Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 50

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
March 2, 2018 12 Mins Read
68 Comments

“ބައްޕާ! ކައިވެންޏަކީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނޭ!.. އެހެންނޫނަސް ވަކި ކަމަކަށް ޝަރުތުކޮށް އަޅުގަނޑު ބޭނުމެއް ނޫން މީހަކާއި އިންނަން” އަސްރާރު އަށް ވިސްނައިދެމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ! އެ ޝަރުތު ނެތަސް މިއުވާން އެހެރީ އަޝްވާއާއި ކައިވެނި ކުރަން ތައްޔާރަށޭ.. އެހެންވީމަ މިކަމާ ދެކޮޅު ނުހަދާ!”  އަޝްވާގެ އަތުގައި ހިފަމުން އަސްރާރު ބުނެލިއެވެ.

އަޝްވާ ބަލައިލީ ދުރުގައި ހުރި ކާއިން އަށެވެ. އަދި ހިނިތުންވެލުމަށްފަހު އަސްރާރު އަށް ބަލައި “ލައްބަ” އޭ ބުނެލިއެވެ.

“ވަރަށް ރަގަނޅު.. ވީހާ ވެސް އަވަހަކަށް ކައިވެނި ހަމަޖެއްސޭތޯ ބައްޕަ ބަލާނަން.. ” އެހެން ބުނެލުމަށްފަހު އަސްރާރު ބޭރަށް ނިކުތީ އެ ހަބަރު މިއުވާންއަށް ދީ އަދިވެސް އެހެން ފޯނު ކޯލުތައް ކޮށްލުމަށެވެ.

އަސްރާރު ދިޔުމުން އަޝްވާ އެނދުގައި އޮށޯވެ އަނެއް ފަރާތަށް އެބުރިލިއެވެ.

ކާއިން މަޑު ހިނގުމެއްގައި އައިސް އަޝްވާ ކައިރީ އެނދުގައި އިށީދެލިއެވެ. އަދި އަޝްވާގެ ކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލަން އުޅުނެވެ. އެހެންނަމަވެސް އިސްކުރި އަތް އަބުރާ ގެންނަން ޖެހުނީ އެ ހިތްވަރު ނުލިބުމުންނެވެ.

އަޝްވާއަށް ކާއިން އޭނާ ކައިރީގައި އިށީންކަން އެނގުނެވެ. އެހެންނަމަވެސް ކެތްކޮށްގެން ހުރީ ކާއިން އިސްވެ މާފަށް އެދޭނެ ވަގުތަކަށެވެ. އަލުން އިތުބާރު ކުރާނަމޭ ބުނާ ވަގުތަކަށެވެ. އެހެންނަމަވެސް ފަސްމިނެޓް ފާއިތުވެގެން ދިޔައިރު ވެސް ކާއިންގެ އެއްވެސް އިޝާރާތެއް ނުވުމުން އަޝްވާ އަނެއް ފަރާތަށް އެބުރުނެވެ.

އަޝްވާ އޭނައަށް ބަލާލުމުން ކާއިން ގަދަކަމުން ހިނިތުންވެލިއެވެ. އަދި އަޝްވާގެ ބަނޑުމަތީގައި އޮތް އަތުގައި ހިފައި އަތުގެ ބޮޑުވާ އިގިލިން އަޝްވާގެ އަތުގެ ނުފުށުގައި ހަރަކާތް ކުރަން ފެށިއެވެ.

ދެ މީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ތިބި އިރު އެ ހިނިތުންވުމުގެ ފަހަތުގައި އެތައް އިހުސާސެއް ފޮރުވިފައިވެއެވެ. އަދި ދައްކަން ބޭނުންވާ އެތައް ވާހަކަތަކެއް ހިތުގައި ފުނިޖެހި ބަންޑުންވަމުން ދިޔައެވެ.

“ކީއްވެ ލޯބިނުވާ މީހަކާއި އިންނަން އަޝްވާ އެއްބަސް ތިވީ؟” ކާއިން އޭނާގެ ހިތުގައި އޮތް އެއްމެ ބޮޑު ސުވާލު އަދި ޝަކުވާކޮށްލިއެވެ.

“ލޯތްބަކީ އަހަރެންގެ ހަޔާތުގައި ވާ އެއްޗެއް ނޫން.. އެހެންވީމަ ލޯބީގެ ނަމުގައި އެއްވެސް ކަމެއް ކުރަން އަހަރެން ބޭނުމެއް ނޫން” ލޯބި ވިޔަސް އެކަން ހާމަކުރުމުން އޮތް ފައިދާ އަކީ ކޮބައި ހެއްޔެވެ؟ އެއްމެ ފުރަތަމަ ލޯބި އަތުން ބީވެގެން ދިޔައީ ތަގުދީރު ދެ މީހުންގެ ގުޅުމަށް މަރުހަބާ ނުކިޔުމުންނެވެ. ދެން އެކަހަލަ އިހުސާސެއް ކުރެވުނީ ކުރިމަތީގައި އިން ކާއިންގެ ދެކެއެވެ. އެހެންނަމަވެސް އެ އިހުސާސުގެ މާނަ ނޭނގިގެން އުޅެނިކޮށް ކާއިން ވެސް އޭނާއާއި ދުރުވަނީއެވެ.

“މިއުވާން އާއި އެކީ އުޅެގެން އަޝްވާއަށް އުފާވެރިކަން ލިބޭނެ ތަ؟” އަދިވެސް އެދެނީ އަޝްވާގެ ހިނިތުންވުން ދެކިލުން ކަމަށް ވާތީ ކާއިން އަހާލިއެވެ.

“އާން.. މިހެން އުޅުމަށް ވުރެ މާ އުފާވެރިވާނެ.. ދެ މީހުންނަކީ ވެސް ލޯބި ނުލިބި ދިރިއުޅުން ފަށަން އުޅޭ މީހުން.. އަހަންނަށް ޔަގީން މިއުވާން އަހަންނަށް ދެރައެއް ނުދޭނެކަން” އެހެން ބުންޏަސް އަޝްވާގެ ހިތުގައި އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެންނަމަވެސް މި ނޫން އެހެން ގޮތެއް އޭނާގެ ވީރާނަވަމުން ދާ ހިތަށް ނެތްކަމުގައި އަޝްވާ ދެކެއެވެ. އެ ހިތަށް ލޯބި ބޭނުން ވިޔަސް ހަމައެކަނި ކުލުނާއި އޯގާތެރިކަމުން ފުއްދާލަން މަޖުބޫރެވެ. އެހެންނޫނީ ދެން ވެސް ލިބޭނީ ދެރައެވެ.

“ކާއިން އަދިވެސް އަހަންނަށް އިތުބާރު ނުކުރަންތަ؟” ކާއިންއަށް އިތުރު ސުވާލެއް ކުރަން ފުރުސަތު އަޝްވާ އަހާލިއެވެ.

“އިޓްސް އޯކޭ ކާއިން… ބައެއް ފަހަރު އެހެންވެސް ވާނެ.. އެކަމަކު އަހަރެން ހީކުރަން ކާއިންއަށް ކޮންމެވެސް ދުވަހަކުން އަހަންނަށް އިތުބާރު ކުރެވެން ފެށޭނެ ކަމަށް.. އަހަރެން އިންތިޒާރު ކުރާނަން” ކާއިން ޖަވާބެއް ނުދިނުމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ!!” ކާއިންއަށް އިތުރު ވާހަކައެއް ނުދެއްކެނީސް ދޮރު ހުޅުވާލި އަޑަށް ދެ މީހުން އެފަރާތަށް ބަލާލިއެވެ. އޭރު ރީމް ޝަނުމްގެ އަތުގައި ހިފައިގެން އެ ދިމާލަށް އަންނަމުން ދިޔައެވެ. ރީމް ފެނުމުން ކާއިން އަޝްވާގެ އަތުން ދޫކޮށްލައި އެތަނުން ތެދުވެ އެއްފަރާތަކަށް ޖެހިލިއެވެ.

“ދެ މީހުން އޯކޭ ވީ ތަ މިހާރު” އަޝްވާ އަހާލިއެވެ.

“އަޝްވާއާއި ޝަނުމް މި އޮތް ހާ ދުވަހު އަހަންނަށް ހުރިހާ ކަމެއް ސިއްރުކޮށްގެން އުޅުނީ ކީއްވެ؟ އަޝްވާ ކީއްވެ ނުބުނީ ތިމަންނަ ޝަނުމް ދެކެ ލޯބިވެއޭ! އަޝްވާ ހީކުރީތަ އަހަރެންމީ އެކުވެރިޔާގެ އިހުސާސްތަކަށް ވިސްނާވެސް ނުލާނެ އަމިއްލަ އެދުން ބޮޑު މީހެކޭ!” ރީމްގެ އަޑު ބާރު ވިޔަސް އެއަޑުގައިވި ހިތާމަ އެތާގައި ތިބި އެއްމެންނަށް ފާހަގަވަމުން ދިޔައެވެ.

“އަހަރެން ޝަނުމްގެ ދެކެ ލޯބި ވިޔަސް ދެ މީހުންނަށް އެކުގައި އުޅެން އެއްވެސް ފުރުސަތެއް ނެތް..ވީ އިރު އިތުރު މައްސަލަތަކެއް ކުރިމަތި ކުރުވަން ކީއްކުރަން އެވާހަކަ ދައްކަންވީ؟” އަޝްވާ ބަހަނާއެއް ދައްކާލިއެވެ.

