Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 43

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 24, 2018 11 Mins Read
68 Comments

އެބައިގައި އުޅޭ އެއްމެން ޑިޔުޓީ އަށާއި އެކި ތަންތަނަށް ދިޔުމުން ގޭގައި ތިބީ ޝަނުމް އާއި ކާއިން އެކަންޏެވެ. ރަނގަޅަށް ނިދާލުމަށްފަހު އާފުރެމުން ކާއިން ސިޓިންރޫމަށް ދިޔައިރު ޝަނުމް ބަދިގޭގައި އުޅެއެވެ.

“ކާއިން! އާދޭ ސައިބޯން” އަޝްވާ އޭނާ ކައިރީ އެދުމުން ޝަނުމް ކާއިން ދެ މީހުންގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތަކާއި މެދު ވިސްނިއެވެ. ކޮންމެ ގޮތެއް ވިޔަސް ޝަނުމްއަށް މިހާރު ކާއިން އަކީ ދުރު މީހެއް ކަމަށް ނުދެކޭވެނެއެވެ.

“އަހަރެން ސައިނުބޯނަން” ކާއިން އަކީ ސިގުރުޅި އަންނަ މީހަކަށް ވުމާއި ގޮތް ދޫނުކުރުމުގެ އާދަ ހުންނަ މީހަކަށް ވުމުން ޝަނުމްއާއި ދެ މީހުންގެ ގުޅުން ރަނގަޅު ކުރަން ބޭނުމެއް ނުވެއެވެ. ހާއްސަކޮށް ޝަނުމް ހައްސާނުއާއި ދިމާލަށް ބުނި އެއްޗިއްސަށް ފަހުގައެވެ.

“ކާއިންގެ ބައްޕައާއި ދިމާލަށް އެހެން ބުނެވުނީތީ މާފަށް އެދެން.. ވިސްނާނުލައި އަހަންނަށް ވާހަކަ ދެއްކުނީ” ޝަނުމް ރީތިކޮށް ވާހަކަ ދެއްކިއެވެ.

“މައްސަލަ އެއް ނެތް” ފަރުވާ ކުޑަކޮށް އެހެން ބުނެލުމަށް ފަހު ކާއިން އެތަނުން ދާން އުޅުނެވެ.

“ކާއިންގެ ބައްޕަ ސަލާމަތްކުރަން އަހަރެން ވެސް ބޭނުން” ޝަނުމް އެހެން ބުނެލުމާއި އެކު ކާއިންގެ ފިޔަވަޅު ތަކަށް ހުއްޓުން އަރައިގެން ދިޔައެވެ. ކާއިން އަވަސް އަވަހަށް ފަހަތަށް އެބުރި ސުވާލުގެ ނަޒަރުން ޝަނުމް އާއި ދިމާލަށް ބަލާލިއެވެ.

“މާހިލް މިހާރު އެބަ އާދޭ މިގެޔަށް.. އޭނާ އައިމަ ދެ މީހުން އެއްކޮށް ތިބެގެން މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމާ” އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

ކާއިން ވެސް މިހާރު ބޭނުމީ އެ ގޮތެވެ. އެކަނި މަސައްކަތް ކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަން އޭނާއަށް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ.

“މާޒިން ހޯދަން ކޮން މައުލޫމާތެއް ބޭނުންވަނީ؟” ކާއިން އަހާލިއެވެ.

“ކާއިންއަށް ދެވެން އޮތް ކޮންމެ މައުލޫމާތެއް ދީ، ދެވޭ އެއްމެ ކުޑަ މައުލޫމާތުން ވެސް މާޒިން ހޯދިދާނެ ކަމުގެ ފުރުސަތު ބޮޑު” ޝަނުމް ބުނެލިއެވެ.

ޝަނުމް އެހެން ބުނެލުމުން ކާއިން ގޮސް މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. މާހިލް އަންނަން ދެން ދެ މީހުން ކުރެ އެކަކު ވެސް އަނެކާއާއި ވާހަކަ ނުދައްކައެވެ. ކާއިން ވިސްނަމުން ދިޔައީ މާހިލްއާއި އެކު މާޒިން ހޯދޭނެ ގޮތަކާއި މެދުގައެވެ. ޝަނުމް ވިސްނަމުން ދިޔައީ ރީމް މިކަމުން ސަލާމާތް ކުރެވޭނެ ގޮތަކާއި މެދުގައެވެ.

“އައްސަލައިމަލައިކުމް” މާހިލްގެ އަޑު އިވުމާއި އެކީ ދެ މީހުންނަށް ވެސް އެ ދިމާ ބަލާލެވުނެވެ.

“އަވަހަށް އާދޭ އެތެރެއަށް… ކޮފީއެއް ހަދައިދެންތަ؟” މިކަންތަކަށްފަހު މާހިލްއާއި ދެ މީހުންގެ ގުޅުން އިހުނަށް ވުރެ ރަނގަޅުވެފައިވާކަން ޝަނުމްގެ އަޑުގައިވި ގާތްކަމުން އެގިގެން ދިޔައެވެ.

“މާހިލް މީ ކާއިން.. ކާއިން މީ މިހާރު ރީމްގެ ބޭބެއެއް… ކާއިން މީ މާހިލް.. މާހިލްއަކީ ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމެންޓްގެ ހެޑް.. ރީމްގެ ކޭސް އޭނަގެ ބެލުމުގެ ދަށުން ހާއްސަ ކޭސްއެއްގެ ގޮތުގައި ބަލަމުން ދަނީ” ޝަނުމް ދެ މީހުން ތައާރަފްކޮށް އެރުވުމުން ކާއިންއާއި މާހިލް ސަލާމްކޮށްލިއެވެ.

“އެހެންވީމަ ކިހާ ހިސާބަކުން ފަށަންވީ…މާޒިން އަކީ އެތައް ކަމެއް ކޮށްފައި ހުރި މީހެއް.. އޭނަގެ ކަމެއް ބަލަން ފަށައިފިނަމަ ފައްޓާނީ ކޮންތަކަކުން ކަމެއް ނޭނގޭނެ.. އެހެންވީމަ އިހަށް ހިނގާ އަހަރަމެންނަށް މާހިލްއާއި ބެހޭ ގޮތުން އެނގޭ ހުރިހާ އެއްޗެއް ކިޔައިދެމާ.. އޭނަގެ މަގުސަދާއި މިޒާޖާއި އަދި ވެސް އެހެން ކަންތައްތައް.. އެޔަށް ފަހު ދެން އިތުރު ކަމަކާއިގެން އުޅޭނީ” މާހިލް ދަނީ އޮފީހުގައި ވެސް އަދި އޮފީހުން ބޭރުގައި ވެސް މި މައްސަލަ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ބަލަމުންނެވެ. އެހެންނަމަވެސް އަލިމަގެއް ފެންނަ ގޮތެއް އަދި ނުވެއެވެ.

“އަހަރެން ރީމްގެ ފަރާތުން ވާހަކަ ދައްކާނަމަ ބުނާނީ މާޒިންގެ މަގުސަދަކީ އޭނާގެ ޑްރަގުގެ މައްސަލައާއި ރީމްއަށް އަނިޔާ ކުރާ ކަން ފަޅާއެރުވުން އެކަމުގެ ބަދަލު ހޯދުން…ރީމް އޭނާއަށް ކުރި އަނިޔާއަށް އެއްބަސް ނުވިޔަސް ރީމްގެ މަންމަ އެކަން ޕޮލިހަށް ހުށަހެޅުމުން މައްސަލަ އޮތީ ވަރަށް ހޫނުވެފަ.. ” ޝަނުމް ކިޔައިދިނެވެ.

“ކާއިން؟” ޝަނުމްގެ ވާހަކަ ނިމުމުން މާހިލް ކާއިންއަށް ސުވާލުގެ ރާގުގައި ގޮވާލިއެވެ.

“އަހަރެން ވެސް ވަރަށް ބޭނުން މާޒިން ހިފައި ހައްޔަރުކޮށް އޭނާއަށް ދެވެން އޮތް އެއްމެ ބޮޑު އަދަބެއް ދިނުނުން..އެކަމަކު އަހަންނަށް އެނގޭ ހުރިހާ އެއްޗެއް ކިޔައިދިނުމުގެ ކުރިން އަހަރެން ބޭނުން ޝަރުތެއް ކޮށްލަން” ކާއިންގެ އަޑުގައިވަނީ ސީރިއަސް ކަމެވެ.

“ކޮން ޝަރުތެއް އެއީ؟” މާހިލްއާއި ޝަނުމްއަށް އެއްފަހަރާ ބުނެވުނެވެ. އެ މީހުން ތިބީ ކާއިން އެއްވެސް ޝަރުތެއް ކޮށްފާނެ ކަމަށް އުއްމީދުނުކޮށެވެ.

