Skip to content
އެސްފިޔަ

އަނދިރިފަރާތް 20

ސީޒަން 2 ގެ ފެށުން…

2 އަހަރު ފަސް…

އަރޫން:

އަށް ގަޑިއިރު! އަހަރެމެން މިތަނުގައި މަޑުކޮށްގެން ހުންނަތާ މިހާރު އަށް ގަޑިއިރުވީއެވެ. އަތުގައިވާ ސްމާޓް ގަޑިއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އަހަރެން އަނެއްކާވެސް ބޭރު ބަލާލީމެވެ. ކާރުގެ ހުންގާނުގައި އެއް އަތް އަޅުވާލުމަށްފަހު އަހަރެން އަނެއް އަތުން ދެލޯ އުނގުޅާލީމެވެ.

“ނުނިކުތެއްނު އެމީހާއެއް! ދިސް އިޒް ގެޓިންގް ބޯރިންގް.”

ކައިރީގައި އިން ރޫޝިންގެ އަޑަށް އަހަރެން އެދިމާ ބަލާލީމެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އޭނާވެސް އެހުރީ މިތަނުން ދާން ބޭނުންވެފައިކަން އަހަންނަށް އެނގުނެވެ. އެއްމިޔަކުން ހިނިތުންވެލަމުން އަހަރެން އޭނާގެ ބުރަކަށީގައި ބާރަކަށް ޖަހާލީމެވެ.

“ފޯކަސް!”

އަހަރެން އެހެން ބުނުމުން ރޫޝިން ތުން ފިއްތާލިއެވެ. ހަރަން ބަނދެލަމުން އޭނާ ބަލާލީ އެ ބޮޑު ގަނޑުވަރެއްފަދަ ގޭގެ ގޭޓާ ދިމާއަށެވެ.

އިތުރު ގަޑިއެއްހާއިރުގެ އިންތިޒާރަށްފަހު އެއްކަލަ ބޮޑު ގޭޓު ހުޅުވޭތަން ފެނިއްޖެއެވެ. ރޫޝިންއާ ދެމީހުން ވަގުތުން ސަމާލުވީމެވެ. އެތެރެއިން ނިކުތީ ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރި މީހެކެވެ. ކަޅު ހަންގަނޑެއްގެ ވެރިއެކެވެ. ލިބިފައިވަނީ ބިޔަ ހަށިގަނޑެކެވެ. އަހަރެން އަތުގައި އޮތް ފޮޓޯއަށް ބަލާލީމެވެ. އެއީ އެމީހާއެވެ. އަހަރެމެން އަތުލައިގަންނަންޖެހޭ މީހާއެވެ. މިސްޓާރ ޒެޑްއެވެ.

މިސްޓާ ޒެޑް ނިކުމެފައި އެންމެ ފުރަތަމަވެސް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޯ އެކި ކޮޅުކޮޅު ހޯދަމުން ދިޔައެވެ. ބަޔަކު އޭނާއަށް ފާރަލާކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. އޭނާގެ އަތުގައިވާ ކަޅުކުލައިގެ ބްރީފްކޭސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަދި ތަންކޮޅެއް ފަހުންނެވެ. އޭނާ އެ ބްރީފްކޭސް ގެންގުޅެމުން ދިޔަ ގޮތުން އަހަރެންގެ ހިތުގައި ޝައްކުތަކެއް އުފެދިއްޖެއެވެ. އެ ބްރީފްކޭހުގައި އެވަނީ ކޮން އެއްޗެއް ހެއްޔެވެ؟

“ރެޑީ؟”

ރޫޝިން އެހެން ބުނުމުން އަހަރެން ކާރު އިސްޓާޓުކޮށްލީމެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް މިސްޓާރ ޒެޑް އެރީ އެތަނަށް ހުއްޓުނު ސައިކަލެއްގެ ފަހަތަށެވެ. ހެލްމެޓަކުން ބޯ ނިވާކޮށްގެން ހުރުމުގެ ސަބަބުން އަހަރެމެންނަށް ސައިކަލު ދުއްވަން އިން މީހާގެ މޫނު ފެންނަގޮތެއް ނުވިއެވެ. ސައިކަލު ނައްޓާލުމާއެކު މިސްޓާރ ޒެޑް އަހަރެމެންގެ ކާރާ ދިމާއަށް ބަލާލުމަށްފަހު އެއްލޯ މަރާލައިފިއެވެ. ވަޓް ދަ ހެލް؟ އަހަރެމެން އޭނާގެ ފަހަތުން އުޅޭކަން އޭނާއަށް އެނގުނީހެއްޔެވެ؟

އަހަރެން ބަލާކަށް ނުހުރެ ކާރު ދުއްވާލައިފީމެވެ. އެ ސައިކަލުގެ ފަހަތުންނެވެ. ދުވެލި އެންމެ ބާރުކޮށްލީމެވެ.

“ޝިޓް. ޕޮލިސް!”