“މައްސަލަ ކުރިމަތި ވިޔަސް އަދި ނުވިޔަސް އަޝްވާ ޖެހޭނެ އަހަރެން ކައިރީ ބުނަން.. އަހަރެން ހީކުރީ އެހާ ވަރަށް ދެ މީހުންގެ އެކުވެރިކަމުގެ ބާރު ގަދަވާނެ ކަމަށް.. އެކަމަކު އަޝްވާ ތިކަންތައް ކުރި ގޮތުން އަހަންނަށް އިހުސާސް ކުރެވެނީ އަހަރެން މީ ދުނިޔެ މަތީގައި ހުރި އެއްމެ އަމިއްލަ އެދުން ބޮޑު މީހާ ކަމަށް!!! އަޝްވާ! އަހަރަމެން ދެ މީހުންނަކީ އެކުވެރިކަމުގެ ނަމޫނާއަކަށް މީހުން ބުނެ އުޅޭ ދެ މީހުން.. އެކަމަކު މިހާ ބޮޑު ކަމެއް ސިއްރު ކުރުމުން ދެ މީހުންގެ އެކުވެރިކަމުގެ އެއްވެސް އަގެއް ނެތެއްނު.. އަޝްވާ ބުނެބަލަ، އަޝްވާ ޝަނުމް ދެކެ ލޯބިވާކަން އެނގި އަހަންނަށް ކިހިނެތް ޝަނުމްއާއި އެކީ އެއްމެ މިނެޓެއް ވެސް ހޭދަކުރެވޭނީ؟ ” ރީމް ޝަކުވާކޮށްލިއެވެ. ޝަނުމްގެ ލޯބި އިންތިހާއަށް ބޭނުން ވިޔަސް ރީމްއަށް މިހާރު އިހުސާސް ކުރެވެނީ އެއީ އޭނާއަށް ކުރެވޭ ބޮޑު ކުށެއް ހެންނެވެ.

“ތިކަމާ ރީމް ހާސްނުވޭ!! އަހަރެން މިއުޅެނީ މީހަކާއި އިނދެގެން ދުރަށް ދާން.. އޭރުން ރީމްއަށް ޝަނުމްއާއި އެކުގައި އުޅެން ފަސޭހަވާނެއެއްނު! ކައިވެނީގެ ގުޅުމަކީ މާތް ގުޅުމެއް..އެއީ ހިތް ނޭދޭތީ އުވާލަން ކުރާ އަގުދެއް ނޫން. އެހެންނޫނަސް އަހަންނާއި ޝަނުމްއަށް އުފާވެރި މުސްތަގުބަލެއް ނެތް. އަހަރެންވެސް އަދި ޝަނުމް ވެސް ބޭނުންވޭ ދަރިން ހޯދަން.. ލޯބީގެ ނަމުގައި އެކުދިންނަށް އަނިޔާ ދިނުމަކީ ދެ މީހުން ކުރެ އެކަކު ވެސް ކުރާނެ ކަމެއް ނޫން.. ދޯ ޝަނުމް” ޝަނުމްގެ ހިޔާލު ހޯދަމުން އަޝްވާ ރީމްއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“އަޝްވާ މީހަކާއި އިންނަނީއޭ؟” އަޝްވާ އެހުރިހާ ވާހަކައެއް ދެއްކިއިރު ވެސް ރީމްގެ ސިކުޑިއަށް ނަގައިނުގަނެވިގެން އުޅެނީ އެ ޖުމްލައެވެ.

“އާން! މިއުވާން ކިޔާ ކުއްޖެއް.. އަދި ބައްދަލުވެސް ނުވޭ ދޯ” ހިނިތުންވެލަމުން އަޝްވާ އެހެން ބުނެލުމުން ރީމް އާއި ޝަނުމް ކާއިންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

ޝަނުމްއާއި ރީމް އެކުރަނީ ކޮން ސުވާލެއްކަން ބަހުން ނުބުންޏަސް އެއީ ކޮން ސުވާލެއް ކަން އެނގި ކާއިން ބޯ ޖަހާލިއެވެ.

“އަޝްވާ! ކީއްވެ ތިހާ ކުއްލި ނިންމުމެއް ތި ނިންމީ؟ އެހެންނޫނަސް އަޝްވާއެއްނު ބުނަނީ ލޯބިވާ މީހަކާއި އިނދެގެން ނޫނީ އެއްވެސް އުފަލެއް ނުލިބޭނޭ” ރީމްއަށް ލިބުނު ހައިރާންކަމާއި އެކު އަހާލިއެވެ.

“އާން! އެކަމަކު ހުރިހާ ކަމެއް ވާނީ ތިމާ ހިތް އެދޭ ގޮތަކަށް ނޫން! ރީމް އަހަންނަށް ކަމެއް ކޮށްދެންޏާ ރީމް ޝަނުމް ދެކެ ތިވާ ލޯބީގެ އެއްވެސް މިންވަރަކުން ޝަނުމްއަށް އުނިކަން ނުދޭތި.. ޝަނުމް! ރީމް އަކީ ވަރަށް ވަރަށް ރަގަޅު ކުއްޖެއް… އަހަންނަށް އެނގޭ ޝަނުމް ތީ ހިތްހެޔޮ، ވަފާތެރި މީހެއް ކަން.. އެހެންވީމަ ދެ މީހުން ވެސް އުފަލުގައި އުޅެވޭ ތޯ ބަލާ.. އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ވަރަށް ވަރަށް ރަގަޅުވާނެ” އަޝްވާއަށް ވާހަކަ ދެއްކެނީ ކިރިއަ ކިރިއާއެވެ. ރޮވެން ފެށުނެވެ. ދެންމެ ދެއްކި ވާހަކަތަކުގެ ސަބަބުންނެއް ނޫނެވެ. ބަލިވީއެވެ. ގައިގެ ވަރު ދޫވާން ފެށީއެވެ. ނަފުސު ހަމައިން ނެއްޓެނީއެވެ. އިހުސާސްތައް ފުނި ޖެހި ބަންޑުންވަނީއެވެ. ޝަކުވާ ކުރާ ހިތް ވިޔަސް އެއަޑު އަހާނެ މީހަކު ނެތުމުންނެވެ.

ޝަނުމް އަޝްވާ ކައިރީ އިށީދެ ފަހަތުން އަޝްވާގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އޭނާގެ ދެ އަތުން އަޝްވާގެ ކޯތާފަތުގައިވާ ކަރުނަތައް ފުހެދިނެވެ.

އެމަންޒަރު ބަލަން ރީމް ހުރީ އެއްވެސް ޝަކުވާއެއް ނޫނީ ހަސަދައިގެ މިންވަރެއް ނެތިއެވެ. އޭނާވެސް ބޭނުމީ އަޝްވާއަށް އުފާވެރިކަމެވެ. ބޭނުންވަނީ އަޝްވާގެ އުއްމީދުތައް ފުރިހަމަ ކުރުމެވެ. އެކަމަކު އަޝްވާ އެދުނު ކަންތަކާއި އެކު އޭނާ މި ކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟

ޝަނުމް އަޝްވާއާއި ކައިރިވުމުން ކާއިން ހަސަދަވެރިވިއެވެ. އަޝްވާގެ ލޮލުން އޮހެރެމުންދާ ކަރުނަތައް ފުހެދޭން ބޭނުމީ އޭނާގެ ދެ އަތުންނެވެ. އެ ހިތަށް އުފާވެރިކަން ގެނެސްދޭން ބޭނުމީ އޭނާގެ ފަރާތުންނެވެ. އެހެންކަމުން އެ މަންޒަރު ބަލަން ކެތްނުވެގެން ކާއިން އެތަނުން ނިކުމެގެން ދިޔައެވެ.

ޝަނުމްއަށް ކާއިން ދިޔަ ތަން ފެނި ކާއިންގެ ފަހަތުން ގޮސް ކޮޓަރިން ނިކުތެވެ.

“ކާއިން! ކީއްވެ އަޝްވާ ކައިރީ ލޯބިވާ ވާހަކަ ނުބުނީ” ޝަނުމް އެހެން އަހާލުމުން ކާއިންގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ.

“އަހަންނަށް ހިޔެއް ނުވޭ އަޝްވާ އަހަންނަށް ބޭނުންވާނެ ހެން.. އަޝްވާ އަދިވެސް ލޯބިވަނީ ޝަނުމް ދެކެ.. ކެތްކޮށްގެން ހުއްޓަސް އަޝްވާގެ ދެ ލޮލުން އޭނާ ޝަނުމް ދެކެ ވާ ލޯބި ވަރަށް ރަގަޅަށް ހާމަވޭ.. ” މިއީ ކާއިންއަށް ދެއްކޭނެ ބަހަނާއެއް ނޫންކަން އެނގި ނަމަވެސް ކާއިން ބުނެލިއެވެ.