“އަހަންނަށް އެނގޭ މާޒިން ހޯދުމުން ރީމްގެ ހަޔާތަށް ވެސް އަދި އަހަރެންގެ ހަޔާތަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން.. އަހަރެން މާޒިން ހޯދުމަށް އެއްމެ ފުރަތަމަ މަސައްކަތް ފަށައިގަތީ އެއީ ކާކުކަން ވެސް ނޭނގި.. އެއްމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަހަރެންގެ މަގުސަދަކީ އަހަރެންގެ ބައްޕައާއި މަންމައާއި ހެޔޮ ހާލުގައި ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ނުގޮސް ވާނެ ގޮތެއް ހޯދުން.. އެނގޭ ބައްޕައަކީ ވަރަށް ވަރަށް ބޮޑު ކުށެއް ކޮށްފައި ހުރި މީހެއްކަން… އެކަމަކު ބައްޕަ އެކަންތައް ދޫކޮށް އިސްލާހުވެއްޖެ…އެއީ މިހާރު މުޅިން އެހެން މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެ.. ބައްޕަ ކުރިން މިކަންތަކުގައި އުޅުނު ކަމުގެ ހެކި ކުޑަކޮށް ފެނުނަސް މިހާރު ބައްޕައާއި މިހިނގަމުންދާ އެއްވެސް ކަމަކާއި ނުގުޅެވޭނެ.. އެއީ މިހުރިހާ ކަމެއް މި ހިނގަނީ ބައްޕަ މިކަމާއި ދުރުވުމުން ދޭ އަދަބެއްގެ ގޮތުގައި ކަމަށް ވާތީ.. އެހެންވީމަ އަހަރެންގެ ޝަރުތަކީ މައްސަލަ ނިމޭ ދުވަހު ބައްޕަ ޖަލުން މިނިވަންކުރުން..،އަދި ބައްޕަގެ މައްޗަށް ޝަރީއަތެއް ނުހިންގާ.. އެހެންކަމުން އެއީ ވުން އެކަށީގެންވާނެ ކަމެއް ކަން ޔަގީން” ކާއިން ވާހަކަ ދައްކަމުން ދިޔައީ ޝަނުމް އަށާއި މާހިލްއަށް ބަލަމުންނެވެ.

“މާފުކުރޭ ކާއިން، ކުށްވެރިން ދޫކުރެވޭ ފަދަ އެއްވެސް ޝަރުތެއް އަހަންނަކަށް ނުކުރެވޭނެ.. ހާއްސަކޮށް ކަމަކަށް އިއުތިރާފު ވެފައި އޮތް މީހެއް ދޫކޮށްލުމަކީ މުޖުތަމައުއަށް ވެސް ދެވޭ ކިހާ ގޯސް މެސެޖެއް” މާހިލް އުޅުނީ ކާއިންއަށް ވިސްނުވައިދޭށެވެ. އެހެންނަމަވެސް ބައްޕަ ސަލާމަތް ކުރުމަކީ އެއްމެ މުހިއްމު ކަމަކަށް ދެކޭ ކާއިންއަށް މިކަންތައް ވިސްނޭނެ ހެއްޔެވެ؟ ކާއިން އެތަނުން ދާން ހިނގައިގަތެވެ. މިހާ އަވަހަށް ގޮތް ދޫކުރަން ބޭނުން ނުވާތީއެވެ.

“އަހަރެން މާޒިން ހޯދައި ރީމްއަށް އެހީވެދޭނަން.. އެކަމަކު ބައްޕަ މިނިވަންކޮށްދީފި ނަމަ މިއަށް ވުރެ ބައިވަރު ކަންތަކުގައި އަހަންނަށް އެހީވެދެވޭނެކަން ބުނެލަން” ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން ކާއިން ބުނެލިއެވެ.

“އެހެން ކޮން ކަންތަކެއް” މާހިލް އެހެން އަހާލުމުން ކާއިން ފަހަތަށް އެބުރި ލުއިކޮށް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން އެތައް ކަމެއް އަންގައިދިނުމުގެ ގޮތުންނެވެ.

“އެކެއް، މީހެއްގެ މަރުގެ ތަހުގީގު ނިންމާލެވޭނެ.. ދޭއް، ރާއްޖޭގެ އެތައް ޑްރަގް ވިޔަފާރިތަކެއް ހުއްޓުވޭނެ… ތިނެއް، ރާއްޖޭގައި ފަށަން އުޅޭ އެއްމެ ބޮޑު ޑުރަގު ވިޔަފާރި ހުއްޓުވޭނެ.. ހަތަރެއް، ރާއްޖެއިން ބޭރުން ރާއްޖެއަށް ޑްރަގް ސަޕްލައި ކޮށްދޭ އެއްމެ ބޮޑު ސަޕްލަޔާރގެ މައުލޫމާތު.. އަދި އޭނަ ބިމާއި ހަމަ ކުރެވިދާނެހާ މައުލޫމާތުވެސް އެބަހުރި…” އަތުގެ އިގިލިތަކުން ފަހަރަކު ކަމެއް ދައްކަމުން ކާއިން ބުނެލިއެވެ.

ކާއިންއަށް އެ ހުރިހާ މައުލޫމާތެއް އެގުނީތީ މާހިލްއާއި ޝަނުމްއަށް ލިބުނީ ޝޮކެކެވެ. ކާއިން އޭނާއަށް އެނގޭ ކޮންމެ ކަމެއް ކިޔައިދެމުން ދިޔައިރު މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ.

“ކާއިން، ކިހިނެތް ތި ހުރިހާ ކަމެއް އެނގުނީ” ހައިރާންކަމާއި އެކީ މާހިލް އަހާލިއެވެ.

“ބައްޕަ ސަލާމަތްކުރަން އަހަރެން ކުރި މަސައްކަތުން އަހަންނަށް މި ހުރިހާ ކަމެއް މި އެގެނީ.. އެހެންވީމަ ކީކޭ ބުނާނީ؟” ދެ ބުމަ މައްޗަށް އަރުވާލަމުން ކާއިން ފަހު ޖުމްލަ ބުނެލިއެވެ.

މާހިލްއާއި ޝަނުމް އެކަކު އަނެކަށް ބަލާލިއެވެ. ކާއިން ބުނެދޭނެ ކަމަށް އެބުނާ ކޮންމެ ކަމަކަށް ވަކިވަކިން ބަލާލިއަސް އެއިން ކޮންމެ ކަމަކީ ވެސް މާހިލްއަށާއި ޝަނުމްއަށް މުހިއްމު ކަންތަކެވެ.

“ތިކަން ކޮށްދޭނަމޭ ބުނެ އަހަރެން ވައުދުތަކެއް ނުވާނަން.. އެކަމަކު ކާއިންގެ ބައްޕަ މިނިވަންކޮށްދިނުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އަހަރެންގެ ފަރާތުން ކޮށްދޭނެ ކަމަށް ވައުދުވަން… އެކަމަކު އެއީ ތި ބުނި ހުރިހާ ކަމެއް ފުރިހަމަ ވެއްޖެނަމަ” މާހިލް ވެސް ކޮށްލީ ޝަރުތެކެވެ. ކުށަކުން އިސްލާހުވެފައިވާ މީހަކަށް އަދަބު ދިނުމަށްވުރެ އެތައް ކުށްވެރިންނެއް ހައްޔަރުކުރުމަކީ މާ ބުއްދިވެރި ގޮތެއް ކަން ޔަގީނެވެ. އެހެންނަމަވެސް އޭނާ ވަޒީފާ އަދާ ކުރާ ބައިގެ ގޮތުންނާއި އަދިވެސް އެތައް ކަމަކާއި އެކީ އެއީ މުޅިން އޭނާގެ އަތުގައި އޮތް ނިންމުމެއް ނޫނެވެ.

“އެއްމެ ރަނގަޅު..” އެހެން ބުނެލުމަށްފަހު ކާއިން އައިސް އޭނާ ކުރިން ވެސް އިން ގޮނޑީގައި އައިސް އިށީނެވެ. ކާއިން އެހާ އަވަހަށް ގޮތް ދޫކުރީ ތީ ޝަނުމް ހުރީ ހައިރާންވެފައެވެ.

“މާޒިންގެ މަގުސަދު އެއްމެނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެގިއްޖެއެއްނު.. އެހެންވީމަ ހިނގާ އޭނަ ކުރި ކަންތައް ކިޔައިދޭން ފަށަމާ އޭރުން އެކަންތައް ހައްލުކޮށް އޭނަ ހޯދަން ފަސޭހަވާނެ” ކާއިން އިސްނަގައި އެމީހުންގެ ތަހުގީގާއިން ކުރިއަށް ހިނގައިގަތެވެ.

“އަހަރެން ފަށާނަން. އެއްމެ ފުރަތަމަ އެހެން މީހެއް ފޮނުވައިގެން މާޒިން ރީމްއަށް މަގުމަތިން އުނދަގޫ ކުރަން ފެށީ.. އެތައް ފާރަލުމަކާއި އުނދަގޫ ކުރުމަށްފަހު އެމީހުންނަށް ރީމްގެ ވޮލެޓު ލިބުނު.. އެހިސާބުން އެމީހުން މަގުމަތިން އުނދަގޫ ނުކުރޭ.. އަހަންނަކަށް އަދިވެސް ނޭނގޭ މީހެއްގެ ވޮލެޓް ނަގައިގެން މާޒިން އަށް ލިބޭނެ ފައިދާއެއް.. ރީމްއަށް ވުރެ ގިނަ ފައިސާ އޭނަ އަތުގައި ހުންނާނެކަން ޔަގީން.. އެޔަށްފަހު އޮންނާނީ އައިޑީ ކާޑު.. އެއިން ކޮން ކަމެއް ކުރެވޭނީ” ޝަނުމް ފަށައިގަތެވެ. މާޒިން ހޯދުމުގެ ވަރުގަދަ އަޒުމެއް އެއްމެންގެ ހިތުގައި ވެސް ވެއެވެ.

