Skip to content
އެސްފިޔަ

އަނދިރިފަރާތް 27

އެ ކޮޓަރީގައިވާ ރީތިވާ މޭޒު ކައިރީގައި ހުއްޓެލިތަނާ އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވެ، ޙަރަކާތްތައް ގަނޑުވިއެވެ. އެ އިވިގެން ދިޔައީ ފާހާނާގެ ދޮރު އަންލޮކް ވެގެން ދިޔަ އަޑެވެ.

“ޝިޓް!”

އަހަރެންވެސް ކިހާ މޮޔަ ހެއްޔެވެ؟ ކޮޓަރިއަށް ވަދެގަތީ ޑެލްޓާ ފާހާނާގައި އުޅޭތޯ ބަލާވެސް ނުލާ ވިއްޔާއެވެ. އޭނާގެ އަތުން އަހަރެން މަރު ނުވިއްޔާ ރަނގަޅެވެ.

ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލަމުން އަހަރެން ފަހަތަށް އެނބުރުނީ މަޑުމަޑުންނެވެ. ފާޙާނާގެ ދޮރުމަތީގައި ދެއަތް އުރާލައިގެން ހުރި ޑެލްޓާ ފެނުމުން އަހަރެން ދަތްތައް ދައްކާލަމުން ހީލީމެވެ.

“އަސްލު އަހަރެން…”

އަހަރެން އުޅުނީ ކޮންމެވެސް ބަހަނާއެއް ދައްކާށެވެ. ނަމަވެސް އޭނާ އަހަރެންގެ އަތުގައި އޮތް ޓޭޕުރޯލާ ދިމާއަށް ލޮލުން އިޝާރާތްކޮށްލުމާއެކު އަހަރެންގެ ޖުމްލަ މެދުކެނޑިގެން ދިޔައެވެ.

“އައި އޭމް ޑޫމްޑް. ސަމްބޮޑީ ސޭވްމީ..”

އަހަންނަށް ހިތާހިތުން ބުނެލެވުނެވެ.

“ކުރަން ތިއުޅުނީ ކީއްކަން އަހަންނަށް އެނގިއްޖެ. ހުމްމް. ވަޓް ޝުޑް އައި ޑޫ؟”

އަހަރެންނާ ދިމާއަށް ފިޔަވަޅު އަޅަމުން އޭނާ ވާހަކަދެއްކިއެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން އަހަރެންނަށް ޓޭޕުރޯލުގައި ދެއަތުން ނިކަން ބާރަށް ހިފަހައްޓާލެވުނެވެ.

“އަހަރެން ބޭނުމިއްޔާ އަރޫން އެޖެންސީއިން ވަކިވެސް ކުރެވިދާނެ..”

އަހަރެންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލަމުން އޭނާ ބުނެލިއެވެ. އަހަރެންގެ ހިތަށް ހީވީ ލޮޅުމެއް އަރައިގެން ދިޔަ ހެންނެވެ.

“ޔޫ ވުޑުންޓް..”

އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. އެއާއެކު އޭނާ ޖަހާލީ ހިނިގަނޑެކެވެ.

“ދެން އަހަރެން ކިހިނެއް ހަދަންވީ؟ ޕަނިޝްމެންޓް އޮންނަންވާނެތާ ދޯ؟”

ލާނެތް ހިނިތުންވުމަކާއެކު އޭނާ ވާހަކަދެއްކިއެވެ.

“އެޖެންސީއިން ވަކިކުރުން ފިޔަވާ ކޮންމެ ޕަނިޝްމެންޓެއް ވެސް އަހަންނަށް ވަރިހަމަ..”

