Skip to content
އެސްފިޔަ

ސިއްރު – 4

އަހަންނާއި އާހިލް މަޑު ހިނގުމެއްގައި އޭޑީކޭ ހޮސްޕިޓަލުން ނިކުމެގެން އައީމެވެ. އައި މަގުމަތީގައިވެސް ދެމީހުންގެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަހަރެންގެ ހިތަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް އެއްކޮށް ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ކޮއްކޮ އެއޮތީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައެވެ. އާޔާ އަށް އެހެން ހެދި މީހަކު އަހަރެން އެކަނި މަސައްކަތް ކޮށްގެން ނަމަވެސް އިރާދަކުރެއްވިއްޔާ ހޯދާނަމެވެ. އަހަރެންގެ މި ޢަޒުމަކަށް އިރާދަކުރެއްވިއްޔާ އެމީހަކު ނުހޯދެނީސް ބަދަލެއް ނާންނާނެއެވެ.

އަހަރެންގެ ގެއާއި ހަމައަށް އާދެވުމުން އާހިލް ދެން ދަނީއޭ ބުނެ ކައިރީގައި ހުރި އޭނާގެ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ވަކި ހިސާބަކަށް ދާންދެން އަހަންނަށް އެދިމާލަށް ބަލަން ހުރެވުނެވެ. އިރުކޮޅަކު މިހެން ހުރުމަށްފަހު މަޑު މަޑުން ދޮރާށި ހުޅުވާލުމަށް ފަހު ގެއަށް ވަދެ ލިފްޓަށް އެރީމެވެ. ދެވަނަ ފަންގިފިލާއަށް އަރަންޖެހުނު ކަމުގައި ވިޔަސް ވެފައި މިހުރި ވަރުބައްޔެއްގެ ސަބަބުން ހިނގައިފައި އަރާހައި ހިއްވަރެއް ނެތެވެ.

ގޭތެރެއަށް ވަތްއިރު މަންމަ ކެއުން ތައްޔާރުކޮށްގެން އަހަންނާއި ބައްޕަގެ އިންތިޒާރުގައި ސޯފާގައި ޓީވީއަށް ގެއްލިފައި އިނެވެ. އަހަރެން ގެއަށް ވަތްހެން ހީވެގެން މަންމަ ބަލައިލިއެވެ. “ދަރިފުޅު އައީދޯ.. ކޮބާ ބައްޕަ؟” މަންމަ ސުވާލުކުރީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ހީވާ ކަހަލައެވެ. ތެދު ބުނާށެވެ. “ނޭނގެ.. ނާދެ.. މިއަދު ތަންކޮޅެއް ކުރިން ނިމުނީމަ ބައްޕަ އަންނަންދެން މަޑުނުކޮށް އާހިލް އާއި އެކީ އައީ..” މަންމައަށް އޮޅުވާލަން ޖެހުމުން އަހަރެންގެ ހިތް ނުތަނަވަސް ވިއެވެ. އަހަރެން މިއީ ދުވަހަކުވެސް މަންމައާއި ބައްޕައަށް ދޮގުހެދި މީހެއް ނޫނެވެ. ނަމަވެސް މިނޫން އެހެން ގޮތެއް މިއަދު އަހަންނަށް އެބައޮތް ހެއްޔެވެ؟ އަދި މަންމަމެންނަށް އެ ޙަޤީޤަތް ހާމަކުރާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނަސީބަކުން މަންމަ އިތުރު ސުވާލެއް ނުކުރުމުން ހެދުން ބަދަލު ކޮށްގެން އަންނާނެ ކަމަށް ބުނެ އަހަރެން އަވަހަށް ކޮޓަރިއަށް އައީއެވެ.