“މިއޮތީ ރީމްއަށް ފާރަލާ މީހާގެ ފޮޓޯއެއް.. އެކަމަކު މިހާރު އޭނަ ހުންނާނީ ނޭނގޭހެން ސޫރަ ބަދަލުކޮށްފަހެން ވަރަށް ހީވޭ” މާހިލް އޭނާ އަތުގައި ޕުރިންޓްކޮށްފައި އޮތް ފޮޓޯގަނޑު ކާއިންއަށް ދައްކާލިއެވެ. މިއީ ރީމްގެ އޮފީހުގެ އަހަރީ ޖަލްސާ އޮތް ރޭ ރީމް ނަގާފައި އޮތް ފޮޓޯގަނޑެކެވެ.

“މިއީ އަހަންނަށް އެދުވަހު އަނިޔާ ކުރި މީހެއްގެ ތެރެއިން އެކަކު.. ވަރަށް ހީވޭ.. ހަމުގެ ކުލަ ދޮން.. އިސްތަށިގަނޑު މިއަށް ވުރެ ތަންކޮޅެއް ދިގު.. އެމީހާގެ އަތުގައި އޮތް ކަޅުކުލައި ފަށެއް އަޅާފަވެސް… ” ކާއިން ހަނދާނަށް އަންނަމުން ދިޔަ ވަރަކަށް އެމީހާގެ ސިފަތައް ކިޔައިދެމުން ދިޔައެވެ.

“ކޮން ދުވަހަކު ކާއިންއަށް މިމީހާ ފެނުނީ؟” ކާއިން ކިޔަމުން ދިޔަ ސިފަތައް އަތުގައި އޮތް ގަނޑުގައި ލިޔަމުން ދިޔަ މާހިލް އަހާލިއެވެ.

“މި އަނިޔާތައް ލިބުނު ދުވަހު… އަހަރެން އެހެން މީހުން ކައިރީ މިއީ އެކްސިޑެންޓެއް ކަމަށް ބުންޏަސް އެ ދުވަހު އެކްސިޑެންޓުގެ އިތުރުން ބަޔަކު މީހުން އަހަރެން ގޮވައިގެން ގޯޅިގަނޑަކަށް ވަދެ ވަރަށް އަނިޔާކުރި.. އެތާ ތިބީ ފަސް ވަރަކަށް މީހުން.. އެމީހުން ކޮންމެ މީހެއް އަތުގަވެސް އަނިޔާކުރާނެ އެއްޗެހި މަދުނުވާނެ ވަރަށް ހުރި.. އެތަނުން އެކަކު އުޅުނު އަހަރެން މަރާލަން ވެސް އެކަމަކު މި މީހާ ބުނީ އަދި އިހަށް މަޑުކުރާށޭ.. ބޮސް އެންގީމަ ނޫނީ އިތުރު ކަމެއް ނުކުރެވޭނެއޭ” ކާއިން އެދުވަހު ވީ ކަންތައް މިއަށް ވުރެ ބޮޑަށް ތަފްސީލްކޮށް ޝަނުމް އަށާއި މާހިލްއަށް ކިޔައދިނެވެ.

“އެހެންވީމަ މާޒިން އެކަނި ހުރެގެން ކުރާ ކަމެއް ނޫން ދޯ މިއީ.. މިކަމުގެ ފަހަތުގައި އެތައް ބަޔަކު އެބެ ތިބި” ކާއިންގެ ވާހަކަތައް ނިމުމުން ޝަނުމް ބުނެލިއެވެ.

“އާން، އެކަމަކު އެ މީހުންގެ އިސްމީހަކަށް ހުންނަނީ މާޒިން.. އެހެންވެ އޭނަ ހޯދަން މިހާ އުނދަގޫ މިވަނީ… ދެން ކޮން ކަމެއް ރީމްއަށް ދިމާވީ؟” ކާއިން އަހާލިއެވެ. ކަންތައް ހިއްސާކުރަން ފެށުމުން އަލިމަގެއް ފެންނަން ފަށައިފިއެވެ.

“ދެން ދިމާވީ ކަމަކީ މީހެއްގެ މަރު.. އަހަރެން ކުރިމަތީ ނަގާލި ފުރާނައަކަށް ވިޔަސް އަހަންނަކަށް ނޭނގެ އެއީ ކާކު ކަމެއް.. އެމީހާގެ މޫނުގައި ފޮތިގަނޑެއް އަޅައި އެތައް އަނިޔާއެއް ދީ މަރާލީ..” ޝަނުމް ވަނީ މީގެ ކުރިންވެސް މާހިލްއާއި މި ވާހަކަތައް ހިއްސާކޮށްފައެވެ.

“އެ މީހަކީ މީގެ ދުވަސްކޮޅެއް ކުރިން ގެއްލިގެން، އާއިލާއިން މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ މީހެއް… އެމީހަކީ ވަރަށް ގިނައިން ދަތުރުކޮށް ހަދާ މީހެއް ކަމުން އާއިލާއިން އޭރަކު އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ… އެކަމަކު މާ ގިނަ ދުވަސްވެ ހަބަރެއް ނުވާތީ އެއްމެ ފަހުން އުޅޭ ތަނެއް ހޯދަން ފަށައިގަތީ… އެމީހާގެ ގައިންވަނީ ފިންގާޕުރިންޓާއި އެހެން މީހެއްގެ ޑީއެންއޭ ފެނިފައި.. އެކަމަކު ދިވެހިރާއްޖޭގައި އެކަންތައް ރިކޯޑްކޮށްފައި ހުންނަ ޑޭޓާ ބޭސްއެއް ނުހުންނާނީ އަހަރަމެންނަށް އެމީހަކީ ކާކު ކަން ބުނަން އަދިވެސް ނޭނގޭ.. ސިސްޓަމުގައި ހުރި މައުލޫމާތުގައި ނެތް މިމީހެއްގެ ނަމެއް.. މާލޭގައި އުޅޭ ގޭންގުތަކުގެ ކަމަކަށް ވެދާނެ ކަމަކަށް ބަލައި އެ މީހުން ގެނެސް ސުވާލުކޮށްވެސް ހަދައިފިން.. ބަޓް ސްޓިލް ނޯ ލަކް” ފަހު ޖުމްލަ މާޔޫސްވެލާފައި މާހިލް ބުނެލިއެވެ.

“ވެލް ތި ކަމުގައި ވެސް އަހަންނަށް އެހީ ވެދެވިދާނެހެން ހީވޭ!! މާޒިން ހޯދަން ވެގެން އޭނަ ކުރިން އުޅުނު ގެޔަށް ދިޔައިރު އަހަންނަށް އެގޭ ތެރެއިން ފެނުނު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް.. އަހަރެން އުޅުނީ އެ ވަގުތު އެމީހާގެ މަރުވެފައި އޮތް ވާހަކަ ރިޕޯޓްކުރަން.. އެކަމަކު އޭގެ ކުރިން އެދުވަހު މާޒިންއަށް އަހަރެން ފެނިގެން އެދުވަހުވެސް އަނިޔާކޮށްފަ ދިޔައީ.. ދެވަނަ ދުވަހު ވެސް އަހަރެން ދިޔައިން.. ނަސީބަކުން އެ ދުވަހު މާޒިންގެ އެއްވެސް އުދަގުލެއް އަހަންނަކަށް ނުފޯރާ.. އެ ދުވަހު އަހަރެން މަރުވެފައި އޮތް ހަށިގަނޑު ބެލިއިރު އެމީހާގެ މޫނުމަތީގައި އޮތް ފޮތިގަނޑު އޮތީ ނަގާފަ.. އެހެންވެ އަހަރެން ވާ ވަރަށް ފޮޓޯ ނެގިން.. އެދުވަހުވެސް ބޭނުންވާ މައުލޫމާތު ނުލިބޭތީ އޭގެ ފަހުން ތިންވަނަ ފަހަރަށް ވެސް އަހަރެން އެގެޔަށް ދިޔައިން.. އެކަމަކު އެމީހާގެ ހަށިގަނޑެއް އެތާގައި ނެތް” ކާއިން ކިޔައިދިނެވެ. ކަންތައްތައް އެގެމުންދާ ވަރަކަށް މާޒިން ކުރަމުންދާ ކަންތައް އޭގެ މަގުސަދާއި އަދި އެހެންވެސް ކަންތަކާއި ގުޅުވެމުން ދިޔައެވެ. ކާއިން އޭނާގެ ފޯނުގައި ހުރި ފޮޓޯގަނޑުތައް ޝަނުމްއާއި މާހިލްއަށް ދެއްކިއެވެ.

