Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 45

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 25, 2018 10 Mins Read
60 Comments

އީޝް އަޝްވާ ދައްކާލުމުން ކާއިން އީޝްއާއި ދިމާލަށް ބަލާލައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އީޝްއަށް ކާއިން އެ ދެއްކި އިޝާރާތުގެ މާނަ އެނގުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނުނެ ކާއިން އާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނެވެ.

“ކާއިން ބޭބޭ! އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮ އެއް ހޯދަދޭން.. ކާއިން ބޭބެ ބޭނުންތަ ކޮއްކޮ އެއް” ކާއިންއާއި ޖެހިގެން އިށީދެގެން އިން އީޝް އަހާލިއެވެ. މީގެ ދުވަސްތަކެއް ކުރިން އަޝްވިން އީޝްއަށް ކުއްޖެއް ހޯދައިދޭން ބުނި ވާހަކައަށް ފަހު ފެންނަ ކޮންމެ މީހެއް ކައިރީ އީޝް އެ ވާހަކަ ދައްކަނީ ފަހުރުވެރިކަމާއި އެކީގައެވެ.

“އާން.. ކާއިން ބޭބެއަށް ވެސް ކޮއްކޮ އެއް ލިބިގެން މިއުޅެނީ.. ދެން ބޭނުމީ އީޝް ކަހަލަ ލޯބި ލޯބި ދަރިފުޅެއް” އީޝްގެ ކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“އީޝް ބައްޕަ ބުނީ ބޭބީ ލިބޭނީ ގާލް ކުއްޖަކާއި ބޯއީ ކުއްޖެއް މެރީ ކުރީމައޭ. ކާއިން ބޭބެ މެރީ ކުރަނީ ކޮން ކުއްޖަކާ” ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަމަ އުޅޭނީ އެކުގައި ކަން އީޝްއަށް އެގެއެވެ.

“ކާއިން ބޭބެ ވަރަށް ވަރަށް ބޮޑަށް ލޯބިވާ ކުއްޖެއް އެބަ ހުރި. އެކުއްޖާ ވެސް ކާއިން ބޭބެ ދެކެ ލޯބިވީމަ ދެ ކުދިން އެއްކޮށް ކުދިން ހޯދާނީ” ކާއިންއަކީ އީޝް ފިޔަވައި އިތުރު ކުޑަ ކުއްޖަކާއި ވާހަކަ ދައްކާ މީހެއް ނޫނެވެ. އެހެންކަމުން އީޝް ދެން ކޮށްލާނެ ސުވާލެއް ނޭނގިފައި އިނެވެ.

“ކޮން ކުއްޖެއް ދެކެ ކާއިން ބޭބެ ލޯބިވަނީ” ކާއިންގެ އަތުގައި ކޮއްޓާލަމުން އީޝް ބުނެލިއެވެ.

“އެއީ ވަރަށް ވަރަށް ބޮޑު ސިއްރެއް.. އީޝް ކައިރީ އަދި ފަހުން ބުނާނަން އިނގޭ” ކާއިން އެހެން ބުނުމުން އިތުރު ޝަކުވާއެއް ނުކުރެ އީޝް ބޯ ޖަހާލިއެވެ.

“އީޝް މިހާރު ވަރަށް ލޯބިވޭ ކާއިން ބޭބެ ދެކެ. އެނގޭތަ ކީއްވެކަން؟” އަތުގެ އިޝާރާތުން “ކީއްވެހޭ” ދައްކާލަމުން އީޝް ބުނެލިއެވެ.

“ނޭނގެ.. އީޝް ބުނީމައެއްނު އެނގޭނީ” އީޝްއާއި ވާހަކަ ދެއްކުން ކާއިންއަށް ވީ މަޖާކަމަކަށެވެ. ކާއިން ކުޑަ ކުދިން ދެކެ ފޫހި ވިޔަސް އީޝް ވެގެން މިދަނީ އެކަން ބަދަލުކޮށްލާ ފަދަ ކުއްޖަކަށެވެ.

“އެއީ މިހާރު ކާއިން ބޭބެ ތާތި އުފާކޮށްދޭތީ.. ކާއިން ބޭބެ ކައިރީ ހުންނައިރު ތާތި ހުންނަނީ އަބަދު ސްމައިލް ކޮށްގެން.. ކާއިން ބޭބެ ދެން ތާތި ދެރަނުކުރައްޗޭ.. އެހެންނޫނީ އީޝް ވަރަށް ދެރަވާނެ” އީޝް ވާހަކަ ދައްކަމުން ދިޔައީ ބުނަމުން ދިޔަ ހުރިހާ އިހުސާސެއް މޫނު މައްޗަށް ގެންނަމުންނެވެ.

އީޝްގެ ތުއްތު ކަމާއި އެކީ ވެސް އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަލެއް ކިހާ އަވަސްވެފައި ފުރިހަމަ ހެއްޔެވެ؟ ލޯބިވާ މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރާ ކުއްޖަކަށް އީޝް ވެއްޖެކަން ޔަގީނެވެ.

“ދެން ދުވަހަކުވެސް ތާތި ދެރަ ނުކުރާނަން” ކާއިން އެއަޑު އިއްވަން ބޭނުންވީ ހަމައެކަނި އީޝްއަށް ނޫނެވެ. އެޔަށް ވުރެ ބޮޑަށް ފިލައިގެން އޮތް އަޝްވާއަށެވެ. ކާއިން އަށް ނުފެނި އަޝްވާ އުޅެން ބޭނުންވާ ސަބަބެއް ކާއިންއަށް ނޭނގުނެވެ. ފަހަރެއްގައި ރުޅި އައީއެވެ. ނޫނީ ބުނެވުނު ބަސްތަކަކީ އަޝްވާ ހިތްހަމަނުޖެހޭ ލަފުޒު ތަކަކަށް ވީއެވެ.

“ގުޑް ބޯއީ” އަވަސް އަވަހަށް އެހެން ބުނެ އީޝް ކާއިންގެ ކޮލަށް ދޮނެއް ދިނެވެ. އަދި ގޮނޑިން ފައިބައި މޭޒު ދަށުގައި އިން އަޝްވާއަށް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ދިޔައެވެ.

އީޝް ދިޔުމުން ކާއިން އުޅުނީ އަޝްވާއަށް އުނދަގުލެއް ކޮށްލާށެވެ. އެހެންނަމަވެސް މުހިއްމު ފޯނެއް އައުމުން އެޔަށް ޖަވާބު ދޭން އެއް އެއް ފަރާތަކަށް ޖެހިލިއެވެ.

ފޯނު ނަގައިގެން ކާއިން ބުނެލީ ދެ ތިން ބަހެކެވެ. އެޔަށް ފަހު އަބުރާ މޭޒާއި ދިމާލަށް އެބުރި ވަގުތު އަޝްވާ ސިންކު ކައިރީގައި ހުއްޓެވެ.

“އަހަރެން ބުނީމެއްނު އަޝްވާ ތީ ޕަރީއެކޭ.. ހަމަ ހުރެލާފަ “ޓަސް” ލާފަ އެއައީ” ފުޅާ ހިނިތުންވުމަކާއި އެކީ ކާއިން ބުނެލިއެވެ.

“ސައިބޮއި ނިމުނީ ތަ؟” ކާއިން އެހެން ބުނުމުން ހިނި އަޔަސް އަދި ކާއިން ފެނުމުން ލަދުގަތަސް އެކަން ނުދެއްކޭ ތޯ ސީރިއަސް މޫނެއް ހަދާލަމުން އަޝްވާ ބުނެލިއެވެ.

“އާން! އަހަރެން ސައިބޮއި ނިމިއްޖެ.. އަހަރެން ހީކުރީ އެހެން ދުވަސްތަކޭ އެއް ފަދައިން އަޝްވާ ވެސް އަހަންނާއި ބައިވެރިވެ ލުމަށް އަންނާނެ ކަމަށް” އަޝްވާ ވެސް އެއްބަސްވާން ބޭނުން ނުވާތީ ކާއިން ވެސް ހުރީ އޭނާގެ ގޮތުގައެވެ.

