Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (22)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 27, 2018 5 Mins Read
21 Comments

“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ބޭބެ އޭ ކިޔަން ލަދެއް ނުގަނޭތަ؟” އިޒިކް އިއްވާލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ ވެސް ދެ ބުމަ ގޮށްޖަހާލީ އިޒިކް ގެ ވާހަކަ ދެއްކުން ހުރި ގޮތުންނެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނާ ހިޔާލެއް އެ އަންހެން ކުއްޖާ ނުކުރިއެވެ. އޭނާ ލޮލުގައި އަޅާފައިވާ އަވިއައިނު ރަނގަޅު ކޮށްލަމުން ދުރު ބަލަން ފެށިއެވެ. އިޒިކް ވެސް ރުޅިވެރި މޫނަކާއެކު ދުރަށް ހިނގައިގަތެވެ.


އަންޖުމް ވެއްޓުމާއެކު ރާސިލް އަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. ހަމަޖެހިމުގެ ނޭވާއެއްލެވުނީ ތެދުވެ އަންޖުމް ހޭން ފެށުމުންނެވެ.

ރާސިލް ވެސް ދެފާރަތަށް ބޯ ހޫރާލަމުން އަންޖުމް ގޮވައިގެން ސިޑިން އަރައިގެން ދިޔައެވެ.


ޓްރޯލީ ދުއްވަމުން އައި ރާއިދާ ހިޔާގަނޑެއްގައި މަޑުކޮއްލިއެވެ. އަދި ފޯނާ ކުޅެން ފެށިއެވެ. ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައި ވާހެން އޭނާ ގެ މޫނުމަތިން ހާމަވޭވޭ ހުއްޓެވެ. އެހެން ހުއްޓާ ދުރުން އަންނަ މާނިއު ފެނުމާއެކު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. “ކިހިނެތްވީ ހިފެއްޓީ… ކީކޯ ބުނީ؟” ރާއިދާ ހާސްކަމާ އެކު ސުވާލުކޮށްލީ މާނިއު އައިސް ގާތަށް ހުއްޓިލުމުންނެވެ. “ނޭނގޭ. މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގަޔޯ… ހަހަ” މާނިއު ނުލަފާ ވައްތަރަކަށް ހީގަތެވެ. ރާއިދާވެސް އެއްމިޔަކުން ހީލިއެވެ.

އަދި ފެރީތަކާ ދިމާލަށް ދެމީހުން މިސްރާބުޖެހިއެވެ.

އިޒިކް ވެސް އެރައިވަލް ގޭޓާ ދިމާލުގައި މަޑުކޮށްލީ އޭނާގެ އެކުވެރިއެއްކަމަށް ވާ މައިކް މިމަހު ހޮސްޕިޓަލް ގައި ބާއްވާ ހާއްސަ ސިއްހީ ކޮންފަރެންސަކާ ދިމާކޮށްފައި ރާއްޖެ އަންނަން ނިންމުމާ ގުޅިގެން އޭނާ ރިސީވް ކުރުމަށެވެ. މައިކް ފެނުމުން އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ.

“ހަލޯ ޑޮކްޓަރ މައިކް” އިޒިކް މައިކް އާ ސަލާމް ކޮށްލިއެވެ.


ރާސިލް އާދައިގެ މަތިން ގެއިން ނުކުތީ އަށެއްޖެހުމުގެ ބައިގަޑިއުރު އަވަހަށެވެ. އެއީ އޭނާގެ ކޮންމެ ދުވަހަކުވެސް އާދައެވެ. އޮފީހަށް ދިޔުމުގެ ކުރިން އޭނާ ދާނީ އައިލީޝް ގެ ހަބަރެއް ބަލާލާފައެވެ. އެއީ ފަނަރަމިނިޓް އަށް ވިޔަސް ހެވެ. އޮފީސް ފެށޭގަޑިއަކީ އަށްގަޑި ބަޔެވެ. އޭނާ ގެ މިސްރާބުހުރީ ކާރާ ދިމާލަށެވެ. ހުއްޓުން އެރީ އަންޖުމް ގެ އަޑަށެވެ. “ޑެޑީ ކޮންތާކަށް ކޮއްކޮ ދާނަން” ދުވަމުން އައި އަންޖުމް އަށް ބަލާލަމުން ރާސިލް މަޑުކޮށްލިއެވެ. އަދި އަންޖުމް އަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ. “ޑެޑީ… މިއަންނަނީ އޭ އޮފީހަށް ގޮސްފަ އިނގޭ… އަންނަން ވާއިރަށް ވަރަށް ބަސްއަހައިގެން ކިޔަވާތި އިނގޭ… ޑެޑީ ލަސްވެދާނެ… އެކަމަކު ސްކޫލަށް ވެސް ދާތި އިނގޭ… ޑެޑީ ނުދަންޏާ އޮފީހުގެ ކަންތަށް ތަށް ވެސް ނުނިންމޭނެއެއްނު ދޯ” މި ދެދުވަހަކު އަންޖުމް ހަމަ އެއްގޮތަކަށް ރާސިލް ފަހަތުން ނުނައްޓައެވެ.

