Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (8)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 27, 2018 9 Mins Read
32 Comments

“ކޮންކަމަކަށްތަ ސޮރީ… ހަމަ ހިނިއައީ” ދާނިޝް ބުނެލިއެވެ. “ރާއިދާގެ ކަމެއްތަ މީ” ދާނިޝް އަށް އެހެން ބުނެވުމާއެކު އަނެއްކާ އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރާއިދާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށްތާއެވެ. ރާއިދާ އަށް އިފްޝާ އާއެކު އޭނާ ވެސް ބަންދުކުރެވުނު ކަން އެނގުމުން ވަރަށް މަޖާވާނެއެވެ. އެކަމަކު މިފަހަރު ރާއިދާ އެކުރިކަންތައް އިނގުމުން އޭނާ އަށް ހިނިގަނޑު މަތަނުކުރެވުނީ އެކަންތައް ރާއިދާއަށް އެނގުމުން އޭނާގެ މޫނުގެ ކުލަވަރަށް އަންނާނޭ ބަދަލް އަމިއްލަ އަށް ތަސައްވަރު ކުރެވުމުންނެވެ.

ދާނިޝް ހަމަ ޖެހެމުން ހުނުން މަތަކޮއްލުމާއެކު އަނެއްކާވެސް އެ ކޮޓަރިތެރެއަށް ވެރިވެގެން ދިޔައީ ހަމަ ހިމޭންކަމެވެ. އޭނާ ފޯން ނަގާ ހުޅުވާލުމާއެކު ކުއްލިއަކަށް ލޮލަށް އެޅުނު ގަދަ އަލިން ލޮލަށް ތަދުވިއެވެ. ލޯ މަރާލާ އިރުކޮޅަކު ހުރުމަށް ފަހު ނަމްބަރަކަށް ޑައިލް ކޮއްލިއެވެ. ދެފަހަރު ގުޅުމުން ވެސް ރިންގް ވެފައި ފޯނު ކެނޑެނީއެވެ. ތިންވަނަ ފަހަރު ގުޅުމާއެކު އެކޮޅުން ފޯން ނެގިކަމުގައިވިޔަސް ދާނިޝް އަށް އެއްޗެކޭ ނުބުނެވި އުޅެނިކޮއް ފޯން ކެނޑުނެވެ. ބަލާލިއިރު ފޯން އޮތީ ނިވިފައެވެ. ތަނަށް ވެރިވެފައިވާ އުދާސްކަމާ ހޫނުކަމުގެ ތެރޭގައި ދާނިޝް ގެ މޫނުމަތިން ނާ ގައިން ދާ ހިތްލަން ފެށިއެވެ. ދޮރުގައި ދެފަހަރަކު އިފްޝާ ޖަހާވެސް ލިޔެވެ. އެހެންނަމަވެސް އެ ހިސާބަކީ މީހަކު މަދުން ނޫނީ އަންނަ ހިސާބަކަށް ނުވުމާއެކު އަޑު ނީވޭނޭކަން ޔަގީނެވެ.

“ދެން ކިހިނެތްތަ ހަދާނީ” އިފްޝާ ކަންބޮޑުވެފައި ހުއްޓެވެ. ދާނިޝް ސިޑީގެ އެއްފަރާތަށް ޖެހިލާ އިފްޝާ ގާތު އޭނާގެ ފަހަތުގައި މަޑުކުރުމަށް ބުންޏެވެ. އިފްޝާ ފޭބުމާއެކު އޭނާ ދޮރުފަތާ ކައިރު ހަރުފަތަށް އަރާ އަތުގެ ހުރި ބާރު ލާފައި ދޮރުގައި ޖެހިއެވެ. އަދި މީހެއްގެ އެހީތެރިކަމަށް އެދުނެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ހިސާބަކަށް މާޔުސްކަމެއް ދާނިޝް ގެ ހިތަށް ވެރިވެގެން ދިޔައެވެ.

އިފްޝާ ވެސް އިސްޖަހާލައިގެން ހުރީ ދެން ހަދާނޭ ގޮތް ނުވިސްނުމުންނެވެ. “ޑޯންޓް ވޮރީ” ދާނިޝް އަށް އިފްޝާގެ ހާސްކަން އެނގިގެން ބުނެލި ކަހަލައެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވެސް ވަރަށް އެހެންކަހަލަ ހިޔާލް ތަކެއް ވެރިވިއެވެ.

*****************

އެނދުގައި އޮވެ އަމިއްލައަށް ހިނިތުންވަމުން ދިޔަ ދާނިޝް އަށް އޭނާގެ ހުވަފެނީ ދުނިޔެއިން ނުކުމެވުނީ ރިންގް ވަމުން ދިޔަ ފޯން ގެ އަޑުންނެވެ. “ދާނިޝް… ފައިލް އެއް ނެތް… އެންމެ މުހިންމު ފައިލް އެތް ނެތް” އެކޮޅުން ހާސްކަމާ އެކު ވާހަކަ ދެއްކިއެވެ.

“ދެން ކިހިނެތް ހަދާނީ… އެކަމަކު އެ ފައިލް ގެއްލިއްޖެއްޔާ ވަރަށް ލޮސް ދައްކާނެ… އޮފީހުގެ ތަޅުދަނޑި ނަގައިގެން ދާން ވީނު އޮފީހަށް. މިރޭ ކޮންމެހެންވެސް އެ ފައިލް ގެ މަސައްކަތް ނިންމާލާތި އިނގޭ” ދާނިޝް ފޯން ނިންމާލާ ސީލިންގަށް ނަޒަރު ހުއްޓާލުމާއެކު އަނެއްކާ ވެސް ހިޔާލް ތަކުން އޭނާގެ ސިކުނޑި ފުރާލައިފިއެވެ.

*********************

އެ ދުވަހު އެ ކޮޓަރި ތެރޭގައި ދެމީހުން ތާށިވެފައި ތިބިތާ ބައިގަޑި އިރު ވީއިރުވެސް އެކަކު އަނެކަކާ މާ ބޮޑު ވާހަކަ އެއް ނުދެކެވެއެވެ. އަނދިރިކަމުން ފުރިގެންވީ އެ ކޮޓަރިތެރޭގައި ޖަހާފައިވާ ޓައިލްސްތަކު މަތީގައި އިށީދެގެން ދެމީހުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.

މޫނުމަތީގައި ވިދަމުން ދިޔަ ދާ ތިކިތައް އއަތުގެ ނުފުށުން ފޮހެލަމުން ދާނިޝް ހަމަޖެހިލިއެވެ. “ދެން މިހެންތަ ތިބޭނީ” އިފްޝާ ބުނެލިއެވެ. އެ އަޑުން ވެސް އޭނާގެ ހިތަށް ވެރިވެފައިވާ އުދާސްކަން ފާހަގަ ވެގެން ދިޔައެވެ.