“އަހަރެން ސައިބޮއިގެންނޭ މިއައީ! ދެން އަވަހަށް އުޅޭ ބޭސް ކާން”

އަޝްވާ ކަބަޑުން ކާއިންގެ ބޭސް ކޮތަޅު ނަގައި ހެނދުނު ކާން ޖެހޭ ބޭސްތައް ވަކި ކުރުމައިގެން އުޅުނެވެ. ކާއިން ލަސް ހިނގުމެއްގައި ގޮސް އަޝްވާގެ ފަހަތުގައި މަޑުކޮށްލިއެވެ.

“މީ ވަރަށް ނުބައި ބޭހެއް…”އަޝްވާގެ އަތުން ރަތްކުލައިގެ ބޭސް ގުޅައެއް ނަގަމުން ކާއިން ބުނެލިއެވެ.

“ނުބައި ވިޔަސް ކާން ޖެހޭނެ.. ކާއިން ތީ މިހާރު ގޮތް ދޫނުކުރަން ކުޑަކުއްޖެއް ނޫން..” ކާއިންއާއި ދިމާލަށް އެބުރިލަމުން އަޝްވާ ބުނެލިއެވެ. އެހެން ދުވަސްތަކަކޭ އެއްފަދައިން އަޝްވާ އުޅުނީ ކާއިންގެ ފަރުވާ ކުޑަ ކަމަށް ނަސޭހަތް ދޭން ފައްޓާށެވެ. އެހެންނަމަވެސް ކާއިންއަށް ބަލާލުމާއި އެކު އެ ލޮލުން ފެނުނު ތޫނު ބެލުމުން އަޝްވާގެ ބަސް ހުއްޓިގެން ދިޔައެވެ.

“ހުއްޓާތިލީ ކީއްވެ؟ ހިތް ފުރޭ ވަރު ވީތަ؟” އެއް މިޔަކުން ހިނިތުންވެލަމުން ކާއިން އަހާލިއެވެ.

“ނޫން! އަދިވެސް ބޭނުން ބައިވަރު އެއްޗެހި ކިޔަން.. އެކަމަކު ކާއިންއަށް އަހަރެން ބުނާ އެއްމެ ކަމެއް ވެސް ނުކުރެވޭ ނަމަ ހަޅޭތްލެވުމުގެ ބޭނުމެއް ނެތެއްނު” އަޝްވާ އަނެއްކާ ވެސް އަނެއް ފަރާތަށް އެބުރި ކާއިންގެ ބޭސްތައް ވަކި ކުރުމައިގެން އުޅުނެވެ.

“އަޝްވާ ބުނެގެން އަހަރެން ނުކޮށްދޭ އެއްމެ ކަމެއް ވެސް ބުނެބަލަ.. ސިގެރޭޓް ބުއިން ވެސް ހުއްޓާލާފިން.. ފަލަ އޭ ބުނެ ދިމާ ކުރުން ވެސް ހުއްޓާލާފިން..އަދިވެސް ލިސްޓު ކިޔަންވީ ތަ؟” މިއަދު އޭނާ ފެނުމުން އަޝްވާ މާ ބޮޑަށް ލަދުން އުޅޭހެން ކާއިންއަށް ހީވާން ފެށިއެވެ. އެހެންކަމުން މިއަށް ވުރެ އިތުރަށް އަޝްވާ ލަދުގަންނަވާލަން ބޭނުންވިއެވެ.

“ލިސްޓު ނުކިޔައި ދިނަސް އަހަންނަށް އެނގެއޭ ކާއިން ކޮށްދިން ކަންތައްތައް.. ” އެހެން ބުނެ ކާއިންއާއި ދިމާލަށް އެބުރިލަމުން އަޝްވާ އޭނާގެ އަތުގައި ހުރި ބޭސްތައް ކާއިންގެ އަތަށް ދޭން އުޅުނެވެ.

“ވަރަށް އުފާވެއްޖެ އަހަރެން ކޮށްދިން ކަންތައް އަޝްވާއަށް އެނގޭތީ” ކޮންމެ އެއްޗެއް ވިޔަސް ބުނެލައިގެން އަޝްވާ އެތާގައި މަޑުކުރެވޭތޯ ކާއިން އުޅުނެވެ.

“އަހަރެން ދަނީ ދެން.. ބޭސް ކައިގެން އަރާމް ކޮށްލަން ދޭ” ބޭސްދޭން ދިއްކުރިން އަތުން ކާއިން އަދިވެސް ދޫނުކުރާތީ އަޝްވާ ގަދަ ހަދާލައި އަތް ދަމައިގަންނަން އުޅުނެވެ. އެހެންނަމަވެސް ކާއިން ހުރީ މާ ބާރުލައިގެން ކަމުން އަޝްވާއަށް ވީ އެއްވެސް ފައިދާއެއް ނެތެވެ.

ކާއިންއަށް އޭނާގެ ހިތް އެދޭ ކަންތައް ނުހަނު ސާފުކޮށް އެނގެއެވެ. އެއީ އަޝްވާއާއި އެކީވުމުވެ. އެހެންނަމަވެސް އޭނާގެ ސިކުޑީގެ ހިޔާލުތައް ހިތުގެ އިހުސާސްތަކާއި އެއްބައިވާން ނޫޅޭ ކަހަލައެވެ. އެއް ހިނދުކޮޅުގައި ބިރުވެރިކަމުން މީހާ ފޯވެގެން ދަނީ އަޝްވާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ. އަނެއް ހިނދުކޮޅެއްގައި އަމިއްލަ އެދުން އިސްކޮށް އަޝްވާ ކައިރީ ލޯބިވާ ވާހަކަ ބުނަން ބޭނުމެވެ. އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. މިއީ ވެސް އެފަދަ ހިނދުކޮޅެކެވެ. އަޝްވާގެ އަތުން ދޫކުރާކަށް ބޭނުމެއް ނޫނެވެ. ބޭނުމީ މުޅި އުމުރަށް އަޝްވާގެ ސޫރަ ފެންނަ ހިސާބުގައި ހުރެލުމެވެ.

ކާއިންގެ މިހިޔާލުތަކުގައި އޭނާގެ އަމިއްލަ ދުނިޔެއަށް ދިޔަ ވަގުތު އަޝްވާ ކުއްލިއަކަށް އޭނާގެ އަތް ދަމައިގަތެވެ. އެޔާއި އެކު އަތުގައި ހުރި ބޭސްގުޅަތައް އެތައް މިތަނަށް ބުރައިގެން ދިޔައެވެ. ނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ނުދީ ބާރު ހިނގުމެއްގައި އަޝްވާ އެތަނުން ދާން ހިނގައިގަތެވެ. ފަހަތް ވެސް ބަލާލުމެއް ނެތިއެވެ.

އަޝްވާގެ އެ ހަރަކާތްތަކުން ކާއިންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. މައުނަވީ ހިނިތުންވުމަކާއި އެކީ އަޝްވާ ދަން ދެން ބަލަހައްޓައިގެން ހުރި އިރު އެތައް އިހުސާސްތަކެއް އޭނާގެ އެތެރެ ހަށީގައި އުތުރި އަރަމުން ދިޔައެވެ. އަޝްވާ ރަކިވުމުން ކުރިއަށް ވުރެ ޗާލުހެން ކާއިންއަށް ހީވިއެވެ. އަދިވެސް ދެކޭ ހިތްވަނީއެވެ. ވާހަކަ ދައްކާލައި ހީ ސަމާސާކޮށްލަން ބޭނުންވަނީއެވެ.

އެ ދިޔަ ގޮތަށް ގޮސް އަޝްވާ ދިޔައީ ހިންދު ހޯދަން އެކޮޓަރިއަށެވެ.

“ހިންދު…” ކޮޓަރިއަށް ވަނުމާއި އެކު އެނދުމަތީގައި އިށީދެގެން އިން ހިންދު ފެނިފައި އަޝްވާ ގޮވާލިއެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ހިންދު ކައިރީގައި އޮށޯވެލިއެވެ.

“ކިހިނެތް ވީ، ހުރިހާ ކަމެއް ވެސް އޯކޭތަ؟” ހިންދު ހާސްވިއެވެ. އަޝްވާގެ ބަލީގެ ސަބަބުން އަނެއްކާ ވެސް ވަރުބަލިވާން ފެއްޓީހެވެ.

