Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަނދިރިފަރާތް 31

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
April 2, 2018 6 Mins Read
24 Comments

އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ގެއަށް ދާއިރަށް ޑެލްޓާގެ ލެކްޗަރުފަތި އަހަރެންގެ ކަންފަތް ހިޞާރުކުރާނެކަން ހަމަ ޔަޤީނެވެ.

** **

އެޕާޓްމެންޓުގެ ދޮރު ހުޅުވައި އަހަރެން އެތެރެއަށް ދެމިގަތް ވަގުތު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ބިއްލޫރި މޭޒު ކައިރީގައި ރުޅިއައިސް ރަތްވެފައި އިން ޑެލްޓާއެވެ. ދަތްތައް ފެންނަވަރުގެ ހިނިތުންވުމެއް އޭނާއަށް ހަދިޔާކޮށްލަމުން އަހަރެން ދޮރު ލައްޕާލީމެވެ. ނަމަވެސް އެ މޫނުމަތިން ސަމާސާގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. އެ ދެލޮލުން ބުރަމުންދާ އަލިފާންކަނިތައް ހީވަނީ އަހަރެން ފިއްސާލަފާނެހެންނެވެ.

އަހަރެން ކަރުކެހެލީމެވެ. އޭނާ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ހަމަ އެއިން ގޮތަށް އިނީއެވެ. އަހަންނާ ދިމާއަށް ލޯއަޅާލައިގެންނެވެ.

“އޯ މައި ގޯޑް.. ހާދަ ވަރުބައްޔޭ. ގައިގަ ވެސް ވަރަށް ރިއްސާއެބަ. ދާންވީ އެނދުގަ ޖައްސާލަން..”

މޯޅިއަކަށް ދެމިލަމުން އަހަރެން އޭނާއަށް އަޑުއިވޭވަރަށް ވާހަކަދެއްކީމެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން އަހަރެން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތީމެވެ.

“ވެއާ ޑޫ ޔޫ ތިންކް ޔޫ އާރ ގޮއިންގް، މިސްޓާރ؟”

ޑެލްޓާގެ އަޑަށް އަހަންނަށް ހުރި ފިޔަވަޅުމަތީގައި ހުއްޓެމުން ދެލޯ މަރާލެވުނެވެ. ފުންނޭވައެއް ބޭރުކޮށްލުމަށްފަހު އަހަރެން އެނބުރި އައިސް އޭނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑިއަށް ވެއްޓިގަތީމެވެ.

“ލުކް. އަހަރެން އުޅުނީމޭ ދާން. އެކަމަކު އެ ބޮޑު ބުލީ، އުޒޭލް….”

އަހަރެން ދައްކަންފެށި ވާހަކަ ހުއްޓުމަކަށް އައީ އޭނާ އަތުގެ އިޝާރާތުން މަޑުކުރުމަށް އެންގުމުންނެވެ. އަހަރެން ގޮނޑީގައި ލެނގިލަމުން ހަރަންބަނދެލީމެވެ. އަހަރެންގެ ކަންތައް މި ދިޔައީއެވެ.

“ތި ކަހަލަ ކުދި އެކްސްކިއުޒް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން!”

ޝަހާދަތް އިނގިލި ހޫރަމުން ރުޅިވެރި ރާގަކަށް އޭނާ ވާހަކަދެއްކިއެވެ. އޭނާ ނުބުންޏަސް އަހަންނަށް ވެސް އަމިއްލަ މިސްޓޭކް ޤަބޫލުކުރެވެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެން އެ ގަޑީގައި އެތަނަށް ދާން ޖެހޭނެއެވެ.

“ސޮރީ..”

އަހަރެން ބުނެލީ އެހެންނެވެ. އިތުރު ވާހަކަދައްކައިގެން މައްސަލަ ބޮޑުކުރަން ބޭނުން ނުވާތީއެވެ.

“ސޮރީއޭ ބުނެގެން މިކަން ނިމޭނެތަ؟ އޭނ؟ އަހަންނަށް ހީވަނީ މި މިޝަންގައި ވޯކް ކުރަން އަރޫން ފިޓެއް ނޫންހެން.”