“ތީ މުޅިން ތެދު ވާހަކައެއް ކަމަށް އަހަންނަށް ގަބޫލުނުކުރެވޭ.. އަޝްވާ ލޯބިވާ ވާހަކަ ނުބުންޏަސް އަޝްވާ ކާއިންއާއި މެދު ދެކެނީ ހަމައެކަނި ރައްޓެއްސެއްގެ ހަސިއްޔަތުން ނޫން.. އެޔަށް ވުރެ ބޮޑު ގުޅުމެއް ބާއްވަން އަޝްވާވެސް ބޭނުންވާހެން އަހަންނަށް ހީވޭ” ޝަނުމް ރީމްއާއި ކައިވެނި ކުރުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ކާއިންއާއި އަޝްވާގެ ގުޅުން ރަގަޅަށް ބަލަމުން ދިޔައެވެ. އެހެންކަމުން އެކަކު އަނެކަކު އިއުތިރާފު ނުވާން ބޭނުންވާ އިހުސާސްތަކެއް ވާހެން ހީވެއެވެ.

“އަޝްވާ ތިކަހަލަ އިހުސާސެއް ވާނަމަ ކީއްވެ ނުބުނެ ހުރީ؟ ޝަނުމް ދެކެ ވާ ލޯބި ހާމަ ކުރި ފަދައިން އަހަރެން ދެކެވެސް ލޯބިވާނަމަ އެކަން ހާމަނުކޮށް ނުހުންނާނެ” ބަހަނާއެއް އަލަށް އުފައްދައިގެން ނަމަވެސް ހިތަށް ލުއެއް ލިބޭތޯ ކާއިން އުޅުނެވެ.

“އަޝްވާ އަހަރެން ދެކެ ލޯބިވެވިގެން އެކަން ހާމަނުކުރެވިގެން އުޅުނު ހާލު ކާއިންއަށް އެނގޭނެ.. އެހެންކަމުން މި ފަހަރުވެސް އެހެން ވެދާނެ..އަޝްވާއަށް އިތުރު ފުރުސަތެއް ދީ” ދުރުގައި މަންޒަރު ބަލަން ހުއްޓަސް އަޝްވާގެ އުފަލަކީ އޭނާގެ ވެސް އުފާކަން ކަމުގައި ޝަނުމް ދެކެއެވެ.

“ކާއިން! ކޮބާ މައްސަލައަކީ؟ ދެ މީހުން އެހާ އެއްކޮށް އުޅެފަ ދުރުވާން ތި އުޅެނީ ކީއްވެ؟” ކާއިން އެޔަށް ރައްދެއް ނުދިނުމުން ކޮންމެވެސް އެހެން ކަމެއް ވާކަމަށް ޝަނުމްއަށް ގަބޫލުކުރެވުނެވެ.

“އަހަރެން ލޯބި ހާމަކޮށް އަޝްވާ ނޫނެކޭ ބުނެފިނަމަ ކިހިނެތް ދެން ހަދާނީ.. އޭރުން އަހަންނަށް އެގެއްލުނީ ލޯބީގެ އިތުރުން އެއްމެ ގާތް އެކުވެރިޔާ ވެސްމެ.. އެހެންނޫނަސް އަޝްވާ އާއެކޭ ބުނަން ތައްޔާރަށް ހުއްޓަސް އަހަރެން ބިރުގަނޭ އަހަރެންގެ ފަރާތުން އަޝްވާ ދެރަ ވެދާނެ ކަމެއް ވެދާނެ ކަމަށްޓަކައި… އަޝްވާ އަކީ ކުރިން ކިތައްމެ ބޮޑުކަމެއް ވިޔަސް ނުރޯން ހުންނަ ކުއްޖެއް.. އެކަމަކު މިހާރަކަށް އައިސް ހިތާމަ ނޫނީ އެ ދެ ލޮލުން ނުފެނޭ.. އަހަރެން މީ އަވަހަށް ގޮތް ނިންމާ ރުޅިގަދަ މީހެއް.. އަހަރެން ކޮށްލާ އެއްމެ ކުޑަ ކަމަކުން ވެސް އަޝްވާއަށް އަނިޔާއެއް ލިބިދާނެ..މިއަދު އަހަންނަށް އިސްވެ ކަމެއް ނުކުރެވުނު ނަމަ ފެންނާނީ އަޝްވާގެ ފުރާނަ ނެތް މަސްގަޑު.. އެއީވެސް އަހަރެންގެ އަމިއްލަ ސަބަބަކާއި ހެދި… ޝަނުމް، އަހަރެން ބިރުގަނޭ!” ޝަނުމް އަކީ މީގެ ކުރިން ކާއިން “ފޫހިވާ” އަދި ގުޅުން އެހާ ރަގަޅު ފަރާތެއް ނޫނެވެ. އެހެންނަމަވެސް ޖަޒުބާތުތައް ހިއްސާކުރެވެން ފެށުނެވެ.

“ލޯބިވެވުމުން ތި ހުރިހާ ކަމެއް ވެސް ވާނެ.. އެކަމަކު އެއީ ލޯބި ހޯދުމަށް ދެއްކޭނެ ބަހަނާއެއް ނޫން.. ކާއިން ރީއްޗަށް އަޝްވާއަށް ހުރިހާ ވާހަކައެއް ކިޔައިދީ.. އެހެންނޫނީ ވަގުތު ފާއިތުވެދާނެ” ކާއިންގެ ކޮނޑުގައި އަތް އަޅައި ހިތްވަރު ދެމުން ޝަނުމް ބުނެލިއެވެ.


 

ލިއުޝާ ދިޔުމުން އަޝްވިން އީޝްގެ އަތުގައި ހިފައި އަނެއް އަތުން ހިންދުގެ އަތުގައި ހިފަން އުޅުނެވެ. އެހެންނަމަވެސް ހިންދު އެގޮތެއް ބޭނުމެއް ނުވިއެވެ. އަޝްވިންއާއި ދިމާލަށް ބަލައި ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު އެތަނުން ދިޔައެވެ.

އަޝްވިންއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހިންދު ހުރީ އަދިވެސް މާފު ދޭ ގޮތަކަށް ނޫންކަމުން ހިންދުއަށް އިތުރަށް މަޖުބޫރު ކުރާކަށް ބޭނުމެއް ނޫނެވެ.

ބުނެލާ ބަހަށް ވުރެ ދައްކާ އަމަލުން ކުދިންނަށް ގިނަ ފަހަރު އެއްޗެހި ނަގައިގަނެވެއެވެ. އެގޮތަށް އީޝްއަށް ވެސް ބަލާލެވުނީ ބައްޕަގެ މޫނަށެވެ.

“ބައްޕާ، ކީއްވެ ހިންދު ދައްތަ ބައްޕަ ދެކެ ރުޅި އައީ؟” މައުނަވީ ގޮތަކަށް އީޝް އަހާލިއެވެ.

“ހިންދު ދައްތަ ބައްޕަ ދެކެ ރުޅި ނާދޭ.. ބައްޕައަށް ގޯސްކޮށް އުޅެވުނީމަ ހިންދު ދައްތަ އެހެރީ ދެރަވެފަ” އީޝް ކައިރިއަށް ތިރިވެލަމުން އަޝްވިން ބުނެލިއެވެ.

“ބައްޕަ ސޮރީ ބުނިން ތަ؟” ދެލޯ ބޮޑުކޮށްލަމުން އީޝް އަހާލިއެވެ. އަޝްވިން އޭނާއަށް ކިޔައިދޭ ގޮތުންނަމަ އަނެކާ ދެރަކޮށް ލެވިއްޖެނަމަ ކުރަން ޖެހޭ ކަމަކީ މާފަށް އެދުން ކަމަށް ވާތީއެވެ.

“ލައްބަ ދޫންޏާ.. އިން ޝާ ﷲ ދައްތަ ވަރަށް ވަރަށް އަވަހަށް އަންނާނެ އީޝްއާއި ބައްޕަ ކައިރިއަށް” އެހެން ބުނެލަމުން އަޝްވިން އީޝް ގޮވައިގެން އެތަނުން ދިޔައެވެ.


 

 

އަޝްވާގެ އައިވީ ހުސްވުމާއި އެކު ޑޮކްޓަރުން އިތުރަށް ޗެކު ކުރުމަށްފަހު ގެޔަށް އާދެވޭ ވަރުވީ ރޭގަނޑު އަށެއް ޖެހިތާ ކައިރީގައެވެ. އަޝްވާ ގޮވައިގެން ގެޔަށް އައީ އަސްރާރު އާއި އަޝްވިން އަދި ކާއިންއެވެ. ހަތަރު މީހުން އެއްކޮށް ގެޔަށް އައިއިރު މިއުވާން އަޝްވާގެ އިންތިޒާރުގައި އެގޭގެ ސިޓިންރޫމުގައި ހުއްޓެވެ.

“ހަފީޒާ ދޭ ބަލަ އަޝްވާ ގޮވައިގެން ކޮޓަރިއަށް.. އަހަރެން އެބަ އަންނަން މިއުވާން އާއި ވާހަކަ ދައްކާލާފަ” އަސްރާރު ހުރީ ކައިވެނި ވީހާ ވެސް އަވަހަށް ކުރަން ބޭނުން ވެފައި ކަމުން އެއްވެސް ފުރުސަތެއް ނަގާލާކަށް ބޭނުމެއް ނޫނެވެ.

ހަފީޒާއާއި އެއްކޮށް ކާއިން ވެސް އަޝްވާ ގޮވައިގެން އެކޮޓަރިއަށް ދިޔައެވެ.

“ކާއިން މަޑުކޮށްލައްޗޭ އަޝްވާ ކައިރީ، ދައްތަ އެބަ އަންނަން އަޝްވާ ކާނެ އެއްޗެއް ހިފައިގެން” އަޝްވާ އެނދުގައި އޮށޯވެ ހަމަޖެހިލުމާއި އެކު ހަފީޒާ ބުނެލިއެވެ.