ވަމުން ދިޔަ ހޫނުންނާ ހިތްލަމުން ދިޔަ ދަލުގެ ސަބަބުން ހެދުން ވެސް ގައިގައި ތައްލަފާވައި ހުރި ކަހަލަ އިހްސާސް އެއް ނުފެނު ކަމުގައިވިޔަސް އޭނާ އަށް ކުރެވިގެން ދިޔައެވެ. އެއާއެކު އުނދަގޫ ގޮތަކަށް އޭނާހެދުން ރަނގަޅުކޮއްލަން އުޅުނެވެ.

“މިތަނުން ނުކުތުމަށް ފަހު ރާއިދާ އަށް ލާހިކެތް ނޫން ހަމަ ޖެހުމުގެ ނޭވާ އެއްލާކަށް” ދާނިޝް ރުޅިއައިސް ފައި ބުނެލިއެވެ.

ހޫނުވާވަރުން ކެތް ނުކުރެވިގެން އުޅޭ މީހަކު ފަދައިން އޭނާ ގަމީހުގެ މޭމަތީގައި އިން ފުރަތަމަ ދެ ގޮށް ނައްޓާލިއެވެ. އަދި އަތުން އަމިއްލަ މީހާއަށް ވައިކޮޅެއް ލިބޭތޯ ހަރަކާތް ކުރަން ފެށިއެވެ.

އިފްޝާ އެތަނުން ފައިލް އެއް ނަގައިގެން ވައި ޖައްސަން ފެށިއެވެ. ދާނިޝް ވެސް އެ ގޮތަށް އަމަލް ކުރަން ފެށިއެވެ. މާބޮޑަށް ހިރަފުސް ނެތަސް އެ ފައިލް ހޫރާލުމާއެކު މޫނާ ދިމާލާށް ކޮންމެވެސް ވަރަކަށް ހިރަފުސްތައް ބުރައިގެން ދިޔައެވެ. ހިރަފުސް ހިފާފައި ހުރުމުން ދެމީހުންވެސް އެންމެ ފުރަތަމަ ފައިލް ގައި ހުރި ހިރަފުސްތައް އަތުން ފޮހެލިއެވެ.

ރާއިދާ ދާނިޝް ހޯދަ ހޯދާވެސް ނުފެނުމުން އެންމެ ފަހުން އެ ފޯން އަށް ގުޅިއިރު ފޯން ވެސް އޮތީ ނިއްވާލާފައެވެ. އެހެންކަމުން އޭނާ ރުޅިގަދަވެފައި ހުރެ ސްޓޯރރޫމާ ދިމާލަށް މިސްރާބު ޖެހީ އޮފީސް ބަންދުކުރާ ގަޑި ޖެހެން ކައިރިވާތީ އެތަން ހުޅުވުމަށެވެ. އެތަނަކީ ކޮންމެ ދުވަހަކުވެސް އޮފީސް ބަންދުކުރުމުގެ ކުރިން ޗެކް ކުރާ ތަނަކަށް ވުމުން އިފްޝާ އެ ވާހަކަ އެއްވެސް މީހެއް ގާތު ބުނެފިނަމަ ވަގުތުން އޭނާ ބޭޒާރު ވާނެއެވެ.

އެހިސާބަށް އަރާ ހަމަވެފައި އޭނާ ދޮރު ހުޅުވާލާ އެތެރެއަށް ދެމިގަތެވެ. އަދި ސިޑިން ތިރިއަށް ފައިބަމުން އިފްޝާ އަށް ގޮވާލިއެވެ.

ދާނިޝް އަށް ވެސް ރާއިދާ ގެ އަޑު ފާހަގަ ކުރެވުނެވެ. އޭނާ މަޑުން ހުރީ އިފްޝާ ކަންތައް ކުރާ ގޮތެއްބަލާށެވެ. ހުޅުވުނު ދޮރާ އެކު އެތަނަށް އަލިކަން ފެތުރިގެން ދިޔައެވެ.

އިފްޝާ ތެދުވެ ރާއިދާ އަށް ގޮވާލިއެވެ. އެއާއެކު ރާއިދާ އަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. އިފްޝާގެ ފަހަތުން ޖާނުން ވަރުގަދަ ފިރިހެނެއްވެސް އޭނާ އަށް ފެނުނެވެ. އެއާއެކު އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އިފްޝާ ބޭޒާރު ކޮއްލާނޭ އިތުރު ފުރުސަތެއް އޭނާ އަށް ލިބުނީއެވެ.

ތަން އަނދިރިކަމުން ކާކުކަން ސީދާ ވަކިކުރަން ނޭގުނު ރާއިދާ ގެ ލޯ ހޭނިލުމާއެކު ދާނިޝް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެއާއެކު އޭނާ އަށް ދެލޯބޮޑުކޮއްލެވުނެވެ. ދާނިޝް ގެ ނައްޓާލާފައިވާ ދެގޮށާ ހިއްލާފައިވާ ދާތަކުގެ ތިކިތައް މުތީ ތަކެއް ފަދައިން ވިދަމުން ދިޔަ ގޮތުން އޭނާ އަށް ހުޅުވާލެވުނު އަނގަ ލައްޕާލަން ވެސް ނޭގުނެވެ. ދެވަނަ ސިކުންތުގައި ހަމަބިމަށް އާދެވުނީ ނުހަނު ގާތުން ދާނިޝް ގެ އަޑު އޭނާ އަށް އިވުމުންނެވެ.

“ކީ.. ކީކޭ’ ދާނިޝް ގެ އަޑުގައިވި ހިންހަމަނުޖެހުމުގެ އަސަރާ ރުޅި އެކުވެގެން ދިޔަ ދިޔަހެން ރާއިދާ އަށް ހިންދިރުވާލެވުނެވެ. އޭނާ އަށް ބަލާލެވުނީ އިފްޝާ އަށެވެ.

“އަހަރެން މި އަހަނީ… ކީކުރަން ކުރި ކަމެއްހޭ އެއީ އޭތް” ދާނިޝް ގެ ހަޅޭކުގެ އަޑު ގުގުމައިގެން ދެވަނަ ފަހަރު ދިޔުމާއެކު އިފްޝާ އަށް ވެސް އިސްއުފުލާލާ ދާނިޝް އަށް ބަލާލެވުނެވެ. އެއަށްފަހު ރާއިދާ އަށް ބަލާލެވުނެވެ.

ރާއިދާ އަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮއް ދާނިޝް ރާއިދާގެ އަތުގެ މުލައްދަނޑީގައި ހިފަމުން ވާހަކަ ދެއްކިއެވެ. “ހަނދާން ކުރައްޗޭ… މީގެ ފަހުން މި ކަހަލަ ކަމެއް ކޮއްފިއްޔާ… ދުވަހަކު ހަނދާން ނުނެތޭ ވަރުގެ ކަމެއް ކުރާނަން…” ދާނިޝް ވަރުގަދަ އިންޒާރެއްދިނެވެ.

