Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޯތްބައްޓަކައި އެދުނީމޭ 2

NOEL Level 1
February 23, 2018 One Min Read
5 Comments

ނައީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނު އިރު އައިރީން އާއި އުލްޔާ ވެސް ދިޔައީ އެހީތެރި ވަމުންނެވެ. ގޭގައި ކުޑަ ކުއްޖެއް ނެތް ނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭގެ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާ އަކީ  އެއްބަފާ ދެމީހުން ކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭތެރޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިޔަސް ބޭރު މީހުންގެ ކުރިމަތީގައި އަލިފެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

“ފެށޭ މަސް ތެރޭ މޮމްއަށްް ބޭސް ކުރަން ދާން ކަމަށް މި ވިސްނަނީ” އައިރީން ބުނަން ނުބުނަން ހުރެފައި ބުނެލި ބަސްތަކުން  ނައީމާގެ ހިނިތުންވުން ފަނޑުވިއެވެ.

“ކަމް އޯން މޮމް. މިތާ ތިބެގެން ތިބަލީގެ ފަރުވާ ކުރެވޭކަށް ނެތް. އެހެން ނޫނަސް ރީން އަކަށް ކެތެއް ނުވޭ މޮމް ތިހާލުގައި އުޅޭތަން ބަލާކަށް. އެއް ދުވަހު ރަނގަޅަށް ހުރިއްޔާ އަނެއް ދުވަހު ތި އުޅެން ޖެހެނީ އެނދުން ތެދުވާނެ ހިތްވަރު ނެތިފައި. ޕްލީސް މޮމް.” ނައީމާއަށް ވީގޮތް ފެނި ދާން ބޭނުން ނުވާކަން އެނގުމުން އެހިތައް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އެއްޗެއް ބުނަން  އުޅުމުން އުލްޔާ ދެފަރާތަށް ބޯ ހޫރާލި ތަން ފެނުމުން އައިރީނަށް ހިމޭން ވާން މަޖުބޫރުވިއެވެ.

އިތުރަށް އެތާ މަޑުކުރާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. މިމަންޒަރު ބަލަން ހުރި ނައީމާ ލޯކަރުން ފުރިފައިވާ ހާލު ހުއްޓުން އަރާފައި ހުރީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.

“މޮމް. ދޮންތަ އެހެން އެ ވާހަކަ ދެއްކީ މޮމްދެކެ ރުޅި އައިސްގެނެއް ނޫން. މޮމްދެކެ ލޯބި ނުވާތީއެއް ވެސްނޫން. މޮމްއަށް ކެއާރ  ކުރާތީ. މޮމް އަވަހަށް ރަނގަޅު ވާން ބޭނުން ވާތީ. މޮމްއަށް ކެއްކުރެވޭނެތަ މާމަ ބަލިކޮށް އުޅޭތަން ބަލަން؟؟ ނުވާނެ ދޯ. ހަމަ  އެގޮތަށް ދޮންތައަށްވެސް ނުހުރެވޭނެ އެއްނު. ޕްލީސް މޮމް ގޮތްދޫކޮށްބަލަ.” އުލްޔާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލޯއްބެވެ. އެތައް ގޮތަކުން ވިސްނައި ދިނުމުން އެންމެ ފަހުން ނައީމާ ދާން އެއްބަސްވިއެވެ.

“މޮމް އެއްބަސްވެއްޖެ. ކޮން އިރަކުތަ ފުރުން އޮތީ؟ އުލީއަށް ދެވޭނެތަ؟” އައިރީން ބެލްކަނިން ބޭރު ބަލަން ހުއްޓައި އުލްޔާ އައިސްއަހާލިއެވެ. އޭނާގެ އަޑުންވެސް ދާން ބޭނުން ވެފައި ހުރި މިންވަރު އައިރީންއަށް ސިއްރެއް ނުވިއެވެ.