ހަފީޒާ ދިޔުމުން ކާއިން އަޝްވާ ކައިރީ އިށީނެވެ. އަދި ޝަނުމް އޭނާއަށް ވިސްނުވައިދިން ގޮތަށް ލޯބި ހުށަހަޅަން ނިންމިއެވެ. އެހެންނަމަވެސް ކާއިންއަށް އަޝްވާގެ ނަން ވެސް ކިޔާ ނުލެވެނީސް މިއުވާން އެ ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.

“މިއުވާން! އަހަރެން ހީކުރީ ބައްޕަ ދިޔައީ މިއުވާން އާއި ވާހަކަ ދައްކަން ކަމަށް” ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

“އާން އެހެންނޭ ކިޔާފަ އައީ.. އެކަމަކު ބުނެފި އިހަށް އަޝްވާއާއި ވާހަކަ ދައްކާލަން ދާށޭ” އަޝްވާ ކައިރިއަށް ހުއްޓިލަމުން މިއުވާން ބުނެލިއެވެ.

“އެހެންތަ؟ އިށީދެލަންވީނު” މިއުވާން އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އަޝްވާ ތެދުވާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ކާއިން އަޝްވާގެ ކޮނޑުގައި ހިފައި އެކަމަށް ހުރަސްއެޅިއެވެ.

“އަޝްވާ ހޮސްޕިޓަލުން ދޫކޮށްލިއަސް އަރާމް ކުރުމަށް ޑޮކްޓަރު ބުންޏެއްނު” ނުރުހުންވެފައި ކާއިން ބުނެލިއެވެ.

“ތިހެން ވެއްޖާ އަޝްވާ އޮށޯވެލާ.. އަހަރެން މިއައީ ހަމައެކަނި ހާލު ބަލާލައި މި މާބޮނޑި އަޝްވާއަށް ދޭން ކަމަށް” އަތުގައި އޮތް ފަސް މަލުގެ ސަންފުލާވާރ މާބޮޑި އަޝްވާއަށް ދިއްކޮށްލަމުން މިއުވާން ބުނެލިއެވެ.

“އަޝްވާ ބުނީމެއްނު އެއްމެ ކަމުދާ މަލަކީ މިއީއޭ.. ހާއްސަ ސަބަބެއް އޮތީތަ؟” މިއުވާން އިތުރުކޮށްލިއެވެ. އަޝްވާ އިސްވެ ވާހަކަ ނުދައްކާނެ ކަމަށް އަސްރާރު ބުނެފައި އޮތުމުން އެކަން ކުރުމުގެ މަގުސަދުގައެވެ.

މިއުވާން އެހެން ބުނެލަމުން އަޝްވާ ބަލައިލީ ކައިރީގައި އިށީދެގެން އިން ކާއިން އަށެވެ. ކުރިން ގަޔާވާ ހާއްސަ މަލެއް ނެތަސް ކާއިންގެ ސަބަބުން މިއީ ހާއްސަ ވައްތަރެއްގެ މާ ކަމަށް ވެއްޖެއެވެ.

މާ ބޮޑި ހަވާލުކޮށްލުމަށްފަހު މިއުވާން އުޅުނީ ދާށެވެ. އެހެން ނަމަވެސް އަޝްވާ މިއުވާންއަށް ގޮވާލުމުން ފަސް އެބުރި ބަލައި ހިނިތުންވެލިއެވެ.

“ހާދަ އަވަހަށް ދާން ތި އުޅެނީ.. މިހާ އަވަހަށް ކައިވެނި ކުރަން އުޅޭ އިރު ކައިވެނީގެ ކުރިން އަހަރެން ބޭނުން ބައިވަރު ވާހަކަތައް ދައްކާލަން.. ” އަޝްވާ އުޅެނީ ގަސްދުގައި ކާއިން ދެރަ ކޮށްލަން ކަންނޭނގެއެވެ. އެހެންނޫން ނަމަ މިހެން ބުނުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟
އަޝްވާ އެހެން ބުނުމުން ކާއިންއަށް އިސްޖަހާލެވި ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ. އަދި އެއްމެ ސިކުންތެއް ވެސް މަޑުނުކޮށް އެތަނުން ތެދުވެގެން ދިޔައެވެ. ޝަނުމް އެބުނާ ލޯބި އަޝްވާ އޭނަ ދެކެ ވާނަމަ އަޝްވާ މިހެން ހަދަންވީ ސަބަބީ ކޮބައި ހެއްޔެވެ؟ ކުށް ކުރެވުނުވެ. އެހެންނަމަވެސް މިވަރުގެ ބޮޑު އަދަބެއް ދޭން ހެޔޮވާނެ ހެއްޔެވެ؟

ކާއިން ދިޔަ ގޮތަށް ދިޔައީ ގޭގެ ޓެރަހަށެވެ. ޖެހެމުންދާ ފިނި ވައިރޯޅިން މޭ ފުރާލިއަސް އެއިން އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ވޭނާއި އުދާހުން ހަޔާތް މި ވަނީ ފުރާލާފައެވެ. ލޯބިވާ އެއްމެން އޭނާ އަތުން ބީވެގެން ދަނީއެވެ. ބައްޕަ ވެސް ފެންނާނެ ދުވަހެއް ނޭނގެއެވެ. ދެން އެއްމެ ލޯބިވާ އަޝްވާ އެއުޅެނީ އެހެން މީހެއްގެ ހައްގަކަށް ވެގެން އޭނާއާއި ދުރަށް ދާށެވެ. އަޝްވާގެ ހިތުގައި އެއްވެސް ރަހުމެއް ނުވަނީއެވެ. އެހާ ވަރަށް އިހުސާސްތައް ކިޔައި ދިނުމުން ވެސް އެއިން އެއްވެސް އެއްޗެއް އަޑުނީވޭ ކަމަށް ހަދާލަނީއެވެ.

ކާއިންގެ ހަޔާތުން އަޝްވާގެ ނަން ފުހެވޭނީ ކިހިނަކުން ހެއްޔެވެ؟ އެތައް އަންހެން ކުދިންނާއި އެކީ އުޅުމުން އެކަމަށް ރުޅި އައި އަޝްވާ މިވީ އޭނާގެ ހިތުގެ މަލިކާއަށެވެ. ފަލައޭ ބުނެ ޖެއްސުން ކުރި ކުއްޖާ މިވީ އޭނާ އެއްމެ ދެކިލަން ބޭނުންވާ ސޫރައަށެވެ. ރޮބެޓެކޭ ބުނެ މަލާމާތް ކުރި ކުއްޖާ ރޯލުމުން މިހާރު އޭނާގެ ހިތުގެ އެއްމެ ހިމަ ނާރަށް ވެސް އޭގެ އަސަރު ކުރެއެވެ.

ކާއިން ދިޔުމުން އަޝްވާގެ ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އެޔަށް ވިސްނާކަށް އަޝްވާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ އޭނާ އުފާކޮށްދޭނެ ފަރާތެކެވެ. އޭނާ އެދޭ ފަދައިން ދިރިއުޅުމެއް ފައްޓަން ބޭނުންވާނެ ފަރާތެކެވެ.

ކައިވެންޏާއި ބެހޭ ގޮތުން މިއުވާން އާއި ވާހަކަ ދައްކައި ނިމުމުން އަޝްވާ ދިޔައީ ކާއިން ގޭގައި އުޅޭ ތޯ ބެލުމަށެވެ. އެކި ތަން ތަން ބަލާ ހޯދަމުން ގޮސް އަޝްވާއަށް ކާއިން ފެނުނީ ގޭގެ ޓެރަހުގައި ހުންނަ އުދޯލީގައި އިށީދެގެން އިން ތަނެވެ. އަޝްވާ އުޅުނީ ކާއިން ކައިރިއަށް ދާށެވެ. އެހެން ނަމަވެސް އެވަގުތު ކާއިން އަތުގައި އޮތް ސިގެރޭޓު ފެނިފައި މަޑުޖެހިލިއެވެ.

އިރުކޮޅެއް ނުވެއެވެ. ކާއިން އޭނާ އަތުގައި އޮތް ސިގެރޭޓު ބިން މައްޗަށް އެއްލާލިއެވެ. އަޝްވާ ނުކުރާން ބުނެފައި އޮތް ކަމެއް ކިތައްމެ ދެރަވިޔަސް ކުރަން ބޭނުން ނުވާތީއެވެ. އަދި އެޔަށް ފަހު ނިތްކުރީގައި ހިފައި ބާރުކޮށްލިއެވެ.

ކާއިންއަށް މި ވަމުންދާ ވާ ވަރު ބަލަން ދުރުގައި ހުރުމަކީ އަޝްވާއަށް ކުޅަދާނަ ކަމަކަށް ނުވުމުން އަޝްވާ ކާއިން އާއި ދިމާލަށް ހިނގާގަތެވެ.

“ކޮބާ މިއުވާން؟ ކައިވެނި ކުރާ ތާރީހެއް ކަނޑައެޅީ ތަ؟ ” ޖެއްސުމުގެ ރާގަކަށް އެހެން ބުނެލިޔަސް ކާއިންގެ ލޮލަށް ޖަމާވެފައިވާ ކަރުނައިން އޭގެ ބޭނުން ކެނޑިގެން ދިޔައެވެ.

