ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]
“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ. “އަހަރެންނަށް އެނގޭ މި ހަރަކާތް ތަކުގެ މާނަ ރާސިލް އަށް ނޭނގޭނެކަން… އެކަމަކުވެސް މިހިތަށް… މިހިތަކަށް ކެތެއް ނުވެޔޭ… ރާސިލް… އަށް އެނގޭތަ… މި ހިތަށް ކިހާ އަސަރެއްކުރާކަން… ރާސިލް އެކަންޏެއް ނޫނޭ މި […]
އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ. ހިނދެއް ހިނދަކަށް ވައިގަދަވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އޭނާ ލޯ މަރާލީ ފަހަރެއްގައިވެސް ހިޔާލުގެ ކަނޑަކަށް ގެނބޭކަށް ނޫނެވެ. އެހެންނަމަވެސް ލޯ މަރާލުމާއެކު އޭނާ އަށް ފެނުނު ސޫރައަކުން ރެއިލިންގައި ޖަހާލެވުނެވެ. އެއާއެކު އޭނާގެ އަތަށް ތަދުވިއެވެ. ދަގަޑުގައި ޖެހުނީ އެހާ ބާރަށެވެ. އޭނާ އަނގަޔަށް ގޮތެއް ހަދާލިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ނަރަރުހުއްޓާލިއެވެ. އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އެހެންނޫނަސް ދިއްލާ އަޅާފައިވާ މި […]
ހުޅުލޭ އެއަރްޕޯޓަށް ދެންމެ ޖެއްސި ފުލައިޓުން ފައިބައި ގެން އައި އެރީތި ޒުވާނާ ގެ ތުންފަތް މަތީވަނީ ރީތި ހިނިތުން ވުމެކެވެ.ޓާމިނަލްގެ ތެެރެއިން ފުރޭނިގެން މީހުން ތަކުގެ ތެރެއިން ނުކުއިން ޒުވާނާ ލާފައިހުރި ހުދުކުލައިގެ ގަމީހާއި އަރާފައި ހުރި ބޫޓު ނުހަނު ގުޅެއެވެ.ލާފައި ހުރި ގަމީހުގެ ތުނިކަމުން އެ ކަސްރަތީ ހަށިގަނޑުގެ ދޮންކަމާއި ރީތި ކަން ފާޅު ވޭވޭ ހުއްޓެވެ. އެ ފިރިހެން ވަންތަ ހިނގުމުގައި އެގުޒިޓް ޑޯރް އާއި ދިމާއަށް ދިޔަ އެރީތި ޒުވާނާ އަށް […]
އެއްޗެހި ބަދަލް ކޮއްލާ ތާޒާ ވެލައިގެން ނުކުތް އިރު ރާސިލް އޮތީ ނިދާފައެވެ. އޭނާ ރާސިލް އޮތް ފަޅިއަށް ޖެހިލާ އެމޫނަށް ބަލަން ހުއްޓެވެ. އެއީ އޭނާ ލޯބިވާ ފިރިމީހާއެވެ. އެމޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހިންހަމަ ޖެހުމެވެ. އެ މޫނުގައި ފިރުމާލާހިތުން އޭނާ އަތް އެ ދިމާލަށް ގެންގޮސްލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އަތް ދަމައިލީ އެ ހޮތްވަރު ނެތުމުންނެވެ. އައިލީޝް އަށް ހަދަން ވީގޮތެއްނޭގުނެވެ. މޫނުމަތިން ފެންނަނީ ހިތް ދަތިކަމެވެ. ރާސިލް އަށް ވީ ކިހިނެތްބާއެވެ. […]
މެންދަމުގެ ހަމަހިމޭންކަމުގެތެރޭން ފުރޭނިގެން އަންނަ މަޑުމަޑު ގިސްލުމެއްގެ އަޑު ހިންދެއްހިނދެއްކަށް ދަނީ މަޑުވަމުންނެވެ. ހީވާގޮތުން ރޮއެރޮއެ ވަރުބަލިވުމުގެ ސަބަބުން ދެލޮލަށް ނިދިސަވާރުވެ ކުރިހޯދީއެވެ. އެއަޑު އެކީހެން ކެނޑި ހަމަހިމޭން ވުމާއެކު ބޭރުގައި ހުރި ޒުވާނާ ހިނގައިގަތީ އަވަހަށް ގެއަށްދިއުމަށެވެ. ހީވާގޮތުން މިރޭވެސް އެހިތުގައި އެތަކެއް ޒަހަމްތަކެއް ލެވިނިމިއްޖެއެވެ. މޫނުމަތިމިލާ ދެލޮލުން ކަރުނަފާޅުވެފައިވާއިރު ހިނގުމުގައިވެސް ވަނީ މަޑުމޮޅިކަމެވެ. އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެތެރެއަށް އައީ މިކަހަލަ މަންޒަރުތަކެއްފެނި އަޑުތަކެއް އިވިދާނެކަމަކަށް ނޫނެވެ. އަދިހަމައެހެންމެ ކޮންމެރެއަކު ނިދިގެއްލުވާލާނޭފަދަ ހިތްއޭގެމަގާމުން ލުހެލާލާނޭވަރު […]
އެ ކޮޓަރީގައިވާ ރީތިވާ މޭޒު ކައިރީގައި ހުއްޓެލިތަނާ އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވެ، ޙަރަކާތްތައް ގަނޑުވިއެވެ. އެ އިވިގެން ދިޔައީ ފާހާނާގެ ދޮރު އަންލޮކް ވެގެން ދިޔަ އަޑެވެ. “ޝިޓް!” އަހަރެންވެސް ކިހާ މޮޔަ ހެއްޔެވެ؟ ކޮޓަރިއަށް ވަދެގަތީ ޑެލްޓާ ފާހާނާގައި އުޅޭތޯ ބަލާވެސް ނުލާ ވިއްޔާއެވެ. އޭނާގެ އަތުން އަހަރެން މަރު ނުވިއްޔާ ރަނގަޅެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލަމުން އަހަރެން ފަހަތަށް އެނބުރުނީ މަޑުމަޑުންނެވެ. ފާޙާނާގެ ދޮރުމަތީގައި ދެއަތް އުރާލައިގެން […]
ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ. ދަރުބާރުގޭ ކުރިމަތިގައި ހުރި ދާނިޝް ގެ މިސްރާބުހުރީ ދާދި […]
ދަރުބާރުގޭގެ އެތެރެ ޒީނަތް ތެރިކޮއްފައިވަނީ ނުހަނު ރީތިކޮށެވެ. ކަޅުކުލައިން ޒީނަތް ތެރިކޮއްފައިވާ ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް […]