މީހުންގެ މެދުގައި ލޯބި އޮންނަން ޖެހޭނެ ކަމަށް އަހަރެން ވެސް ގަބޫލުކުރަން.. އެކަމަކު ފުރަތަމަ ލޯބި ނޫނީ ތިމާ ހަގީގީ ލޯބިވާ މީހަކާއި ކައިވެނި ކުރުމުގެ ނަސީބު ލިބެނީ ވަރަށް މަދު ބަޔަކަށް.. ” މިއުވާން އަދިވެސް މަސައްކަތް ކުރަމުން ދަނީ އަޝްވާގެ ހިޔާލު ބަދަލުވޭތޯއެވެ. އޭނާއަކީ ވެސް ލޯބިވި ކުއްޖެއް ބީވެފައިވާ ފަރާތެކެވެ. އެކަމަކު މިއަދު ބޭނުމީ އެ ކުއްޖާ މަތިން ހަނދާން ނައްތާލައި އައު ދިރިއުޅުމެއް ފަށާށެވެ.

“ފުރަތަމަ ލޯތްބާއި ހަގީގީ ލޯބީގެ ތަފާތަކީ ކޮބާ؟” އަޝްވާ ސުވާލުކޮށްލިއެވެ. އޭނާ ދެކޭ ގޮތުގައި ފުރަތަމަ ލޯބި ވެވޭނީ ހަގީގީ ލޯބިވެސް ވެވޭ ފަރާތާއިއެވެ.

“ފުރަތަމަ ލޯތްބަކީ މީހާގެ މުޅި އުމުރު އެކަމަށް ހޭދަވާ ވަރުގެ ވަރުގަދަ ލޯތްބެއް..އެމީހަކާއި އެއްކޮށް ވަގުތު ހޭދަކުރުމަށް އަބަދުވެސް ހިތް އެދޭނެ. ފުރަތަމަ ލޯބިވެވުމުން އެމީހެއްގެ ރުހުން ހޯދުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ.. އެމީހަކަށް ކަންތައް ކޮށްދިނުމުގައި ހައްދު ފަހަނަޅައި ދިޔަޔަސް އޭގެ އެއްވެސް މައްސަލައެއް އޮންނަ ކަމަކަށް ތިމާ ނުދެކޭނެ. އަދި އެމީހުން ތިމާގެ އިހުސާސްތަކާއި ކުޅެން ވަރަށް މޮޅުވާނެ. އެމީހުން ކޮށްލާ ކިތައްމެ ކުޑަކުޑަ ކަމަކުންވެސް ތިމާ ރޯންޖެހޭ ތަން އައިސްދާނެ. އަދި އެޔާއި ހިލާފަށް އެމީހެއްގެ  އެއްމެ ހިނިތުންވުމަކުން ވެސް ތިމާއަށް ބަޔާންކުރަން ދަތި އުފަލައެއް ލިބޭނެ” މިއުވާން އޭނާގެ ތަޖުރިބާއިން ވާހަކަ ދައްކަމުން ދިޔައެވެ.

“ދެން ހަގީގީ ލޯތްބަކީ ކޮބާ؟” ލޯތްބާއި މެދު އަޝްވާ ވަރަށް ވެސް ބޮޑަށް ޝައުގުވެރިވެއްޖެކަން މޫނުމަތިން ފެންނަމުން ދިޔައެވެ.

“އަހަރެން ކިހިނެތް ހަގީގީ ލޯތްބަކީ ކޮބައިކަން ކިޔައިދޭނީވެސް؟ އަޝްވާ އަށް ދުވަހަކުވެސް އެމީހެއް ކައިރީގައި އުޅެވޭއިރު ސަލާމަތާއި ރައްކާތެރިކަން އިހުސާސް ކުރެވޭ ވަރުގެ މީހެއް ހުރޭތަ؟ އަދި އެމީހެއް ކައިރީގައި ހުންނަ އިރު އެއްވެސް ކަމެއް ނުފޮރުވައި ތިމާގެ ހަގީގީ ސިފަ ދެއްކޭ ވަރުގެ މީހެއް ހުރޭތަ؟ މި ސިފަތައް ހުރެ އެމީހަކަށް ހިތުން ޖާގައެއް ދެވިއްޖެނަމަ އެއޮތީ ހަގީގީ ލޯބި ވެވިފައި.. އެމީހަކާއި އެކީ ވަގުތު ހޭދަކުރުމަށް ހިތް އެދޭނެ.. އެމީހަކާއި އުޅޭ އިރު އަޝްވާ އުފާވާނެ.. އެއީ ކޮންމެ ކަމެއް ގުރުބާންކޮށްލާފައި ވެސް އެމީހަކު ބަލާނެ އަޝްވާގެ އުފާތައް ހޯދައިދެވޭތޯ.. އަދި ވަރަށް ބިރުގަންނާނެ އަޝްވާ އެމީހެއްގެ އަތުން ބީވެދާނެ ކަމަށްޓަކައި”  މިއުވާން ވާހަކަތައް ކިޔައިދޭ ގޮތުން ހީވަނީ ލޯބީގައި ޑިގްރީއެއް ނަގައިގެން ހުރި މީހެއް ފަދައިން ކަމަށް އަޝްވާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެޔަށް މާ ބޮޑަށް ނުވިސްނައި މިއުވާން ދައްކަމުން ދިޔަ ވާހަކަތަކަށް އަޝްވާ އޭނާގެ ސަމާލުކަން ދިނެވެ.

“ފުރަތަމަ ލޯތްބަކީ ހަގީގީ ލޯތްބެއް ނޫންތަ؟” އަޝްވާ ދެކޭ ގޮތުގައި އޭނާއަށް ލޯބިވެވޭނީ ހަމައެކަނި ޝަނުމް ދެކެއެވެ. އެހެންކަމުން އޭނާގެ ފުރަތަމަ ލޯތްބާއި އަދި ހަގީގީ ލޯބިވެސް ވާނީ އެއް މީހަކަށް ނޫންހެއްޔެވެ؟

“ފުރަތަމަ ލޯތްބަކީ ހަގީގީ ލޯތްބަށް ވެސް ވެދާނެ.. އެކަމަކު އޭގެ ތަފާތު ދެނެގެންނަން އެގޭނީ ވަރަށް މަދު ބަޔަކަށް” މިއުވާންގެ ފުރަތަމަ ޖުމްލަ އަޑުއެހުމަށްފަހު އަޝްވާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ފުރަތަމަ ލޯތްބަކީ އަދި ހަގީގީ އަދި އެއްމެ ފަހު ލޯތްބަކީ ވެސް ޝަނުމް ކަމަށް އަޝްވާ ނިންމިއެވެ.