“މިއުވާން ގޮއްސި.. ކާއިން ކީއްކުރަން ސިގެރޭޓް ބޯން ތި އުޅެނީ.. އަހަރެން ބުނީމެއްނު ސިގެރޭޓް ބުއިމަކީ ހިތާއި މޭގެ ބަލިތައް ވަރަށް އަވަހަށް ޖެހޭ ކަމެކޭ” ކާއިންއާއި ޖެހިގެން އިށީދެލަމުން އަޝްވާ ބުނެލިއެވެ.

“ހަމައެކަނި ސިގެރޭޓަކުން ނޫނޭ އިންސާނާގެ ހިތަށް ގެއްލުން ލިބެނީ.. އެހެން މީހުންގެ އަމަލުތައް ހުންނަ ގޮތުން ލިބޭ އަނިޔާ މާ ބޮޑު.. އަދި އެ އަނިޔާއަކީ ބޭސް ގުޅައެއް ކާލާ އިރަށް ފަސޭހަވެގެން ދާނެ ކަމެއް ނޫން” ނުރުހުންވެފައި ކާއިން ބުނެލިއެވެ.

“ކާއިން އަދިވެސް ތިހިރީ އަހަރެން ދެކެ ރުޅި އައިސްފަ ދޯ.. އަހަރެން ކޮން ކަމެއް ކޮށްދީގެން ކާއިން އަހަރެންގެ ބަސް ގަބޫލުކުރާނީ..” އަޝްވާ އަދިވެސް ހީކުރަނީ ކާއިން ދެރަވެ ހިތްހަމަނުޖެހިފައި އެހެރީ ޕޮލިހަށް ހުށަހެޅި ދޮގު މައުލޫމާތުގެ ސަބަބުން ކަމަށެވެ.

“އަޝްވާ ތީ ހަމަ އަސްލަށް ވެސް ރޮބެޓެއް ދޯ.. އެހެންނޫނީ ހަމަ ގަސްދުގައި އަހަރެން ދެރަކޮށްލަން އުޅެނީ ތަ؟؟ ” ކާއިންގެ އަޑު ކުޑަކޮށް ބާރުވިއެވެ.

“އަހަރެން ނޫން ކަންނޭނގެ ރޮބަޓަކީ.. ކާއިން އެއްމެ ކުޑަމިނުން އަހަންނަށް އިތުބާރު ކުރާނަމަ މިހެން ކަންތައް ނުވީސް.. ކާއިންގެ ތި ހުންނަނީ އަދިވެސް އެ ހިޔާލު.. ކާއިންއަށް ނޭނގެ ކާއިންއަށް ހެޔޮއެދޭ މީހުންނާއި ހެޔޮނޭދޭ މީހުން ވަކި ކުރަން.. އަހަރެން ހަމަ ހައިރާން ވެއްޖެ…އަހަރެން ހީކުރީ ކާއިން ވާނެ ކަމަކަށް އަހަންނަށް އެއްމެ އިތުބާރު ކުރެވޭ އެއް ފަރާތަށް.. އެކަމަކު އެހެންނުވި ދޯ!” އަޝްވާ ދާން ހިނގައިގަތެވެ. އެހެންނަމަވެސް އޭގެ ކުރިން ކާއިން އަޝްވާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް ދަމައިގަތެވެ.

އެއައި ބާރު މިނުގައި އައިސް އަޝްވާ ޖެހުނީ ކާއިންގެ މޭމަތީގައެވެ. އަޝްވާ އަވަސް އަވަހަށް ކާއިންގެ މޭގައި އަތް އަޅައި ދުރަށް ދާން އުޅުނެވެ.

“ކާއިން ބޭނުންވަނީ އެކަނިވެލާކަށްނު.. އަހަރެން ކާއިންއަށް އެކަމުގައި އެހީވެދޭނަން.. މިއުވާން އާއި ކައިވެނިކޮށްގެން ކާއިން ފެންނަ ހިސާބަށް ވެސް އަހަރެން ނާންނާނަން.. ” ކާއިންގެ އަތުން އޭނާގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން އަޝްވާ ބުނެލިއެވެ.

“މިހާރު އިންނަން އެއްބަސްވީތަ؟” ކާއިންގެ ރުޅިގަނޑު އިސާހިތަކު މަޑުވެގެން ދިޔައެވެ.

“އާން… އިން ޝާ ﷲ މިއަންނަ ހުކުރު ދުވަހު ދެ މީހުންގެ ކައިވެނި ކުރެވޭނެ.. އަހަރެން ހުރީ ކާއިންއަށް ދައުވަތު ދޭން ކަމަށް.. އެކަމަކު އަހަރެން ދެކެ ރުޅި އަންނަ މީހަކު ދައުވަތު ދިނަސް އެކަން ގަބޫލުނުކުރާނެ އެއްނު” ކާއިންގެ ރުޅި މަޑުވުމާއި އެކު އަޝްވާ އަތުން ދޫކޮށްލިއެވެ.

“އަޝްވާ ކީއްކުރަން އަހަންނަށް ދައުވަތު ދޭންވީ؟” އެކި އިހުސާސްތައް ކާއިންގެ ހިތަށް ވެރިވަމުން ދާތީ މީހާގެ ތަބިއްޔަތު ދެ ސިކުންތުން ދެ ސިކުންތުން ބަދަލުވެގެން ދެއެވެ. އެއްފަހަރު ރުޅި އަޔަސް އަނެއް ފަހަރު ރުޅި އާދެއެވެ. އެއް ފަހަރު ބިރުގަތަސް އަނެއް ފަހަރު މީހާ ފިޑިވެގެން ދެއެވެ.

“އެއީ ކާއިން ތީ އަހަރެން އެއްމެ ގާތް އެކަކަށް ވާތީ.. އަހަރެން އެތައް ދުވަހަކު ބުނިން ދޯ ކާއިން ތީ އަހަންނަށް ކިހާ ވަރުގެ މުހިއްމު މީހެއްކަން.. ކާއިން އަހަރެން ދެކެ ރުޅިއަޔަސް އަދި ހިތްހަމަނުޖެހުނަސް އަހަރެން ބޭނުމެއް ނޫން ކާއިން އަހަންނާއި ދުރަށް ދާން.. ކާއިން އަހަރެން އެކަނިކޮށްލާފަ ދާން އުޅުމުން އަހަރެން މިހާ ދެރަ މި ވަނީ މިހެންވެ.. އަހަރެން އުއްމީދު ކުރަން ކާއިންއަށް ކޮންމެ ވެސް އެއްދުވަހަކުން އަހަންނަށް އިތުބާރު ކުރެވެން ފެށޭނެ ކަމަށް” ކާއިން ރުޅި މަޑުކުރުމުން އަޝްވާގެ މިޒާޖުވެސް ބަދަލުވެގެން ދިޔައެވެ. ދެ މީހުންގެ އެކެއްގެ ހިތަށް ވެސް ކަންތައް ކުރަންވީ ސީދާ ގޮތެއް ނޭނގޭތީ އިހުސާސްތައް އޮޔާއި ވަޔާއި ބެހިގެން ދަނީއެވެ.

“އަހަރެން ވަރަށް ބޭނުން އަޝްވާގެ ކައިވެނީގައި ބައިވެރިވެލަން..” ކާއިން އުޅުނީ އެ ޖުމްލައަށްފަހު “އެއީ އަޝްވާގެ ފިރިމީހާގެ ހައިސިއްޔަތުން” ނޭ ބުނާށެވެ. އެހެންނަމަވެސް ފުރަތަމަ ޖުމްލައާއި އެކީ އަޝްވާގެ މިލާފައިވާ މޫނުން ފުޅާ ހިނިތުންވުމެއް ފެނުމުން އިތުރު ބަހެއް ބުނުމަށް ފަސްޖެހުނެވެ.

“ހަމަ އަސްލު ވެސް ތަ؟ އަހަރެން ހާދަ އުފާވެއްޖޭ!! ” ކާއިން އެހެން ބުނުމުން އަޝްވާގެ ލޮލުން ހިލާލީ އުފާވެރިކަމުގެ ފޮނި ކަރުނަ ކަމެއް ނޫނީ ނޭނގޭ ހިތާމަވެރިކަމުގެ ކަރުނައެއް ކަމަށް އަޝްވާއަކަށް ނޭނގެއެވެ.

އަޝްވާ ހިނިތުންވުމުން ކާއިންއަށް ވެސް ހިނިތުންވެވުނެވެ.

“ވަރަށް ބޮޑު ވެޑިންއެއް ބާއްވާނަން ދޯ” ކާއިން އަހާލިއެވެ. އެހާ ބޮޑު އުފަލެއް އަޝްވާ ވާނީ އަޝްވާ މިކަމަށް ރުހޭތީކަން ޔަގީނެވެ.

“އާން ވަރަށް ބޮޑުވާނެ… ބޭބެމެން މެރީ ކުރި ރެއަށް ވުރެ ވެސް ބޮޑުވާނެ.. އަދި އެޔަށް ވުރެވެސް ފުރިހަމަވާނެ” ކާއިންގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ. އަޝްވާ ބުނި ފަދައިން އޭނާ މިހާރު “ލޯބި”ގެ ލަފުޒު އޭނާގެ ހަޔާތުން ފުހެލައިފިއެވެ. ލޯބިވެވިއްޖެނަމަ ހިތާމަ ނޫނީ ނެތް ކަމަށް ނިންމިއެވެ.