“ސޮރީ ކިރިޔާ ދެ ޓިކެޓް ހަމަޖެހުނީ ލޯން ނަގައިންވެސް.” އައިރީންގެ ޖަވާބުން އުލްޔާ މާޔޫސްވީ ނަމަވެސް މޫނު މަތިން  އެކަން ނުދައްކާ ވޭތޯ ބެލިއެވެ.

“ތި ވާހަކަ އެއް ނޫނޭ. ކޮބާތަ އެއްކަލަ ޓޫތްޕޭސްޓް ބޯއީ؟” ކުއްލިއަކަށް އެއްޗެއް ހަނދާންވި ފާޑަށް އުލްޔާ ބުނެލީ ލާނެތް ކަމާއެކުގައެވެ.

“ނޭނގެ. އަހަންނަށްތަ އިނގެނީ އޭނަ ވާތަނެއް؟” އައިރީން ފޫހި ވާކަމަށް ހެދިފައި ބުންޏަސް އެވަގުތު އޭނަގެ ތުންފަތުގައި ސިއްރުހިނިތުންވުމެއް ވިއެވެ.

“މިއަދު ތިހެން ފޫހި ވައްތަރު ޖެއްސިޔަސް ފަހުން ތި ރީތި ދެލޯ ބޭގަރާރު ވާނެ އޭނަ ދުށުމަށް.” އުލްޔާ އަނެއްކާވެސް ދިމާކޮށް ލިއެވެ.

“ހައް. އަހަރެން އޭނަ ފެނޭތޯ އުޅެނީ؟ ނޯވޭ އަހަރެން ނޫޅެން އެކަހަލަ މީހަކު ނުފެނިގެން.” އައިރީން ތުންކޮޅު އޫކޮށްލާފައި ބުންޏަސް އޭނައަށް އުލްޔާ ބުން ވާހަކަ އަކީ ތެދެއް ކަން އެނގެއެވެ. މިހާރު ވެސް އޭނަގެ ދެލޯ އެސޫރަ ދެކުމަށް ބޭގަރާރު ވާކަން އައިރީނަށް އެނގެއެވެ.

“ރުޅިއަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަހަންތަ؟” އުލްޔާ އުޅުނީ އައިރީން ރުޅި އަރުވާލާ ހިތުންނެވެ.

“އޯ ޕްލީޒް……ލޯބި މައި ފުޓް” އައިރީން ދެން ބުނެލި އެއްޗަކުން އުލްޔާ މިއޮއް ހުރިހާ އިރު ވަންދެން ގަދަކަމުން ހިފަ ހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އައިރީން ވެސް އެ ހުނުމުގައި ބައިވެރި ވިއެވެ.

“އެކަމް ވެސް މިއުޅެނީ އޭނަ ކައިރީ ސޮރީ ބުނަން ކަމަށް.” ހުނުން މަތަކޮށް ހަމައަކަށް އަޅުވާލުމަށް ފަހު އައިރީން އެހެން ބުނެލީސީރިއަސް ވެފައެވެ.

“އޯ މައި ގޯޑް. ޔޫ އެންޑް ސޯރީ އެވެސް ބޯއީ އަކަށް.” އުލްޔާ ދެލޯ ބޮޑު ކޮށްލާފައި ބުން ގޮތުން ހީވީ ދުވަހަކު ވެސް އަޑު އިވޭނެ ކަމަށް ހީކޮށްފައި ނުވާ އެއްޗެއް އައިރީނަށް ބުނެވުނު ހެންނެވެ.

އައިރީނަށް ބަދަލެއް އައިހެން އުލްޔާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ އެންމެ ފަހުން އައިރީން އިއްވާލި ބަސްތަކުންނެވެ. އެއީ އެހެންޏާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކަން ފަށާ އިރަށް ކޮންމެސް އެއްޗެކޭ ކިޔާ ރެކެން ވެގެން އުޅޭ ކުއްޖާ މިއަދު ހަމަ ޖެހިލާފައި އިނުމުންނެވެ.

