Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (9)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 31, 2018 9 Mins Read
31 Comments

އައިލީޝް އޭނާގެ އިންތިޒާރުގައި ހުންނާނޭ ހިތަށް އެރިއެއްކަމަކު އެކަމަށް ރާސިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަމިއްލަ ހިޔާލީ ދުނިޔޭގައި އޭނާ ހުރީ އުޅެލަން ބޭނުންވެފައެވެ. އެ ހަނދާން ތަކުން މިންޖު ނުވެވޭނޭ ހަނދާންތަކެއް އޭނާގެ މުޅި ސިކުނޑި ވަނީ ހިސާރުކޮއްފައެވެ. ދެލޯ މަރާލުމާއެކު އޭނާ ލޯ ހުޅުވާލީ އަނބުރާ އެދުވަސްތައް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެދުވަހު އޭނާ އަށް ނުކުރެވުނު އެތަކެއް ކަމެއް މިއަދު މީ އެދުވަސްނަމަ ކޮއްދޭނަމޭ ބުނާހާލުގައެވެ. އެހެންނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއްނޫނެވެ.

ވަގުތު ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކޮންމެ މީހަކުވެސް އިސްކަން ދޭން ޖެހޭނެއެވެ. އެއީ ވެސް ރާސިލް ގާތު މަންމަ ވަރަށް ބުނާ ވާހަކައެކެވެ. ވިސްނާ ނުލާ ކުރެވޭ ކުޑަ ކުޑަ ކަމަކުން އުމުރަށް ހިތާމަ ކުރަން ޖެހިދާނޭ ކަމަށް މަންމަ އަބަދުވެސް ބުނާނެއެވެ. ތެދު ދޮގު ބަލާ ނުލާ ނަފްރަތުގެ އަލިފާނުން އަނެކަކު އަންދާލަން މަސައްކަތް ނުކުރާށޭ ބުނާނެއެވެ.

ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލަމުން އޭނާ އަދިވެސް އެއްފަހަރު އެ ގެ އަށް ވަށައިގެން ބަލާލިއެވެ. “ދޮންތާ… އައި ވިލް މޭކް ޝުއަރ ދެޓް ޔޫ ގެޓް ޖަސްޓިސް” ދަތްކުނޑި ވިކައިގެން ހުރެ ރާސިލް ބުންޏެވެ.

އެ ހިޔާލް ތަކުގެ ތެރެއިން އޭނާއަށް ސިފަވި މީހެއްގެ ސަބަބުން ދެއަތް މުށްކަވާލެވުނެވެ. އެމީހަކު ކައިރީގައި ހުރި ނަމަ މިހާރު ހަމަ ޔަގީނުންވެސް އޭނާގެ އަތުން އެމީހަކަށް އަނިޔާކުރެވޭނޭކަން ޔަގީނެވެ.

“ޔެސް….. އިފްޝާ އިޒް މައި ސިސްޓަރ.. މައި އޯން ސިސްޓަރ… ސީޒް މައި ސިސްޓަރ… ” ރާސިލް ގެ ހިތުގައި އޮތް ރުޅިވެރިކަމުގެ ތެރެއިންވެސް އަމިއްލަ ދައްތަގެ ހަނދާން ވުމާއެކު ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އެ ހިތި ހަނދާން ތަކުން އޭނާގެ ނަފްސުގެ ހަމަޖެހުން ނަގާލައެވެ. ތިން އަހަރު ކުރީގެ އެ ހަނދާންތަކުން އޭނާ އަށް ހަމަޖެހުމެއް ލިބުމެއްނުވާއިރު އަމިއްލަ ހާލާ ޝަކުވާ ނުކުރާ ދުވަހެއްނުދެއެވެ.

އެތައް އިރެއް އެ ހަނދާން ތަކުގައި ހޭދަކުރުމަށްފަހު ރާސިލް ގެއަށް ދާން މިސްރާބުޖެހިއެވެ. ސައިކަލުގައި ދުއްވާފައި ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އެވަގުތު ކުރިމަތިން އައި ޕިކަޕެއްގައި ނުޖެހުނީ ކިރިއާއެވެ. ބުރަކި ނުޖެއްސުނު ނަމަ ރަސިލް އޮންނާނީ އެ ޕިކަޕް ދަށުވެފައިކަން ޔަގީނެވެ.

ގޭގެ ގޭޓުން ސައިކަލު ވައްދާލުމަށްފަހު އޭނާ ދޮރުމަތީ ސައިކަލު ބަހައްޓާލިއެވެ. އަދި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭތެރޭގައި ވަނީ އާދަޔާ ހިލާފު މަޑު މައިތިރިކަމެކެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވެއެވެ.

ރާސިލް ސިޑިން އަރައިގެން ދިޔައީ ވަރަށް މަޑުންނެވެ. ކޮޓަރިއާ ހިސާބަށް އަރާފައި ދޮރުގައި ހިފާލިއިރުވެސް ވެސް ހުރީ ތަޅުނުލައެވެ. އެހެންކަމުން އޭނާ އަށް ހައިރާން ކަން ވެރިވެގެން ދިޔައެވެ. އައިލީޝް އަދިވެސް އިންނާނީ އޭނާގެ އިންތިޒާރުގައި ކަން ޔަގީންވުމާއެކު އޭނާ އެތެރެއަށް ދެމިގަތެވެ.

ހުއްޓުން އެރީ އެނދުގަ ލެނގިލައިގެން ފޮތެއް ހިފައިގެން ނިދިފައި އިން އައިލީޝް ފެނިފައެވެ. މަޑު ފިޔަވަޅު ތަކެއްގައި އެދިމާލަށް ގޮސް އެ މޫނަށް ރާސިލް ނަޒަރު ހުއްޓާލިއެވެ. ކަރުނައިގެ ރޮނގު ދެކޯތާފަތުގައި ހިކިފައިވާއިރު ދެ ލޮލުގައި ދުޅަކަމެއް ހުއްޓެވެ. އެ ދެލޯ ފެނި އެ ހިތުގައި ވިންދެއްޖަހާލިއެވެ. އަތް ހިއްލާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޯތާފަތުގައި ރާސިލް ފިރުމާލުމާއެކު އައިލީޝް ކުޑަކޮއް ދެފަރާތަށް ފުރޮޅި ލުމުން އޭނަ އަށް އަތް ދުރަށް ޖައްސާލެވުނެވެ. އަތުގައި އޮތް ވާހަކަ ފޮތް މަޑު މަޑުން ނަގަމުން އެ އަތް ރީއްޗަށް ބާއްވާލާ ރަޖާ އަޅާލަދިނެވެ.

