Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 41

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 22, 2018 13 Mins Read
70 Comments

“އައްދިއްޔޯ މަންމާ” ޝައިމް ދޮރުން ނިކުތުމާއި އެކު އަޝްވާ ކާއިންގެ އަތުގައި ބާރަށް ވިކައިގަތެވެ.

“ތަދު ވި ތަ؟ އެހެންވީމަ ކާއިންއަށް އެނގޭ ދޯ ތަދަކީ ކިހާ ވޭން ހުރި އެއްޗެއްކަން… އަދިވެސް މާ މޮޅުވެގެން އެކަނި ކަންތައް ކުރެވޭ ބަލަން އުޅޭތި!! އަހަރެން އެވަރަށް ނުދާސް ޢާދޭސްކުރުމުން ވެސް ކާއިން މާ ގަޓް ދައްކާލާފަ ދިޔައީ ކޯއްޗެއް ލިބޭނޭ ހިތާތަ؟ ކާއިން ގެޔަށް ނައިސްގެން އަހަރަމެން ކިހާ އިންތިޒާރެއް ކުރަން ޖެހުނުކަން އެނގޭތަ؟ ކާއިންއަށް ކީއްވެތަ އެހެން މީހުންގެ އިހުސާސްތައް ނުވިސްނެނީ.. ކާއިން ހީ ކުރަނީތަ ކާއިން އެކަނި ހުރިހާ ކަމެއް ކުރެވޭނެއޭ! އެއްވެސް މީހެއް ކީއްކުރަން ކާއިންއަށް އަމުދުން އަމިއްލައަށް ކަމެއް ނުކުރެވޭނެ. ތީ ރުޅި އައުމުގައި އެއްވަނަ. ލޯބިވާ މީހެއް ނަމަ ފުރާނަ ގުރުބާންކޮށްލަން ޖެހުނަސް ވިސްނާލާ މީހެއް ނޫން.. ތީ ބޮޑު ބޮޑު މޮޔައެއް” ކާއިންއާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައި އަޝްވާ ހަޅޭތްލައިވައިގަތެވެ.

“ލޯބިވާ މީހުންނަށްޓަކައި ގުރުބާން ވުމަކީ މައްސަލައަކަށް ވާންވީ ކީއްވެ؟” އަޝްވާ ވިކައިގަތް ތަނުގައި އަތް އުނގުޅާލަމުން ކާއިން ބުނެލިއެވެ.

“ކާއިން އެހެން މީހުން ދެކެ ލޯބިވާ ފަދައިން ކާއިން ދެކެ ވެސް ލޯބިވާ މީހުން ތިބޭނެކަން ނޭނގޭތަ؟؟”

“އެނގޭ ތިކަން” ކާއިން ކުރު ގޮތަކަށް ޖަވާބު ދިނެވެ.

“ދެން އެހެންވީމަ ކޮބާތަ ކާއިންއަށް މިކަން ނުވިސްނިގެން އުޅޭ ސަބަބަކީ.. އަނގަ ބަހުން ބުނެގެން ނޭނގުނު.. ދެން ދޭންވީ ލިޔުމެއްތަ؟ އޭރުން ހަނދާން ނެތޭ އިރަށް އެޔަށް ބަލާލެވޭނެއެއްނު… ” އަޝްވާ ވާހަކަ ދައްކަމުން ދިޔައީ ކޮޓަރި ތެރޭ ދެކޮޅަށް ހިނގަމުންނެވެ. އަޝްވާ މާ ވަރަކަށް ހަޅޭތްލަވަން ފެށުމުން ކާއިން ކައިރީގައި އޮތް ފޮތް ނަގައި ކިޔަން ފެށިއެވެ.

“ކާއިން! އަހަރެން މި ދައްކާ ވާހަކަ އަޑުވެސް އަހަން ބޭނުން ނުވަނީތަ” ކާއިން ފޮތް ނަގައި ކިޔަން ފެށުމުން އަޝްވާގެ ރުޅިގަނޑު ހައްތަހާ ވީ އިތުރެވެ.

“އަހަރެން ފޮތް ކިޔަސް ކަންފަތުން އަޑުއިވެއޭ” ފޮތަށް ގެއްލިފައި ހުރެ ކާއިން ބުނެލިއެވެ. ހީވަނީ އަޝްވާ ރުޅި އަންނާތީ އެކަން މަޖަލަކަށް ހަދައިގެން އުޅޭހެންނެވެ.

“އަޑުއިވޭ އިރު ދެން ކީއްވެތަ އެހެން ކަންތައް ކުރަނީ؟؟ ކާއިން ބޭނުމީ ބައްޕަހެން ޖަލަށް ދާންތަ؟ ނޫނީ އެ މާޒިންގެ ޝިކާރަކަށް ވާން ތަ ބޭނުމީ؟ ކާއިން އަށް މިއިން ކޮންމެ ކަމެއް ވިޔަސް ކާއިން ދެކެ ލޯބިވާ މީހުން ކިހާ ދެރަވާނެ.. ހާއްސަކޮށް ކާއިންގެ ބައްޕައަށް ވާނީ ކިހިނެތް؟ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ހުރެގެން ކާއިންއަށް ކާއިންގެ ބައްޕައަށް ކޮށްދެވޭނެ އެއްމެ ބޮޑު ކަމަކީ ސަލާމަތުން ހުރުން.. އެކަމަކު ކާއިން ބޭނުމެއް ނުވޭ އެކަން ކުރާކަށް! ކާއިންގެ ބައްޕަގެ ސިޓީގައެއް ނެތްތަ ރީމް އާއި މަންމަ ބަލާށެކޭ.. އެކަމަކު އެމީހުން ވެސް ދޫކޮށްލާފަ ކާއިން ތިއުޅެނީ އަމިއްލަ ދުނިޔެއެއްގައި.. ” އަޝްވާއަށް ކިޔާނެ އެއްޗެއް ނޭނގުނެވެ. ކާއިންގެ ގޮތް ދޫނުކުރާ ސިކުޑިއަށް އޭނާ މިކަންތައްތައް ވިސްނުވައިދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

“ހަޅޭތްލަވާ ނިމުނީ ތަ” އަޝްވާގެ އަޑު ކެނޑުމުން ކާއިން އަހާލިއެވެ.

“ނޫން، އަދިވެސް އެބަހުރި ބައިވަރު އެއްޗެހި ކިޔަން.. އެކަމަކު މާދަން ފަތިސް ވާން ވާއިރަށް ވެސް ކިޔާ ނުނިމޭނެކަން ޔަގީން..” އެނދުގެ ފަޔާއިވީ ކޮޅުގައި އިށީންނަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ ތި ބުނަނީ އަހަރެން ވިސްނާނުލާ ކަންތައް ކުރާ ވާހަކަ ، އަދި އެހެން މީހުން ކައިރިން ނާހާ ކަންތައް ކުރަން އުޅޭ ވާހަކަ.. އެކަމަކު އަޝްވާ ވަކި އަހަންނަށް ވުރެ ގޯހެއް ނޫނެއްނު.. އަހަރެން މިހާ ބަލިކޮށް އުޅޭއިރު ހަގީގަތް ވެސް ބަލާނުލައި އެއްޗެހި ކިޔަން ތި ފަށައިގަތީ” އަތުގައި އޮތް އެއް ފަރާތުގައި ބާއްވަމުން ކާއިން ބުނެލިއެވެ.

“ތި ބުނީ ކީކޭ؟؟ ކާއިން ދިޔައީ މިހުސާން ފަހަތަކުން ނޫންތަ؟” ދެބުމަ ކައިރިކޮށްލަމުން އަޝްވާ ބުނެލިއެވެ. ރެއިން ފެށިގެން އަޝްވާ ކާއިން ދެކެ ރުޅި އައިސްގެން އުޅޭ ސަބަބަކީ މިއީއެވެ. އެހެންކަމުން އެރުޅީގައި އަޝްވާ ހުރީ ކާއިންއާއި ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންނަމަވެސް ކާއިން މާފަށް ނޭދުމުން އިސްވެ ވާހަކަ ދައްކަން ފެށީއެވެ.

“އަހަރެން ދިޔައީ ޕޮލިސް ސްޓޭޝަނަށް.. އެމީހުން ކައިރީ އާދޭސްކޮށްގެން ނަމަވެސް ބައްޕަ އާއި ވާހަކަދައްކާލާނެ ފުރުސަތެއް ލިބޭނެ ތޯ ބަލަން… އެކަމަކު އަހަންނަށް އެތަނަށް ނުދެވެނީސް ފަހަތުން އައި މީހަކު  ގަސްދުގައި އަހަރެން އެކްސިޓެންޑެއް ކޮށްލީ.. އެއީ މާ ބޮޑު ކަމަކަށް ހަދާނުލައި އަހަރެން އަނެއްކާ ވެސް ސައިކަލަށް އަރަން ދިޔައިން.. އެކަމަކު އެމީހުން ތިބީ އަހަންނަށް ހަމަލާ ދޭން ތައްޔާރަށް… އެގަޑީ އެ ސަރަހަށްދުގައި އެމީހުން ފިޔަވައި ދެން އިތުރު އެއްވެސް މީހެއް ހުރިހެން އަހަންނަށް ހީނުވޭ.. ދެ މީހެއް އަހަރެން ދަމަމުން ގޮސް ވެއްދީ އެތާހުރި ގޯޅިގަނޑަކަށް..ދެން ވީ އެއްވެސް ކަމެއް ހަނދާނުގައި ނެތް” އަޝްވާގެ ހީކުރުންތައް ދޮގުކުރަމުން ކާއިން އޭނާއަށް ވީ ގޮތް ކިޔާދިނެވެ.

ކާއިން ވާހަކަ ދައްކަމުން ދިޔައިރު އަޝްވާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކާއިން ހަމަ އަސްލަށް ވެސް އޭނާގެ ބަސް ގަބޫލުކުރީ ހެއްޔެވެ؟

“ދެން ކީއްވެ އަހަރެން އެވަރަށް ހަޅޭތްލެވި އިރުވެސް އެއްޗެކޭ ނުބުނެ ހުރީ.. އަހަރެން ރުޅި އައިމަ ވަރަށް އުފާވެފަ ދޯ ތިހިރީ” އަޝްވާ ވެސް ވަކި ދެރަވާކަށް ބޭނުން ނުވާކަން އަޑުގައި ވި ރާގުން ހާމަވެގެން ދިޔައެވެ.

