Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (1)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 13, 2018 8 Mins Read
69 Comments

ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ.

ދަރުބާރުގޭ ކުރިމަތިގައި ހުރި ދާނިޝް ގެ މިސްރާބުހުރީ ދާދި ދެންމެ އަކު މަޑުކޮއްލި ކާރާ ދިމާލަށެވެ.

އެހިސާބަށް ދެވުނުތަނާ ކާރުގެ ދޮރުފަތް ހުޅުވާލުމާއެކު އޭނާއަށް ފެނުނު ޒުވާނާގެ ސަބަބުން އެ ތުންފަތުގައިވި ހިނތުންވުން ފުޅާވެގެން ދިޔައެވެ.

ކާރުގެ ދޮރުފަތް ހުޅޫވާލަމުން އެއްކޮއް ނުކުތުމުގެ ބަދަލް ގައި އެއްފައި ބޭރައްލާ ތަޅުންގަނޑުގެ މަތީގައި ޖައްސާލިއެވެ. އަދި ވަށައިގެންވީ މާހައުލަށް ނަޒަރުހުއްޓާލިއެވެ. އެ ތޫނު ދެލޮލުގައިވި ސިއްރުވެރިކަން އެއްވެސް މީހަކަށް ދެނެގަނެވުނު ހެނެއް ހިޔެއް ނުވެއެވެ.

އެވަގުތު އެ ތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އެ ޒުވާނާ ފެންނާނޭ އިރަކަށެވެ.

އޭނާ ކާރުން ފޭބުމުގެ ކުރިން ފުންނޭވާއެއްލިޔެވެ. އަދި ކާރުން ފޭބިއެވެ. އެއާއެކު އެތަނުގައި ތިބި ކޮންމެ މީހަކުވެސް ކައިރީގައި ތިބި މިހުންގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެކޭ ބުނެލައެވެ.

ދާނިޝް ފެނިގެން އޭނާ ދާނިޝް އަށް ވެސް ހިނިތުންވެލިއެވެ. ގަދަ ފެހިކުލައިގެ ޓައީއެއް އަޅާލާފައިވާއިރު ލާފައިވާ ހުދުކުލައިގެ ގަމީހުގެ މަތިން ކަޅުކުލައިގެ ކޯޓެއް ލާފައި ވުމުން ވަރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކޯޓްގެ ދެފަރާތުގައި ހިފާ ރީތިކޮއްލަމުން އޭނާ ހަމަޖެހިލިއެވެ. ތިރިން ކަޅު ފަޓްލޫނެއް ލާފައި ވާއިރު އަރާފައިވަނީ އޮފިޝަލް ބޫޓަކަށެވެ.

ދާނިޝް އާ އަރާ ހަމަވެފައި ރާސިލް އޭނަގެ އަތުކުރީ އޮތް އަގުބޮޑު ގަޑިއަށް ބަލާލިއެވެ. އަދި ދެކޮޅު ބަލާލިއެވެ. ކަމެއް ހަދާން ވާފަދައަކުން ދާނިޝް ކާރުގެ އަނެއްފަރާތަށް ޖެހިލާ ދޮރުހުޅުވާލަދިނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ފުރިހަމައަށް ޒީނަތްތެރި ވެގެން އިން އޭނާގެ ކޮއްކޮ އައިލީޝް އެވެ. ދާނިޝް އޭނަގެ އަތް ދިއްކޮއްލުމާއެކު އައިލީޝް އެއަތުގައި ހިފާލައިގެން ފޭބިއެވެ. ލާފައިވާ ބޮޑު ވެޑިން ޑްރެސްގް ސަބަބުން ފައިބަން އޭނާ އަށް ވި ބޮޑު ކަމަކަށެވެ. އުނދަގުލުން ފޭބުމާއެކު އެތަނުގައި ތިބި އޭނާގެ އެކުވެރި ތިން ކުދިން ކަމުގައިވާ އީނާ އާއި ޒީޝާ އާއި ޝަބާ އައެވެ.

ތިން މީހުން އޭނާގެ ހެދުމުގައި ދިގުފަސްބައިގައި ހިފައްޓާލިއެވެ.

އިރުކޮޅެއް ނުވެ އެތަނަށް އެހެން ކާރެއް އައިސް މަޑުކޮއްލިއެވެ. ކުރިމަތީ ދޮރު ހުޅުވާފައި ފޭބި އޭނާގެ ބައްޕަ އަށް އައިލީޝް ބަލާލިއެވެ. މާގިނަ އިރެއްނުވެ ކާރުގެ އަނެއްފަރާތު ދޮރު ހުޅުވާފައި ނުކުތް އަންހެން މީހާ އޭނާ އަޅާފައި ހުރި ބުރުގާ ރަނގަޅުކޮއްލަމުން އައިލީޝް ގާތަށް އައެވެ. އައިލީޝް އެ އަންހެން މީހާ އަށް ބަލާލުމަށްފަހު ރުޅިވެރި މޫނަކާ އެކީ ކުރިއަށް ހިނގައިގަތެވެ. އެއާއެކު ރާސިލް ވެސް އައިލީޝް އާއެކީ ހިނގައިގަތެވެ. ދާނިޝް ވެސް ފަހަތަށް އެނބުރި ބައްޕަ އަށް ބަލާލާ ހިނިތުންވެލަމުން އަނެއްކާ ހިނގައިގަތެވެ.

އައިލީޝް ލާފައި ހުރީ ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްއެކެވެ. ހެދުމުގެ މޭމަތި ފަޅުފިލުވާލާފައި ވަނީ ވިދާ މިނާތަކަކުންނެވެ. އަލާފައިވަނީ ވިދާޒާތުގެ ހުދު ބުރުގާއެކެވެ. ބުރުގަލުގެ ފަހަތުން ހުޅިގަނޑާ ދިމާލުން ވެއިލް އެއް ދޫކޮއްލާފއި ވާއިރު އެވެސް ލާފައިވާ ހެދުމުގެ ފަސްބަޔާ އެއްވަރަށް ދިގެވެ.

ޒާހިދު ވެސް ފުންނޭވާ އެއް ދޫކޮއްލަމުން އޭނާގެ އަންހެނުން ހިޝްމާ ގާތަށް ދިޔައެވެ. އަދި އެތެރެއަށް ވަންނަން ހިނގާށޭ ބުނެލިއެވެ. އެއާއެކު ހިޝްމާ ޒާހިދު ގެ މޫނަށް ބަލާލަމުން ހިނގައިގަތެވެ.

ދާނިޝް ގެ ފަހަތުން އަންނަމުން ދިޔަ އައިލީޝް އަށް އޭނާ ބަލާލިއެވެ. އެއާއެކު އައިލީޝް ގެ މޫނުމަތިން އޭނާ އަށް ހިންހަމަ ނުޖެހުމުގެ އަސަރުތައް ފެނިލިއެވެ. އެހެންނަމަވެސް އޭނާ އެކަމާ އެއްޗެއްކޭ ނުބުނެއެވެ.

ރާސިލް އައިލީޝް އަށް ބަލާލިއެވެ. އެއަށް ފަހު ދާނިޝް އަށް ބަލާލިއެވެ. ދާނިޝް އައިލީޝް ދެކެ ވާ ލޯތްބަކީ އޭނާ އަށް އޮޅިފައިވާ ކަމެއްނޫނެވެ. ބޭބެއަކު ކޮއްކޮ އެއް ދެކެ އެ ވާ ލޯއްބަކީ ޚުދު އޭނާވެސް ހައިރާން ވާ ވަރުގެ މަތިވެރި ލޯއްބެކެވެ.