ނިތް މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތް ކޮއްލަމުން ރާސިލް އައިލީޝް އާ ދިމާލަށް ގުދުވެލިއެވެ. އަދިވެސް އެއްފަހަރު އެ މޫނަށް ވަރަށް ކައިރިން ބަލާލަން ބޭނުންވެފައިވާ ފަދައިންނެވެ. “ސޮރީ” ރާސިލް ގެ އަނގައިން ފޫދުއްވާލާފައި އެ ބަސް ނުކުތެވެ. އަދި އައިލީޝް އާ ދިމާލަށް ގުދުވަމުން އެ ނިތުގައި ބޮސް ދިނެވެ. “ސޮރީ” ދެން ވެސް އެ އަނގައިން ނުކުތީ އެބަހެވެ.

ރާސިލް އަށް ސިހިފައި އިސްއުފުލާލާ ލެވުނީ އައިލީޝް ނޭފަތް ދަމާލި އަޑަށެވެ. އޭނާ ފުންމައިގެން ދުރަށް ޖެހިލިއެވެ. އަދި އައިލީޝް އަށް ބަލާލިއެވެ. ބޯކަހާލާ ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލެވުނީ ހާސްވީވަރުންނެވެ. އައިލީޝް އާ ދިމާލަށް ބަލަން ހުރެވުނީ ހުއްޓުން އަރާފައެވެ.

އައިލީޝް ގެ ދެލޯ ކަރުނުން ފުރިފައިވިޔަސް އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ރާސިލް ގެ “ސޮރީ” އެ ބަސް އޭނާ އަށް އަޑު އިވުނީ ހުވަފެނެއް ފަދައިންނެވެ. އަދިވެސް އެއްފަހަރު މަޑު މައިތިރި އެ އަޑު އަހާލަން އޭނާ ބޭނުމެވެ. އެހެންނަމަވެސް މިވަގުތު އެއިން އެއްވެސް ކަމެއް ކުރާކަށް އައިލީޝް ބޭނުމެއްނޫނެވެ. ރާސިލް އޭނާ އަށް ފުރަގަސް ދިނުމާއެކު ލޯމަރާ ބާރުކޮއްލާ އައިލީޝް ލޮލުގެ ތެރޭގައި ބޮނޑިވެފައި ހުރި ކަރުނަތަށް ބޭރުކޮއްލިއެވެ.

ރާސިލް ގެ އަމަލްތަކުން އޭނާ އައިލީޝް އަށް އަޅާލާކަން އިނގިގެން ދިޔަޔަސް އޭނާ ގެ އެ ހުންނަ ދެ މިޒާޖުން އެއްޗެއް ބުނާކަށްނޭގެއެވެ. އައިލީޝް ރޮއްވާލައިގެން އޭނާ އަށް ލިބޭނީ ކޮންފައިދާއެއްހެއްޔެވެ؟.


ދަންވަރުގެ ވަގުތުގައި ދާނިޝް އަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. އިޒިކް ދިން ބޭހެއް ބޭނުން ކުރަން ފެށިފަހުން އޭނާ އަށް މިރޭ ރަނގަޅަށް ނިދާލެވުނެވެ. ފެން ޖަގުން ފެން އަޅާ ބޯލަމުން އޭނާ ފޯން ނެގީ ގަޑިންް ވީ ވަރު ބަލާލުމަށެވެ. ދެއެއް ޖަހާ ބޮޑުވެފައު ހުރުމާއެކު  ފަތިން ނަމާދަށް ހޭލުމުގެ ކުރިން އަދިވެސް ނިދާލާނަމޭ ހިތާ އޭނާ ލޯ މަރާލިއެވެ.

**************

“ދާނިޝް… ދާނިޝް…” އޭނާ އަށް އިފްޝާގެ އަޑު އިވުނުހެން ހީވުމާއެކު ލޯ ހުޅުވާ ބޮޑުކޮއްލެވުނެވެ. ވަށައިގެން ހޯދާލެވުނީ އެ އަޑު އައީ ކޮޓަރިތެރޭން ހެން ހޯވުމުންނެވެ. އެހެންނަމަވެސް އެއީ އޭނާ އަށް ހީވާ ހީވުމެއްކަން ޔަގީންވީ ހިނދު މާޔޫސްކަން އެ ހިތަށް ވެރިވެގެން ދިޔައެވެ.

*************

“ސާރ… މި ފައިލް ގަ ދެން ސޮއިކޮއްލާ…” އިފްޝާ ދާނިޝް ގެ ކުރިމަތީގައި އިން މޭޒުގެ އަނެއްފަރާތުގައި ބަހައްޓާފައި ހުރި ގޮނޑީގައި އިނދެގެން ފައިލް ގައިވާ އެއްޗެއް ދާނިޝް އަށް ތަފްސީލް ކޮށް ދިނުމަށްފަހު ސޮއިކޮއްލަ ދިނުމަށް އެދުނެވެ. އެހެންނަމަވެސް ދާނިޝް އަށް އިފްޝާ ކީ އެއްވެސް އެއްޗެއް ނޭނގޭފަދައެވެ. އިފްޝާގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.

ދާނިޝް އިން ގޮތުން އިފްޝާ އަށް ދެފަހަރަކު ދާނިޝް ގެމޫނާ ދިމާ އަތް ހޫރާލެވުނެވެ. އެއާއެކު ސިހިފައި ދާނިޝް އަށް ކީކޭ ހޭ އަހާލެވުނެވެ. އަދި ބޮލުގެ އިސްތަށގަނޑުގައި އަތް ހިންގާލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. ދެވަނަ ފަހަރަށް އިފްޝާ ގާތު އޭގައި ވި އެއްޗެއް އޮޅުން ފިލުވައިދިނުމަށް ދާނިޝް އެދުނެވެ.

