
ސިއްރު – 3
” ލައްބަ. އަޅުގަނޑުގެ ހުންނާނެ.. އެއިޓީން ވެސް ފުރިފަ ހުރީ.. ” އަހަރެން އަވަހަށް ޖަވާބުދިނުމުން ޑޮކްޓަރ އެތާހުރި ނަރުހެއް ދައްކާލުމަށްފަހު އޭނަޔާއިއެކު އައުމަށް އަހަރެންގާތު ބުންޏެވެ. ޑޮކްޓަރ ބުނިގޮތަށް ކަންތަށް ކުރުމަށްފަހު އެނބުރި އައިސް އަހަރެން އާހިލް ގާތު އިށީނީމެވެ. ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އާޔާގެ އަތުތެރޭގައި އޮތް ފޮޓޯ މަތިންނެވެ. އެ ފޮޓޯ ބަލާލުމަށް އަހަރެންގެ ހިތް އެދެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ އަތް ޖީބަށް ލުމަށްފަހު އެ ފޮޓޯ ނެގީމެވެ. އެއިރު އެފޮޓޯ އޮތީ ނުއަތަށް ކަމުން އަހަރެން އެ ފޮޓޯ ރަނގަޅު ކޮށްލީމެވެ. އަހަރެންގެ މެޔަށް ހޫނު ފެން އެއްޗެއް ޖަހާލިހެން ހީވިއެވެ. އެ ފޮޓޯގައި އެވަނީ ހަމަ އާޔާގެ މަންމަ އާއި ބައްޕަ ހެއްޔެވެ؟ ނޫނީ އަހަންނަށް މި ފެންނަނީ ހުވަފެނެއް ބާވައެވެ؟
ނޫނެކެވެ. ހުވަފެނެއް ނޫނެވެ. މިއީ ހަމަ ޙަޤީގަތެވެ. އެ ފޮޓޯގައި އެވަނީ ހަމަ އަހަރެންގެވެސް މަންމައާއި ބައްޕައެވެ. އެކަމަކު ކީއްވެ ހެއެޔެވެ؟ އަހަންނަށް ކޮށްޅަށް ތެދުވެވުނެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. އާހިލް ސުވާލުކުރަން ފެށުމުން ޖަވާބުދިނުމުގެ ބަދަލުގައި އަހަރެން އާހިލް އަށް ދިއްކޮށްލީ އަތުގައި އޮތް ފޮޓޯއެވެ. އާހިލް އަކަށް އޭގެން މާބޮޑުކަމެއް ދޭހައެއްނުވިއެވެ. ” އާހިލް.. ކޮންފަދަ ކުޅިގަނޑެއް އަހަރެންގެ ލޯމަތީގައި ކުޅެވެމުން މިދަނީ؟ ސޯޅަ އަހަރުވަންދެން ނޭނގި އޮތް ސިއްރެއް.. އެހާ ދުވަސް ވީއިރު ކީއްވެ އަހަންނަށް ނޭނގުނީ؟ ކީއްވެ އަހަރެންގެ މަންމަމެންނަށް ނޭނގުނީ؟ ” އާހިލް އަށް އަދިވެސް އަހަރެން ކިޔާ އެއްޗެއް ނޭނގެއެވެ. ” އާޔާ އެއީ އަހަރެންގެ ކޮއްކޮ… އެއްބަނޑު އެއްބަފާ ކޮއްކޮ… ސޯޅަ އަހަރު ވަންދެން އޭނާ އެ އުޅުނީ ހިލޭ ބައެއްގެ ކައިރީގައި.. އެވެސް މައިންބަފައިންނާއި އާއިލާ ދުނިޔޭގައި ތިބެ… ” އަހަރެންނަން ބަޔާން ކުރަންވެސް ނޭނގޭހާ ފުން ހިތްދަތިކަމެއް ލިބުނެވެ. އާހިލް ހުރީ އަހަރެން މި ދެއްކި ވާހަކަ ގަބޫލުކުރާން ދަތިވެފައެވެ. ނަމަވެސް މިއީ ތަގުދީރުގެ ނިންމެވުމެވެ. މިކަމެއް އިތުރަށް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ.