ތަންކޮޅަކަށް ދެވުނުތަނާ ރޫޝިން އެހެން ބުނުމާއެކު އަހަންނަށް އާހް އޭ ބުނެލެވުނެވެ. ޕޮލިހުން މަޑުކުރަން އިޝާރާތް ކުރުމާއެކު އަހަރެމެންނަށް ޖެހުނީ މަޑުކުރާށެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އަހަރެން އެ ޕޮލިސް މީހާއަށް ދައްކާލީ އެޖެންސީގެ ކާޑެވެ. އެއާއެކު އެމީހުން އަހަރެމެންނަށް އެތަނުން ދާން ފުރުސަތު ދިނެވެ. ނަމަވެސް އޭރު މިސްޓާރ ޒެޑްގެ ސައިކަލު ލޮލުކޮޅަށް ފެންނަން ވެސް ނެތެވެ. ދެރަކަމެއް ނޫން ހެއްޔެވެ؟

“އާރިފް ސާރ ގެ ބޮލުން މިހާރު ދުން އަރާނެ.”

ރޫޝިން އެހެން ބުނުމުން އަހަރެން އެތާ ކައިރީގައި ކާރު ޕާކުކޮށްލީމެވެ. ކާރު ތެރޭގައި އޮތް ފެންފުޅި ނަގައި އަހަރެން އެއިން އެތިފޮދެއް ބޯލީމެވެ.

“ރިޕޯޓްކޮށްބަލަ.”

އަހަރެން އެހެން ބުނުމުން ރޫޝިން އޭނާގެ ފޯނުން އެޖެންސީއަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ މާޒްއެވެ. ދެމީހުންގެ ކަންފަތައްވެސް ހެޑްސެޓު ޖަހާފައި ހުރުމާއެކު އެކޮޅުން ދައްކާ ވާހަކަ ދެމީހުންނަށްވެސް އިވެމުން ދިޔައެވެ.

“ގާއިޒް! އައި ހޭވް ބޭޑް ނިއުސް.”

މާޒް އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. އަހަންނާ ރޫޝިން އެކަކު އަނެކަކުގެ މޫނަށް ބަލާލީމެވެ.

“ކޮބާ؟”

ރޫޝިން އަވަސްއަވަހަށް އަހާލިއެވެ.

“ދެންމެ ތި މީހުންނަށް ތި ފެނުނީ އަސްލު މިސްޓާރ ޒެޑްއެއް ނޫން.”

މާޒް އެހެން ބުނުމުން އަހަރެން ނިތަށް ރޫތަކެއް ޖަމާކޮށްލީމެވެ. އަހަރެމެންނަށް މިއޮއް ހުރިހާ އިރަކު މި ފެން ފުރުނީ ފޫނެތް ފަޔަކަށް ހެއްޔެވެ؟

“ވަޓް؟ މާޒް މޮޔަވީތަ؟”

ލިބުނު ހައިރާންކަމާއެކު އަހަންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“އެއީ އެމީހުން ޖެހި މަޅިއެއް. މިސްޓާރ ޒެޑް މިވަގުތު ރާއްޖޭގަ ނެތް ކަމަށް އަހަރެމެންނަށް ދެންމެ ހަބަރު ލިބިއްޖެ.”

މާޒް އަހަރެމެންނަށް ކިޔައިދިނެވެ.

އަހަރެން ދެއަތުން މޫނުގައި ފިރުމާލީމެވެ. ހަޤީޤަތުގައިވެސް އަހަރެމެންނަށް މިއޮއް ހުރިހާ ދުވަހަކު މިކުރެވުނީ ބޭކާރު މަސައްކަތެކެވެ. އެ ގޭ ދޮރުމަތީގައި، އެބުނާ މިސްޓާރ ޒެޑްއަކަށް ފާރަލާން އަހަރެމެން ދެމީހުން އުޅޭތާ މިހާރު ހަފްތާއެއް ވީއެވެ.

“ދެން މިހާރު ތަ އެނގުނީ އެކަން؟ ބޮޑު ބޭކާރު މަސައްކަތެއް އަހަރެމެންނަށް މިކުރެވުނީ! ޑޭމް އިޓް!”

ރޫޝިން ކާރުގެ ބިއްލޫރިގަނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ބުނެލިއެވެ. އޭނާ ވެސް އިނީ އަހަންނެކޭ އެއްގޮތަށް މާޔޫސްވެފައެވެ.

“ޗިއާރ އަޕް! އެހެން މަސައްކަތެއް އެބައޮތޭ ތި ދެމީހުންނަށް.”

މާޒް ބުނެލި އަޑު އިވިގެން ދިޔައެވެ.

“ކޮން ކަމެއް؟”

އަހަރެން ސީޓުގައި ލެނގިލަމުން އަހާލީމެވެ.

“އަހަރެންގެ ދަރިފުޅު ބަލާ ސްކޫލް ދޮށަށް ގޮސްދޭންވީ.”

މާޒް އެހެން ބުނުމުން ރޫޝިން ތެޅިގަތެވެ.

“ވަޓް؟ އަހަރެމެން މީ ބޭބީ ސިޓާޒް ތަ؟”

ރޫޝިން ހަޅޭއްލަވައިގަތެވެ. އެވަގުތު އަހަރެން ރޫޝިންގެ ގައިގައި އުޅަނބޮށިން ޖަހާލީމެވެ.

“ބީ ނައިސް.”