ހިންދު އެހެން އެހުމުން އަޝްވާ ހިންދުގެ އަތުގައި ހިފައި ދެކޮޅަށް ބޯ ހޫރުވާލިއެވެ.

“އަޝް!… ހާސްނުވޭ އަހަރެން މި ގުޅަނީ އަޝްވިންއަށް” އަޝްވިން ޑިޔުޓީއަށް ނިކުތީ ހަމަ ދެންމެއެވެ. އެހެންކަމުން ލަސްނުވެ ގެޔަށް އާދެވޭނެކަން ޔަގީނެވެ.

“ބޭބެއަށް ނުގުޅާ.. އަހަންނަށް އެއްވެސް ކަމެއް ނުވޭ” ހިންދު އަތުން ފޯނު ނަގަމުން އަޝްވާ ބުނެލިއެވެ.

“ދެން ކީއްވެ މުޅި މީހާ ފިނިވެފައި ތި އޮތީ؟؟ ހިނގާ ލަސްނުކޮށް އަވަހަށް ހޮސްޕިޓަލަށް ދާން” ހިންދު އަވަސްވެގަތެވެ. މީގެ ކުރިން އަޝްވާއަށް ވީވަރު ފެނިފައި އެފަދަ ކަމެއް ތަކުރާރުވާން ބޭނުން ނުވާތީއެވެ.

“އަހަންނަށް ކަމެއް ނުވޭ.. ކުޑަކޮށް ހާސްވާ ކަމެއް ދިމާވީ” އަޝްވާ ހިންދުގެ ކުށްހީ ފިލުވައިދޭން އުޅުނެވެ.

“ތާތި! ކޮބާ ކާއިން ބޭބެ؟” ކޮޓަރީގެ އެއްކަނެއްގައި އިން އީޝް ދުވެފައި އައިސް އަޝްވާގެ އުނގު ތެރެއަށް ބޮނޑިވެލަމުން ބުނެލިއެވެ.

“ކާއިން ބޭބެ އެބަހުރި ބޭސްކާން” ކާއިންގެ ނަން އިވުމުން ވެސް އަޝްވާގެ ހިތް އަވަސްވެގެން ދިޔައެވެ.

“ކޮން ކުއްޖެއް މޮޅުވީ؟ ކާއިން ބޭބެ އީޝް ކައިރީ ބުނީ “ޝުޝް” އޭ” ކާއިން ހެދިހެން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އީޝް “ޝުޝް” ބުނެލިއެވެ. އީޝް އެހެން ބުނުމުން އަޝްވާ ރަކި ގޮތަކަށް ހީލިއެވެ. އެހެންވީމާ ކާއިންއަށް އޭނާ މޭޒު ދަށުގައި އޮތްވައި ފެނުނީތާއެވެ.

“ދެ ކުދިން ވެސް މޮޅުވީ” އީޝް ހީކޮށްގެން އެހެރީ އަޝްވާއާއި ކާއިން ކުޅިވަރެއް ކުޅުނީ ކަމަށެވެ.

“ކާއިންއާއި ދެ މީހުން ކޮން ސަކަރާތެއް ޖަހާފަ މިއަދު ތިއައީ” އީޝްގެ ވާހަކަތަކުން ހިންދު އޭނާއަށް ހީވި އެއްޗަކަށް ބިނާކޮށް ސުވާލުކޮށްލިއެވެ.

“ކާއިން ބޭބެ އައިމަ ތާތި މޭޒު ދަށަށް ވަނީ ފިލަން.. ” އީޝް އެވާހަކަ ކިޔައިދޭން ފެށުމުން އަޝްވާ އީޝްގެ އަނގަމަތީގައި އަތް އެޅުމަށްފަހު ދެ ކޮޅަށް ބޯ ހޫރުވާލީ އެ ވާހަކަ ނުކިޔައި ދިނުމަށް ބުނުމުގެ ގޮތުންނެވެ. އެހެންނަމަވެސް އީޝްއަށް އެކަން ވީ މަޖާ ކަމަކަށެވެ. އަޝްވާގެ އަތުން ވީއްލިގެން ދުރަށް ގޮސް ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް އަދި ބާރު ބާރަށް ހިންދުއަށް ކިޔައިދިނެވެ. އީޝް އެވާހަކަ ކިޔައިދޭން ފެށުމުން އަޝްވާ އޭނާގެ މޫނުމަތީގައި އަތް އަޅާ ފޮރުވާލިއެވެ. ދެން އަމާޒުވާނީ ހިންދުގެ ކޮން ސުވާލުތަކެއް ކަން އަންދާޒާކުރެވޭތީއެވެ.

“އަހަރެން ހުރިހާ ވާހަކަ އެއްވެސް ކިޔައިދީފާނަން! އަހަރެން ލޯތްބެއް ނުވޭ ކާއިން ދެކެއެއް.. އެހާ އެއްކޮށް އުޅެފަ ކާއިންގެ ފަރާތުން އެކަހަލަ އިޝާރާތްތަކެއް ވާތީ ލަދުން ގޮސް ފިލީ.. އެހެން ނޫނަސް ދެ މީހުން ދެކެ ކިހިނެތް ލޯބިވާނީ” ހިންދުގެ ސުވާލުތައް އަމާޒުވުމުގެ ކުރިން އަޝްވާ ކޮޅަށް އިށީދެ ބަހަނާތައް ފައްޗަކަށް އަމުނާލިއެވެ.

“ކާއިން ލޯބިވޭތަ އަޝްވާ ދެކެ؟؟؟ ދެން ކޮން ދެ މީހުން ދެކެ ލޯބިވާ ވާހަކައެއް އަޝްވާ ތި ދައްކަނީ؟؟؟ ކާއިން ދެ މީހުން ދެކެ ލޯބިވަނީތަ؟” އަޝްވާ ހީކުރި ގޮތާއި ހިލާފަށް އީޝްގެ ވާހަކަތަކުން ހިންދުއަށް އެއްވެސް އެއްޗެއް ޝައްކުނުވާކަން އޭނާގެ ސުވާލަތަކުންނާއި މޫނަށް ވެރިވި ހައިރާންކަމުން އެގިގެން ދިޔައެވެ.

“އަހަންނަށް ވަރަށް ހީވޭ ކާއިން އަހަރެން ދެކެ ލޯބިވާހެން.. ޝަނުމް ވެސް އެކަހަލަ ވާހަކަތަކެއް ދެއްކި… އެކަމަކު ކާއިން ނުބުނާ ހިނދަކު ޔަގީންކޮށް ބުނާކަށް ނޭނގޭނެ.. އެއީ ސަމާސާ ކުރުމުގައި ވެސް އެއްވަނަ.. ލޯބިވާ ކަމަށް ހަދައިގެން އޮޅުވާވެސް ލާފާނެ… ” ކާއިންއާއި ދެކޮޅަށް ދެއްކޭނެ އިތުރު ބަހަނާއެއް އަޝްވާ ހޯދިއެވެ.

“ދެން ކޮން ދެ މީހުންނެއްގެ ވާހަކަ ތި ދެއްކީ.. ކާއިން އަނެއްކާ ހަނާއާއި ރައްޓެހިވީތަ؟” ހިންދުއަށް ކާއިންއާއި ބެހޭ މާ ބޮޑު އެއްޗެއް ނޭނގޭތީ އަހާލިއެވެ.

“ހަނާ އަކީ މިހާރު ކާއިންގެ އެއްމެ ރައިވަލް އެކަކު.. ހަނާ އެހާ ކައިރިކޮށްގެން ވެސް އުޅުނީ އެހެންވެ” އަޝްވާއަށް އަދިވެސް ހިންދު ކުރި ސުވާލަކަށް ޖަވާބެއް ނުދެވެއެވެ.

“ދެން އެހެންވެއްޖެއްޔާ އަޝްވާއަށް ދެ މީހެއް ދެކެ ލޯބިވެވުނީތަ” ތިން ވަނަ ފަހަރަށް ހިންދު އަހާލިއެވެ.