ކާއިން އެތައް އިރެއް ވަންދެން އަޝްވާއާއި ވާހަކަ ދައްކަން އިނެވެ. ކައިވެނީގެ ވާހަކަ ނޫން ދެ ވާހަކައެއް އަޝްވާ ނުދައްކައެވެ. ލޯބިވާ މީހާ ނުލިބުނަސް އޭނާގެ އެހެން އުއްމީދުތައް ވަޅުލާކަށް އަޝްވާ ބޭނުމެއް ނޫނެވެ. ބޮޑު ފުރިހަމަ ކައިވެނީގެ ހަފުލާ އަކުން ދިރިއުޅުން ފެށޭ އިރު ކައިވެންޏަށް ފަހު އުޅޭނެ ރީތި ގެޔަކާއި ކުދިން ހޯދާނެ މިންވަރަކަށް ބަދަލެއް ނާދެއެވެ.


 

އޭގެ ތިން ދުވަސް ފަހެވެ. އީޝް އިނީ ކުލާސް ރޫމުގައި އެކުވެރި ޒައުލްއާއި އެކީ ބޮޑު ސައްލާއެއް ކުރާށެވެ. ޒައުލްއާއި ވާހަކަ ދައްކަން އިދެފައި އީޝްއަށް ހިންދު ފެނުމާއި އެކު ދުވެލާފައި ގޮސް ހިންދުގެ އުގަށް އަރައި ބާރަށް ބައްދާލިއެވެ.

“ތީ އީޝް މަންމަ ތަ” އީޝްގެ ފަހަތުން އައި ޒައުލް އީޝްއާއި ސުވާލުކޮށްލިއެވެ.

“ނޯ.. މީ އީޝްގެ ދައްތަ.. އީޝްގެ ބައްޕަގެ ވައިފް” އީޝް ހިންދު ތައާރަފުކޮށްދިނީ ކައިވެންޏަށް ފަހު އަޝްވިން ހިންދު ތައާރަފުކޮށްދިން ގޮތަށެވެ.

“ދެން ކޮބާ އީޝް މަންމަ” ޒައުލް އަހާލިއެވެ. އީޝް ވެސް އަބަދުހެން މަންމަގެ ވާހަކަ ދައްކާތީ ދެ މީހުންގެ ވާހަކަތަކުގެ ބޮޑުބައެއް އޮންނަނީ އެ މައުޟޫ އަށެވެ.

“ނޭނގެ” އަތުން ވެސް ނޭނގޭ ކަމަށް ހަދާލަމުން އީޝް ބުނެލިއެވެ. އަދި ހިންދުއަށް ބަލައި ހިނިތުންވެލިއެވެ.

“މަންމަ ނެތަސް އީޝް ހިންދު ދައްތަ އީޝްއަށް ހުރިހާ ކަމެއް ކޮށްދޭ.. ފެންވަރުވާ ވެސް ދޭނެ.. ފުނާ ވެސް އަޅުވާނެ.. އަދި ނިދާއިރު ކުރުސި ވެސް ކިޔާ ދޭނެ” ފަހުރުވެރިކަމާއި އެކީ އީޝް އެހެން ބުނުމުން ހިންދު އީޝްގެ ގައިގައި ބައްދާލިއެވެ. އަދި އީޝްގެ ނިތްކުރިއަށް ބޮސްދީ ދަރިފުޅާއޭ ބުނެ ގޮވާލިއެވެ.

“ހިންދު ދައްތަ ތިހިރީ ބައްޕަ ދެކެ ރުޅި އައިސްތަ” ލޯބި ލޯބި ވަގުތުކޮޅަކަށް ފަހު އީޝް އަހާލިއެވެ.

“ނޫން” ހިންދު ޖަވާބު ދިނީ ކުރުކޮށެވެ.

“ދެން ކީއްވެ އީޝްއާއި ބައްޕަ ކައިރީ ނިދަން ނާންނަނީ.. ހިންދު ދައްތަ ނެތީމަ ބައްޕަ އޮންނަނީ އަބަދު މިހެން” ފުން ހިޔާލެއްގައި އޮންނަ މީހެއް ނިތްކުރީގައި އަތް ބާއްވާލައިގެން އޮންނަ ގޮތަށް ހަދާލަމުން އީޝް ބުނެލިއެވެ.

“ބައްޕަ ވަރަށް ދެރަވޭ ހިންދު ދައްތަ ނެތީމަ.. އީޝް ވެސް ދެރަވޭ.. ކޮން ދުވަހަކުން ހިންދު ދައްތަ އަންނަނީ” ދެރަވެލާފައި އީޝް އަހާލިއެވެ.

“ހިންދު ދައްތަ ނެތީމަ ބައްޕަ ދެރަވޭތަ؟” އީޝްގެ މޫނުގައި ހިފާލަމުން ހިންދު އަހާލިއެވެ.

“ޔެސް ވަރަށް ބޮޑުކޮށް.. ” ދެ ލޯ ބޮޑުކޮށްލަމުން އީޝް ބުނެލިއެވެ.

“ހިންދު ދައްތަ ބޭނުމެއް ނޫން ބައްޕަ ދެރަކުރުވަން.. ” އެހެން ބުނެލުމަށްފަހު ހިންދު ވިސްނާލިއެވެ. ހިންދު އަޝްވިންއާއި ދުރުވެގެން އެހެރީ އަޝްވިން އޭނާއަށް ދިން ހިތާމައެއްގެ ސަބަބުން އެކަނިވެލަން ބޭނުންވާތީއެވެ. އެއްވެސް ހާލަތެއްގައި އަޝްވިން ދެރަކުރުމުގެ ގަސްދަކު ނޫނެވެ.

އީޝްގެ އެ ވާހަކަތަކުން ހިންދުގެ ނިންމުން އިސާހިތަކު ބަދަލުވެގެން ދިޔައެވެ.


 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޝަނުމް ޑިޔުޓީ ނިންމާލުމަށްފަހު ގެޔަށް އައިސް ފެންވަރައިގެން ނިކުތް އިރު ވެސް ރީމް އެ އޮތީ ނިދާފައެވެ. އެދުވަހު ހޮސްޕިޓަލުގައި ހޭދަކުރެވުނު ވަގުތައް ފަހު ޝަނުމް ކުއްލިއަކަށް ތިން ދުވަހަށް ޑިޔުޓީއަށް ނިކުންނަން ޖެހުނެވެ. ޑިޔުޓީއަށް ނިކުންނަން ޖެހުނީ ރޭންޖު ނުލިބޭ ހިސާބަކަށް ވުމުން ރީމްއާއި ދެ މީހުންނަށް އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

ފެންވަރައި ޓީޝާޓަކާއި ސޯޓެއް ލައިގެން އައިސް ޝަނުމް ރީމް ކައިރީގައި އޮށޯވެލިއެވެ. ރީމް އަކީ ނިދާފައި އޮންނަ އިރު އެކި ގޮތް ގޮތަށް ހަރަކާތްކޮށް ފުރޮޅޭ މީހެއް ކަމުން މިހާރު އެ އޮތީ އެނދުން ކިރިއާ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. އެހެންކަމުން އެނދުގައި އޮށޯތުމުގެ ކުރިން ޝަނުމް ރީމްގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.

“މަންމާ!!” މީހެއްގެ އިހުސާސްވުމާއި އެކު ރީމް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ މަންމާއޭ ބުނެ ދެތިން ފަހަރެއްގެ މަތިން ގޮވާލިއެވެ. ރީމްއަށް އެހެންވުމުން ޝަނުމް ގާތަށް ހިނިއައެވެ. އެހެންކަމުން ރީމްއަށް ނުފެންނާނެހެން ފަހަތަށް ޖެހިލައި ރީމްގެ ގައިގައި ބައްދާލިއެވެ.

“ހާދަ ވަރަށް ބިރު ތި ގަތީ” ރީމްގެ ދަތްދޮޅީގައި ހިފައި އޭނާއާއި ދިމާލަށް ރީމްގެ މޫނު އަބުރާލަމުން ޝަނުމް ބުނެލިއެވެ.

“ޝަނުމް ދޯ.. އަހަރެން ބިރުން ހަލާކުނުވީ ކިރިއާއޭ.. ދެން ވެސް އެހެން ނުހަދައްޗޭ” ޝަނުމްއާއި ދިމާލަށް މުޅި ހަށިގަނޑު އަބުރާލަމުން ރީމް ބުނެލިއެވެ.

“މައްސަލައެއް ނެތް” ރީމްއާއި ކައިރިވެލަމުން ޝަނުމް ބުނެލިއެވެ.

“ޝަނުމް އަދި ފަހުން” ރީމް ޝަނުމް ގެ މޭގައި އަތް އަޅާލަމުން ދުރަށް ޖައްސަން އުޅުނެވެ.

“އަހަރެން މީ ރީމްގެ ފިރިމީހާއޭ.. މި ހައްގުން އަހަރެން މަހުރޫމް ނުކުރޭ.. ” ރީމްގެ މޫނަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“އެނގޭ ތިކަން.. އެކަމަކު މިހާރު ނޭނގޭ އެތައް ކަމެއް އަހަންނަށް އެނގިއްޖެ.. ޝަނުމް ތި ގޮތަށް ކައިވެރިލުމުން އަހަރެން ހިތަށް އަރަނީ..” ޝަނުމް ރީމްގެ ޖުމްލަ ފުރިހަމަ ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ރީމްގެ ތުންފަތުގައި ޝަހާދަތް އިގިލި ޖައްސާލިއެވެ.