އަހަރެން ރޫޝިންއާ ދިމާއަށް މަޑުމަޑުން ބުނެލީމެވެ.

ރޫޝިންއަށް ނުވިސްނުނަސް އަހަންނަށް މާޒްގެ އިހުސާސްތަކާމެދު ވިސްނެއެވެ. މާޒް އުޅެނީ މީހަކާ އިނދެގެން ކަމާ، އަދި މާޒްގެ ދަރިއަކު ހުންނަކަން އަހަރެމެންނަށް އެނގުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަންބަކާއި ދަރިއަކު ގޮވައިގެން އެޖެންސީގައި އެހާ ގިނައިރު މަސައްކަތްކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށްކަން އަހަންނަށް ވިސްނެއެވެ.

“އަހަރެން ވަރަށް މުހިންމު މަސައްކަތެއް ކުރާތީއޭ. ޕްލީޒް. އަންހެނުންވެސް ވާނީ އޮފީހަށް ގޮސް މިވަގުތު. އޭނަ ގޮވައިގެން އިރުކޮޅެއް ވަންދެން ހުރެލަ ދީބަލަ. އަހަރެން ތިކޮޅަށް ދަންދެން.”

މާޒް މިފަހަރު ވާހަކަދެއްކީ އާދޭހުގެ ރާގަކަށެވެ.

“ކޮން ސްކޫލެއް؟”

ރޫޝިން އިތުރު އެއްޗެއް ނުބުނަނީސް އަހަރެން އަވަސްއަވަހަށް އަހާލީމެވެ.

“ޖީއެސް ޕްރީސްކޫލް.”

މާޒް ބުނި އަޑު އިވުނެވެ.

“އޯކޭ. މިހާރު މި ދަނީ.”

އަހަރެން ބުނެލީމެވެ.

“ތެންކްސް އިނގޭ. އެންޑް އާރިފް ސާރ ބުނީ ތި ދެމީހުން މިރޭ ކޮންމެ ގޮތެއް ހަދާފަވެސް އެޖެންސީއަށް އަންނަން ވާނެއޯ. އޯކޭ؟ ބޭއްވީއޭ.”

މާޒް އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. އެއާއެކު ރޫޝިން އަހަންނާ ދިމާއަށް ލޯއަޅާލިއެވެ.

“ވަޓް؟”

އަހަރެން ހިތްހަމަނުޖެހިފައި އަހާލީމެވެ.

“އައި ހޭޓް ކިޑްސް.”

ރޫޝިން އެހެން ބުނުމާއެކު އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. އަދި މާލޭގެ ހަލަބޮލި މަގުތަކުން ލާފައި ކާރު ދުއްވާލީމެވެ.

#މިޝަން.ރައިނާ.ބެލުން

“އަރޫންއަށް އެނގޭތަ މާޒްގެ ދަރިފުޅު ހުންނަގޮތް؟”

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ރޫޝިން ކުއްލިއަކަށް އަހާލިއެވެ. އަހަރެން ލޮލުގެ ހިމަކޮޅުން އޭނާއާ ދިމާއަށް ބަލާލީމެވެ. ރަނގަޅަށްވިއްޔާ އޭނާއަށް މާޒްގެ ދަރިފުޅާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭނެއެވެ.

“ހުމް. އަހަރެންނާ ރައިނާއާ ދިމާވެދާނެ މިހާރު ދެތިން ފަހަރަކު. ކުރުކޮށް، ދޮންކޮށް ހުންނާނީ.”

އަހަރެން ބުނެލީމެވެ.

“ޗުސް. އެކުއްޖާ ބެލުމުގެ ހުރިހާ ކަމަކާ އަރޫން ހަވާލުވޭ. އަހަރެން މިއުޅެނީ ނިދަން.”

ރޫޝިން ފޫހި ގޮތަކަށް އެހެން ބުނުމަށްފަހު ލޮލުގައި އަވިއައިނު އަޅާލިއެވެ. ސީޓުގައި ރަނގަޅަށް ލެނގިލަމުން އޭނާ ދެފައި ދަމާލިއެވެ. ރޫޝިންގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟ އޭނާ ކުޑަކުދިން ދެކެ އެހާ ރުޅިއަންނަ ސަބަބަކީ ކޮބާހެއްޔެވެ؟ އަހަރެން ދެފަރާތަށް ބޯ ހޫރުވާލީމެވެ. އެއީ ދެން ތަންކޮޅެއް ބޮޑުވަރު ނޫން ހެއްޔެވެ؟

ޖީއެސް ޕްރީސްކޫލުގެ ދޮރުމައްޗަށް ކާރު ހުއްޓާލުމަށްފަހު އަހަރެން ގޭޓާ ދިމާއަށް ނަޒަރު ހިންގާލީމެވެ. އެވަގުތު ގިނަ ބެލެނިވެރިންތަކެއް ގޭޓުން އެތެރެއަށް ވަންނަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ. އަދި އެތަނުގައި ގިނައީވެސް އަންހެނުންނެވެ. އަ-ހަ-ރެ-ން އެ ހުރިހާ އަންހެނުންގެ ތެރެއަށް ވަދަގެން ދާންވީ ހެއްޔެވެ؟ ނުވާނެ! އެކަމަކުވެސް މާޒް ބުނީތީ ޖެހޭނީ ކުރާކަށް ނޫން ހެއްޔެވެ؟