“އާން ވަރަށް މަޖާ ރުޅިއައީމަ.. ހަނދާނަށް އަންނަނީ އަހަރެން އަޝްވާ އާއި ދިމާލަށް އެއްމެ ފުރަތަމަ ޗެރީއޭ ބުނި ދުވަސް މަތިން” ކާއިން ލޯބިން ބުނެލިއެވެ.

“ދެން ހެވޭ!!! އެކަމަކު ދެން އެހެން ނުހަދައްޗޭ.. ދޮންބެ އާއި އެކު ނޫނީ ބޭރަށް ގޮސްގެން ނުވާނެ… ” އަޝްވާ ތެދުވެގެން އައިސް ކާއިން ކައިރީ އިށީދެލަމުން ބުނެލިއެވެ.

“މައްސަލައެއް ނެތް މަގޭ ޗެރީ… ޗެރީ ބުނާހެން ދެން އަހަރެން ހުރިހާ ކަމެއް ވެސް ކުރާނީ.. އެގޮތް ކިހިނެތް؟” އަޝްވާގެ ކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“އެއްމެ ރަނގަޅު.. ދެން ވެސް ބަސްއަހައިގެން ގޭގަ އޮވެވޭ ތޯ ބަލާ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅު ވެދާނެ” އަޝްވާގެ ރުޅި އިސާހިތަކު މަޑުވެގެން ދިޔައެވެ.

“ސުވާލެއް ކޮށްލަންތަ؟ އެދުވަހު ހެޑްސެޓް ޖަހައިގެން ކާއިން އަޑުއެހީ ކޯއްޗެއް؟” ދެ މީހުންގެ މެދަށް އައި ހަމަހިމޭންކަން ނަގާލަމުން އަޝްވާ ކުރީގެ ހަނދާނެއް އާކޮށްލިއެވެ.

“އެއީ އެމީހުން މަންމަ މަރާލަން އުޅުނު ދުވަހު އަހަރެން ރިކޯޑުކުރި ވާހަކަތައް. އެކަހަލަ ކަމެއް ދިމާވެދާނެ ކަމަށްޓަކައި އަހަރެން ހުރީ ރިކޯޑް ކުރެވޭ ހުރިހާ އެއްޗެއް ވަގުތުން ލެޕަށް ދާނެހެން ހަދާފަ.. ނަސީބެއް ހަނާ އަހަރެންގެ ވާހަކައަށް ހެއްލުނުކަން.. އެހެންނޫނީ އެދުވަހު އަހަންނަށް ފެންނާނީ މަންމަގެ ފުރާނަ ނެތް މަސްގަނޑު.. އެއީ އަހަރެން ބޭނުން ވާ ގޮތެއް ނޫން.. އެހެންވެ އަވަހަށް މަންމައާއި ބައްޕައަށްޓަކައި ޖަލަށް ދާން ޖެހުނަސް ފަރުވާލެއް ކަމަށް ހަދައިގެން ޕޮލިހަށް ދާން އުޅުނީ.. އެއީ އަހަރެން ކުރަން އުޅުނު މޮޔަކަމެކޭ އެތައް ބަޔަކު ބުނެފާނެ. އެކަމަކު އެކަން ނުކުރެވުމުން އަހަންނަށް މިލިބެމުންދާ ހިތްދަތިކަން މާ ބޮޑު.. ” ކާއިން އޭނާގެ އިހުސާސްތައް ކިޔައިދޭން ފެށިއެވެ.

“ހުރިހާ ކަމެއް ވެސް ވާނީ އެއްމެ ރަނގަޅަށް.. އަދި އަނިޔާ ލިބޭ މީހުންނަށް އޭގެ ބަދަލު ވަރަށް ފުރިހަމަ ގޮތެއްގައި ދެއްވާނެ.. ޝަނުމް އަންނާނެ މާދަން ނޫން އަނެއް ދުވަހު.. ޝަނުމް އައިމަ އެއްމެން އެއްތާކު ތިބިގެން މިކަން ހައްލުކުރަން އުޅޭނީ ދޯ.. އެހާ ހިސާބަށް ކާއިން ބަލާ އަރާމް ކުރެވޭތޯ..” ކާއިންގެ އަތުގައި ހިފައި ހިތްވަރު ދެމުން އަޝްވާ ބުނެލިއެވެ.

“ތެންކްޔޫ ޗެރީ.. އަދި ބުނަންތަ ސިއްރެއް” ކާއިން ހިނިތުންވެލަމުން ބުނެލިއެވެ.

“އަހަންނަށް އެނގޭ މިހާރު މާޒިންގެ ބައިވަރު ކަންތައް.. އަދި އެދުވަހަށް ފަހު ހަނާ އުޅޭ ތަނެއް ވެސް އަހަރެން ހޯދައިފިން.. މާޒިން އުޅެނީ މިހާރު ސިފަ ބަދަލުކޮށްގެން.. ބޮޑު ތުބުޅިއެއްލައި ހެނދުން އެޅުން ވެސް ބަދަލުކޮށްފި.. އަހަރެން ގޯޅިގަނޑު ތެރެއަށް ގެންގޮސްގެން އަނިޔާ ކުރި މީހުން ވެސް ދެވަނަ ފަހަރަށް ފެނިއްޖެނަމަ އެމީހުންގެ ސޫރަ އެނގޭހާ ވަރަށް އަހަރެން އެމީހުންގެ ސިފަތައް ދަސްކުރިން.. އޭގެ ތެރެއިން އެކެއްގެ އިސްތަށިގަނޑު ކޮނޑާއި ހަމައަށް އަރާ.. އެމީހުން އަހަރެން ކައިރީ ވާހަކަ ދައްކަމުން ބުނި އެއްޗެއް އެނގޭތަ؟ މިހާރު ހައްސާނު ޖަލަށް ލުމުން އެމީހުންގެ ޕުލޭންތައް މުޅިން ބަދަލުކޮށްލަން ޖެހިއްޖޭ.. އަވަހަށް ވިޔަފާރި ފަށައިގެން ކުރިއަށް ދާންވީއޭ.. އަދި ބުނި އެއްޗަކީ މިއުވާންގެ ހިޔާލު ބަދަލު ކުރީތީ އޭގެ އަނިޔާ ވެސް އަހަންނަށް ދޭން ޖެހޭނޭ.. ” ކާއިން ހިޔާލުތައް އާ ކުރަމުން ބުނެލިއެވެ.

“އެ ދުވަހު އަޝްވާމެން މާޒިންގެ ގެޔަށް ދިޔައިރު ކުނި ވަސް ދުވާތީ އުޅުނީމެއްނު.. އެއީ އަސްލު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުން ދުވި ވަސް.. އަހަންނަށް ނޭނގެ އެއީ ކާކު ކަމެއް.. އެއީ ކާކު ތޯ ބެލުމަށް އަހަރެން އެފަހުން އެގެޔަށް ދިޔައިރު އެމީހާގެ މޫނުމަތީގައި އޮތް ފޮތިގަނޑު އޮތީ ނަގާފަ… މާޒިން އަންނާނެ ކަމަށް ބިރުގަތަސް އަހަރެން އެމީހާގެ ފޮޓޯތައް ނެގިން… ތިންވަނަ ފަހަރަށް ވެސް ބޭނުންވާ މައުލޫމާތެއް ލިބިދާނެ ކަމަށް އަހަރެން އެގެޔަށް ދިޔައިން.. އެކަމަކު އެމީހާގެ ހަށިގަނޑެއް ނެތް.. ނޭނގެ އެމީހުން މަރުވެފައި އޮތް ހަށިގަނޑެއް ބާއްވާނީ ކޮންތާކު ކަމެއް ވެސް.. މާލެ އަކީ ކުޑަ ތަންކޮޅަކަށް ވާއިރު ކުނި ވަސް އަވަށްޓެރިންނަށް ވެސް ދުވާނެއެއްނު… ކޮންމެ ގޮތެއް ވިޔަސް ފޮޓޯތަކުން ޕޮލިހުންނަށް އެއީ ކާކުކަން އެގިއްޖެއްޔާ ވަރަށް ރަނގަޅު.. ” ކާއިން އިތުރަށް ކިޔައިދިނެވެ. މިކަންތައް އަމިއްލައަށް ކުރަން މިޖެހުނީ އަޝްވާއަށް އެގިއްޖެނަމަ ރުޅި އައިސްދާނެތީ އެވެ.

“ދެން އޮތީ ޕެންޑްރައިވްގައި ހުރި މައުލޫމާތުގެ ވާހަކަ.. އޭގައި ރާއްޖެއިން ބޭރުން މާޒިންއަށް މިކަމުގައި އެހީ ވެދޭ މީހުން އެގޭ..އެކަމަކު މައްސަލައަކީ މިހުރިހާ ކަމެއް އެގުނަސް މިކަންތައް ސާބިތުކޮށްދޭނެ ރަނގަޅު ހެއްކެއް ނެތުން.. ޕެންޑުރައިވުން ފެންނަ އެއްޗަކަށް ބަލައި މީހެއްގެ މަރުގެ ތަހުގީގު ނިއްމާނުލެވޭނެ… ވީ ނީޑް އެވިޑެންސް.. ދެންމެ އިސްކަމެއް ދޭންވީ މާޒިން ހޯދާނެ ގޮތެއް ހޯދުން.. މިއުވާންގެ އެހީގައި އަމިއްލައަށް މަޅިއެއްގައި ބެދެންވީ ކަންނޭނގެ.. އޭރުން ހެކި ހޯދަން ފަސޭހަވާނެ” ކާއިންގެ ފަހު ދެ ޖުމްލައާއި އެކު އަޝްވާ ރުޅި އައިސްގެން ކާއިންގެ މޭމަތީގައި ޖަހާލިއެވެ.

“އައްދިއްޔޯ… މަންމާ!!” މޭގައި އަތް އަޅާލަމުން ވޭނީ އަޑަކުން ކާއިން ބުނެލިއެވެ. ކާއިންގެ މޭމައްޗަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން އަޝްވާ ހަނދާނުން ކައްސާލީއެވެ.

“އޯ ކާއިން!!! ވަރަށް ބޮޑަށް ސޮރީ.. އަހަރެން ގަސްދުގައެއްނޫން… ހަނދާން ނެތުނީ” އަޝްވާ އަވަސް އަވަހަށް ކާއިން ކައިރިއަށް ޖެހިލައި ކާއިން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން އުޅުނެވެ. އިތުރު އަނިޔާއެއް ނުލިބޭނެކަމަށް ހިތުން ދުއާކުރެވޭ ހާލުގައެވެ.