އެއަށްފަހު ފަހަތަށް ބަލާލުމާއެކު ދިގު ފިޔަވަޅުތަކެއްގައި އިފްޝާ އާދިމާލަށް މިސްރާބުޖެހިއެވެ. އިފްޝާގެ އަތުގައި ހިފާލަމުން އައިސް ރާއިދާ ގެ ކުރިމައްޗަށް ދާނިޝް ހުއްޓުނެވެ. އަދި ވާހަކަ ދެއްކިއެވެ. “އިފްޝާ އާ ވައި އެޅިލިޔަސް މަ ވަރުގެ މީހަކު ނުހުންނާނެ” ދާނިޝް ގެ ދަތްކުނޑި ހުރީ ވިކިފައެވެ. އެއްއަތް އޮތީ މުށްކެވިފައެވެ.

ރާއިދާ ހުރި ތަނަށް ދޫކޮއްލުމާއެކު ދާނިޝް އިފްޝާގެ އަތުގައި ހިފައިގެން ނުކުތުމަށް މިސްރާބްޖެހިއެވެ. ރާއިދާ ބަލާލީ ރަތްވެފަވާ ދެލޮލާ އެކީގައެވެ. އެ ދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. އެ ހޫނުން އިފްޝާ ފިއްސާލަން ވެސް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. “ރާއިދާ… އަހަރެންގެ ކެބިން އަށް އާދޭ” ވަކި ހިސާބަކުން ހުއްޓެމުން ފަހަތް ވެސް ބަލާލުމެއްނެތި ދާނިޝް ބުނެލިއެވެ.  އަދި އިފްޝާގެ އަތުގައި ހިފާލައިގެން ސިޑިން އަރަން ފެށިއެވެ.

ދާނިޝް ގެ އަތު ތެރޭގައި އޮތް އިފްޝާގެ އަތަށް ބަލާލަމުން އިފްޝާ ދާނިޝް އަށް ބަލާލިއެވެ. އަމިއްލަ ނަފްސުގައި އުފެދެމުން ދިޔަ ކަރްންޓް ޝޮކްތަކުގެ ސަބަބުން އޭނާ އަށް ކުރެވެމުން ދިޔައީ އެހެންކަހަލަ އިހްސާސްއެކެވެ. ބާރުވެފައިވާ ހިތުގެ ތެޅުމާ އެއްވަރަށް ނޭވާވެސް އަވަސްވަމުން ދިޔައެވެ.

އިފްޝާގެ އަތުން ދޫކޮއްލި ދާނިޝް އިފްޝާއަށް ބަލާލާ އޭނާގެ ކެބިން އަށް އައުމަށް އެދެމުން ހޯލްވޭ ތެރެއިން ވަދެގެން ދިޔައެވެ.

އިފްޝާ އެ ދިމާލަށް ދާން ހިނގައިގަތް އިރު ރާއިދާ ވެސް ސްޓޯރޫމުން ނުކުންނަނީއެވެ.

އެދެމީހުން މަޑު ފިޔަވަޅު ތަކެއްގައި ގޮސް ކެބިން އަށް ވަތް އިރު ދާނިޝް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

ދެމީހުންގެ އިންތިޒާރުގައި ހުރި ދާނިޝް ދޮރާ ދިމާލަށް ބަލާލިއިރު ދެމީހުންވެސް ތިއްބެވެ. އޭނާ އަތުން އޭނާ ގާތަށް އައުމަށް އިޝާރާތް ކޮއްލުމާއެކު ދެމީހުންވެސް ދިޔައެވެ.

“ރާއިދާ… ތީ ހަމަ އެކަނި މިތާ މުވައްޒެފެއް މީގެ ފަހުން… ހަނދާން ކުރާތި…” ދާނިޝް ގެ ޖަވާބު އިވިގެން ހައިރާން ވީ ހަމައެކަނި ރާއިދާ އެއްނޫނެވެ. އިފްޝާ ވެސް މެއެވެ.

އިފްޝާގެ މޫނުމައްޗަށް އަރާފައިވާ ހައިރާން ކަމުގެ ކުލަވަރުން ދާނިޝް އަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ އިފްޝާގެ މޫނަށް ގެއްލިފައި ހުންނަން ފެށުމުން ރާއިދާ ބަދު ބަހެއް ބުނެލާފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބަން ލާފައި ދޮރުޖަހާފައި ދިޔައެވެ.

*************

ދާނިޝް ސިހުނީ ކުޑަ ދޮރު ވަރަށް ބާރަށް ޖެހުނު އަޑަށެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ކުޑަ ދޮރު ލައްޕާލާ އެނދާދިމާލަށް އަނެއްކާވެސް މިސްރާބު ޖެހިއެވެ.

ރާސިލް ގެ އިންތިޒާރުގައި އޮތް އައިލީޝް އަށް ނިދިޖެހުމާއެކު ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާ ވަށައިގެން ބަލާލުމާއެކު އަދިވެސް ރާސިލް ނާންނަކަން އެނގުމާއެކު މާޔޫސްކަން ވެރިވެގެން ދިޔައެވެ. ރާސިލް ވީ ކޮންތާކުބާއޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ.


 

ރާސިލް ސައިކަލުގައި މާލޭގެ އެކި މަގުތަކުގައި ބުރުޖަހަމުން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތް ފަދައިންނެވެ. މަގުގެއްލިފައިވާ މީހެއްފަދައިންނެވެ. ދާނޭ ވަކިތަނެއް ކުރާނޭ ވަކި ކަމެއް ނެތް މީހެއްފަދައިންނެވެ. ބޮޑުތަކުރުފާނުމަގުން އައިސް ފަތާ ޓްރެކާ ހިސާބަށް ހުއްޓުމާއެކު އޭނާ ސައިކަލު ޕާރކް ކޮއްލަމުން މަޑު ހިނގުމެއްގައި ގޮސް ތޮށިގަނޑު މައްޗަށް އެރިއެވެ. މޫދުގައި އެކި ސަކަރާތް ޖެހުމުގައި ޒުވާން ފުރައިގެ ކުދިން ތައް އުޅެއެވެ. ފަތަން ދަސްކުރާ މީހުނާ ކަސްރަތު ކުރާ މީހުންނެވެ. ވަށައިގެން ބަލާލުމާއެކު ވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެތަނުގައި އިށީނުމާއެކު ރާސިލް ނަޒަރު ދަތުރު ކުރަން ފެށީ މި ބުނި ހަރަކާތް ތަކުގައި މަސްއޫލުވެގެން އުޅުނު ކުދިންކޮޅަށެވެ. މަޖަލާ ސަކަރާތުގައި ކޮންމެ ކުއްޖަކުވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަކަން އެ ކުދިންގެ ހަރަކާތް ތަކުން ރާސިލް އަށް ފާހަގަކުރެވުނެވެ.