“އަހަރެން މީ އަޝްވާގެ މިއިން އެއްވެސް ލޯތްބަކަށް ނުވާނެކަން ޔަގީން.. އެކަމަކު އަދިވެސް އަހަރެން އިންތިޒާރު ކުރާނަން.. އަޝްވާ ބޭނުން ނަމަ މާދަމާ އިންނަން ވެސް އަހަރެން މިހިރީ ތައްޔާރަށް..” އެހެން ބުނެލުމަށްފަހު މިއުވާން އެތަނުން ނިކުމެގެން ދިޔައެވެ.


 

އަޝްވާ ގެޔަށް އައިއިރު އަމީހާ މަރުވެގެން އުޅޭ ހަބަރެއް ނުލިބެއެވެ. އެހެންކަމުން އެ ހުރި ގޮތަށް އޭނާ ދިޔައީ ކާއިން ހޯދުމަށެވެ.

“ކާއިން ނިދީތަ” ކާއިން އޮތީ އޭނާއަށް ފުރަގަސްދީގެން ކަމުން ދޮރު ކައިރީގައި ހުރި އަޝްވާއަށް ކާއިންގެ މޫނެއް ނުފެނެއެވެ.

“ނުނިދަން.. ކިހިނެތް ވީ؟” އަޝްވާގެ އަޑުއިވުމާއި އެކީ ކާއިން އެނދުން ތެދުވިއެވެ.

“ތިއޮތް ވެއްޓެނީއެއްނު.. ބަލައިގެން އުޅޭ..” ކުއްލިއަކަށް އެނދުން ތެދުވުމުން ބޮލަށް އެބުރުން އަރައިގެން ކާއިން ވެއްޓެން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ ދުވެފައި އައިސް ކާއިންގެ ގައިގައި ހިފައި އެނދުގައި ބައިންދަ ދިނެވެ.

“ކިހިނެތް މިއުވާން.. ” ބޮލުގައި އަތް އަޅައިގެން އިދެ ކާއިން ބުނެލިއެވެ.

“މިއުވާން ވަރަށް ރަގަޅުހެން ހީވަނީ” ކާއިން ކުރި ސުވާލުގެ މާނަ ނޭނގި އަޝްވާ ޖަވާބު ދިނީ މިއުވާންގެ ހާލާއި ބެހޭ ގޮތުންނެވެ.

“ކޮން ދުވަހަކުން ދެ މީހުންގެ ކައިވެނި އޮތީ” އަޝްވާ މިރޭ މިއުވާން ކައިރިއަށް ދިޔައީތީ ކާއިން އެހެރީ ސިގުރުޅި އައިސްފައެވެ.

“ކާކު ބުނީ އަހަރެން މިއުވާންއާއި ކައިވެނި ކުރަން އުޅޭ ވާހަކަ.. ކާއިން ވިސްނާނުލައި ހިތަށް އެރި އެއްޗެއް ނުކިބަލަ.. އަހަރެން މިއުވާން އާއި ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ ބުނުމުން ބައްޕަ މިއުވާންއަށް ހުރިހާ ވާހަކައެއް ކިޔައިދިން.. އޭނަ ނޫޅެއޭ އަހަރެން ގަދަކަމުން ހޯދާކަށް.. އެހެންވެ ބުނީ އަދި އިންތިޒާރު ކުރާނަމޭ.. މާދަމާ މެރީ ކުރަން ބޭނުން ވިޔަސް ތައްޔާރަށޭ މިހިރީ.. އަދި މިއުވާންއާއި ދެމީހުން އެއްކޮށް ވާހަކަ ދައްކަމުން ގޮސް މިއުވާން އަހަންނަށް ލޯތްބާއި ބެހޭ ގޮތުން ވަރަށް ވާހަކަ ކިޔައިދިން. ހީވަނީ މިއުވާން އެ ހުރިހާ ކަމެއް އިހުސާސްކޮށްފަ ހުރި މީހެއް ހެން.. އޭނަ ކިޔައިދިން ހަގީގީ ލޯތްބާއި ފުރަތަމަ ލޯތްބަކީ ކޯއްޗެއް ކަން ވެސް..އަހަންނަށް ހީވަނީ އަހަރެންގެ ހުރިހާ ލޯތްބަކީވެސް ޝަނުމް ހެން.. ޝަނުމް ފެނުމުން އަހަރެންގެ ހިތް އަވަސްވެ ފިނި ވިޔަސް ޝަނުމް އަހަންނަށް ވީ ގުރުބާނީގެ އަގު ކިހާ މަތިވެރި…” އަޝްވާ އަދިވެސް ކިޔައިދިނެވެ. އަދި އެރޭ ޝަނުމް އާއި ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ވެސް އަކުރުން އަކުރަށް ކާއިންއަށް ކިޔައިދޭން ފެށިއެވެ.

އަޝްވާ ހީވަނީ ގަސްދުގައި ކާއިން ދެރަކޮށް އެހިތަށް ޒަހަމް ދޭން އުޅޭހެންނެވެ. ކުޑަކޮށް ވިސްނާލި ނަމަވެސް ކާއިންގެ ހިތުގެ އުދާސްތައް އިހުސާސް ވާނެކަން ކަށަވަރެވެ. އަދި ކުޑަކޮށް ނަމަވެސް އަޑުއަހާފިނަމަ ކާއިންގެ ހިތް އެތައް ފަހަރެއްގެ މަތިން ކުދިކުދިވެގެން ދިޔަ އަޑުވެސް އިވޭނެކަން ޔަގީނެވެ.

“އަޝްވާ!!” ކާއިން ބާރަށް ގޮވައިގަތެވެ. ދެން އިތުރަށް އެއްމެ ލަފުޒެއް އަހަންވެސް އޭނާގެ ހިތަށް ކުޅަދާނައެއް ނޫނެވެ.

ކާއިން ގޮވާލި ގޮތުން އަޝްވާއަށް ހައިރާންވެފައި ކާއިންއާއި ދިމާލަށް ބަލާލެވުނެވެ.

“ހަމަ މިހާރު މިތަނުންދޭ… އަހަރެން މިވޭނުގައި އުޅޭއިރުވެސް އަޝްވާއަށް ޝަނުމްގެ ވާހަކަ ނޫން އެހެން ވާހަކައެއް ދައްކަން ނޭނގުނީތަ؟ އޭނަ ނުލިބޭނެކަން އެނގި ހުރެވެސް އަބަދުހެން އަޝްވާ ތި ދައްކަނީ އޭނަގެ ވާހަކަ.. ދެން އިތުރަށް ތިއިން އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން” އަޝްވާ ބަލައިލުމާއި އެކު ކާއިން ބުނެލިއެވެ. ހިތަށް ލިބެމުންދާ ހުރިހާ ވޭނެއް ރުޅިން ބޭރުކުރަމުންނެވެ.