އަޝްވާގެ އަތުގެ ބީހުން އިހުސާސްވުމާއި އެކު ކާއިންގެ މުޅި ހަށިގަނޑު ގަޑުވެގެން ދިޔަ ކަހަލައެވެ. އަދި އެހާ ވަރަށް ލަދުވެސް ގަތެވެ. އެހެންޏާ އޭނާ ޓީޝާޓު ނުލައި ހުއްޓަސް އަޝްވާ މޫނު އަނެއްކޮޅަށް އަބުރާލަނީއެވެ. އެހެންނަމަވެސް މިފަހަރު މި ފެންނަނީ ތަފާތު މަންޒަރެކެވެ.

“ތަދުވޭތަ” ކާއިންގެ މޭގައި އަތް ފިރުމާލަމުން އަޝްވާ އަހާލިއެވެ. ކާއިން ދޭންވީ ކޮން ޖަވާބެއް ހެއްޔެވެ؟ އާއެކެވެ. ވަރަށް ތަދުވެއެވެ. އަޝްވާގެ ފިރުމުންތައް އިހުސާސް ކުރެވި ތި ލޯބި ނުލިބޭނެކަން އެނގޭތީ މޭގައި ވަރަށް ބޮޑަށް ރިއްސައެވެ. އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް އަޝްވާ ބޭނުން ނުވާތީ އެތައް ވޭންތަކެއް އޭނާގެ ނާޒުކު ހިތަށް ލިބެއެވެ. އަޝްވާ ޝަނުމްއަށް ބަލާލާ އިރު އެބެލުމުގައިވާ ލޯބި ފެނިފައި މެއިން ދިލަ ނަގައިގެން ނުދާ އެއްމެ ފަހަރެއް ވެސް ނުދެއެވެ.

“ކުޑަކޮށް” ކާއިން ދިނީ ކުރު ޖަވާބެކެވެ.


 

ވިއްސާރަ ދުވަހެކެވެ. ފަތިހު ވާރޭ ވެހުމަށްފަހު އަނެއްކާ ވެސް ކަޅު ބޯ ވިލާތަކުން އުޑުމަތި ބަނަކުރަމުންދެއެވެ. އޭސީ ކަނޑާލުމަށްފަހު ހިންދު ކޮޓަރީގެ ބެލްކަނީގެ ދޮރު ހުޅުވާނީ ސާފު ވައިރޯޅިތަކަށް މަރުހަބާ ކިޔުމަށެވެ. ބެލްކަނިން ބޭރު ބެލުމަށް އިރުކޮޅަކު މަޑުކުރުމަށްފަހު ހިންދު ކޮޓަރި އަށް ވަނެވެ. އޭރު މުޅި ގައި ފޮރުވޭހެން އަޝްވިން ކުއިލްޓުން މުޅި ގައި ފޮރުވައިގެން އޮތެވެ.

ލުއި ހިނިތުންވުމާއި އެކީ ހިންދު އަޝްވިން ކައިރިއަށް ދާން ހިނގައިގަތެވެ. އަދި އެޔަށްފަހު ކުއިލްޓުގެ ދަށަށް ވަދެ އަޝްވިންގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ހިތަށް ވެރިވީ ހިތްހަމަޖެހުމެވެ. މުޅި ހަށިގަނޑު ވަށާލީ ލޯބިވާ ފިރިމީހާގެ ހޫނުންނެވެ.

ހިންދުގެ ފިރުމާލުމާއި އެކު އަޝްވިންގެ ހިތް އޮބި އޮންނަ ވަރެއް ނޫނެވެ. އަވަސް އަވަހަށް ހިންދު އިތުރަށް ގަޔާއި ބޮޑިކޮށްލައި އޭނާގެ ބާރުގަދަ ދެ އަތް ތެރޭ ގައިދުކޮށްލިއެވެ. އަޝްވިންގެ އެ ކުއްލި ހަރަކާތާއި އެކު ހިންދު ލަދުގަތެވެ. އެހެންކަމުން އަޝްވިންއަށް އޭނާގެ މޫނު ފެނިދާނެ ކަމަށްޓަކައި ކުޑަކޮށް ދުރަށްޖެހިލަން އުޅުނެވެ.

“ކޮންތާކަށް ދާން ތިއުޅެނީ؟؟ ނިދާފަ އޮތްވާ އުނދަގޫކޮށްލުމަށްފަހު ތިހާ ފަސޭހައިން ނުދެވޭނެ” އަޝްވިން ހީކުރީ ހިންދު އުޅުނީ ދާން ކަމަށެވެ. އެހެންކަމުން ކޮޅަށް އިށީދެ ހިންދުގެ މޫނުގައި ތަދުނުވާނެހެން ހިފާލަމުން ބުނެލިއެވެ.

“ނޫޅެން އެއްވެސް ތާކަށް.. އަޝްވިން ތިހާ ލޯބިކޮށް ނިދާފަ އޮންނަ ތަން ބަލަން އަހަންނަށް ދުރުގައި ހުރެވޭނެތަ؟” ހިންދު ވެސް ކޮށްލީ ސުވާލެކެވެ. އެޔާއިއެކު އަޝްވިންގެ މޫނު މައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް އަމަލުން ވެސް ދައްކަން އަޝްވިން ބޭނުން ވިއެވެ. އެހެންކަމުން ހިންދު ކައިރިއަށް ޖެހިލައި ތުންފަތުގައި ބޮސް ދޭން އުޅުނެވެ.

ހިންދުއަށް އަޝްވިންގެ ލޮލުގައިވި މަސްތީކަން ފެނި ހިތުގެ ވިންދު ކުއްލިއަކަށް ބާރުވެގެން ދިޔައެވެ. އަދިވެސް އަޝްވިން ކައިރިވެލާ ވަގުތުގެ އަތްފައި ފިނިވެގެން ދެއެވެ.

“ބައްޕާ!” އަޝްވިންއާއި ހިންދު ދިޔައީ ސިއްސައިގެންނެވެ. މިފަދަ ވަގުތެއްގައި ކުއްލިއަކަށް އީޝްގެ އަޑުއިވުމުންނެވެ.  އީޝް ގޮވާލިއިރު ދެ މީހުން ތިބީ އެކަކު އަނެކެއްގެ ނޭވާ އެޅޭހާ ހިސާބުގައެވެ.

“ކީކޭ ބައްޕަގެ ދަރިފުޅާ” އަވަސް އަވަހަށް ހިންދުއާއި ދުރުވެލަމުން އަޝްވިން ބުނެލިއެވެ.

“އީޝް ބައްޕަ ކައިރީ ވަރަށް ބޮޑު ބޮޑު ވާހަކައެއް ބުނަން.. އީޝް ހުރީ ސްކޫލުން އައިއިރު ބުނަން.. އެކަމަކު ކާފަ ކައިރިއަށް ދިޔައިމަ އީޝް ހަނދާން ނެތުނީ.. ” ދުވެފައި އައިސް އެނދުގައި އޮށޯވެގެން އޮތް އަޝްވިންގެ މޭތެރޭ ބޮނޑިވެލަމުން އީޝް ބުނެލިއެވެ.

“އެހެންތަ؟ އެއީ އެއްވެސް މައްސަލައެއް ނޫން.. ހުރިހާ ކުދިން ވެސް ހަނދާން ނެތޭނެ.. ދެން އަވަހަށް ބުނޭ ދަރިފުޅުގެ ވާހަކަ.. އެހެން ނޫނީ އަނެއްކާ ވެސް ހަނދާން ނެތިދާނެ” އީޝްގެ ކޮލުގައި ފިރުމާލަމުން އަޝްވިން ބުނެލިއެވެ.

“އީޝް ބޭނުން ބައިވަރު ކޮއްކޮ ހޯދަން.. ބައްޕަ ހިނގާ އީޝްއާއި އެކީ ފިހާރައަށް ދާން.. ކޮއްކޮމެން ތިބީމަ އީޝް ވަރަށް އުފާވާނެ. ބައްޕައަށް އެނގޭތަ، ޒައުލްގެ ހުންނާނެ ދެ ކޮއްކޮ.. ޒައުލް ބުނީ ޒައުލް އަބަދުވެސް ކޮއްކޮ އާއި އެއްކޮށް ވަރަށް މަޖާ ކުރާމޭ…އީޝް ވެސް ބޭނުން ކޮއްކޮއެއް” ތުން ދިގުކޮށްލަމުން އީޝް ވާހަކަ ދައްކަމުން ދިޔައެވެ. ޒައުލްއަކީ އީޝްގެ ސްކޫލު ގާތް ރައްޓެއްސެކެވެ. ޒައުލް އާއި ދެމީހުން އެކި ވާހަކަތައް ދައްކަމުން އިއްޔެ ދެއްކީ ކޮއްކޮމެންގެ ވާހަކައެވެ. އެހެންވެ އީޝް ވެސް މިހާރު ކޮއްކޮއެއް ބޭނުންވެއްޖެއެވެ.

“ކޮން ކުއްޖެއް ބުނީ ކޮއްކޮމެން ލިބޭނީ ފިހާރައިންނޭ!!” އީޝް އެހެން ބުނުމުން އަޝްވިންއާއި އެވާހަކަ އަޑުއަހަން އިން ހިންދުގެ ގާތަށް ވަރަށް ހިނިއައެވެ.

“ހުރިހާ އެއްޗެއް ލިބޭނީ ފިހާރައިންނޭ” އީޝް އެހެން ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“ނޫނޭ ދަރިފުޅާ! ހުރިހާ އެއްޗެއް ނުލިބޭނެ ފިހާރައިން…”

“ދެން ކޮންތާކުން ކޮއްކޮއެއް ލިބޭނީ؟؟” އަޝްވިން ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުވަނީސް އީޝް ބުނެލިއެވެ. އުމުރުގެ އެހެން ކުދިންނޭ އެއްފަދައިން އީޝްގެ ސުވާލުތައް ވެސް ގިނައެވެ.

“އީޝްއަށް ކޮއްކޮ އެއް ލިބޭނެ އަދި ދެ އަހަރު ފަހުން.. އޯކޭތަ އެގޮތް؟”  އެހާ އަވަހަށް އެސުވާލަށް ދޭނެ ޖަވާބެއް އަޝްވިންއަށް ނޭނގުނެވެ.

