އަރޫންގެ ނަޒަރުން: ޕްރިންސިޕަލްގެ ރޫމް ހުންނަ ފްލޯއަށް އެރުމާއެކު އަހަރެންގެ ތުންފަތުގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އަހަންނާ ދާދި ގާތުން ހިނގަމުން ދިޔަ ސުޒާ އިރުއިރުކޮޅާ އަހަންނާ ދިމާއަށް ލޯއަޅާލާކަން ފާހަގަވެއެވެ. އޭނާ އެހުރީ އަހަރެން ދެކެ ހަމަ އެހާ ބޮޑަށް ރުޅިއައިސްފައި ހެއްޔެވެ؟ “ސުޒާ ދެން ދާންވީނު ކުލާހަށް؟ އަހަރެން ލިބެންޖެހޭ އަދަބެއް ލިބިގަތުމަށްފަހު ދާނަން..” ޕްރިންސިޕަލްގެ އޮފީހުގެ ދޮރާ ހަމައަށް ދެވުމާއެކު އަހަރެން އޭނާ ގާތު ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލީ […]
ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ކޮއްޅަށް ތެދުވެލީ މަންމަމެނަށް ގުޅާށެވެ. އާޔާގެ މިޚަބަރު ދޭށެވެ. އޭނާގެ ހުރިހާ ޙަޤީޤތެއް ކިޔައިދޭށެވެ. އަހަރެން ތެދުވެ ފޯނު ހުޅުވާލުމަށްފަހު ކޮންޓެކެޓްސް ތަކުގެ ތެރެއިން ބައްޕަގެ ނަންބަރު ހޯދުމަށްފަހު ޑައިލް ކޮށްލީމެވެ. ބައްޕައަކީ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ ޒިންމާދާރު މުވައްޒަފެއްކަމުން ބައްޕަ އަތުގައި އަބަދުވެސް ފޯނު އޮންނާނެއެވެ. އެހެން ކަމުން ވަރަށް އަވަހަށް ފޯނު ނަގާނެކަންވެސް އަހަންނަށް އިނގެއެވެ. ކަންތައް ވީވެސް އެހެންނެވެ. އަހަރެން ‘ހަލޯ’ އޭ ބުނުމުގެ ކުރިން އާހިލް […]
އިރު ކޮޅެއް ފަހުން މީހަކު އައިސް ދޮރު ހުޅުވިއެވެ.ދޮރު މަތީ ހުރީ ފިރިހެނެކެވެ.ބަލާ ބެލުމަށް ސާޅީހަކަށް އަހަރުގެ ފިރިހެނެކެވެ.އެ ފިރިހެން މީހާ ފެނުމުން ވިޝާލްގެ ތުންފަތަށް ހިނިތުން ވުމެއް ވެރި ވެގެން ދިޔައެވެ. “ބޭބޭ….ބޭބެ ކިހިނެތްތަ”ވިޝާލް ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮއްލަމުން އަހައިލިއެވެ. “ބޭބެ ރަނގަޅު ދަރިފުޅު ރަނގަޅުތަ…”ހިނިތުން ވުމެއް ވިޝާލް އަށް ރައްްދު ކޮއްލަމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. “އާމިރޫ…..ކާކުތަ އެ އައީ…”ކުއްލި އަކަށް ފަހަތުން އިވުނީ އަންހެނެއްގެ އަޑެވެ. “އަހަ…ވިޝާލް…. ކޮން އިރަކު މި […]
“ކޮބާ އާހިލް؟ ވަރަށް ގުޅައިފިން… އެކަމަކު ފޯނެއްވެސް ނުނަގާ..” އަހަރެން އާހިލްގެ މަންމަ ގާތު އެހީމެވެ. “ވެއްޖެ ކަންނޭނގެ ކޮޓަރިތެރޭ… ދޭބަލަ ގޮވާލަން…” އަހަރެން ބޮއުނު ފެންތަށި ހިފައިގެން ދަމުން އާހިލްގެ މަންމަ ދިން ހުއްދައާއިއެއްގޮތަށް އަހަރެން ޢަމަލު ކުރީމެވެ. އާހިލްގެ ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލިއިރު ނަސީބަކުން ކޮޓަރި ދޮރުވެސް ހުރީ ތަޅުނުލައި ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރެ އޮތީ ފަޅަށެވެ. އާހިލް ކޮޓަރީގައި ނެތިއްޔާ ދެން ވީ ކޮންތާކުބާއެވެ؟ އަހަރެން […]