“އަހަރެން ލޯބިވަނީ އެއްމެ މީހެއް ދެކެ……….” ބުނެވުނު އެއްޗަކާއި މެދު އަޝްވާއަށް ވިސްނާލެވުނީ ޖުމްލަ ފުރިހަމަކޮށް ނިމުމުންނެވެ.

“އެއީ ކާކު” ހައިރާންވެފައި ދެ ލޯ ބޮޑުކޮށްލަމުން ހިންދު އަހާލިއެވެ.

“އެދެން ކޮންމެވެސް މީހެއް… އެކަމަކު އެމީހާ އުޅެނީ އެހެން މީހަކާއި މެރީކޮށްގެން.. އެހެންވީމަ ދެން އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު” އަޝްވާ އުޅުނީ އެ މައުޟޫ ނިންމާލާށެވެ.

“އެއީ ކޮންމެ މީހަކަށް ވިޔަސް އަހަންނަށް ހީވަނީ އަޝްވާ ކާއިން ދެކެ ވެސް ލޯބިވާހެން.. އެހެންނޫންނަމަ އީޝް ކާއިންގެ ވާހަކަ ދެއްކުމުން މާ ހިތް އަވަސްވެގެން ނޫޅުނީސް” ހިންދު ޔަގީންކަމާއި އެކީ ބުނެލިއެވެ.

“އަހަރެން ލޯތްބެއް ނުވޭ ކާއިން ދެކެ.. އެއްވެސް މީހަކަށް ދެ ފަހަރަށް ލޯތްބެއް ނުވެނޭނެ.. ލޯބިވެވޭނީ އެއްމެ މީހެއް ދެކެ.. ” އެހެން ބުނެލަމުން އަޝްވާ އެނދުން ތެދުވެ ދާން އުޅުނެވެ.

“މައްސަލައެއް ނެތް.. އަހަރެން ގަބޫލުކުރާނީ އަޝްވާގެ ބަސް… ދެން ބުނެބަލަ ކީއްވެތަ އަޝްވާ މީހެއް ދެކެ ލޯބިވެގެން އުޅޭއިރު އަހަރެން ކައިރީ ނުބުނީ” އަޝްވާގެ އެއްމެ ގާތް އެކުވެރިޔާއަށް ވެ ހުރެ އަޝްވާ އެފަދަ ބޮޑުކަމެއް އޭނާއާއި ހިއްސާނުކުރުމުން ހިންދު ދެރަވިއެވެ.

“ބައެއް ހާލަތްތަކުގައި ލޯބި ހާމަ ކުރުމަށް ވުރެ ބޮޑަށް ސިއްރެއްގެ ގޮތުގައި ބޭއްވުމުން މާ ބުއްދިވެރިވާނެ” އެހެން ބުނެ ހިންދުއަށް އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދީ އަޝްވާ އެތަނުން ނިކުމެގެން ދިޔައެވެ.

އަޝްވާ ސިޓިންރޫމުން ބަދިގެޔަށް ދިޔަ ވަގުތު ޝަނުމްއާއި ހަފީޒާ ވެގެން ރީމްއަށް ކާން ދެވޭތޯ އުޅުނެވެ. ރެއިން ފެށިގެން ފެން ފޮދެއް ހާ މިންވަރު ވެސް ބޯލުމަކީ ރީމްއަށް އުނދަގޫ ކަމެކެވެ. މަންމަ އޮތް ހާލު ފެނި އަރު ތެރޭގައި ވަނީ ރިހުމެއް އުފެދިފައެވެ. ހިންދު ދިރުވާލާ ކޮންމެ ފަހަރަކު އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރަމުން ދިޔައެވެ.

“ރީމް ނުކަނީ ތަ؟” އިސްޖަހައިލައިގެން އިން ރީމް ފެނިފައި އަޝްވާ އަހާލިއެވެ.

“އާން! އެ މަންޖެއަށް އެއްވެސް އެއްޗެއް ކެވޭ ވަރެއް ނޫން.. ކުރުބަލެއް ދޭން ވެސް އެތައް ފަހަރަކު އުޅެފިން .. އެކަމަކު އަނގަވެސް ހުޅުވާ ނުލާ” ހަމްދަރުދީއާއި އެކީ ހަފީޒާ ބުނެލިއެވެ.

“ރީމްއަށް ވަރަށް މީރުކޮށް ފުރުޓު ތައްޓެއް ހަދާލަންތަ” ރީމް ދެރަވެއްޖެނަމަ އަމީހާ ކަންތައް ކޮށްދޭ ގޮތް އަޝްވާއަށް އެގެއެވެ. އެހެންކަމުން އެއިން ކަމެއް ކޮށްލާނަމޭ ހިތައި ފުރިޖު ހުޅުވައި ރީމްއަށް އެއްމެ މީރުވާނެހެން ހީވާ މޭވާތައް ނެގިއެވެ.

“އަޝްވާ ތި ތައްޔާރުކޮށްގެން ކޮޓަރިއަށް ގެނެސްދީ.. އަދި ޝަނުމްއަށް ކާން ވެސް ހަދާލައްޗޭ.. ދައްތަ މިދަނީ ރީމް ގޮވައިގެން ކޮޓަރިއަށް” ހަފީޒާ ރީމްގެ އަތުގައި ހިފައި ތެދުކޮށްގެން ލަސް ފިޔަވަޅު ތަކެއްގައި އެތަނުން ދިޔައެވެ.

“ޝަނުމް، އަހަރެން ވާހަކައެއް އަހާލަންތަ؟” ދޮރުން ނިކުންނަމުން ދިޔަ ރީމްއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޝަނުމްއާއި މުހާތަބުކޮށްލަމުން އަޝްވާ ބުނެލިއެވެ.

“މި ގަޑިއަކު ނޫން..” އަޝްވާއާއި ދިމާލަށް ބަލާވެސް ނުލައި އެހެން ބުނެލުމަށްފަހު ޝަނުމް އުޅުނީ އެތަނުން ދާށެވެ.

“ޝަނުމް! އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންށޭ” ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިން އަޝްވާ ބުނެލިއެވެ.

“ފަހުން ދޯ ތި ވާހަކަ ދައްކާނީ.. ރީމް އެހެރީ ވަރަށް ދެރަވެފައި.. އަހަރެން ބޭނުން މިގަޑީ އޭނަ ކައިރީ ހުންނަން” އަޝްވާ ގޮވާލުމުން ޝަނުމް ކުޑަކޮށް މަޑުޖެހިލާފައި އެހެން ބުނެލިއެވެ.

“މައްސަލައެއް ނެތް” އަޝްވާގެ އަޑުގައިވީ ހިތާމަ ދެނެގަންނަން ޝަނުމްއަށް ފަޅި ސިކުންތުވެސް ބޭނުންނުވި ފަދައެވެ.

“ކޮން ވާހަކައެއް ދައްކަން ބޭނުމީ” ފަހަތަށް އެބުރި އަޝްވާ ކައިރިއަށް ހިނގައިގަންނަމުން ޝަނުމް ބުނެލިއެވެ.

“ޝަނުމް!!” އަޝްވާ އުޅުނީ ޝަނުމް ކުރެން ދެމީހެއް ދެކެ ލޯބިވެވިދާނެތޯ އަހާށެވެ. އެހެންނަމަވެސް އޭގެ ކުރިން އެތަނަށް އައި ކާއިން އަޝްވާގެ ވާހަކައަށް ހުރަސްއެޅިއެވެ.

“ކީކޭ” ކާއިންއަށް ބަލާލަމުން ޝަނުމް އަހާލިއެވެ.

“އަހަރެން މިއުޅެނީ މާޒިން ހޯދަން ދާން ކަމަށް.. އާދޭ އަހަންނާއި އެކު ދާން.. ” ކާއިން ބުނެލި ވާހަކައިން އަޝްވާއަށާއި ޝަނުމްއަށް ވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޕޮލިހުންނަށް މާޒިން ވީ ތަނެއް ނޭނގިގެން އުޅޭއިރު ކާއިން މާޒިން ހޯދައިފީމޭ ބުނުމުންނެވެ.