“ނޫން ، އީޝް ބޭނުމީ މިހާރު” އީޝް ގަދަ ހަދާލިއެވެ. އަދި ތެދުވެ އަޝްވިންގެ ބަނޑުމަތީ އިށީދެ ރުޅި މޫނު ދައްކާލިއެވެ.

“ބައްޕަ ބުނެފީމެއްނު އަދި ފަހުންނޭ ދޯ.. ” އަޝްވިން އީޝްއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“ނޫން.. ނޫން ނޫން!! މިހާރު.. އެހެންނޫނީ އީޝް ދެރަވާނެ” އަޝްވިން ވެސް އީޝް ކަމެއް ނުކޮށްފިނަމަ ދެރަވައޭ ބުނާ ފަދައިން އީޝް ވެސް ބުނެލިއެވެ.

“ދަރިފުޅު މިހާރު ބައްޕަގެ އަޑުވެސް ނާހަނީތަ؟ ބައްޕަ ބުނެފީމެއްނު ފަހުންނޭ.. އީޝް ޖެހޭނެ ބައްޕަގެ ބަސްއަހަން.. ” އަޝްވިންގެ އަޑު އެހާ އަވަހަށް ބާރުވުމުން ހިންދުއަށް އަޝްވިންއާއި ދިމާލަށް ބަލާލެވުނެވެ. ދޭތެރެ އަކުން އީޝްއާއި ދިމާލަށް ނުރުހިފައި އެއްޗެއް ބުނެލިއަސް އަޝްވިންގެ އަޑު މިހާ ބާރުވެގެން ނުދެއެވެ.

އީޝް އެނދުމަތީގައި ބެއިންދުމަށްފަހު އަޝްވިން ގޮސް ވަނީ ފާހަނާއަށެވެ. އޭރު އީޝް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ބައްޕައަށް އެހާ ކުއްލި ބަދަލެއް އައުމުން ރޯންވީ ކަމެއް ނޭނގި ހުއްޓުން އަރާފައެވެ. އީޝް އިން ހާލު ފެނިފައި ހިންދު އީޝް ކައިރިއަށް ޖެހިލިއެވެ. އަދި އީޝް އަތުގައި ހިފައި އުގުގައި ބައިންދަން އުޅުނެވެ. އެހެންނަމަވެސް އީޝް އެ ގޮތެއް ބޭނުމެއް ނުވިއެވެ. އަވަހަށް އެނދުން ފައިބައިގެން ފާހަނާއިގެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަޝްވިން ނިކުންނާނެ އިރެއްގެ އިންތިޒާރެއްގައެވެ.

ހިންދު އަނެއްކާ ވެސް އީޝް ދެރަވެފައި އުޅުމުން އެކަން ފިލުވޭތޯ އުޅުނެވެ. އެހެންނަމަވެސް ހިންދު ގެ އެއްވެސް ވާހަކައެއް އީޝްއަށް އަޑު އިވޭހެން ހީނުވެއެވެ. އީޝްގެ ހިތް ބުނަމުން ދިޔައީ އަޝްވިން އެހެން ކަންތައް ނުކުރާނެ ކަމަށެވެ. ބައްޕަގެ ނުރުހުން އީޝް ބޭނުމެއް ނޫނެވެ.

“ބައްޕާ، އީޝް ސޮރީ.. އީޝް ދެން ބޭނުމެއް ނޫން ކޮއްކޮ އެއް” އަޝްވިން ފާހަނައިން ނިކުތުމާއި އެކު އީޝް މާފަށް އެދެން ފެށިއެވެ. އެހެންނަމަވެސް އެޔަށް ބީރު ކަންފަތެއް ދީ އަޝްވިން ރީތިވުމާއިގެން ކުރިއަށް ގެންދިޔައެވެ.

“އަޝްވިން! ކޮބާތަ މައްސަލައަކީ…އީޝް އެހެން އެހުމުން އަޝްވިން ކީއްވެ ތިހާ ހިތްހަމަނުޖެހިފައި ތިހިރީ” ކަންބޮޑުވުމުގެ ރާގަކަށް ހިންދު އަހާލިއެވެ.

“އަހަރެން ބުނެފީނެއްނު ކުއްޖަކު ހޯދާނީ އަދި ފަހުންނޭ.. އެވަރުން ވެސް އަޑުނީވެނީތަ؟” ގަމީސް ލަމުން އަޝްވިން ބުނެލިއެވެ.

“އާން އަހަންނަށް އެއަޑު އެތައް ފަހަރެއްގެ މަތިން އަޑު އިވިއްޖޭ.. އެކަމަކު އީޝް ކައިރީ އެހެން ބުނެ ނުވިސްނުމުން އަޝްވިން ތިހާ ރުޅި އަންނަންވީ ސަބަބެއް އަހަންނަކަށް ނޭނގުނެ.. އީޝް އަކީ ކުޑަކުއްޖެކޭ.. ކަމެއް ނުކޮށްދެވޭނަމަ އެކަން ނުކުރެވޭނެއޭ ބުނަން ވާނީ މަޑުމަޑުން އަދި އެމީހުންނަށް ނަގައިގަނެވޭހާ ރީތިކޮށް.. ” ހިންދު ހިތްހަމަނުޖެހިފައި ބުނެލިއެވެ.

ހިންދު އެހެން ބުނުމުން އަޝްވިން އީޝް އަށް ބަލާލިއެވެ. ދެ ލޯ ފެންކަޅިވެފައިވާ ހާލު އަދިވެސް އީޝް އިންތިޒާރު ކުރަމުން ދަނީ އަޝްވިންގެ މާފަށެވެ.

“ކީއްވެ ވަކި މުއްދަތަކަށް ފަހު ދަރިން ހޯދަން ތި ގަސްދުކުރަނީ؟ އީޝް އެ ބުނިހެން އަހަރެން ވެސް މިހާރު ކުއްޖަކު ހޯދަން ބޭނުން.. ” ހިންދު އެހެން ބުނެލުމުން އަޝްވިން ހިންދުއަށް ބަލާލިއެވެ.

“ނުން.. އަދި މާ އަވަސް . ހިންދު ކިޔަވާ ނިމި ހުރިހާ ކަމެއް ހަމަޖެހުމުން ނޫނީ ކުއްޖަކު ނުހޯދާނަން” އަޝްވިން ދެކޮޅު ހެދިއެވެ.

“އަޝްވިން ތި ބިރުގަންނަނީ ލިއުޝާ ހެދިހެން އަހަރެން ވެސް ދަރިފުޅު ދޫކޮށްލާފަ ހިނގައިދާނެ ކަމަށްތަ؟” ހިންދު އޭނާއަށް ހީވާ އެއްޗެއް އަހާލިއެވެ.

“ކީއްވެ ޖަވާބެއް ނުދިނީ؟ އެއީތަ އަޝްވިން ދެކޭ ގޮތަކީ؟” އަޝްވިން ޖަވާބެއް ނުދިނުމުން ހިންދު އަހާލިއެވެ.

“އަޝްވިން! އަހަރެން މީ ލިއުޝާއެއް ނޫނޭ.. އަހަރެން ކުދިން ހޯދަން ބޭނުން.. އަދި އެކުދިން އަޝްވިން އާއި އެކީ ބަލަން ވެސް ބޭނުން.. ކިޔެވުމާއި ވަޒީފާއާއި އަދިވެސް ދިރިއުޅުމުގެ އެހެން ކަންތަކަށް ވުރެ ބޮޑަށް އަހަންނަށް މުހިއްމީ އަޝްވިން.. އަޝްވިންއާއި އެކީ ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް އަހަރެން މިހިރީ.. އަހަންނަށް އެނގޭ އަޝްވިން ނުލާހިކު ދަރިން ހޯދަން ބޭނުންވާކަން.. އެކަމަކު އެކަމެއް ނުކުރެވޭނެ ލިއުޝާއާއި ހެދި ހިތުގައި އޮތް ބިރުވެރިކަން ފުހެލައިގެން ނޫނީ.. އަޝްވިން! އަހަރެން އަޝްވިން ދެކެ އިންތިހާއަށް ލޯބިވަން.. އުފަލާއި މަޖަލުގައި އަޝްވިންއާއި އެކީ ވާން ބޭނުންވާ ފަދައިން ދެރައާއި ހިތާމައިގައި ވެސް އަހަރެންގެ އެހީތެރިކަން އަޝްވިންއަށް ލިބޭނެ. އަޝްވިން އަހަންނަށް އިތުބާރު ކުރޭ، މި ކުޑަ ކުޑަ އާއިލާއަށް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.. އެ ޔަގީންކަން ދެން.. އަޝްވިން ތީ އަހަރެންގެ މުޅި ދިރިއުޅުން.. ތީ އަހަރެންގެ ހުރިހާ ވެސް އުފަލަކީ.. ” ހިންދުގެ ބަސްތަކުން ބިރުގަންފައިވާ އަޝްވިންގެ ހިތަށް ރައްކާތެރިކަން ލިބިގެން ދިޔަ ކަހަލައެވެ.

“އީޝް ، ބައްޕަގެ ރަންކޮޅާ.. އަވަހަށް އާދޭ!” މާޔޫސްވެފައިވާ އީޝްގެ މޫނުގެ ކުލަވަރު އިސާހިތަކު ބަދަލުވެގެން ދިޔައެވެ. ބާރު ދުވުމެއްގައި އައިސް އަޝްވިންގެ އަތު ތެރެއަށް ވަނެވެ.

“ދަރިފުޅު ބޭނުމީ ކިތައް ކޮއްކޮ؟” އީޝްގެ ކޮލަށް ދޮނެއް ދިނުމަށްފަހު އަޝްވިން އަހާލިއެވެ. އަޝްވިން އެހެން ބުނުމުން އީޝް އޭނާގެ ދެ އަތުގެ ހުރިހާ އިގިއްޔެއް ދައްކާލިއެވެ.