އެހާ ދުވަސް ވެގެންދިޔައިރު އަހަންނަށް އެވަރުގެ ކަމެއް ހިނގާދާކަމުގެ ކުޑަވެސް އިޙުސާސެއް ނުކުރެވުނީ ކީއްވެބާވައެވެ؟ ކޮއްކޮއެއް ނުހުންނާތީ އެ ސުވާލު މަންމަމެންނާ ނުކުރެވުނީ ކީއްވެ ބާވައެވެ؟ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައެވެ. މިފަދަ ޚިޔާޅުތަކުން އަހަރެންގެ ސިކުނޑި ފުރި ބާރުވަމުން ދިޔައެވެ. ބޯ ހާސްވާން ފެށިއެވެ. އެހެންކަމުން އަހަރެން އެތާ ހުރި ގޮނޑިއެއްގައި އިށީނދެލީ ހަމަޖެހިލުމަށްޓަކައެވެ.
އަހަންނެކޭ އެއްފަދައިން އާހިލްއަށްވެސް މިހާރު އިންތިޒާރު ކުރެވެމުން ދަނީ އާޔާގެ ޚަބަރަކަށެވެ. އަހަރެންގެ ގައިން ލޭ ނެގިތާވެސް މިހާރު ބައިގަޑިއިރު ވަނީ ވިއްޔާއެވެ. އަހަންނަށް އިތުރަށް އިންތިޒާރު ކުރަން އުނދަގޫވިއެވެ. ނަމަވެސް އެނޫން އިތުރުގޮތެއް އެބައޮތް ހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ދިގު އިންތިޒާރަށް ނިމުމެއް އައީ ޑޮކްޓަރ އިމަޖެންސީ ރޫމުން ނިކުތުމުންނެވެ.
” ޑޮކްޓަރ.. ކިހިނެއް މިހާރު އާޔާ؟ ރަނގަޅުތަ؟ ” އަހަރެން އެހެން އެހި އިރު ޑޮކްޓަރ ގެ މޫނުމަތިން ފެންނަންހުރި ހާސްކަމުގެ ސަބަބުން އަހަރެންގެ ހިތް އިތުރަށް ނުތަނަވަސް ވާ ގޮތް ވިއެވެ. ” މިވަގުތު އަދި ބުނާކަށް ނޭނގެ” ޑޮކްޓަރގެ ޖަވާބަކަށް ވީ ހަމައެކަނި މި ހަތަރު ލަފްޒެވެ. އަހަންނަށް އަދިވެސް މިޖެހުނީ ކެތްކުރާށެވެ.
އާޔާގެ ބެލެނިވެރިން އައީ އެވަގުތުއެވެ. ވާނުވާނޭނގި ހުރެމެ އެ ދެމީހުންގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ދުވަމުންކަހަލަ ގޮތަކަށް ދެމީހުން އައިސް އަހަރެމެން ކައިރީ ހުއްޓިއްޖެއެވެ. “ތިއީ ކޮން ކުދިންނެއް؟ އާޔާއަށް ކިހިނެތް ވީ؟ ކީއްވެ އޭނަ އިމަޖެންސީ ރޫމަށް ވައްދަން ޖެހުނީ؟” އާޔާގެ ‘މަންމަ’ އަހަންނާއި އާހިލް ގާތު ފައްޗަކަށް ސުވާލު ކުރަން ފެށިއެވެ. އަހަރެމެން ވަކި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކުރު ގޮތަކަށް އަހަރެން އެ ދައްތައަށާއި ބޭބެއަށް އާޔާއަށް ވީގޮތް ކިޔައިދިނީމެވެ. އުފަން ދަރިފުޅު ނޫނަސް ސޯޅަ އަހަރުވަންދެން މަންމައެއްގެ ލޯބި ދީގެން ބޮޑުކުރި ކުއްޖާއަށް ހުރީ މައިވަންތަ ކަމުގެ ކުލުނު އުތުރި އަރަ އަރާއެވެ. ދެމީހުންނަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. ހީވެސް ނުކުރާކަހަލަ ކަމެއް މިހާ ކުއްލި ގޮތަކަށް ހިނގުމުން އެހެން ވެދާނެ ނޫންހެއްޔެވެ؟
އަހަންނާއި އާހިލް އެ ދެމީހުންނަށް ހިތްވަރު ދިނީމެވެ. ކެތްތެރިވުމަށް ބުނީމެވެ. ނަސީބަކުން ވަރަށް ވާޙަކަ ދައްކައިގެން ހަމައަކަށް އެޅިއްޖެއެވެ. “އަސްލު ތިއީ ކޮން ދެކުދިންނެއް؟” ހިތާމައިން ފުރިފައިވާ މޫނަކާއިއެކު އެ ދައްތަ ވާހަކަ ދެއްކިއެވެ. “މިއީ އާޔާގެ އެންމެ ގާތް އެކުވެރިން..” އަހަރެން އަދި މިހުރީ ހަގީގަތް ހާމަ ކުރާގޮތަކަށް ނޫނެވެ. އެހެންވެ އޭގެ އިތުރަކަށް އަހަންނެއް ނުބުނެދެމެވެ.