އަހަރެން އަވަސްއަވަހަށް ބުނެލީމެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ. ލައިގެން ހުރި ޑެނިމް ޖީންސުގެ ޖީބަށް ދެއަތް ޖަހާލުމަށްފަހު އޭނާ އަހަރެންގެ ބޮލުން ފެށިގެން ފަޔަށް މަޑުމަޑުން ނަޒަރު ހިންގާލިއެވެ. ލާނެތް ގޮތަކަށް އޭނާ އަމިއްލަ ތުންފަތުގައި ދޫ ހިންގާލިއެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަހަންނަށް ވިސްނުނީ އެންމެ ނުބައި ގޮތަށެވެ. ވަގުތުން އަހަރެން އަމިއްލަ ހަށިގަނޑުގައި އަތް ހުރަސްކޮށްލަމުން ފަހަތަށް ޖެހެލީމެވެ.

“މޮ…މޮޔަވީތަ؟”

އަހަރެންނަށް އެހެން އަހާލެވުނީ އަޅައަޅައިގަންނަ ގޮތަކަށެވެ. އެއާއެކު އޭނާ ބާރުބާރަށް ހޭން ފެށިއެވެ. ހުނުން ކޮންޓްރޯލް ނުކުރެވިގެން އޭނާ އަނގަމަތީގައި އަތް އަޅާލިއެވެ. އަހަންނަށް އެ މަންޒަރު ބަލަން ހުރެވުނީ އާޝޯޚުވެފައެވެ. އެ ހިނިތުންވުން ހާދަހާ ހިތްގައިމެވެ. ކިތަންމެ ގިނައިރު ވަންދެން އެ މޫނަށް ބަލަން ހުރި ކަމުގައި ވިޔަސް އަހަރެން ފޫއްސެއް ނުވާނެއެވެ.

“ޑާރޓީ މައިންޑް..”

ހުނުން ހުއްޓާލާފައި އޭނާ ބުނެލީ އެހެންނެވެ. ކަޑަވެގެން އަހަންނަށް ބޯ ކަހާލެވުނެވެ. މިހާރު އޭނާ ހީކުރާނީވެސް ކީކޭ ހެއްޔެވެ؟

“ހިނގާބަލަ ބޭރަށް ކުޑަ އެއްޗެއް ޑިސްކަސްކޮށްލަން..”

އޭނާ އެހެން ބުނެފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައީމެވެ. ދެންމެ ކަންތައް ވީގޮތުން ލަދުވެސް ގަނެއްޖެއެވެ. އޭނާ ވެސް ދެން އެހެން ހަދާކަށް ނުވާނެއެއް ނޫން ހެއްޔެވެ؟

ސިޓިންގްރޫމުގައި ހުރި ބިއްލޫރި މޭޒު ކައިރީގައި އަހަރެން އިށީނުމާއެކު ޑެލްޓާ ލެޕްޓޮޕުގެ ސްކްރީން އަހަންނަށް ދައްކާލިއެވެ. ފެންނަން ހުރީ ‘ގްރޭވުޑް ހައި ސްކޫލް’ އާ ބެހޭ މަޢުލޫމާތެވެ. ފޮޓޯއަކުން ފެންނަންހުރި އެ ސްކޫލްގެ ބޮޑު ޢިމާރާތަށް އަހަރެން ނަޒަރު ހުއްޓާލީމެވެ. ރީތި ގޮތަކަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ. އެތަނަށް ބަލާލާފައި ވެސް އެތަނަށް ދާނީ ހަމައެކަނި މުއްސަނދިންގެ ދަރިންކަން އަހަންނަށް އެނގުނެވެ.

“ހައި ސްކޫލު ކުއްޖަކަށް ބަދަލުވާން ތައްޔާރު؟”

ޑެލްޓާ އެހެން ބުނުމާއެކު އަހަރެން އޭނާއާ ދިމާއަށް ބަލާލީ ޤަބޫލުކުރަން ދަތިވެފައި އިނދެއެވެ.

“ވަޓް؟”

ބުމަ އަރުވާލަމުން އަހަންނަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެބުނީ ކީކޭ ހެއްޔެވެ؟ އޭނާ އެބުނީ އަހަރެމެން ސްކޫލު ޔުނީފޯމު އަޅައިގެން ކިޔަވަންދާ ވާހަކައެއް ނޫން ދޯއެވެ.