އިފްޝާ ދާނިޝް ގެ ކެބިން އިން ނުކުތް އިރު ދޮރު ކައިރީގައި ރާއިދާ މޫނުހަދައިގެން ހުއްޓެވެ. އެހެންނަމަވެސް އޭނާ އެކަމާ އަޅާނުލާ ދުރަށް ހިނގައިގަތެވެ.

ދާނިޝް ދެންމެ އައި މެއިލް ގައި ހުރި އެއްޗެހި ޕްރިންޓް ކޮއްލުމަށްފަހު އިފްޝާ އަށް ގުޅާލިއެވެ. އޭނާ ގެ ކެބިން އިންނަނީ ދާނިޝް ގެ ކެބިން އާ ޖެހިގެން ކަމަށް ވުމާއެކު ބައެއްކަންތައް ތައް ކުރަން ވަރަށް ފަސޭހައެވެ.

ފޯން ނުނެގުމާއެކު އޭނާ އިފްޝާގެ ކެބިން އަށް ގޮސް ވަނެވެ. އިފްޝާ ފެންނަން ނެތުމާއެކު އޭނާ ދެން މިސްރާބްޖެހީ ބަނޑުހައިވެފައި ހުރިވަރުން އެއްޗެއް ކައިލާށެވެ. އެދިޔަ މަގުމަތީގައި އެތަނުން ކުއްޖަކު ކައިރީ ދާނިޝް އިފްޝާ ހޯދާ ވާހަކަ ބުނެދިނުމަށް އެދުނެވެ. ހިނގަމުން ގޮސް ޖެހިގެން އިން ބައިން ލަނބާލަން އުޅެނިކޮއް އޭނާގެ ކަންފަތުގައި ދެ ކުއްޖަކު ވާހަކަ ދައްކަމުން ދިޔަ އަޑު އިވުނެވެ.

“އެއީ ބޮޑު ޕްލޭ ބޯއީ އެއް… ހުވާ. އޮފީހުގެ ބޮޑު މީހާގެ ދަރިއަށް ވިޔަސް ވިޔާ ނުދާކޮށް އުޅެންޏާ އެ ވާހަކަ ބުނެޥޭނެ ދޯ… ތި އައި އާ އެސިސްޓެންޓް ވެސް އޭނާގެ އަވައިގައި ނުޖެހިއްޖެއްޔާ ވާ ރަގަޅު… މަ އަޑު އެހިން ރާއިދާ ވެސް އުޅުނު ގޮތުގެ ވާހަކަ… އަނެއްކާ އެ އިފްޝާ ވެސް ނޭނގެ މިހާރު އެ ދަލުގަ ނުޖެހޭކަމެއް ހުއް” އެތަނުން އެއްކުއްޖަކު ބުނުމާއެކު ދާނިޝް ގެ ދެއަތް މުށް ކެވިގެން ދިޔައެވެ. އެހެންނަމަވެސް އެ ކުދިންނާ ދިމާލަށް ދިޔުމުގެ ބަދަލް ގައި ހުރި ގޮތަށް މަޑު ކޮއްލައިގެން ހުރީ އަދިވެސް އެމީހުން ދައްކާ ވާހަކަ އަޑު އެހުމަށެވެ.

“ހުވާ… އޭނަ ފަހެއްނުޖެހޭނެ ކޮންމެ ކަމެއް ކުރާކަށް ވެސް… ” ދެން ހުރި ކުއްޖާ ބުނެލި އަޑު އިވިލިއެވެ.

ފަހަތުގައި މީހަކު ހުރިހެން ހީވެގެން އޭނާ ބަލާލއިރު ފަހަތުގައި ހުރި އިފްޝާ ފެނި އޭނާ އަށް ސިހުން ގެނުވިއެވެ. އިފްޝާ އަށް ވެސް އެ އަޑު ތައް އިވުނުކަން ޔަގީންވެގެން ދިޔައީ އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުންނެވެ.

އިފްޝާގެ ލޮލަށް ބަލާލެވުމާއެކު އޭނާ އަށް އިސްޖަހާލެވުނީ ފުރަތަމަ ފަހަރަށް ލަދުވެތި ކަން އިހްސާސްކުރެވުމުންނެވެ. އިފްޝާ އެ ވާހަކަ ތައް ގަބޫލް ކޮއްފާނޭ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އާއެކެވެ. ގަބޫލް ނުކުރަންވީ ކީއްވެހެއްޔެވެ؟. ރާއިދާ އާއި އޭނާ އާއި އުޅުނު ގޮތް އެންމެ ކައިރިން ފެނުނު އެކަކަށް ވާނީ އިފްޝާއެވެ.

މަޑު ފިޔަވަޅުތަކެއްގައި އިފްޝާ އައިސް ދާނިޝް އާއި އަރާ ހަމަކުރިއެވެ. އަދި ދާނިޝް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

“އަޅުގަނޑު ހޯދި ވާހަކަ ދެންމެ މަސައްކަތް ކުރާ ކުއްޖަކު ބުނެފި…” އެ އަޑުގައި ކުރިން ނުވާ ފަދަ އަސަރެއް ވާކަން އޭނާ އަށް އެނގިގެން ދިޔައެވެ. އެހެންނަމަވެސް ވާހަކަ އެއްބުނާނޭ ހިތްވަރެއް އެވަގުތު ދާނިޝް އަކަށް ނުލިބުނެވެ.

އޭނާ އިފްޝާ އަށް ބަލާލިއިރު އިފްޝާ ހުރި އިސްޖަހައިގެންނެވެ. އަންހެންކުއްޖެއްގަ ކައިރީގައި އޭނާ އަށް މިވާ ގޮތް ތަކަކީ މީގެ ކުރިން ދުވަހަކުވެސް ވީ ކަންތައް ތަކެއް ނޫނެވެ. އެހެންކަމުން އޭނާ އަށް އެ ކުރެވޭ އިހްސާސްތައް މާނަ ކުރާނޭ ގޮތެއްނޭގުނެވެ. އިނގޭހާވެސް އެއްޗަކީ އިފްޝާ ފެންނަ ކޮންމެ ފަހަރަކު އެ ހިތް އާދަޔާ ހިލާފަށް ތެޅެން ފަށައެވެ. ނޭވާ ކުރުވެ މީހާ ގެ މުޅި ހަށިގަނޑުގައި ނޭގޭ ޖަޒްބާތުތަކެއް ދައުރުކޮއްލައެވެ.