“ހިނގާ ދާން އެތެރެއަށް…….މާޔާ ދިޔައީ ކަން ނެއިން ގެ ދޯ” ވަރުބަލިވެފައި ހުރިލަތް ބޮޑު ކަމުން ވިޝާލް ކަންނެތް ހިނގުމެއް ގައި މިސްރާބު ޖެހީ ސިޑި އާއި ދިމާއަށެވެ. ކުއްލިއަކަށް ކައިލާންގެ ފޯން ރިންގުވާން ފެށިއެވެ. ކައިލާން ފޯން ނަގައި ބަލާލިއިރު ގުޅަނީ އޮފީހުންނެވެ. އެހެން ކަމުން ވިޝާލް ގާތު ފަހުން އަންނާނެ ކަމަށް ބުނެ އޮފީހަށް ދިޔައެވެ. ދޮރުން ވަން ވިޝާލްގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ގައި ހުރި އަންހެނާ ފެނިފައެވެ. އެ އަންހެން މީހާގެ ކަޅުކަން […]
“ކޮންކަމަކަށްތަ ސޮރީ… ހަމަ ހިނިއައީ” ދާނިޝް ބުނެލިއެވެ. “ރާއިދާގެ ކަމެއްތަ މީ” ދާނިޝް އަށް އެހެން ބުނެވުމާއެކު އަނެއްކާ އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރާއިދާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށްތާއެވެ. ރާއިދާ އަށް އިފްޝާ އާއެކު އޭނާ ވެސް ބަންދުކުރެވުނު ކަން އެނގުމުން ވަރަށް މަޖާވާނެއެވެ. އެކަމަކު މިފަހަރު ރާއިދާ އެކުރިކަންތައް އިނގުމުން އޭނާ އަށް ހިނިގަނޑު މަތަނުކުރެވުނީ އެކަންތައް ރާއިދާއަށް އެނގުމުން އޭނާގެ މޫނުގެ ކުލަވަރަށް އަންނާނޭ […]
އަހަންނާއި އާހިލް މަޑު ހިނގުމެއްގައި އޭޑީކޭ ހޮސްޕިޓަލުން ނިކުމެގެން އައީމެވެ. އައި މަގުމަތީގައިވެސް ދެމީހުންގެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަހަރެންގެ ހިތަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް އެއްކޮށް ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ކޮއްކޮ އެއޮތީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. އާޔާ އަށް އެހެން ހެދި މީހަކު އަހަރެން އެކަނި މަސައްކަތް ކޮށްގެން ނަމަވެސް އިރާދަކުރެއްވިއްޔާ ހޯދާނަމެވެ. އަހަރެންގެ މި ޢަޒުމަކަށް އިރާދަކުރެއްވިއްޔާ އެމީހަކު ނުހޯދެނީސް ބަދަލެއް ނާންނާނެއެވެ. އަހަރެންގެ […]
“ވިޝާލް” އަންހެން ކުއްޖާގެ އަނގައިން ހަމައެކަނި ބޭރުވީ އެ ލަފްޒެވެ.ޗޮކުލެޓް ކުލައިގެ ފަން އިސްތަށިގަނޑެއް ލާފައިހުރި ޒުވާނާގެ ފެހި ދެލޮލަށް ބަލަ ހައްޓައިގެން ހުރި އަންހެން ކުއްޖާގެ އަނގަތަން މިނަށް ހުޅުވައިގެން ހުއްޓެވެ.ކުއްލިއަކަށް އެ އަންހެން ކުއްޖާ ގައިގަ ހުރިހާ ބާރެއް ލާފައި ދުއްވައިގަތީ ދޮރު މަތީގައި ހުރި ވިޝާލް އާއި ދިމާއަށެވެ.ނަމަވެސް ނަސީބު ދިމާކުރި ގޮތުން ހަށިގަނޑުން ބެލެންސް ކަޓައިގެން ގޮސް ވެއްޓެން ދިޔަ އެއަންހެން ކުއްޖާއަށް ލޯ މަރާ ބާރުކޮށް ލެވުނީ ހަށިގަނޑު ގައި ހުރިހައި ބާރެތްލާފައެވެ. […]
” ލައްބަ. އަޅުގަނޑުގެ ހުންނާނެ.. އެއިޓީން ވެސް ފުރިފަ ހުރީ.. ” އަހަރެން އަވަހަށް ޖަވާބުދިނުމުން ޑޮކްޓަރ އެތާހުރި ނަރުހެއް ދައްކާލުމަށްފަހު އޭނަޔާއިއެކު އައުމަށް އަހަރެންގާތު ބުންޏެވެ. ޑޮކްޓަރ ބުނިގޮތަށް ކަންތަށް ކުރުމަށްފަހު އެނބުރި އައިސް އަހަރެން އާހިލް ގާތު އިށީނީމެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އާޔާގެ އަތުތެރޭގައި އޮތް ފޮޓޯ މަތިންނެވެ. އެ ފޮޓޯ ބަލާލުމަށް އަހަރެންގެ ހިތް އެދެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ އަތް ޖީބަށް ލުމަށްފަހު އެ ފޮޓޯ ނެގީމެވެ. އެއިރު […]