“ތުރުކީ ބަސް އެނގޭ ދޯ؟”

އޭނާ އެހެން އަހާލުމާއެކީ އަހަރެން ބޯ ޖަހާލީމެވެ. އެޖެންސީގައި އުޅުނު ދުވަސްވަރު އަހަރެން ދަސްކުރި ދިހަ ބަހުގެ ތެރޭގައި ތުރުކީ ބަސް ވެސް ހިމެނެއެވެ. އާރިފް ސާރ އަހަރެން މިތަނަށް ފޮނުވި އެއް ސަބަބަކީ އެއީއެވެ.

“މި ގައުމުގެ އައިޑީ ލިބޭވަރުވާނީ މާދަމާ. ޔުނީފޯމު ވެސް ލިބޭނެ. އޭރުން ދެން އަހަރެމެން އެ ސްކޫލުގައި ރަޖިސްޓްރީ ކުރާނީ.”

އޭނާ ބުނެލިއެވެ.

“އާ ޔޫ ސީރިއަސް؟”

ހަރަން ބަނދެލަމުން އަހަރެން އަހާލީމެވެ. ހައި ސްކޫލަށް ދާން ދެން އަހަރެމެންމީ މިހާރު ކުޑަކުދިން ހެއްޔެވެ؟ އޭނާ އެއްމިޔަކުން ހިނިތުންވެލިއެވެ.

“ކިހިނެއްވީ؟ ޔޫ ލުކް ޔަންގް. ޔުނީފޯމު ލީމަ ހަމަ ހީވާނީ ހައި ސްކޫލް ކުއްޖެއްހެން.”

އޭނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަހަރެން ތުންފިއްތާލީމެވެ.

“އެކްސްކިއުޒް މީ! އަހަންނަށް މިއަހަރު 21 ވާނެ އިނގޭ!”

އަހަރެން މޭގައި އަތް ޖައްސާލަމުން ބުނެލީމެވެ. އެއާއެޑު އޭނާ އަނެއްކާވެސް ހީލިއެވެ.

“ބައިދަވޭ…. ޑެލްޓާއަށް ކިތަށް އަހަރު؟ ޔޫ ލުކް ޔަންގް ޓޫ..”

ކުއްލިއަކަށް ސިކުނޑިއަށް ވެރިވި ޚިޔާލެއްގެ ސަބަބުން އަހަރެން އޭނާ ގާތު އަހާލީމެވެ. އެއާއެކު އޭނާ ކަރުކެހެލިއެވެ. ދޭނެ ޖަވާބެއްގެ އިންތިޒާރުގައި، ކެތްމަދުވެފައި އަހަރެން އިނީމެވެ.

“އަންހެނުން ކައިރީގައި އަހަން ނުވާނެ އެއްޗެއް ތި އެހީ..”

އިރުކޮޅަކު އެހެން އިނދެފައި އޭނާ ބުނެލިއެވެ.

“ދެން ބުނެބަލަ.”

ދަތްދޮޅީގައި ދެއަތް ވިއްދާލަމުން އަހަރެން އާދޭހުގެ ރާގަކަށް ބުނެލީމެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް؟ މީހާގެ ސިފައަށް ބަލާލާފަ އެމީހެއްގެ އުމުރެއް ނޭނގޭނެ. ހެލޯ؟ ދެއާރ އިޒް ޕްލާސްޓިކް ސާރޖަރީ. އެންޑް މިހާރު ޕިލްސް ވެސް ހުރޭ ދޯ.”