މި އަޖައިބެއްފަދަ އަންހެންކުއްޖާ ގާތު އޭނާ އަށް އިތުބާރު ކުރަން ބުނަން ބޭނުންވިއެވެ. އޭނާގެ މީހަކަށް ވާން އެދެން ބޭނުންވިއެވެ. ދުވަހަކު ދޫކޮއްނުލާ މުޅި އުމުރު އެކުގައި ހޭދަކުރުމަށް ވައުދާން ބޭނުންވިއެވެ. އެތަކެއް ފަހަރު އެ ހިތް އޭނާގެ ނަފްސު ގާތުގައި  ބުނަން ބޭނުންވާ ވާހަކަތަކެއް ވެއެވެ.

އިފްޝާ އެހެން ހުރިފައި ހިނގައިގަތީ އެ ދެކުދިން ދިޔަކަން ޔަގީންވުމުންނެވެ. އިފްޝާ ދެފަރާތަށް ބަލާލަލަމުން ފިޔަވަޅުތަކަށް ބާރުކޮއްލުމާއެކު ދާނިޝް ފާރުގައި ގޮށް މުށުން ޖެހިއެވެ. އަދި ލޯ މަރާލަމުން ދެ ފަރާތަށް ބޯ ހޫރުވާލީ އިފްޝާ އަށް އެ ވާހަކަ ތަކުން ނުހަނު ބޮޑަށް އަސަރުތަކެއް ކޮއްފިކަން ޔަގީންވުމުންނެވެ.

***************

ދާނިޝް އަށް ހިތާ ހިތާ ވާހަކަ ދެކެވުނެވެ. “އިފޫ ވައި… އަހަރެންނަށް މިސްޓޭކް ހެދުނު… އެކަމަކު އެކަމަށް މާފަށް އެދުނިން ދެން ކީއްވެ؟” އޭނާގެ ހިތުގައިވަނީ ޝަކުވާއެވެ. އެއްވެސް ގޮތަކުން ހަމަޖެހުމެއް ލިބުމެއް ނުވާއިރު ދުވާލު ހަތަރު ދަމު ހަނދާންވަނީ އިފްޝާއެވެ.


ރާސިލް އޭގެ އަނެއްދުވަހު ރީތިވާން ހުރިއިރުވެސް އިރު އިރުކޮޅަކާ އައިލީޝް އަށް ބަލާލެވެއެވެ. އައިލީޝް އަދިވެސް އޮތީ ނިދާފައެވެ. އެހެންނަމަވެސް އޭނާ ކޮންމެހެން އައިލީޝް އަށް ގުޅާ ހޭލުއްވާކަށް ނޫޅުނެވެ.

ހުޅުވާފައި ހުރި ކުޑަދޮރުން އިރުގެ އަލި ފޭދިގެން އައިސް ނިދިފައި އޮތް އައިލީޝް ގެ މޫނަށް އެޅުމާއެކު އޭނާ އަށް މޯޅިއަކަށް ދެމިލަމުން ތެދުވެވުނެވެ. ފޯނުން ގަޑި ބަލާލިއިރު ހެނދުނު ނުވައެއްޖެހީއެވެ.

އެއާއެކު ލޯގަނޑު ކުރިމަތީގައި ހުރި ރާސިލް އޭނާގެ ލޮލުގައި އަޅައިގަތެވެ.

ދުވަހަކީ ހުކުރުދުވަހަށް ވުމާއެކު ރާސިލް ކޮންތާކަށް ދަނީ ބާއޭ އޭނގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ސުވާލް ކުރުމުގެ ބަދަލުގައި އޭނާ ގޮސް ފާހާނާއަށް ވަނެވެ.

ޒީޝާ ހެނދުނު ހޭލިއިރުވެސް މާނިއު ގެއަކަށް ނާދެއެވެ. ހެދުނު ގެ ސައިގަޑީގައިވެސް އެއްސެއް ހަދާހިތް ނުވެފައި ހުރުމުން ހަމަ އެކަނި ޕާނަކުން އޭނާ ފުއްދައިލީއެވެ.

މެންދުރަށް ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދާލާނަމޭ ހިތާ ކާބައިގައި ހަރަކާތް ތެރިވަމުން ދަނިކޮށް މާނިއު އައިސް ގެއަށް ވަނެވެ. ޒީޝާ އަށް ބަލައިލުމެއްނެތި އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. އރުކޮޅެއްނުވެ ދެން ނުކުތީ ކޮންމެވެސް އެއްޗެއް ޖީބަށްލަމުންނެވެ. ހީވާގޮތުން ވޮލެޓެވެ.

މާނިއު ދަނިކޮއް ޒީޝާ ގޮވާލިއެވެ.

“މާން”

އަދި އަވަސް އަވަހަށް ކޮށަން ހުރި ކެރެޓް ތައް ބަހައްޓާލަފައި ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލަމުން މާނިއު ގާތަށް މިސްރާބުޖެހިއެވެ. އޭރު އެ ހިތް އަވަސްވެފައިވެއެވެ.

މާން… ރޭގަ ގެއަށް ނިދަން ނާން…” ޒީޝާ އަށް ބުނެވުނީ މިވަރަށެވެ. މާނިއުގެ އަތުގެ ހޫނު ހަމަލާއެއް ޒީޝާގެ ކޯތާފަތަށް އަމާޒްވެގެން ދިޔައެވެ. އެވަގުތު އެ ދޮން ކޯތާފަތް ރަތް ވެގެން ދިޔައެވެ. އެނބުރި މާނިއު އާ ދިމާލަށް ބަލާލިއިރު އެ އަނގައިތެރޭގައި ލީ ލޭ ރަހައިން އަނގައިގެ އެތެރެ ފެޅިފައިވިކަން އެނގުނެވެ.