ލީވާން އޭނާގެ ބައްޕަގެ ކެބިން އިން ނުކުތް ތަނުން ފޯނެއް އައުމުން އަވަހަށް ފޯނު ނެގިއެވެ. އެއާއެކު އިވުނީ ރިސެޕްޝަނުގައިއިންނަ ކުއްޖާގެ އަޑެވެ. “ސާރ. ކުއްޖަކު އެބަހުރި މީޓް ކޮށްލަން އައިސް”

“ޓެލް ޓު ވެއިޓް އިން މައި ކެބިން” އޭ ބުނެ އޭނާާ އަވަސް ވެގަތީ ކެބިން އަށް ދިޔުމަށެވެ.

“ޔޫ އަގެއިން” އައިރީން ސިހުނީ ދޮރު ކައިރީގައި ހުރި ލީވާންގެ އަޑަށެވެ. މިފަހަރު ވެސް އެއަޑުގައި ވަނީ ހަރުކަށި ކަމެވެ.

“މީ..އެއްކަލަ ރޭ” އައިރީން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ފެނުނީ ލީވާން އޭނަ އާއި ދިމާލަށް ހިނގައިގަތް ތަނެވެ. ވަގުތުން އައިރީންގެ އަނގަ ވެސް ބަންދުވި ކަހަލައެވެ. ލީވާން ކުރިއަށް ޖެހޭ ވަރަކަށް އައިރީން އަށް ފަހަތަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އައިރީން ހުއްޓުނީ ފާރުގައި ޖެހުމުންނެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ކިރިޔާ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލީވާން އޭނަގެ މޫނު އައިރީންގެ މޫނާއި މަޑު މަޑުން ކައިރި ކުރިއެވެ. އައިރީންގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ލީވާންގެ އަމަލުތަކުން އޭނައަށް ކުރެވުނު ހާވެސް ކަމަކީ ލޯ މަރާލުމެވެ.

“އެދުވަހު އަހަރެންނަށް ދިން ބަދަލު ބޭނުން ވަނީ ކޮން ގޮތަކަށް؟” އައިރީން އަށް ވީގޮތުން ލީވާނަށް މަޖާވިއެވެ. “އައިމް  ސޮރީ” އައިރީންގެ ބަސްތަކުން ލީވާންގެ ހިނިތުންވުން ފުން ވެގެން ދިޔަތަން އައިރީނަށް ނުފެނުނީ ލޯ މެރި ގޮތަށް ނުހުޅުވާ ހުރުމުންނެވެ.

“ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އައިރީނަށް ދެ ލޯ ބޮޑު ކޮށްލާފައި ބަލާ ލެވުނީކުއްލި އަކަށެވެ. “އަނެއްކާ މިމީހާގަނޑު އަހަރެން ލައްވާ ކީއްކުރަން ހިތުލައިގެން މިއުޅެނީ” އައިރީން ހިތާ ހިތުން ކިޔާލިއެވެ.