“ފެހި ކުލައިގެ ޓީޝާޓެއް ދޯ… ތި މީހަކީ މީގެ ދެތިން ދުވަސް ކުރިން ކަނޑުން ނެނގި މީހާއަށް ވުން ވަރަށް އެކަށީގެންވޭ.. ކަނޑުގެ އޮއި ބާރުކަމުންނާއި އެކީ އެމީހާގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑު ގެއްލުން ތަކެއް ލިބިފައި..ގުނަވަންތައް ވެސް ވަކިވެ ރަށެއްގެ ގޮނޑު ދޮށަށް ލައްގާފަ ވަނީ” އެމީހުން ތަހުގީގު ކުރަމުން ދާ މަރުގެ މައްސަލައަކާއި މިކަމާއި ގުޅުމެއް ވާހެން ޝައްކު ކުރެވޭތީ ބުނެލިއެވެ. ކަނޑުން ފެނުނު މީހާގެ ގައިން ވަނީ ފެހި ކުލައިގެ ފޮތީގެ ބާވަތެއް ފެނިފައެވެ.

“އަހަރެން ހިތަށް އަރާ މާޒިން މިހާ ބޮޑަށް މިކަންތައް ކުރާ އިރުވެސް ފަޅާނާރަނީ ކީއްވެ ބާއޭ؟” ދެކޮޅަށް ބޯހޫރުވާލަމުން ޝަނުމް ބުނެލިއެވެ.

“އެއީ އޭނަގެ މޮޅުކަން.. މީހުން ހައްލާލުމާއި ބިރުދެއްކުމުގައި ފަހެއް ނުޖެހޭނެ.. ބޭނުންވާ ގޮތަށް ކަމެއް ނުވެއްޖެނަމަ އެކަން ކުރާނެ އެހެން ދިހަ ގޮތް އޭނާގެ ސިކުޑީގައި ރޭވިފައި އޮންނާނެ…  އެހެން ބުނީމަ ހަނދާނަށް މިއައީ ޝަނުމް މެން މެރީ ކުރިރޭ އިމާރާތުގައި ރޯކޮށްލީ މާޒިން ކަމަށް ރީމް ބުންޏެއްނު.. އަހަރެން ޗެކްކުރި އިރު މާޒިން ވަނީ އިމާރާތުގެ ސެކިއުރިޓީ އެރޭ އެއްކޮށް ފުހެލާފަ.. އަދި އޭނަ އެކަން ކުރަން އުޅުނު ތަން އޮފީހުގެ އެހެން މުވައްޒަފަކަށް ފެނިގެން އޭނަ އެއްވެސް މައުލޫމާތެއް ހާމަކޮށްފާނެތީ އޭނައަށް ވާ ވަރަށް ލާރިދީ ވަނީ ބިރުވެސް ދައްކާފަ.. އެކަމަކު އެމީހާ ފަހުން އެއީ ގޯސްކަމެއް ކަމަށް އަމިއްލައަށް  ވިސްނިގެން އައިސް އަހަންނަށް ވީ ގޮތް ތެދަށް ކިޔައިދިން.. ދެރައީ އެކަން އެނގުނަސް މާޒިން ހޯދުމަށް އެކަމުން އެއްވެސް އެހީއެއް ނުވެވޭނެކަން”

“ތިހެން ނުބުނޭ.. ދެންމެ މި ދެއްކި ވާހަކަތަކުން އެކަނި ވެސް އެތައް ކަމެއް އަހަރަމެންނަށް އެގިއްޖެ.. މާޒިންއަށް މިއަދު އޭނާ ބޭނުންހާ ގޮތަކަށް އުޅެވިދާނެ.. އެކަމަކު އަހަރަމެންގެ ބާރު ދަށަށް އައުމަށްފަހު އެކުރި ކޮންމެ ކުށަކަށް އަދަބު ދެވޭނެ.. އޭނަ ކުރި ކޮންމެ ކަމެއް އިސްހާލުކޮށް ހައްގުތައް ގެއްލުނު މީހުންގެ ހައްގުތައް ހޯދައިދޭނަން” މާހިލް ޔަގީން ކަމާއި އެކީ ބުނެލިއެވެ.

“ތިއީ އަހަރެން ވެސް ބޭނުންވާ ގޮތް” ޝަނުމް މާހިލްގެ ވާހަކަތަކަށް ތާއީދުކުރިއެވެ.

“އަހަރެން ވެސް… ދެން އަވަހަށް ހިނގާ މީނަ ހޯދުމައިގެން އުޅެން.. ” ޝަނުމްއާއި މާހިލްއާއި އެއްބައިވެލަމުން ކާއިން ބުނެލިއެވެ. ތިން މީހުންގެ ވެސް އަޒުމް ވަރުގަދަކަން ބަދަލުކޮށްލި ހިނިތުންވުމުން އެގިގެން ދިޔައެވެ.

“ކާއިން ބުނީމެއްނު ރާއްޖޭގައި މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ފަށަން އުޅޭ ވާހަކަ.. އެއީ ހަމަ ތެދެއްތަ؟” ފުލުހުންގެ އިންޓެލްއަށް އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ އޭނާއަށްވެސް އެކަން އެނގޭނެކަން ޔަގީނެވެ. އެހެންނަމަވެސް އެއްވެސް ގޮތަކުން މިކަމުގެ ކުޑަ އިޝާރާތެއް ނަމަވެސް އޭނާއަށް ލިބިފައެއް ނެތެވެ.

“އާން!! ….” ކާއިން މިއުވާންގެ އިމާރާތުގައި މާޒިން ކުންފުންޏެއް ހުޅުވައި އެ ކުންފުނީގެ އެހީގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ހަބަރު ދިނެވެ. އަދި އެ މީހުން ވިޔަފާރި ކުރަން އުޅޭ ގޮތާއި ގެންނަން އުޅޭ މަސްތުވާތަކެތީގެ ލިސްޓެއް ދިނެވެ. އެ ލިސްޓާއި އެކު އެމީހުން ރާއްޖޭގައި ތިބި މި ވިޔަފާރީގައި ބައިވެރިވާ މީހުންގެ ލިސްޓު ވެސް ދިނެވެ.

“ޝުކުރިއްޔާ ކާއިން! މި ލިސްޓުން އެކަނި ވެސް އެތައް ކުށްތަކެއް ހުއްޓުވޭނެކަން ޔަގީން… ޑްރަގްސް އަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް.. އެތައް ފުރާނައެއް ނެތި އެބަދޭ.. މިކަމާއި ހެދި ދަރިން ހަލާކުވެ މައިންބަފައިން އޭގެ އަސަރުގައި ޖެހި އާއިލާތައް ރޫޅެމުން އެބަދޭ.. މިކަމުގެ ބަދަލުގައި ކާއިންއަށް އަހަރެންގެ އަމިއްލަ ނަމުގައްޔާއި މުޅި މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރަން.. އިރާދަކުރެއްވިއްޔާ މި ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލު ކޮންމެވެސް ދުވަހަކުން ލިބޭނެކަން ޔަގީން” މާހިލްއަށް އެތައް ފަހަރެއްގެ މަތިން ކާއިންއަށް ޝުކުރު އަދާކުރިއެވެ.

“އަދިވެސް އަހަރެން ދައްކަން ބައިވަރު ވާހަކަތައް އެބަ ހުރި.. އެކަމަކު އެ ވާހަކަތައް ދައްކާނީ އަދި އަހަރެން ގަދަވުމުން..” ކާއިން ބުނެލިއެވެ. މާހިލް މާޒިން ހޯދަން ދިޔުމުގެ ކުރިން އަމިއްލައަށް މާޒިން ހޯދައި އޭނާއަށް ދެމުންދާ ހިތިކަމާއި ވޭނުގެ ރަހަ ދައްކާލަން ބޭނުން ވާތީއެވެ.

ތިން މީހުން އެތައް އިރެއް ވަންދެން މި ކަންތަކުގެ ވާހަކަތައް ހިއްސާކޮށްލަން ތިއްބެވެ.


 

އަޝްވާއަށް އޮފީހުން ގެޔަށް އާދެވުނީ ހަވީރު ފަހެއް ޖަހާ ބޮޑުވެފައި ވަނިކޮށެވެ.

“ދަރިފުޅާ، އާދެބަލަ.. ހާދަ ލަހުން މިއަދު އޮފީސް ނިންމާލާފަ ތި އައީ” އެވަގުތު ސިޓިންރޫމުގެ ސޯފާގައި ހަފީޒާއާއި އެކު އިން އަސްރާރުއަށް އަޝްވާ ފެނުމުން ގޮވާލިއެވެ.

“ލައްބަ.. މިދުވަސްކޮޅު އޮފީހަށް ނުދެވޭތީ ނުނިމި ހުރި ބައިވަރު މަސައްކަތްތަކެއް އެބަ ހުރި” ބައްޕަ ގޮވާލުމުން އެހެން ބުނެލަމުން އަޝްވާ ގޮސް ސޯފާގައި އިށީނެވެ.