ކޮޓަރިއަށް ވަދެ ދަބަސް ކިޔަވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޔުނީފޯމް ބަދަލުކުރުމުގެ ބަދަލުގައި އަހަރެން އަވަސްވެގަތީ އާހިލް އަށް ގުޅުމަށެވެ. ފޯނު ނެގުމަށްފަހު ކޮންޓެކްޓްސް އަށް ގޮސް އާހިލްގެ ނަންބަރު ހޯދުމަށް ފަހު އެނަންބަރަށް ޑައިލް ކޮށްލީމެވެ. ތިން ފަހަރު ރިންގު ވުމަށްފަހު ކެނޑުނެވެ. ދެވަނަ ފަހަރަށް ވެސް ގުޅީމެވެ. މިފަހަރުވެސް ފޯނެއް ނުނެގިއެވެ. އަނެއްކާ އާހިލް އަށް ކިހިނެއް ވީ ބާއެވެ؟ އަހަރެންގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ.

އަވަހަށް އެއްޗެހި ބަދަލުކޮށްގެން ނުވެސް ކައި މަންމަ ގާތު އާހިލް މެން ގެއަށް ގޮސްލައިފަ އެބަަ އަންނަމޭ ބުނެ ގެއިން ނިކުންނަން ދިޔައީމެވެ. ނުކައި ދާތީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ވަރަށް އަވަހަށް އަންނާނަމޭ ބުނުމުން މަންމަ ހުއްދަ ދިނެވެ. ލަހެއް ފަހެއް ނުކޮށް އަހަރެން ގެއިން ނިކުތީމެވެ. ލިފްޓަށް އަރައިގެން ފޭބި އިރުވެސް ހީވަނީ މިއަދު އެވެސް އާދަޔާ ޚިލާފަށް ލަސް ހެންނެވެ. އަހަރެންގެ ހިތް އެޔަށް ވުރެ އަވަހެވެ. އާހިލް އަށް ގުޅުމުން ފޯނު ނުނެގުމުން މިފަދަ ދުވަހެއްގަ އެހެން ވެދާނެ ނޫންހެއްޔެވެ؟

އަރައި ހުރި ފޯރީގައި ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް އަހަރެން ބާރުބާރަށް ގޮސް އާހިލް މެން ގެއަށް ވަނީމެވެ. ލިފްޓް ހުއްޓަސް ގެއިން ދިމާވި ގޮތް ހިތަށް އަރައިފައި ލަސްވާނޭ ހިތާ ދުވަމުން އަހަރެން އެރީ ސިޑިންނެވެ. ތިންވަނަ ފަންގިފިލާއަށް އެރުނު އިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީސް ވެސް ވަނީ ތެމިފޯވެފައެވެ. އަހަރެންގެ މޫނުމަތިން ދާތިކިތައް ފައިބަމުން ދިޔައެވެ. ނޭވާ ލެވެމުން ދިޔައީވެސް އަވަހަށެވެ. ތުރުތުރުއަޅާ އޮތް އަތަކާއިއެކު އެ އެޕާރޓްމެންގެ ދޮރު ކުރިމަތީ ހުރެ ދޮރުގައި ބާރަށް ޓަކި ޖަހާލީމެވެ.

ދެތިންފަހަރަކު ބާރަށް ޓަކިދިނުމުން އެތެރެއިން “މި ހުޅުވަނީ” އޭ ބުނެލި އަޑު އިވުނެވެ. އެއީ އަންހެން އަޑެއްކަމުން އެއީ އާހިލްގެ މަންމަ ކަން އަހަންނަށް ދެނެގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ. ދޮރު ހުޅުވާލިއިރު ހުރީ ހަމަ އަހަރެން ހީކުރިގޮތަށް އާހިލްގެ މަންމައެވެ. ” އަނހަ އަޔާން.. ކޮން ވަޑާމެއް މިގަޑީގަ؟ ހާދަ ހާސްވެފަ ތިހުރީ؟ މުޅި މީހާވެސް ތިހުރީ ދާހިއްލާ ފޯވެފައެއްނު… ” އެއިރު އަހަރެން ހުރީ ވާހަކަ ދެއްކޭ ވަރަށްވުރެ ވަރުބަލިވެފައިކަމުން އަހަރެން ފުރަތަމަ އެދުނީ ފެންތައްޓަކަށެވެ. ފެންތަށި އަތަށް ލިބުމުން އެއް ނޭވާއިން ފެންތަށި ބޯލީމެވެ.