“ތިހާ ވަރަށް ނުހޯދުނަސް ބައްޕަ ބަލާނަން އިނގޭ އީޝްއަށް ދޮންތަ ކިޔާނެ ކޮއްކޮއިން ހޯދޭ ތޯ.. އަދި އެއް ވާހަކަ.. ބައްޕައަށް މާފުކޮށްދީ އީޝް ދެރަކޮށްލެވުނީތީ އިނގޭ.. އިން ޝާ ﷲ މަގޭ ރަންކޮޅު ދެރަކޮށްލާނެ އެއްވެސް ކަމެއް ބައްޕަ ނުކުރާނަން.. ބައްޕަ ވަރަށް ދެރަވެއްޖެ އީޝް ދެކެ ރުޅި އާދެވުނީތީ.. އެކަމަކު އެއީ އީޝްގެ އެއްވެސް މައްސަލައެއް ނޫން.. އީޝް ބައްޕައަށް މާފުކޮށްދޭނަން ތަ” އަޝްވިން އެހެން ބުނެ ނުނިމެނީސް އީޝް ބޯ ޖަހާލިއެވެ. އަދި ހިންދުއަށް ބަލައި ހިނިތުންވެލިއެވެ. ހިންދުއާއި އަޝްވިންގެ ގުޅުން އީޝްއަށް ދަސްވަމުން ދިޔައެވެ.


 

ޝަނުމްއަށް މާލެ އައިސް ގެޔަށް އާދެވުނީ ރޭގަނޑު އަށެއް ޖަހައި ފަނަރަ މިނެޓް ހިނގައިފައި ވަނިކޮށެވެ.

” އެހަށިގަނޑު އޮތީ ހަކާވެފައި އޮތީ އަންހެނެއް ނޫނީ ފިރިހެނެއްގެ ހަށިގަނޑުކަން ވެސް ވަކިނުކުރެވޭ މިންވަރަށް” ޝަނުމް ސިޓިންރޫމަށް އައިއިރު ސޯފާގައި އިން ރީމް ކައުސަރާއި ވާހަކަ ދައްކަމުން ބުނެލިއެވެ.

“ކާކުގެ ހަށިގަނޑެއްގެ ވާހަކަ ތި ދައްކަނީ” ޝަނުމްގެ އަޑުއިވުމާއި އެކީ ރީމް އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.

“ހާދަ އަވަހަށް ތިއައީ.. ޝަނުމް ބުނީމެއްނު ނުވައެއް ޖަހަންވާ އިރަށޭ ގެޔަށް އާދެވޭނީ” ފާރުގައި ހުރި ގަޑިއަށް ބަލާލުމަށްފަހު ރީމް ބުނެލިއެވެ.

“އާން، އަހަރެން އެހެން ބުނީ ތިލަފުށީގައި މަޑުކުރާނެ ކަމަށް ހީކޮށް..” އެހެން ބުނެލުމަށްފަހު ޝަނުމް ކޮޓަރިއަށް ދާން ހިނގައިގަތެވެ.

“މިހިރީ ރީމްއަށް ގެނައި ހަދިޔާ.. ނީމާ ބުނި ރީމްއަށް ހުތް އަނބު ވަރަށް މީރު ވާހަކަ” ޝަނުމް އެކޮޅުގައި އުޅުނު އިރު ނީމާ އޭނާއަށް ގުޅައި ރީމްއަށް ނަސޭހަތް ދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން ގުޅާ ހަދައެވެ.

“އާން، ވަރަށް މީރުވާނެ ކުޅިކޮށް މަޖާ ހަދާލައިގެން ކާލަން.. ” ރީމް އޭނާގެ ވާހަކަ މެދުކަނޑާލީ ޝަނުމްއަށް ކުޅިކޮށް ނުކެވޭނެކަން ހަނދާނަށް އައުމުންނެވެ.

“އަހަރެން ނުކެޔަސް ރީމްއަށް ކުޅިކޮށް ކެވިދާނެ އެއްނު…” ރީމްގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނިފައި ޝަނުމް ބުނެލިއެވެ.

“އެކަމަކު އެއްމެނަށް ކެވޭހެން ދޯ ތައްޔާރު ކުރަންވާނީ.. ” އެހެން ބުނެލުމަށްފަހު ޝަނުމް ގެ ޔުނީފޯރމުގައި ހުރި ގޮށްތައް ނައްޓުވައިދޭން ރީމް އުޅުނެވެ.

“ސޮރީ … ” ދެން ވެސް އެކުރެވެން އުޅުނީ ޝަނުމް ގަޔާނުވާނެ ކަމެއްކަން އެނގި ރީމް އަވަސް އަވަހަށް ފަހަތަށް ޖެހުނެއެވެ. އެވަގުތު ބިންމަތީގައި ހުރި ޝަނުމްގެ ދަބަހުގައި އަޅައިގެންފައި ރީމް ފަހަތަށް ވެއްޓުނެވެ. އަދި ވެއްޓުނު ބޮޑީގައި ފަހަތުގައި ހުރި ކަބަޑުގައި ބޯ ޖެހިގެން ދެއެވެ.

“ނަސީބެއްނު ތިވަރަށް ރީމް ވެއްޓޭ އިރުވެސް ކަށިތައް ބިންދައިގެން ނުގޮސް ސަލާމަތުން ހުރިކަން…” ރީމްގެ އަތުގައި ހިފައި ތެދުކޮށްދެމުން ޝަނުމް ބުނެލިއެވެ.

“އާން! ސޮރީ އިނގޭ.. އަހަރެން އެހެން ކަންތައްކުރީ ކޮންމެހެން ޝަނުމްއާއި ކައިރިވާން ބޭނުން ވެގެންނޫން .. ޝަނުމް ވަރުބަލިވެފައި ހުރެދާނެތީ އެހީވެދޭން ބޭނުންވީ” ރީމް އަނެއްކާ ވެސް މާފަށް އެދުނެވެ.

” ހަނދާންވޭތަ ދެ މީހުން އެއްމެ ފުރަތަމަ ބައްދަލުވި ރޭ އަހަރެން ދެއްކި ވާހަކަ މަތިން، އެދުވަހު ރީމް މާ ވަރަކަށް މާފަށް އެދެން ފެށުމުން އަހަރެން ބުނީމެއްނު މާގިނައިން ބަހެއް ބުނާ ނަމަ އޭގެ މާނަ ގެއްލިދާނޭ.. އެހެންނޫނަސް އަހަރެން މީ ރީމްގެ ފިރިމީހާ.. އެކުވެރިއެއްގެ ގޮތުގައި ދެކުނަސް ކައިވެނީގެ ގުޅުން ނޯންނަކަމަށް ނުވާނެ. އަހަންނަކީ ރީމްގެ ފިރިމީހާއަށް ވުމުން ރީމްއަށް ލިބިގެންވާ ހައްގުތަކެއް ވެސް ވޭ..” ޝަނުމް ބަލަމުން އެދަނީ މިގުޅުން މިއަށްވުރެ ރަގަޅު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ރީމްގެ ފަރާތުން ފެންނަމުން ބަދަލުތައް އުފަލާއި އެކީ ބަލައިގަންނަމުން ދަނީ އެހެންވެއެވެ.

“ދެ މީހުން ބޭނުން ނުވާ ހިނދަކު އަހަރެން ބޭނުމެއް ނޫން އެކަން ކުރާކަށް” ރީމް ނުވިސްނައި އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރެން ނުދައްކަމޭ އޭގެ ވާހަކައެއް.. މިބުނަނީ ދެމަފިރިން ދޭތެރޭ އޮންނަން ޖެހޭ ކުލުނާއި އޯގާތެރިކަން ދޭން ރީމް  މަސައްކަތް ކުރަން ޖެހޭނޭ.. އަދި ފިރިމީހާއަށް ވެ ހުރެ އެކަންތަކަށް މަރުހަބާ ކިޔަން ވާނޭ.. ” ޝަނުމް ކުޑަކޮށް ހީލަމުން ބުނެލިއެވެ. ދެ މީހުންގެ ގުޅުން އޭނާ ވެސް ހީނުކުރާ އަވަހަށް ރަގަޅުވަމުން އެބަދެއެވެ.

“މައްސަލައެއް ނެތް. އަހަރެން މަސައްކަތް ކޮށްދޭނަން” ކުޑަކޮށް ލަދުގެންފައި ރީމް ބުނެލިއެވެ. އަދި ޝަނުމް ކައިރިއަށް ޖެހިލައި ޔުނީފޯރމުގެ ގޮށްތައް ނައްޓުވައިދިނެވެ. ޝަނުމް ގަމީސް ބޭލުމާއި އެކީ ރީމްގެ ހިތަށް ކުއްލި ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. އަދިވެސް ޝަނުމްގެ އަތުގައި ހުރި ފާރުގަނޑު ފެނުމާއި އެކު މުޅި މީހާގެ ގައިން ހީ ބިހި ނަގައިގެންދެއެވެ.

“ތިހާ ބިރުން ނޫޅޭ.. މިހާރު އެތަން ހުންނަ ކަމެއް ވެސް ހުދު އަހަންނަކަށް ވެސް ނޭނގޭ” ރީމްއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“ރީމް، ދުނިޔޭގައި އުޅޭއިރު އަނިޔާ ވެސް ލިބޭނެ.. އަދި ތަދާއި ވޭން ވެސް ލިބޭނެ. އެކަމަކު އެއީ އަހަރަމެންނަށް ކުރިމަތި ވާ އިމްތިހާންތައް.. އެއްވެސް މީހަކަށް ނުއުފުލޭ ވަރުގެ ބުރައެއް ﷲ އެމީހަކަށް ނުޖައްސަވާނެ.. އަހަރަމެން ޖެހޭނެ ކެތްތެރިވާން” ރީމްގެ އަތުގައި ހިފާލަމުން ޝަނުމް ބުނެލިއެވެ.

“އެކަމަކު ޝަނުމް.. ތިހެން އުޅެން ހަދައިގެން އަހަންނަށް ޝަނުމް ގެއްލިއްޖެއްޔާ ކީއްކުރާނީ” ރީމް ކަންބޮޑުވިއެވެ.

“އަހަންނަށް ހީވަނީ ރީމްއަށް އަހަރެން ގެއްލުމުގެ ޗާންސް މާ ކުޑަހެން އަހަންނަށް ރީމް ގެއްލުމަށް ވުރެ… އަހަރެން އެބަ އަންނަން ވަރަށް އަވަހަށް ފެންވަރާލައިގެން.. އެޔަށްފަހު ދެ މީހުން އެއްކޮށް ގޮސް ކާއިން ކައިރިއަށް ހޮސްޕިޓަލަށް ދާނީ”


 

އަޝްވާ ކާއިންގެ ކޮޓަރިއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އެއްވެސް ތަރުތީބެއް ނެތި ގަނޑުތަކާއި ގަލަންތައް އަދިވެސް ކާއިން ގެންގުޅޭ ސާމާނުތައް މުޅި ކޮޓަރީގެ އެތައް މިތަނުގައި ވެއެވެ.