“ބައްޕަ ބުނަމެއްނު  ދަރިފުޅު ތިހާ ބުރަކޮށް އުޅޭނެ ކަމެއް ނެތޭ… މިގޭގަ މިހާ ވަރަށް އަންހެނުން ތިބޭ އިރުވެސް އެއެއްމެންނަށް ސައި ހަދާފަ ނޫނީ ދަރިފުޅަށް އޮފީހަށް ދެވޭ ކަމަކަމަށް ނުވޭ.. ” އަސްރާރު އެތައް ފަހަރެއްގެ މަތިން އަޝްވާ ކައިރިން މަސައްކަތްތައް މަޑު ޖައްސާލުމަށް އެދެއެވެ. ހާއްސަކޮށް އަޝްވާގެ ބައްޔެއް ހުންނަން ކަން އެނގުނު ދުވަހުން ފެށިގެންނެވެ. ހަފީޒާވެސް އަޝްވާ އަށް އެތައް ނަސޭހަތެއް ދިނެވެ. އެހެންނަމަވެސް އެއީ ކޮށްކޮށް ކަށީގައި ހަރުލާފައި ހުރި ކަމަކަށް ވުމުން އަދިވެސް އެކަމާއި ދުރުވެވޭ ގޮތެއް ނުވެއެވެ.

“ދެން އެހެންނުވެވޭތޯ މަސައްކަތް ކުރާނަން” އަސްރާރު އާއި ދިމާލަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“އާން މައްސަލައެއް ނެތް.. ބައްޕަ ދަރިފުޅަށް މި ގޮވީ އަދި މިވާހަކަ ދައްކާކަށް ނޫނޭ.. ދަރިފުޅާއި ބައްދަލުކޮށްލަން މިއަދު މިއުވާން އޮފީހަށް ދިޔަތަ” އަސްރާރު އަހާލިއެވެ.

“ލައްބަ، މިއުވާން ހުޅުމާލޭގައި އަޅާ އިމާރާތް ވެސް މި އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ބޭނުންވާތީ އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށްލަން އައިސް ވަރަށް ގިނައިރު އިން” މިއަދު ހެނދުނު މިއުވާން އޮފީހަށް އައިސް ދެއްކި ވާހަކަތައް އަޝްވާ އަސްރާރުއަށް ކިޔައދިނެވެ.

“ދަރިފުޅު ބުނީމެއްނު ބައްޕަ ދައްކާ މީހަކާއި އިންނަން ދަރިފުޅު އެއްބަސް ވާނެ ވާހަކަ.. މީގެ ދުވަސްތަކެއް ކުރިން މިއުވާން ބައްޕައަށް ގުޅައި ދަރިފުޅުގެ ވާހަކަ ވަރަށް ގިނައިން ދެއްކި.. ބައްޕައަށް ހީވަނީ މިއުވާން އަޝްވާއާއި ގަޔާވާހެން.. ދަރިފުޅަށް ވެސް އެނގޭނެ މިއުވާން އަކީ ރަގަޅު އަހުލާގެއްގެ ވެރިއެއްކަން.. އެހެންވެ ބައްޕަ ބުނިން އަޝްވާގެ އެއްވެސް މައްސަލައެއް ނެތް ނަމަ ބައްޕަ ތި ގުޅުމަށް މަރުހަބާ ކިޔަމޭ” އަސްރާރުގެ އެއްމެ ބޮޑު އެއް ހުވަފެނަކީ އަޝްވާ މީހަކާއި އިނދެ ދިރިއުޅުމެއް ފަށާތަން ދުށުމެވެ. އެހެންކަމުން އެކަން ކުރުމަށް އޭނާގެ ފަރާތުން ވެވޭ އެއްމެ ބޮޑު އެހީއެއް ވާނެ ކަން ޔަގީނެވެ.

“ބައްޕާ!  މިއުވާން އަކީ ހަމައެކަނި ކުލައިންޓެއް، އެ ނޫން އެހެން ގޮތަކަށް އަޅުގަނޑު މިއުވާން އާއި ދޭތެރޭ ނުދެކެން.. ” ބައްޕަ ދައްކާ މީހަކާއި އިންނަން އެއްބަސް ވިޔަސް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް ވާކަމަށް އަޝްވާ ގަބޫލުކުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. އެ ޝަރުތު މިއުވާންގެ ގަޔަކު ނެތްކަން ޔަގީނެވެ.

“ބައްޕަ ނެތިން ދަރިފުޅަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރާކަށް.. އެއީ އެއްމެ ފުރަތަމަ ދުވަހުވެސް ބައްޕަ ބުނި ވާހަކަ.. އެކަމަކު މިރޭ ހިނގާ ބައްޕައާއި އެކީ މިއުވާން މެން ގެޔަށް ދާން.. މިއުވާން ދިން ދައުވަތަކަށް ނޫނެކޭ ނުބުނަން ބައްޕަ ބުނެފިން އެގެޔަށް މިރޭ ދަރިފުޅު ގޮވައިގެން ދާނަމޭ.. ” އަޝްވާ ނޫނެކޭ ބުނުމުން އަސްރާރު ދެރަވިއެވެ. އެހެންނަމަވެސް އޭނާއަށް އެންމެ މުހިއްމީ އަޝްވާގެ ހިތްހަމަޖެހުން ކަމަށް ވާތީ އެކަން މޫނުމަތިން ނުދައްކައެވެ.

“ދަރިފުޅު މިއުވާން އާއި ބައްދަލުކުރަން ހާސްނުވޭ.. ބައްޕަ މިރޭ ގޮސް މިއުވާންއާއި ވާހަކަ ދައްކާލާނަން..” އަޝްވާގެ މިލާފައިވާ މޫނު ފެނުމުން އެހާސްކަން ކުޑަ ކުރުމުގެ ގޮތުން އަސްރާރު ބުނެލިއެވެ.

މިއުވާންގެ ގެޔަށް ދިޔުމަށް ތައްޔާރު ވެގެން އަޝްވާ ދިޔައީ ކާއިން ހުރި ތަނެއް ބެލުމަށް އެބަޔަށެވެ. އަޝްވާ އެބަޔަށް ދިޔަ ވަގުތަކީ ޝަނުމް ޑިޔުޓީގައި އުޅެލުމަށްފަހު ހުސް ވަގުތަށް ގެޔަށް އައި ވަގުތެވެ.

“ކޮންތާކަށް ދާން މާ ރީތިވެލައިގެން” އަޝްވާ ފެނުމާއި އެކު ޝަނުމްގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ.

“މިއުޅެނީ ބައްޕައާއި އެކު މިއުވާންގެ ގެޔަށް ދާން” ޝަނުމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޝްވާ ބުނެލިއެވެ.

“ތިހާ ރީތިވެގެން ދަންޏާ މިއުވާންއާއި ދެ މީހުންގެ ކައިވެނި ކަންނޭނގެ އެއްމެ އަވަހަށް ކުރެވިގެން ދާނީ” ޖެއްސުމުގެ ރާގަކަށް ބުނެލިއަސް ޝަނުމްގެ ހިތުގެ ރިހުމަކަށް ބަދަލެއް ނާދެއެވެ. ހަސަދަވެރިވަނީ އެހެން މީހަކަށް އަޝްވާގެ ރީތިކަން ފެނިދާނެތީއެވެ.

އަޝްވާއަށް އެޔަށް ދޭނެ ރައްދެއް ނޭނގުނެވެ. އެހެންކަމުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެމީހުން އެތެރެއަށް ވަންއިރު ކާއިން އާއި ރީމް ސޯފާގައި ތިއްބެވެ.

“ކާއިން، ކިހިނެތް މިހާރު” ކާއިންއަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“ހާދަ ރީއްޗޭ މިރޭ.. ހީވަނީ ޕަރީއެއްހެން..ތިހިރަ ތޫނު ބެލުމެއް!!…” އެތާގައި އަޝްވާ ނޫން ދެވަނަ މީހެއް ހުރިކަން ވެސް ކާއިން ހަދާނުގައި ނެތް ފަދައެވެ. ތައުރީފުގެ ބަސްތައް އޮއްސަން ފެށީ ކަޅިވެސް ޖަހާނުލައި އަޝްވާއަށް ބަލަމުންނެވެ.

“ހޫ.. ދެން ތި ވަރަށް ޖެއްސުން ނުކުރިއަސް ފުދެއޭ” އަޝްވާ ކާއިންގެ އަތުގައި ކޮއްޓާލަމުން ސަމާލުކަން ހޯދަން އުޅުނެވެ. ކާއިން ތައުރީފު ކުރުމުން އެހެން ފަހަރުތަކޭ އެއް ފަދައިން ރުޅި މޫނު ހަދާލިއަސް އަޝްވާ މި ފަހަރު ވަރަށް ލަދުގަތެވެ.

“ކާއިން ތިހާ ތައުރީފު ކުރިއަސް އަހަރެން ނުލިބޭނެ އިނގޭ.. މިއުޅެނީ ބައްޕަ އާއި އެކީ މިއުވާންގެ ގެޔަށް ދާން.. ” އަޝްވާ އެހެން ބުނެލީ ކާއިން ދެރަކުރުވުމުގެ ގަސްދުގައެއް ނޫނެވެ. ކާއިން ވެސް އޭނާއަށް ޖެއްސުން ކުރާ ފަދައިން ޖެއްސުންކޮށްލުމުގެ ނިޔަތުގައެވެ. މިހާރަކަށް އައިސް އެހެން މީހުންގެ ފަރާތުން ކާއިން އޭނާ ދެކެ ލޯބިވާ ކަމުގެ ވާހަކަތައް އަޑުއިވެއެވެ. އެހެންނަމަވެސް ކާއިން ސީދާ އެކަހަލަ އެއްވެސް ވާހަކައެއް އޭނާ ކައިރީ ބުނެފައެއް ނެތެވެ.