ކާރުގެ ދޮރުފަތް ހުޅުވާލަމުން އަހަރެން ކާރުން ފޭބީމެވެ. އެވަގުތު ގިނަ މީހުންގެ ނަޒަރު އަހަންނަށް ހުއްޓިފައި ވާތަން ފެނުމުން ލަދުވެސް ގަތެވެ. އެމީހުން ނުބަލަންވީ ސަބަބެއް ވެސް ނެތެވެ. ކޯޓު ފަޓުލޫނު ވައްޓާލައިގެން ހުރިއިރު އަހަރެން ވައްތަރުވާނީ މަޖުލީސް މެންބަރަކާ ކަންނޭނގެއެވެ.

ދެލޯ ފޮރުވާލުމުގެ ބޭނުމުގައި އަހަރެން ލޮލުގައި އަވި އައިނު އަޅާލީމެވެ. ދެޖީބަށް އަތް ޖަހާލައިގެންހުރެ އަހަރެން ސްކޫލު ތެރެއަށް ވަދެގެން ދިޔައީމެވެ.

“އޯހް ޝިޓް. ރައިނާގެ ކުލާހަކީ ކޮބައިބާ؟”

އަހަރެން ވެސް ކިހާ މޮޔަ ހެއްޔެވެ؟ މާޒް ގާތު ރައިނާގެ ކުލާހަކީ ކޮބައިކަން އަހާކަށް އަހަރެން ހަނދާނެއް ނެތެވެ. އަވަސްއަވަހަށް ޖީބުގައި އޮތް މޯބައިލް ފޯނު ނަގައި އަހަރެން މާޒްގެ ނަންބަރަށް ގުޅަން ދިމާކޮށްލީމެވެ. ނަމަވެސް އަހަރެންގެ ޙަރަކާތްތަކަށް ހުއްޓުންއެރީ ކުޑަ ދެއަތުން އަހަރެންގެ ފައިގައި އަތް ވަށާލި ކަމުގެ އިހުސާސް ކުރެވުމުންނެވެ. ތިރި ބަލާލިއިރު އަހަރެން ކައިރީގައި ހުރި ރައިނާ ފެނުމުން އަހަންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހާ ކިއުޓް ކުއްޖެއް ދެކެ ލޯބިނުވެވޭނީ ކާކަށް ހެއްޔެވެ؟

“ބޭބެ ތިއައީ ރައި ބަލާތަ؟”

ޢުމުރުން 6 އަހަރުގެ ކުޑަ ރައިނާ އެހެން އަހާލުމާއެކު އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. އޭނާ ގާތު އުޑުފައިން އިށީނުމަށްފަހު އަހަރެން ވާހަކަދައްކަން ފެށީމެވެ.

“ހިނގާ ދާން ދޯ؟”

އަހަރެން އެހެން ބުނުމާއެކު ރައިނާ ބޯޖަހާލިއެވެ. އޭނާގެ އަތުގައި ހިފައިގެން އަހަރެން ސްކޫލުގެ ގޯތިތެރެއިން ނިކުތްއިރުވެސް މީހުންގެ ނަޒަރުތައް އަހަންނަށް އަމާޒުވަމުން ދިޔައެވެ. ދެން މީހަކު ރީތިކޮށް ހެދުން އަޅައިގެން ހުއްޓަކަސް އެވަރަށް ބަލާކަށް ނުވާނެއެއް ނޫން ހެއްޔެވެ؟ އަހަރެން ހަމަ އެހާ ރީތީ ހެއްޔެވެ؟ އެހާ ހޭންޑްސަމްއީ ހެއްޔެވެ؟

ކާރުގެ ދޮރުފަތް ހުޅުވައި އަހަރެން ރައިނާ ފަހަތު ސީޓަށް އެރުވީމެވެ. އެއްވެސް ވާހަކައެއް ނުދައްކައި އޭނާ އެއިން ގޮތަށް އިނެވެ. ރައިނާގެ ތަފާތު ތަންކޮޅަކީ އެއީއެވެ. ވަރަށް ބަސްމަދުވާނެއެވެ. ހީލާނީވެސް ހާލަކުން ފަހަރަކުއެވެ. އަބަދު “ސްޓްރެއިޓް އެކްސްޕްރެޝަން” އެއް މޫނަށް ގެނުވައިގެން އެކުއްޖާފުޅު ހުންނަނީ ކިހިނެއް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

ކުރީ ސީޓަށް އަހަރެން އެރިއިރު ރޫޝިންގެ މަޑު ގުގުރީގެ އަޑު އިވެމުން ދިޔައެވެ. ދެއަތަށް ބޯހޫރާލަމުން އަހަރެން ރޫޝިންގެ ގައިގައި ބޮނޑިއެއް އަޅުވާލީމެވެ. އެއާއެކު އޭނާއަށް ސިހިފައި ހޭލެވިއްޖެއެވެ.

“ރައި އާ ޓޯކް ކޮށްބަލަ.”