“އާން ހިނގާ އަވަހަށް ދާން” ޝަނުމްގެ ގައިގައި ވެސް މާޒިން ހޯދުމުގެ ރޫހުވަނީ އަލާވެފައެވެ.

“ކޮންތާކަށް ދާނަމޭ ހިތާ ތިއުޅެނީ؟” ޝަނުމްގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ.

“ކާއިން އަކަށް ވެސް ނުދެވޭނެ…” ކާއިންއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޝްވާ ކޮށްލީ ވަރުގަދަ އަމުރެކެވެ.

“އަޝްވާ ތިހެން ބުނުމުން އަހަރެން ނުގޮސް ހުންނާނެ ކަމަށްތަ ހީކުރީ” އެއްމިޔަކުން ހީލަމުން ޖެއްސުމުގެ ރާގަކަށް ކާއިން އެހެން ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.

ޝަނުމްގެ އަތުގައި ހިފައިގެން ހުރެ ބާރު ހިނގުމެއްގައި ގޮސް އަޝްވާ ކާއިންގެ އަތުގައި ހިފައި ދިޔުމަށް ހުރަސްއެޅިއެވެ.

” މާޒިން ހޯދާށޭ ކިޔާފަ ދެ މީހުން ކުރެ އެކަކަށް ވެސް ނުދެވޭނެ” ދެ މީހުންގެ އަތުގައި އޭނާގެ ދެ އަތުން ހިފައިގެން ހުރެ އަޝްވާ ބުނެލިއެވެ.

“އެ ކީއްވެ؟” ކާއިން އާއި ޝަނުމް އެއްފަހަރާ އަހާލިއެވެ.

 

“އާދޭ ކީއްވެކަން ބުނާނަން’ އެހެން ކިޔައި އަޝްވާ ކާއިންމެން ގޮވައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.

“މާޒިން ފެނުމުން ދެ މީހުން އެއްމެ ފުރަތަމަ ވެސް ކުރާނީ ކީއްކަން ބުނެދީބަލަ! ބަޑި ހިފައިގެން ގޮސް ބަޑި ޖަހާ މަރާލާނީތަ؟ ނޫނީ ބޮޑު ދަގަނޑަކުން ޖަހައި ހޭނައްތާލާނީތަ؟؟؟ ތި ދެމީހުންގެ އަތުގައި ކިތައްމެ ގިނަ ހަތިޔާރު ހުއްޓަސް މާޒިން ހުންނާނީ އެއިން ކޮންމެ ކަމަކަށް ތައްޔާރުވެގެން ކަން ހަނދާނުގައި ނެތީތަ؟  އޭނާ ކުރާ ކޮންމެ ކަމެއް ކޮށް ނިންމާލަނީ ހަގީގަތް ހާމަނުވާ ވަރަށް ހެކިތައް ނައްތާލަމުން.. އެވަރު މީހަކާއި ކުރިމަތިލާން ދެ މީހުން އެކަނި ތި ދަނީ އެއްވެސް ބިރެއް ނެތިތަ؟” ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އަޝްވާ ޝަނުމްއާއި ކާއިންއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“ކާއިން އަކީ އަހަރެން ދުށް އެއްމެ މޮޔަ އިންސާނާ.. ވިސްނާނުލައި ކޮންމެ ކަމެއް ވެސް ކޮށްފާނެ.. އެކަން ޝަނުމްއަށް އެނގޭ އިރުވެސް ތިއުޅެނީ ކާއިން ބުނީތީ އޭނަގެ ފަހަތުން ދާންތަ؟ ޝަނުމް އަށް ގެއްލުމެއް ލިބިއްޖެނަމަ ރީމް ކިހާ ދެރަވާނެ.. މިހާރު އެއުޅެނީ މަންމަ މަރުވުގެން އެކަމުން އަރައިނުގަނެވިގެން..އަހަރެން އެއްމެ ފަހަރަކު ނުބުނަން ތިއީ ކަމެއް ނުކުރެވޭ ވަރުގެ ފިޑި މީހުންނޭ.. އެކަމަކު ކޮންމެ މީހެއް ދެކެ ވެސް ލޯބިވާނެ ބައެއް އެބަ ތިބި.. އެމީހުންގެ އިހުސާސްތަކަށް ވިސްނާނުލައި ދާންތަ ތިއުޅެނީ” އަޝްވާ އެހެން ބުނުމުން ކާއިން ލޯ އަޅާލިއެވެ.

“ޝަނުމް ދެކެ ލޯބިވާނެ ބައިވަރު ކުދިން ތިބޭނެ.. އެހެންވީމަ ޝަނުމް ގޭގަ މަޑުކޮށްލާ.. އަހަރެން އަމިއްލައަށް ގޮސް އޭނާއަށް ހަދާނެ އެއްޗެއް ހަދާލަ ފާނަން” ޝަނުމްއާއި މުހާތަބުކޮށް ބުންޏަސް އެއީ ކާއިން އަޝްވާއަށް އަމާޒުކުރި ބަސްތަކެކެވެ.

“ޝަނުމް ! މާހިލްއަށް ގުޅާފަ ބުނޭ މާޒިން ފެނިގެންނޭ މިއުޅެނީ” ކާއިން ބުނި އެއްޗަށް ފަރުވާލެއް ނުދީ އަޝްވާ ބުނެލިއެވެ.

އެވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށް އަޝްވާ ދޮރު ހުޅުވާލިއެވެ.

“އަޝްވާ ، މިއަދު އޮފީހަށް ނުދާ ދުވަހަކީ ތަ؟” ދޮރުގެ އަނެއް ފަރާތުގައި ހުރި އަސްރާރު އަހާލިއެވެ.

“ލައްބަ، އަޅުގަނޑަށް ގެޔަށް އާދެވުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށް.. އެހެންވީމަ ހިތަށް އެރީ މިއަދު ގޭގަ މަޑުކޮށްލާނީއޭ.. އެހެންނޫނަސް ރީމް ކައިރީގައި ވެސް ހުންނަން ޖެހޭނެ ނޫންތޯ” އަޝްވާ ވާހަކަ ދެއްކީ ކުޑަކޮށް ދޮރު ހުޅުވައިގެން ކަމުން އަސްރާރު އަށް އެތެރޭގައި ތިބި ޝަނުމްއާއި ކާއިން ނުފެނެއެވެ.

“މައްސަލައެއް ނެތް! ބައްޕަ މިއައީ ސައި ހަދައިދޭން ބުނާށޭ! ހަފީޒާ ވީ ރީމް ކައިރީގައި ކަންނޭނގެ” އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އަސްރާރު ބުނެލިއެވެ.

“އާން، މަޑުކުރޭ އިނގޭ! އަޅުގަނޑު މިއަންނަނީ ދެތިން މިނެޓް ތެރޭ” މިއީ އަބަދުވެސް އަސްރާރު ސައިބޯ ގަޑިކަމުން އަޝްވާއަށް ނޫނެކޭ ބުނާކަށް ނުކުރުނެވެ.

އަސްރާރު ދިޔުމުން އަޝްވާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

“ކޮބާ؟ މާހިލްއަށް ގުޅިއްޖެތަ؟” ޝަނުމްއަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“ނޫން! އަހަރެން ފޯނަކު ނެތް ރުފިޔާއެއް” އަތުގައި އޮތް ފޯނު ދައްކާލަމުން ޝަނުމް ބުނެލިއެވެ. ޝަނުމް އެހެން ބުނެލުމުން އަޝްވާ ކާއިންއަށް ސުވާލުގެ ނަޒަރުން ބަލާލިއެވެ.

“އަހަރެން އަތަކު ނުވެސް ނެތް ފޯނެއް” ހުސް ދެއަތް އަޝްވާ އަށް ދައްކާލަމުން ކާއިން ބުނެލިއެވެ.

އެއިން އެކަކުވެސް ތެދު ބުނާނެހެން ހީނުވާތީ އަޝްވާ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ޝަނުމް އަތަށް ދީ މާހިލްއަށް ގުޅުމަށް އެދުނެވެ.