“ދެން އެހެންވީމަ ރަގަޅު ތާ” ކާއިންގެ ހިތުގައި ޖެހުނެވެ. ސީދާ ނުބުންޏެއް ކަމަކު އަޝްވާއަށް އޭނާ ލޯބިވާކަން ނޭނގެނީ ހެއްޔެވެ؟

އެތާގައި އިތުރަށް މަޑުކުރަން ބޭނުން ނުވާތީ ކާއިން ގޮސް ކޮޓަރިއަށް ވަނެވެ.

“ކާއިން ކަމަކާ ހިތްހަމަނުޖެހިފަ ތަ” އަޝްވާ ކާއިންގެ ފަހަތުން ގޮސް އެކޮޓަރިއަށް ވަންނަމުން އަހާލިއެވެ. ކާއިން އަކީ ޖެއްސުމެއް ކޮށްލައިފިނަމަ އޭގެ ރައްދު ނުދީ ހުންނަ މީހަކަށް ނުވާތީ މިފަހަރު ތަފާތުވުމުން އަޝްވާއަށް އުނދަގޫވިއެވެ.

“ނޫން.. އަޝްވާ ނުކުރަމެއްނު އަހަރެން ހިތްހަމަނުޖެހޭ ވަރުގެ ކަމެއް” ފަރުވާ ކުޑަކޮށް އެހެން ބުނެލުމަށްފަހު ކާއިން ބެލްކަންޏަށް ނުކުތެވެ.

“ދެން ކީއްވެ އަހަރެން އެހެން ބުނުމުން އެއްޗެކޭ ނުބުނެ ތިއައީ؟” ކާއިން ދުރަށް ދާން އުޅޭ އެއްވެސް ސަބަބެއް އަޝްވާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އަޝްވާ އެކަމާއި މެދު ކުޑަކޮށް ނަމަވެސް ވިސްނާލައިފިނަމަ ޖަވާބު ލިބިދާނެ ނޫން ހެއްޔެވެ؟

” ތީ އަޝްވާގެ ދިރިއުޅުން.. އަޝްވާ ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް އެގޭނީ އަޝްވާއަށް.. އަޝްވާގެ ދިރިއުޅުމާއި ބެހެން އަހަރެން މީ ކާކު..” މި ދާ ވަރުން ދާނަމަ ކާއިންއަށް ލޯބި ހާމަނުކޮށް ހުރެވޭނެ ހެއްޔެވެ؟

“ކާއިން ތީ އަހަރެންގެ……” މިއޮތް ހާ ދުވަހު އޭގެ ޖަވާބު ދެވުނަސް މިރޭ އެޔަށް ދޭނެ ޖަވާބެއް އަޝްވާއަކަށް ނޭނގުނެނެވެ. އެހެންކަމުން އެތަނުން ދާން އުޅުނެވެ.

“އަހަރެން މީ ކާކު؟….” އަޝްވާގެ އަތުގައި ހިފައި އެހެން އަހައި އޭގެ ޖަވާބު ހޯދަން ކާއިން ނުހަނު ބޭނުންވިއެވެ. އެހެންނަމަވެސް އަޝްވާ ދިޔަ މަންޒަރު ބަލަން ހުރެވުނީއެވެ. އަޝްވާ ފަސް އެބުރި ބަލާލާ ނަމޭ އެތައް ފަހަރެއްގެ މަތިން ހިތަށް އެރިއެވެ. އެހެންނަމަވެސް އަޝްވާ އެ ދިޔައީއެވެ. ކާއިންގެ ހިތް އިތުރަށް ޒަހަމްކޮށްލާފައެވެ.

ލޯބި ހާމަ ކުރަން ކާއިން ނުހަނު ބޭނުމެވެ. އެހެންނަމަވެސް ބިރު ގަންނަނީއެވެ. މާޒިން އަޝްވާއަށް ކަމެއް ކޮށްފާނެ ކަމަށް ވުރެ ބޮޑަށް އަޝްވާ އެ ލޯބި އަބުރާ ރައްދުނުކޮށްފާނެ ބިރުވެރިކަން މާ ބޮޑެވެ. އޭރުން ކާއިންއަށް އެ ގެއްލުނީ އޭނާގެ ލޯތްބެއް އެކަންޏެއް ނޫނެވެ. އެއްމެ ގާތް އެކުވެރިޔާ ވެސް ގެއްލުނީއެވެ.


 

ޝަނުމް ކުޑަކޮށް ތާޒާ ވެލުމަށް ރީމް އާއި އެކީ ގޮސް ކޮޓަރިއަށް ވަނެވެ. މިއަދު ހެނދުނު ވީ ކަންތަކުގެ ވާހަކަ ދައްކަން ދެ މީހުން ވެސް ތިބީ ލަދުންނެވެ.

އޭނާ ލޯބިވަނީ ހަމައެކަނި އަޝްވާ ދެކެ ކަމަށް ޝަނުމް އޭނާގެ ހިތަށް އެތައް ފަހަރެއްގެ މަތިން ވިސްނުވައިދެވޭތޯ އުޅެއެވެ. އަދި އިތުރު މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ ކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރީމްގެ ބަދަލުވަމުން އަންނަމުންދާ މިޒާޖުގެ ސަބަބުން މިކަންތައް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައި ޝަނުމް ބިރުގަނެއެވެ. ރީމް އަކީ އޭނާގެ އަނބިމީހާއެވެ. ދެމަފިރިއެއްގެ ދޭތެރޭ އެކަހަލަ ގުޅުމެއް އޮވެދާނެއެވެ. އެހެންނަމަވެސް ލޯތްބަކީ މުޅިން ތަފާތު އެއްޗެކެވެ. ކުރެވޭ އަމަލުތަކަކަށް ވުރެ ބޮޑަށް އެއީ އިހުސާސްތަކެވެ. ޖަޒުބާތަކެކެވެ.

“ޝަނުމް! ހަވީރު ޑިޔުޓީ ނޯންނަ ދުވަހެއްގައި އަހަރެން ގޮވައިގެން މަންމަމެން ގެޔަށް ދެވިދާނެތަ” ދެ މީހުންގެ ދޭތެރޭ ވީ ނުތަނަވަސްކަން ނަގާލަމުގެ މަގުސަދުގައި ރީމް ބުނެލިއެވެ.

“އާން މައްސަލައެއް ނެތް.. ހޮނިހިރު ދުވަހު ދަމާ؟” ރީތިވާ މޭޒު ކައިރީގައި ހުރި ޝަނުމް ރީމްއަށް ބަލާލަމުން ބުނެލިއެވެ.

“ޝަނުމް….މަންމަ….” އެ ވަގުތު ފޯނަށް އައި މެސެޖު ކިޔާލުމަށްފަހު ރީމްއަށް ބުނެވުނެވެ. އޭގައިވާ އެއްޗެއްގެ ސަބަބުން ލިބުނު ޝޮކާއި އެކީ ރީމްގެ އަތުގައި އޮތް ފޯނު ދޫވެގެން ބިން މައްޗަށް ވެއްޓުނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (49)

Next

ތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2

Next
February 24, 2018

ތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2

Previews
February 24, 2018

ހިތާ ފުރާނައިން… (49)

68 Comments!

  1. Hai says:
    February 24, 2018 at 10:46 am

    Thanks ….??
    Mi first ya

    1. maroon says:
      February 24, 2018 at 3:48 pm

      Yay ???

  2. maroon says:
    February 24, 2018 at 10:46 am

    V gina answers libijje kamah ummeedhu kuran..dhn othy maahil aai eky maazin hoadhan ulhun. Have a lovely day

  3. aani says:
    February 24, 2018 at 11:39 am

    second
    yayy
    v v nice story eh ingey

    1. maroon says:
      February 24, 2018 at 3:48 pm

      Thanku aani.. yes ???

  4. Pinky says:
    February 24, 2018 at 11:41 am

    V v v nice

    1. maroon says:
      February 24, 2018 at 3:49 pm

      Thanku pinky ??

  5. Zaaraa says:
    February 24, 2018 at 11:41 am

    Yayayy third ??

  6. saa says:
    February 24, 2018 at 11:54 am

    Alhey masha allah maroonge story haadha reechey bunaane ehjeh ves neygea ehaa reethi alhey ashwa nd kaain gulhuvaathi nd kaain bunebala Ashwa kaeri dhw nuntha maroon nd nw ashwa ves kaain dheki loabivan fashany kahneyge alhey im so curiously waiting for ashwa wedding ah hehe ehaa avaha nunimalanjey ashwa ge loabi kudhin kolhaa eky ufaaveri dhirumeh ulhenikon nihmaalanjey hehe masha alllah v asaru kurey mi story kiyaa eru ehaame reethi nd v dheravea mihaaru kaain hiythuga loabi foruvaegen ulheythy ..curiously waiting For the next part 🙂

    1. maroon says:
      February 24, 2018 at 3:53 pm

      Thanku saa… alheh vv ufaa vejje comment kiyaalaafa .. higaa bala kaain ge biru filuvai loabi vaa vaahaka bunan dhw…eyrun egeynethaa ashwa hithuga oiy ehcheh ves. Ashwa ge wedding in sha Allah vvv bodu vaane. And its going to beautiful. I cnt wait to express the scences with u ??loves tc loves ?