އަހަރެން ރޫޝިންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލީމެވެ. އެއާއެކު އޭނާ ތުންފިއްތާލިއެވެ. ކުޑަކޮށް ފަހަތަށް އެނބުރިލުމަށްފަހު އޭނާ ރައިނާއާ ދިމާއަށް ބަލާލިއެވެ. އޭރު ރައިނާ ވެސް އިނީ އެ ބޮޑު ދެލޯ ރޫޝިންގެ މޫނަށް އަމާޒުކޮށްގެންނެވެ.

“ހެލޯ….ކިޑް..”

ރޫޝިން އަތް ހިއްލާލަމުން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އަހަރެން އަމިއްލަ ނަފްސަށް ހިނިތުންވެލަމުން ކާރުގައި އޮތް ފެންފުޅިން އަނެއްކާވެސް އެތިފޮދެއް ބޯން ފެށީމެވެ.

“ހެލޯ…މޭން…”

ރައިނާ އެހެން ބުނި އަޑަށް އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން ބަލާލީ ރޫޝިންގެ މޫނަށެވެ. އޭނާ ހުރިގޮތް ފެނި އަހަރެންގެ ހިނިގަނޑު ވަގުތުން ފަޅައިގެން ދިޔައެވެ. ހުރީ ހަމަ ރަނގަޅަށްވެސް ހުތް ވެފައެވެ. އަހަރެން ހޭން ފެށުމުން އޭނާ އަނެއްކާވެސް ހަރަން ބަނދެލުމަށްފަހު ސީޓުގައި ލެނގިލިއެވެ.

“ރައި. މީ ޝިން ބޭބެ އިނގޭ. މޭން ނުކިޔައްޗޭ!”

ހިނިގަނޑު މަތަކުރަމުން އަހަރެން ރައިނާ ގާތު ބުނެލީމެވެ. އެއާއެކު އޭނާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“ވިއާޑް ކިޑް.”

ރޫޝިން މަޑުމަޑުން އޭނާގެ އަމިއްލަ ނަފްސަށް ބުނެލި އަޑު އިވުމާއެކު އަހަރެން އޭނާއާ ދިމާއަށް ލޯ އަޅާލީމެވެ.

“ރައި ބޭނުންތަ އައިސްކްރީމް؟”

އަހަރެން އެހެން އަހާލުމާއެކު ރައިނާ އަނެއްކާވެސް ބޯ ޖަހާލިއެވެ. އެއާއެކު އަހަރެން ކާރު ދުއްވާލީމެވެ. މި ފަހަރު އަހަރެންގެ މަންޒިލަކީ “އައިސްކްރީމް ޕެލަސް” އެވެ.

އެތަނުގެ ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު އަހަރެން ރޫޝިންގެ ގައިގައި މަޑުމަޑުން ކޮއްޓާލީމެވެ. އެއާއެކު އެއްބުމަ އަރުވާލަމުން އޭނާ އަހަންނާ ދިމާއަށް ބަލާލިއެވެ.

“ވަޓް؟”

‘އިރިޓޭޓް’ ވެފައިވާ ރާގަކަށް އޭނާ ބާރަކަށް އަހާލިއެވެ.

“ދޭބަލަ ރައި އަށް އައިސްކްރީމް ގަނެދޭން.”

އަހަރެން އެހެން ބުނުމާއެކު އޭނާ ފޫހިގޮތަކަށް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ކާރުން ފޭބުމަށްފަހު އޭނާ އަނެއްކާވެސް އަހަންނާ ދިމާއަށް ބަލާލިއެވެ.

“ކޮން ފްލޭވާރ އެއް؟”

ރޫޝިން އެހެން އަހާލުމާއެކު އަހަންނަށް ބަލާލެވުނީ ރައިނާއާ ދިމާއަށެވެ.

“ވެނީލާ.”

ރައިނާ އެހެން ބުނުމާއެކު ރޫޝިން ބާރަކަށް ކާރުގެ ދޮރުފަތް ލައްޕާލިއެވެ. ލައިގެން ހުރި ފަޓުލޫނުގެ ޖީބު ހާވަމުން އޭނާ “އައިސްކްރީމް ޕެލަސް” ތެރެއަށް ވަދެގެން ދިޔަތަން ބަލަން އިނދެ އަހަންނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. އޭނާވެސް އުޅޭ ވައްތަރު ވިއްޔާއެވެ. ގައިމު މިހާރު އެއީ ކުޑަކުއްޖެއް ނޫންތާއެވެ.

“އެއީ ވަރަށް ރުޅިގަދަ ބޭބެއެއްތަ؟”

ރައިނާގެ އަޑަށް އަހަރެން އަނެއްކާވެސް އޭނާއާ ދިމާ ބަލާލީމެވެ. ފަހަތު ސީޓުގައި އިންއިރު އޭނާ ގެންދިޔައީ ފަރުވާތެރިކަމާއެކު އޭނާ ގެންގުޅޭ ކުޑަ އައިޕެޑުން ކޮންމެވެސް ކަމެއް ކުރަމުންނެވެ.

“އަޅާނުލާ ރައި. އެއީ އެ ބޭބެ ގެ ވައްތަރު.”