އޭނާ މޭޒުގައި ބާރަކަށް ޖަހާލުމަށްފަހު ވާހަކަދެއްކިއެވެ. އިވިގެން ދިޔަ ބާރު އަޑާއެކު އަހަންނަށް ހިނދުކޮޅަކަށް ދެލޯ މަރާލެވުނެވެ.

“ބޭނުން ޕަނިޝްމެންޓެއް އަހަންނަށް ދީ..”

އަހަރެން މަޑުމަޑުން ބުނެލީމެވެ. އޭނާ ތުންފިއްތާލިއެވެ. އެ މޫނުމައްޗަށް އެޅިފައިވާ މުށި ކުލައިގެ ކުދި އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަމުން އޭނާ ދަތްކުނޑިވިކާލިއެވެ. އޭނާ މިހާ ރުޅިއައިސްފައި ހުރިތަން އަހަރެން މި ދެކުނީ އަދި އަލަށެވެ.

“އާރިފް ސާރ އަށް ގުޅާފަ އަހަރެން ބުނާނަން އިތުރު އެޖެންޓެއް ފޮނުވާށޭ. ޔޫ ސަކް.”

އޭނާ އެހެން ބުނުމަށްފަހު ގޮނޑި ދުރުކޮށްލާފައި ބާރުބާރަށް ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ. އަހަންނަށް އެއް އަތުން ނިތްކުރީގައި ޖަހާލެވުނެވެ.

ހަމަ އަސްލުވެސް އޭނާ އެއުޅެނީ އަހަރެންގެ ބަދަލުގައި އެހެން އެޖެންޓެއް ގެންނަން ހެއްޔެވެ؟ އޭރުން އާރިފް ސާރ އަހަންނާ ދިމާއަށް ހާދަ ވަރަކަށް އެއްޗެހި ކިޔާނެއެވެ. ހަވާލުކުރި މިޝަންގެ މަސައްކަތް އަހަންނަށް ނުކުރެވުނު ވާހަކަ އެޖެންސީ ތެރޭގައި ފެތުރިއްޖެނަމަ ވެއްޓިގެންދާނީ އަހަރެންގެ އަގެވެ. އެހެން ހިތަށް އެރުމާއެކު އަހަރެންގެ މުޅި މޫޑު ސަކަރާތްވިއެވެ. ގޮނޑިން ތެދުވެގެން އަހަރެން ވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ފެންވަރާ ތާޒާވެލައިގެން އައިސް ލެޕްޓޮޕު ހުޅުވާލިއިރު ރޫޝިންގެ ދިހަ ވަރަކަށް ކޯލު މިސްވެފައި އިން ތަން ފެނުނެވެ. އެވަގުތު އަހަރެންގެ މޫނަށް ވެރިވީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ބޮޑުކަމެއް ދިމާނުވާނަމަ އޭނާ އަހަންނަށް އެހާ ވަރަކަށް ނުގުޅާނެކަން ހަމަ ޔަޤީނެވެ. އަވަސްއަވަސްކޮށްލާފައި އަހަރެން ވީޑިޔޯ ކޯލުގެ ޒަރިއްޔާއިން އޭނާއަށް ގުޅާލީމެވެ.

ރޫޝިންގެ ކަންބޮޑުވެފައިވާ މޫނު ސްކްރީނުން ފެނުމާއެކު އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ.

“އަރޫން…”

ތުރުތުރުލާ އަޑަކުން ރޫޝިން އެހެން ބުނުމާއެކު އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. އޭނާ ދޭން އެއުޅެނީ ވަރަށް ގޯސް ޚަބަރެކޭ އަހަރެންގެ ހިތަށް މިއަރަނީ ކީއްވެ ހެއްޔެވެ؟

“ކިހިނެއްވީ؟ ބުނެބަލަ!”

އަހަންނަށް އެހެން އަހާލެވުނީ ވަރަށް ބާރަށެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުންނެވެ.