އެ މަންޒަރު ފެނި ރާސިލް ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނެވެ. އަންނަމުން ދިޔަ ތެތް ފިނި ވައިރޯޅިން ހަށިގަނޑަށް އަރާމް ވަމުން ދިޔައެވެ. ލޯ މަރާލެވުނީ އެ ފިނިކަމުން ހަށިގަނޑުގައިވީ އުދާސްކަމަށް ކުޑަ ލުޔެއް ލިބުނީތީއެވެ.

އިރުކޮޅަކު ހުރިހާކަމެއްމަތިން ހަނދާން ނައްތާލައިގެން އިނުމަށްފަހު ރާސިލް އޭނާގެ ސައިކަލާ ދިމާލަށް ދާން މިސްރާބުޖެހިއެވެ. ފިޔަވަޅުތައް މަޑުމަޑުން އަޅަމުން ދިޔައީ ދާން ބޭނުން ނުވާ ފަދައަކުންނެވެ. މަޑުހިނގުމެއްގައި ގޮސް ސައިކަލު މަތީގައި އިށީދެލާ ތުނިކޮއް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހާކާލަމުން އަދިވެސް އެއްފަހަރު ވަށައިގެން ބަލާލީ އެތަނުން ދާން ބޭނުން ނުވާ ފަދައަކުންނެވެ.

އެހެންނަމަވެސް މާ ގިނަ އިރު ނުކޮށް މިފަހަރު އޭނާ ސައިކަލު ދުއްވާލައިފިއެވެ.

ސައިކަލު ދުއްވަމުން ދިޔަ ރާސިލް ގެ މިސްރާބު މިފަހަރު ހުރީ ހުޅުމާލޭ ފެރީ ޓާރމިނަލާ ދިމާލަށެވެ. ފެރީޓާމިނަލްއާ ތަންކޮޅެއް ދުރުގައި ސައިކަލު ޕާރކްކޮއްލަމުން ހިނގާފައި ގޮސް ރާސިލް މަޑުކުރީ ނޫކުލައިގެ ދޮރާއްޓެއް ލާފައިވާ ގެއަކަށެވެ. އާދައިގެ ގެއެކެވެ. ތިރިކޮއްރާނާފައިވާ އެފަދަ ގެއެއް ބުރިބުރިއަށް ނަގާފައިފާ މި މާލޭގައި މަދުވާނެއެވެ.

އެގޭ ދޮރޯށި ދޮށުގައި ހުއްޓެމުން ޖީބުގައި އޮތް ތަޅުދަނޑި ފަތި ނެގިއެވެ. އަދި ހުޅުވާލަމުން އެތެރެއަށް ވަނެވެ.

ގޭގެ ގޯތި ތެރެއަށް ވަށައިގެން ބަލާލީ ކުރީގެ ހަނދާންތައް އާވުމުންނެވެ. ދޮރާށީ ގެ އެއްފަރާތުގައި ބަހައްޓާފައިވާ ގުރާ ކޮށްޓަށް ނަޒަރު ހުއްޓާލިއެވެ. އެއާއެކު ރާސިލް އަށް އެދިމާލަށް ހިނގައިގަނެވުނެވެ. އެއީ ކުރިން ވަރަށް ލޯބިން އޭނާ ގެންގުޅުނު ގުރާ ކޮށްޓެކެވެ. އެހެންނަމަވެސް މިހާރު އެ ކޮށި ހުރީ ބާވެ ހަލާކުވެފައެވެ. އެއްވެސް ގުރައެއްނެތެވެ. ދެން އޭނާގެ ނަޒަރު ދަތުރު ކުރީ އޭގެ އެއްފަރާތުގައި ބަހައްޓާފައިވާ އުނދޯއްޔަށެވެ. އެއީ އޭނާގެ މަންމަ އެންމެ ގިނައިން އޮށޯވެ އަރާމް ކޮއްލަން އޮންނަތަނެވެ. ހިރަފުސް އަރާ ހަޑިވެފައި ހުއްޓަސް އަދިވެސް އެ ހުރި ގޮތަށް އެބަހުއްޓެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލަމުން އޭނާ ދެން ވަނީ ގޭތެރެއަށެވެ.

ސިޓިންރޫމަށް ވަދެ އިރުކޮޅަކު މަޑުކޮށްލެވުނީ އާވާން ފެށި ހަނދާންތަކަކުންނެވެ.

އެއީ ކިހާ ލޯބި އާއިލާ އެއްހެއްޔެވެ.؟. އެހެން މީހުންނެކޭ އެއްގޮތަށް އެމީހުންވެސް އުޅުނީ އުފާވެރި ދިރިއުޅުމެކެވެ. ކުޑަ އިރު ބައްޕަ ނިޔާވެފައި ވުމާއެކު މަންމަ އޭނާ އާއި ދޮންތަ ބަލާ ބޮޑު ކުރީ މުސްތަޤް ބަލަށް އެތަކެއް ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އެތަކެއް ހުވަފެންތަކެއް ދެކެމުންނެވެ. އެހެންނަމަވެސް އެ ހުވަފެންތަކުގައި ރަނގަޅަށް ކުލަ ނުޖެހި އުޅެނިކޮށް ވިއްސި ވިހާލިވެގެން ދިޔައީއެވެ. އޭނާގެ ލޯ ކަރުނުން ފުރާލަމުންނެވެ. އެހިތަށް އެތަކެއް ވޭންތަކެއް ދެމުންނެވެ. ހިތްދަތިކުރުވަމުންނެވެ.

*******************

“ދެންރާސިލް… ދޭންވީ ތި… މަންމާ ބަލާބަލަ… ” ރާސިލް ގެ ފަހަތުން ދުވަމުން އައި އަންހެން ކުއްޖާ ބުނަމުން ދިޔައެވެ. ރާސިލް އޭނާގެ ދޮންތަ ގެ މޭކަޕް ސެޓު ފުރަގަހަށް ލާ ފޮރުވަމުން ގޭތެރޭގައި ދުވަން ފެށިއެވެ.

“ހުރޭ… ގުރާ ކޮށި ހުޅުވާފަ ދޫކޮއްލާނަން ހުރިހާ ގުރައެއް”

“ނޫން ދޮންތާ… މިއޮތީ” ރާސިލް ގެ ދޮންތަ އެ ދިމާލަށް މިސްރާބް ޖެހުމާއެކު ރާސިލް އަމާން ދެމުން އެ މޭކަޕް ސެޓް ދިއްކޮއްލިއެވެ. އެއާއެކު ކާމިޔާބް ގެ ހިނިތުންވުމަކާއެކު އެ އަންހެން ކުއްޖާ އައިސް އެ ދަމައިގަނެގެން ދިޔައެވެ.