އަހަރެންގެ މަންމައަށް ގުޅަންވެސް ހިތަށް އެރިއެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ގުޅައިގެން ކަނަތައް ވާނީ ހައްތަހާ ގޯހޭ ހިތަށް އަރައިފައި އެކަންވެސް ނުކޮށް ބޭއްވީއެވެ. މިގޮތުގައި ތިއްބާ އަނެއްކާވެސް ޑޮކްޓަރ ނިކުމެއްޖެއެވެ. އަހަންނަށް އިޝާރަތް ކޮށް އަންނާށޭ ބުނުމުން އަހަރެން ތެދުވެ ޑޮކްޓަރ ގާތަށް ދިޔައީމެވެ. ނަމަވެސް ކުޑަކޮށް ޖެހިލުންވެ ހުރެއެވެ. އަނެއްކާ އާޔާއަށް ގޮތެއް ވީބާއެވެ؟
” ކީއްވެ ކުރިން ދޮގުހެދީ؟ ” ކޮންފަދަ ސުވާލެއް ހެއްޔެވެ؟ ޑޮކްޓަރ އަށް އަހަރެން ހެދީ ކޮން ދޮގެއް ހެއްޔެވެ؟ އަހަންނަކަށް ވާނުވާއެއް ނޭނގުނެވެ. ” ކޮން ދޮގެއްތޯ؟ އަޅުގަނޑު ނަހަދަން އެނގިންވެސް އަދި ނޭނގިގެންވެސް ޑޮކްޓަރ ގާތު ދޮގެއް.. ޑޮކްޓަރ އަށް އޮޅިގެން ތޯ ތި އުޅުއްވަނީ؟ ” ޑޮކްޓަރ ނޫނެކޭ ބުންޏެވެ. ” ކުރިން ބުނީމެއްނު ތިއީ އާޔާގެ އެކުވެރިއެކޭ؟ އެކަމަކު ތިއީ އަސްލު އާޔާގެ ދޮންބެ.. ތި ދެކުދިންގެ ޑީ.އެން.އޭ މެޗް ވޭ.. ދެން އާޔާގެ ޙާލު އަންނަނީ މިހާރު މަޑުމަޑުން ރަނގަޅުވަމުން..” އަހަރެންގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރ އެހެން ބުނުމަށްފަހު ހިނގައިގަތެވެ.
އަހަންނަށް މިވަގުތު މާބޮޑު ހައިރާންކަމެއް ނުލިބުނެވެ. ނަމަވެސް އެ ޙަޤީގަތަށް ބާރުލިބޭ ކަމެއް ލިބުމުން އުފާވިއެވެ. ދެން އަހަރެން އެއީ އަހަރެންގެ ކޮއްކޮއޭ ބުނީމަ އެކަމަށް ދެކޮޅު ހެދޭނެ އެއްވެސް ގޮތެއް އެކަކަށްވެސް ނޯންނާނެއެވެ. އަހަރެން އެނބުރި އައުމުން އާހިލް އަހަރެން ގާތު އެހީ ޑޮކްޓަރ ބުނީ ކީކޭތޯއެވެ. އާހިލް އަށްވެސް އިނގިފަ އޮންނާނޭ ޙަޤީގަތެއް ކަމުން އަހަރެންވެސް މަޑުމަޑުން އެހެން ބުނެލީމެވެ. ހަމައެކަނެ “އޯހް” އޭ ބުނުން ފިޔަވާ އިތުރު އެއްވެސް ހައިރާންކަމެއް އެ މޫނުމަތިންވެސް ނުފެނުނެވެ.