އޭނާވެސް ހަމަ އެފަދައިން އޭނާގެ ދައްތަ ދެކެ ވެސް ލޯބިވިއެވެ. އެ ދައްތައަށް އޭނާ ބޮޑުވެގެން ހިމާޔަތް ދޭނޭ ގޮތް ކުޑަ އިރު ހީ ހީފައި އޭނާ އަށް ކިޔައިދެއެވެ. މާޒީގެ ހިޔާލުތަކުން އޭނާ އަށް ނިކުމެވުނީ ދާނިޝް ގޮވާލުމުންނެވެ. “ގާޒީ އަންނާނެ އިރުކޮޅަކުން… އެތެރެއަށް ވަންނަން ވީނު… އައިލީ އާދޭ” އޭނާ އައިލީޝް އަށް ބަލާލަމުން އެހެން ބުނެލިއެވެ. އެއާއެކު ދާނިޝް އާއެކު އައިލީޝް އާއި ރާސިލް ވެސް ހިނގައިގަތެވެ. “ޔޫ ލުކް ބިއުޓިފުލް” ރާސިލް އައިލީޝް އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އައިލީޝް ލަދުން އިސްޖަހާލިއެވެ. އޭނާގެ މޫނު ލަދުވެތިކަމުން ފުރިގެން ދިޔުމާއެކު ކޯތާފަތަށް ވެރިވެގެން ދިޔަ ޖަންބު ކުލައިގެ ސަބަބުން އެރީތިކަން ވަނީ އިތުރުކޮއްދީފައެވެ.

އައިލީޝް ގާތު ހުރި ރާސިލް އިތުރަށް އެއްޗެކޭ ނުބުންޏެވެ. އައިލީޝް އެ ޖާދުވީ އަޑު އެހުމަށް ކެތް މަދުވެފައި ވީވަރު އޭނާ އަށް އަންދާޒާ ކޮއްލެވޭ ހެނެއް ހިޔެތް ނުވެއެވެ.

ކުޑަ މިނުން އައިލީޝް އާ ދިމާލަށް ބަލާވެސް ނުލިއެވެ. އައިލީޝް ގެ ހިތަށް ނުތަނަވަސް ކަން ވެރިވީ ކީއްވެކަމެއްނޭގެއެވެ. ބިރުވެރިކަމަކުން އެ ހިތް އެ ކުޑަ ވަގުތު ކޮޅު ފުރިގެން ދިޔައެވެ. ނުތަނަސްކަމަކުން ނަފްސް ހަރުކަށިކޮއްލައިފިއެވެ.

އެހެންނަމަވެސް އަމިއްލަ ނަފްސަށް ވިސްނައިދެމުން އޭނާ ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒާ ހަމައަށް ރާސިލް އާއެކު ދިޔައެވެ. އެ ހުރިހާ ވަގުތު ވެސް ރާސިލް ގެފަރާތުން އޭނާ އަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނުހުރިއެވެ.

“އެވާނީ ރެން ތަންކޮޅެއް ނާވަސްވެ ފަ ހުރީމަ ކަމަށް. ފިރިހެނެއް ވިޔަސް ނާވަސް ވާނެއެއްނު؟” އައިލީޝް އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

އެކަމަކު އޭނާގެ ހިތް އެއިން އެއްވެސް ކެމެއް ގަބޫލެއް ނުކުރިއެވެ.

ރާސިލް އައިލީޝް އަށް ބަލާލިއެވެ. އެ މޫނު މަތީގައިވި ނުތަނަސްކަން އޭނާ އަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެއް ވެސް އެއްޗެއް އޭނާ ނުބުނެއެވެ.

ކައިވެނި ކުރެވޭ ވަގުތު ޖެހުމުން ގާޒީ އައެވެ. ދެ ހެކި ވެރިންނާއެކު ކައިވެނި ކުރެވުނީ ޒާހިދު ވަލީ ދިނުމުންނެވެ. ދާނިޝް ވެސް ހިނިތުންވެފައި ހުރީ އޭނާގެ ކޮއްކޮ ގެ ދިރިއުޅުމަށް އެންމެ ފަހުން އުފާވެރިކަން އައުމުންނެވެ.

އައިލީޝް ގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ ރާސިލްގެ ދުލުން އަނބި ގަބޫލް ކޮއްފީމޭ ބުނުމުންނެވެ. އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުން ނީރާލި އިރު ދެއަތް ދެއަތާ މޮޑެވެން ފެށުނީ އޭނާ އަށް އެވަގުތު އިހްސާސް ވި ގޮތް ނޭގޭ އިސްސާސްއެއްގެ ސަބަބުންނެވެ.

އެ ވަގުތު ރާސިލް އަށް އަށް ބުނެދޭން ނޭނގޭ އިހްސާސް އެއްކުރެވިގެން ދިޔައެވެ. އޭނާ ތަންކޮޅެއް ދުރުގައި ހުރި ދާނިޝް އަށް ބަލާލިއެވެ. އަދި އެއަށް ފަހު ޒާހިދު އަށް ބަލާލަމުން އަނެއްކާ އައިލީޝް އަށް ބަލާލިއެވެ.

އައިލީޝް ގެ ތުންފަތުގައި ވި ހިނިތުންވުން ފެނި އޭނާ ގެ ތުންފަތަށް ވެސް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އެއްމިޔަކަށް ހީލަމުން އޭނާ މަޑުމަޑުން ފުންނޭވާއެއްލީ އެއްވެސް މީހަކަށް ނޭނގޭހާ މަޑުންނެވެ.

ކައިވެނި ކޮއް ނިމުމާއެކު ދައުވަތު ދީގެން ގެނައި މެހްމާނުންތައް އަންނަން ފަށައިފިއެވެ.

އެތަނުގެ އެތެރެ ވެސް ޒީނަތް ތެރިކޮއްފައިވަނީ ފެއްސާ ކަޅު އަދި ހުދު ކުލަ ހިމެނޭ ގޮތަށެވެ. ވަށް މޭޒުތަކުގެ ވަށައިގެން ގޮނޑި ޖަހާފައިވާއިރު ކޮންމެ މޭޒެއްގެ ދޮށުގައި ވެސް ހަ ގޮނޑި ބެއިން ދިފައި ވެއެވެ. އެއިން ކޮންމެ މޭޒެއްގެ މެދުގައި އުއްބައްތި އެއް ދިއްލިފައިވެއެވެ. ތަނުގައިވަނީ ފަނޑު އަލިކަމަކަށް ވިޔަސް ރާސިލް އާއި އައިލީޝް ތިބިތަނުގައި ވި ގަދަ ހުދު އަލިން އެ ދެމީހުން ނުހަނު ސާފުކޮއް ފެނެއެވެ.

އަންނަމުން ދާ ކޮންމެ މީހެއްގެ ދުލުން ތައުރީފް ގެ ބަސްތަކާ އެއްވަރަށް އެ ދެ މަފިރިންގެ ހަޔާތް ބާއްޖަވެރިކުރުވުމަށް ހެޔޮ ދުޢާ ތައް ވެސް ދިޔައީ އިވެމުންނެވެ. “ހާދަ ގުޅޭ” އެތަނަށް އަންނަ މެހްމާނުންގެ ދުލުން އިވެމުން ދިޔަ މި ފަދަ ތައުރީފް ގެ ބަސްތަކުން އައިލީޝް އަށް ލަދުން އިސްޖަހާލެވެއެވެ. މޫނު ޖަންބުކުލައިގެން ފެވިގެން ދެއެވެ. އަތުގައި އޮތް މާބޮނޑީއަށް ބާރުލަމުން އޭނާ ވަށްކަޅިން ރާސިލް އަށް ބަލާލިއެވެ.