ދެއަތް އުރާލަމުން އޭނާ ވާހަކަދެއްކިއެވެ. ރަނގަޅު ވާހަކައެކެވެ. އެކަމަކު އެއީ ހަމަ އަހަރެން ކުރި ސުވާލަށް ޖަވާބު ނުދޭން ވެގެން ދެއްކި ވާހަކައެކެވެ. ބޯ ވެސް ބޮޑެވެ. އިތުރަށް އަހަރެން އެވާހަކަ ދައްކާކަށް ނަހަދަމެވެ. ޖަވާބު ނުލިބޭނެކަން އެނގޭތީއެވެ.

“ފައިން. ސޯ ގްރޭވުޑް ހައި ސްކޫލަށް… ޑެލްޓާ ދާންވީނު ޔުނީފޯމު ލައިގެން ތިއްތި ވެލައިގެން އެތަނަށް. އަހަރެން ވާނަން ޑެލްޓާގެ ބެލެނިވެރިއަކަށް.”

އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ދެލޯ ހަނިކޮށްލިއެވެ.

“ބުނަން؟ ހަމަ ޖެހޭނީ ޔުނީފޯމު ލައިގެން ސްކޫލަށް ދާން. ނޯ އެކްސްކިއުޒަސް!”

އޭނާ ހަރުކަށި ގޮތަކަށް ބުނެލިއެވެ. އަހަރެން ފޫހި ގޮތަކަށް ބޯޖަހާލީމެވެ. ދެން އޭނާ ބުނެފިއްޔާ އަހަރެން ޖެހޭނީ މިކަން ވެސް ކުރަންތާއެވެ. ޑެލްޓާ ވިއްޔާއެވެ.

“އެތަނަށް ގޮސްފަ ކުރަންޖެހޭނީ ކީއްތަ؟ އެތަނުގެ ޕްރިންސިޕަލް ދޯ ޓާގެޓަކީ؟”

އަހަރެން އަހާލީމެވެ.

“ޔެސް. އަދި އަހަންނަށް ހީވަނީ އެ ސްކޫލުގެ ބައެއް ޓީޗަރުންގެ އަތެއް ވެސް ވާހެން މިކަމުގަ. އިންވެސްޓިގޭޓް ކުރަން ޖެހޭނީ..”

ޑެލްޓާ ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އަހަރެންނަށް އެ ސްކޫލަށް ގޮސް، ކިޔަވާ ކުއްޖެއްހެން އެކްޓް ކުރެވިދާނެ ހެއްޔެވެ؟ އެ ސްކޫލަށްދާ ފުރަތަމަ ދުވަހު ކަންތައް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟

** **

އަނެއް ދުވަހު ހެނދުނު އަހަރެން ހޭލައިގެން ބޭރަށް ނިކުތްއިރު މުޅި ގޭތެރޭގައި ހިފާލާފައި ވަނީ މީރު ވަހެކެވެ. ނޭފަތް އެތެރަށް ދަމަމުން އަހަރެން ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. އެ ވަސްގަނޑުން އެކަނި ވެސް މީހާގެ ބަނޑުފުރޭހާ ވަރުވެއެވެ.

ބަދިގެއަށް ވަތްއިރު ފެނިގެން ދިޔަ މަންޒަރުން އަހަރެން ހުއްޓުން އަރާގޮތް ވިއެވެ. އުނދުން ދޮށުގައި އޭޕްރޯނެއް އަޅައިގެން ކޮޅަށް ހުރި ޑެލްޓާ ފެނުމުން އަހަރެންގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. މިކޮޅަށް އައި ފަހުން އޭނާ ކައްކާތަން އަހަންނަށް މި ފެނުނީ އަދި އަލަށެވެ. އެހެންނޫނީ އޭނާ އަބަދުވެސް ކާއެއްޗެހި ގެންނާނީ ބޭރުން އޯޑަރުކޮށްގެންނެވެ. މާ ބިޒީއީޔޯލައެވެ. މިޔަދު އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ މިޔަދު މާ ފްރީއީ ތޯއްޗެވެ.