އެތަކެއް ފޮނި ހަނދާންތަކެއް ފިލްމެއްގެ މަންޒަރެއްގައި ލޯ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ. ހިނިތުންވެފައި ރާސިލް އަށް އިރުކޮޅަކު ހުރެވުނު ނަމަވެސް މަންޒަރު ފަނޑުވަމުން ގޮސް ލޯ މައްޗަށް ގެއްލުމާއެކު ވަށައިގެން ހޯދާގަނެވުނީ އެ މަންޒަރު ލޯކުރިމަތީގައި ވުމަށް ހިތް އެދުނު ވަރުންނެވެ. އެހެންނަމަވެސް ތަނުން އިހްސާސްވެގެން ދިޔައީ ފަޅުކަމާ އެކަނިވެރިކަމެވެ.

އޭނާ ފަހަރަކު އެއްޗެއް ކައިރިއަށް ގޮސް ހުއްޓެމުން ކުރީގެ ހަނދާން އާކުރަމުން ދިޔައެވެ.

“މަންމާ… އައި މިސްޔޫ” ރާސިލް އަށް އެހެން ބުނެވުނު އިރު އަޑުގައިމަޑު ތުރު ތުރެއް ވިއެވެ. “ދޮންތާ… އައި މިސް ޔޫ…” އަމިއްލަ ދޮންތަ ގެ މަތިން ހަނދާން ވުމާއެކު އަނެއްކާ އެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ.


ޒީޝާ މާނިއުގެ އިންތިޒާރުގައި ނުނިދާ އިނީ ފުންހިޔާލަކަށް ގެއްލިފައެވެ. މާނިއުއާ އިނދެވުމަކީ އޭނާ އަށް ހެދުނު ގޯހެއްބާއޭ ހިތަށް އެރިއެވެ. އެހެން ނަމަވެސް އެ ހިޔާލް އޭނާގެ ސިކުނޑިން ނެރެލަން ޒީޝާ މަސައްކަތް ކުރިއެވެ.

މާނިއު އެ ކައިވެނި އޭނާ ދެކެ ލޯބިނުވާއިރު ކުރީ ކީއްވެތޯ މާނިއު ގާތު އަހަން ބޭނުމެވެ. އެހެންނަމަވެސް އެ ހިތްވަރު އޭނާ އަށް ނުލިބިގެން އުޅެނީ ކީއްވެކަމެއް ނޭގެއެވެ.

މާނިއު އައިސް ވަތްތަނާ ސިއްސައިގެން ގޮސްޒީޝާ އަށް ތެދުވެވުނެވެ. އޭނާ އިސްތަށިގަނޑު ރީތިކޮއްލަމުން އެނދުން ތެދުވެގެން އައިސް މާނިއު ގެ ކުރިމަތީގައި ހުއްޓުނެވެ. އަދި މާނިއު ގާތު ސުވާލުކުރަން އަނގަހުޅުވާލިއެވެ. އެހެންނަމަވެސް އެ އަނގަ ލައްޕާލަން މަޖުބޫރުވީ މާނިއު ގާތުން ދުވި އަންހެން ސެންޓު ވަހުންނެވެ. އޭނާ އަށް ނޭފަތް ދެފަހަރަކު އެތެރެއަށް ދަމާލެވުމާއެކު މާނިއު އަށް ވެސް އެކަން ފާހަގަވިއެވެ.

ކޮންވައްތަރެއްތަ ތި ޖައްސަނީ” މާނިއު ނުރުހުންވެ ހުރެ ސުވާލު ކުރިއެވެ. އެއާއެކު ޒީޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި މާނިއު އާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ.

“އަހަރެންގެ ކަންތައް ތަކާ ނުބެހޭށޭ… ނުބުނަންތަ” މާނިއު ބުނެލިއެވެ. ފަހު ބަސް ބުނެލި އިރު އަޑުބަރުވެފައި ހަރުކަށީކަމެއްވެއެވެ.

“ނޫން” މަޑުމަޑުން ޒީޝާ ބުނެލިއެވެ. އެއާއެކު މާނިއު މަލާމާތުގެ ހިނިތުންވުމަކާ އެކު ޒީޝާ އާ ދުރަށް ހިނގައިގަތެވެ.


އައިލީޝް ފޯނަށް ނަޒަރު ހުއްޓައިލައިގެން އިން އިރު އޭނާ އިނީ ދެ ވިސްނުމެއްގައެވެ. ރާސިލް އަށް ގުޅަން ވީ ބާ އޭ ނޫނީ އަދި މަޑުކޮއްލަން ވީ ބާ އޭ ހިތަށް އަރައަރާ އޭނާ އިނީ ހަދަންވީ ގޮތެއް ނޭގިފައެވެ. ގުޅިއަސް ރާސިލް އަށް ވާހަކަ ދެއްކޭނީކީ ނޫނެވެ. ވީއިރު ގުޅުމުގެ ބޭނުމެއް ނެތްތާއެވެ. އައިލީޝް ފޫހިވެފައި އޮވެފައި ޓެރެސްއަށް ދާން މިސްރާބު ޖެހީ އެތަނުން ފަހަރެއްގައިވެސް ހިޝްމާ އާ ދިމާވާނޭ ކަމަކަށް ނޫނެވެ.

މަޑު ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް ޓެރެސްއަށް ހުއްޓިލުމާއެކު އޭނާގެ ގައިގައި ބީހިލީ މަޑު މަޑު ވައިރޯޅިއެކެވެ. ގައިން ހީބިހި ނަގާލި ކަމިގައިވިޔަސް އަރާމް ވިއެވެ. ކުރިމައްޗަށް ބަލާލުމާއެކު އައިލީޝް ގެ ލޮލުގައި ހިޝްމާ އަޅައިގަތެވެ. އައިލީޝް ގެ މޫނުމަތިން ވަގުތުން ފޫހިކަން ފެނިގެން ދިޔައެވެ.

ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލާލި ހިޝްމާ އަށް ވެސް އައިލީޝް ފެނިގެން ހުއްޓުން އެރިއެވެ. ހިޝްމާ ގެ ދެލޮލުގައި ހުރި ރަތް ކަން އައިލީޝް އަށް ފާހަގަ ނުކުރެވުނީ އެވަގުތު އެތަނުގައި ދިއްލާފައިހުރި ފަނޑު އަލިކަމުގެ ސަބަބުންނެވެ. “ދަރިފުޅާ” އައިލީޝް ދާން އެނބުރިލުމާއެކު ހިޝްމާ ގޮވާލިއެވެ. ވަގުތުން އައިލީޝް ގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

ހިޝްމާ ގެ އަޑުގައިވި ހިތް ދަތިކަން އޭނާ އަށް ވެސް ފާހަގަ ކުރެވުނެވެ. “ދަރިފުޅާ މަންމަ ދެކެ ތިހާ ރުޅި އަންނަނީ ކީއްވެ؟” އެ އަޑުގައިވަނީ އާދޭހެވެ. ވޭނެވެ. ބުނަން ނޭގޭފަދަ ހިތްދަތިކަމެކެވެ.