“ކާއިން! މީ ކޮންކަމެއް!” އަތުގެ އިޝާރާތުން މުޅި ކޮޓަރި ތެރެ ދައްކާލަމުން އަޝްވާ ބުނެލިއެވެ. މިއަދު ހަވާރު ހޮސްޕިޓަލުން ދޫކޮށްލި ގޮތަށް ކާއިން އުޅުނީ އަނެއްކާ ވެސް މިކަމާއިގެން ހެއްޔެވެ؟

“މިއުޅެނީ އަހަރެން ގެންގުޅުނު ގަނޑެއް ގެއްލިގެން، ބޯ އަބުރައިގެން ވެއްޓުނު އިރުވެސް އެޔެއް ނުފެނުނު..” ރުންކުރު ގޮތަކަށް ކާއިން ބުނެލިއެވެ.

“ބޯ އަބުރާނެއެއްނު ތެދެވެ އުޅެންޏާ. ކާއިން އޮޕެރޭޝަން ކުރިތާ މީ ދިހަ ވަނަ ދުވަސް.. ޑޮކްޓަރު ބުންޏެއްނު  ގެޔަށް ދޫކޮށް ލިޔަސް އެހާ އަވަހަށް ތެދެވެ ނޫޅޭށޭ” ބިންމަތީގައި ހުރި ގަނޑުތައް ނަގައި އަޝްވާ މުޅި ތަން ސާފުކުރަން އުޅުނެވެ.

“އެނގެޔޭ ތިކަން! އެކަމަކު އަހަރެން ކަމެއް ނުކޮށް ހުއްޓާ މާޒިން އަނެއް ދިހަ ކަންތައް ކުރާނީ.. އެ ދުވަހަކުން ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ކަންނޭނގެ… އައްދިއްޔޯ” ކާއިން ބާރަށް ހަޅޭތްލައިވައިގަތީ އަޝްވާ އޭނާގެ ފައިގައި ވިކައިގަތުމުންނެވެ.

“ދެން ވެސް މަރުގެ ވާހަކަ ނުދައްކާ ހުރޭ. !” ކާއިންއާއި ދިމާލަށް ޝަހާދަތް އިގިލި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ.

“ހިނގާ އަވަހަށް ޝަނުމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފަށަން.. ރީމް އާއި ޝަނުމް ކާއިން ކައިރިއަށް އައި ދުވަހު އުޅުނު އެވާހަކަތައް ދައްކަން.. އެކަމަކު އަހަރެން ބުނީ އިހަށް މަޑުކޮށްލާށޭ.. ” އަޝްވާ ބުނެލިއެވެ.

“އާން، އަވަހަށް ތި ޝަނުމް ގޮވައިގެން އާދޭ” ޝަނުމްގެ ވާހަކަ ދައްކަން ކާއިން އަދިވެސް ފޫހިވެއެވެ. އަޝްވާ އަދިވެސް ޝަނުމް ދެކެ ލޯބިވާތީ އުދަގޫވާތީ ކަންނޭނގެއެވެ.

“ކުރިން ޝަނުމް ދެކެ ރުޅި އަޔަސް ދެން ނުހުރެވޭނެ ތިހެންނެއް.. ޝަނުމް އަކީ ކާއިންގެ ޅިޔަނު.. އެކަން ބަދަލު ނުކުރެވޭނެ..” ހެމުން އަޝްވާ ކާއިންއާއި ދިމާކޮށްލިއެވެ.

ކާއިންއަށް މުޅިން ވެސް ވަނީ މިހެން ހެއްޔެވެ؟ ރުޅި އައިސް ފޫހިވާ މީހެއް ނަމަ އޭނާގެ ހަޔާތަށް ކޮންމެ ވެސް ސިފައެއްގައި އައިސް އެ ފޫހިކަން ނައްތާލަން ޖެހޭ ހިސާބަށް ދެއެވެ. އެއްމެ ފުރަތަމަ އަޝްވާއެވެ. ދެން ރީމްއާއި ޝަނުމް އެވެ.

ކާއިންއާއި އަޝްވާ ޝަނުމްގެ ވާހަކަ ދައްކަން ތިއްބައި ޝަނުމް ރީމްއާއި އެކީ އެތަނަށް އައެވެ.

“ކިހިނެތް މިހާރު؟” ރީމް ޖެހިލުންވެ ހުރެ ކާއިން ކުރެން އެއްސެވެ. ކާއިން ބަލައިލީ އަޝްވާ އަށެވެ. އަދި ރުޅި މޫނު ހަދައިލިއެވެ. ރީމްއާއި ޝަނުމް ދެކެ ލޯބިވާން ޖެހުމުން ކާއިންއަށް އަންނަމުންދާ ބަދަލުތައް ފެނިފައި އަޝްވާ ކާއިންއަށް ވަރަށް ޖެއްސުން ކުރެއެވެ. ދޭތެރެއަކުން ކާއިން ލައްވައި ރީމް ކައިރީ ވާހަކަތައް ބުނެވެސް ހަދައެވެ. އަދި ރީމް އަތަށް ދީ ކާއިންއަށް ޖޫސް ގެންގޮސް ބޭސް ވެސް ދޭން ބުނެއެވެ.

“ރަނގަޅު” އަޝްވާ އާއި ދިމާލަށް ވައްތަރު ޖައްސާލަމުން ކާއިން ބުނެލިއެވެ.

“ރީމް، ދޭބަލަ އަހަންނަށް ކާން ހަދައިދީފަ އަންނަން” ރީމް ފޮނުވާލުމުގެ ގަސްދުގައި ޝަނުމް ބުނެލިއެވެ.

“ރީމް ބުނި މާޒިންގެ މައުލޫމާތު ކާއިންއަށް އެގޭ ވާހަކަ، އެއީ ތެދެއްތަ؟” ރީމް ދިޔުމާއި އެކީ ޝަނުމް އަހާލިއެވެ.

“އާން، އެނގޭ… އަހަރެން ވެސް ބޭނުން މާޒިން ހިފައި ހައްޔަރު ކުރަން.. އޭނަ އެދަނީ އަހަރެންގެ މުޅި ދިރިއުޅުން ވެސް ހަލާކު ކުރަމުން” ކާއިން ރުޅިމަޑުކޮށް ޝަނުމްއާއި ވާހަކަ ދެއްކިއެވެ.

“މާޒިންއާއި ކާއިންގެ އޮތް ގުޅުމަކީ ކޮބާ؟” ޝަނުމް ސުވާލުކޮށްލިއެވެ.

“މާޒިންއާއި އަހަންނާއި ސީދާ ގުޅުމެއް ނެތް… އެކަމަކު މާޒިން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ އަދި ބޭނުން ކުރާ ފަރާތެއް.. އޭނައަށް އަހަރެންގެ ބައްޕަ އެގުނީ ބައްޕައަކީ ވެސް ކުރިން އެ ވިޔަފާރި ކުރި މީހަކަށް ވުމުން.. އޭނައަށް މިވީ ހާ ތަނަށް ޑްރަގް ސަޕްލައި ކޮށްދިނީ އަހަރެންގެ ބައްޕަ.. އެކަމަކު ބައްޕަ އެކަމާ ދުރުވުން މާޒިން ބޭނުންވަނީ އޭނައަށް ލިބޭ ގެއްލުމުގެ ބަދަލު ހިފަން..” ކާއިން ކިޔައިދިނެވެ.

“އެހެންވީމަ އެއްފަހަރާ ދެކަން ކުރަން ދޯ މާޒިން އެއުޅެނީ.. ރީމް އޭނަ ބަސްޓްކޮށްލީމަ އޭގެ ބަދަލު ހިފުމާއި ކާއިންގެ ބައްޕަ އޭނާއަށް ޑްރަގު ސަޕްލައި ނުކޮށްދޭތީ އެކަމުގެ ބަދަލު ހޯދުން” ކުޑަކޮށް ވިސްނަން އިދެފައި ޝަނުމް ބުނެލިއެވެ.

“އަދި ވެދާނެ އެއްނު ކާއިންގެ ބައްޕަގެ ދަރިއަކަށް ރީމް ވާތީ ރީމް ބޭނުން ކޮށްގެން ހައްސާނު ބޭބެ ބުލެކްމެއިލް ކުރަން ކަމަށް ވެސް” އަޝްވާ އޭނާގެ ހިޔާލު ދިނެވެ.

“އާން، ތީ ތެދެއް.. އެކަމަކު އޭނައަށް ކިހިނެތް އެގުނީ ރީމްއަކީ އެހެން މީހެއްގެ ދަރިއެއްކަން؟… ހިތަށް އެރި ގޮތަކަށް އުޅުމުން ލިބޭ ލަޑު މިއީ” ޝަނުމް ބުނެލިއެވެ.

“އޭއި! އަހަރެންގެ ބައްޕައާއި ދިމާލަށް ޗުއްޕުއޭ ވެސް ނުބުނާތި!” ކާއިންގެ ރުޅިގަނޑު ކެކެން އެއްމެ ސިކުންތެއް ވެސް ނުނަގައެވެ.

“ދެން އަހަރެން ބުނަންވީ ކީކޭ ތަ؟ ކާއިންގެ ބައްޕަ އެހެން ނޫޅުނު ނަމަ މިހެން ނުވީސް.. އެތައް ކައިވެންޏެއް ކުރުމުން އަމިއްލަ ދަރިއެއް ހުންނަކަން ވެސް ނޭނގުނީ.. ދެން ތިބުނީ ޑްރަގް ވިޔަފާރި ކުރާ ވާހަކަ… އެއީ ރަގަޅު މީހަކު ކުރާނެ ކަމެއްތަ؟” ޝަނުމް އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

ކާއިން އޮތް ތަނުން ތެދުވެ ޝަނުމްގެ ގައިގައި ޖަހަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ ކާއިންގެ ގައިގައި ހިފައި އެނދުން ތެދުވުމަށް ހުރަސް އެޅިއެވެ.

“މަޑު ކުރޭ.. އަހަރެން އެބަ އަންނަން” އެހެން ބުނެލުމަށްފަހު އަޝްވާ ޝަނުމްގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ގޮސް މަލަކާ މެން ކޮޓަރިއަށް ވަނެވެ.