“އަރޫން.. އަހަރެން މި ކިޔާ އެއްޗެއް ވަރަށް ހަމަޖެހިގެން އިނދެ އަޑުއަހާތި އިނގޭ..” ރޫޝިން ބުނެލިއެވެ. އޭނާ އެއުޅޭގޮތަކުން އަހަންނަށް ހަމަޖެހެވޭނެ ހެއްޔެވެ؟

“ޖަސްޓް ޓެލް މީ!”

އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ ވެސް މިހާރު އަހަރެންގެ ހިތް ނުތަޅުވާ އެ ވާހަކައެއް ބުނަންވެއްޖެއެއް ނޫން ހެއްޔެވެ؟

“ރައިނާ..”

އޭނާ ރައިނާގެ ނަން ބުނުމާއެކު ތެޅެމުން ދިޔަ އަހަރެންގެ ހިތް ވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނުހެން ހީވިއެވެ. އޭނާ ބުނަން އެއުޅޭ އެއްޗެއް އަހަންނަށް އެބަ ފަހުމްވެއެވެ.

“ރައިނާ ގޮޓް ކިޑްނެޕްޑް..”

ރޫޝިން އެހެން ބުނުމާއެކު އަހަރެންނަށް ދެއަތް މުއްކަވާލެވުނެވެ. ކުޑަކުޑަ ރައިނާއަށް އެހެން ހެދި މީހަކު އަހަރެންގެ މި ދެއަތުން މަރާލާނަމެވެ. އެ މައުސޫމް ކުއްޖާގެ އެއްވެސް ކުށެއް މިކަމުގައި އެބަ އޮތް ހެއްޔެވެ؟

އަހަރެން ދެލޯ މަރާލަމުން ދެތިން ނޭވައި ބޭރުކޮށްލީ އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިގަނޑު ފިނިވޭތޯއެވެ. ކުޑަކޮށް ހަމައަކަށް އެޅުމުން އަހަރެން ދެލޯ ހުޅުވައި އަނެއްކާވެސް ރޫޝިންއާ ވާހަކަދައްކަން ފެށީމެވެ.

“ކޮންއިރަކު؟”

އަހަރެން އޭނާ ގާތު އަހާލީމެވެ.

“ހެނދުނު..”

ރޫޝިންގެ ޖަވާބު އައެވެ.

“މާޒް ކޮބާ؟ ކޮބާ އޭނާގެ ހާލަކީ؟”

އަހަރެންނަށް އަހާލެވުނެވެ. މާޒް ރައިނާ ދެކެ ވާލޯބި އަހަންނަށް އޮޅިފަކާ ނެތެވެ. ހުރި ހަމައެކަނި ދަރިފުޅު ނުރައްކަލަށް ހުށައެޅުނީ އޭނާއާ ހެދިކަން އެނގޭއިރު އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރާނެވަރު އަހަންނަށް އަންދާޒާކޮށްލެވުނެވެ.

“ހުރީ ވަރަށް ދެރަވެފަ. ސާޗްކުރަން ނިކުތް ޓީމާއެކު އޭނާ ވެސް ދިޔައީ.. މިކޮޅުގެ އައިޓީ ޓީމުން ވެސް އެބަ ވަރަށް މަސައްކަތްކުރެ ރައި ހޯދަން.. އެކަމަކު އަދިވެސް ނުފެނޭ..”

ރޫޝިން ކިޔައިދިނެވެ.

“މިސްޓާރ ޒެޑްގެ މީހުން ދޯ ރައި ގެންދިޔައީ؟”

އަހަރެން އަހާލީމެވެ.

“އެހެން ކަމަށް ލަފާކުރެވެނީ.. ވީގޮތް އަސްލު ބުނަންތަ؟ މާޒް ގެނައީ ރައިނާ ބޭބީސިޓްކުރަން ނެނީއެއް. ރައި ގޮވައިގެން މި ފިލީ އެމީހާ.. ހީވަނީ އެއީ މިސްޓާރ ޒެޑްގެ ސްޕައިއެއް ހެން.”

ރޫޝިން އެ ބުނި އެއްޗަކުން އަނެއްކާވެސް އަހަރެންގެ ލޭ ހޫނުވާން ފެށިއެވެ. ހަމަ މިހާރުން މިހާރަށް ރާއްޖެ ގޮސް ރައިނާ ހޯދުމުގައި ބައިވެރިވާން އަހަރެން ބޭނުންވިއެވެ.