އެކަމަކު ރާސިލް ހުރީ ކުރިމައްޗަށް ނަޒަރު ހުއްޓައިލައިގެންނެވެ.

ކައިވެނީގެ ކަންތައް ތައް ނިންމާލުމަށްފަހު ކާރުގައި ގެއަށް ދިޔަ ދެމަފިރިންވެސް ތިބީ ވަރުބަލިވެފައެވެ. އައިލީޝް މަޑުމަޑުން ރާސިލް ގެ އަތުގައި ހިފާލިއެވެ. އަދި ހީލަމުން ރާސިލް އަށް ބަލާލިއެވެ. އައިލީޝް އެ އަތުގައި ހިފުމާއެކު އޭނާ ވެސް އައިލީޝް އާ ދިމާލަށް ބަލާލިއެވެ. އަދި ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާ އަށް އެންމެ ފުރިހަމަ ގޮތުގައި ހިނިތުންވެވޭ ގޮތެއްނުވިއެވެ.

އައިލީޝް އަށް ރާސިލް ގެ މޫނުމަތިން ހާސްކަމުގެ ކުޑަ އަސަރެއް ފެނުމާއެކު އޭނާ ރާސިލްގެ އަތަށް ބާރުކޮއްލިއެވެ.

ގެއާ ހިސާބަސް އާދެވުމާއެކު އައިލީޝް އަށް ގޭގެ ގޭޓް އާ ދިމާލަށް ބަލާލެވުނެވެ. އޭނާ އަށް ގޭޓުން ކާރު ވަދިގެން ދިޔަ އިރުވެސް ރާސިލް އިން ނަޒަރު ވަކިކޮއްލެވޭ ގޮތެއްނުވިއެވެ.

ދޮރުމައްޗަށް ކާރު ހުއްޓާލުމާއެކު އައިލީޝް ކާރުން ފޭބިއެވެ. އެކަކަމު ރާސިލް ފައިބާ ހިޔާލެއްނުކުރިއެވެ. ހީވާގޮތުން އޭނާ އެ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިލީޝް ފައިބާއިރުކޮޅަކު މަޑުކޮއްލުމަށްފަހު ރާސިލް އަށް ވެފައި އިންގޮތެއްނޭގޭތީ ކުޑަ އިރުކޮޅަކު ވިސްނާލަން މަޑުކުރެވުނެވެ. އޭނާ ގޮސް އަނެއްފަރާތު ދޮރު ހުޅުވާލީ ރާސިލް ނުފައިބާއިނުމުންނެވެ. އަދި އަތުން ފޭބުމަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އައިލީޝް އަށް ބަލާލަމުން ފޭބިއެވެ. އައިލީޝް ގެ މޫނުމަތިން އޭނާ އަށް އެތައް އުންމީދެއް ފެންނަމުންދިޔައެވެ. އެ ހިނިތުންވެފައިވާ މޫނުމަތިން އޭނާ އަށް ޓަކައި ވާ ފުން ލޯބި ފެނިގެން ދިޔައެވެ.

އައިލީޝް ދެވަނަ ފަހަރަށް އިޝާރާތް ކޮއްލުމާއެކު އޭނާ ފޭބިއެވެ. އޭނާ ތިން ބުރިއަށް ނަގާފައިވާ އެ ގެއަށް ބަލާލިއެވެ. ބޮޑު ގެއެކެވެ. ފުން ނޭވާއެއްދޫކޮއްލުމާއެކު ނޭނގޭ ޖަޒްބާތުތަކެއް އޭނާގެ ހިތުތެރޭގައި ދައުރު ކޮއްގަތެވެ.

އެއާއެކު ޑްރައިވަރު ގޯތީގެ ފަހަތުގައި ހަދާފައިވާ ގަރާޖާ ދިމާލަށް ކާރުދުއްވާލިއެވެ. އައިލީޝް ހިނގައިގަތް އިރުވެސް އެ ގެއަށް ބަލަހައްޓައިގެން ހުރި ރާސިލް ހިނގައިގަންނާކަށް ގަސްތެއްނުކުރިއެވެ. އޭނާ ގެ ނަޒަރު ހުއްޓިފައިހުރީ މައްޗަށެވެ.

އައިލީޝް ރާސިލް އާ ކައިރިވެލާ އެ އަތުގައި ހިފާލިއެވެ. އަދި ބޯ ޖަހާލަމުން އަންނާށޭ އިޝާރާތް ކޮއްލިއެވެ. އެދެމީހުން އެތާ ތިއްބާ އެހެން ކާރެއް އައިސް މަޑުކޮއްލިއެވެ. އެކާރުން ފޭބީ ޒާހިދު އާއި ހިޝްމާ އާއި ދާނިޝް އެވެ. ހިޝްމާ ކުރިއަށް ޖެހިލުމާއެކު އައިލީޝް ރާސިލް ގެ އަތަށް ބާރުކޮއްލަމުން އޭނާ ހިނގައިގަތެވެ. “ދަރިފުޅާ” އޭނާ އަށް ހިޝްމާ ގެ އަޑު އިވުމާއެކު ފިޔަވަޅުތަކަށް ބާރުލަމުން ހިނގައިގަތެވެ.

ރާސިލް ވެސް ހިނގައިގަތް އިރު އަދިވެސް އައިލީޝް ހިފެއްޓި އަތް އޮތީ އޭނާގެ އަތު ތެރޭގައެވެ. އައިލީޝް ހިފެއްޓި ގޮތަށެވެ. އޭނާ އެއަތް ފޮޅުވާލުމުގެ ބަދަލް ގައި އައިލީޝް ދިޔަ ދިމާލަށް ދިޔައެވެ. ސިޑިން އަރައިގެން މައްޗަށް ދިޔައިރުވެސް ރާސިލް އަތް އޮތީ އައިލީޝް ގެ އަތުތެރޭގައެވެ.

ކޮޓަރިއާ ހިސާބަށް އައުމާއެކު އައިލީޝް ދޮރުގައި ހިފާލިއެވެ. ކޮޓަރީގެ ދޮރުގައި އިން ދެ އަތް ގަނޑުގައި ހިފާލަމުން އޭނާ އެ ދޮރު ހުޅުވާލިއެވެ. އެއާއެކު ރާސިލް ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ވެސް ވަނެވެ.

ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ކުރިން ހުރީ މަޑު ފިޔާތޮށިކުލައިގައެވެ. އެހެންނަމަވެސް މިހާރު އެ ކޮޓަރިތެރޭގައި ހުރީ ކަޅާއި ހުދުކުލައިގެ ފަރިނީޗަރެވެ. އެއީވެސް އައިލީޝް ކައިވެންޏަށް ކުރިކަމެވެ. ކޮޓަރީގެ ކުލަ ބަދަލް ކޮއް ކުރިން އޭނާ ގެންގުޅުނު ހުރިހާ އެއްޗެއް ވެސް ބަދަލް ކުރީއެވެ.

ރާސިލް ހުއްޓި ހުއްޓާ އައިލީޝް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އައިސް ރާސިލް ކުރިމައްޗަށް ހުއްޓިލަމުން އޭނާ އެ ކަނޑެއްފަދަ ފުން ދެލޮލަށް ބަލާލިއެވެ. ރާސިލް ގެ އަމަލް ތައް މިރޭ އެހާ ތަފާތީ ކީއްވެތޯ އަހަން އޭނާ ބޭނުންވިއެވެ.