“ސޮރީ ކާއިން.. އަހަރެން ހީކުރީ ކާއިން އަހަންނަށް…” އަޝްވާއަށް ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް އަދި ބުނާނެ އިތުރު އެހެން އެއްވެސް އެއްޗެއް ނޭނގުނެވެ. ލުއި ހިނިތުންވުމެއް ކާއިންއަށް ހަދިޔާކޮށްލުމަށްފަހު އަޝްވާ އެތަނުން ދާން ހިނގައިގަތެވެ.

“އޭއި… އައި އޭމް ސޮރީ.. ” އަޝްވާ ދާން ހިނގައިގަތުމުން ކާއިން އަޝްވާގެ އަތުގައި ހިފައި ބުނެލިއެވެ.

“އެއީ އެވަރު ކަމެއް ނޫން..” ހިންދިރުވާލުމަށްފަހު އަޝްވާ ބުނެލިއެވެ. ކާއިން ރުޅި އައުމުން އޭނާ މިހާ ދެރަވާކަށް ނުޖެހޭނެ ކަމަށް ހިތަށް ވިސްނުވައިދެމުންނެވެ.

“އަޝްވާ… އަޝްވާ އެވަރަށް ނަސޭހަތް ދޭއިރުވެސް އަހަންނަށް ރުޅި މަޑުނުކުރެވޭ ތީ މާފަށް އެދެން.. އަދި އަޝްވާގެ ތި ހުރިހާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި ހަޅޭތްލެވުނީތީ ވެސް މާފަށް އެދެން… އަހަރެން ބޭނުން އަޝްވާއަށްޓަކައި ބަދަލުވާން.. އަހަރެން ބޭނުން އަޝްވާ ބޭނުން ކޮންމެ ވާހަކަ އެއްވެސް ހިއްސާކޮށްލެވޭ ވަރުގެ މީހަކަށް ވާން.. އަހަރެން ކައިރީ އުޅޭއިރު އަޝްވާއަށް އުފަލާއި ރައްކާތެރިކަން އިހުސާސް ކޮށްދޭން އަހަރެން ބޭނުން.. އެއީ އަޝްވާއަށް ޝަނުމް ހޯދައިދޭން ކަމުގައި ވިޔަސް އަހަންނަށް ވަރިހަމަ.. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަޝްވާގެ ތި ހިނިތުންވުމުގެ އަސްލަކީ ޝަނުމް ނަމަ އެކަން ކޮށްދޭން ވެސް އަހަރެން ފަހެއް ނުޖެހޭނަން” ކާއިން ވާހަކަ ދައްކަމުން ދިޔައީ ފަހަތުން އަޝްވާގެ އަތުގައި ހިފައިގެންނެވެ.

“ކާއިން ކީއްވެ؟” އަޝްވާގެ ހިތުގައި އެތައް ސުވާލެއް އުފެދުމުން ފަހަތަށް އެބުރި ކާއިންއަށް ބަލާލިއެވެ.

“އަޝްވާ ތީ އަހަރެންގެ މުޅި ހަޔާތުގައި ވެސް އަހަރެން ދެކުނު އެއްމެ ތަފާތު ކުއްޖާ.. ކޮންމެ ގޮތަކުން ބެލި ކަމުގައި ވިޔަސް ތިއީ ނަމޫނާއެއް.. އަހަންނަށް ދެރައާއި ހިތާމަ ލިބުނު ދުވަހު އަޝްވާ އަހަރެން ކައިރީގައި ހުރެ އެތައް ގޮތަކުން ހިތްވަރު ދިން.. އަހަންނަށް އެއްމެ އެހީތެރިކަން ބޭނުންވި ދުވަހު އަހަރެން ކައިރީގައި ހުރި މަދު މީހުންގެ ތެރޭގައި އަޝްވާ ހިމެނޭނެ.. އަހަންނަށް ދެރައެއް ލިބިދާނެތީ އަޝްވާ ހުންނަނީ އަބަދުމެހެން ފާރައަށް.. އެ ހުރިހާ ކަމެއް ހިނގާ ދާއިރު އަހަރެންގެ ފަރާތުންވެސް އަޝްވާއަށް އެހީ ބޭނުން ވާނެ ކަން ޔަގީން…އެހެންވީމަ އަހަރެން ހުންނާނަން ކޮންމެ ހާލަތެއް ދިމާ ވިޔަސް އަޝްވާއަށް އެހީވެދޭން ތައްޔާރަށް.. އެއީ ޝަނުމްގެ ކަމެއް ވިޔަސް އަދި އެހެން ވިޔަސް އަހަންނަށް ފަރުވާލެއް ނެތް” ކާއިންގެ ހިނިތުންވެލަމުން ބުނެލިއެވެ. އެހެންނަމަވެސް މިފަހަރު އެ ހިނިތުންވުމުގެ ފަހަތުގައިވާ މާނަ އަޝްވާއަށް ފާހަގަކުރަން އެނގުނު ކަހަލައެވެ.

“ކާއިން.. ކާއިން އަހަރެން ދެކެ…” އަޝްވާއަށް އެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެހެންނަމަވެސް ކާއިންއަށް އަޝްވާއަށް ބުނަން އުޅުނު އެއްޗެއް އެނގުނެވެ. ލޯބީގެ ލަޒުފު އަޝްވާގެ ދުލުން ބޭރުނުވީ އަޝްވާ އަށް އަދިވެސް އޭނާގެ ހިތުގެ ހާލަތު ނޭނގޭތީ ހެއްޔެވެ؟ ނޫނެކެވެ. އަޝްވާއަށް އެގެއެވެ. ގަބޫލުކުރަން ބޭނުން ނުވަނީ އެވެ.

ދެ މީހުންގެ މެދުގައި އޮތް ހަމަހިމޭންކަން ނަގާލީ އެ ވަގުތު ދޮރު ހުޅުވާލާފައި ކާއިންއަށް ގޮވާލި ޝަނުމްއެވެ. ޝަނުމް ފެނުމާއި އެކު ކާއިން އަޝްވާގެ އަތުން ދޫކޮށްލިއެވެ. އެ ފަދަ މަންޒަރަކަށް އަޝްވާވެސް ބޭނުން ނުވާނެކަން އެނގޭތީއެވެ.

“އަޝްވާ ހޯދަން ގޮއްސައޭ އަހަރެން މިއައީ.. ރީމްގެ މަންމަ މަރުވެގެން އެބަ އުޅޭ.. އަހަރެމެން މިއުޅެނީ މިހާރު އެތަނަން ދާން ކަމަށް..” ޝަނުމްއަށް އެމަންޒަރު ފެނުނަސް އެއީ މާ ބޮޑު ކަމަކަށް ހަދާނުލިއެވެ. މި ވަގުތުގެ މުހިއްމު ކަމާއި އެކީގައިވެސްމެއެވެ.

“އަމީހާ ދައްތަ މަރުވީ އޭ.. ކިހިނެތް މަރުވީ.. ކޮބާ ރީމް” އަޝްވާއަށް ލިބުނު ސިހުމާއި އެކީ ސުވާލުތައް އަތުރާލިއެވެ.