ނިދިފައި ހޭލެވުނު ދާނިޝް އޭނާގެ އެއްފަރާތުގައި ނިދިފައި އޮތް ޒީޝާ އަށް ބަލާލިއެވެ. އޭނާ ޒީޝާގެ މޫނުމަށްޗަށް ވެރިފައިވާ އިސްތަށިތަށް ރީތިކޮއްލަމުން ޒީޝާ ނަގާ ހިޔާލު ނުކުރީ ރޭގަނޑު ހޮސްޕިޓަލް ގައި އުޅުނީތީއެވެ. ނިތުގައި ބޮސްދެމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުތް އިރު ޒީޝާ އެނދުގައި އިށީދެގެން އިނެވެ. އޭރުވެސް އޭނާ އިނީ ލޯމެރި ނުމެރޭހާލުގައެވެ. ނިދިއައިސްފައިވާ އަސަރުތަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ނުވެސް ގޮވާލާ ދާން…” އާފުރެމުން ޒީޝާ އަށް ބުނެވުނެވެ. އަދި ކަންނެއްކަމާއެކު ލޯ ހުޅުވާލަމުން އޭނާ ދާނިޝް ގާތަށް އައެވެ. އަދި އަލަމާރީގައި އިސްތިރިކޮއްފައި ހުރި އެއްޗެއް ވެސް ހުންނާނޭ ހެނެތް ހިޔެއް ނުވެޔޭ ބުނެ ގޮސް ދޮރުފަތް ހުޅުވާލިއެވެ. އެހެންނަމަވެސް ނަސީބަކުން އެއް ގަމީސް އިނެވެ. އޭނާ އެ ގަމީސް ނަގަމުން އައިސް ދާނިޝް ގާތު ހުރި ގޮނޑީގައި އަޅުވާލިއެވެ. އަދި ފާހާނާއަށް ވަނެވެ. ޒީޝާ ނުކުތުމާއެކު ދާނިޝް ޒީޝާ ގާތު އެދުނީ ނިދާލުމަށެވެ. އެހެންނަމަވެސް ޒީޝާ ދެފަރާތަށް ބޯ ހޫރާލަމުން ނިދާނީ ދާނިޝް ދިޔައީމާ ކަމަށް ބުންޏެވެ.

“މިއަދު ނުދާ ދުވަހަކީތަ؟” ދާނިޝް އަހާލިއެވެ. “ހުމް އައިޝާ ކައިރީގަ ބުނީމޭ މިއަދު ނުދެވޭނޭ… އެކަމު ދެން މިއަދު އެކުދިން ހުރިހާ ކަމެއް ނިންމާނޭ…” ޒީޝާ ބުނެލިއެވެ. ޒީޝާ އަކީ އެންޖީ އޯ އެއް ހިންގާ މީހެކެވެ. އަންހެނުންނާ ކުޑަކުދިން އަދި އަނިޔާ ލިބޭ އެންމެހާ ފަރާތް ތަކުގެ ހައްގު ހޯދައިދިނުމަށް ހިލޭ ހިންގާ އެ ޖަމާއަތުން ދަނީ ކައުން ސެލިން އާއި އެފަދަ ފަރާތް ތަކަށް ބޭނުންވާނޭ އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ. ކުރިން އަނިޔާ ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން ހިތްވަރު ލިބި އޭނާ ދަނީ އޭނާގެ ހަޔާތުގެ ވާހަކަތަށް ވެސް ހިއްސާކުރަމުންނެވެ. އޭނާ ކަހަލަ އަނގައިން ބަހެއް ބުނަން ނުކެރޭ އަންހެން ކުއްޖަކު ކާމިޔާބު މީހަކަށް ވި ދަތުރު އިބްރަތެއްގެ ގޮތުގައި އެތަކެއް ބަޔަކަށް ދަނީ ކިޔައިދެމުންނެވެ. އެ ވާހަކަތަކުން އެތަށް ބަޔަކު ހިތްވަރު ނެރެމުން ދިޔައެވެ.