“ކުރިން އަހަރެން ހެދީ ރީމް ބޭނުންވާ ގޮތް… އެއީ އެކުވެރިންގެ ގޮތުގައި އުޅުން..މި ފަހަރު ހަދާނީ އަހަރެން ބޭނުން ވާ ގޮތް” ޝަނުމް ބުނެލިއެވެ.

“އަހަރެން ބޭނުމީ މާޒީ އިން ދެ މީހުންގެ މުސްތަގުބަލަށް ހުރަސްއެޅޭ ކޮންމެ ކަމެއް ދެ މީހުންގެ ހިތުން ވެސް ފުހެލުން.. އަދި ލޯބިވާ ދެމަފިރިންގެ ގޮތުގައި މުސްތަގުބަލު ބިނާ ކުރުން.. އެ ގޮތަކީ ރީމް އަހަންނަށް އަންބެއްގެ ލޯބިދީ، އަހަރެން ރީމްއަށް ފިރިއެއްގެ ލޯބި ދިނުން..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަނދިރިފަރާތް 21

Next

ނޫރު (ސައުރަޔާޅީސްވަނަ ބައި)

Next
March 2, 2018

ނޫރު (ސައުރަޔާޅީސްވަނަ ބައި)

Previews
March 2, 2018

އަނދިރިފަރާތް 21

68 Comments!

  1. Any says:
    March 2, 2018 at 4:10 pm

    Bal bal huhta thanks maroon thivareh neii

    1. maroon says:
      March 2, 2018 at 4:25 pm

      Thanku Any ??

  2. maroon says:
    March 2, 2018 at 4:11 pm

    Salaam… maira,maazin and liusha ge baithah in sha Allah next part ga gesnedheynan. Ashwa and kain are having so many mixed feelings dhw… and for reem and shanum i guess happy days are coming. And for my darling eesh and her father and hindhu dhahtha they are going to have a blast when the family reunites ???
    And if kain aai marry kuran ashwa ulhunas do you think ashwa ge father ekamah ebbas vaanehen??
    Have a happy friday. Much love to all those who comment and read the story ?

    1. maroon says:
      March 2, 2018 at 4:13 pm

      And shaim ves?

  3. Hairaan says:
    March 2, 2018 at 4:14 pm

    Varah reethi

    1. maroon says:
      March 2, 2018 at 4:25 pm

      Thanku dear ??

  4. ބުރޯ says:
    March 2, 2018 at 4:22 pm

    ވަރަށް ސަޅި

    1. maroon says:
      March 2, 2018 at 4:25 pm

      Thanku bro ??

  5. reader says:
    March 2, 2018 at 4:22 pm

    Dhen rrrroooooooonnnnn?…. Inthizaaruga hunna thaa kon dhuvaheh? Adhives ashwaa and kaain gulheykah noolhe?

    1. maroon says:
      March 2, 2018 at 4:26 pm

      Thanku dear.. evves meeheh goiy dhoo kursn beynun nuvanya kihinei dhe hadhaany ?
      ??

  6. Shann says:
    March 2, 2018 at 4:23 pm

    Wow up kohly dhw… V v v rythi mibaives… Hurithaneh bunihyaa kaan aadheveynetha??????… Mibaigaves sifakurun hama ehvana… Story kuriah gendhaa goehves hama ehavan… Next part ah v v inthixaaru kurevey… V v ves rythi…

    1. maroon says:
      March 2, 2018 at 10:24 pm

      Thanku shann…keumeh dhookollan nuvaane ennu ?
      Vvvvvvv happy vejje rankolha. Thy hama one of my best reader ngey ??? much love

  7. Sauuu says:
    March 2, 2018 at 4:34 pm

    Mirey adhi up kohdhechey. Pls pls. Varah varah reethi ahsva and sanum beynunvanee.

    1. maroon says:
      March 2, 2018 at 10:25 pm

      Thanku dear. I dnt think mirey vaanehen ???

  8. Dhon goma says:
    March 2, 2018 at 4:41 pm

    Ashwa Bappa bunidho kudhinnah majubooreh nukuraanamey Ehenveema ashwa kaain ah innananves ehbas vaane Ekam dhen e miuvaanah ashwa nudheythi dhoonee vaahaka Hama habeys keep it up waiting for the next part

    1. maroon says:
      March 2, 2018 at 10:15 pm

      Haadha loabi nameh kiyaa kujjekey ?
      Ashwa dad ehen bunyas kaain ashwa aai gulhijje nama ashwa ge salaamathaai rahkkaatheri kamah buroo araa dhw. So he might not allow hama. EkMs he is a kind of father who loves and will do anything to keep his girl happy . Thanku dear ??

  9. Pinky says:
    March 2, 2018 at 4:55 pm

    Nice???

    1. maroon says:
      March 2, 2018 at 10:15 pm

      Thanku pinky ??

  10. Eee ram says:
    March 2, 2018 at 5:06 pm

    E miuvaan aa ashwa kamaku nudheyyy… Kaain n ashwa gulheni pl plx plx dnt separate them … Stryy vvv reethi… Huri haa part eh ves kiyan ekm bxy v ma comment nukuevenii plxxx kaain ashwaa gulheyne dhuvahakah i cant wait …

    1. maroon says:
      March 2, 2018 at 10:17 pm

      Thanku dear…miuvaan aai nugulhunas balaabala ashwa kuran e ulhey kanathah. M hoping both of them will understand. . V ufaa vejje busy koh ulhemhnves habareh ve lythy ??

  11. Maikko says:
    March 2, 2018 at 5:25 pm

    Plx don’t seperate kaain nd ashwaa……they look so good together. …….i think ashwaa dad ok vaane hen ashwaa kaain dheke loabi vanyaa

    1. maroon says:
      March 2, 2018 at 10:17 pm

      Thanku maikko.. yes ekams ei kaain aai dhemyhun gulhijjeyyas dhe ?
      ??

  12. Maa says:
    March 2, 2018 at 5:33 pm

    Maroon……..????????? soooo sorryyyy ingey evves habareh nuvevuneema. Vvvvv bodah balivegen ulhuneeema midhiya dhuvas thakuga story nukiyunu….. bt now all parts ves kiyaa nimmaaafin….. haaadha gina kanthakeh higaifi ey dhoa….. soooo excited….hurihaaa parts ves vvvvvv nice ingey….. once again soooo sorry….

    1. maroon says:
      March 2, 2018 at 6:29 pm

      Oh honey. Its totally fine.. hope you are doing fine..vvvv happy vejje maa ge habareh vumun. Missed you dear..plz dnt say sorry ngey. Loves take good care maa ??? thanku

  13. annoying reader says:
    March 2, 2018 at 5:58 pm

    varah reethi mi part ves,i guess ashwa and miuvan ge wedding day eh ga he will notice hen she loves kaain and he will bring them together hen by leaving,but then again i dnt think her dad or shaim will agree to her marrying kain but in the end they will agree for her happiness. anyway i m happy for the others good to know happy days are bak for them,lets wait and see the evil mazin and mairas planned. kain ur getting the punishment for not trusting ashwa,kuda punishment akah fahu u will get her but u still wont admit to yr feelings. waiting for the next part

    1. maroon says:
      March 2, 2018 at 10:20 pm

      Mee prediction v molhu kujje. Lets see thihen vaanethe dhw ?
      Hehhe more and more answers will be revealed next part ga. M hoping u will like that episode too… kaain ah eyna ehen hedhythy heyo visnun libeyne gotheh hoadhan jehey.. thanku dear.??

  14. jeen says:
    March 2, 2018 at 7:01 pm

    ohh lovely hama.. shanum and reem ge bai haadha loabi ey dhww… ashwa and kaain ulhey gothun dhww.. ashwa ah ingeyne kanneyge aslu kaain dheke loabi vaakan.. dhn miuvaan kaarii bunaanii kanneyge.. I think this time she will fight… komme faharaku ashwa ves dhuleh nukuraane ehnu.. kaain ves noolhe ehnu bunaakah.. eesh ge part ves varah loabi.. varah cute eesh.. hama sifa kohlevey eesh… maroon.. picture in kobaa tha shanum akii kaain akii.. medhuga dhw shanum…
    lots of love maroon..

    1. maroon says:
      March 2, 2018 at 10:12 pm

      Hey jeen. One of my lovely readers ?
      Dhe myhun kure ekakuves beynumeh nuvey goiy dhoo kuran. Ekaku namaves isve bunefi nama ragalhu vaane kan yageen . ???.. yes ashwa shud fight for her own feelings. It seems hama no one cares dhw… shanum einy medhuga. Fahathuga kaain. Much love ?

  15. Reet says:
    March 2, 2018 at 7:12 pm

    V reethi

    1. maroon says:
      March 2, 2018 at 10:10 pm

      Thanku Reet ??

  16. sam♥ says:
    March 2, 2018 at 7:12 pm

    ashvaa aa kaain aa dhuru kuruveee thaa hama .. sadly.

    1. maroon says:
      March 2, 2018 at 10:10 pm

      Sorry honey ??

  17. Aish says:
    March 2, 2018 at 7:47 pm

    Wow its amazing. ..hama v v v furihama mi part ves..dhen ashwa ge wedding ah hurihaa kudhin dhaan vi..eyrun igeyne thaa dhen vaa gotheh ves..sifa kurun thah v v v furihama igey..keep it up ???? much love????