“ނޭނގެ މަރުވީ ކިހިނެތް ކަމެއް ވެސް.. އަހަރެން ނީމާއަށް ވެސް އެތައް ފަހަރެއްގެ މަތިން ގުޅައިފިން.. އެކަމަކު ފޯނު ނުގަނާ… ރީމް ނިދުނު ގޮތަށް ހޭނެތުނީ.. އެހެންވެ ހޭއަރަން ދެން ކައިރީގައި އިނދެފައި މިއައީ” ޝަނުމް އޭނާއަށް އެނގޭ ވަރަކަށް ކިޔައިދިނެވެ.

“ހިނގާ އަހަރެން ވެސް ދާނަން.. ” ފުން ނޭވާ އެއް ލުމަށްފަހު އަޝްވާ ބުނެލިއެވެ.

ތިން މީހުން އެކުގައި އެގެޔަށް ދިޔައެވެ. އޭރު އެގޯޅިގަނޑު ބަންދުކޮށް ފުލުހުން އެތެރޭގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

“މީހަކު މަންމަ މަރާލީތަ” ޝަނުމްގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި ރީމް ބުނެލިއެވެ. ފުލުހުން އެތެރޭގައި އުޅޭނީ ކޮންމެވެސް ގޯސްކަމެއް ހިނގައިފައިވުމުން ކަމަށް ލަފާކުރެވޭތީއެވެ.

ޝަނުމް ރީމް ކުރި ސުވާލަށް ޖަވާބު ނުދީ ރީމް ގޮވައިގެން އެތެރެއަށް ވަނެވެ. އަމީހާގެ ދަރިއަކަށް ރީމް ވުމުން އިތުރު ތަފުސީލަކާއި ނުލައި ފުލުހުން އެމީހުން އެތެރެއަށް ވަންނަން ހުއްދަ ދިނެވެ.

ރީމްއަށް ގޭގެ އެތެރެއަށް އަޅާލެވުނީ އެއްމެ ފިޔަވަޅަކެވެ. އެޔާއިއެކު މުޅި މީހާގެ ގައިގައި  ތުރުތުރު އަޅަން ފަށައިގަތެވެ. ނޭވާލާން ދަތިވެ ހާސްވެގެން ދިޔައީ ލެއިން ތަތްތެޅިފައި އޮތް އަމީހާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައެވެ.

“ކަލޭ ކީއްކުރަން މި ތަނަށް ތިއައީ.. މަންމަ އެވަރަށް އާދޭސްކޮށް ރޮއި ހެދިއިރު ވެސް އެއްމެ ކުޑަ މިނުން މަންމާއޭ ބުނެ ގޮވާލަން ވެސް ނުކުރުނެއްނު.. މަންމަގެ ދެ ދަރިން ތިބެ ކަލޭއަށް ދެ ދަރިންނަށް ވާވަރަށް ލޯބި ދިނުމުން ވެސް ތިއީ ހެދި ގޮތަކީ… ތީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް މީހެއް… އެހެން ނޫންނަމަ މަންމައަށް މިހާލު ނުޖެހުނީސް..” ރީމް ފެނުމާއި އެކު ނީމާގެ ރުޅިގަނޑު ދިޔައީ އުތުރި އަރައިގެންނެވެ.

“ނީމާ! ތިހެން ކިޔުން ހުއްޓާލާ.. ރީމް އަކީ ތި ބުނާ ވަރުގެ ގޯސް ދަރިއެއް ނޫން.. ރީމް މަންމަ ދެކެ އިންތިހާއަށް ލޯބިވޭ. ” ޝަނުމް ރީމް ދިފާއުގައި ތެދުވިއެވެ.

“މީ ޒުވާބުކޮށް އަރާރުން ވާންވީ ވަގުތެއް ނޫން.. ފުރާނަ ނެތަސް މައްޔިތާގެ ހަށިގަނޑަށް އަހަރަމެން ޖެހޭނެ އިހުތިރާމް ކުރަން” ޒުވާބުގެ އަޑުއިވިގެން އެގޭގެ ކޮޓަރިން ނިކުތް މާހިލް ބުނެލިއެވެ. ރީމްގެ މަންމައަށް ވުމުން މާޒިންގެ ކަމަކަށް  މިކަން ވެދާނެތީ މަރުގެ ހަބަރު ލިބުމާއި އެކީ މާހިލް  މިތަނަށް އައިސްފިއެވެ.

ރީމްއަށް ކޮޅަށް ނުހުރެވިގެން ޝަނުމްގެ ފައި ބުޑަށް ތިރިވިއެވެ. އަދި ގިސްލަ ގިސްލާފައި މަންމާއޭ ބުނެ ރޯން ފެށިއެވެ. އެހާ އަނިޔާވެރިކޮށް މަންމަ މަރާލާފައި އޮތުމުން އެ މަންޒަރު ބަލަން ކުޅަދާނަވާނެ ވަރުގެ ދަރިއެއް ހުންނާނެ ހެއްޔެވެ؟ ލޯބިން ނިންދަވާއި ހޭހަން ކޮށްދިން އުނގުގައި އެވަނީ އަނިޔާވެރިއެއްގެ ޒަހަމްތަކެކެވެ. ލޯބިން ދަރިފުޅާއޭ ބުނެ ގޮވާލި އަނގައިން އެ ފައިބަނީ ލެއެވެ.

ޝަނުމް ރީމް ގޮވައިގެން އެތަނުން ދާން އުޅުނެވެ. އެހެންނަމަވެސް ރީމް އެގޮތެއް ބޭނުމެއް ނުވިއެވެ. ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދައިގަތެވެ. ވަޅި އަޅާފައިވާ ތަންތަން ފެންނަ ކޮންމެ ހިނދަކު ރީމްގެ ހަށިގަނޑުން އެއްބައި މަދުހާވެސް ހީވެއެވެ. އަދި އެތަން ތަނުގައި އަޅާ ވޭން  ރީމްގެ ހަށިގަނޑުގައި ވެސް އަޅަމުން ދާ ކަހަލައެވެ.

“ރީމް.. ބަލާބަ!” ޝަނުމް ރީމްގެ ކޮނޑުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ. އަދި އަޝްވާ ދިން ޓިޝޫއިން ރީމްގެ ހަށިގަނޑުގައިވާ ހޭކިފައި ހުރި ލޭތައް ފުހެލަން އުޅުނެވެ.

“މާޒިން…” ދެ ކޮޅަށް ބޯ ހޫރުވަމުން ރުޅިވެރި ރާގަކަށް ރީމް މާޒިންގެ ނަން ބުނެލިއެވެ. އޭރު ހިތު ތެރޭގައި ރުޅިއާއި ނަފުރަތު އޭގެ އެއްމެ އުހުގައި ހުއްޓެވެ.