ހަތަރު އަހަރު ތެރޭގައި ޒީޝާ އާއި ދާނިޝް ގެ ކައިވެނިވެސް ކުރެވިގެން ދިޔައީ ކުއްލި ގޮތަކަށެވެ. އައިލީޝް ކޯމާއަށް ދިޔަތާ މާ ގިނަ ދުވަހެއް ނުވެ ޒީޝާ ދާނޭ ތަނެއް ވެސް ނެތުމާ އެކުއެކީ ޒީޝާ އާއި ދާނިޝް އަށް ވެސް އެކަކު އަނެކަކު ކަމުދިޔައީތީ ދެފަރާތުގެ ކައިވެނިވެސް ކުރެވިގެން ދިޔައީއެވެ. އެކައިވެންޏަކީ ކުއްލިއަކަށް ކުރެވުނު ކައިވެންޏަކަށް ވިޔަސް މިހާތަކަށް ވެސް ހުރިހާ ކަމެއްވެސް ދަނީ ވަރަށް އަމާން އޮމާން ކަމާއެކީގައެވެ. އެ ދުވަހަށް ފަހު އެކަކު އަނެކަކު ގެ ކިބައިން ހިތްވަރު ލިބި ދެމީހުން ވެސް ދިރިއުޅުމައިގެން ކުރިއަށް ދަނީއެވެ.

ދިމާވި ގޮތުން ދެމީހުން ކުރެ އެކަކަށްވެސް ދިރުއުޅުމައިގެން ކުރިއަށް ދާން ފަސޭހަކަމަކަށް ނުވިއެވެ. ޒީޝާ އަށް ފިރިހެނުންނަށް އިތުބާރު ކުރަން އުނދަގޫ ވިނަމަވެސް މި ހަތަރު އަހަރު ތެރޭގައ ދާނިޝް ވަނީ ޒީޝާގެ އިތުބާރު ހޯދާފައެވެ. އިފްޝާ ނޫން އެހެން އަންހެން ކުއްޖަކު ދެކެ ލޯބި ވުމަކީ އޭނާ އަށް ނުކުރެވޭނޭ ކަމެއް ކަމަށް ހީކޮށް ހުއްޓާ އޭނާ އަށް ވެސް ނޭނގި ޒީޝާ އެ ހިތުން ޖާގައެއްހޯދީއެވެ. އަދިވެސް އެ ހިތުގައި އިފްޝާ އަށް ޓަކައި ލޯބިވެއެވެ. ފުން ލޯއްބެއެވެ. އެހެންނަމަވެސް ދިރިއުޅުމައިގެން ކުރިއަށް ދާން އޭނާ ނިންމީ އެއީ އެންމެ ރަނގަޅު ގޮތަށް ވާނެތީއެވެ. އަބަދު އިފްޝާގެ ހަދާނުގައި އޭނާ އަށް ދިރިއުޅެވޭނޭ ހިތަށް އެރިކަމުގައި ވިނަމަވެސް އޭނާ އަށް ވެސް ހަޔާތުގެ ބައިވެރިއެއް ބޭނުންވާނޭކަމަށް އިޒިކް ވިސްނައިދެމުން އައި ވިސްނުން އޭނާގެ ސިކުނޑިއަށް ވެސް އައީއެވެ.

ދާނިޝް އޮފީހަށް ދިޔުމާއެކު ޒީޝާ އެނދުގައި ޖައްސާލީ ނިދާލުމަށެވެ. އެހެންނަމަވެސް އެ ވަގުތު އޭނާގެ ފޯން ރިނގް ވުމާއެކު އޭނާ ފޯނަށް ބަލާލިއެވެ. ގުޅަނީ އޮފީހުން ކަމަށް ވުމާއެކު އޭނާ ލަސްނުކޮށް ފޯން ނެގިއެވެ. “ކީކޭ އައިޝާ” ޒީޝާ އަހާލިއެވެ. އެއާއެކު އެކޮޅުން އިވުނު ޖަވާބާއެކު އޭނާ އަވަސް ވެގަތީ އޮފީހަށް ދާށެވެ.


