“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮށް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ. “އަދި އެބަ ޖަދަލުކުރެއެއްނު… ތިއަށް ވުރެ ބޮޑު އަނިޔާއެއް ލިބޭ ހިތުންތަ ތިއުޅެނީ އޭތް” ރާސިލް ހަޅޭއްލަވައިގަތެވެ. އައިލީޝް އިސް އުފުލާލާ ހިޔާލެއް ދެން ނުކުރިއެވެ. އޭނާ ރޯލަ ރޯލާ އޮތީއެވެ. ރާސިލް ގެ ފަރާތުން ރޭ ފެނުނު އޯގާތެރިކަން މިހާރު ކޮބާބާއެވެ. […]
ކުއްލިޔަކަށް އަހަރެން ސިހިގެން ދިޔައީ އަންހެން ކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރުމުންނެވެ. ޔަގީނުންވެސް އެއީ އާޔާ ނޫން އިތުރު އެހެން ކުއްޖެއް ނޫނެވެ. އަހަންނަށާއި އާހިލް އަށް ލިބުނު ހައިރާންކަމާއި ސިހުމާއިއެކު އަޑު އައި ދިމާލެއް ނޭނގިގެން ތިބީއެވެ. ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް ސްކޫލް މުވައްޒަފުންވެސް ސްކޫލުގެ ސިޑިއަކާއި ދިމާލަށް ދާތަނެވެ. އަހަންނާއި އާހިލްވެސް އެދިމާލަށް ދުއްވައިގަތީމެވެ. އަދިވެސް އަހަރެމެންގެ ޙައިރާންކަން ނުފިލައެވެ. މީހުންގެ ތެރެއިން އުނދަގުލުން […]
ހަބަރުހުސްވެގެން ގާސިމް ވެއްޓުމާއެކު ޖައިލަމްއާއި ލަޔަކް ހިތްވަރުކޮށްލާފައި ތެދުވިއިރު ދެމީހުން ތިބީ ސުވާލުތަކަކުން ބަނދެވިފައެވެ. ނަމަވެސް އޭރު ގާސިމްއަށް ވީ ކީއްކަމެއް, ނައީމާއަށް ވީގޮތެއް އެއިން މީހަކަށް ރޭކާވެސް ނުލައެވެ. އެހާބާރުސްޕީޑްގައި އައިސް ކުއްލިއަކަށް މަޑުކޮށްލުމުން ލިބުނު ސިހުމުގައި ޖައިލަމްއާއި ލަޔަކް ހުރީ ގުޑާލަންވެސް ނޭންގިފައެވެ. “ބައްޕަ.. ބައްޕަ އަށް ކީއްވީބާ.. އަނެއްކާ އާޔާގެ ވާހަކަ ބުނީމަ ބައްޕައަށް އެހެންވާންވީ ކީއްވެ.. ބައްޕަ އެހާރުޅިއަންނަ ކުއްޖެއްވީމަ ހިތްހަމަ ނުޖެހުނީކަމަށްވެސް ވެދާނެ.. އެދުވަހު އަހަރެން އާޔާ ކަމުދާ ވާހަކަ […]
އިރުއިރުކޮޅާ މީހެއްގެ ރުއިމުގެ އަޑު އިވެއެވެ. އެއަށްފަހު ކޮންމެވެސް ބަލި މީހަކު ގެންދާތަން ފެނެއެވެ. ބައެއްފަހަރަށް އެންބިއުލާންސް އެލާމް އަޅާ އަޑުވެސް އިވެއެވެ. ޑޮކްޓަރުންނާއި ނަރުހުން އެކި ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ޑޮކްޓަރުން ހާސްކަމާއިއެކުއެވެ. އަދި އަނެއްބައި ޑޮކްޓަރުން މަޑުމަޑުން ނިކަން ހަމަޖެހިލައިގެންވެސް އުޅޭތަންވެސް ފެނެއެވެ. އެހެންނަމަވެސް ދޭތެރެއަކުން ނަރުހަކު ނިކަން ބާރަށް ދުވެލައިފައިވެސް ގޮސްފާނެއެވެ. އަދި އިސާހިތަކު ނިކަން އަޑުގަދަވާ ފަހުރުވެސް އާދެއެވެ. މުޅިންވެސް ތަފާތު މީހުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާނުންނާއި ކުޑަކުދިންނެވެ. […]
މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ. އަތުގައި އޮތް ހުދު ކުލައިގެ ކޯޓް އަށް ދާނިޝް ގެ ނަޒަރުހުއްޓުނެވެ. ދާނިޝް އެކޭ އެއްގޮތަށް އެޒުވާނާ […]
މަލާކް އާއި އަރޫންއަށް އުފާވެރި ދިރިއުޅުމެއް ލިބުނީ އެތަކެއް އިމްތިހާނުތަކަކަށް ފަހުގައެވެ. އަރޫންގެ މަންމަ ބަލްޤިސްގެ ރޭވުންތަކާ އެކުގައި ދެކުދިންގެ ގުޅުން ހީނަރުވެގެން ދަނީ މަލާކްގެ ދޮންތަ މައިޝާގެ ފިރިމީހާ މީރާންގެ ކޮއްކޮއެއް ކަމަށްވާ މާހިލް އެދޭތެރެއަށް ވަނުމަށް ކުރާމަސައްކަތުންނެވެ. ނަމަވެސް އެމަސައްކަތުގައި އުޅެމުން ދަނިކޮށް ބަލްޤިސްގެ ޕްލޭން ފެނަށްދަނީ އޭނާ އަރޫން އާއި ގުޅުވަންގެންނަ, ވިޔަފާރީގެ ބައިވެރިއެއް ކަމައްވާ ޔާސީންގެ ދަރިފުޅު ނޫރާއާއި މާހިލް ގުޅުމުންނެވެ. އޭރު އަރޫންގެ ކޮއްކޮ ބިންޔާ އާއި މަލާކްގެ ބޮޑުދައިތަގެ […]
“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..” ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ކުއްލި ހަރަކާތަކާއެކު އޭނާ އަހަރެންގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލީ ނުވިސްނާ ހުއްޓައެވެ. “އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި […]
އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ. ***** އެ ދުވަހުގެ ހަނދާންތަކުން އޭނާ އަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ނިދުމުގެ ބަދަލް ގައި އޭނާ ތެދުވެ ނަމާދަށް ދާން އަވަސްވެގަތެވެ. ————– އަނެއްދުވަހު ހެދުނު އޮފީހަށް ދާން ރާސިލް ތައްޔާރުވަމުން ދިޔަ އިރު އާދައިގެ މަތިން އައިލީޝް އޭނާގެ ހަރަކާތްތަކަށް ބަލަން އިންތަން ރާސިލް އަށް […]
ދެއެކުވެރިން އެކީގައި ގޮސް ގެއަށް ވަންއިރު، ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެވެ. ފަސްއަހަރުފަހުން އާދެވުން އިރު އެއްވެސްބަދަލެއް ގެއަށް އައިސްފައިނުވާކަން ލަޔަކް އަށް އިހްސާސްވީނަމަވެސް މިއަދާއި ހަމަޔަށްވެސް ގޭތެރޭގައިވާ ސާފްތާހިރުކަން ހިތަށް ހަމަޖެހުން ގެނުވާހާވެއެވެ. ލަޔަކްގެ މަަންމަ ރަޝްފާއަކީ އަބަދުވެސް ސާފްތާހިރުކަމަށް ލޯބިކުރާމީހަކަށްވުމުން ލަޔަކްވެސް ވަނީ މިރީތިއާދައަށް ހޭނިފައެވެ. ލަޔަކްއާއި ޖައިލަމް ފިޔަވަޅުގެ އަޑުނީއްވާ މަޑުމަޑުން ގޮސް އެކުއްޖެއްގެ ކޮޓަރިއަށްވަނީ ވެފައިވާ ވަރުބައްޔާއެކު ފެންވަރާ ތާޒާވެލައިގެން ނިކުމެ ރަޝްފާއަށް ގޮވަންދިއުމަށް ނިންމާފައެވެ. ވަގުތަކީ މެންދުރުނަމާދުގެ ވަގުތުކަމުން ރަޝްފާއިންނާނީ ނަމާދަށްކަން […]