ޝަނުމް ރީމް ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ. ރީމްގެ ލޮލުން ކަރުނަ އޮހެރޭ ކަރުނަތައް ފުހެދީ ލިބިފައިވާ ހުރިހާ ހިތާމައެއް ފުހެވޭނެ ގޮތެއް އޮތް ނަމަ ޝަނުމް ހުރީ އެކަން ކުރަން ތައްޔާރަށެވެ. ޝަނުމްގެ ހިތުގައި ރީމް އަށްޓަކައިވާ ހަމްދަރުދީގެ އިތުރުން އުފެދެމުން ދާ ލޯބީގެ ޖަރުބާތުތައް ވެސް ފެންނަމުން ދިޔައެވެ.


 

އޭގެ އަނެއް ދުވަހެވެ. ރީމްއާއި އެކީ އެގޭގައި ހުރުމަށްފަހު އަޝްވާއަށް ގެޔަށް އާދެވުނީ ފަތިސް ނަމާދަށް ބަންގި ގޮވިތާ ކައިރީގައެވެ.

ފަތިސް ނަމާދުކޮށްލައި އަވަދި ވެގެން އަޝްވާ ގޭގެ މީހުންނަށް ސައި ތައްޔާރު ކުރުމަށް ބަދިގެޔަށް ވަނެވެ. އަދި އެޔަށްފަހު ތައްޔާރު ކުރި އެއްޗެހިން ބައެއް ހިފައިގެން ކާއިން އަށް ސައިދޭން ދިޔައެވެ.

“އީޝް!! ކާއިން ބޭބެ އަށް ގޮވާލާފަ ބުނޭ އަވަހަށް ސައިބޯން އަންނާށޭ.. އަދި ބުނޭ ބޭސް ވެސް ކާން ޖެހޭނޭ.. އިނގޭ!” ކާއިންގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަޝްވާ ބުނެލިއެވެ.ރޭގެ ހާދިސާއަށް ފަހު ކާއިންއާއި ކުރިމަތިލާން އަޝްވާ ހުންނަނީ ޖެހިލުންވެފައެވެ. ބަދިގޭގައި އުޅުނު އިރު ކާއިންގެ ނަން ހިތަށް އެރިއަސް ހިތުގެ ވިންދު އަވަސް ވެގެން ދެއެވެ.

އީޝްގެ ތާތި އެހެން ބުނުމުން އީޝް ދުވެފައި ގޮސް ކާއިންގެ ކޮޓަރިއަށް ވަނެވެ. އަދި އެނދަށް އަރައި ކާއިންގެ ކޮނޑުގައި ދެތިން ފަހަރެއްގެ މަތިން ކޮށްޓާލިއެވެ.

ކާއިން އޮތީ ދެބަ ދޭތެރޭގައި ކަމުން އީޝް ގޮވާލުމާއި އެކު ހޭލެވިއްޖެއެވެ.

“ކާއިން ބޭބޭ..އަވަހަށް ތެދުވޭ ސައިބޯން.. ތާތި ބުނީ ބޭސް ވެސް ކާންޖެހޭނޭ” ކާއިން ލޯ ހުޅުވުމާއި އެކު އީޝް ބުނެލިއެވެ.

އީޝް އޭނާ ބުންޏޭ ބުނެ އެހެން ބުނުމުން ދޮރު ކައިރީގައި އެ ވާހަކަ އަޑުއަހަން ހުރި އަޝްވާ ލޯ ކުޑަކޮށްލިއެވެ. އޭނާ ގަސްދުގައި ކާއިންގެ ކުރިމައްޗަށް އަރަން ނޫޅެހެން ކާއިންއަށް ޝައްކު ވެދާނެތީއެވެ.

“އާން.. ހިނގާ އަވަހަށް..” ކާއިން ފަތިސް ނަމާދަށް ތެދުވިއިރު އޮތީ ފެންވަރައިގެން ކަމުން އިތުރަށް ފާހަނައަށް ނުވަދެ އީޝް ގޮވައިގެން ބަދިގެޔަށް ދާން ތެދުވިއެވެ.

ކާއިން އަންނަކަން އެނގުމުން އަޝްވާ އަވަހަށް އެތަނުން ދާން އުޅުނެވެ. ކާއިންގެ ކުރި މައްޗަށް އަރަން ލަދުންނެވެ.

އަޝްވާ އެއްމެ ފުރަތަމަ ވެސް އުޅުނީ ގޭގެ މައިދޮރުން ނިކުމެގެން ދާށެވެ. އެހެންނަމަވެސް ތަޅުގައި ދެތިން ފަހަރު މަތިން ހިފާލުމުން ވެސް ތަޅު ހުޅުވޭ ގޮތެއް ނުވިއެވެ. ދެން ދާނެ  ނުދާނެ ތަނެއް ނޭނގި އަޝްވާ އަށް ގޮސް ވަދެވުނީ ބަދިގޭގެ މޭޒު ދަށަށެވެ.

“ކޮބާ ތާތި؟” އަޝްވާ ފެންނަން ނެތުމުން ކާއިން އީޝް ކުރެން އަހާލިއެވެ.

އެވަގުތު އީޝްއަށް މޭޒު ދަށުގައި އިން އަޝްވާ ފެނި ހޭން ފެށިއެވެ. އަދި ކާއިންގެ އަތުގައި ކޮއްޓާލައި އަޝްވާއާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.

އީޝް އަޝްވާ ދައްކާލުމުން ކާއިން އީޝްއާއި ދިމާލަށް ބަލާލައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އީޝްއަށް ކާއިން އެ ދެއްކި އިޝާރާތުގެ މާނަ އެނގުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނުނެ ކާއިން އާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނެވެ.

“ކާއިން ބޭބޭ! އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮ އެއް ހޯދަދޭން.. ކާއިން ބޭބެ ބޭނުންތަ ކޮއްކޮ އެއް” ކާއިންއާއި ޖެހިގެން އިށީދެގެން އިން އީޝް އަހާލިއެވެ. މީގެ ދުވަސްތަކެއް ކުރިން އަޝްވިން އީޝްއަށް ކުއްޖެއް ހޯދައިދޭން ބުނި ވާހަކައަށް ފަހު ފެންނަ ކޮންމެ މީހެއް ކައިރީ އީޝް އެ ވާހަކަ ދައްކަނީ ފަހުރުވެރިކަމާއި އެކީގައެވެ.

“އާން.. ކާއިން ބޭބެއަށް ވެސް ކޮއްކޮ އެއް ލިބިގެން މިއުޅެނީ.. ދެން ބޭނުމީ އީޝް ކަހަލަ ލޯބި ލޯބި ދަރިފުޅެއް” އީޝްގެ ކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“އީޝް ބައްޕަ ބުނީ ބޭބީ ލިބޭނީ ގާލް ކުއްޖަކާއި ބޯއީ ކުއްޖެއް މެރީ ކުރީމައޭ.. ކާއިން ބޭބެ މެރީ ކުރަނީ ކޮން ކުއްޖަކާ” ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަމަ އުޅޭނީ އެކުގައި ކަން އީޝްއަށް އެގެއެވެ.

“ކާއިން ބޭބެ ވަރަށް ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް އެބަ ހުރި.. އެކުއްޖާ ވެސް ކާއިން ބޭބެ ދެކެ ލޯބިވީމަ ދެ ކުދިން އެއްކޮށް ކުދިން ހޯދާނީ” ކާއިންއަކީ އީޝް ފިޔަވައި އިތުރު ކުޑަ ކުއްޖަކާއި ވާހަކަ ދައްކާ މީހެއް ނޫނެވެ. އެހެންކަމުން އީޝް ދެން ކޮށްލާނެ ސުވާލެއް ނޭނގިފައި އިނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ވަންހަނާ (ސޯޅަވަނަބައި)

Next

ތިޔަ އަސަރު 45

Next
February 25, 2018

ތިޔަ އަސަރު 45

Previews
February 25, 2018

ވަންހަނާ (ސޯޅަވަނަބައި)

73 Comments!

  1. Aki says:
    February 25, 2018 at 2:12 pm

    mihaaru up vitho belunu adhadhu ves neyge

    1. maroon says:
      February 25, 2018 at 2:57 pm

      aki innany abadhuves ready ga dhw .. anyway inthizaaru kureethy v bodah thanku t??

  2. Rish says:
    February 25, 2018 at 2:21 pm

    Second dhw?

    1. maroon says:
      February 25, 2018 at 2:57 pm

      yay! t??

  3. Maikko says:
    February 25, 2018 at 2:23 pm

    Me first dhw…… Varah reethi…alhey kain and ashwaa gulhuvaaba avahah………waiting for the next part………lots of love❤?

    1. maroon says:
      February 25, 2018 at 2:58 pm

      thanku maikko..lets see dhw if they become one ??… loves tc

  4. Shin says:
    February 25, 2018 at 2:29 pm

    Wow,,,,

    1. maroon says:
      February 25, 2018 at 2:58 pm

      thanku shin??

  5. annoying reader says:
    February 25, 2018 at 2:30 pm

    waau varah reethi. so again i got it right dhw roon. mazin gandu reem ge mamma maraali. so seyd ameeha dhiya gothun. even she doesnt deserve it. anyway ashwa and kain ves confess kuran vejje dhw miharu,shanum already accepting his feelings for reem. anyway neema haadha foari eh dhakkali? waiting for the next part,roon mazin gandu kobaitha avahah punish kohbba,and where is reems twins? alhey eesh ge baby kamun varah happy ve. so cute

    1. maroon says:
      February 25, 2018 at 3:04 pm

      ehehheheh … kureege part coment kiyaalafa i was like , hama assuves prediction molhu kujjekey… keehkuraany dhw deserve nuviyas maazinge aiy dhashu vyma vaane goiy mee.. kaain furathama confess koggen thaa ashwa ehchekey bunaany.. he is stubborn.. shanum eba change way.. but in the end what will happen when reem knws abt his first love? neemaa rulhi aee dhw, eyna evarah gulhi iruves reem mamma aai talk nukureema.. i think she is converting her sadness to anger.. maazin hoadhan kaain fonuvan kamah miulheny v avahah… ?? eesh ge part liye nimey iru roon ves hunnany baby eh beynun vefa.. ??.. thanku dear. muchlove

  6. Hairaan says:
    February 25, 2018 at 2:31 pm

    Varah reethi

    1. maroon says:
      February 25, 2018 at 3:04 pm

      thanku hairaan ??

  7. broken ? says:
    February 25, 2018 at 2:44 pm

    thanks ekam hyvey kuruhen why alhey eash haadha cute ey vaahaka dhahkkaairu ahah roon aneh part up vaane irakah inthizaar ga mi iny mipart as good as always dhn story nimumakaa gaih v dhww ❤❤❤❤❤❤❤❤lovees

    1. maroon says:
      February 25, 2018 at 3:06 pm

      assutha.. its arnd 3000 words.. next part dhigu kureveythw balaanan ngey in sha Allah.. yes story mioh dhn nimeny.. thanku daer.. ?? loves

  8. starme says:
    February 25, 2018 at 2:48 pm

    Wow muadhu ehen kydhinnahvure kyrin kuyaakevihje dho? vaahaka varah salhi ingey. Dhen mivaahakaige baakee kithapert tha iny… vaahaka nimuhnas maroon mathin varah misvaane inge☺ thee hama best

    1. maroon says:
      February 25, 2018 at 10:24 pm

      ތެންކުޔޫ ޑިއަރ… ވވވ އުފާ ވެއްޖެ ވާހަކައަށް އިންތިޒާރު ކުރީތީ .. ބާކީ ދެން ނެތް މާ ގިނަ ޕާޓެއް.. 10 އަކަށް ވުރެ މަދު ވާނެ.. ?? ލަވްސް.. ޓސ??

  9. broken ? says:
    February 25, 2018 at 2:57 pm

    marooooooooooooooooooo dhn in partu up vaane time bunahchey

  10. Rish says:
    February 25, 2018 at 2:57 pm

    Masha Allah vrh reethi mi part vx. Knme episode akah comment nukurevunas knme dhuvahaku vx mi vaahaka kiyan. Mi vaahaka up vithw abadhuvx balan. Vrh kiyaa hiy vaa vaahakaeh ????

    1. maroon says:
      February 25, 2018 at 9:57 pm

      thanku rish.. vv happpy vejje comment kiyaalaafa ?? … much love

  11. Pinky shifoo says:
    February 25, 2018 at 3:04 pm

    Wonderful ❤️❤️❤️… Mi part vx v v v reethi ???… Maazin dhw ameehaa maraalee… N maybe reem ge twins vx baiveri vedhaane ekamuga… ???… Anyways story kuriah dhaa goi v v reethi ???… Shanum ge hithuga Reem ah feelings ufedhihje dhw… N ashvaa vx mihaaru kaain dheke loabi vaahen heevany bt ashvaa gaboolu kuran beynun nuvaahenn heevany.. Eesh haadha loabi ey ???… Kaain e ulheny dhw ashvaa gaathu loabi vaavaahaka bunan kanneynge… Heheheh ???… Curiously waiting for the next part… Keep up the good work maroon… ??????❤️?????

    1. maroon says:
      February 25, 2018 at 9:59 pm

      aww thats so shweet…hehe.. vvv ufaa vejje ngey dear.. yes i think reemge twinsge atheh vaahen.. she might be the masster mind behind this..yes asshwa is trying her best to hide feelings.. lets see how long she can with hold those ??.. much love .. tc

  12. Zaaraa says:
    February 25, 2018 at 3:11 pm

    Hoi Hoi nalakan mipart ves ?????????????????