ރާސިލް ހޮސްޕިޓަލަށް ވަތް އިރު އެ މޫނުމަތިން އެއްވެސް އުޖާލާކަމެއް ނުފެނެއެވެ. އޭނާ ގޮސް ދިހަވަނަ ފްލޯއަށް އެރިއެވެ. އައިލީޝް އޮތް ރޫމާ ކައިރިއަށް ޖެހިލާ އޭނާ ފުން ނޭވާއެއްލިޔެވެ. އޭރު އެތަނުގައި އައިލީޝް ގެ އެކުވެރި ޝަބާ އިނެވެ. އެއް އިރެއްގައިވެސް އެއމީހުން އައިލީޝް އެކަނި ކޮށްނުލައެވެ. އައިލީޝް ގެ އެކުވެރިންގެ ތެރެއިން ޒީޝާ ގެ އިތުރުން ދެން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ޝަބާ ގެ ފަރާތުންނެވެ.

ރާސިލް ވަނުމާއެކު ޝަބާ ވެސް ހިނިތުންވެލަމުން ބޭރަށް ނުކުތެވެ. ރާސިލް އައިލީޝް ގާތަށް ގޮސް ހުއްޓިލާ ވާހަކަ ދެއްކިއެވެ.

“އައިލީ… އަހަރެން ކޮންމެ ދުވަހަކުވެސް އައިލީ ކައިރިއަށް އަންނަން…. ބޭރަށް ނުކުމެފިއްޔާ ގެއަށް ދަނީ އައިލީ ކައިރިއަށް އައިސް… އޮފީސް ފަށަނީވެސް އައިލީ ކައިރއަށް އައިސް ގޮސް… ތި މޫނަށް ބަލާ އަހަރެން ފޫހި ނުވޭ… ދަރިފުޅަށް މަންމަ ދައްކާލަން ބޭނުން… އެކަމަކު ތި ހާލުގަ އޮއްވަ ކިހިނެތް އަހަރެން…” ރާސިލް ވާހަކަ ހުއްޓާލިއެވެ.

އަދި ފުންނޭވާއެއްލަމުން ދެން ފެށީ ރޭގައި އަންޖުމް ކުރި ކަންތަކުގެ ވާހަކައެވެ. ނިދަން ނުގޮސް އޭނާގެ އިންތިޒާރުގައި ނިދި އިން ގޮތުގެ ވާހަކަތަށް ކިޔައިދިން އިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އެއާއެކު ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފެނުނުހެން ވެސް ހީވިއެވެ.

އައިލީޝް ގާތު މަޑުކޮށްލުމަށްފަހު އޭނާ ދިޔައީ އޮފީހަށެވެ.

އާދައިގެ މަތިން އޮފީހުގައި ވަރަށް ބުރައެވެ. ދާނިޝް ވެސް މިއަދުން ފަށައިގެން އޮފީހަށް ނުކުންނަން ފެށިއެވެ. އެހެންކަމުން އެހެން ދުވަސްތަކަށް ވުރެ ކުރަން ހުރި މަސައްކަތް މަދުހެން ހީވިނަމަވެސް ލުޔެއް ނުވިއެވެ. އޮފީހުގައި ޒާހިދު ގެ މަސައްކަތް ތަށް ވެސް މިދިޔަ ދުވަސްތަކުގައި ކުރީ ރާސިލްއެވެ. އެހެންނަމަވެސް ދާނިޝް އައުމަށް ފަހު އެކަންތަކާ ދާނިޝް ހަވާލުވިއެވެ. ޒާހިދު ވެސް ރާއްޖޭން ބޭރުގައި އުޅޭތާ ދެމަސް ވަނީއެވެ.

ދާނިޝް އާދައިގެ މަތިން އޮފީސް ނިންމާލުމަށްފަހު އިޒިކް ގާތަށް ގޮސްލިއެވެ. ނަފްސާނީ މައްސަލަ އެއްކޮށް ރަނގަޅު ނުވިކަމުގައިވިނަމަވެސް ޒީޝާގެވެސް މަސައްކަތާ އެކު މިހާރުވަނީ ފުދޭވަރަކަށް ރަނގަޅު ވެފައެވެ.


މެންދުރުން ދެއެއް ޖަހާ ބޮޑުވަނީއެވެ. ގޭގެ ސްޓަޑީ ރޫމް ގެ ގޮނޑީގައި އިން އިޒިކް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މޭޒުމަތީގައި ވަނީ ތަފާތު ވަށްތަރުގެ މެޑިކަލް ފޮތްތަކެވެ. އެއްބައިފަހަރު ފޮތެއް ނަގާ ކިޔާލާނެއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ބާރަށް ލައްޕާލާނެއެވެ. އަނެއްބައި ފަހަރު ބޭރުގަނޑަށް ބަލާލާފައި މޭޒުމަތީގައި ފޮތް ބާއްވާނެއެވެ. ހީވަނީ ހަދަންވީ ގޮތް ނޭނގިގެން އުޅޭ މީހެއް ހެންނެވެ.

ސިހުނީ ގޭގެ ބެލް އަޅާލި އަޑަށެވެ. އާފުރިލަމުން މޫނުމަތީގައި އަތް ކާތާލީ މީހާ ހަމަޖެހިލުމަށެވެ. ގޮނޑިން ތެދުވެގެން ގޮސް ސްކްރީނުން ކާކުތޯ ބަލާލިއެވެ. ދާނިޝް ކަމަށް ވުމާއެކު އޭނާ ދޮރު ހުޅުވާލިއެވެ. ދާނިޝް ވައްދާފައި ތަޅުލުމަށްބުނުމަށްފަހު އޭނާ ގޮސް ފޫހިކަމާއެކު ސޯފާމައްޗަށް ވެއްޓިގަތެވެ. ދާނިޝް ވެސް އައިސް އެތަނުގައި ޖެހިގެން ހުރި ސޯފާގައި އިށީނދެ ޓީ ވީ ހުޅުވާލިއެވެ.

“ބްރޯ… ނުވެސް ބުނެ އައިސް ކީތިކުރަނީ” އިޒިކް އަހާލިއެވެ.

“ހާދަ އޮފް މޫޑްގަޔޭ ޑޫޑް… އަނެއްކާ އަންހެން ކުއްޖަކު ގެއްލުނީތަ؟” ދާނިޝް ދިމާކޮށްލިއެވެ.

“އުހުނ… ގެއްލުނީއެއްނޫން… ބޮޑު ފުރޭތައެއް ކަހަލަ މީހަކު ފެނުނީ” އިޒިކް މަޑުމަޑުން ބުނެލިއެވެ.

“ކޮން ވާހަކައެއް އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް ތި ދައްކަނީ ޔަގީން އަންހެން ކުއްޖެއްގެ ވާހަކަކަން…” ދާނިޝް ދެންވެސް ދިމާކޮށްލިއެވެ. އެ އަމަލުން އިޒިކް ހިންހަމަނުޖެހުނުކަން ޔަޤީން ވުމާއެކު ދާނިޝް މާފަށް އެދުނެވެ.

“އިޓްސް އޯކޭ” އިޒިކް ބުނެލިއެވެ.

“އަސްލުވެސް ކޮންކަމަކާ މޫޑު އޮފް ވެފަ ތަ މަގޭ އިޒިކޫ” ދާނިޝް މަޖާވެލާފައި އަހާލިއެވެ.

“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

މިސްރުގައި ކިޔަވަން އުޅުނު ޖިންނިއެއް

Next

ކެތްކުރާނަން އުއްމީދުގައި 17

Next
April 27, 2018

ކެތްކުރާނަން އުއްމީދުގައި 17

Previews
April 27, 2018

މިސްރުގައި ކިޔަވަން އުޅުނު ޖިންނިއެއް

21 Comments!

  1. unique says:
    April 27, 2018 at 3:33 pm

    wow u today ves nice n unexpected

  2. Hi Mi says:
    April 27, 2018 at 3:37 pm

    Salaam. aslu mi part aki reyga himi up kuri 21st vana part kurukamun reyga up kohlan ulhunu bonus part eh. kulli akah wifi slow vegen nuvi. ehenve aamukoh himi up kohfa kuraa comment ves nukurevuni. sorry about this. enjoy reading…

  3. Queen angela? says:
    April 27, 2018 at 3:40 pm

    yey..me first

  4. unique says:
    April 27, 2018 at 3:43 pm

    yup vvv interesting vvv loabi story eh yesterday ah vure todayge part maa reethivefa Hi Mi ge style ga miadhu mihury Hi Mi is the best

  5. sheen says:
    April 27, 2018 at 3:46 pm

    Hama.v salhi.. thanx dear

  6. Sobee says:
    April 27, 2018 at 3:49 pm

    Wow.. V reethi story

  7. Blue beauty says:
    April 27, 2018 at 3:50 pm

    my second dhw … varah habeys mi part ves.. waiting for next part..keep it up??????????