  7. Azu says:
    February 24, 2018 at 12:02 pm

    Maves beynun mazin hoadhan dhaan…?vaahaka vv inreresting n vvvv loabi….
    Ashwa ah kaain loabi vaakan ingeynee kon dhuvahakun tha?? Edhemeehun mihaaru dhen gulhuvan fennanee…ekam marroon beynun gotheh ingey onnaanee…hehe…comment nukuriyas gavaidhun kiyan vaahaka…abadhhves up veytho bala balaa indhevenee…??❤????????? mee kaain ge heart ..eynee break vefa…hehe

    1. maroon says:
      February 24, 2018 at 3:56 pm

      Higaabala kaain fahathun dhaan dhw azu. Eyrun emmen ekko dhiyaima kaain ekani nuvaane ennu.. we all together can defeat him..ashwa egey scence vv salhi vaane ngey.. m sure she will be shocked . Lets see what she does to him…story mioh dhn nimen miulheny so ehaa baivaru dhuvas thake neiy.. heheheh kaain ge heart super glue laigen viyas faruvaa dheyn vy… loves tc ???

    2. Laylerr says:
      February 24, 2018 at 5:19 pm

      Hehe..hingaa dhaan maazin hoadhan..

  8. Niha says:
    February 24, 2018 at 12:09 pm

    Pls miadhu adhi Adi e part ganas dachay…
    Mi part ga Nada shanum and reem ga baya ma bodaka

  9. Niha says:
    February 24, 2018 at 12:10 pm

    Pls miadhu adhi Adi e part ganas dachay…
    Mi part ga Nada shanum and reem ga baya ma bodaka pls avaha up kodachay

  10. Icy♡ says:
    February 24, 2018 at 12:14 pm

    Wow
    Nice
    Waiting for the next part

    1. maroon says:
      February 24, 2018 at 12:37 pm

      Thanku icy ??

  11. Zaaraa says:
    February 24, 2018 at 12:21 pm

    V v v interesting ☺? komme dhuvahaku vex thinimmalani emme kiyala hiyyvaa husaabun dhen vaane ? gothakah hiyy thelhi thelhi … Hama nyvaa hifahahtai laigen mikiyalani,??kuriyah Inna part kiyalahithun Hama kehmadhuvefa??????

    1. maroon says:
      February 24, 2018 at 12:37 pm

      Ow zaaraa. U have given me so much support from the begining of the story. Thanku so much.. loves ??

  12. ashwa says:
    February 24, 2018 at 12:26 pm

    ދެން މިވާހަކަ ކިއުމުގެ ބޭނުމެއްނެތް އަޝްވާ އާއި ޝަނުމް ގުޅޭނެ އެއްވެސް މަގެއް ފެންނަން ނެތިއްޔާ ވާހަކަ ކިޔަސް ހިތަށް ވަނީ އުނދަގުލެއް. ވާހަކަ ވ ރީތި އެކަމަކު ވާހަކަ ކީމަ ދެރަވާނީ އަޝްވާ އަށް ޝަނުމް ނުލިބުނީމަ.

    1. maroon says:
      February 24, 2018 at 12:36 pm

      Thats so sad dear.. gonna miss u. ? thanku for all the support. Will always remember u ?
      ?

  13. anonymous says:
    February 24, 2018 at 12:48 pm

    yeep got it .. eyna id card nagaigen fake reemaa hedhyy dhww maroon .. e reemaa eyny ashwa ge office ga edhuhu

    1. maroon says:
      February 24, 2018 at 12:51 pm

      Now we are talking ??

  14. Hairaan says:
    February 24, 2018 at 12:49 pm

    Nala

  15. Shann says:
    February 24, 2018 at 1:03 pm

    Masha Allah mibaives v rythi… Mihaa avahah up kohla dhinythy v bodah thanks… V v furihama mibaives… Ehbayah vure anehbai maabodahves rythi… Alhe shann hithaharaa mi story ah khonmes myhaku filmeh hadhaane namaey… Hama yagyn nunves e film akahves v support libigen dhaanekan… Hama furihama kamun igey furihamaey mi bunany… Mivareh nethey hama abadhuves bunaany… Khonme manzareh genesdheyiru ves hama hyvany asleh hen… Hama molhyey buneveyney… Visnun v ves rangalhu… Storyeh liyeveyny v molhuvegen dhw n sifakurun thihaa molhah genesdheveyny adhi eahvuren molhuvyma dhw… Hama khonme bayakunves mulhin kosve… Furihama rythi story eh kiyaalan beynumihyaa maroo ge mi story hurihai kudhinves kiyaalaashey shann bunaany… Luv u n Miss u maroo…???????????????????????????????

    1. maroon says:
      February 24, 2018 at 3:38 pm

      Thats so shweet dear ❤
      Every sentence in ur comment is just so amazing …so much thanks…shann filmeh hadhanvynu.. i ll go for sure ?
      Heheh i love ur comment dear.. so.much support from u only..hurihaa dhatheh dhakkaigen hevifa mi iny… u made my day. Much love miss u dear.. hope u and ur baby is doing great.. thihaa thaureef haggutha hama ???
      ??❤??❤?

  16. Pinky shifoo says:
    February 24, 2018 at 1:05 pm

    Wow ❤️❤️❤️… Superb ???… Mi part vx v v v reethi ???… Anehkaa Reem ge mom ah kihineh v baa??? ???… Alhey dhn kaain ashvaa gaathu loabi vaakan haamakohbala… Thihen huhta ashvaa nulibidhaane… Heheheh… ???… Aslu v dheravey mihaaru kaain ulhey haalun… Ehaa loabi vaairu loabi vaakan haamanukoh hunnan haadha undhagoo vaaney… Haadha hurt vaaney ??????… Aslu vx maroon mi story akee v v asarugadha story ???… V v v reethi ???… Especially sifakurunthah n feelings thah v v v furihama genesdhyfa vaakan faahagakohlevey ❤️❤️❤️… N v ragalhu story eh mee kiyaalan… It includes so many social issues such as drugs n hindhu ah kuri aniyaathahvx… N hama ekani love eh noon dhw mi story… Love plus friendship plus family bonding vx ehaa bodah include vey ??????❤️❤️❤️… V v furihama knme partehvx n ehaame interesting ❤️❤️❤️???… Keep up the good work maroon ???… Abadhuvx edhenee maroon ah kaamiyaabu ??????… Curiously waiting for the next part ??? n this is one of the best story I have been reading ❤️❤️❤️???… Lots of love and take care ❤️????????????

    1. maroon says:
      February 24, 2018 at 3:43 pm

      Alheh haadha thaurefekey .. reem mom ah vygoiu balama next part in dhw…kaain vejjje ehen kanthah kuran kerey fadhain loabi hoadhan ves ulhen. M sure he will succeed eyrun.. hope dhw ekamah.yes mi story aky different story eh liyan gashu koggen feshi vaahaka eh. M so glad m getting this much support love u…and pinky shifoo i love ur comments.. one of my fav reader. Abadhuves ragalhu kuran vy kanathah bunedheyne much love ????

  17. click a shot ? says:
    February 24, 2018 at 1:08 pm

    Wowww..????speechless hama…?varah salhi..???.shanum ah thihiree hama reem dheke loabi vevifaey…❤️❤️❤️?dhw maroon..dhen gaboolu koh bala.?…kaain dhen ashwa ah propose..kohbala…☺️☺️☺️.mihaaru click wedding ah dhaa vegen hedhun nufehifa mihiti kaain aa hedhi…hehe…???ey anehkaa kaain as ashwa aa nugulhijiyaa…majaavaanedhw…hehe.???..mi kaain ves mi varah gothuga hifahahtaa meehekey dhw…….kaain ge rulhigandaa hedhi ashwa ah ulheveyne baavaey hitharany…???ekam ashwa dheke ehaa rulhiyeh naadhevey viyaa loabi vaavarun…❤️❤️??.by the way keep it up marooon.❤️❤️❤️❤️..love you..waittting..??????

    1. maroon says:
      February 24, 2018 at 3:46 pm

      Yh meega ulhey meehun vejje goiy dhookollan. Eyrun dhw kameh vaany ves. Birun huttakas nuvaane.hehehe wedding ge kula bunan vy dhw click avahah readykuruvan. Click nethis mikan nuvaane… rulhi ayas loabi vanya it will not matter. Because u do sacrifice in a relation ship.love u… tc ???

  18. Hairaan says:
    February 24, 2018 at 1:22 pm

    Asl Aharenves ufaavaane asvaa ah shanum libunyma.

    1. maroon says:
      February 24, 2018 at 2:19 pm

      Lets see if that happens dhw ???

  19. ssannwa?❤? says:
    February 24, 2018 at 1:23 pm

    Please kaain aa ashwa aa gulhuvaaba heyo nuvaane

    1. maroon says:
      February 24, 2018 at 2:18 pm

      Thanku dear .. might happen ???