އަހަރެން ގޮސް އައިސްއަލަމާރި ހުޅުވައި ފެންފުޅިއެއް ނެގިތަނާ އޭނާ އަހަންނާ ވީފަރާތަށް އެނބުރިލައިފިއެވެ. ހުރީ ވަރަށް ހެވިލާފައެވެ. އެހެންނޫނީ އެ މޫނުމަތިން ނުފެންނަފަދަ ހިނިތުންވުމެކެވެ. އަނގައަށް ފެންފޮދެއް އޮއްސާލުމަށްފަހު އަހަރެން އޭނާއާ ދިމާއަށް ބުމައަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ.

“އަރޫންއަށް މީރުތަ ޕާސްތާ؟”

ހަމަ އެ ހިނިތުންވުމާއެކު އޭނާ އަހާލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ.

“މަޑުކޮށްލާ އެހެންވިއްޔާ.. މި ކައްކާ ނިމެނީއޭ.”

އޭނާ އުނދުނާ ދިމާއަށް އެނބުރެމުން ވާހަކަދެއްކިއެވެ. އަހަރެން ގޮސް އެތަނުގައި ހުރި ކުޑަ މޭޒު ކައިރީގައި އިށީނީމެވެ. އިރުއިރުކޮޅާ އަހަރެންގެ ނަޒަރު އޭނާއަށް ހުއްޓެނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އޭނާ އަމިއްލައަށް ތިމަންނަ އަކީ ޝުބާއޭ ބުނާނެ ނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ޝުބާ ގާތު ދައްކަން ވެފައި ހާދަ ގިނަ ވާހަކައެއް އެބަ އޮތެވެ. އަހަންނަށް އަދިވެސް ޤަބޫލުކުރެވެނީ ޑެލްޓާ އަކީ ޝުބާ ކަމުގައެވެ.

މަޑު ފެހި ކުލައިގެ ޓީޝާޓަކާއި ކަނޑު ނޫކުލައިގެ އާދައިގެ ހަރަވާޅެއް ލައިގެން ހުރި ނަމަވެސް އޭނާ ފެންނަލެއް ހާދަ ފުރިހަމައެވެ. އެ ކުރު އިސްތަށިކޮޅު ފަހަތަށް ވާގޮތަށް އައްސާލާފައި ވީއިރު އެ ދޮން ކަނދުރާ އެއޮތީ ހަމައަށެވެ.

ޕާސްތާ އެޅި ދެ ތަށި ހިފައިގެން އޭނާ އަހަންނާ ވީފަރާތަށް އެނބުރެލީ އަހަރެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިންދައެވެ. ހަތަރު ކަޅި ހަމަވުމާއެކު އަހަރެން ވަގުތުން އިސްޖަހާލީމެވެ.

ޕާސްތާ ދެތަށި މޭޒުމަތީގައި ބަހައްޓާލުމަށްފަހު އޭނާ އެނބުރި އައީ އާވި އަރައަރާ ހުރި ހޫނު ކޮފީ ދެމަގު ހިފައިގެންނެވެ. އެއް މަގު އަހަރެންގެ ކުރިމަތީގައި ބަހައްޓާލުމަށްފަހު އޭނާ ވެސް މޭޒު ދޮށުގައި އިށީނެވެ. ޚިޔާލަކަށް ގެއްލިފައި އިނދެ އަހަރެން އެއިން ކޮފީ ފޮދެއް ބޮއިލީމެވެ. އަނގައިގައި ޖެހުނު ފުރަތަމަ ކޮފީ ފޮދާއެކު އަހަރެން ވަގުތުން ކޮށިއެރިއެވެ. އަނގަމަތީގައި އަތް އަޅައިގެން އަހަރެން ދުވެފައި ގޮސް އަނގައިގައި ހުރި ކޮފީތަށް ސިންކަށް ވަރައިލީމެވެ. ހިތި ހަބަރު ރަހައެވެ.

