Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (23)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 28, 2018 7 Mins Read
21 Comments

“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ.

“ވަޓް ހެޕެންޑް އިޒިކް؟” ދާނިޝް އަހާލިއެވެ. އިޒިކް ދުވަހަކުވެސް ނުދައްކާ ވައްތަރަކަށް ވާހަކަ ދައްކާތީ ދާނިޝް އަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ.  އެއާއެކު އިޒިކް ފުންނޭވާއެއް ލަމުން ދާނިޝް އަށް ބަލާލިއެވެ. “އަހަރެން ދުވަހަކުވެސް ދެކެން ބޭނުންނުވާ މީހެއް ފެނުނީ… އަހަރެން ދުވަހަކުވެސް އެމީހެއްގެ ކުރިމަށްޗަށް އަރަން ބޭނުންނުވާ މީހެއްގެ ކުރިމަށްޗަށް އެރުނީ… ހެހެ. އަހަރެމެން ކޮށްދިން ކަންތަކުގެ އަގު ވަޒަން ކުރަން ނޭނގުނު ބޮޑާ އަންހެނެއްގެ ކުރިމަށްޗަށް އެރުނީ…” އިޒިކް ބުނެލިއެވެ.

އިސްޖަހައިގެން އިނދެ އިޒިކް ކިޔަމުން ދިޔަ އެއްވެސް އެއްޗެއް ދާނިޝް އަށް ފަހުމް ވާ ގޮތެއް ނުވިއެވެ. ދާނިޝް އެހެން އިންދާ އޭނާ އަށް ފޯން ކޯލެއް އައެވެ. ޕޮލިހުގައި އުޅޭ އޭނާގެ ރައްޓެއްސަކަށް ވުމާއެކު އޒިކް އަށް ބަލާލަމުން އެހަށް މަޑުކުރަން ބުނަމުން އޭނާ ފޯން ނެގިއެވެ.

އެވަގުތު އެކޮޅުން ބުނި ވާހަކައިން ދާނިޝް ގެ އަތް މުށްކެވިގެން ދިޔައެވެ. އޭނާ އަށް އައި ބަދަލް އިޒިކް އަށް ވެސް ފާހަގަވިއެވެ. އޭނާ އިނީ ދާނިޝް ފޯން ކޯލް ނިންމާލަންދެނެވެ.

“ކިހިނެތްވީ؟” އިޒިކް އަހާލިއެވެ.

“ހީ އިޒް ބެކް” ދާނިޝް ބުނެލިއެވެ. އެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.

“ކާކު… ޔޫ މީން މާނިއު” އިޒިކް އަށް ހަމަހޭވެރިކަން ވުމާއެކު އަހާލިއެވެ. އެއާއެކު ދާނިޝް ބޯ ޖަހާލިއެވެ. ހުވާ މިބުނީ މިފަހަރު އޭނާ މަގޭ އަތު ޖެއްހިއްޖެއްޔާ….” ދާނިޝް ރުޅިއައިސް އޭނާގެ އަޑު ބާރުވެގެން ދިޔައެވެ. “ދާނިޝް… ކާމް ޑައުން… އެމީހުން ނާ އަހަރެމެން ކުރިމަތިލާން ޖެހޭނީ ހުރިހާ ހަގީގަތެއް އޭނާގެ ދުލުން ނެރޭވޭ ފަދަ ޕްލޭން އަކައިގެން” އިޒިކް ދާނިޝް ގެ ވާހަކަ ހުއްޓުވާފައި ވާހަކަ ދެއްކިއެވެ. “ހަތަރު އަހަރު… ހަތަރު އަހަރު ފަހުން އޭނާ އެ އައީ… އެ ގޮތް މިގޮތަށް އުޅޭ މީހެއް އެއީ… އެކަމަކު އެވަރަށް ލާރި ހޯދަނީ ކިހިނެތްކަމެއް ވެސް ނޭނގޭ” ދާނިޝް ބުނެލިއެވެ. “ދެންމެ ބުނި އޭނާ އެއަރޕޯޓޫންވެސް ހިފެއްޓިއޭ މަސްތުވާ ތެކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގަ…” ދާނިޝް އިތުރުކޮށްލިއެވެ.

“ތިހެން ވިއްޔާ އޭނާ ރަނގަޅަކަށް ނޫޅޭނެހެން އަހަރެންނަށް ހީވަނީ” އިޒިކް ބުނެލިއެވެ.

އެތަށް އިރަކު ކަންތަށް ކުރާނޭ ގޮތަކާ ދޭތެރޭ ވިސްނާ މަޝްވަރާކުރަން ދާނިޝް އާއި އިޒިކް ތިއްބެވެ.


ރާސިލް އޮފީސް ނިންމާލާފައި ގެއަށް ދިޔުމުގެ ކުރިން ދެންވެސް ދިޔައީ އައިލީޝް ގާތަށެވެ. ދިޔައިރު އައިލީޝް ގާތުގައި އިނީ ހިޝްމާއެވެ. އޭނާ ވަނުމާއެކު ހިޝްމާ ހިނިތުންވެލިއެވެ.