“އޭނާ އަށް ޖަވާބެއް ދެވޭނެތަ؟. އެއްޗެކޭ ނުބުނެވޭ ހާލުވެސް މީހުން ދެކެ ރުޅިއައިސް ހުންނަން އެކަނި އިނގޭނީ… ހިތަށް އަރާ އަދި ވާހަކަ ދެއްކޭނެނަމަ ކިހިނެތްބާއޭ ވާނީ… ” ދެމީހުންނަށް ސިހުން ލިބުނީ އެވަގުތު ޓެރެސް އަށް އަރައިގެން އައި ޒާހިދު ފެނުމުންނެވެ.

“އޭނަ އާހެދި ހިޝްމާ އެވަރުން ތި އުޅެނީ ކީއްކުރަން އޭތް… އަމިއްލަ ހާލައިގެން ތިމާއަށް ނޫޅެވޭއިރުވެސް އެހެންމީހުންނާ ދިމާލަށް ބަސް ބުނެވޭތޯ އުޅޭނެ” ޒިޔާދު އަނެއްކާވެސް ހަމަލާއެއް އައިލީޝް އާ ދިމާލަށް އެއްލިއެވެ.

“ބައްޕާ” އައިލީޝް ގެ ހިތަށް އެރިއެވެ. އިޝާރާތުން އޭނާ އެހެން ބުނެލި ކަމުގައިވިޔަސް ޒިޔާދު އަށް އެއިން އެއްވެސް އެއްޗެއް ނޭގެއެވެ.

ދެލޮލުން ކަރުނަ އަންނަން ފެށުމާއެކު އޭނާ ސިޑިއާ ދިމާލަށް ދުއްވައިގަތީ އިތުރަށް އެތާ ހުންނަން ކެތް ނުކުރެވުމުންނެވެ.

ދާނިޝް ގެ ކޮޓަރިއާ ހިސާބަށް އަރާ ހަމަވެފައި އޭނާ އެކޮޓަރީގެ ތަޅުގައި ހިފާލީ ދާނިޝް ހޭލާ އުޅޭނެ ކަމަކަށް ނޫނެވެ. އޭރު ގަޑިން އެއްގަޑި ބައި ވަނީއެވެ.

އެހެންނަމަވެސް ކޮންމެވެސް މީހެއްގެ ހިމާޔަތަށް އެދެވޭތީއެވެ. ހިމާޔަތް ދޭން ހުރި މީހާ ވެސް އުޅެނީ އޭނާ އާ ހެދި އުނދަގޫ ވެގެން ވިއްޔާއެވެ. އާއެކެވެ. ރާސިލް ގެ ފަރާތުން އައިލީޝް އަށް އެއްވެސް އޯގާތެރިކަމެއް ލިބޭނެފަދަ އެއްވެސް އަލިމަގެއް ނުފެނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ނުނިދިފައި އޮތް ދާނިޝް އަށް ވެސް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އެވަގުތު އައިލީޝް ހުރި ގޮތް ފެނި އޭނާ އަށް ވަގުތުން ކޮޅަށް ތެދުވެގެން އެ ދިމާލަށް މިސްރާބުޖެހިއެވެ.

“އައިލީ… ވަޓް ހެޕެންޑް” ދާނިޝް ކަންބޮޑު ވުމާއެކު އަހާލިއެވެ. އެވަގުތު ރޮވިފައި ހުރި އައިލީޝް އަތުން އިޝާރާތް ކޮއްލަމުން ބައްޕަ އޭ ބުނެލުމާއެކު ދާނިޝް އަށް ވެސް ކޮންމެވެސް ކަމެއް ގޯސްކޮއް ވެއްޖެކަމުގައި ޔަގީންކުރެވުނެވެ.

އައިލީޝް ގެ އަތުގައި ހިފާލައިގެން ދާނިޝް އައިސް އެނދުމަތީގައި ބޭންދުމަށްފަހު ފެންތައްޓަކަށް ފެން އަޅައިގެން ގެނެސް އައިލީޝް އަށް ދިއްކޮއްލިއެވެ. ކަންދިމާކުރިގޮތުން. ދާނިޝް އަށް މިރޭ ހުރެވުނީވެސް ދޮރު ތަޅުނުލައެވެ. އައިލީޝް އަށް ވަދެވުނީ އެހެންވެއެވެ.

އެވަގުތު އައިލީޝް ފެންތަށީގައި ހިފަމުން ތުންޖަހާ އެއްފަހަރާ އެ ފެންތަށި ދަމާލިއެވެ.

‘އައިލީ… ވީ ގޮތް ކިޔާދީބަލަ” ދާނިޝް އޯގާތެރިކަމާއެކު އައިލީޝް ގެ ކަރުނަތަށް ފޮހެދެމުން ސުވާލުކޮއްލިއެވެ.

‘ދޮންބޭ…. އަހަރެން މީ ހަމަ އެހާ ބަދުނަސީބު މީހަކީތަ؟” އައިލީޝް ސުވާލެއް ކޮއްލަމުން ވީ ގޮތް ކިޔާދިނެވެ.

“އައިލީ… މަންމަ އައިލީ ދެކެ ވަރަށް ލޯބިވޭ… އައިލީވެސް މަންމަ އާ ވާހަކަ ދައްކާލަބަލަ. އޭރުން އިނގޭނެ މަންމަ އައިލީ ދެކެ ލޯބި ވާވަރު. އެ ކަންތައް މަތިން އައިލީ ހަދާން ނައްތާލަބަލަ… ބައްޕަ އައިލީ އާ އަދި ރީއްޗަށް ވާހަކަ ދައްކާނެ. ލޯބިވެސް ވާނެ… ދޮންބެ ގެ ޕްރިންސެސް ދުވަހަކުވެސް ހިތްވަރު އެލުވާ ނުލާތި އިނގޭ” އައިލީޝް ގެ ކޮލުގައި ހިފާލަމުން ދާނިޝް ވާހަކަ ދެއްކިއެވެ. އެއާއެކު އައިލީޝް އަށް ވެސް ހިނިތުންވެފައި ބޯ ޖަހާލެވުނީ ދާނިޝް އޭނާ ދެކެ ލޯބިވާ ވަރު ހިތަށް އަރާފައެވެ.