“ކިހިނެތް ވެގެންތަ ޝަނުމް ތިއުޅެނީ.. ކާއިންގެ ބައްޕަ ގެއްލި އަދި އެޔަށްފަހު އެހާ ބޮޑު އޮޕެރޭޝަނެއް ކޮށްގެން ރަގަޅު ނުވަނީސް ތިހެން ބުނަން ހެޔޮވާނެތަ؟” އަޝްވާގެ ގާތަށް ވެސް ރުޅި އައެވެ.

“ދެން އަހަރެން ކީކޭތަ ބުނަންވީ… މާހިލް ކައިރިއަށް މިމައްސަލަ ހުށަހަޅަން ގޮސް އަހަރެން ބުނަންވީ ޑްރަގް ވިޔަފާރި ކުރި މީހެއް ޖަލުން މިނިވަންކޮށްދޭށޭތަ؟؟!” ޝަނުމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ކޮބާތަ އެހެން ބުނުމުން މައްސަލައަކީ.. އަހަރަމެންމީ އިންސާނުން.. އަހަރަމެންނަށް ކުށް ކުރެވޭނެ.. އެކަމަކު އެކުށަށް ތައުބާވުމުން ހުރިހާ ކަމެއް ނިމޭނެ” އަޝްވާ ކާއިންގެ ދިފާއުގައި ތެދުވިއެވެ.

“އަޝްވާ މާ ވަރަކަށް ކާއިން ދިފާއުކުރަން ތިއުޅެނީ ކާއިން ދެކެ ލޯބިވާތީތަ؟” މައުޟޫއިން ބޭރުން ޝަނުމް ސުވާލުކޮށްލިއެވެ.

“ދެން ޝަނުމް ރީމް ދިފާއު ކުރަން ތި އުޅެނީ ރީމް ދެކެ ލޯބިވާތީތަ؟؟”

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (45)

Next

ހިތާ ފުރާނައިން… (46)

Next
February 22, 2018

ހިތާ ފުރާނައިން… (46)

Previews
February 22, 2018

ހިތާ ފުރާނައިން… (45)

70 Comments!

  1. Faathee says:
    February 22, 2018 at 9:23 pm

    Aaw thanks maroon. Up veytho bala blaa huttaa thi up kohlee. Adhi nuves kiyan. Story up vi than fenifa happy vi varun comment mi kohlee enme furathama

    1. maroon says:
      February 23, 2018 at 5:55 pm

      ތެންކު ޔޫ ފާތީ. ސޮރީ ރިޕްލައި ލަސްވީމަ.. ވަރަށް އުފާ ވެއްޖެ އިނގޭ ކޮންމެ ކޮށް އިންތިޒާރު ކުރާތ ??

  2. Aki says:
    February 22, 2018 at 9:24 pm

    haadha dhigu inthizaare kohfimey mi vaahaka ah

    1. maroon says:
      February 23, 2018 at 5:58 pm

      ތެންކު ޔޫ އަކީ . ސޮރީ ރިޕްލައި ލަސްވީމަ.. ވަރަށް އުފާ ވެއްޖެ އިނގޭ ކޮންމެ ކޮށް އިންތިޒާރު ކުރާތ ??

  3. faathimath says:
    February 22, 2018 at 9:34 pm

    mi part ves varah reethi cant wait for the next…

    1. maroon says:
      February 23, 2018 at 9:56 am

      Thanku dear ??

  4. Hairaan says:
    February 22, 2018 at 9:40 pm

    Wow

    1. maroon says:
      February 23, 2018 at 9:57 am

      Thanku hairaan ??

  5. Nash says:
    February 22, 2018 at 9:45 pm

    V nice .. this is one of my favourite story..

  6. maroon says:
    February 22, 2018 at 9:55 pm

    Hello readers. Plz correct me of there are any mistakes. And what do u think of the story. Plz do comment so i would know. Aslu commentaky liyuntheriaa ah libey v v bodu hiyvareh ? loves.

  7. Maikko says:
    February 22, 2018 at 9:56 pm

    Varah reethi……..alheyyyyyyyy…….?❤?❤?❤?❤??… Waiting for the next part……..

    1. maroon says:
      February 23, 2018 at 9:57 am

      Thanku maikko.hehe. in sha Allah dhigu inthizaareh kuran nujeheyne ??

  8. Ashwa says:
    February 22, 2018 at 10:01 pm

    vvv reethi dhen kihinehbaa vaani ashwa n shanum dhemyhun kuri suvaalah dheyny kn javaabeh baa dhw reem ah engeyne dhw e dhemyhun loabi vaakan next part in wow salhi vaane eyrun. dhen ???????????

    1. maroon says:
      February 23, 2018 at 9:59 am

      Thanku ashwa… hehe she might hear them dhw. Ekam story nimmaany miadhu viyas adhi fahun viyas reem ah ekan engumah fahu ngey.vvv ufaa vejje ??

  9. Shann says:
    February 22, 2018 at 10:09 pm

    Mihaaru up kohly dhw… Thanks a lot mibaives up kohla dhinythy… Hama kiyaahithun kehmadhuvefa mihaaru mi hunnany… V ves rythi mi story kuriah thi gendhaa goeh… Alhe maroon story athuraa laigen kuriah thi gendhaa gothah ehen vaahaka liyuntherinves story kuriah gendhaane nama hama mihaa furihama vaanekan yagyn ehen story thahves… Hama maroon molhukamun negi sample eh eyee igey… Hama asluves shann adhi nudheken thihaa rythikoh story liyaa kuhjeh… ???… Adhi haahsakoh thihaa molhah story ga sifakurun genesdhyfa hunna kuhjehves nudheken… Hama hyvany aslu aslu aslu hen… Dhen neynge bunaany kykey kamehves… Migothah thaureef kurevidhaane kithanme varakahves… How r u maroon???? … Luv u n Miss u…????

    1. maroon says:
      February 23, 2018 at 10:03 am

      Keekey kiyaafa fashan vy. Hama thihaa thaureefu haggutha ??
      M doing fine dear. Shann and shann ge baby kihinei. May Allah bless with u with happiness.. vvv visnaafa story athuraalaigen mi gendhanym v ufaa vey maroon kuraa masakkathuge agu thihaa loabi loabi long comments thakun dheythy!! Love u so much.. bunelan beynumy THIYA ASARU koffi ey hama vvvv ragalhah. Thy libey v bodu hiyvareh. V bodu ufaleh.. my heart so full if love for u.. miss u. Tc ???
      ??? u readers make my day … ?

  10. Reader says:
    February 22, 2018 at 10:10 pm

    Mistake eh faahaga eh nuveyy.. Kon irakun next part?

    1. maroon says:
      February 23, 2018 at 10:03 am

      Thanku reader. In sha Allah today ??

  11. Aimi says:
    February 22, 2018 at 10:34 pm

    V v reethi mi vaahaka… Comment nukurias hurihaa part eh ves v kiyaa hithun kiyan.. sifa kurin v furihama… Reem ah Shanum and ashwa ge vaahkatha adu ivijjeya…. ?????

    1. maroon says:
      February 23, 2018 at 9:56 am

      Thanku dear. Vvv ufaa vejje story kiyaakan angaalyma.yes what if she hears that???!!! Everyone wants love but will they get it ..she will sure be shocked! ??

  12. ss says:
    February 22, 2018 at 10:38 pm

    super

    1. maroon says:
      February 23, 2018 at 9:54 am

      Thanku ss ??

  13. Laylerr says:
    February 22, 2018 at 10:40 pm

    Vvv.reethi.Maashaa Allah??

    1. maroon says:
      February 23, 2018 at 9:54 am

      Thanku laylerr ??

  14. Navii says:
    February 22, 2018 at 10:52 pm

    Wow.. Vvvv nice mi part ves.. Maasha Allah??.. Waiting for next ingey..

    1. maroon says:
      February 23, 2018 at 9:54 am

      Thanku navii… loves ??

  15. Pinky shifoo says:
    February 22, 2018 at 10:57 pm

    Hii maroon ???… Keekey dhw bunaanee… Neynge vaki bunaane ehcheh vx… Hehehe… ???… Mi part vx v v v reethi ???… Maroon haadha molhey Maasha Allah story liyan ???… Hurihaa manzareh loa kurimathyga hingaahen heevanee ???… Ehaa vx furihama ???… I really love it ❤️❤️❤️… Kiyaa foohinuvey ???… Knme partehvx ehaa reethi n ehaame interesting ???… Keep up the good work ???… Haadhahaaey mi story reethy Maasha Allah ???… Sifakurunthah v v v reethi n knme partehvx thi ninmaalanee next part kiyan kiyuntherin curious kohlaafa… N feelings thah vx ehaame furihama ah deliver kohdhyfa hunnanee ❤️❤️❤️… It’s amazing hama ?????… I’m a big fan of u maroon ???… Maroon ge knme story ehvx ehaame reethi ???… Buneveynee maroon abadhuvx thigothugai kuriah dhaashey n u are really very talented n reply kohlany vx ehaa friendly koh ???… That’s sooo sweet of you maroon ??????… Curiously waiting for the next part… Lots of love and take care ?❤️??????????

    1. maroon says:
      February 23, 2018 at 9:53 am

      SubuhanAllah. Thats a huge comment!!
      Maroon akah ves neygunu thi comment kiyaafa bunaae ehcheh. Ehaa ves kos vejje. Feelings hama hithu therey e vaguthu ufedhey ihusaasa thah kiyaidheny. If i am in the situation!! Kinda hard with all the characters. ?
      Ekam so glad u like them ?
      Vvvvvv ufaa vejjd thihaa colorful loabi commenteh kollyma. Much love ???tc
      I considet every single one if u as my friend.. even u dear.. up koffa abqdhuves pinky shifoo ge commentah ithizaaru kuran ?

  16. bull shit?❤????✌ says:
    February 22, 2018 at 11:26 pm

    Eyy waaau♥ ey maroon I kinda hate shanum nowadays. But kaain thw?? ashwa lavvaa shanum bavaala bala nikan.ashva bahattan vaany kaain ge kolhuga ingey. ? Varah reeeeethi mi part ves. When next part? Much love maroon❤❤❤??

    1. maroon says:
      February 23, 2018 at 9:49 am

      Thanku.. shanum has reasons dhw. Hope he finds a solution for all the misery he is getting. M sure he be the best of characters in the end.. yes ashwa is acting like a mom to create bonds. Loves ??