“މާން… ތިހެން ކަންތަކެއް ނުކުރެވޭނެ” ޒީޝާ ބުނެލިއެވެ. “ކީކޭ… ހަބަރުދާރު. ތި ވައްތަރަށް އަހަރެންނާ ވާހަކަ ނުދައްކައްޗޭ!” މާނިއު ހަރުކަށި އަޑުން ވާހަކަ ދެއްކިއެވެ. ހިތްވަރުކޮއްފައި ޒީޝާ މާނިއުގެ ކުރިމައްޗަށް އެރީ އަދިވެސް ވާހަކަ ދައްކާށެވެ.

އެވަގުތު މާނިއު ނުކުމެ ނުކުމެ ހުއްޓާ އެ ގޮތަށް ކުރިމައްޗަށް އެރުމާއެކު އޭނާގެ ރުޅިގަނޑު ހިލިގެން ދިޔައެވެ. އަދި ޒީޝާގެ އަތުގައި ހިފާ ހުރި ބާރުލާފައި ކޮއްޕާލިއެވެ. އަދި ފަހަތަށް ބެލުމެއްނެތި ނުކުންނަން ހިނގައިގަތެވެ.

ޒީޝާ ވެއްޓުނު ގޮތަށް ހަބަރުހުސްވިއެވެ. ބޯ ފެޅި ލޭތައް އޮހިގަތެވެ.

ޝަބާ އޭނާގެ އެކުވެރި ކުއްޖަކާ އެކު އެގޭގައި މަސައްކަތެއްގައި އުޅެފައި ގެއަށް ދިޔަ މަގުމަތީގައި ޒީޝާމެން ގެއާ އަރާ ހަމަވެފައި އެގެއަށް ވަންނަން ހިތަށް އެރިއެވެ. އެހެންކަމުން އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އެގެއަށް ވަނެވެ.

ޒީޝާމެން އުޅޭ އެޕާރޓް މެންޓަށް ވަދެވުމާއެކު އޭނާ ބެލް އަޅާލިއެވެ. އެހެންނަމަވެސް ހަބަރެއްނުވިއެވެ. ދެފަހަރަކު ޓަކިވެސް ޖަހާލިއެވެ. ދާން އުޅެފައިވެސް ތަޅުގައި ހިފާލަން ހިޔާލަށް ވެރިވުމާއެކު ހިފާލީ ހުޅުވާފައި ހުރެދޭނޭކަމަކަށް ނޫނެވެ. އެހެންނަމަވެސް ހުޅުވާފައި ހުރުމުން އޭނާ އެތެރެއަށް ވަނެވެ.

ވެއްޓިފައި އޮތް ޒީޝާ އޮތް ދިމާލަށް ދުއްވައިގަނެވުނުއިރު ބޮލާ ދިމާލުން މުށިތަކު މަތީގައި ހުރި ލޭތަށް ވެސް ޝަބާ ގެ ލޮލުގައި އަޅައިގަތެވެ. އޭނާ އަވަސް އަވަހަށް މާނިއުގެ ނަމްބަރަށް ގުޅާލިއެވެ. އެހެންނަމަވެސް ފޯނެއްނުނަގައެވެ.

ސައިކަލުގައި ދުއްވަމުން ދިޔަ މާނިއު ސައިކަލު މަޑުކޮއްލާފައި ޖީބުގައި އޮތް ފޯން ނަގާ ގުޅަނީ ކާކުތޯ ބަލާލިއެވެ. އެކަމަކު އެމޫނުމަތިން ފެނުނީ ފޫހިކަމެވެ. ފޯން ސައިލެންޓަށް ލަމުން އޭނާ ޖީބަށް ފޯން ލާ ސައިކަލު ދުއްވާލިއެވެ.


ތިން ގަޑިއިރު ފަސް….

އަވަސްއަވަހަށް ތައްޔާރުވެލައިގެން އައިލީޝް އަށް ހޮސްޕިޓަލަށް އާދެވުނު އިރު އޭނާ ހުރީ ހާސްވެފައެވެ. ޝަބާ ކުއްލިގޮތަކަށް ގެއަށް ދާން ޖެހުމާއެކު ދިޔައީ މާނިއުވެސް އައުމުންނެވެ. އައިލީޝް ޝަބާ ކިޔައދީފައިވާ ދިމާލަށް މިސްރާބްޖެހިއިރު ހުކުރުދުވަސްކަމުންނާ މެންދުރު ވަގުތުކަމުން މީހުން ވަރަށްމަދެވެ. އޭނާ ގޮސް އެމަރޖެންސީބައިގައި ވަކިން ހުރި ރޫމް ތަކުން ފަސްވަނަ ކޮޓަރިއަށް ވަނެވެ. ހުޅުވާލީ ނުހަނު މަޑުން ކަމުންނާ އި އެނދުގެ ވަށައިގެން ފޮތިގަނޑެއް ދަމާފައި ހުރުމުން ޒީޝާ އާއި މާނިއުއަށް ވެސް އިތުރު މީހަކު އެތަނަށް ވަތް ކަމެއްނޭގެއެވެ.

“ހަނދާން ކުރާތި. އެ ވައްތަރަށް އަހަރެންނާ ދެން ވާހަކަ ނުދައްކާތި” މާނިއު މަޑުން ބުނެލި ކަމުގައިވިޔަސް އެ އަޑުގައިވި ހަރުކަށިކަން އައިލީޝް އަށް ފާހަގަ ކުރެވުނެވެ. “ނޫނޫ ދެން ލިބޭ އަނިޔާ ތިއަށް ވުރެ ބޮޑުވާނެ” މާނިއު ގެ އަޑު އަނެއްކާވެސް އިވިލިއެވެ.