“އަހަރެން އެބަ އަންނަން ވަރަށް އަވަހަށް ބައްޕައަށް ސައި ހަދައިދީފަ.. ދެ މީހުން ވެސް ބަސްއަހައިގެން ކުޑަކުދިން ހެން ތަންތަންނަށް ނުގޮސް ތިބޭތި” ގަދަކަމުން  ސީރިއަސްކަން މޫނުމަތިން ދައްކާލަމުން އަޝްވާ އެހެން ބުނެފައި އަޝްވާ އެތަނުން ދިޔައެވެ.


 

ނިދިނިދި އޮތް ރީމްގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޝަނުމް ކަމަށް ހީކޮށް ގުޅާ ނަންބަރަށް ބަލާވެސް ނުލައި ރީމް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ ބޭބީ! އަޑުއެހިން މަންމަ މަރުވި ވާހަކަ.. ވަރަށް ބޮޑަށް ސޮރީ އިނގޭ!” އިވުނު މާޒިންގެ އަޑާއި އެކީ ރީމްއަށް ކޮޅަށް ޖެހުނެވެ. އަވަސް އަވަހަށް ދެ ލޯ ބޮޑުކޮށްލައި ފޯނުގައި އިން ނަންބަރު ރަގަޅަށް ބަލާލިއެވެ.

“މާޒިން” ތުރުތުރު އަޅަމުންދާ އަޑަކުން ރީމްއަށް މާޒިންގެ ނަން ދެތިން ފަހަރެއްގެ މަތިން ކިޔާލެވުނެވެ. ފޯނު ބަދަލުކޮށް ނަންބަރު ބަދަލުކުރުމުން ވެސް މާޒިން އޭނާއަށް ކުރާ އުނދަގުލަށް ބަދަލެއް ނެއެވެ.

މާޒިންއާއި ދިމާލަށް ހަޅޭތްލެވުމަށް ރީމް ފޯނު ކަންފަތުގައި ޖަހާލިއެވެ. އެހެންނަމަވެސް އިވިގެން ދިޔައީ ބިރުވެރި ބަސްތަކެކެވެ.

“ރީމް! ހަނދާން ވޭތަ އެ ދުވަހު ބައްދަލުވެގެން އަހަރެން ދެއްކި އެއްމެ ވާހަކައެއް ވެސް!! އަހަންނަށް ހީވަނީ އެކަންތައް މަތިން ހަނދާން ނެތުމުން ކަންނޭނގެ ތި ދިރިއުޅުން އިހުތިޔާރު ކުރީ… އެ ދުވަހު އަހަރެން ބުނީމެއްނު ރީމް އާއި ރީމްގެ މަންމަ ކިބައިން އަހަރެން ބަދަލު ހިފާނަމޭ.. އަހަރެން ބުނި ހަނދާނެއް ނުވޭތަ، އަހަރެން ބުނީމެއްނު ރީމްއަށް ވަރަށް އުފާވެރި ހަޔާތެއް ލިބޭނެއޭ..އެކަމަކު ރީމް ފަހުން ހިތަށް އަރާނެއޭ އެއުފާވެރިކަން ނުލިބުނު ނަމައޭ..” ކުރީގެ ހަނދާނެއް އާކޮށްލަމުން މާޒިން ބުނެލިއެވެ.

“އޭސް އައި ސައިޑް ވަގުތު ފާއިތުވެއްޖެ!!” އެހެން ބުނެލުމަށްފަހު މާޒިން ފޯނު ކަނޑާލިއެވެ.

“ރީމް! ކާކަށް ގުޅައިގެން ތިހިރީ” މާޒިން ފޯނު ކަނޑާލި އިރުވެސް ރީމް ހުރީ އިތުރު ހަރަކާތެއް ކުރަން ނޭނގިފައެވެ.

“ދަރިފުޅާ! ކޮން ކުއްޖެއްތަ އެ ގުޅީ، ޝަނުމް ތަ” ރީމްގެ ސަމާލުކަން ހޯދުމަށް އަތުގައި ހިފާލަމުން ހަފީޒާ ބުނެލިއެވެ.

“މަންމާ!” ދެރަވުމުން ކޮންމެ މީހަކަށް ގޮވާލެވޭނީ މަންމައަށް ނޫން ހެއްޔެވެ؟ ރީމްއަށް ވެސް ވީ އެހެންނެވެ. މިވަގުތު  ބޭނުންވަނީ މަންމަ ދިން ރައްކާތެރިކަމެވެ.

ރީމް ބޮލުގައި ހިފައި މަންމައަށް ގޮވަން ފެށުމުން ހަފީޒާ ރީމްގެ އަތުގައި ހިފައި އެހެން ނުހެދުމަށް ތަކުރާރުކޮށް އެދެން ފެށިއެވެ. އެހެންނަމަވެސް ރީމްގެ ހަޔާތަށް ކުރިމަތިވެފައިވާ ކަޅުކަން ގަދަ ބޯ ވިއްސާރަ ވިލާ ގަނޑުން ހުއްޓުމެއް ނެތި ތޫނު ކަނިތައް ޖަހަމުން ދިޔައެވެ.

“ދައްތަ އެބަ އަންނަން ޝަނުމް ގޮވައިގެން އިނގޭ!” އޭނާ އެކަނި ހުރެގެން ރީމް ހަމައަކަށް ނޭޅުވޭނެތީ ހަފީޒާ އަވަސް އަވަހަށް ޝަނުމް ބަލައި މަތީ ބަޔަށް ދާން އުޅުނެވެ.


 

އަޝްވާ ދިޔުމުން ޝަނުމް މާހިލްއަށް ގުޅާލަން އެ ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ. މާހިލް މި އަންނަނީ އޭ ބުނެ ފޯނު ކަނޑާލުމުން އެ ހަބުރު ކާއިންއަށް ދޭން ޝަނުމް ކޮޓަރިއަށް ވަންއިރު ކާއިންއެއް ނެތެވެ.

“ކާއިން!! އަޝްވާ ކާއިން ކޮބާ ތަ؟” ކޮޓަރިން ފެށިގެން ބަދިގެޔަށް އައިއިރު އެތަން މިތަން ހޯދަމުން އައި ޝަނުމްއަށް ކާއިންގެ އެއްވެސް ހިލަމެއް ނުވިއެވެ.

“ކާއިން ނެތްތަ؟” ކާއިން ނެތްކަން އެނގުމާއި އެކު އަޝްވާގެ ފައި ދަށުން ހީވީ ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ.

“ދެން ވެސް ލަސްނުކޮށް ހިނގާ ބަލަ ކާއިން ހޯދަން ދާން” އަތުގައި ހުރި ތަށިތައް މޭޒުމަތީ ބެހެއްޓުމަށްފަހު އަޝްވާ ޝަނުމްގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ދުއްވައިގަތެވެ.

ޝައިމްގެ ސައިކަލު ނެތުމުން ކާއިން ދާނީ ހިނގައިފައިހެން ހީވެއެވެ. އެހެންނަމަ އަޝްވާއާއި ޝަނުމްއަށް ކާއިން  ފެންނާނެކަން ޔަގީނެވެ.

“ޝަނުމް! އާދެ ބަލަ ރީމް ކައިރިއަށް.. ކޮންމެ ވެސް މީހެއް ގުޅައި ދެއްކި ވާހަކަތަކުން ކެތްނުކުރެވިގެން އެހާ ވަރަށް އެބަ ރޮއި” ޝަނުމް ހޯދަން އައި ހަފީޒާ ބުނެލިއެވެ.

“ދައްތާ! އަޅުގަނޑަށް ނެތް މި ވަގުތު މަޑުކުރެވޭކަށް.. ވަރަށް ވަރަށް މުހިއްމު ކަމަކު ދާން ޖެހިގެން މިއުޅެނީ”

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތިޔަ އަސަރު 44

Next

ހިތާ ފުރާނައިން… (53)

Next
February 25, 2018

ހިތާ ފުރާނައިން… (53)

Previews
February 25, 2018

ތިޔަ އަސަރު 44

60 Comments!

  1. Juvey says:
    February 25, 2018 at 10:00 pm

    Yeyy..juvey first dww ???

  2. Juvey says:
    February 25, 2018 at 10:03 pm

    V happy vey maroon dooni ehaa avahah up kohdheythee. .loves ????