    1. maroon says:
      February 25, 2018 at 9:59 pm

      thanku zaaraa ??

  13. Asha says:
    February 25, 2018 at 3:12 pm

    Varah dhuvas kohffa huriha part ehkoh mi kiyuny adhi kiriya….varah balikoh ulhunyma nukiyunu…maroon varah reethi ingey .waiting for the next part

    1. maroon says:
      February 25, 2018 at 10:00 pm

      alhey vvv dhera vejje balikoh ulhey vaahaka bunumun.. get well soon dear. my prayers are with you.. ?? much love. take good care ngey

  14. Shann says:
    February 25, 2018 at 3:13 pm

    Wow maroo up kohly dhw… V furihama mibaives… Maroo ehkaka comment mihaaru ebain fennan… Mihaaru story kiyaahithun up vehjetho belun adhadhuves neynge… V ves furihamaey bunelaany mibaives… Kaain n Ashwa ge khonme baeh hama hyvany shann men loa kurimathyga vaa kanthahthah hen… Dhen mihen kiyaane kamehneh… Story ge khonme baehves hama hyvany asleh hen… Hama thivareh nethey bunelaany… Thy hama ehvanaey buneveyny abadhuves… How r u maroo????… Thy hiyaal thanavas molhu kuhjeh story liyumuga… Thigothuga dhemihunnahchey… Luv u n Miss u

    1. maroon says:
      February 25, 2018 at 10:02 pm

      yes love…up vejje… yes e commentah maadhan vagutheggai vvv bodu reply eh kohlaanan ngey.. vvvvvvv ufaa vejje comment kiyaalafaa. bunaane ithuru evves ehcheh neiy #thiyaAsaru koffi???? tc.. maroon miulheny hun aisgen balive.. hope u and ur baby is doing well much love??

  15. Aish says:
    February 25, 2018 at 3:17 pm

    Maasha Allah. .v v v heart touching dear..”thiya kuraa hihvarah hama, ahsaribahaa saabas dhemey.”keep up the good work dear..???

    1. maroon says:
      February 25, 2018 at 10:02 pm

      thanku aish.. thidhey hiyvarah hama vv shukuru ??

  16. Ri says:
    February 25, 2018 at 3:25 pm

    V reethi

    1. maroon says:
      February 25, 2018 at 10:02 pm

      thanku ri??

  17. Kkk says:
    February 25, 2018 at 3:49 pm

    Hey maadhan thankolheh fast kon up kollache..vrh vrh reethi mi prt wes…as usual…dhn kaain ashwa ah lwbi husha alhaa balaa…..eyrun story bodah intresting vaaneee???

    1. maroon says:
      February 25, 2018 at 10:04 pm

      dhoonya hama mi comment fenigen mirey up kohdheefin ???? much love

  18. If ? says:
    February 25, 2018 at 3:59 pm

    I read it second ekm adhikiriya cmnt mi kurevuny
    Nice story
    Waiting for the next part ❤️❤️❤️??

    1. maroon says:
      February 25, 2018 at 10:05 pm

      vvv ufaa vejje ngey lahun viyas comment kollythy ?? thanku if

  19. Reem says:
    February 25, 2018 at 4:11 pm

    Kaain alhe ashwa dheke loabi vaa vaahaka buneba

    1. maroon says:
      February 25, 2018 at 10:05 pm

      heheh.. story ga ulhey reem tha mee?? ?? lets see dhw how this ends

  20. Saadhu says:
    February 25, 2018 at 5:10 pm

    Maroon kihine.v dhuvaskolaafa anekaaves comment kolevige.story v habas ege.v kiyaahithun mihunanee next part.mis u maroon.?

    1. maroon says:
      February 25, 2018 at 10:06 pm

      thanku saadhu. kudoh bali.. ekam story up kohdheynan no worries.. saadhu kihinei.. yes i missed u ngey ?? thanku for coming back to give this comment

  21. Yaana says:
    February 25, 2018 at 5:11 pm

    Pls tell her?????

    1. maroon says:
      February 25, 2018 at 10:06 pm

      bunan vy hama ??

  22. Loo says:
    February 25, 2018 at 5:12 pm

    Reem aah vahtharu adhi ehen kujje ulheynun. Wats their plan ?
    V foohi ashwa an shanum nugulhrythi.
    Reema an shanum nuves gulhey.
    Its like gadha bas bunaa meeha ah eyothi loabi libifa. Ashwa baaki vi

    1. maroon says:
      February 25, 2018 at 10:07 pm

      its okay loo. i cnt make every reader happy . thanku ??

  23. Laylerr says:
    February 25, 2018 at 6:01 pm

    Vvvv.reethi ..alhe miadhu adhi 1 part upkohladhyba ..varah kiyaahihveyy???

    1. maroon says:
      February 25, 2018 at 10:07 pm

      thanku dear. up koffin ??

  24. Hairaan says:
    February 25, 2018 at 7:02 pm

    Maroon….dhuvaalaku 2part nere bala.mi vaahaka kiyaa hithun keiy madhuvey.

    1. maroon says:
      February 25, 2018 at 10:08 pm

      m trying my best dear ??

  25. click a shot ? says:
    February 25, 2018 at 7:06 pm

    Aww so sad.?..maa fahun dhw mi comment kurevuni…sorry for that..?.a Meeha maraali maazin kaneyge dhw….mi maazin gandu ge hih adhives nufurenitha….huh…varah foohive…?????kaain alhe ashwa kairi bneba loabivaa vaahaka.?..thihaa ladhuganegen ulhenikoh anehkaa ashwa ehenmeehaku jahaiganedhaane…???alhey I feel pity for reem…?reem emotional vi part varah salhi ingey…???.emotions tha genesdhifa huri goi…??shanum haadha caring ey dhw…? a good husband eh ge role adhaakurumuge eh vana…hehe…??? click varah like vey kaain ge attitude hunna goi….eoh rulhigandeh…hehe.?..hama varah salhi attitude eh hunani…kobaatha mihaaru hindhumen…eesha ge name varah cute..varah match vey e age ge kuhjakaa..❤️❤️❤️.ashwa ah libey babies ge part anaanetha…???aisiaa varah reethi name eh kiyachey baby ah..maroon beynunvani girl eh tha boy eh tha or twins..hehe..click beynunvani twins boy n a girl..???.story as always hama amazing…lots of love maroon…waitting??❤️❤️❤️???