ދެބުމަ ގޮށްޖަހާލަމުން އަހަރެން ޑެލްޓާއާ ދިމާއަށް ބަލާލިއިރު އޭނާ ބިނދިބިނދިފައި ހެނީއެވެ. މާ ރަނގަޅު ވެގެން އަހަންނަށް ކައްކައިދޭން މި އުޅުނީ ކީއްވެކަން މިހާރު ހަމަ ރަނގަޅަށް ވެސް އެނގިއްޖެއެވެ.

“ޝީ ވޯންޓަޑް ޓު ޕޮއިޒަން މީ..”

އަހަންނަށް ހިތާހިތުން ބުނެލެވުނެވެ. އަދިވެސް އެ ހިތި ރަހަގަނޑު ނުކެނޑި ހުރުމާއެކު އަހަރެން ފެން އިސްކުރު ދޫކޮށް ރީތިކޮށް އަނގަ ދޮވެލީމެވެ.

“އެއީ ރޭގަ އަހަރެންގެ ކޮޓަރިއަށް ވަގެއްހެން ވަނީމަ، އެކަމުގެ ބަދަލު..”

އަހަންނާ ދިމާއަށް އެނބުރެމުން އޭނާ މަލާމާތުގެ ރާގަކަށް ވާހަކަދެއްކިއެވެ. އޭނާ ހަމަ ރަނގަޅަށް ވެސް އޭނާގެ ‘ރިވެންޖް’ ފުރިހަމަކޮށްފިއެވެ.

އަހަރެން އެއްޗެކޭ ނުބުނެ ބަދިގެއިން ނިކުންނަން ހިނގައިގަތްތަނާ އޭނާ އަނެއްކާވެސް ގޮވާލައިފިއެވެ.

“ޕާސްތާ ނުކައިތަ ދަނީ؟ ޕާސްތާއަކަށް އެއްޗެއް ނާޅަމޭ..”

ޕާސްތާ ތަށިން އެތިކޮޅެއް ނަގައި އަނގައަށް ލަމުން ނިކަން މައުސޫމް ގޮތަކަށް އޭނާ ވާހަކަދެއްކިއެވެ.

“ކިހިނެއް އަހަންނަށް އެނގެނީ ތިއެއް!؟”

އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު އެ މޫނުމަތީގައިވާ ހިނިތުންވުން މަޑުމަޑުން ފޭދިގެން ދިޔައެވެ. އިސްޖަހާލައިގެން އިނދެ އޭނާ ބަހެއް ނުކިޔައި، މަޑުމަޑުން ކާން ފެށިއެވެ. އަހަރެން ބާރަށް އެއްޗެކޭ ބުނީމައި އޭނާ ދެރަވީ ހެއްޔެވެ؟ ހިތާމަވެރިކަން އެކުލެވިގަންވާ އެ މައުސޫމު މޫނު ފެނިފައި އަހަރެންގެ ހިތް ކަފަކޮޅެއްހާ މަޑުވެގެން ދިޔައެވެ.

“ހޭ… އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ..”

އަހަރެން މަޑުމަޑުން ބުނެލީމެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުންޏެވެ.

“އަހަރެން ކާނަމޭ..”

މޭޒާ ދިމާއަށް ހިނގައިގަންނަމުން އަހަރެން ވާހަކަދެއްކީމެވެ. އޭނާ އަހަންނާ ދިމާ ބަލާވެސް ނުލިއެވެ. އަހަރެން އެހެން ބުނެގެން ދެން އެހާ ދެރަވާން ޖެހޭ ހެއްޔެވެ؟

“ބަލާބަލަ. ކާންށޭ މިއުޅެނީ..”

ގޮނޑީގައި އިށީންދެ އުލުން ޕާސްތާކޮޅެއް ނަގަމުން އަހަރެން ބުނެލީމެވެ. ހަމަ އެއްޗެކޭ ނުބުންޏެވެ.

“ބަލާބަލަ.. މި ކަނީ..”