އޭނާ މަޑުމަޑުން އެއް ފިޔަވަޅު ރާސިލް އާ ގާތަށް ޖެހިލިއެވެ. އައި އޭނާގެ އެތްއަތް އުފުއްލާލިއެވެ. އެ އަތުގެ ޝަހާދަތް އިނގިލި އޭނާ އާ ދިމާލަށް ދިއްކޮއްލާ މޭގައި ޖައްސާލިއެވެ. އައި އެއަށް ފަހު އެ އަތް ހުރަސްކޮއްލަމުން ގެންގޮސް މޭގައި ވައަތް ފަރާތަށް ވާ ގޮތަށް ހިތާ ދިމާ ޖައްސާލިއެވެ. އަދި އަނެއް އަތް ނަގާ އެ އަތުގެ މަތީގައި ބާއްވާ ހުރަސްކޮއްލިއެވެ. ދެން އެއަށް ފަހު ދެއަތް ނައްޓުވާލާ އަނެއްކާވެސް އޭނާގެ ޝަހާދަތް އިނގިލި ރާސިލްގެ އާ ދިމާލަށް ދިއްކޮއްލިއެވެ.

އައިލީޝް އެބުނަނީ ކީކޭކަން އެނގޭ ހާލު ވެސް އެއަށް ރައްދު ދޭ ހިޔާލެއް ރާސިލް ނުކުރެއެވެ.

ދެވަނަ ފަހަރަށް އައިލީޝް ހަމަ އެ އަމަލް ތަކުރާރުކޮއްލިއެވެ. ތިންވަނަ ފަހަރަށް ވެސް އެ އަމަލް އޭނާ ރާސިލް އާ ދިމާލަށް ބަލަންހުރެ ތަކުރާރުކޮއްލިއެވެ. ހީވާކަހަލައެވެ. އޭނާ އެ އެދެނީ ރާސިލްގެ ފަރާތުން ޖަވާބަކަށެވެ.

އައިލީޝް ބުނަމުން އެދަނީ އޭނާ ރާސިލް ދެކެ ލޯބިވާ ވާހަކައެވެ.

އެހެންނަމަވެސް އައިލީޝް އަށް ބަލަހް ހުރި ރާސިލް އަށް އެކަން މާ މުހިންމު ނުވީ ކަންނޭގެއެވެ. ކޮޓަރީގެ ދޮރުގެ އެއްފަރާތުގައި ބަހައްޓާފައިވާ އޭނާގެ ފޮށި ގާތަށް ގޮސް ހުއްޓިލިއެވެ. އެއަށްފަހު ގުދުވެލަމުން ފޮށި ހިފައިގެން އައިސް އެނދުމަތީގައި ފޮށި ބެހެއްޓިއެވެ. ހުޅުވާލާ އޭނާ ބޭނުންވާ އެއްޗެހި ނަގައިގެން ފާހާނާއަށް ވަންނަން ދިޔައެވެ.

އޭނާ އެގެއަށް އައުމުގެ ކުރިއަށް މިއަދު ގެ ވަގުތެއްގައި އެއްޗެހި އޭނާ ވަނީ ގެނެސްފައެވެ.

އައިލީޝް އަށް މިހުރިހާ މަންޒަރެއް ބަލަން ހުރެވުނީއެވެ. ދުލުން ބަހެއް އޭނާ އަކަށް ނުބުނެވުނެވެ. އާ ކައިވެނީގެ ރޭ އޭނާ އުންމީދުކުރި ގޮތަށް އެއްވެސް ކަމެއް ރާސިލް ގެ ފަރާތުން ނުފެނުނެވެ.

އެހެންނަމަވެސް ދެން ވެސް އޭނާ އަމިއްލަ ހިތަށް ވިސްނައިދެމުން އެނދުމަތީގައި އިށީނެވެ. އެއްފަރާތުގައި ބަހައްޓާފައިވާ ފޮށި ލައްޕާލަމުން އޭނާ އެ ގެންގޮސް ހުރިތާ ބަހައްޓާލިއެވެ. އެކަމަކު އެވަގުތު އޭނާ އަށް އައި ދެވަނަ ވިސްނުމުގެ ސަބަބުން އަނެއްކާ އެ ފޮށި ހިފައިގެން އައިސް އެނދުމަތީގައި ބަހައްޓަމުން ހުޅޫވާލިއެވެ. އަދި އެއަށް ފަހު ފަހަރަކު އެއްޗެއް ނެގިއެވެ. އަލަމާރު ކައިރިއަށް ޖެހިލާ އޭގައި އަޅުވާފައި ހުރި ކޮނޑުތަކުން ދެތިން ކޮނޑު ހިފައިގެން އައެވެ. އަދި އެ އެނދުމަތީގައި ބެހެއްޓިއެވެ.

އެކަމަކު ދެވަނަ ވިސްނުމަކަށް ދިޔަހެން އޭނާ މޫނަށް ގޮތެއް ހަދާލިއެވެ. ހީވަނީ ކުރަންވީ ކީއްކަމެއް ނޭގިގެން އުޅޭ މީހެއްހެންނެވެ. އަދި އެއަށް ފަހު ފޮށީގައި ހުރި އެއްޗެހި ނަގާ ފަތް ޖަހަން ފެށިއެވެ. ހުރިހާ އެއްޗެހި ފަތް ޖަހާ ނިމުނު އިރުވެސް ރާސިލް ނުނިކުމެއެވެ.

އެހެންކަމުން އޭނާ ފާހާނާ ދޮރާ ދިމާލަށް ބަލާލިއެވެ. އަދި ފަތް ޖެހި އެއްޗެހި ގެންގޮސް އަލަމާރި ތެރެއަށް ލިޔެވެ.

ދެން ގޮސް ފާހާނާ ދޮރުގައި ޖަހާލިއެވެ. އަދި ރާސިލް ނިކުމޭތޯ ހުއްޓެވެ. އެހެން ހުންނަތާ ފަސް ވަރަކަށް މިނިޓް ފަހުން ރާސިލް ނުކުތެވެ. އޭރު ރާސިލް ލާފައި ހުރީ ޓްރެކްޝޫޓް އެއް އެކަންޏެވެ. މުތީ ތަކެއްހެން ވިދަމުން ދިޔަ ފެންތަކުން އެ އިސްތަށިގަނޑު ގެ ވަރުގަދަކަން ދައްކަމުން ދާފައެވެ. ދިގުއިސްތަށިތައް މޫނުމައްޗަށް ވެރިފައިވިއެވެ. މޫނުމައްޗަށް އެޅެމުން ދިޔަ ފެންތިކިތަކުން އެމޫނުމަތިން ތާޒާ ކަން ފެނިގެން ދިޔައެވެ. އެހާ ގިނަ އިރު ޕާރޓީގައި ކޮޅަށް ހުރުމުރެ ސަބަބުބް އެމޫނުމަތިން ފެނުނު ފޫހިކަމާ ވަރިބަލިކަން މިހާރު ފެންނާކަށް ނެތެވެ.

އޭނާ އާ ދިމާލަށް ކަޅި ޖަހާނުލާ ބަލަން ހުރި އައިލީޝް އޭނާ އަށް ފެންނަ ހިޔެއް ނުވެއެވެ.