“ލުކް. އަހަރެން މިތަނަށް އައީ ތިމީހާގެ ޝަރުތުތައް އަޑު އަހާކަށް ނޫން. އެރޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީމަ މާފަށް އެދެން ވެގެން. ސޯ ވެދާ ޔޫ ފޮގިވް މީ އޯރ ނޮޓް އިޓްސް ނޮޓް މައި ޕްރޮބްލަމް. ހިތަށް ނާރު ވައްޗޭ އެހެން އަންހެން ކުދިންހެން އަހަރެން ތިމީހާގެ ކޮންމެ ބަހަކަށް އާއެކޭ ބުނާނޭ. ނޯޯ ވޭ. މި އައިރީނެއް ނޫޅެން ފިރިހެނުން ތަޅާހާ ބެރަކަށް ނަށާކަށް.” އައިރީން އެއްނޭވާ މަތިން އިއްވާލި ބަސްތަކުން ލީވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ހުއްޓުން އަރާފައި ހުރި ލީވާން ހޭވެރިކަންވީ އައިރީން ދާން ވެގެން ހިނގައި ގަތުމުންނެވެ. އެއާއެކު އައިރީން އަށް ނުދެވޭނެހެން ދެފަރާތުން ފާރުގައި އަތް ވިއްދާ އެދޭތެރޭގައި އައިރީން ގައިދު ކޮށްލިއެވެ. “އަހަރެން މިއުޅެނީ އައިރީން ލައްވައި ގޯސް ކަމެއް  ކުރުވާކަށް ނޫނޭ. އަހަރެންނަށް ވެސް އިނގޭ އައިރީން އަކީ ފިރިހެނުންގެ ރީތި ކަމަށް ހެއްލޭ ވަރުގެ ކުއްޖެއް ނޫން ކަން. އެންމެ ފުރަތަމަ ދުވަހުވެސް އެކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފި.” ލީވާންގެ ބަސްތަކުން މިފަހަރު ހުއްޓުން އެރީ އައިރީނަށެވެ.

“އަހަރެން ބޭނުންވީ އަހަރެންގެ ޕާސަނަލް ސެކެޓްރީގެ މަގާމް އައިރީނަށް ދޭން. އެދުވަހު އައިރީނަށް އިންޓަވިއު ދޫކޮށް ދާން ޖެހުނީއަހަރެންގެ ސަބަބުން ކަން އަހަންނަށް ގަބޫލު ކުރެވޭ. އެންޑް މިހާރު އެމަގާމުގައި ހުރި ކުއްޖާ ރިސައިން ވާތީ ކުއްޖެއް ބޭނުން  ވީމަ. އައިރީން ޖޮބަށް އެޕްލައި ކުރިއިރު އައިރީން ހުށައަޅާފައި ހުރި ސެޓްފިކެޓް ތަކުންވެސް އިނގޭ އައިރީންގެ ގާބިލުކަން އެބަ ހުރިކަން. ސޯ ކީކޭ ބުނަނީ….ގަބޫލުތަ؟” އައިރީން އެހުރި ގޮތަށް ހުއްޓައި އަނެއްކާވެސް ލީވާން ވާހަކަ ދެއްކިއެވެ.

ލީވާންގެ ވާހަކަ ގަބޫލު ކުރަން ދަތިވެފައި އައިރީނަށް ހުރެވުނީ ލީވާންގެ އެ ރީތި ދެލޮލަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ އައިރީނަށް ތެޅިގަނެވުނީ ލީވާން ކަރު ކެހެލި އަޑަށެވެ. ހީވީ ވައްކަމެއް ކޮށްގެން ފަޅާ އެރި ހެންނެވެ. އަދި ވަގުތުން އިސް ޖަހާ ލެވުނެވެ. އައިރީނަށް ލީވާނާ ދޭތެރޭ ހީކުރެވުނީ މުޅިން ގޯސްކޮށް ކަމުން އޭނާ ލަދުގަނެ ދެރަވެސް ވިއެވެ.

“އަހަރެން ވިސްނާ ލާނަން.” އައިރީން އެ ހުރި ގޮތަށް އިސްދަށަށް ޖަހާލައިގެން ހުރެ ބުންޏެވެ. “ވިސްނާލާފަ މާދަމާ އިން  ފެށިގެން ޖޮއިން ކުރަންވީ” ލީވާން ހިނިތުން ވެފައި ބުނި ގޮތުން އައިރީނަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. ލީވާނަށް  އައިރީނާއި ދުރަށް ޖެހެން އިނގުނީ އައިރީން އޭނަގެ މޭމަތީ އަތް އަޅާ މަޑު މަޑުން ކޮށްޕައި ލުމުންނެވެ. އެއާއެކު ލީވާން  އައިރީން ދާން ތަން ދެއްކުމުން އައިރީން މަޑު ކުރުމެއް ނެތިި ދާން ހިނގައިގަތެވެ. އައިރީން ދިޔަ މަންޒަރު ބަލަން ލީވާނަށް  ހުރެވުނީ އާޝޯހު ވެފައެވެ.