އެހެން ބުނުމަށްފަހު އަހަރެން އެތިކޮޅެއް އަނގައަށް ލީމެވެ. އެއާއެކު އޭނާގެ ހުނުމުގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމާލިއެވެ. އަހަރެންނަށް ވަގުތުން އަނގައިގައިވާ އެތިކޮޅު ‘ތުއް’ ކިޔާފައި ތައްޓަށް ވައްޓާލެވުނެވެ. އޭރު އަނގައިގައި ހީވަނީ އަލިފާން ރޮއިވެފައި ވާހެންނެވެ. ދެލޮލުން ފެން ފައިބަމުން ދިޔައިރު ދޫ ބޭރަށް ނެރިގެން ހުރެ އަހަރެން ދުވެފައި ދިޔައީ އައިސްއަލަމާރިއާ ދިމާއަށެވެ.

އޭނާ އަނެއްކާވެސް އަހަރެން މޮޔަ ހެއްދީއެވެ. އަނެއްކާވެސް އެހިފީ ބަދަލު ހެއްޔެވެ؟ ވަރުގަދަ އަންހެނެއްތާއެވެ. ކުޅިވެފައި ހުރި ވަރުން އަހަންނަށް އެއް ފެންފުޅި އެއްކޮށް ހުސްކޮށްލެވުނެވެ. ފެންބޮއިފައި އަހަރެން އިތުރަށް އެތަނުގައި މަޑެއް ނުކުރަމެވެ. ހަރު ހިނގުމެއްގައި އަހަރެން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ.

“ސޮރީ!!!”

ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު އޭނާ އެހެން ގޮވާލި އަޑު އަހަންނަށް އިވުނެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. މިޔަދު ވާވަރަށް އަހަންނަށް ހެނދުނުގެ ނާސްތާ ކެވިއްޖެއެވެ.

** **

އެއް ދުވަސްފަހެވެ. ގްރޭވުޑް ހައި ސްކޫލުގެ ޔުނީފޯމު ލައިގެން އަހަރެން ޑެލްޓާގެ ފަހަތުން ހިނގަމުން ދިޔައީމެވެ. އަހަރެމެން ލައިގެން ތިބި ޔުނީފޯމު ކިތަންމެހާވެސް ނަލައެވެ. ސްމާޓެވެ. އެއީ ރާއްޖޭގައި މިހުންނަ ކަހަލަ ކަޓު ޔުނީފޯމެއް ނޫނެވެ. މި ޔުނީފޯމުގެ އެންމެ އެތެރެއިން ލާން ޖެހެނީ ހުދު ގަމީހެކެވެ. ދެން އެއާއެކު ރަތްކުލައިގެ ރޮނގުދެމި ޓައީ އެކެވެ. އެއަށްފަހު އޭގެމަތިން އަޅިކުލައިގެ ކޮނޑުކެނޑި ސްވެޓާރ އެކެވެ. ފިނިމޫސުމުގެ ދުވަސްވަރުކަމުން އަހަރެމެން ދިޔައީ އެ ޔުނީފޯމާއެކު ހުންނަ ޚާއްސަ އަޅިކުލައިގެ ޖެކެޓު ވެސް ލައިގެންނެވެ.

ގަދަ އަޅިކުލައިގެ ކަކުލުން މައްޗަށް އޮތް ސްކާޓްއާއެކު ދިގު އިސްޓާކީނަކާއި ކަޅު ބޫޓަކަށް އަރާފައި ވީއިރު ޑެލްޓާގެ ދެފައިގެ ދިގުކަން ހާމަވެއެވެ. ފިޔާތޮށި ކުލައިގެ ބެކްޕެކް ފަހަތަށް ވާގޮތަށް އަޅުވާލާފައި ވީއިރު އޭނާ ‘ހައިސްކޫލް ގާރލް’ އަކާ ހާދަ ވައްތަރެވެ. އެ ކުރު އިސްތަށިކޮޅު ފަހަތަށް ދޫކޮށްލާފައި ވީއިރު ބޮލުގައި ރަތް ކުލައިގެ ބޯ ޓައީއެއް ހަރުކޮށްފައި ހުއްޓެވެ.