އައިލީޝް އަށް ޒީޝާގެ މަޑު ގިސްލުމުގެ އަޑު އިވުމާއެކު ދެން ފެނުނީ ފޮތިގަނޑު ފޭ ކޮއްލާފައި މާނިއު ނުކުތް ތަނެވެ. ކުރިމަތިން އައިލީޝް ފެނުނު ކަމުގައިވިޔަސް އޭނާއެކަމަށްމާ ބޮޑު ސަމާލު ކަމެއް ނުދީ ނުކުތެވެ. އައިލީޝް އަވަސް އަވަހަށް އެނދު ކައިރިއަށް ޖެހިލާ ޒީޝާ އަށް ބަލާލިއެވެ. އަދި އިޝާރާތުން މީ ކޮންކަމެއް ހޭ އަހާލެވުނީ އޭނާ ގެ އެކުވެރިޔާ އެ އުޅެނީ އުފަލާ ހިންހަމަ ޖެހުމުގައެއް ނޫނޭ އެ ހިތަށް އެނގުމުންނެވެ.

ޒީޝާ ގެ ގައިގައި އައިލީޝް ބައްދާލިއެވެ. އެކުވެރިއާ އާ ވާހަކަ ދައްކާލަން އޭނާ ހުރި ބެނުންވެފައެވެ. އެކަމަކު އަނގައިން އެންމެ ބަހެއްވެސް ބޭރު ނުވާނެކަން އެނގުމާއެކު އޭނާ އަށް ވެސް ރޮވެން ފެށުނެވެ. ރާސިލް ގެ ފަރާތުން އޭނާ އަށް ވެސް ލިބެނީ އަނިޔާއެވެ.

ޒީޝާ ގެ ގާތަށް މާނިއު ގެ މަންމަ މެން އައުމާއެކު އައިލީޝް ގެއަށް ދާން މިސްރާބުޖެހިއެވެ. ޓެކްސީއެއްނަގާ އޭނާ ގެއަށް ދާން މިސްރާބްޖެހީ އުޑުމަތި ބަނަކޮށް އޮތުމުން އަންނަން އުޅޭ ކޮޅިގަނޑުގެ ކުރިން ގެއަށް ފޯރޭތޯއެވެ.

ގެއަށް ގޮސް ވަތް އިރު ސިޑިން އަރަމުން ދިޔަ ރާސިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދުވެލާފައި ގޮސް ސިޑިން އަރައަރާ ހުރި ރާސިލް އާއ އައިލީޝް އަރާ ހަމަކުރިއެވެ.

ރާސިލް އައިލީޝް އަށް ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ސިޑިން އަރަންފެށިއެވެ.

ކޮޓަރިތެރެއަށް ވަދެވުމާއެކު އައިލީޝް ރާސިލް އާ ކުރިމަތިލިއެވެ. އަދި ހީލިއެވެ. ރާސިލް އައިލީޝް ގެ މޫނަށް ނަޒަރު ހުއްޓައިލައިގެން ހުއްޓެވެ. އައިލީޝް ފޯން ނަގާ މެސެޖެއް ލިޔަން ފެށުމާއެކު ރާސިލް ހުއްޓާ ނުލާ އައިލީޝް އަށް ބަލަން ހުއްޓެވެ. އެ ތުންފަތުގައި ވި ހިނިތުންވުން ފެނި އޭނާ އަށް ފުރަތަމަ ފަހަރަށް އައިލީޝް އާ މެދު ވިސްނާލަން މަޖުބޫރުވިއެވެ.

އައިލީޝް ރާސިލް އަށް މެސެޖް ދައްކާލުމާއެކު ރާސިލް އެ ފޯން އަތުލާ މެސެޖް ކިޔަން ފެށިއެވެ.

“ރާސިލް… ކީއްވެގެންތަ މިހެން މި ވަނީ… ދެމީހުން ރީއްޗަށް އުޅެން ހިނގާބަލަ… ޕްލީޒް… ވަރަށް ދެރަވޭ ރާސިލް ތިހެން ހަދާތީ… ކުށެއް ކުރެވިފައި ވާނަމަ ވެސް ބުނެދީ… ރާސިލް ޕްލީޒް… ތިހެން ނަހަދާ… ހަގީގަތުގަވެސް އައިލީ ވަރަށް ލޯބިވޭ… ” ކުރު މެސެޖެކެވެ. އަނބުރާ އައިލީޝް ގެ ލޮލަށް ބަލާލިއިރު އެ ދެލޮލުގައި ބޮނޑިވަމުން ދިޔަ ކަރުނަތަށް ފެނުނެވެ.

އެ ކުޑަވަގުތުކޮޅު ކުލުނުން އެ ހިތް ފުރިގެން ދިޔައެވެ. އެހެންނަމަވެސް އެ ވަގުތު ހިތަށް ވެރިވި އިހްސާސް އެއްގެ ސަބަބުން ރުޅިވެރިކަން ވެރުވުމާއެކު އޭނާ އަށް އައިލީޝް ގެ އަތުގެ މުލައްދަނޑީގައި ހިފާ ގާތަށް ދަމާލެވުނެވެ. ހަދާލެވުނު ގޮތަކުން އައިލީޝް އައިސް ޖެހުނީ ރާސިލް ގެ މޭމަތީގައެވެ. އެވަގުތު އައިލީޝް ގެ ހޫނުކަރުނައިން ރާސިލް ގެ ގަމީސްތެމިގެން ދިޔުމާއެކު މެއަށް ފިނިކަމެއް އިހްސާސްކުރެވުނެވެ.

އަނެއްކާ އެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ އައިލީޝް ދުރުކޮއްލަމުން އެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އަދި ވާހަކަ ދެއްކިއެވެ.

“އައިލީޝް ބޭނުމީ ހުރިހާކަމެއް އިނގެންތަ؟” ރާސިލް ގެ އަޑުގައި ހަރުކަށިކަމެއް ވެއެވެ. ނުރުހުންތެރިކަމެއް ވިއެވެ.

ނޭފަތް އެތެރެއަށް ދަމާލަމުން އައިލީޝް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް އަށް ރުޅިއާދެވުނެވެ. “ބަލަ މިހާރު ކީއްވެތަ ތި ފަހަތަށް ދަނީ އޭތް… އަނގައިން ވާހަކަ ނުދެއްކޭ ހާލުވެސް މަޑުން ހުންނާކަށް ނޭނގޭ” ރާސިލް ބުނެލިއެވެ. އައިލީޝް އޭނާގެ އަތުގައި އޮތް ފޯނުގައި އަނެއްކާ މެސެޖެއް ލިޔެލިއެވެ. އަދި ރާސިލް އާ ދިމާލަށް ފޮން ދިއްކޮއްލިއެވެ.