  17. Shina says:
    February 22, 2018 at 11:58 pm

    Alhey v nice?.. dhn kihineh baa vaani thikiri suvaalthakah? Eeshge vahaka v salhi.. mistakes fahagaeh nuve.. mulhinwex hama rangalhu kanthah huree.. sifakurunthahwez v salhi.. maroon stryga thi gengulhey characters thahwex v salhi.. tgc dear????

    1. maroon says:
      February 23, 2018 at 9:47 am

      Thanku shina… what do u think will happen.. they might tell the truth or even lie for the sake of situations !!
      Eesh dhw.. hehehe. Guess she is getting a lil baby!
      Tgc loves ??

  18. Shanum says:
    February 23, 2018 at 7:44 am

    Dhen reem ah engeyni dho? Edhemeehun loabivaakan. Maroon dhemeehun lavva dhogu nuhadhuvachey. V beynun dhemeehunge javaabu balaalan. Avahah next part up kohdhechey

    1. maroon says:
      February 23, 2018 at 9:45 am

      Thanku shanum.. shanum kon javaabeh dheyny ashwa kuri suvaalah??
      Yes mifaharu jeheyne dhe answers hoadhsn ?
      In sha Allah ??

  19. click a shot ? says:
    February 23, 2018 at 8:33 am

    wowwww…just wow…?I love this part a lot…❤️❤️❤️????.this is wonderful n amazing…???.aslu mihen comment kohlaairu varah miss vey dhw SJK men mathin…☺️☺️emyhun varah friendly vaane dhw maroon.??..maroon ves ehaa freindly viya…u have all the reasons that readers like to read this story…??aslu click enme bodah kiyaahihvaa Vaahakaige reethi kamunaa sifakurunthakashaa,?dhen maroon ge comments tha ves varah friendly..?.n daily koh up ves kohdhethiaaeku…ehenoonas hurey baivaru like vaa reasons..appreciate it a lot…madhu writers eh ge kibain a kahala sifathake fenaane dhw.n ashwa haadha varakah vikaey dhw..click vaahaka kiyan innairu hyvany dhenme dhenme click Gaiga vikaigannan ais dhaa nehen…hehe..by the way waitting impatiently…loves❤️❤️❤️❤️????kuri kuru comment publish nuvi ma alum mikohli

    1. maroon says:
      February 23, 2018 at 9:44 am

      Yes i miss them too.. ehaa friendly koh viyyaa dhw ulhuny…ummeedhu kuran e kudhinge habareves vaane kamah. Maybe they are busy dhw..alhey thats so so shweet…. so many compliments!!
      Keekey bunaany.. thee hama best reader eh. Evarah support dhey.. ?
      Ashwa hama vikaigannaane moya kameh kuran ulhenyaa…heheh so be careful ngey. Dnt do stupid things like kaain ??
      Vvvvvvvvv happy vejje. ??❤ so much love… tc
      I dnt knw even ur name but consider u as a friend ?

    2. click a shot ? says:
      February 23, 2018 at 9:50 am

      my name is yanaa ??

    3. click a shot ? says:
      February 23, 2018 at 10:18 am

      Maroon do u use mail..so that we could be freinds

    4. maroon says:
      February 23, 2018 at 10:22 am

      Yes.. its in the description box ?

    5. click a shot ? says:
      February 23, 2018 at 1:05 pm

      Did u see my mail maroon ?☺️?

    6. maroon says:
      February 23, 2018 at 1:23 pm

      No dear. Waiting ngey. Remember to put three “iii” ?

    7. click a shot ? says:
      February 23, 2018 at 1:33 pm

      But iv sent

    8. click a shot ? says:
      February 23, 2018 at 1:40 pm

      Alhey mihaaru gohsiyha..?

    9. Reader says:
      February 23, 2018 at 3:30 pm

      Ey thedheh SJK v thaneh ingeytha? Miss her too.. Story ves continue nukure othy. Konmes kameh dhimaavee kanneynge?..

  20. jeen says:
    February 23, 2018 at 9:14 am

    wow… emme fahu thankolhu dhww ?.. hama speech less… haadha nala ey reecheyy vaahaka.. maroon hama molhii ey dhww vaahaka liyan… bunelaafa hunna molhethi Bas thakun ves dhw.. baeh faharu hini aadhey.. aneh bai faharu dheravey.. maroon.. you are a true talented writer and ofcourse a friend too ??
    lots of love maroon ???

    1. maroon says:
      February 23, 2018 at 9:40 am

      Thanku jeen… hehehe..vvvvv ufaa vey jeen thi gothah abadhhves support dheyn hunnaathy… hehehe hevvsalaafa dhera kollany dhw emme fahun ?
      Yes thy mihaaru friendeh. Adhi amazing reader eh ?? much love ? tc

  21. mishy says:
    February 23, 2018 at 10:22 am

    Alheyyy… enme reethi hisrbun thi nimmrlii… vrh reethi mi prt wx… obiness to the max… luv this stry… nd my fav stry in this site…. luv this stry v v v v v v v v v much…♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡

    1. maroon says:
      February 23, 2018 at 1:18 pm

      Thaanku mishy. That means very much to me..vvvvv ufaa vejje ngey.. ???

  22. thuthu says:
    February 23, 2018 at 10:36 am

    Vvvvv reethi…. Kobaa kon irakun next part up kodheynee….

  23. Kkk says:
    February 23, 2018 at 11:01 am

    Alhey..maroon haadha molhey..masha allah..mi vaahaka akee adhi kkk ah kuyunu enmme reethi vaahaka..eha vx furihama..maroon kiyaabala ithoo ge loamerey hindhu heevey gaathugaa vaahen..ey vx varah best story eh..kaain aa ashwa gulhuvaalabala dhnn..shanum vx reem dheke like ve ehnnu mihaaru..and kaain ah abadhu eha dhera goi goi nuhadha bala..plz..kkk ah takaa viyas kaain & ashwa gulhuvaalaa…so…mi vaahaka nimen varah kairi vejje dhw?? Dhen ehen vaahaka eh nuliyamu tha?whn next prt???happy ending eh genes dhevvahche..☺❤❤?????????

    1. maroon says:
      February 23, 2018 at 1:20 pm

      Thanku kkk. Maroon aku ehaa ginain stoey kiyaa kujjeh noon. But ithoo ge story keen. It was beautiful…shanum and reem dhw.. dhn othy kaain and ashwa.. they might haplen hama.yes kairi vany mi dhn ekko nimen dhn..i love happy endings ???

  24. broken ? says:
    February 23, 2018 at 11:24 am

    woww my hama abadhu ves reethi story eh dhuvahaku ves hadi eh noon m serious shanum dheke mihaaru kudakoh foohivaan fashaifi maroo dhn in pary avahah uo kohlaba please kiyaahithun maruvany worlds best story thihaa burakoh ulhemun ves story genesdheythy v ufaave hama lakka shukhru may God bless u and your family loves?❤?❤❤❤???❤❤

    1. maroon says:
      February 23, 2018 at 1:22 pm

      I think ur views are going to change next part ga shanum aai dheytherey.he will say why he got married to reem.so much thanks dear.. vvv ufaa vejje ?
      ?? u guys are making my day a blast ?

  25. Aryy says:
    February 23, 2018 at 11:25 am

    Mihaaru v foohi veyy mivaahaka kiyan shanum m reem gulhyy thy

    1. maroon says:
      February 23, 2018 at 11:46 am

      Its okay ?

  26. Kiuntheriyaa says:
    February 23, 2018 at 12:19 pm

    Eiy dhogeh foohsennoon varah salhi keep it up

    1. maroon says:
      February 23, 2018 at 1:22 pm

      Hurihaa kudhin like vaa gothah nuliyeveyne dhw ???

  27. ?? says:
    February 23, 2018 at 12:26 pm

    Hama rangalhahvx THIYA ASARU kohfi…. U r a good writer Maashaa Allah????? I luv all urstories … Comment nukuriyas abadhuvx maroonge storieskiyann ingey room… I’m a really big fan if u n always luv u???Bunaane ehvhehvx neyngifa meenee….?Ehaavx story reethi,… Wawawa?? Luv u n take care darling???????

    1. maroon says:
      February 23, 2018 at 1:25 pm

      Alheh its so cute. Nice quote. “THIYA ASARU ” koffi ngey comment in ves. ?
      V ufaa vey maroon ge storythah thihaa reethi vegen ulhey kujjakaai bahadhalu vyma. So much many big huge thanks. ??? tc loves

  28. broken ? says:
    February 23, 2018 at 12:44 pm

    maroo muhaku bunaa ehchakah balaane kameh neih kiyan beynun my hun kiyaane ehnun ekaku nukias alhugandhu kiyaanan my hama world best hurihaa enmen ufqa nukureveyne dhw loves ❤❤❤❤❤❤❤

    1. maroon says:
      February 23, 2018 at 6:01 pm

      އެއީ މައްސަލަ އެއް ނޫން.. އެއްމެ ކުއްޖަކު ކިޔަން ހުއްޓަސް ވާހަކަ ބަރާބަރަށް އަޕްކޮށްދޭނަން

  29. Kkk says:
    February 23, 2018 at 12:54 pm

    Maroo whn next?

  30. annoying reader says:
    February 23, 2018 at 2:09 pm

    tik tok varah reethi mi part ves. its obvious shanum hates kaain but i think he shud keep his personal feelings aside and work with kain he got proofs. anyway looks like this time ashwa and shanums truth gonna b out reem might hear their fightings. lets see waiting for the nxt part varah reeth

    1. maroon says:
      February 23, 2018 at 5:54 pm

      thanku dear.. yes dhw eyrun noony mikan hallu nuvaane … ?? heheh lets see if ur prediction is correct

  31. Mal. says:
    February 23, 2018 at 2:40 pm

    Just wowww….???? loves?❤ keep it up darl

    1. maroon says:
      February 23, 2018 at 5:53 pm

      thanku love ????

  32. Bro says:
    February 23, 2018 at 4:16 pm

    Maroon ge vaahakathah v reethi abadhuves kiyan loabi vey u maroon ?

    1. maroon says:
      February 23, 2018 at 5:53 pm

      thanku dear ?? loves

  33. ss says:
    February 23, 2018 at 6:08 pm

    konirakun up vaany. v inthizaarkurevaurba

    1. maroon says:
      February 23, 2018 at 6:12 pm

      up koffin dear

Comments are closed.


All Right Reserved!