އަހަރެން އެހެން ބުނުމާއެކު ރައިނާ ލޯބި ގޮތަކަށް ބޯ ޖަހާލިއެވެ.

“ސޯ ކިއުޓް.”

އަހަންނަށް މަޑުމަޑުން ބުނެވުނެވެ. ރައިނާ އަކީ ހުދު ދޮން ކުލައަކަށްދާ އޮމާން ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ކޮނޑާ ހަމައަށް އަރާ އެ ކަޅުކަންގަދަ، ފަން އިސްތަށިގަނޑު ވަނީ ދެފަރާތަށް ވާގޮތަށް ގަތާލެވިފައެވެ. ތިރި ބަލަހައްޓައިގެން އިންއިރު އެ ބޮޑު ދެލޮލުގެ ވަށިގެންވާ އެސްފިޔަތަކުގެ ބޯކަން ހާމަވަމުން ދިޔައެވެ. އަހަރެން ވެސް ބޭނުމީ ހަމަ އެކަހަލަ ލޯބި ލޯބި ދަރިއެކެވެ.

“ރައި، ކޯއްޗެއް ތި ކުޅެނީ؟ ބޭބެއަށް ވެސް ދައްކާލަބަލަ.”

އަހަރެން ރައިނާގެ ހަރަކާތްތަކަށް ބަލަން އިނދެ އަހާލީމެވެ. އެއާއެކު ރައިނާ އޭނާގެ ފައިމަތީގައި ބާއްވާލާފައިވާ އައިޕެޑު ނަގައި އަހަންނަށް އޭގެ ސްކްރީން ދައްކާލިއެވެ.

“ރައި ފޮޓޯ ބަލަނީ.”

ގެލެރީ ބައި ދައްކާލަމުން އޭނާ މައުސޫމް ގޮތަކަށް ބުނެލިއެވެ.

“ބޭބެއަށް ވެސް ދައްކާލަބަލަ ތި ފޮޓޯތައް.”

އަހަރެން ޝަޢުޤުވެރިކަމާއެކު ބުނެލީމެވެ. އެއާއެކު ރައިނާ ފަހަރަކު ފޮޓޯއެއް އަހަންނަށް ދައްކަމުން، ފޮޓޯތައް ސްކްރޯލް ކުރަމުން ދިޔައެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތް ފޮޓޯއެއްގެ ސަބަބުން އަހަރެންގެ ނިތްކުރިއަށް ރޫ ގިނަވަގެން ދިޔައެވެ.

“ވެއިޓް. ދެންމެ ދިޔަ ފޮޓޯ ދައްކާލަބަލަ ބޭބެއަށް.”

އަހަރެން އެހެން ބުނުމާއެކު ރައިނާ އެ ފޮޓޯ އަނެއްކާވެސް ދައްކާލިއެވެ. ލިބުނު ހައިރާންކަމާއެކު އަހަންނަށް ރައިނާގެ އަތުގައިވާ އައިޕެޑު ދަމައިގަނެވުނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ އަހަރެން ފަރުވާތެރި ކަމާއެކު އެ ފޮޓޯއަށް ބަލާލީމެވެ.

“ރައި! މީ ކާކު؟؟؟”

ލިބިފައިވާ ޝޮކާއެކު އަހަންނަށް ރައިނާ ގާތު އެހެން އަހާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. އަހަރެން އުޅުނު ގޮތުން ހައިރާންވެ އިނދެ ރައިނާ ބޯ އަރިކޮށްލިއެވެ.

“ތީ… ކުރީ ދުވަހު ރައި އާ ދިމާވި ބޭބެއެއް. އެ ބޭބެ ޗޮކްލެޓް ވެސް ދިން..”

ރައިނާ މަޑުމަޑުން ބުނެލިއެވެ. އެވަގުތަކީ އައިސްކްރީމް ހިފައިގެން ރޫޝިންވެސް އައިސް ކާރަށް އެރި ވަގުތެވެ. އޭނާ ފެނުމާއެކު އަހަރެން ވަގުތުން އައިޕެޑުގައިވާ ފޮޓޯ އޭނާއަށް ދައްކާލީމެވެ.

“އިޒް ދެޓް މިސްޓާރ ޒެޑް ކަމަށް ހީކޮށްގެން މިއޮއް ހުރިހާ ދުވަހު އަހަރެމެން ފާރަލީ މީހާ؟”

ރޫޝިން އެ ފޮޓޯއަށް ފަރުވާތެރި ކަމާއެކު ބަލަހައްޓައިގެން އިނދެ، އެހެން އަހާލުމާއެކު އަހަރެން އަވަސްއަވަހަށް ބޯ ޖަހާލީމެވެ. އެމީހާގެ ފޮޓޯއެއް ރައިނާގެ އައިޕެޑުގައި އެވަނީ ކީއްވެގެންކަމެއް އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ސިކުނޑީގައިވާ ސުވާލުމާކުތަކާއެކު އަހަންނާ ރޫޝިން ވަގުތުން ބަލާލީ ރައިނާއާ ދިމާއަށެވެ.

“ދީ އައިސްކްރީމް.”

ރައިނާ ރޫޝިންއާ ދިމާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ.