“ރާސިލް… މީ އަހަރެން އަމިއްލަ އަށް ކުރިކަމެއްނޫނޭ… ތިހެން ނުބުނެބަލަ…. ޕްލީޒް… މިހިތަށް ވެސް ތަދުވެޔޭ…” ރަސިލް އައިލީޝް އަށް ބަލާލިއެވެ. “އެހެން ވިއްޔާ މަޑުން ހުރޭ” ރާސިލް އައިލީޝް ގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ގާތަށް ދަމާލިއެވެ. އަދި އަނެއްކާވެސް އައިލީޝް އަށް ނިސްބަތް ކޮއް ބަދު ބަހެއް ބުނެލިއެވެ.

ކުއްލިއަކަށް އޭނާގެ ކޯތާފަތަށް އަރައިގެން ދިޔަ ހޫނު ހަމަލާއިން ކޯތާފަތުގައި އަތް އަޅާލެވުނެވެ. އިތުރަށް ހަރަކާތެއްނުކުރެވި އުޅެނިކޮށް އައިލީޝް ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. ރާސިލް އަށް ހުރެވުނީ އައިލީޝް އެފަދަ ކަމެއް ކުރީތީ ހައިރާންވެފައެވެ. ގެންނާނޭ އިތުރު ހަރަކާތް ނޭގިފައި އޭނާއަށް ޖެހި ބުދެއްހެން ހުރެވުނީއެވެ.

ފާހާނާތެރޭގައި މޫނު ދޮންނަ ތަށި ކުރިމަތީގައި ހުރެ އަމިއްލަ އަތަށް ބަލާލުމާއެކު އިތުރަށް ރޮވެން ފެށުނެވެ. އަތުގައި އުފެދިފައިވާ މަޑު ތުރުތުރުގެ ސަބަބުން އޭނާ އަށް ހަރަކާތް ކުރަން އުނދަގޫވިއެވެ. އުނދަގުލުން ކަރުނަތަށް ފޮހެލިތަނާ ނިކަން ބާރަށް ފާހާނާ ދޮރުގައި ރާސިލް ޖަހާލި އަޑު އިވުނެވެ.

ފަސްމިނިޓް ވީ އިރުވެސް ރާސިލް އެގޮތުގައި ފާހާނާ ދޮރުގައި ތެޅިއެވެ. އައިލީޝް މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ރާސިލް އޭނާގެ އަތުގައި ހިފާ ކުރިމައްޗަށް ވާގޮތަށް ބެހެއްޓިއެވެ.

“ބޭނުމީ މިހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ…” ރާސިލް ރުޅިއައިސް ރަތްވެފައި ހުރެ ބުނެލިއެވެ. ރާސިލް ގެ އަޑުގައިވި ނުރައްކާތެރި ގޮތުން އައިލީޝް އަށް ރާސިލް އާ ދިމާލަށް ބަލާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “ކީއްވެ ތަ ތި ފަހަތަށް ދަނީ… އާދޭ އަހަންނާއެކު ދާން އަންނާށޭ” ރާސިލް ހަޅެއްލަވައިގަތެވެ.

ވާހަކަ ނުދެއްކޭ ހާލު ހަދާނެ ގިތް ހުސްވެ އައިލީޝް އަށް ހުރުތަނަށް ގަނޑުވެވުނެވެ. އިތުރަށް އެންމެ ހަރަކާތެއްވެސް ކުރަން އޭނާ ނުކުޅެދުނެވެ. ހުއްޓުމެއްނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“ބޭނުމީ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ… އާދޭ އަހަރެންނާއެކު” ރާސިލް އައިލީޝް އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ބާޒީ 5 (ފަހުބައި)

Next

ރީތި ސޫރައެކޭ 3-

Next
March 31, 2018

ރީތި ސޫރައެކޭ 3-

Previews
March 31, 2018

ބާޒީ 5 (ފަހުބައި)

31 Comments!

  1. Shann says:
    March 31, 2018 at 9:40 pm

    Hama bala bala hutta thi up kohly

    1. Hi Mi says:
      April 1, 2018 at 10:22 am

      Hehe. Thanks shann. ?

  2. Axy says:
    March 31, 2018 at 9:40 pm

    Wow up kohlley dhw kiyaa laafa comment kuraanan ?

    1. Hi Mi says:
      April 1, 2018 at 10:23 am

      Thankyou axy.

  3. Hi Mi says:
    March 31, 2018 at 9:41 pm

    Salaam. Hurihaa kiyun theringe faraathun maafah edhen las v kamah takaa. Kuda kamakaa ulhen jehunima story las mi v. Ummeedhukuran maaf kuraanekamah. Mirey up vyas sunday ge bai In Sha Allah. Maadhan rey kiyaalan libeyne. ? Do comment ur views. ☺☺☺ kuree part ga kiyun theri aku ehi de vhk up kuraanu kon dhuvas thakeh ga hey. Story aamugotheh ga up vamun dhaani sunday tuesday and thursday ga. In Sha Allah. ?

  4. Nadha says:
    March 31, 2018 at 9:45 pm

    Vvv reethi. When is nxt prt?

    1. Hi Mi says:
      April 1, 2018 at 10:23 am

      Thankyou nadha. Next part mirey In Sha Allah. ???

  5. araash says:
    March 31, 2018 at 9:50 pm

    V salhi..Nxt prt kiya hithun hureveny eh noon..Nxt prt whn

    1. Hi Mi says:
      April 1, 2018 at 10:25 am

      Thanks araash. V ufaavehjje. In Sha Allah. Mirey up kohla dheynan. ?????

  6. maroon says:
    March 31, 2018 at 9:50 pm

    Hey love… v v reethi mibai…. poor dhaanish, past egen v beynun.. aileeeeee so sad for you. Zeesh, v dhera vejje hope u can get a better future. Maybe dhaanish ?
    Love, publish kureemey bunyma hama keiy madhuvefai huri varun avas avahah kiyaamily ?
    Waiting for next part. Heekuran rasil and ailee ekko talk koggen luieh libeyne kamah… rasil, u dnt need to punish ailee for something she ddnt do. Plz do listen to ur mom ge wise words ah
    Much love dear much love. ???