“އަހަރެން ބޭނުން ތިކޮޅަށް ދާން.”

އަހަރެން ރޫޝިން ގާތު ބުނީމެވެ.

“ނޫން. އަރޫން އައީމަ ތިކޮޅުގެ މިޝަންއޯ؟ ބައިވަރު މީހުން އެބަ ހަރަކާތްތެރިވެއޭ ރައިނާ ހޯދަން .”

ރޫޝިން ވަގުތުން އަހަރެންގެ ނިންމުމަށް ދެކޮޅު ހެދިއެވެ. އަހަރެން މޫނު ކުނިކޮށްލީމެވެ. ދެންމެ ހާއިރަކު ޑެލްޓާ އަހަންނާ ދިމާއަށް ކީ އެއްޗެހި ހަނދާނަށް އައުމުންނެވެ.

“ކީއްކުރަން އަހަރެން އިތުރަށް މިކޮޅުގައި ހުންނަންވީކީ؟ އެ ޑެލްޓާ ބުނެފި އަހަންނަކީ މި މިޝަންއަށް ‘ފިޓް’ މީހެއް ނޫނޯ..”

އަހަރެން ފޫހިގޮތަކަށް ބުނެލީމެވެ. އެއާއެކު ރޫޝިންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ.

“އެޔޯ؟”

އޭނާ ޝަޢުޤުވެރިކަމާއެކު އަހާލިއެވެ.

“އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީ.. އަދި އަހަންނާ ދިމާއަށް ބުނީ ‘ޔޫ ސަކް’ އޯ!”

އަހަރެން އެހެން ބުނުމާއެކު ރޫޝިން ފެށީ ހޭށެވެ. އަހަރެން ދެބުމަ ގޮށްޖަހާލަމުން ހަރަންބަނދެލީމެވެ.

“ހޭންތަ ވީ؟”

އަހަރެން ރުޅިވެރި ރާގަކަށް އަހާލީމެވެ.

“ސޮރީ.. ސޮރީ.. އަރޫން އެހެން ބުނި ގޮތުން ހެވުނީ..”

ރޫޝިން އޭނާގެ ހިނިގަނޑު މަތަކުރަމުން ބުނެލިއެވެ.

“އަހަރެން ބޭނުން ތިކޮޅަށް ދާން.. އަހަރެން މި މިޝަންއަށް ފިޓު ނޫނިއްޔާ ކީއްކުރަން ހުންނަންވީކީ؟ ޝިން އަންނަންވީނު މިކޮޅަށް އަހަރެންގެ ބަދަލުގަ..”

އަހަރެން ބުނެލީމެވެ. އެއާއެކު އޭނާގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ.

“ހަމައަސްލުވެސްތަ؟ އަހަރެން ވެސް ތި ޑެލްޓާއެއް ދެކެން ބޭނުމޭ. އެކަމަކު ސާރ އަހަންނެއް ނުފޮނުވާނެ.”

އޭނާ ބުނެލިއެވެ. އަހަރެން އޭނާ އެ ބުނި އެއްޗަކަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ. މި ކަހަލަ ބޮޑު މިޝަން އަކަށް ރޫޝިން ފޮނުވާނެހެނެއް އަހަންނަކަށް ވެސް ހިޔެއް ނުވެއެވެ.

“އޭ.. ދެން ބޭއްވީ އިނގޭ.. ބައިވަރު މަސައްކަތް އެބަހުރި.. ރައިނާގެ ހަބަރެއް ވާއިރަށް އަންގާލާނަން..”

ރޫޝިން އެހެން ބުނުމާއެކު އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. އޭނާ ކޯލް ކަނޑާލުމާއެކު އަހަރެން އެނދުމައްޗަށް އުއްޑުން ވެއްޓިގަތީމެވެ.

ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އޮވެ އަހަރެން ވިސްނަމުން ގެންދިޔައީމެވެ. މިސްޓާރ ޒެޑްގެ މީހުން ރައިނާ ގެންދިއުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރައިނާ ގެންގޮސްގެން އެމީހުންނަށް ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭރުވެސް މިސްޓާރ ޒެޑްއަށް މަސައްކަތްކުރާ މީހާ ރައިނާއަށް ޗޮކްލެޓުދީ ސުވާލުކޮށް ހެދުމުން އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. މާޒް ވެސް އޭރު ބޭނުންވީ މި ކަންތައް ސިއްރުކުރަން ވިއްޔާއެވެ. ސިއްރުކުރީމާ ވީގޮތް ނިކަން ދެކިބަލާށެވެ.

ރައިނާއަށް އެމީހުން ކަމެއް ނުކުރާނެބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެ މައުސޫމް ކުއްޖާއަށް ކަމެއް ވެއްޖެ ނަމަ އަހަންނަށް ކުށްވެރި ކުރެވޭނީ އަމިއްލަ ނަފްސެވެ. މާޒް އެހެން ބުންޏަސް އަހަރެން އެކަންތައް ސިއްރު ނުކޮށް އާރިފް ސާރއަށް ރިޕޯޓްކުރި ނަމަ މިހެން ނުވީހެވެ. ދެލޯ މަރާލަމުން އަހަރެން ރައިނާ ހެޔޮހާލުގައި ލެއްވުމަށްއެދި ހިތާހިތުން ދުޢާކޮށްލީމެވެ.

** **

ރޫޝިންގެ ނަޒަރުން:

އަރޫންއާ ވާހަކަދެއްކުމަށްފަހު ލެޕްޓޮޕު ލައްޕާލިއިރު އަހަރެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމެވެ. ކަންބޮޑުވުމެވެ. އަހަންނަށް މާޒްގެ ދަރިފުޅު ފެނުނީ އެންމެ ދުވަހަކުއެވެ. އެންމެ ފަހަރަކުއެވެ. ނަމަވެސް އެ ކުއްޖާ ވަނީ އަހަރެންގެ ހިތުން ޚާއްސަ މަޤާމެއް ހޯދާފައެވެ.

އަހަރެން ކުޑަކުދިން ދެކެ ކިތަންމެ ފޫހިވާކަމަށް ހެދިގެން އުޅުކަމުގައި ވިޔަސް އެއީކީ އަސްލު ހަޤީޤަތެއް ނޫނެވެ. ކުޑަ ކުއްޖެއް ފެންނައިރަށް އަހަރެންގެ މާޒީ ހަނދާންވާތީ ހިތަށް އުނދަގޫވަނީއެވެ. ކުޑަކުދިންނާ ވާހަކަދައްކާ ހަދާ ހިތް ނުވަނީ އެހެންވެއެވެ. އެ ކަޅު މާޒީ އަކީ ދުވަހަކުވެސް އަހަރެން ހަނދާންކުރަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ.

އަހަރެންނަށް ސިހިފައި ޚިޔާލުތަކުން ބޭރުވެވުނީ ކޮންމެވެސް މީހަކު އައިސް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ހަމަޖެހިލަމުން އެނބުރި ބަލާލިއިރު ރާޔާއެވެ. އެއްކަލަ ފޮނިކަނޑާ ދައިތައެވެ. އޭނާ ފެންނައިރަށް އޭނާއާ ބެހިލާ ޖެއްސުންކޮށްލާ ހިތް ވަނީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާ ވެސް އަހަންނާ ވަރަށް ޒުވާބުކުރާ ހިތްވާނެއެވެ .

“ނިންމައިފިންތަ ހަވާލުކުރި ކަންތައް؟”

އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބޮޑުމީހެއްހެން އޭނާ ސުވާލުކޮށްލިއެވެ. މާ ބޮޑުވެލައިގެން އެއުޅެނީ ކުރުކުރު ކުޑަކުޑަ މީހެކެވެ. އަހަރެން އޭނާއަށް ފުންކޮށް ބަލާލީމެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ގަމީސްކޮޅާއެކު މަޑު ނޫކުލައިގެ ޖީންސެއް ލާފައި ވީއިރު އޭނާއާ ނުހަނު ގުޅެއެވެ. ކޮނޑާހަމައަށް އަރާ އެ ފަން އިސްތަށިކޮޅު ވަނީ އާދައިގެމަތިން ދެފަރާތައް ވާގޮތަށް އައްސާފައެވެ. ލޮލުގައި ނަންބަރު އައިނެއް އަޅާލާފައި ވީއިރު އެ ވަށް، ދޮން މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