“ނޫން… އައިލީ… ތިހެން ނުބުނޭ… ތީ ބޭކާރު މީހެއްނޫން…ކާކު ބުނީ ބޭކާރު މީހެކޭ… ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އައިލީ އަކީ ތިހާ ހިތްވަރު ދެރަ ކުއްޖެއް ނޫން… ތީ އެއަށް ވުރެ ހިތްވަރު ގަދަ ކުއްޖެއް… އެކަމާ ނުވިސްނައްޗޭ… ވާހަކަ ނުދެއްކުނަސް އައިލީ އަކީ ބޭކާރު މީހަކަށް ނުވާނެ… އެއްވެސް އިންސާނަކީ ބޭކާރު މީހަކަށް ނުވާނެ އައިލީ… މީ އިމްތިހާނެއް…” ދާނިޝް ވިސްނޭ މީހަކު އޭނާގެ ކޮއްކޮ އަށް ވިސްނަދޭފަދަ ގޮތަކަށް އައިލީޝް އަށް ވިސްނަދިނެވެ. އެ ވާހަކަ ތައް ބުނަން މަޖުބޫރިވީ ދެންމެ އައިލީޝް ކުރި ސުވާލެވެ. އޭނާއަކީ ހަގީގަތުގައިވެސް ބޭކާރު މީހެއްހޭ އަހާލިއިރު އެ މޫނުމަތިން ފެނުނު އަސަރުތަކުން އެތަން ފެންނަ ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެކަން ޔަގީނެވެ.

“ދޮންބެ ތަޅުވެސް ނުލާ އޭ އެ ހުރެވުނީ… ދެން ދޭ އިގޭ ކޮޓަރިއަށް… ރާސިލް ތެދުވެ ހޯދަފާނެ…” ދާނިޝް ލާނެތް ގޮތަކަށް ބުނުމާއެކު އައިލީޝް ގެ މޫނުމަތިން ހިނިތުންވުން ފަނޑުވެ ނުތަނަވަސްކަން ފެނިގެން ދިޔައެވެ.

ދާނިޝް ގައިގައި ޖަހާލަމުން ހިނިތުންވަމުން އެ އުދާސްކަން ފޮރުވާލުމާއެކު އައިލީޝް އެ ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އޭނާ ހުރީ ހަމަޖެހިފައެވެ.


ރާސިލް އެގެއަށް ވަދެފައި ނުކުންނަ ހިޔާލު ކުރާކަށްބޭނުމެއް ނުވިއެވެ. މާޒީ އާ އޭނާގެ ދިރިއުޅުމާ ގުޅިފައިވީ އެ ގެ އޭނާ އަށް ވަރަށް މުހިންމެވެ. މަދުމަދުން ރާސިލް އެ ގެއަށް ވަތް ކަމުގައިވިޔަސް މިހާރު ނާންނަތާ ހަ މަސްވެދާނެއެވެ. އެގެއަށް އައުމުން އޭނާގެ ނަފްސުގެ ހަމަޖެހުން ގެއްލި ދިޔުމާއެކީ ހަނދާން ކުރަން ބޭނުންނުވާ އެތަކެއް ދުވަސް ތަކެއް މަތިން ހަނދާން ވާތީއެވެ.

އެހިތުގައި އަޅަމުން ދިޔަ ވޭން އޭނާ ވަނީ ދުނިޔެއަށް ސިއްރުކޮއްފައެވެ. އަމިއްލަ ނަފްސަށް ވެސް އެ ހިތާމަތަށް އޮޅުވާލުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ބިރުވެރިހުވަފެނަކަށް ވާނެނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ.

މަންމަ ރުއި ރުއިމާ ދޮންތަ ރުއި ރުއިމުގެ އަޑި އަދިވެސް އެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. ކަންފަތުގައި އަތް އަޅާލެވުނީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ.

އައިލީޝް އޭނާގެ އިންތިޒާރުގައި ހުންނާނޭ ހިތަށް އެރިއެއްކަމަކު އެކަމަށް ރާސިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަމިއްލަ ހިޔާލީ ދުނިޔޭގައި އޭނާ ހުރީ އުޅެލަން ބޭނުންވެފައެވެ. އެ ހަނދާން ތަކުން މިންޖު ނުވެވޭނޭ ހަނދާންތަކެއް އޭނާގެ މުޅި ސިކުނޑި ވަނީ ހިސާރުކޮއްފައެވެ. ދެލޯ މަރާލުމާއެކު އޭނާ ލޯ ހުޅުވާލީ އަނބުރާ އެދުވަސްތައް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެދުވަހު އޭނާ އަށް ނުކުރެވުނު އެތަކެއް ކަމެއް މިއަދު މީ އެދުވަސްނަމަ ކޮއްދޭނަމޭ ބުނާހާލުގައެވެ. އެހެންނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއްނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ސިއްރު – 4

Next

ޝީން(ސައްބީސްވަނަ ބައި)

Next
March 27, 2018

ޝީން(ސައްބީސްވަނަ ބައި)

Previews
March 27, 2018

ސިއްރު – 4

32 Comments!

  1. Hi Mi says:
    March 27, 2018 at 3:48 pm

    Salaam. And i am sorry. Himi ah yageen mistakes hunnaanekan. Mirey ge vagutheh ga edit kohleveythoa masah kai kuraanan. Pls comment ur views on this part too. Maa bodu kameh nuviyas. Next part in anehkaa ves hageegatheh ingigendhaane. In Sha Allah.
    Jazakallah Khairan.

  2. Juvey says:
    March 27, 2018 at 4:04 pm

    V nice mi part ves. .when next part. V avahah genes dhehchey. .himi doonee

  3. Shann says:
    March 27, 2018 at 4:05 pm

    Wow hi mi haadha ryhchey mibaives… Mihaaru kankan egemun dhw midhany… Ehbayah vureh anehbai foarigadha dhw mivany… V ves rythi mi story ves

  4. ainthu says:
    March 27, 2018 at 4:22 pm

    Varra reethi eybahuri liyumuga mistak keepit up when next part

  5. lotus says:
    March 27, 2018 at 4:24 pm

    Wow.. v nice.. alhugada heevanee ifsha akee rasil he dhontha hen.. n ifsha ah dhimaavi hithamaveri kamakee raaidha ge kameh hen n somehow dhanish e malheegai bedhunee.. rasil is tryin to get his reveng frm dhanish dho.. but keevetha kusheh neh ailee ah hurt kuranee.. i hope someday he falls for her.. next part ge inthizaaruga kehmadhuvefa.. keep it up himi?

  6. Jenna says:
    March 27, 2018 at 4:29 pm

    Varah reethi

  7. maroon says:
    March 27, 2018 at 4:34 pm

    Dhoonya v reethi. V curious vejje zahid alily dheke rulhi annany kyhvegen kan balan. ?
    Zeesh ge bai adhi thankolheh bodah egen beynun…
    Raidha v goas. But ehen myhakah ladeh dheyn ulhen iloshi e heruny amilla lolah?
    V v reethi. Waiting ? much love

  8. Rifu says:
    March 27, 2018 at 5:37 pm

    Eagerly waiting 4 the next prt Hi mi …??love ur story’s ?