  8. mishy says:
    April 27, 2018 at 3:55 pm

    Woww.. himii… mi vrh reethi… obiness to the max… nxt prt mirey up khla dhhcheyu… plx… vrh kiyr hithun mi hurii… ly…♥♥♥♥♥

  9. Xaaaan says:
    April 27, 2018 at 4:05 pm

    Wooooow masha allah mi baives vvvvv reethi????? himi dhooni dhen aily heylahvaber eyrun story miahvure maa reethivaane?❤❤❤❤?waiting next part❤❤❤❤❤❤❤❤❤❤❤

  10. maya says:
    April 27, 2018 at 4:08 pm

    wow.. himi v reethi mi part ves.. obiness to the maxxx…finally dhaan ans zee got married …>33my himi dhoothi keep going much luv>3>3>3

  11. Ifu ♥️ says:
    April 27, 2018 at 5:09 pm

    Omg unexpected dhoooni gandu migady up kuraane kamah ???
    I was shocked by seen this
    Evvex gothakah heee nukuraan up vefa innaanekamah ifooo balaali iru ??????
    But I was so soo soooooo happy ?
    N this part is awesome ?
    Superb
    HiMi
    Ifu varah interested vejje izik ge kokko eiy kaakukan balan ???
    So hope dhen in part vex Hama mihaa avahah adhi mihaaa hit koh genesdheynekamah????
    Luv yuh ?❤️?♥️?❤️?♥️?????

  12. Icy says:
    April 27, 2018 at 7:16 pm

    wow Hi Mi
    varah furihama
    waiting for the next part

  13. annoying reader says:
    April 27, 2018 at 8:11 pm

    waau im loving it. yeay i love it when im raaight. so dhanish and zeesh ves married and eyru ves heevi fenuny raaidha hen but eha varah curious v kaaku tho balan after all dhanish ah raidha ei izik ge kokko eh nama ingeynethi. but mi v egothah dhw. seems he doesnt knw much abt iziks family. that evil raaidha and maniu adhi ves eba ulhe eh nu. i am sure zahid ge vez atheh vegen kan mi dhemeehun eyru ifsha rape kohlli. lets see mi meehun ves bust vaane soon. hi mi i think its time rasil take anju to meet her mom, may b she will wake up with her daughters touch. v reethi mi part ves. and i still cant believe that hate ful raidha is iziks family. waiting for the next part to see hw dhanish reacts to the news.

  14. kiaraa says:
    April 27, 2018 at 8:40 pm

    himi ur the best ………

  15. Any says:
    April 27, 2018 at 9:26 pm

    Wow so nice ??

  16. Hashaa says:
    April 27, 2018 at 9:38 pm

    Thanks…himi…gud..vAran reethi

  17. Greeny says:
    April 27, 2018 at 10:06 pm

    vv noce mi part ves.When next part?Avas kohdhehchey ingey .Just can’t wait to read next part I love your story?????????❤❤❤??????

  18. Greeny says:
    April 27, 2018 at 10:07 pm

    nice*

  19. Pinky shifoo says:
    April 27, 2018 at 10:08 pm

    Wowwww ?????… SUPERB ?????… V v v reethi ❤️❤️❤️❤️❤️… So dhaanish and zeesha married dhw ?????… Zeesha v ragalhu kameh e feshy ????… Hama superb ?????… I’m really happy for them ????… So mi veee gothun raaidhaa akee dhw hama izik ge kohkko…. Pinky ge guess correct dhw ????… Zaahidh kyhvetha beyrugaumehga miulheny… Ailee avahah ragalhuvaane nama ????… I’m eagerly waiting for that ?????… Keep up the good work Hi Mi ????❤️❤️❤️… Curiously waiting for the next part ????… Lots of love from Hi Mi ge biggest fan pinky ❤️❤️❤️❤️????????????????????

  20. Aysh says:
    April 27, 2018 at 11:26 pm

    MashaAllah mi part vv furihama hmmm interesting …..
    ??????

  21. Axy says:
    April 28, 2018 at 10:30 am

    Mi part ves v v reethi ? ?
    Thanks HI MI dhooni ☺☺
    Axy Mi dhuvas kolhu v v bxy koh miulhenee hen ve comment ehaa lahun mi kurevenee ?????
    ekamu kudha vaguthu kolhey libunas story kiyaa levuneema hin hama jehenee ? ? ? hehe good luck ??

Comments are closed.


All Right Reserved!