“އެ ހުރީ ސްކޫލް.. ރިމެންބާރ އަހަރެމެން ދެމީހުން ތިބެން ޖެހެނީ ދެ ކުލާހުގަ.. ސްކޫލު ތެރޭގައި އުޅޭއިރު ދެމީހުންނަށް އެކަކު އަނެކަކު އެނގޭކަން އެއްވެސް މީހަކަށް އަންގައިގެން ނުވާނެ..”

‘ގްރޭ ވުޑް ހައި’ ގެ ބޮޑު ޢިމާރާތް ދައްކާލަމުން އޭނާ އަހަރެން ގާތު ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. ސްކޫލުގެ ބޮޑު ގޭޓުން އެތެރެއަށް ވަދެވުމާއެކު އޭނާ މިސްރާބުޖެހީ އެހެން ދިމާއަށެވެ.

އަހަރެން އަތުގައި އޮތް އެ ސްކޫލުގެ ‘ބުކްލެޓް’ އާ ދިމާއަށް ބަލަމުން ކުރިއަށް ހިނގައިގަތީމެވެ. މި ސްކޫލުގެ ބޮޑުކަމުގެ ސަބަބުން އަހަންނަށް އަމިއްލަ ކުލާސް ހޯދިއްޖިއްޔާ ރަނގަޅެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އަހަރެންގެ ފައިގައި އަޅުވާލައިފިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ސްކޫލުގެ ގޯތިތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ވިނަގަނޑުގެ މައްޗަށް އަހަރެން އަނގަ ވަތަށް ވެއްޓުނެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Delta

    ME first dho
    Salhi

    1. Liaa
      Delta

      yeas u first. Thank u dear 🙂

  2. Liaa

    hey guys!
    Hope u ll like this part too <3
    Btw, have u guys seen the two fan arts by some readers. If u haven't seen it, u have to check it out! Go and give those pics a like! ?https://www.facebook.com/storiesbyliaaa/

    If you are interested in sketching or painting characters and even scenes from my stories, you are most welcome ingey. U can send them via my page or thru email [email protected]

    Loves! <2

    1. sunflower
      Liaa

      liaa ge stories ge fb page bunedhevidhaanethw??

  3. IShan

    thankolheh kuru mi part Liaa
    But v v reethi
    Looking forward to read next part asap

    1. Liaa
      IShan

      Thank u Ishan 🙂

  4. Twingirl

    Hama vvvvvv rythi story. .. adhi this is first time mi story ah comment kuraa ?? hama v kiyaahiyy vey story. .. story up veythw bala balaa hutta up e vy ??? vvv happy vejje … story dhaa goii vvv interesting. .. eagerly waiting for next part ???

    1. Liaa
      Twingirl

      V ufaa vejje Twingirl comment kolleema. Heekuran adhi ves Twingirl ge comments fenigen dhaane kamah. Thankyw a lot dear! 🙂
      ?

  5. Hawwi

    Wow.. v furihama mivaahaka kuriyah gendhaagoi.. alah Adhi mi comment eh kohlee Bt vaahaka kiyaningey liaa dhooni.. keep it up.. ???lysm

    1. Liaa
      Hawwi

      Thank u so much Hawwi 🙂 ? Ly too

  6. Suma

    Wow nice

  7. araash

    Nice..Nxt prt kiya hithun hureveny eh noon

  8. .

    Aslu shuba mareh nuvey…. shuba and shakin falhu rashehga thibi ….

    1. Kaira
      .

      Ethaa aroon vess huhtennu . Suvaalakee shubaa maruvee kihineh hey

  9. maya

    Liaaaaaaaaaaa. V majaa mi part . hehehe…. Waiting for the next ep.

  10. Suma

    Nice

  11. sarey

    v v rythi mi part ves…ekam thankolheh kuryy..

Comments are closed.