“މަންމާ” ރާސިލް ގޮވާލިއެވެ. އެއާއެކު ހިޝްމާ ޑޮކްޓަރު ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނިކަމުގައި ބުނުމުން ރާސިލް އަވަސްވެގަތީ ޑޮކްޓަރާ ބައްދަލުކޮށްލަން ދިޔުމަށެވެ. އޭނާ ޖީބުގައި އޮތް ފޯން ނެގާ ބަލާލިއެވެ. އޭރު ޑޮކްޓަރުގެ މިސްކޯލެއް އިނެވެ. އެހެންކަމުން އޭނާ އެ ނަމްބަރަށް ޑައިލް ކޮއްލިއެވެ. އެހެންނަމަވެސް ނަމްބަރު އޮތީ ނިއްވާލާފައެވެ. އޭނާ ދެން ދިޔައީ ނާރސް ސްޓޭޝަން އަށެވެ. ގޮސް ޑޮކްޓަރ އިޝާން އަށް ގޮވާލަދެވޭނެހޭ އެހުމުން އެ ކުދިން ޑޮކްޓަރުގެ ރޫމްގައި އިންނަ ޓެލެފޯނަށް ގުޅާލިއެވެ. ފޯން ނެގުމާއެކު ރާސިލް އެދުނީ އޭނާ އާ ބައްދަލުކުރަން އެދިފައި އޮތުމުން މިގަޑީ ބައްދަލުވޭނެތޯ އެހުމަށެވެ. ނަރުސް ކުއްޖާ އެހެން އެހުމަށްފަހު ފޯން ބާއްވާ ރާސިލް އަށް ޖަވާބުދިނެވެ.

“އާދެ… ޑޮކްޓަރު ރޫމަށް ދުރުވަން ވީނޫންތޯ” ނަރުސް ކުއްޖާ އެހެން ބުނުމާއެކު ރާސިލް މިސްރާބުޖެހީ ޑޮކްޓަރާ ބައްދަލުކުރަން ދިޔުމަށެވެ.

އޭނާ އެ ބައިން ނުކުތް އިރު ޑޮންޓަރުވެސް އެ ދިމާލަށް އަންނަނީއެވެ. ރާސިލް ފެނިގެން ހިނިތުންވެލާ އަތުން އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް ވެސް ފިޔަވަޅޫތަކަށް ބާރުލަމުން ޑޮކްޓަރާ ދިމާލަށް ދިޔައެވެ. ޑޮކްޓަރާ އެކު އެކި ވާޙަކަ ދައްކަމުން ދިޔައިރު އެމީހުން ދެމީހުންގެ ވެސް މިސްރާބުހުރީ ޑޮކްޓަރުގެ ރޫމާ ދިމާލަށެވެ.

“ރާސިލް އެ ރޫމަށް ވަނެވެ. ދެމީހުންގޮސް އިށީނީ މޭޒު ދޮށުގައެވެ. ރާސިލް އިނީ އިޝާން އާއި ކުރިމަތި ލައިގެން ނެވެ.

“އަސްލު ކުރީ ދުވަހު ރާސިލް ގުޅާފަ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނީމަ މިއަދު ގުޅާލީ” އިޝާން ވާހަކަ ފެށިއެވެ. “އެ ދުވަހު އަޅުގަނޑު ހޮސްޕިޓަލަށް އަންނަމުން އައިލީ އާ ބެހޭ ގޮތުން ވާހަކަ ދައްކާލަންވެގެން ގުޅާލީ” ރާސިލް އޭނާ ކުރީރޭ އޮފީހުން ހޮސްޕިޓަލަށް އަންނަން އިޝާން އަށް ގުޅާލި ކަން ހަނދާން ވުމާއެކު ބުނެލިއެވެ.

ގޮސް ޑޮކްޓަރާ ވަރަށް ގިނަ މަޝްވަރާތަށް ކުރެވުނު ފަހުންވެސް އައިލީޝް ގެ ހާލަތަށް އިތުރު ކުރިއއެރުމެއް ލިބެމުން ނުދާކަމަށް ޑޮކްޓަރ ހާމަ ކުރި ވަގުތު އެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތަށް އެތެރެއަށް ހިންދަން މަސައްކަތް ކުރިޔަސް ކާމިޔާބުވާގޮތް ނުވިއެވެ. “އިޓސް އޯލް މައި ފޯލްޓް” ރާސިލް އަށް ވައިއަޑުން ބުނެވުނެވެ.

ރާސިލް އާއި އައިލީޝް ގެ އެތަކެއް ވާހަކައެއް އެތަކެއްފަހަރު އިޝާން ދައްކައެވެ. އެއިން ކޮންމެ ފަހަރަކު އެ ހިތްހަލާކުވަމުންދެއެވެ. ހިތްދަތިވެއެވެ.