ރާސިލް އެ ފުރިހަމަ ހަށިގަނޑު ފުރަތަމަ ފަހަރަށް އެހާ ކައިރިން ފެނުމާއެކު އައިލީޝް ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތްފައި ފިނިވެގެން ދިޔައެވެ. ޖިމް ޖައްސާތީ އެ ހަށިގަނޑު ގެ މަސްތައް ވަރުގަދަކަން އެނގެއެވެ. އެ އަތުގެ މުދައްދަނޑީގައި ފިސާރި ބާރު ހުންނާނެކަން ޔަގީނެވެ. އޭނާ އަށް ފުންނޭވާއެއްލެވުނެވެ.

އޭނާ ރާސިލް ގެ ކުރިމައްޗަށް އަރާ ކުރިން ވެސް އޭނާ ކަންތައް ކުރި ގޮތަށް ކަންތައް ކުރިއެވެ. އެހެންނަމަވެސް މިފަހަރުވެސް އެއްވެސް ކަހަލަ އިޝާރާތެއް ރާސިލް ފަރާތުން ނުލިބުނެވެ. އެކަމަކު އެ މޫނުމަތިން ކޮންމެވެސް ކަމެއް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދާކަށް އައިލީޝް އަށް ދެނެގަނެވުނެވެ.

އެކަމަކު އެއީ ކޮންކަމެއް ކަން އޭނާ އަށް އިނގޭ ގޮތެއްނުވިއެވެ.

އޭނާ ދެވަނަ ފަހަރަށް މިފަހަރުވެސް އެހެން ކަންތައް ކުރުމުން ރާސިލް ގެ ފަރާތުން އޭނާ އަށް ރައްދުވީ ނުރުހުމުގެ ބަސްތަކެވެ. “އައިލީޝް.. އުނދަގޫ ނުކޮއްބަލަ” ރާސިލް ބުނެލިއެވެ. ހީވަނީ އޭނާ މިހުރިހާ އިރު ހިފައްޓައިގެން ހުރި ރުޅިގަނޑު ބޭރުވާން އުޅެނީހެންނެވެ.

ރާސިލްގެ އަޑުގައިވި ރުޅިވެރިކަމުގެ ސަބަބުން އޭނާގެ ދެފައިން ވާގި ދޫވާހެން ހީވިއެވެ. ދެލޮލަށް ކަރުނަތަށް ވަގުތުން ޖަމާވިއިރު ދެ އަތް މުށް ކެވިގެން ދިޔައެވެ. ރާސިލް އޭނާ މަތިން ފޫހި ވީ ބާއޭ ހިތަށް އެރުމާއެކު އޭނާ އަށް މެއާ ދިމާލުގައި އަތް އަޅާލެވުނެވެ.

ކިތަންމެ ބަހެއް ބުނަން ބޭނުންވިޔަސް އޭނާ އަށް ރާސިލް އާ ދިމާލަށް އެންމެ ބަހެއްވެސް ނުބުނެވޭނެކަން އެނގުމާއެކު އޭނާ އަށް ރޮވެން ފެށުނެވެ. އައިލީޝް ގެ ފަރާތުން އިތުރަށް އެއްވެސް އިޝާރާތެއް ނުލިބުމާއެކު ރާސިލް އައިލީޝް އަށް ބަލާލެވުނެވެ. އޭނާ އަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. އެ ނިކަމެތި އަންހެން ކުއްޖާ އަށް އޭނާ އަށް މި ދެވެނީ އަނިޔާއެކޭ އެ ހިތުގެ ކޮންމެވެސް އެއ ކަނަކުން ބުނެލި ކަމުގައި ވިޔަސް އޭނާ އެ އަޑެއް ނޭހިއެވެ. އަމިއްލަ ހިތް މަތީ ހިލަ ގަޑެއް ބާއްވައިގެން އެ އިހްސާސް ހިންދައިލިން މަސައްކަތް ކުރިއެވެ.

އައިލީޝް ރާސިލް ގެ ފަހަތުން ގޮސް ރާސިލްގެ އަތުގައި ހިފާލިއެވެ. އެނދާ ދާދި ކައިރީގައި ހުރި ރާސިލް ފަހަށް އެނބުރިލާ ސީދާ އައިލީޝް ގެ މޫނަށް ބަލާލިއެވެ.

“ވަޓް” އޭނާ ބުނެލިއެވެ.

ކަރުނަވީ ދެލޮލުން ސީދާ ރާސިލް ގެ ލޮލަށް ބަލަހައްޓައިގެން ހުރި އައިލީޝް އޭނަގެ އަތް ނަގާ ނިއްމައްޗާ ދިމާލުގައި ބަހައްޓާލަމުން އަތުގެ އެއް އިނގިލި ދެފަހަރު ލަންބާލިއެވެ. އޭރު އެ މޫނުމަތިން ހިތާމައިގެ އަސަރުފެންނަމުން ދިޔައިރު ހިތާމައިގެ ރީތި ތަސްވީރެކޭ ތަފާތެއްނެތެވެ.

ވާޙަކަ ދެއްކުމުން މަހްރޫމް ވެފައިވާ އައިލީޝް ވާހަކަ ދައްކަނީ ސައިން ލޭންގްއޭޖުންނެވެ. އޭނާގެ އެ ނުކުޅެދުންތެރިކަން ހުއްޓަސް އެމޫނު މައްޗަށް އޭނާ ވެރިކޮއްލާފައި ހުންނަ ހިނިތުންވުމުން އޭނާގެ މޫނުމަތި އުޖާލާވެފައިވެއެވެ. އަބަދުވެސް އަމިއްލަ ނަފްސަށް އޭނާ އިތުބާރު ކުރާވަރު އެ ހިނިތުންވުމުން އިނގޭއިރު ހިތްވަރާ އެކު ކުރިއަށް ދާން އޭނާ ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާދެއެވެ. އާއެކެވެ. އޭނާ ވެސް ބައެއްފަހަރު ދެރަވެއެވެ. އެހެންނަމަވެސް އެއީ އޭނާގެ ހުރި ނުކުޅެދުމަކުން ވާ ދެރައެއްނޫނެވެ. އެހެންނަމަވެސް އޭނާ އެންމެ ލޯބިވާ މީހުންނާ ހީލާ މަޖާކޮއްނުލެވޭތީއެވެ. އެއިން އެއްވެސް މީހަކަށް އޭނާގެ އިހްސާސްތަކެއް ދައްކައެއްނުދެވެއެވެ. ދާނިޝް ނޫނީ މުޅި އެގޭގައިވެސް އޭނާ އާ ސައިން ލޭންގުއޭޖްއިން ވާހަކަ ދައްކައިލަން އިނގޭ މީހަކު ނުހުރެއެވެ. ކިރިޔާ ކަމެއް ވާއިރަށް ވެސް ދާނިޝް ކައިރިއަށް ދެވެނީ އެހެންވެއެވެ. އޭނާ ދެން މެ ކުރި ހަރަކާތުން ކީއްވެހޭ އަހަމުން ދިޔައެވެ. އައިލީޝް އެބުނަނީ ކީކޭކަން ދެނެގަންނަން ރާސިލް ނުކުޅެދުނެވެ. މީގެ ކުރިން އައިލީޝް އޭނާ އާ އާއްމުކޮއް ވާހަކަ ދައްކަނީ ޓެކްސްޓެ ކޮއްގެންނެވެ. އުނދަގޫ ކަމަކަށް އެކަން ވިޔަސް އޭނާ ކެތް ތެތްކޮއްލައިގެން ހުރީއެވެ.