  3. GR says:
    February 25, 2018 at 10:03 pm

    Vvv reethi

  4. Maikko says:
    February 25, 2018 at 10:18 pm

    Varah reeethii……..alheyyyy….ashwaa ah realize kohdhyba nikan eyna ah kaain dheke loabi vevey kan……….maroon haadha molhey story liyan…masha Allah……lots of love ❤?

    1. maroon says:
      February 26, 2018 at 8:49 pm

      thanku maikkko…hheheh… ashwa ah egeyney adhi… just wait ngey… ?? kaain ves bunan vejje ennu mihaaru dhw.. loves

  5. Reader says:
    February 25, 2018 at 10:20 pm

    Alheyy… Haadha reehchey… Ekam heevany kuruhen mi part ves

    1. maroon says:
      February 26, 2018 at 8:47 pm

      thanku reader… thankolheh dhw.. .. next part dhigukoh innaany ??

  6. Juvey says:
    February 25, 2018 at 10:22 pm

    Wow v nice mi part ves. Keep it up ????

    1. maroon says:
      February 26, 2018 at 6:38 am

      Thanku juvey ??

    2. maroon says:
      February 26, 2018 at 8:47 pm

      thanku juvey ??

  7. Ri says:
    February 25, 2018 at 10:23 pm

    Thank u v ufaavenje aabaeh kiyaalan libunee ma v vv salhi

    1. maroon says:
      February 26, 2018 at 6:38 am

      Thanku Ri ??

    2. maroon says:
      February 26, 2018 at 8:49 pm

      thanku Ri??

  8. ބުރޯ says:
    February 25, 2018 at 10:23 pm

    Ashwa meehakaa neenaathy haadha dheravey ashwa ah biya bodu firiyakaa Gina Gina halani dharinthakeh dhehvaandheyve? story habeys maroon ??

    1. maroon says:
      February 25, 2018 at 10:36 pm

      Hehhehe.. bro thi hiry ennu ashwa ah ?
      ?
      ??

  9. Shann says:
    February 25, 2018 at 10:36 pm

    Wow my luving maroo …. Ehen baeh anehka up kohly… Thanks a lot… Kiyaahithun kehmadhuvefa huttaaa thi up kohly… Nimen v kairi vehje dhw mihaaru… Ekam mi story nimunas ehen story eh fashahchey igey… Abadhuves maroo ge story ah inthixaaru kuraanan… Luv n Miss u

    1. maroon says:
      February 26, 2018 at 6:39 am

      Thanku shann..v ufaa vejje comment kiyaalaaf..ehen story eh dhw… Adhi ekama nuvisnan.. loves miss u ❤??

  10. click a shot ? says:
    February 25, 2018 at 10:40 pm

    Maroon..??? haadha rangalhey..???thihaa balikoh ulhemunves story up kohdheythi varah ufaavey.?..kaain konthaakahbaa edhiyaee??? rangalhahviyaa maazin hoadhan kaneyge…?meehaadha bas naaha kuhjekey dhw …??? .ashwa hama gaboolu kuran beynunnuvani dhw kaaindheke loabivaa kan…ehenvesvane dhw…pure reem..facing so much problems..???reem ves varah bodah change vehje dhw..???.mihaaru aslu enme like vaa gothah reem eulheni..kuriga ulheyni varah hih molukoh dhw…ashwa ves baeh faharu hyvany kuda kudhin ulhey gothah ulheyhen…??? alhey eesh ge eoh mausoom kameh..click beynun ekahala loabi kuhjeh gen gulhen..by the way mi part ves hama awesome ingey..when next part..loves maroon..waitting??????❤️❤️???❤️

    1. maroon says:
      February 26, 2018 at 6:44 am

      So glad there are readers like u to appreciate the work…thanku so much click. And i jave narrowed done a few names from the list u sent… and suprise eh ves onnaane ngey click ah..yes kaain hama bunefa ennu edhiyaeeves.. lets see if he has the luck this time to catch maazin.when we r in love we do stupid things. I guess she is doing that tooo..and so happy reem ge change gabool kuraathy. We all do mistakes but if we change chanceh liben jehehne dhw…loves tc.. ?❤?

    2. click a shot ? says:
      February 26, 2018 at 2:18 pm

      Aww..really a suprise for me…waitting curiously..next part ga tha…???

    3. maroon says:
      February 26, 2018 at 9:08 pm

      hehehhe.. ei adhi fahun dhoonya.. in the final part ngey ??

  11. Zaaraa says:
    February 25, 2018 at 10:48 pm

    Alhy thank you maroon???minahtaa Lani kaain fenytho ???

    1. maroon says:
      February 26, 2018 at 6:44 am

      Thanku zaaraa. Location bundheyn v dhw ???

  12. Twingirl says:
    February 25, 2018 at 11:41 pm

    Wooooow. .. v rythi story. .. keep it up maroon ????

    1. maroon says:
      February 26, 2018 at 6:48 am

      Thanku twingirl ??

  13. Aish says:
    February 26, 2018 at 1:32 am

    Avas shifaa akah edhen.Maasha Allah maasha Allah. .v v v v asaru gadha story eh igey mi..komme faharaku hama thi rohvaalanee ey..story hama furihama e ey???..”kurevenee ey hama inthixaaru, kiyaalan libeyney vaguthakah.”keep it up..??? lots of love..???

    1. maroon says:
      February 26, 2018 at 6:50 am

      Thanku Aish… adhi miulheny asarugadha bayaai hamayah nudhevigenn… ehenvyma e part ga v roanethaa..hrhehe thats so sweet .. loves tc ??

  14. broken ? says:
    February 26, 2018 at 5:00 am

    thiya asaru rangalhahvees kohffi kaain konthaakahbaa midhiyaee idiot ahahaha ashva kaain dhekeloabivebala kaain moya kameh nukohffiyya rangalhu maroo wow story annany dhuvaheh dhuvahakah reethivamun ehn story eh liyan fashaaba hama characters gina inbey my support is with you always lovess??❤❤❤??????❤❤❤❤❤???????????????????????

    1. maroon says:
      February 26, 2018 at 8:51 pm

      e idiot ah mifaharu maazin hoadhai dheynamey … hehehe.. ?? vv ufaa vejje commen kiyaalaafa. much love.. ehen story eh dhw.. visnaalaanan ngey ??tc

  15. Hai says:
    February 26, 2018 at 5:33 am

    Ala shanum wife kariya nugos ashwa ekokanaga Dani…..reem when nahadaba mom maru vima Ana had a darae vanaya….adhi shanum ashwa salama kuran man reem INI iguni ma reem ga hi halakuvana????
    Story vvvvv reethi????

    1. maroon says:
      February 26, 2018 at 8:52 pm

      thanku Hai.. Shanum e ulheny kaain salaamaiy kohdheyshey.. eves ehthaaku madun hurevey meeheh noonennnu.. but m sure he will do his role as a good husband to take care of reem ??

  16. Zuam says:
    February 26, 2018 at 8:06 am

    Masha Allah….. varah reethi…..????
    Waiting….❤❤❤❤❤❤

    1. maroon says:
      February 26, 2018 at 8:53 pm

      thanku Zuam ??

  17. Snow says:
    February 26, 2018 at 8:13 am

    Thyga thibi ehmen maraaa husvyyma tha thi maazin eh vx hahyaru kurevenyy???? Its like CID ..

    1. maroon says:
      February 26, 2018 at 8:54 pm

      CID in ekannyeh noon kanneyge meehun marany… thanku snow ??

  18. annoying reader says:
    February 26, 2018 at 8:25 am

    alhey my comment is not published adhi ves ?

  19. Princess ashly says:
    February 26, 2018 at 9:34 am

    Story nimenee tha.so sad.v ufaa vey komme dhuvahaku story kiyaalan libey thee.thankyou maroon.komme dhuhuku kiyaalan libey thee.eh part kiyaafa hithah araa dhen kihineh baa ey vaanee.ei aslu komme story eh ga ves vaan jeheyne gothakee.