“ކޯއްޗެއް ތި ބަލަނީ؟ އަދި ނުވެސް ފަށަންދޯ ހަވާލުކުރި ކަންތަކެއް؟”

އޭނާ ވާހަކަދެއްކިއެވެ. އިރުކޮޅެއް ކުރިން އޭނާ މޭޒުމަތީގައި ބާއްވާފައި ދިޔަ ޔޫއެސްބީ ޑްރައިވް އަދިވެސް އެއޮތީ އޮތް ތަނުގައެވެ. އެ ޔޫއެސްބީ ޑްރައިވް ނަގައި އޭނާ އަހަންނަށް ދައްކާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“ސާބަހޭ! އަހަންނަށްވެސް ވާވަރުން ދޯ ވާނީ.”

ރާޔާ އަތުގައި އޮތް ޔޫއެސްބީ ޖަހައިގަންނަމުން އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ ތުން އަނބުރާލިއެވެ. މިނެޓަކު އެއްފަހަރު އެ ތުންގަނޑު ނުއަނބުރައިފިއްޔާ އޭނާ މަރުވަނީ ތޯއްޗެވެ. އަބަދުވެސް ހުންނާނީ ތުންދަމާފައެވެ. ތުންގަނޑު އަނބުރާލަ އަނބުރާލައެވެ.

“އާރިފް ސާރ ގާތު ބުނާނަން ކަންނެތް ވެގެން އުޅޭ ވާހަކަ.”

ރާޔާ އެހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް އަހަރެން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި ދަމައި މިކޮޅަށް ގެނައީމެވެ.

“އަރޫން ގުޅީމައޭ ތިކަން ނުވީ..”

އަހަރެން ތެދުތެދަށް ބުނެލީމެވެ. އެއާއެކު އޭނާގެ މޫނުމަތީގައިވާ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. މިހާރު ކުރިން ފެނުނު ރުޅިވެރިކަމުގެ ބަދަލުގައި އެ މޫނުމަތިން ފެންނަނީ ޝަޢުޤުވެރިކަމެވެ. އަރޫންގެ ކަންތަކަށް އޭނާ ހާދަ ފޯރިއެއް އެބަ ހުރެއޭ އަހަރެންގެ ހިތަށްއެރިއެވެ. އަރޫން ވެސް އޭނާއާ ހެދި އެހާ ފޯރި ހުރޭ ވިއްޔާއެވެ.

“އަސްލުތަ؟ ކީކޯ ބުނީ؟ ރައިނާ ގެއްލުނު ވާހަކަ ބުނިންތަ؟ ވަރަށް ކަންބޮޑުވެފަތަ ހުރީ؟”

އަހަރެންގެ މޫނަށް ބަލާލަމުން އޭނާ ސުވާލުތައް އަމުނާލިއެވެ. އަހަރެން ގޮނޑީގައި ލެނގިލަމުން ދެއަތް އުރާލީމެވެ.

“ހުމްމް.. ކަންބޮޑުވެފަ ހުރީ.. ކަންބޮޑުވާނެތާ..”

އަހަރެން ބުނެލީމެވެ.

“އަޅެ، ކީއްވެތަ އަރޫން ގުޅީމަ އަހަންނަށް ނުގޮވީ؟”

ރާޔާ އަނެއްކާވެސް ތުންއަނބުރާލާފައި އަހާލިއެވެ.

“ހަމަ އެހާ ވާހަކަދައްކާ ހިތްވޭތަ އަރޫންއާ؟”

އަހަރެން ބުމަ އަރުވާލަމުން އަހާލީމެވެ. އޭނާ އަހަންނާ ދިމާއަށް ލޯއަޅާލިއެވެ.