“އޯ. ހިއާ.”

ރޫޝިން އޭނާ ގެނައި ކޮތަޅުން އައިސްކްރީމް ތައްޓެއް ނަގައި، ރައިނާއަށް ދިއްކޮށްލަމުން ބުނެލިއެވެ. އެއަށްފަހު އޭނާ އެކޮތަޅުން އިތުރު އައިސްކްރީމް ތައްޓެއް ނަގައިގެން އަމިއްލައަށް ކާންފެށިއެވެ. ރޫޝިން އެހާ ފަސޭހައިން އައިސްކްރީމް ގަނެދޭން ދިޔަ ސަބަބަކީ މިއީދޯއެވެ. އޭނާ ވެސް އައިސްކްރީމް ކާހިތްވީއެވެ. އަދިވެސް މި ފިރިހެނާ ބޮޑު ނުވެއެވެ.

“އަހާބަލަ އޭނަ ގާތު އެއީ ކާކުތޯ.”

ރޫޝިން އަހަންނާ ދިމާއަށް ބުނެލިއެވެ.

“ރައީ.. ބުނެބަލަ ބޭބެ ގާތު މީ ކާކުކަން؟”

އަހަރެން މަޑުމައިތިރިކަމާއެކު އައިސްކްރީމް ކާން އިން ރައިނާ ގާތު އަހާލީމެވެ.

“އެއްދުވަހު ރައި ސްކޫލުން ނިކުމެގެން ހުރީ ޑޭޑް އަންނަންދެން. ވަރަށް އިރުވިއިރު ވެސް ޑޭޑްއެއް ނައި. ދެން އެގަޑީގަ އައި ބޭބެއެއްތީ. ވަރަށް ރަނގަޅު ބޭބެއެއް. ރައިއަށް ޗޮކްލެޓް ވެސް ދިން. އެ ދުވަހު ރައި ނެގި ފޮޓޯއެއް ތީ.”

ރައިނާ އެހެން ބުނުމުން އަހަންނާ ރޫޝިންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އެމީހާގެ ނިޔަތަކީ ކޮބައިބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެމީހާ އަކީ މިސްޓާރ ޒެޑްއަށް ނުވީ ނަމަވެސް އެއީ މިސްޓާރ ޒެޑްއަށް މަސައްކަތް ކޮށްދޭ މީހެއްކަން އަހަންނަށް ޔަޤީނެވެ.

“އެ ބޭބެ ބުނިތަ އެއްވެސް އެއްޗެކޭ؟”

އަހަރެން އަނެއްކާވެސް ރައިނާއާ ސުވާލުކޮށްލީމެވެ. އެއާއެކު ރައިނާ އެއްޗެއް ހަނދާންކުރާ ފަދައިން މަތި ބަލާލިއެވެ.

“އަމްމް… ބުނީ ރައި އަކީ ވަރަށް ބަސްއަހާ ކުއްޖެއް ވީމައޯ ޗޮކްލެޓު ދިނީ.”

އިރުކޮޅަކު ވިސްނާލުމަށްފަހު ރައިނާ ބުނެލިއެވެ.

“ދެން އިތުރު އެއްޗެއް ހަމަ ނާހާތަ؟”

މިފަހަރު ސުވާލުކުރީ ރޫޝިންއެވެ. ރައިނާ އަނެއްކާވެސް ވިސްނަމުން ދިޔައެވެ. އެ ކުޑަކުޑަ ނިތްކުރިއަށް ދެތިން ރޫ އަރުވާލަމުން އޭނާ ދެތުންފަތް ފިއްތާލިއެވެ.

“އަދި އެހި ޑޭޑް ކޮންތާކުހޭ މަސައްކަތްކުރަނީ؟”

ރައިނާ އެހެން ބުނި އަޑު އިވުމާއެކު ރޫޝިންގެ އަތުން އޭނާ އައިސްކްރީމް ކާން ގެންގުޅުނު ސަމުސާ ކާރު ތެރެއަށް ވެއްޓިގެން ދިޔައެވެ. އަނގަ ހުޅުވައިގެން އިނދެ އޭނާ ރައިނާއާ ދިމާއަށް ބަލާލިއެވެ.

“ދެން ރައި ކީކޭ ބުނީ؟”

އަހަރެން އަވަސް އަރުވާލާފައި އަހާލީމެވެ.

“ރައި ބުނީ ނޭނގެއޭ.”

ރައިނާ އެހެން ބުނުމާއެކު އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެމީހާ ރައިނާގެ ގާތަށް ދިޔަ ސަބަބު މިހާރު އަހަންނަށް އެނގިއްޖެއެވެ. މާޒް އަކީ ސީކްރެޓް އޭޖެންޓެއްކަން އެމީހާއަށް ޝައްކުވީއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Liaa

    Hello Guys! ?
    Okay, here is the first ep of season2.
    What do u think about it?
    And, Aroon ge nazarun furathama kolhu genasdheveynee ingey. So, wat do u guys think happened to Shuba??

    And Do u think mi part kuru hen? Liaa ah ves heevi kiyaalaafa kuruhen. But the word limit is above 1500. Eiy abadhu ves Liaa write kuraa varu.