    1. maroon says:
      March 2, 2018 at 10:09 pm

      Thanku Aish. Higaabala dhaan dhw. Maroon vejje readers ah invite kuranves. ? ashwa kairee bunelaanan ?? much love dear tc

  18. NAAZ says:
    March 2, 2018 at 8:25 pm

    Vvv reethi masha Allah….v ufaavey dhigu koh vaahaka genasdheythe n avaskoh up kiraathy ..ThankQ maroon ?

    1. maroon says:
      March 2, 2018 at 10:08 pm

      Thanku naaz..vvvv happy vejje ngey thihaa hiyvaru dheythy ?? loves

  19. bull shit?❤????✌ says:
    March 2, 2018 at 8:26 pm

    Kaain aa ashwa aa dhuru vaathy foohi mi vaahaka

    1. maroon says:
      March 2, 2018 at 10:08 pm

      Its okay ??

  20. Zuam says:
    March 2, 2018 at 8:38 pm

    Masha Allah….. varah reethi….❤❤❤❤❤❤❤

    1. maroon says:
      March 2, 2018 at 10:08 pm

      Thanku zuam ??

  21. Pinky shifoo says:
    March 2, 2018 at 8:39 pm

    Wonderful ❤️❤️❤️… Maasha Allah mi part vx haadha reehchey ???… V v kiyaalaahithun mi kiyaalee ???… Knme partehvx ehaame reethi ???… Ashwaa marry kuraanee kaakaabaa??? ???… Kaain aa baa nooney miuvaan aa baa??? ???… Curiously waiting to know that ???… Heheheh… U have brilliant ideas maroon ???… Mi Story kiyaaleema ekan v v v vx ragalhahah egigen dhey???… Hama speechless vey kiyaalaafa ???… V molhu ingey story raavaalaafa vaa goi ???… This is hama superb ???… Dhn neynge bunaane ehcheh vx… Heheheh… Btw last part ge comment ge reply kiyaalaafa I was really happy ???… V v v ufaavi e comment maroon ah ehaa kamudheyaima ???… Maroon thee Maasha Allah v v talented v v molhu story writer eh n readers aaa v v gulhey writer ehkan faahagakohlevey ???❤️❤️❤️???… Curiously waiting for the next part ???… Lots of love and take care ???❤️❤️❤️???????????????

    1. maroon says:
      March 2, 2018 at 10:07 pm

      Hehehhe… thihaa loabi comment kuranya hiyves ufaavaane kan yageen. Higaabala dhw ashwa genesgen suvaalu kurama. Vvvvvv happy vejje mifaharuves. Thihaa colorful commenteh kollythy ❤?❤ neyge dhn ithurah bunaane ehcheh ves. Hama bodukoh shukuru ?? loves tc..
      Readers aky hama maroon ge kuri erun. They are like friends hama . Lucky to have all of you

  22. Eleven says:
    March 2, 2018 at 9:14 pm

    Dhen kaain and ashwa nugulheynytha??☹☹

    1. maroon says:
      March 2, 2018 at 9:58 pm

      Miuvaan huttaa vaanetha? Might hama ???

  23. sanam says:
    March 2, 2018 at 9:26 pm

    shanum n ashvaa gulhuveyne gotheh nehtha maroon beynun vny edhemyhun gulhen

    1. maroon says:
      March 2, 2018 at 9:57 pm

      Thanku dear. Maroon ah hurihaa readers ufaa nukohdheveythy v dhera vey ??

  24. Laylerr says:
    March 2, 2018 at 9:28 pm

    E miuvaanah ashvaa nudhiyy??kaain n ashvaa gulhuvaa plx plx?? … Varah Varah reethi mi bai ves????

    1. maroon says:
      March 2, 2018 at 9:56 pm

      Thanku dear. Higaa thikan kuran avahah ???

  25. Alvy says:
    March 2, 2018 at 9:50 pm

    sanum nd reem baithah dhen nugeney v foohi emyhun nugulhey. vaahaka kurin vx hadi v sanum nd reem gulhu v ma mihaaru anekka emyhun loaby ge baithah thi genesdhenyv foohi mihaaru

    1. maroon says:
      March 2, 2018 at 9:56 pm

      Thanku for the opinion ??

  26. Hairaan says:
    March 2, 2018 at 10:08 pm

    Sanum ah Ashvaa nudhinas kaainah Ashvaa nudheythi.

    1. Kaain? says:
      March 3, 2018 at 11:38 am

      What? Y?dhn e miuvaan ah tha ashwa dheyn v.kaain loves ashwa lot.kaain rooruyun nufeneytha?heis so into ashwa.y u hate kaain ?kaain aky ashwa ehme care kuraa ehme loabivaa kuhjaa.and eena kurin girls ukhuny loabi akun noon ekm mihaaru ge is in love.and ashwa dheke loabivaan feshi fahun eena ehn ehves girl akaa noolhe.he is facings so much problems. Ekm ves eena ashwa bunaa goth hadhaigen smoke eh ves nukure.

  27. Alvy says:
    March 2, 2018 at 11:15 pm

    dhw hairaan nugulhey ashva n kaain sanun n reem

    1. maroon says:
      March 2, 2018 at 11:28 pm

      Dhn couples gulhuvanvy kihinei. Can u give an explanation too. Mee rulhi aisgen kuraa suvaaleh noon. Komme hiyaalehves ufalaai eky balaigannan

  28. Azu says:
    March 2, 2018 at 11:35 pm

    Alhey maroon…dhen hiyeh nuvey super glue case akun ves thaiy nuvaane mihaaraku…haadha dheraey..? dhen vehje dho dhemeehum reethikoh loabi vaa vaahaka bunan..? miuvaan ah ticket nagaifintha mihaaru…v v dhurah fonuvaalan vaanee ingey….vaahaka hama obines to the max…❤

    1. maroon says:
      March 3, 2018 at 9:51 am

      Hehehe azu ?
      Super glue nulibunas ashwa bunelaa emme jumla akun ves mikan hallu vedhaane … ekam kaain ves eba jehey fidi nuve loabi hushahalhan. Ehen noony ashwa akah neygeyne ennu dhw…
      Maroon miuvann airportah fonuvaanan. Azu dhaathi ticket hifaigen ?
      Vvvvv happy vejje. Much love ??

  29. layaa says:
    March 3, 2018 at 12:09 am

    kaain & ashwa gulhuvaba maroon plxxx…. vvvv rythi ,,,, waiting

    1. maroon says:
      March 3, 2018 at 6:57 pm

      thanku layaa ?? heheh… kaain ulhey gothun vaanetha?

  30. Amm says:
    March 3, 2018 at 4:48 am

    Wow salhi mi part ves ?????waiting for next

    1. maroon says:
      March 3, 2018 at 6:56 pm

      thanku dear ??

  31. Hai says:
    March 3, 2018 at 6:35 am

    Vvvvv reethi…finally reem guluni…..
    Den kaain as ashwa guluvala

    1. maroon says:
      March 3, 2018 at 6:56 pm

      hehehe…. higaa dhw thikan kuran ??

  32. Shudha says:
    March 3, 2018 at 10:03 am

    yes… finally reem aa shanum gulhijje dhw… hindh will come to ashwin accepting his apology.. everyone’s reuniting.. except for kaain and ashwa.. then kaain lasvejje mihaaru loabivaa vaahaka bunan.. he shud have said sorry to ashwa… but ashwa cant stay away frm kaain ehaa faseyhain… ekam ashwa miuvaan aa marry kuranyaa that ll be a valuable lesson for kaain.. lets see dhw… liusha ah landeh dhyba… and maira aa maazin ah haggu adhabu liben jeheyne… v v reethi mi story… v dhera vey mi story nimeythyve… v loabi writer adhi friend eh thy.. will be waiting for next part.. loves <3 <3 <3

    1. Shudha says:
      March 3, 2018 at 10:41 am

      i just replied to the mail u sent.. balaalache..

    2. maroon says:
      March 3, 2018 at 6:55 pm

      hey shudha.. missed you.. ??? yes yes reuniting .. i think you will be happy to read next part!!!! yesyesyeys vvvv bodu adhabeh dheynan .. eyrun dhw emyhunna visneyny 🙂 ??? much love… you are one of the best readers and a sweet friend ???

  33. broken ? says:
    March 3, 2018 at 3:13 pm

    hey sorry lahun comment kurevunyma but v kurin kyn alhe mihaa reethi story eh dhuvahaku ves mulhi umuru hayaathugaves nukiyan i am inlove with the story miadhu extra class ah dhiyaeeves gadi jehigen mistory reethikamun nukiyaa nuhurevigen ky ??????????????????????????❤❤❤???????????????????????????v molhu ingey maroo u can do it eh story eh liyan fashaaba mihaa gina characters laafa please next part up vaany kon iraku ❤❤❤❤❤????????????????????????????❤????❤??????????????????????????✋✋✋

    1. maroon says:
      March 3, 2018 at 6:53 pm

      vvv ufaa vejje comment kiyaalaafa. ekam dhn kiyava nimmaafa ngey story kiyaany.. missed you dear.. vvvv support dhey kujje thy.. much love ???tctc .. ehen story eh dhw… visnaalaanan ngey

  34. broken ? says:
    March 3, 2018 at 6:26 pm

    story kobaa?????????????

Comments are closed.

Next Episodeތިޔަ އަސަރު 51←


All Right Reserved!