“ހަމަގައިމުވެސް ތި މީހާއަށްވުރެ ބޮޑަށް އޭނައާ ވާހަކަދައްކާ ހިތްވޭ.. ތީ މީހަކަށް ވާހަކަދެއްކޭވަރުގެ އިންސާނެއްތަ؟”

އެހެން ބުނެ ތުންއަނބުރާލާފައި އޭނާ ދުރަށް ދާން ހިނގައިގަތެވެ. ފޮނި ދައިތައެކެވެ. ހަމަ އަހަންނާ ދިމާއަށް އެއްޗެކޭ ބުނެނުލާ އެހިތަށް ހަމަޖެހުން ނުލިބެނީ ހެއްޔެވެ؟

“ހަވާލުކުރި ކަންތައް ނިންމަން އުޅޭ!”

ތަންކޮޅަކަށް ގޮސް ފަހަތް ބަލާލާފައި އޭނާ ގޮވާލިއެވެ. އަހަންނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. އަތުގައި އޮތް ޔޫއެސްބީ ލެޕްޓޮޕަށް ޖަހައި އަހަރެން އޭގައި ހުރި އެއްޗެއް ބަލަން ފެށީމެވެ.

** **

އަރޫންގެ ނަޒަރުން:

އަހަންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ ޑެލްޓާ ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި އޭނާ ހުއްޓެވެ. ދެއަތް އުރާލައިގެން އަހަންނާ ދިމާއަށް ނުރައްކާތެރި ގޮތަކަށް ބަލަހައްޓައިގެންނެވެ.

“އާދެބަލަ. އެއްކަލަ މީހާއާ ސުވާލުކުރަން..”

އޭނާ އެހެން ބުނުމަށްފަހު ހިނގައިގަތެވެ. އަހަރެންވެސް އިތުރު ސުވާލެއް ނުކޮށް އޭނާގެ ފަހަތުން ދިއައީމެވެ.

އެ އެޕާޓްމެންޓްގައި ހުރި އިތުރު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އޭނާ އެތެރެއަށް ވަނެވެ. އަހަރެންވެސް އާފުރެމުން އޭނާގެ ފަހަތުން އެތަނަށް ވަނީމެވެ. ލައިޓު ޖައްސާލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ކޮޓަރީގެ އެނދުގައި ބަނދެފައި ބާއްވާފައި އޮތް އެއްކަލަ މީހާއެވެ. ޑެލްޓާ ހިނގާފައި ގޮސް އެމީހާގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑު މޮހާލިއެވެ. ބިރުވެރިކަން އެކުލެވޭ ދެލޮލުން އެމީހާ އެއްފަހަރު އަހަންނަށް އަދި އަނެއް ފަހަރު ޑެލްޓާއަށް ބަލަމުން ގެންދިޔައެވެ.

“ލުކް މިސްޓާރ.. އަހަރެމެންނަށްވެސް އަދި ކަލެއަށްވެސް ރަނގަޅުވާނީ ކަލޭ ހުރިހާ އެއްޗެއް އަހަރެމެންނަށް ކިޔައިދިނީމާ..”

ޑެލްޓާ ހަރުކަށި ގޮތަކަށް ވާހަކަދެއްކިއެވެ. އަހަރެން ހީކުރިގޮތާ ޚިލާފަށް އެއްކަލަ މީހާ މަޑުމަޑުން ބޯޖަހާލިއެވެ.

“ކަންތައް ވީގޮތް އަހަރެމެންނަށް ރީތިކޮށް ކިޔައިދީ!”

ޑެލްޓާ އެހެން ބުނުމާއެކު އޭނާ އަތްފައި މޮހެވޭތޯ ތެޅިފޮޅެން ފެށިއެވެ. އެއާއެކު އަހަރެން ބަލާލީ ޑެލްޓާގެ މޫނަށެވެ. އޭނާ ބޯ ޖަހާލުމާއެކު އަހަރެން ގޮސް އެމީހާގެ އަތުގައި އައްސާފައިވާ ވާތައް މޮހާލީމެވެ. އެވަގުތު އެމީހާ އަވަސްއަވަހަށް އަތުން އިޝާރާތްތަކެއް ކުރަން ފެށުމުން އަހަންނަށް އަނެއްކާވެސް ބަލާލެވުނީ ޑެލްޓާގެ މޫނަށެވެ. މިއޮއް ހުރިހާ އިރަކު އެމީހާއަށް ވާހަކަނުދެއްކިގެން އުޅުނު ސަބަބަކީ މިއީ ހެއްޔެވެ؟ އެއީ ވާހަކަނުދެއްކޭ މީހެއް ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޖާހާ

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް

Next
April 2, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (11) ސްޕެޝަލް

Previews
April 2, 2018

ޖާހާ

24 Comments!

  1. Rash says:
    April 2, 2018 at 11:04 pm

    Rash knme faharaku CMT nukuriyas hurihaa part eh kiyan… Masha Allah v rythi vaahaka eh… Keep it up Lisa❤❤

    1. Liaa says:
      April 4, 2018 at 8:46 pm

      Thank u dear. Ummeedhu kuran Rash ge ithuru comments fenigen dhaane kamah ingey 🙂
      And dear. Lisa eh noon Liaa ingeyy <3

  2. IShan says:
    April 2, 2018 at 11:10 pm

    V v v reethi ! But kuru v

    1. Liaa says:
      April 3, 2018 at 12:15 pm

      Thank u Ishan 🙂

  3. Yaakko says:
    April 3, 2018 at 12:46 am

    V salhi…next part thankolheh dhigukon genesdhehchey…
    ☺

    1. Liaa says:
      April 3, 2018 at 12:15 pm

      Thank u. balaanan dhigu kolleveytho

  4. Hana says:
    April 3, 2018 at 7:00 am

    Masha aallah mikahla ge reethi story eh adhi mikiyaalevuniu??❤

    1. Liaa says:
      April 3, 2018 at 12:16 pm

      Shukuru Hana <3

  5. Rishy says:
    April 3, 2018 at 12:25 pm

    Maagina meehun ge nazarun genasdheythee olhey kiyaairu…. genasdhey ekaku ge nazarun genesdhee. .. But story ?vvvvvvvvvvvvvvvvvv reethi

  6. Liaa says:
    April 3, 2018 at 12:25 pm

    Hii guys, Internet massala eh dhimaa vegen v haalun reyga mi up kollevunii.. ehenve comment ves koh nulevifa innaanee.. 🙁
    Anyway, Ummeedhukuran mi bai ves kamudhaane kamah. And I have something to ask u. This story is not that Lovy dovy dhw.. Do u want me to add more romance or do u prefer more action? 😉
    Loves! <3

  7. IShan says:
    April 3, 2018 at 12:53 pm

    More action! Less romance

    1. Liaa says:
      April 4, 2018 at 12:00 pm

      Okays 🙂

  8. ASH CHUM says:
    April 3, 2018 at 2:39 pm

    Varah salhi

    1. Liaa says:
      April 4, 2018 at 12:01 pm

      Thanksee <3

  9. Allison says:
    April 3, 2018 at 5:58 pm

    Romance and action both sounds great. n i am really impressed with your story writing skills Liaa.. eagerly waiting for the next episode.

    1. Liaa says:
      April 4, 2018 at 12:01 pm

      Thanyousomuch <3 🙂

  10. Yaakko says:
    April 4, 2018 at 12:16 am

    Both action and romance?

    1. Liaa says:
      April 4, 2018 at 12:02 pm

      yeah there will be both. 🙂

  11. Sarey says:
    April 4, 2018 at 9:22 am

    V nice..romance need..

    1. Liaa says:
      April 4, 2018 at 12:04 pm

      Will include romance but not too much 🙂

  12. IShan says:
    April 4, 2018 at 6:45 pm

    Yea less romance ey bunee story akee mission eh ga ulhey kahala story eh v ma . Romance bai bodu v ma hadi ve dhaane thee

    1. Liaa says:
      April 4, 2018 at 7:27 pm

      I know dear. Thats what I want in this story too 🙂

  13. ren says:
    April 4, 2018 at 7:33 pm

    Nxt prt whn?v salhi stry

    1. Liaa says:
      April 4, 2018 at 8:45 pm

      Mirey 🙂

Comments are closed.

Next Episodeއަނދިރިފަރާތް 32←


All Right Reserved!