    1. maroon says:
      February 26, 2018 at 8:55 pm

      thanku princess ashly.. vvv ufaa vejje comment kiyaalaafa.. hehehe.. ?? loves…

  20. Pinky shifoo says:
    February 26, 2018 at 10:26 am

    FABULOUS ???… Maasha Allah mi part vx v v v v reethi ???… Haadha reehchey ???… V v furihama ???… Btw how are you maroon??? Hope kuran maroon mihaaru kuriah vure rangalhu vaane kamah ?… Aslu v v ufaavehje maroon thihaa balikoh ulhemunvx story up kohladhinyma ???… Thank you soooooo much ???… I really appreciate your hard work ???… Mi kaain mee kee myhunge bas gaboolu kuraa myheh noon ???… Mi maazin haadha hushiyaarey dhw ???… Btw story kiyaairu Heevanee hama filmeh balaaleveyhenn… V reethi koh sifakurevey manzaruthah… ???… Maasha Allah maroon ge visnun v v thoonu… ???… You have brilliant ideas ???… Hama hairaanvey story kiyaalaafa… Hithah araa kihineh baaey maroon mi ideas thah gennany… Hehe ???… ” vaashey ogaa hithaa” kiyaafavx hama speechless vey ???… Keep up the good work maroon ???… U are talented n great writer ❤️❤️❤️???… Curiously waiting for the next part… Lots of love and take care ?❤️????????

    1. maroon says:
      February 26, 2018 at 8:58 pm

      thanku pinky shifoo.. vvv ufaa vejje comment kiyalaafa. always wait for this colorful comment to make my day.. maroon adhives ekko ragalheh noon. but i hope you are doing the best.?? ow i miss that story.. thats one of my best.. its based on an idea i dnt even blv.. much love..take care.. thikahala support dheythy v ufaa vey.. so sweet ??

  21. annoying reader says:
    February 26, 2018 at 12:07 pm

    varah reethi mi part ves,i am so in love with eesh baby and her stories. finally shanum loves reem and is showing it too. ashwa gaathu kain ves confess kuran vejje eh nu then. mazin gandu ves hoadhaafa avahah landeh dhyba maroon. alhe mi kaain gandu adhives visne vareh nuvey dhw, miharu edhiyai shanum ah ves filaigen. plz kain ah dhera gotheh viya nudhechey roon. u the best eh nu. love this part too. enme furathama comment kurima comment publish ves kohffa eh neh thats y again comment kohlli.

    1. maroon says:
      February 26, 2018 at 9:00 pm

      oh…baby eesh ge parts thah adhi eba oiy ngey.. m going to cry when i write those parts … hithah aruvan ves dhera vey.. maroon fonuvantha kaain annoying reader kairiah ragalhu filaa valeheh nagai dheyn?? hehehe… best oa… sure kaain will be safe ngey.. much love… cnt wait for your comment in the next part.. i hope you will be happy ????

  22. Jeen says:
    February 26, 2018 at 12:29 pm

    Hello maroon.. Varah dhuvas vejje dhww comment eh ves koh nuleveythaa.. Comment eh kohnulevunas vaahaka hama baraabarah kiyan.. Vaahaka vrh vrh reethi.. Adhi nimmaalaafa in hisaabu ves dhww.. Hama hiyy thalhuvaalafa eyy.. Shanum eherii hatharu angolhi kanmahchehga dhww.. Kihinehbaa shanum hadhaaniii.. Curious hama.. Waiting for the next part.. Lots of love ❤?

    1. maroon says:
      February 26, 2018 at 9:02 pm

      hello dear jeen… v miss vi ngey.. yes he is at such a point.. haadha ufaa vejjey jeen ge name comment section in fenunyma.. much loves. tc.. ???

  23. ASHU says:
    February 26, 2018 at 1:04 pm

    Anehkaa reem tha mee carrier akee ..aslu ashwa ge card eh noon dhw ei maroo ..kaain ah gotheh nahadhahchey ..maroo heevanee kaain maraalan ulheyhen ..ehn nahadhahchey plx..i want kaain and ashwa gulhen ..and reem and shanum ..hurihaa emmen nakah emeehehga furathama loaiybeh nulibeyne ennu dhww maroo ..anyways v v v v reethi mi story ..waiting for next part?

    1. maroon says:
      February 26, 2018 at 9:03 pm

      reem eh noon carrier aky.. .ashwa.. mamroon dhn kaain ah dhera gotheh nuhadhaane ennu. i love him ey 😉 v ufaa vejje ngey ashu.. loves.. tc ??

  24. Kkk says:
    February 26, 2018 at 2:15 pm

    Maroon.alhe miadhu fathis namaadhah thedhuvefa mi prt kiyaifin…ekm comment eh kollevey varu mivee adhi kiriyaa…..as usual mi bai vx hama habeys….maroon thee hama best author…esfiya site un maroon ah award eh dheyn alhugandu edhen….hama eha vx molhu maroon masha allah.??dhn ekm maroon ge ine emme massala eh…ey kaain aa ashwa nugulhuvaathii..shanumah takaa ashwa alhe dhiriulhun hutta nula bala..eheriinu kaai vc.alhe hama ashwa dgeke loabi vey dhew kaain vx…shanum aa marry nukureveyne kan mihaaru enginje ehnnu ….thalessimia dhe carrier marry koffiya vaanee dharinnah dhevey vara bodu dhera akah….so emeehun dhemeehun nugulhuvaaa…shanum vx reem ge sifa thah vrh accept kure ehnnu mihaaru….cause he also like her… e gulhumah shanum ah e ulheny nameh dheyn nukerigen…so kkk mi dhinee egulhumah loabeege nan……thank u maroon for everything..thiehnooney….whn next prt maroon???LOTS OF LOVE KKK❤❤❤

    1. maroon says:
      February 26, 2018 at 9:07 pm

      here is my kkk…. ?? yes dear… she is accepting the fact she cant get him.. ekamaku ekan kuran kuda vaguthu kolheh beynunvey kanneyge dhw.. i hope she realise it soon. and kaain ves las nukoh laobi husha halhaane kamah.. maroon mi ummeedhu kurany ehenvyma stroy nimey iru thi massala ves hallu vaane kamah.. hehehe.. i love your comments dear.. specially this one.. kkk thy hama namoona reader eh.. faadu kiyan jehey thanthaaga faaduves kiyai maroon ah v ehyvedhey.. loves.. next part is up now.. maroon thankolheh bali vyma lasvu ngey ?? tc

  25. Zeeeeee says:
    February 26, 2018 at 2:56 pm

    Waiting for tha next part

    1. maroon says:
      February 26, 2018 at 9:08 pm

      thanku dear ??

  26. If ? says:
    February 26, 2018 at 3:07 pm

    Alhe maroon ashwaa ah realize kohdhebaa kaain eena dheke lawbi vaakan ???
    N Kaain vex ashwaa ah loabi hushalhabaa
    Plz
    ????
    N next part thankolheh avahah up koh dheefaanan the maroon???
    Can’t wait to read the next part
    ❤️❤️❤️❤️

    1. maroon says:
      February 26, 2018 at 9:09 pm

      aan thikan kuran mmiulheny mihaaru hurihaa kameh huttaalaafaves… much love.. tc ??

  27. Xxxx says:
    February 26, 2018 at 4:48 pm

    V.v.nice ?

    1. maroon says:
      February 26, 2018 at 9:09 pm

      thanku xxxx ??

  28. Ashwa says:
    February 26, 2018 at 5:13 pm

    wow v nice story avhah up koh dheeba maroon dhooni

    1. maroon says:
      February 26, 2018 at 9:09 pm

      thanku ashwa ??..its upnow

  29. broken ? says:
    February 26, 2018 at 5:31 pm

    miadhu ge part kobaaa v nice story

  30. ssannwa?❤? says:
    February 26, 2018 at 8:16 pm

    Varah reethi mi part ves. Dhn ashwa aa kaain aa gulhuvaaba. Reem ge twin eba goaheh hadhaa hen heevany? next part ah inthizaaru kurevey

    1. maroon says:
      February 26, 2018 at 9:10 pm

      hehhe.. more answers ngey for you in the next part…tc loves.. yes thikan kuran miulheny now ??

  31. Laylerr says:
    February 27, 2018 at 9:06 pm

    V.reethi

Comments are closed.


All Right Reserved!