  9. aakko says:
    March 27, 2018 at 5:46 pm

    kihinehtha post kuranee love the story

  10. annoying reader says:
    March 27, 2018 at 6:14 pm

    i really think rasil ge dontha ei ifsha hen. and somehw she got raped in which the blame falls on dhanish. Thats y he is bak to take revenge. i think after all that happened his mom and sistr died. lets see wat hi mi has planned. i hate leesh ge dad he is so mean. i wonder y she hates her mom though. waiting for the nxt part

  11. Pinky shifoo says:
    March 27, 2018 at 6:49 pm

    Wonderful ❤️❤️❤️… Mi part vx v v v reethi ???… Hama superb ???… Hi Mi haadha molhey Maasha Allah ???… Mi part vx hama v v v kiyaalaahithun mi kiyaalee ???… I just love your stories Hi Mi ❤️❤️❤️???… Still so many questions in my mind… Heheheh ???… Javaabuthah libeyne irakah hama inthizaaruga hure knme partehvx kiyamun midhany ???… V reethi v interesting n one of the best story mee ❤️❤️❤️???… Pinky ah hama v bodah heevey raasil ge dhontha akee ifsha henn… N he wants to take the revenge for whatever happened to his sister… I think… Heheheh… Ailysh keehve baaey aily ge mom dheke ehaa e rulhi annaneee??? ???… V javaabu beynun vaa suvaaleh aee… Lots of love and take care my dear Hi Mi ❤️❤️❤️???… Curiously waiting for the next part my dear Hi Mi ??????… U are the best n v talented writer eh Hi Mi thee ❤️❤️❤️???… Love you Hi Mi ❤️❤️❤️??????????????…

  12. mishy says:
    March 27, 2018 at 7:11 pm

    Alheyy hrdha reehchey mi prt…can yuh once again tell me the days yuh up this strii? Curiously waitin 4 the nxt prt… ly…♥♥♥….

  13. Queen angela? says:
    March 27, 2018 at 7:20 pm

    V v v v nyc…when next

  14. Xaaaan says:
    March 27, 2018 at 7:54 pm

    Hellow sweet❤❤❤❤❤ mibaives vv reethi masha allah??????? himi ifsha akee raasilge dhontha dhw v heevey dhen vaa gotheh balamaa dhw???? keevetha aily dheke aily bappa ehaa rulhi annany nukulhedhey kujjeh veematha??? aslu mi mujuthamauge therey mikahala kanthah thah v ginainvey geyga thibey ehen kudhinnaa hilaafah ekahala kudhin baakee kohfa thibeny eh e vvv hithaama hurikameh aslu vvv dheravey ekahala kudhin fenunyma???? aslu himi thi dheny ekahala meehunnah vvv ragalhu msg eh thnx himi dhooni mi story kiyaafaves ingey himi thy ekahala kudhinge ihusaasthah v ragalhah ingey kujjeh kan luv u himi❤???❤❤❤❤????❤❤❤

  15. aakko says:
    March 27, 2018 at 8:30 pm

    kihinehtha post kuanee???mi site ah new veema liyefa in stoy up nukohlevigen miulheny him help me pls

    1. Hi Mi says:
      March 27, 2018 at 8:46 pm

      Liyefa publish kuran click kuran jeheyni. Admin approve kohlima up vaani story. Dear.

    2. Hi Mi says:
      March 27, 2018 at 8:52 pm

      Dear. Story liyefa…. can u see publish jahaafa in thah. Hama ethanah click kohlima enme furathama innaani pending ga. Do pls let me knw ingey. So that i can explain u adhives neygenyaa. ????

  16. ?Jerry? says:
    March 27, 2018 at 8:47 pm

    V reethi ? ??

  17. Shiya says:
    March 27, 2018 at 11:26 pm

    Himi this part is also nice.. ?
    I hope next part will be awesome.. jazakallah khairan. . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  18. Aysh says:
    March 28, 2018 at 1:57 am

    Tikuraa hithvarah saabasden vv furihama thanks hi mi for entertaining us ???????

  19. Xaaaan says:
    March 28, 2018 at 8:37 am

    Hellow sweet❤❤❤❤ mi partves vvvv reethi masha allah???????❤❤❤ himi dhooni ifsha eh e rasilge dhontha dhw dhen vaagoi balamaa dhw???? aily dad haadha goahey aily nukulhedhey kujjakah veematha ehen ehadhany aslu mi mujuthamauga mihaarakah ais ekala kudhinnaa dheythereyga kanthah kurany vvv goas koh ekudhin thibeny ekaheri kohfa v dheravey?????? himi dhooni haadha ragalhey aslu ekahala meehunnah himi thi dheny vvv ragalhy msgeh thnx himi?????? aslu dhaanish ah badhal hifan vegen dhw rasil aily aa merry kury vvv reethi mi storyves luv u himi??????waiting next part??❤❤

  20. aakko says:
    March 28, 2018 at 9:03 am

    thankyouu

  21. aakko says:
    March 28, 2018 at 9:07 am

    publish ah dhiyaama ananee submit for review save draft and preview

  22. aakko says:
    March 28, 2018 at 9:10 am

    and story liyan dhaan jeheny plus new ah tha

    1. Hi Mi says:
      March 28, 2018 at 9:15 am

      Preview ah dhiyaama up kureema innaane goi fennaanny. Submit for rewiew ah dhiyaama piblush vaani. Admin check kohlaafa. Fashaairu inaani pending ga. Sace draft ga save kureveyni. U can save konme iraku and later also u can submit. Yes. New ah dhaani. ?

  23. aakko says:
    March 28, 2018 at 9:14 am

    and save draft ah dhiyaama akeni pending annanee

  24. aakko says:
    March 28, 2018 at 10:04 am

    than you very much himi by the way love the story and you are my favourite write in esfiya

  25. Blue beauty says:
    March 28, 2018 at 2:04 pm

    V salhi mi part ves…. wating the next part…?????????

  26. Hi Mi says:
    March 29, 2018 at 5:32 pm

    Salaam all. Mkadhaki thurday and himi story up kohlan bunifa inna dhivas thajyge therein eb dhuvas. Ekamaku miadhu dhimaav kamakun story up kohnudheveyne thy hurihaa kiyun theringe kibain nihaauathah maafah edhen. I am sorry. ?????

  27. Anonymous says:
    March 29, 2018 at 6:21 pm

    It’s okk himi… alsu story vvvv rythi dhaagoii. . Hama v beynun xaahidh ailee dheke rulhi Anna sababu balaalann. ….. n raasil lasnukoh geah fonuvahcheyy ?? ailee nunidhaa waiting eyy. . Ailee aslu haadha dheravaaney dhw. .. talk nukurevey n bunan beynun vaa ehcheh myhun kairy nubuneveythy??? n dhaanis life ga kuryga hingaafa huri kanthah v interesting. .. ???e ifsha n dhaanish ah v goii n edhemyhun mihaaru ehkoh noolheny kyvebaa? .. vvv rythi story. . Keep it up himi love. .. waiting waiting story ah ??❤❤

  28. lotus says:
    March 29, 2018 at 7:18 pm

    Dhen kon irakun next part kiyaalan libeynee.. hope yo prob gets solved soon???

  29. Kooji says:
    July 1, 2018 at 10:07 am

    nice

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (9)←


All Right Reserved!