” ކޮބާ އާހިލް؟ ވަރަށް ގުޅައިފިން.. އެކަމަކު ފޯނެއްވެސް ނުނަގާ.. ” އަހަރެން އާހިލްގެ މަންމަ ގާތު އެހީމެވެ. “ވެއްޖެ ކަންނޭނގެ ކޮޓަރިތެރޭ… ދޭބަލަ ގޮވާލަން..” އަހަރެން ބޮއުނު ފެންތަށި ހިފައިގެން ދަމުން އާހިލްގެ މަންމަ ދިން ހުއްދައާއިއެއްގޮތަށް އަހަރެން ޢަމަލު ކުރީމެވެ. އާހިލްގެ ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލިއިރު ނަސީބަކުން ކޮޓަރި ދޮރުވެސް ހުރީ ތަޅުނުލައި ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރެ އޮތީ ފަޅަށެވެ. އާހިލް ކޮޓަރީގައި ނެތިއްޔާ ދެން ވީ ކޮންތާކުބާއެވެ؟ އަހަރެން އެކޮޓަރިތެރޭ އެނބުރި އެނބުރި ހުއްޓާ ދޮރެއް ހުޅުވުނު އަޑު އިވިގެން އެނބުރިލީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Ibsha

    Varah reethi

    1. inan
      Ibsha

      thank you ibsha…

  2. mishy

    Vrh reethi mi prt s… waitin 4 the nxt prt…ly…

    1. inan
      mishy

      thank u mishy…

  3. Cuty

    Wow.? Mi part vx varah reethi igey. ??

    1. inan
      Cuty

      thank u cuty….

  4. NAAZ

    Alhey dhn haadha kurey dhigu koh henasdhybala…vvv reethi mi vaahaka

    1. inan
      NAAZ

      thank you NAAZ… 5th part dhigu vaane… in sha allah

  5. lotus

    V nice.. v kiyaa hivvey.. anekka aahil ah kihine v baa?i hope girl kujja avah ragalhuvaane kama.. n pls let her know abt her brother.. if she doesnt know neygi hure she might start to like him.. dhen kihine vaanee.. haadha dhera vaaney ehen vejjiyya

    1. inan
      lotus

      hehe… nxt part kiyaalyma varah rangalhah saafu vaane dhn vaane gotheh… thank you lotus…

  6. maroon

    Vvv furihama. Love it ?

    1. inan
      maroon

      thank you maroon..

  7. Naadhee

    Wow v v reethi but kuruveema v dheravey kiyaahithun indhaa nimijje

    1. inan
      Naadhee

      thank you Nadhee… i’m really sorry for that… kuriyah oiyy thaa ekan rangalhu kuraanan… in sha allah…

  8. aakko

    kihinehtha post kurany love the stoy waiting for the next part

    1. inan
      aakko

      thank you aakko…

  9. aakko

    kihinehtha post kurany love the story waiting for the next part

  10. inan

    mi part ves kuruvi kamahttakaa hurihaa kiyuntheringe faraathun varah bodah maafah edhen.. in sha allah, kuriyah huri bai thah dhaany dhigu vamun…

  11. Pinky shifoo

    V reethi ???.. Dhn vaanee kihineh baa??? Waiting for the next part ???

    1. inan
      Pinky shifoo

      thank you Pinky shifoo… dhn vaane gotheh ingeyny nxt part kiyaalyma.. hehe..

  12. Naxx

    Vv reethi.??

    1. inan
      Naxx

      jazakillah khairan Naxx..

  13. Swety

    Mi part ves vvvvv nice ????????????

    1. inan
      Swety

      jazakillah khairan…

  14. Blue beauty

    mi part ves varah reethi ??????????❤❤❤❤

    1. inan
      Blue beauty

      Alhamdhulillah!!! thank you Blue beauty…

Comments are closed.