  20. annoying reader says:
    February 24, 2018 at 1:44 pm

    alhey reem ge mamma maruvi tha? nuny heart attack eh jehuni tha? so curious to know wat happened. kaain adhi ves mazin gandu hoadhan dhaan eba ulheye mifaharu dhevuna nudhechey roon. alhey im sure miharu shanum reem dheke loabi vaahen and ashwa kaain dheke loabi vaahen. ehen vejje nama then story varah reethi vaane. but i think reem ah inge dhuvahakun she will step aside hen and ashwa and shanun marry kuran onna day eh ga dhe meehun ves realise vegen kaain and reem gaathah dhaani hen. anyway its best ashwa and kain gulhen,both carriers wont b happy marry kuriyas. so maroon mazin kobaitha? miharu vadhefa oh thaneh ves ingeni eh noon dhw. hehe waiting for the next part ilove it

    1. maroon says:
      February 24, 2018 at 2:18 pm

      Hehehe… someone is going to die. Maybe her…kaain tracking device ge info nudhinee hama ekani dhaan vegen. But lets see if he gets the chance dhw. Shanum e ulheny admit nuvaan egen loabi vaa kamah…heheh u r refering to the intro dhw.. heheh yes eyga in gothah mi liyany…maazin hoadhan molhu trapeh jehey thw miulheny. Thanku so much ??? always love ur comments ❤

  21. broken ? says:
    February 24, 2018 at 1:57 pm

    alhey u got the talent just amazing story eh i jus love it superb mashaa allah u r such a good talented writer lots of love kyhve reply nukurany adhi eh part miadhu noony mirey namaves please plx please plx please plx please plx please plx please plx please plx please plx please plx please plx please plx please plx please plx please please ❤❤❤❤❤❤❤❤❤❤

    1. maroon says:
      February 24, 2018 at 2:15 pm

      Busy kamun reply nukurevigen miulheny. I will try my best ngey. Ekam yageen koh buneveyny tmrw ey ?? vvv ufaa dear ge comments thah thihaa laobi koh libeythy ?

  22. Kkk says:
    February 24, 2018 at 2:05 pm

    Alhey ashwa aa kaain gulhuva bala…dhen kkk varah dhera ve abadhu kaain dhera kuraathii..shanum vx mihaaru e ulhenee reem dheke lwbi vaakan gaboolu nukuran..dhn mi story aa medhu goi hus vejje mihaaru…shanum alah nikere reem aa medhu ainbakaa dheytherey kanthah kuraa fadhain kanthah kuraakah..kaain akah nukere lwbi vaakan haama kuraakah…haadha hevvaey dhw dhen…kommes ekaku iss nagan vejje dhew mihaaru…miuvaanu aa ashwa nugulhuvaathi….kaain and ashwa only…..maroon faadu kiun thah ginakuraashey bunumun mi faadu kiyaa lee…maroon upset viyaa dhn vrh bodah swrry…..bt mi story hama habeys…..???

    1. maroon says:
      February 24, 2018 at 2:13 pm

      Its okay dear. Evves gothakah upset nuvey.. story nimey goiy egeythy m not even a lil bit upset. But vvv ufaa vejje kkk ge comment kiyaalaafa. V bodah shukuriyya ???
      Thikahala faadu kiyunthah ufalaai eky bailai gannan.everyone will find there path of the journey story bimey iru. Hope nimendhn ves thi gothugai hunnaane kamah ?? lovss tc

  23. ބުރޯ says:
    February 24, 2018 at 2:05 pm

    Maroon ގެ ތިޔަ އަސަރުގައި ޖެހި ރަނގަޅަށް ވެސް ގައިދުވެއްޖެ ?

    1. maroon says:
      February 24, 2018 at 2:11 pm

      Hehe. ???

  24. Kkk says:
    February 24, 2018 at 2:37 pm

    Thank u so much…dhn kkk happy vaakahala ending eh dhew ehn veema genes dheynee….
    I❤U……

  25. Princess ashly says:
    February 24, 2018 at 2:40 pm

    Wow.story v reethi.waiting for the next part

  26. Kiuntheriyaa says:
    February 24, 2018 at 3:04 pm

    Nice story ehves kujjaku dhera kollaafa vaahaka ninmaanukaathi keep it maroon

  27. Shudha says:
    February 24, 2018 at 3:18 pm

    woooaaaahh… v gina answers libijje inge… alhe reem mamma ah kihineh v baa? kaain mihaaru ashwa dheke loabivaa vaahaka bunan lasvejje… findi kaain… miuvaan aa ashwa nugulhuvaathi… atleast give ashwa a clue about kaain’s feelings… there still the twin mystery unsolved… avahah maazin hayyaru kurachey… he is destroying everyone’s lives… Masha Allah v reethi mi part ves.. waiting for next part… loveeeeeeess

  28. Zuam says:
    February 24, 2018 at 3:25 pm

    Alhey….. varah varah varah reethi
    Waiting
    ❤❤❤❤❤❤❤❤❤❤

  29. Maikko says:
    February 24, 2018 at 3:44 pm

    Varah reeethi…. Waiting for the next part…… Its so nice

  30. maroon says:
    February 24, 2018 at 3:58 pm

    Hello guys.. if you have time plz do read about hypothyroidism… ashwa has it and eyge problems balaalahchey.. nubeley kudhinna maroon story therein kudakoh kiyaa dheynan

  31. Laylerr says:
    February 24, 2018 at 5:22 pm

    Wow ..varah reethi story..hama obinous to the max???????

    1. maroon says:
      February 25, 2018 at 2:24 pm

      thanku dear ??

  32. Eleven says:
    February 24, 2018 at 6:02 pm

    ❤❤varah reethi❤❤

    1. maroon says:
      February 25, 2018 at 2:24 pm

      thanku eleven??

  33. Ashwa says:
    February 24, 2018 at 6:22 pm

    wow v reethi inthixaaru kureveny next part ah. haadha loabekey shanum ashea dheke thivany miss u shanu v loabi vey ngey ash vx. aaa maroon haadha molhey…. dhn thi maazin hodhan dhaan v ahrmen dho roon avahah maazin gandu athu jahssa bala v varugadha landeh dheyn vaabe maazin ah. when next part.

    1. maroon says:
      February 25, 2018 at 2:23 pm

      speaking for shanum: i love you too. and ur beauty will always be deep within my heart. no one can replace you ??
      yes higaabala e maazin gadu hoadhan dhw emmen ekahcheh kiyaigen.. he is ruining everyone
      thanku

  34. Aish says:
    February 24, 2018 at 8:34 pm

    Maasha Allah…mi story ge asaru ga maa bodah ves jehihje..story ga ekulevigen mivaa rahathah ves hama ehaa me furihama ey buneveynee.”thiya asaru gaa mulhi umuru heydha kurumey edhevenee.thiya hih ekee milku kurey vey tho inthixaarey kurevenee”???first time vyma mihaa varun fudheyne kamah ummeedhu kuran. insha Allah. .

    1. maroon says:
      February 25, 2018 at 2:22 pm

      alhey thats so sweet dear,, m so happy to read ur nice and cute comment…?? hehehe… much love… thiya asaru koffi ngey

  35. Manje says:
    February 24, 2018 at 10:00 pm

    Assalaimalaikum eh noon.
    Assalaam ‘alaikum.

    1. maroon says:
      February 25, 2018 at 2:21 pm

      thanku ??.. next time

  36. maaisha says:
    February 25, 2018 at 7:45 am

    i am speechless………maasha allah vvv reethi…keep it up aswa and kaain gulhen benymy…busy kamun conment nukureveny ekamu baraabarah vaahaka kiyan…vvvv reethi

    1. maroon says:
      February 25, 2018 at 2:20 pm

      its okay dear…??. v ufaa vejje comment kollyma

  37. non says:
    February 25, 2018 at 7:45 am

    habeys……..keep it up

    1. maroon says:
      February 25, 2018 at 2:18 pm

      thanku non??

  38. Ri says:
    February 25, 2018 at 1:02 pm

    Alhey miyadhuge bai kiyaalan libeynee kon irakun tha haadha inthizaaren eba kureveye v best mi vaahaka?

    1. maroon says:
      February 25, 2018 at 2:17 pm

      thanku ri . its up now ??

  39. Kkk says:
    February 25, 2018 at 1:15 pm

    Maroon..hypothyroidism akee thyroid bali mathi vun.dhen e baleegaa baeh meehun barudhan ithuruvaane..and baeh meehun barudhan lui vaane..fala vaa meehun hafthaa aku 2 kg vx ithuru vaane..hikey meehun heevaany hama kashi kolheh hen…and miee baleege furuthama kolhu faruvaa vx hoadheyne bayyeh..and miee eha crious disease eh noon..so heekuran maroon ah help eh dhevijje kamah…..(-ALHE PLZ KAAIN AH ASHWA HOADHA DHEHCHE….PLX? PLX ?PLX ?PLX? PLX? PLX? PLX? PLX ?PLX? PLX ?????
    LOTS OF L❤VE
    ♡《~KKK~》♡

    1. V says:
      February 25, 2018 at 2:05 pm

      Too Little Thyroid Hormone. Hypothyroidism is a condition in which the body lacks sufficient thyroid hormone

    2. maroon says:
      February 25, 2018 at 2:17 pm

      nooney dhoonya its lacking of the hormone.. dhn ekamakuves thi kohdhun kanthakah vvvvvvvvvvvv bodah shukuriyyaa… and its ure wish dhw kaain and ashwa to happen.. lets see if i can make u happy..lots of love…m sure u will happy to read the next part??

Comments are closed.


All Right Reserved!