ކޮޓަރިއަށް ވަދެގެން އައި އައިރީނަން ނައީމާ ކަރުނަ ފޮހެލިތަން ފެނުނެވެ. އަދި ބާލީސް ދަށަށް އެއްޗެއް ލީތަން ވެސް ފެނުނެވެ. މިއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައިރީނަށް ފެންނަ މަންޒަރެކެވެ. ނަމަވެސް ސުވާލެއް ނުކޮށް ހުންނަނީ ނައީމާ އަމިއްލައަށް ހުރިހާ އެއްޗެއް ކިޔައި ދޭތޯއެވެ. ނަމަވެސް މިއަދު ކޮންމެ ހެނެއްވެސް ހަދާފައި އޭނަ މަންމަގެ މާޒީގެ ހަގީގަތް ހޯދައި އޮޅުން ފިލުވަން އައިރީން ހިތުލިއެވެ.

“މޮމް ބޭސް ކެއީތަ؟” އައިރީން އާދައިގެ ގޮތަކަށް އަހައިލިއެވެ. ނައީމާ ހިނިތުންވެފައި ބޯ ޖަހާލި ނަމަވެސް އެމޫނު މަތިން މޮޅިވެރިކަން ފެނުމުން އައިރީންގެ ހިތަށް ހީވީ މީހަކު ތޫނުު ހަންޖަރެއް ހަރާލި ހެންނެވެ. އެހާވެސް އެބެލުމުގައި ވީ އަސަރު ގަދައެވެ. ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދައްކަން ފެށި ނަމަވެސް އޭނަގެ އަޑު ތުރުތުރު އަޅައެވެ.

“މޮމް ދޮގު ނުހަދާ ބުނެބަލަ މޮމް އެއްވެސް ކަމެއް ރީންއަށް އެބަ ސިއްރު ކުރަންތަ؟” އެހިނދު ނައީމާގެ ހިތުގެ ކަނަކުން އޭނަގެ ފަސް އަޅާ ފޮރުވާފައިވާ މާޒީ ކޮނެގެން ނަގަން ޖެހޭ ވަގުތު އައީ ކުމުގެ ސިގުނަލް ހިތުގެ އެއްކަނަކުން ލިބިގެން ދިޔައެވެ. ވަރަށް ހިތްވަރު ކޮށްފައި އޭނަގެ މާޒީގެ ފަތްފުއްތައް އައިރީންގެ ކުރިމަތީގައި ހުޅުވާލިއެވެ.

Share Article

Follow Me Written By

NOEL

Level 1

i am a girl who loves reading and writing stories. i love to read comments of my dear readers. this is my first time writing stories in a site. am the author of "thiyanoon ehen hitheh beynumeh noon" and "loahbah takai edhunee mey"

Other Articles

Previous

ލޯބިވަން…(އެގާރަވަނަބައި)

Next

ތިޔަ އަސަރު 42

Next
February 23, 2018

ތިޔަ އަސަރު 42

Previews
February 23, 2018

ލޯބިވަން…(އެގާރަވަނަބައި)

5 Comments!

  1. na says:
    February 23, 2018 at 7:11 pm

    thanx v reethi

  2. Iraa says:
    February 23, 2018 at 7:17 pm

    Thankolheh dhigukohlinama …any ways story v reethi keep it up …☺

  3. Pinky shifoo says:
    February 23, 2018 at 9:23 pm

    As usual mi part vx v reethi ???… Waiting for next part ???

  4. shaan says:
    February 24, 2018 at 10:25 am

    nice mieyavuren digukho genes dinieyaam adie maahegaem vaane khamae miebalanee

  5. Anonymous says:
    February 27, 2018 at 11:03 pm

    next prt kon irakun tha update kurani….?

Comments are closed.



All Right Reserved!