އައިލީޝް ބުނި ބޮޑެތި އެއްޗެހި  އެއްޗެހިރަނގަޅަށް ނޭގުނު ކަމުގައިވިޔަސް ބައެއްކަހަލަ އެއްޗެހި ރާސިލް އަށް އެނގެއެވެ. އިޝާރަތް ކޮއްގެން ވާހަކަ ދެއްކުމަކީ އޭނާ މާ ކުރާ ހިތްވާ ކަމެއްނޫނެވެ. އޭނާ އެކަމާ ނުރުހޭތީ އައިލީޝް އޭނާ އާ ވާހަކަ ދައްކާނީ މެސެޖްލިޔެގެންނެވެ.

ރާސިލް އައިލީޝް ގެ ލޮލަށް ބަލާލާފައި ނިދަން ދިޔުމުން އައިލީޝް އޭނާގެ ކަރުނަތަށް ފޮހެލިއެވެ.

ރާސިލް ގޮސް އެނދުގައި އޮށޯވެ ގަޑިއަށް ބަލާލިއެވެ. ދެއެއް ޖަހާ ބޮޑު ވެއްޖެއެވެ. “އައިލީ… ނިދަން އުޅޭ” ފަރުވާ ކުޑަ ރާގަކަށް އެހެން ބުނެލާފައި ރާސިލް ރަޖާ އޭނާގެ ގައިމަތީ އަޅާލާ ލޯ މަރާލިއެވެ. އައިލީޝް އެ ހުރި ގޮތަށް އެތައް އިރަކު ހުއްޓެވެ. އެހެން ހުރެފައި އޭނާވެސް އެއްޗެހި ބަދަލް ކޮއްލަން އަލަމާރިން އެއްޗެހި ނަގައިގެން ފާހާނާއަށް ވަނެވެ.

އެއްޗެހި ބަދަލް ކޮއްލާ ތާޒާ ވެލައިގެން ނުކުތް އިރު ރާސިލް އޮތީ ނިދާފައެވެ. އޭނާ ރާސިލް އޮތް ފަޅިއަށް ޖެހިލާ އެމޫނަށް ބަލަން ހުއްޓެވެ. އެއީ އޭނާ ލޯބިވާ ފިރިމީހާއެވެ. އެމޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހިންހަމަ ޖެހުމެވެ. އެ މޫނުގައި ފިރުމާލާހިތުން އޭނާ އަތް އެ ދިމާލަށް ގެންގޮސްލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އަތް ދަމައިލީ އެ ހޮތްވަރު ނެތުމުންނެވެ. އައިލީޝް އަށް ހަދަން ވީގޮތެއްނޭގުނެވެ. މޫނުމަތިން ފެންނަނީ ހިތް ދަތިކަމެވެ. ރާސިލް އަށް ވީ ކިހިނެތްބާއެވެ. ހަމަގައިމުވެސް އެއީ ކުރީގެ ރާސިލް އެއްނޫނެވެ. ހިތާމައަކީ އޭނާ އަށް ރާސިލް އާ ވާހަކަ ދެއްކެން ނެތް ކަމެވެ.

(ނުނިމޭ)

ނޯޓް: މި ވާހަކައިގައި އުޅޭ ބަތަލާ އަކީ އައިލީޝް އެވެ. އަދި ބަތަލް އަކީ ރާސިލް އެވެ. ދާނިޝް އަކީ އައިލީޝް ގެ ބޭބެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ޝީން(ސޯޅަވަނަ ބައި)

Next

އަނދިރިފަރާތް 27

Next
March 13, 2018

އަނދިރިފަރާތް 27

Previews
March 13, 2018

ޝީން(ސޯޅަވަނަ ބައި)

69 Comments!

  1. Shaima says:
    March 13, 2018 at 9:19 pm

    Wowww.I love it

    1. Hi Mi says:
      March 14, 2018 at 12:53 pm

      Thanks. Shaimaa. ❤?

  2. Twingirl says:
    March 13, 2018 at 9:20 pm

    Yaay. .. faharu I first dhw. .. kiyaalaafa comment eh kohlaanan ingey himi loabii????

    1. Twingirl says:
      March 13, 2018 at 9:25 pm

      Mi faharu **

    2. Hi Mi says:
      March 14, 2018 at 12:54 pm

      Sorry. Hehe. Twin girl ah milibuni 2nd dw. Dhen faharakun vaane try kohlaafa first hoahan ingey. Much loves. Thanks. ❤?

  3. Axy says:
    March 13, 2018 at 9:24 pm

    Mihaaru mi fenunee kiyaa laafa comment kuraanan ⭐⭐????

    1. Hi Mi says:
      March 14, 2018 at 1:03 pm

      Thanks. Axy. V ufaavey thihaa support kuraathy. ❤?

  4. Nn says:
    March 13, 2018 at 9:24 pm

    Mimrah aki kaaku?

  5. Anonymous says:
    March 13, 2018 at 9:25 pm

    Kn mimraah eh. Eannany.

  6. rau says:
    March 13, 2018 at 9:25 pm

    who is mimrah???? kureedhivahu liyefa in goi maa reethi … mee anehkka nan thah badhal kohffa tha

    1. Hi Mi says:
      March 14, 2018 at 1:05 pm

      Hey nn anonymous and rau. Mimraah eh nulheyne ingey nw story ga. Mistakes thah rangalhu kohlaifin. Himi ah fenunu. ❤??

  7. Suney says:
    March 13, 2018 at 9:31 pm

    V nice mi part ves. Interesting story eh. Waiting for the next part……. himi name change kollu dhw. now best keep it up ??? himi

    1. Hi Mi says:
      March 14, 2018 at 1:08 pm

      Thanks suney. Thanks for understaning ingey. V ufaavehjje. ❤?

  8. Hi Mi says:
    March 13, 2018 at 9:32 pm

    Salaam. So this is the story about a mute girl. If anyone of u know info about mute girls would you mind telling me because currently i am reasearching about mute girl, problems and solutions. My email is [email protected] Moreover i am also searching information about sign languages. In this episode and most probably in the whole story the actions or signs which ailysh do will be of American sign languages. The description of it is written while looking at some vedios in youtube. So if u go through them (the vedios) it will be easy for u to imagine the actions ailysh do. For Example in the first part what ailysh did was the sign for telling i love yuh. That is pointing the finger at u first and crossing each hand on ur chest and then again pointing to the other person whom u wanna tell that to. And for the second part the action is used for asking “why” in sign language by a number 5 handshape and bending the middle finger 2-3 times. The info is taken from the internet. One more thing. Enme fahun nimunu hithaa furaanain vaahakaige libey ba eh ibraithah e part ge enme fahu commenga ga himi hunaane mention kohlaafa. It would be great. If u could read that. ❤
    Thankyou All.
    Jazakallah Khairan. ❤❤❤???

  9. Hi Mi says:
    March 13, 2018 at 9:35 pm

    sory. mistakes rangalhu nukurevi in bai copy mi kohlevuni. 🙁

  10. Twingirl says:
    March 13, 2018 at 9:41 pm

    Woow hama v rythi. …. ??? kuriah inthizaaru kurevey vvv … keep it up himi love ???❤❤❤

    1. Hi Mi says:
      March 14, 2018 at 1:11 pm

      Thanks. Twin girl. V ufaavehjje. ❤?❤?❤?

  11. Name changer says:
    March 13, 2018 at 9:52 pm

    Thihen nuvis vaahaka fashaafa dhe thin part genessa name thah badhalu nukuraanama. Meehaku hama nan hadi ey bunaa irah nujehey dho nan badhalu kuraakah. Writer eh vejjeya kommes varakah amilla ah decision negen vaane.