އަހަރެމެންގެ ދަބަސް ކޮނޑުގައި އަޅުވާލީ ގެއަށް ދިއުމަށްޓަކައެވެ. ނަމަވެސް ދިއުމުގެ ކުރިން އާޔާގެ މިހާރުގެ މައިންބަފައިން ކައިރި އާޔާ މިހާރު ރަނގަޅުވަމުން އަންނަ ވާހަކަ ޑޮކްޓަރ ބުނިކަމަށް ބުނެފަ އޭނާ ރަނަގަޅަށް ބަލައިދިނުމަށް އެދި އަހަރެން އައީއެވެ. ނަމަވެސް އަންނަން ބޭނުންވެގެންނެއް ނޫނެވެ. މަޖުބޫރުވެގެންނެވެ. ސްކޫލު ނިމޭ ގަޑީގެ ލަހުން ގެއަށް ގޮއްސިނަމަ މަންމައާއި ބައްޕަ ސުވާލުކުރާނޭ ކަން އެނގޭތީ އެ ސަބަބަށްޓަކައެވެ.
އަހަންނާއި އާހިލް މަޑު ހިނގުމެއްގައި އޭޑީކޭ ހޮސްޕިޓަލުން ނިކުމެގެން އައީމެވެ. އައި މަގުމަތީގައިވެސް ދެމީހުންގެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަހަރެންގެ ހިތަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް އެއްކޮށް ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ކޮއްކޮ އެއޮތީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. އާޔާ އަށް އެހެން ހެދި މީހަކު އަހަރެން އެކަނި މަސައްކަތް ކޮށްގެން ނަމަވެސް އިރާދަކުރެއްވިއްޔާ ހޯދާނަމެވެ. އަހަރެންގެ މި ޢަޒުމަކަށް އިރާދަކުރެއްވިއްޔާ އެމީހަކު ނުހޯދެނީސް ބަދަލެއް ނާންނާނެއެވެ.
(ނުނިމޭ)
28 Comments!
Comments are closed.
Yayyy…me 1st dhwh…. vrh reethi… but mr kurii…. nxt prt kn irakun…. nd nxt prt genna iru dhigu khlahcheyy….plx…. ly nd this stryy…♥♥♥♥
hehe.. thank you mishy.. mi story miee ehen site eh ga ves liyaa story eh.. ehen ve e site ga up koffa huri varun up kuramun mi dhany.. kuriyah huri bai thah dhigu kureveytho balaanan… maadhamaa nxt part up vaane.. in sha allah..
Reethi maakuree
thank you.. Z ge thi khiyaalah maruhabaa… dhn kuriyah huri baithah dhigu kureveytho balaanan.. in sha allah
Varah reethi ekame maakuree
sorry hurihaa kiyuntherinnah vx… 5th part in feshigen story dhigu vamun dhaany… in sha allah
Anyway, thank u I..
Vv reethi
thank you…
Dhnvaanee kihinehbaa?? ??
hehe.. nxt part kiyaaleema ingeyny dhn vaanee kihineh kan.. in sha allah maadhan ebai up vaane.. eyrah Aree kiyaalaa ebai..
Story v v reethi but thankolheh kuree
thank u Nadhee… hurihaa kiyuntheringe faraathun ves maafah edhen mihaaru up kurevemundhaa mi story ge bai thah kuruvumuge sababun… in sha allah, 5th part in feshigen story dhn dhaany dhiguvamun…
Mi part vx v reethi ???… Eagerly waiting for the next part ??
thank u Pinky shifoo..
Masha Allah mi story vv reethi bt v kuru thankolheh dhigu kohleema v furihama vaane
shukuriyyaa xaaan.. xaaan ge khiyaalah maruhabaa… sorry mi part ves kuruvi kamahttakaa.. 5th part in feshigen story dhaany dhigu vamun.. in sha allah..
Nice… curiously waitin for the next part.. maadhan vx up kolladheh chey?
thank you lotus… in sha allah maadhan up kohdheynan…
V reethi story eh dhen vaane gothen balaalan beynuh vaa kahala story eh
hehe.. thank you Ri… nxt part maadhamaa up kohdheveytho balaanan..
Story vvvvv nice. ….umeedhu kuran medhu nukedi kiyan libeynekamah
thank u Swety…. in sha allah, story nimendhen kiyan libeyne…
Mibaives v reethi waiting waiting ❤❤❤❤❤
hehe.. thank you fai.. nxt part in sha allah maadhamaa up kohdheynan…
Dhen kon site ehga mi story up kurany
varah nice igey. waiting for the next part
thank u cuty… miadhu nxt part up vaane, in sha allah…