    Komme 2 dhuvahun eh dhuvahu up kohdheveythw balaanan ingey!

    Loves <3?

  2. Nee

    Wowooo

    1. Liaa
      Nee

      Thanks ?

  3. Pk

    Alhey up vee dhw. ? varah salhi hama. Baeh parts v majaa. Hehehe. ? v kiyaa hithun indhe kiyaa nimmaalevuny nxt part ge inthixaar ga mi huree.

    1. Liaa
      Pk

      hehe. Thankyw Pk ?

  4. އައިޝް

    varah kuru mi part.. ekam v salhi story eh.. thnkx,, dhen kon dhuvahakun next part genes dheyny..

    1. Liaa
      އައިޝް

      Thank u Aisha 🙂
      Furathama huri parts thah innaanee gaai gandakah mi varah ingey dhigu min. fahun liyaa parts dhigu kollaanan iraadha kurevviyaa ?

  5. Friends

    Finally ! stry up v dhw.v dhigu inthizaareh miyy.n mi part vess v furihama.
    Keep it up.friends ah heevani bodah reethi vaany shuba ge nazarun genas dhiny ma kan nygey.mi hen mi bunyy stry hadi v maeh noon . Hama friends ah heeva goih.waiting 4 next part.
    Have nice day.????

    1. Liaa
      Friends

      Finally dhw! Alhe varah dhigu inthixaar eh dhw. ?
      Shuba ge nazarun nugenas dhevey sababu ves adhi ingigen dhaane.

  6. Flower

    Shuba shaakin aa eku dhiaeetha? She left the agency?

    1. Liaa
      Flower

      Kuriah huri parts kiyaaleema ingeyne wat happened to her ?

  7. Mari

    Aroon ey firihen kuhjje tha? I thought girl eh kamah ??

    1. Liaa
      Mari

      Alhey Mari ves dhw. Aroon eiy boy ekey.. 😀

  8. ssannwa?❤?

    Alheyyy thanks Liaa dhooni up koh dhineema vaahaka. Varah salhi mi part ves. Next part ah varah varah inthizaaru kurevey. Shuba dheke loabivaa meehun haadha gina ey dhw?❤❤

    1. Liaa
      ssannwa?❤?

      Thank u dear <3 🙂

  9. Sama❤

    Wow. Speechless. V thafaathu gothakah genasdheefa mi huwry dhwr. Liaa. Suwaaleh kollan tha? Liaa thwe secret agent eh tha anekkaa? Mi buny mi vaahaka ehaa salhi koh genasdhyfa hunaathee aslu. Hehe. ❤❤❤❤❤

    1. Liaa
      Sama❤

      ? Liaa mee secret Agent eh nooney Sama.
      Thankyw ingey ?

  10. Ree?

    First i thought shubaa ge nazarun kamah genes dheefa ehuri enme hairaan vee raina balaa gos kaarun feybi iru boys dress kuraagotha aisfa hurima so i was so confuse reehcha kiyaaleema eguni mee shubage nazarun noonkan hehehe? and varah majaa rai rooshin aa dhimaa ah hello man ey buni thankolhu? alhey shubaa ah kihiney veebaa varah curious ebavey shubaa ah veegothey balaalan waiting?❤❤

    1. Liaa
      Ree?

      Ree ves dhw . hehe. Mathyga e ineenu Aroon jahaafa. nufenuny dhw… 🙂
      Thanks ingey for the support ??

  11. Hana

    Masha allah.. v reethi mi vahaka.. ❤

    1. Liaa
      Hana

      Thank u Hana ?

  12. naaila

    Liaaa mi sotryge 1st kyma noonny neyngeyne tha vaanuvaa eh..if so can you plx up load a summary of 1st part

    1. Liaa
      naaila

      Hey naailaa. First season kiyaaleema ingeynee bodah vaanuvaa. Liaa ge name ah click kohlaigen first episode hoadhaalaigen kiyaalan veenu if u havent read it? 🙂

  13. bull shit?❤????✌

    Haha mi rooshin ulhey gothun varah hevey bayeh faharu. And aroon ge nazarun dhw liyefa meenee. Alhey shuba kobaa hey liaaaaaaa. Shaakin aa shuba aa gonthaakah e filee? 2 aharu v? Shuba agency in vaki v tha? Or maybe shaakin aa gulhuny? Mareh nuvey dhw shuba eh? Next part when?

    1. Liaa
      bull shit?❤????✌

      Iraadha kurevviyaa today up kohdheveytho balaanan 🙂
      Alhey. thi hurihaa suvaal eh ge javaab ves libigen dhaane ingey 🙂
      Thankyw

  14. Fazlyn

    Very creative

    1. Liaa
      Fazlyn

      Shukuriyyaa ?

  15. ?iiram?

    Maasha Allah… Mi story v v v salhi.. one of my favorite story.. Liaa u r the best??

    1. Liaa
      ?iiram?

      Thank u dear ?

  16. Suma

    Finally…. I was waiting eagerly to read this story… I love this part liaa.. Maasha Allah.. I love ur stories liaa..

  17. Sarey

    So nice..i did wait so long for season 2…??❤

  18. Heyley

    It’s beautiful

Comments are closed.