    1. Hi Mi says:
      March 13, 2018 at 10:19 pm

      thanks name changer. but this is the first ep of the story. hiyaal bunelima v ufaavehjje. thi hiyaal ufalaa eki balaigannan. shukuriyya. 🙂

  12. ssannwa?❤? says:
    March 13, 2018 at 9:56 pm

    Heyy himi dhooni so here comes the story dhw.. varah varah reethi ingey mi part. Kuriyah huri part thah ves reethi vaane kamah unmeedhu kuran. Dhn inna part thankolheh dhigu koh genesdheveythw balaahchey ingey. Unmmeefhu kuran mi vhk ves varah furihama gothakah liyelaane kamah. Nimendhen kiyaalan libeyne dhw. Okay get vejje ingey sana ah vhk ga huri name thah. Varah loves himi. Keep it up????♥

    1. Hi Mi says:
      March 14, 2018 at 1:14 pm

      Hello. Sana. V ufaavehjje thihaa loabi comment eh dhinima first episode ah ves. Dhen In Sha Allah. Nimendhen kiyaalan libeyne. And one more thing. Bunaa dhuvahah ves modu kameh dhimaa nuvaanama up kohla dheynan. ❤❤❤???

  13. Pinky shifoo says:
    March 13, 2018 at 10:21 pm

    Wonderful ❤️❤️❤️… Mi part vx Maasha Allah v v v reethi ???… I really like it ???… Ailee haadha dheravaaney ???… V v dheravi ethankolhu kee iru ???… Raasil hama alhaavx nulyma v dheravi
    ???… Mi part vx sifakohdhinun hama v v furihama ingey Hi Mi ???… V reethi n v interesting ???… Heevanee v v different story akah vaane henn mi story ???… There are typing mistakes… Try to correct those ☺️☺️☺️… Kyhvebaa raasil ailee aa dheytherey egothah e kanthah kurany??? ??? n ailee kyhve baa ailee ge mom dheke ehaa rulhi annaneee??? ???… Hehe.. Some questions ???… Story kuriah dhaa varakun thaa dhw ingeynee ???… Curiously waiting for the next part ???… Keep up the good work Hi Mi ??????… V kiyaalaahithun mi part vx mi kiyaaly ??????… Lots of love and take care ??????❤️❤️❤️?????????… Btw “ehaa gina iru partygaa kolhah hurumuge sababun e moonumathin fenunu foohi kamaai varubalikan fennaakah noolhuneve” mi sentence ga “noolhuneve” ge badhaluga “netheve” liyunyma maa gulhey kanneynge n maa reethi kamah faahagakohlevey ???… So ehenve bunely.. Just my opinion ???..

    1. Hi Mi says:
      March 14, 2018 at 1:17 pm

      Hehe. Pinky ge comment eh dw miothy ehaa colurful koh first ep ga ves. Vvv ufaavehjje. Hama. Pinky thibuni gothah himi ah time velima edit kohlaanan. In Sha Allah. Mireyge vagutheh ga. Cox thats a mistake. Hehe. Thi kahala faadu kiyumaki libey hiyy vareh. Much loves. ❤?

  14. Ibsha says:
    March 13, 2018 at 10:54 pm

    Varah reethi ❤❤❤inthizaaru 2nd part

    1. Hi Mi says:
      March 14, 2018 at 1:17 pm

      Thanks ibsha. ❤?

  15. Friends says:
    March 13, 2018 at 11:01 pm

    Masha allah v salhi. Ummeedh kuran kuriy stry haa nice vaane kamah.mi balany stry xareeyaain e kahala kudhin vaahaka dhahkaa bahuruva ingey ne kamah.keep it up.waiting 4 nw part…
    Gud nyt.???

    1. Hi Mi says:
      March 14, 2018 at 1:21 pm

      Thanks frnds. Hehe. Himi eba balan information foaru koh dheveythoa. V ufaavehjje. Thanks. ❤❤??

  16. Niu says:
    March 14, 2018 at 12:02 am

    ?????
    ??????????????

    1. Hi Mi says:
      March 14, 2018 at 1:27 pm

      Thanks. ❤❤❤???

  17. Kujjeh mives says:
    March 14, 2018 at 12:08 am

    Mimraah akee dhn kaakutha

  18. Mi says:
    March 14, 2018 at 12:14 am

    NO MIMRAAH IN THIS STORY NAMES THAH CHANGED. ??

  19. Xxxx says:
    March 14, 2018 at 12:27 am

    Wooooowww..nice.. good that you have changed names..now it’s better ?

    1. Hi Mi says:
      March 14, 2018 at 1:28 pm

      Thanks. Xxxx. V ufaavehjje. ❤❤❤???

  20. Shann says:
    March 14, 2018 at 12:54 am

    Wow Hi Mi v v rythi mibaives… ??… Hi Mi ge story eh vehjihyaa egey kiyan fadhaairuves rythi vaanekan…❤❤.. Ehaaves yagynkan ovey… V v rythi vaanehen hyvey mi story ves… Miss u Hi Mi

    1. Hi Mi says:
      March 14, 2018 at 2:12 pm

      Shann ge comment eh. Yayyyy. V ufaavehjje. Thanks a lot for the kind words dear. ❤?❤

  21. Aysh says:
    March 14, 2018 at 1:24 am

    Marsha Allah v reethi keep up the good work ????

    1. Hi Mi says:
      March 14, 2018 at 1:03 pm

      Thanks. Aysh. For the support. ❤?

  22. Ana says:
    March 14, 2018 at 6:21 am

    Vaahaka kithahfaharah fasahigen genesdhiniyyaatha first episode ah vanee. Mimass nimeyiruvx vaahakaige fist episode ga kanneyge ulheynee.

    1. Hi Mi says:
      March 14, 2018 at 12:59 pm

      Hey. Ana. Sorry for all this difficulties. Story ge enme furathama innaani trailer. Dhen eyge fahun up kuree varah kurukuru ep eh. Cox enme furathama up kuri trailer up kuri fahun v gina dhuvas v ma. Dhen names thah change kuran vegen ahaalaafa inaani v gina kudhinnah names thah kamunydhiyaama. Eyi himi kurin bunefa innaani gina kiyun therin beynun vaa names laigeney mi story kuri ah gendhaani.vv ufaavehjje hiyaal eh faalhu kohlima. Dhen thikamaa visnaani dw. Lets see. Mi mas nimeyiru vaahakaige kithah episode thiya kiyun therinnaa hisaabah himi dhookoh laathoa dw. Hehe. Mi balani hama bunefa inna dhuvahah up kohleveythoa. Thanks dear. Hope doubt clear v kamah. ❤?

  23. Liaa says:
    March 14, 2018 at 7:06 am

    Hey Hi Mi 🙂
    Feshun v reethi. Keep it up dear! ?

    1. Hi Mi says:
      March 14, 2018 at 1:00 pm

      Thanks. Liaa. V ifaavehjje. Liaa ge comment eh fenunima. Btw andhirifaraai was hama super amazing ingey. ❤?

  24. Liaa says:
    March 14, 2018 at 7:06 am

    Hey Hi Mi 🙂
    Feshun v reethi. Keep it up dear! ?

  25. Kai says:
    March 14, 2018 at 7:18 am

    Hi mi vvv nyc vaane kamah mi balanee ingey ❤❤❤feshun v nyc n vvvv sad vehje ??? dhen name change kuryma bunelan beynun vany thanksss ey …?????vvvv bodah kurin huri name thah kai akah eh gothakah ves kamaku nudhey n vvv boalah udhagoo vi kiyan ves ….kon irakun aneh part waitting…gd luk ?????