    1. maroon says:
      February 25, 2018 at 10:12 pm

      hey love.. vvv ufaa vejje ngey lahun viyas comment kollythy..click vejje ennu kaain ah naseyhai laidheyn.. eyrun ragalhu vedhaane kanneyge,,.. i so glad shanum egothah thi kudhinnah ves sifa vaathy.. as i always say he has character and has a big heart.. .. everyone deserves a shanum dhw.. hindhumen ge bodu massla akaai eky v avahah bahdhalu kolaalan.. until then they are living happy days.. maroon beynumy eesh??… eheheh.. so girl eh.. eesh ge name dheefa.. click name buney. yageen ashwa gaboolu kuraanekan??tc loves

  26. Hairaan says:
    February 25, 2018 at 7:07 pm

    Asl reem kaaveni rangalheh nuvaane ehen v ma.knmes gotheh hadhaafa ekaaveni roolhaala..Ah Libeygoiy hadhaa Ashvaa ah shanum

  27. Hairaan says:
    February 25, 2018 at 7:32 pm

    Asl reem kaavenyge valy dhiny valeeveriyaa eh noon.ehen v ma ekaaveni roolhaala.dhen Ashvaa ah shanum libeyne gotheh hadhaa.

  28. Princess ashly says:
    February 25, 2018 at 7:33 pm

    Alhey kain aa ashwa ya tha.

    1. maroon says:
      February 25, 2018 at 10:22 pm

      might

  29. Hairaan says:
    February 25, 2018 at 7:33 pm

    Kba mikuraa comments tha

  30. mishy says:
    February 25, 2018 at 8:32 pm

    Alheyy… vrh vrh vrh vrh reethi… as usual… gorgeous…nxt prt avas khladhehcheyy…♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. maroon says:
      February 25, 2018 at 10:22 pm

      thanku mishy ??…

  31. Faathee says:
    February 25, 2018 at 8:50 pm

    Mi part koyan v try kohfin. Ekamu nu kiyunu hama. Reem ge mom maruvegen ethanah Reem gos gen roan feshi hisaabah kiyunee. Amihla mom niyaavefa vaathee Kiyamun dhiya iru e kan sifa vaaleh bodu kamun hama nukiyunu ithurah???

    1. maroon says:
      February 25, 2018 at 10:22 pm

      you made me cry.. maroon ves v ruin e part liyunu iru.. assu ehenve maa bodah ameehaa hashigaduge zaham thakuge vaahaka nudhekky.. i felt disturbance,,, m so so abt ur mom.. may Allah bless with her the best ?? its okay dear.. next part kiyaalaany dhw.. take care ngey

  32. Hairaan says:
    February 25, 2018 at 9:22 pm

    Maroon..pls ashvaa ah shanum libeyne gotheh hadhaa bala..reem ge kaaveni kamaku nudhaane valee veriyaa eh noon valeedhiny.

    1. maroon says:
      February 25, 2018 at 10:20 pm

      valee veriyaa valee dhiny.. courtun balaa nama.. so they are good.. thanku ??

  33. Ri says:
    February 25, 2018 at 9:25 pm

    Alhe dhen kon irakun tha ehenbaeh kiyaalan libey nee v intizaaru eba kurevey

    1. maroon says:
      February 25, 2018 at 10:19 pm

      up vejje ??

  34. ssannwa?❤? says:
    February 25, 2018 at 9:46 pm

    Alhey reem mamma sifa kohdhin gothun fenkalhi vejje. Alhugandu mamma e ahany sana ronee hoa. Dhen alhugaa buny vaahaka varah dhera gothashey dhany?? mamma bunee mamma ves kiyan v dhw eko vhk. Dhn alhugandu buny aan ekey maroon ge vhk vaaneyey konmehen ves kiyan varah reethi vaaney maasha Allah♥❤❤

    1. maroon says:
      February 25, 2018 at 10:19 pm

      alhey… sana nurohchey.. eyrun mamma dhera vaane ehnu dhw.. ekams v ufaa vejje ngey thihaa sweet koh comment kollyma.. and mamma ah maroonge salaam bunedhythi.. bulaathi vaahaka kiyaalaashey ??? loves tc.. thanku sana

  35. noo says:
    February 25, 2018 at 9:50 pm

    Maroon, shanum, reem dhookohliya nudheythi, reemge ekakuvess neh, only shanum. Dhn kaain and ashwaa varah majaa, ashwaa Love kaain. ? But kaain ashwaa dheke loabi vaakan haama kohbala kerigen.
    Maaxin hoadhan kaain fonuviyas, kaain salaamah kuraathi, I hate you Maaxin ?????.
    Eeesh kahala loabi baby eh noo vess beynumy, eesh ge loabi cute vaahaka thakun mulhi Story reethivey. ?
    Maroon I like to be friends with you fb.? Ur the lovely girl.

    1. maroon says:
      February 25, 2018 at 10:17 pm

      hehehehe… dhw… ekam v gina kudhin adhives reem dheke rulhi aadhey.. she did a mistake by showing too much attitude.. ekam she accepted that she did a mistake and has asked for forgiveness.. she isnt even trying to get shnum ge loabi “gadha kamun”.. keeh kuraany. eki kudhinge hunnaany eki hiyaalu.. i respect each and everyone.. kaain fonuvaifin. lets see if he can find mzzin.. you can mail me dear.. eyrun fb id bunehdyenan ngey .. loves tc.. v ufaa vejje mikhala reethi commenteh kiyaalaaf ????

  36. Zoya says:
    February 25, 2018 at 9:51 pm

    Ahchi reem aa sanum nugulhey vaahaka hadi vejje

    1. maroon says:
      February 25, 2018 at 10:13 pm

      its okay ?

    2. noo says:
      February 26, 2018 at 3:41 am

      Nooney shanum mihaaru reemdheke loabivey, shanum mihaalathuga reem dhookohlaafa ashwaayaa inyma koachakah vaany zoya, reemge ekakuvess neh mihaaraku. Reem kihaa rangalhu mihaaru, beynumy vyhaavess avahakah reem ahvess baby eh libun, shanum aa dhemedhu vaa gulhun rangalhu vefa.

  37. annoying reader says:
    February 25, 2018 at 11:13 pm

    alheyyy eesh kolhu haadha loibey im so in love with her. awn so shanum does love reem. then kaain confess kuran v ma anehkka edhiyai mazin hoadhan eves miharu shanum bahattafa. kyke then bunaani kaain hama mi prblm thah attach vaa magnet eh dhw. oh my god roon kura kanthah hiy avas vejje miharu kaain ah v nuvi neyngi gen, ehaa ves curious vi hisaabun viyya ninmaali. hehe next episode huritho balan avahah chek kohllevuni adhi. love it waiting for the nezt part. i hope this time kaain finds abt reems twin

    1. maroon says:
      February 26, 2018 at 6:47 am

      hehhe.. Eesh is fun and cute at the same time. Hope ashwin gets to keep her in the end..Yh he is a magnet.. hama reethi koh bunelaafaves dhevidhaane dhw…big news for u in the part ?
      Loves tc ???

  38. Xxxx says:
    February 25, 2018 at 11:14 pm

    Wooooowww ?… awesome dear..v v nice.. Keep it up

    1. maroon says:
      February 26, 2018 at 6:48 am

      Thanku xxxx ??

Comments are closed.


All Right Reserved!