    1. Hi Mi says:
      April 1, 2018 at 10:27 am

      Hey dear maroon. V ufaavehjje thi comment fenifa. Dhaanish ge past dw. Madu madun ingemun dhaane ingey. Zeesh ves madun nuhure kerigen kurimathi laane nama dw. Raasil huree mihaaru meehaku dhey naseyhatheh adu ehey fadha haaletheh ga eh nun hen himi ah heevani. E ah vure rulhi gadha vefa. Hehe. Love u roon. ❤❤❤❤❤?????❤❤❤❤❤

  7. Shann says:
    March 31, 2018 at 10:02 pm

    V rythi mibaives… Ekam hi mi dhoonii haadha typing ga mistake eba ulhey… Dhen anna baehga ethan ethan rangalhu kohlahchey igey… Eyrah story ithurah furihama vegen dhaanekan yagyn… Next part v kiyaalaa hithun mihury

    1. Hi Mi says:
      April 1, 2018 at 10:28 am

      Alheyh. Sorry shann. Dhen faharakun rangalhu kureveythoa try kuraanan. Ingey. In Sha Allah. And thanks for ut comment. V ufaavehjje. ?????

  8. Fai says:
    March 31, 2018 at 10:06 pm

    HI MI U ARE BEST WRITER VVV REETHI KEEP IT UP ❤❤❤❤❤❤❤❤❤??????????????

    1. Hi Mi says:
      April 1, 2018 at 10:29 am

      Thanks fai. Means a lot to me. Vvv ufaavehjje. ❤❤❤❤❤❤?????????❤❤❤❤❤❤❤❤❤❤❤❤

  9. Hashaa says:
    March 31, 2018 at 10:10 pm

    Vvv reethi….

    1. Hi Mi says:
      April 1, 2018 at 10:30 am

      Thanks hashaa. Means a lot to me. Vvv ufaavehjje. ❤❤❤❤❤❤?????????❤❤❤❤❤❤❤❤❤❤❤❤

  10. click a shot ? says:
    March 31, 2018 at 10:27 pm

    Hey hi mi…mihaaru comment eh ves nukohlevey dhw….kudakoh busy vyma ingey….but vaahaka hama baraabarah kiyan…
    The story is great….I love it…n why is raasil doin that to aileesh…pure girl….n I would love to see dhaanish n zeesha as a couple…haha….this story is becoming more intresting…..hi mi u r the best….abadhuves beynunvani hi mi ge vaahakaeh kiya kiyaa hunan….hehe….your are reallly good at writing stories…u should publish story books…..surely I’ll buy…loves hi mi…next week ah fahu free vaane…mihaaru kudakohbusyvima kuru com eh kohli….take care ❤️❤️❤️?❤️??

  11. Pinky shifoo says:
    March 31, 2018 at 10:48 pm

    Wow ❤️❤️❤️… Maasha Allah mi part vx v v v reethi ???… Love it… ❤️❤️❤️… Feelings thah deliver kohdhinun hama obiness to the max ???… Keep up the good work Hi Mi ???… U are a great writer ???… N pinky ge guess hama correct dhw… From the beginning onwards I am telling that v heeveyey raasil ge dhontha akee ifsha henn ???… V interesting ingey mi story ??????… Next part kiyaalaahithun kehmadhuvefa mihaaru vx ??????… Curiously waiting for the next part… Lots of love and take care my favourite Hi Mi ???❤️❤️❤️????????????…

  12. Marie says:
    April 1, 2018 at 12:43 am

    ??Vrh reeethi story eh meee

    1. Hi Mi says:
      April 1, 2018 at 10:30 am

      Thanka mary. V ufaavehjje. ?????

  13. Aysh says:
    April 1, 2018 at 12:50 am

    MashaAllah v v reeti mibaives next part ge intizaaruga…..??????

    1. Hi Mi says:
      April 1, 2018 at 10:32 am

      Hehe. Thanks. Aysh. Vvv ufaavehjje. Next part mirey ingey. In Sha Allah. Inthixaar kohlahchey. ?????

  14. lotus says:
    April 1, 2018 at 6:03 am

    Alhey soooooo sad??? wats wrong with these two husbands wife ah aniyaa kuranee.. but wil raasil realy tel evrythin to ailee????

    1. Hi Mi says:
      April 1, 2018 at 10:34 am

      Thanks lotus. V ufaavehjje. Emeehun nah neyge vefa e thibi gothah hingaa dw dhen vaa gotheh balamaa hehe. Raasil ailee ah vaahaka thah kiyaaves dhi faane. Lets wait and see. ❤❤❤❤❤❤❤❤

  15. Blue beauty says:
    April 1, 2018 at 11:34 am

    Vvvvvv reethi mi part ves….dhen konirakun next part,?…..???????????❤❤❤?????

  16. Xaaaan says:
    April 1, 2018 at 12:46 pm

    Yeyyyyyy raasilge dhonthayah dhw ifsha v??? hellow himi dhooni mi part ves vvvv reetha masha allah????????waiting next part❤

  17. annoying reader says:
    April 1, 2018 at 5:32 pm

    varah reethi mi part ves. so ifsha rape kuri dhanish kamah ninma rasil ai revenge nagan dhw. waiting for the next part. i hate maniu zeesha divorce vefa dhanish aa gulhuni ma reethi vaane.

  18. ❤M.E? says:
    April 1, 2018 at 8:50 pm

    Hey …himi finally up kolly dhw!! Hehe kurin parts thank ah m.e hunnany ehen name akun comment koffa..!!! Hehe. Finally…..I hope dhen raasil and aileesh ahh thankolhehh hama jehi laigen ulheveyne kamah… Himi story varah salhi ..Ava’s up koddecche next part lots of love????❤

  19. ❤Kings anjel ? says:
    April 1, 2018 at 8:52 pm

    Salhi salhi vv lobi hope dhen ailee n raasil ahh hamajehilai gen ulheveyne kammah?❤

  20. Rose ? says:
    April 8, 2018 at 7:31 pm

    Kobaatha 10 /episode nukiye pls help me

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (10)←


All Right Reserved!