    1. Hi Mi says:
      March 14, 2018 at 2:15 pm

      In Sha Allah. Kai. Himi balaanan. Shauguverivaa gothah mi story ves genesdheveythoa. Ingey. Hehe. Thanks ingey for understaning. And yh v gina kiyun therin ge edhumaa eku mimraah change kuree. ?

  26. Hawwi says:
    March 14, 2018 at 7:37 am

    Ohh hi mi dhooni.. dhigukohllafa geness dhineema v happy ejje .. genessfaihuri badhalthah Layaa sis ah v kamudhey.. and one morething… name changer bunihen liyanfashaairu hithah eanna namaaeku Vaahaka liyeninmaalun aeevess goaskamehnun ingey.. btw keep it up.. sis ge help beynun konmevaguthaku in sha allah dheynan ingey ???? lysm

    1. Hi Mi says:
      March 14, 2018 at 2:17 pm

      Alhey layaa sis. Hehe. V ufaavehjje sis ge thi hiyaal ah ves. Kuri ah oi thaa visnaigen kuri ah dhaani dhen. In Sha Allah. Means a lot. And Thankyou for the help for this part. ❤?❤

  27. tapp says:
    March 14, 2018 at 8:34 am

    MIMRAH ENNAN MAA REETHI PLX PLX CHANGE RAASIL TO MIMRAAH..RAASIL NAME VATHAREE ANHEN NAMAKAA

    1. Hi Mi says:
      March 14, 2018 at 2:18 pm

      Hey. Dear tapp. Dhen mifaharu raasil laigen kuri ah dhamaa. Dw. Sorry. ???

  28. mop says:
    March 14, 2018 at 8:41 am

    mimraah ge nan keeve badhal kuree mihaaru vaanuvaa olhijje bathala akee aileesh and bathal akee mimraah furathama baiga mihaaru keeve raasil ah badhal vee ehenv m maa fooho plx name changed ti mimraah or mimraah raasil,,

    1. Hi Mi says:
      March 14, 2018 at 2:19 pm

      Hey. Dear mop. Raasil aki main charecter nw and ailysh aki. Dhen innaani ailee ge dhinme that is dhaanish. Dhaanish aki ves story ge main role eh adhi kulheyne meeheh. In Sha Allah. ❤?❤

  29. lily says:
    March 14, 2018 at 8:42 am

    mimraah ge nan keeve badhal kuree mihaaru vaanuvaa olhijje bathala akee aileesh and bathal akee mimraah furathama baiga mihaaru keeve raasil ah badhal vee ehenv m maa fooho plx name changed ti mimraah or mimraah raasil,,

  30. Hi Mi says:
    March 14, 2018 at 8:48 am

    Salaam. Mimraah ge badhal ga raasil e ini. Dhen ailysh ge beybe aki mihaaru dhaanish.

  31. Mal says:
    March 14, 2018 at 9:19 am

    Morning himi?..this story also have a uniqueness??..btw i love dhaanish ge name…hero ah dhaanish is much better kanneyge.??…luv u himi??…u r the best??…and mi part ves v reethi…i just love it??

    1. Hi Mi says:
      March 14, 2018 at 1:09 pm

      Hehe. Thanks. Mal. Means a lot. Dhaanish ge role ves vaki kuda eh nuvaane ingey. ❤?

  32. Shaai says:
    March 14, 2018 at 10:08 am

    Alhey haadha reychey ….. this himi loabi

    1. Hi Mi says:
      March 14, 2018 at 2:20 pm

      Hehe. Thanks. Shaai. V ufaavehjje. ❤?❤

  33. Yehtaf says:
    March 14, 2018 at 10:47 am

    Wow …. I love this story… U have become one of my favourite author…. ?

    1. Hi Mi says:
      March 14, 2018 at 1:15 pm

      Thanks yehtaf. Means a lot. ❤❤??

  34. Unique says:
    March 14, 2018 at 12:46 pm

    Aslu vx kureega think nanthah ragalhu.. Now kiyaa hih kedey goih vany but I’ll read so that I’ll knw wats in ur mind

    1. Hi Mi says:
      March 14, 2018 at 12:52 pm

      Dhen mi faharu hingaa mi mames thah laigen dhamaa. Dw. Unique. Names thah change v ma tha kiyaa hiyy kandeni. Ekam story ge plot akah change eh naadhey i gey dear. ❤?

  35. Unique says:
    March 14, 2018 at 1:45 pm

    Ok Hi Mi aslu ekkoh kyma varah dheravi ingey….. Vahakaiga vaagothun e nikamethi kujjaa ah elibey veyn thakun …… I’m Sry Hi Mi

    1. Hi Mi says:
      March 14, 2018 at 2:22 pm

      Alhey. Unique. E keeve sorry dear. Himi v ufaavi aslu hiyaal faalhukohlima. Eki kudhin ge hunaani eki kahala visnun dw. Ekam gabool kuran. V ufaavehjje. ❤?❤

  36. annoying reader says:
    March 14, 2018 at 2:03 pm

    finally dhw. varah reethi vaane hen heevey mi story. i m sure somehw aileesh ge dhonbe ge past ga rasil ge sis ah hurt kurevifa huri. or dhimaa v kamehge sababun he wants to take revenge by marrying leesh. please dnt hurt her hi mi. vedhaane rasil revenge nagan ulhe enme fahun leesh dheke rangalha ves loabi vaani hen. waiting for the next part

    1. Hi Mi says:
      March 14, 2018 at 2:23 pm

      Yayyy. Finally annoying reader ge comment eh mi oh fenuni. Hehe. Hingaa dw balamaa. Adhi story buves feshi mulheny rangalhah. Mifaharuves balamaa dhimaa veythoa dw thigothah. Varah ufaavehjje. Thanks dear. ❤?❤

  37. ❤M.E? says:
    March 14, 2018 at 6:57 pm

    Nice….himi sign language in vaahaka dekkias m.e mennah angaaladhecche e bunaa eccheh…..M.e akahh sighn language ehh neynge??? story v salhi ingey himi last time ehaa salhi story ehh genesdhenee ma M.E men ge expectation v high ????himi ge hurihaa story ehh vs v salhi????next part avahahh up koddecche. I guess there are some books sighn language as behey & M.E hamagaimuves dhekunin sighn language dhaskodhey page ehh online kohh….(dhivehi) anyways Masha Allah story mi part vvvv salhi waiting for next part good bless you…????????

    1. Hi Mi says:
      March 14, 2018 at 9:06 pm

      Hehe. Yh. Dear. In Sha Allah. Comment thakuge therein kiyaala dheynan. V ufaavehjje me. Hehe. Thi haa expectation high vhk bunima mihuree bunaane ehchei neygifa. Ekam ummeedhu mi kurani kamudhaa ne gothakah g3nes dheveythoa. V ufaavehjje. Thankyou for the info. Ithuru mauloomaatheh ingeyne nama it will be really helpful for me if u could send me through mail. Thankyou so much. ❤?❤?❤?

  38. Sumaa says:
    March 15, 2018 at 11:17 am

    Nice

  39. Fatima says:
    March 15, 2018 at 12:21 pm

    Woww himi…. Haadha reehchey himi ge story thah…. Keep it up ❤❤❤… Varah ifaa vehjr anehkaaves himi ge new story eh up v ma.. ????

  40. Ran says:
    March 17, 2018 at 8:01 pm

    WOW

Comments are closed.


All Right Reserved!