“އިޓްސް އޯލް މައި ފޯލްޓް…” ރާސިލް އަށް ބުނެވުނެވެ. އަބަދާ އަބަދު ކުށްވެރިކުރެވެނީ އަމިއްލަ ނަފްސެވެ. އައިލީޝް އަށް އެހާލު ޖެހުމުގެ ހަގީގީ ޒިމްމާ ނަގަންޖެހޭނީ ޒާހިދު އަށް ކަމަށް ވީނަމަވެސް އޭނާ އަށް ހީކުރެވެނީ އައިލީޝް ގެ ހިތް އޭނާ އަށް ހެވެއް ނުވާނޭ ކަމަށެވެ. ބައެއްފަހަރު އަމިއްލަ ނަފްސު ވެސް އޮޅުމެއްގެ ތެރޭގައި ބެހެއްޓެނީ އައިލީޝް އެންމެ ފަހު ވަގުތުކޮޅުވެސް އޭނާ ގާތު ހުންނަން ބޭޏުންވިކަން އެނގުމުންނެވެ. ދާނިޝް ގާތު އޭނާ ދުރުނުކުރުމަށް ބުނާނީ ކޮންމެވެސް ސަބަބެއް އޮތީމަތާއެވެ.

ރާސިލް ހިންދިރުވާލަމުން އަދިވެސް ވާހަކަ ދެއްކިއެވެ. “އެއްވެސް… އެއްވެސް އުންމީދެއްނެތްތަ؟” އެ އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ. އެއާއެކު ޑޮކްޓަރު ދެފަރާތަށް ބޯ ހޫރާލަމުން ލޯ މަރާލިއެވެ. “އެއްވެސް އުންމީދެއް ނެތޭ ބުނާކަށް ބޭނުމެއްނޫން… އެކަމަކު މިވަގުތަށް ބަލާފަ ހޭ އަރާނެކަމުގެ އެއްވެސް އުންމީދެއް ނުދެވޭނެ… އެހެން އޮވެފަ ދުނިޔެ ދޫކުރުންވެސް އެކަށީގެންވޭ… އެކަމަކު އަޅުގަނޑުމެން މިތިބީ އަދިވެސް މަސައްކަތް ކުރަން ތައްޔާރަށް… ވަރަށް މަސައްކަތް ކުރާނަން… އިންޝާ ﷲ… އެކަމަކު ކޯމާ އެއްގަ އޮންނަ މީހަކު ހޭއަރާނެ ވަގުތެއް ބުނާކަށް ނޭނގޭނެ… ބައެއްކަހަލަ އަލާމާތް ތައް ފެނިދާނެ” އިޝާން އޮޅުން ފިލުވައިދިނެވެ. “އެއީ” ރާސިލް އަހާލިއެވެ. “ހަގީގަތުގަ ކޯމާއަކުން ހޭލިއަސް އަދި ހުރިހާކަމެއް ރަނގަޅު ނުވޭދާނެ. މިބުނީ ބައެއްފަހަރު އާއްމު ދިރއުޅުމުގެ ހުރިހާކަމެއް ހަމައަކަށް ނޭޅި ދާނެ… ބައެއްފަހަރު ފިއޯ ހަދަން ޖެހޭ ހާކަތްތަށް ވެސް އާދޭ….” ޑޮކްޓަރު އަދިވެސް އިތުތު ތަފްސީލް ދިނެވެ.

ރާސިލް ވެސް އެ ވާހަކަތަކަށް ކަނުލާ އަޑު އަހަމުން ދިޔައެވެ. އޭނާ ޑޮކްޓަރު ގާތު ބައި ގަޑިއިރަށް ވުރެ ގިނައިރު ވާހަކަ ދައްކަން އިނދެފައި ނުކުތެވެ.

އޭނާ ނުކުތްތަނާ އެތަނަށް ވަންނަން އައި ދާނިޝް ލޮލުގައި އަޅައިގަތެވެ. ދާނިޝް ވެސް ކާޑުނަގަމުން އެއްލި ކަޅިއަކުން ރާސިލް ލޮލުގައި އަޅައިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ އައިލީޝް އޮތްނަނ ބައިގެ ދޮރާ ހަމައަށް ރާސިލް އައެވެ. ” ކޮން އިރަކުން އަންޖުމް އަށް އައިލީޝް ދައްކާނީ” ދާނިޝް ރާސިލް އަށް ވުރެ ތަންކޮޅެއް ކުރީގަ ހުރެ ފަހަތަށް ބަލާލުމެއްނެތި ބުނެލިއެވެ. “އައި ކާޏްޓް” ރާސިލް އިއްވާލިއެވެ. “ވައި” ދާނިޝް އެއްވެސްއަސަރެއްނެތް ގޮތަކަށް ބުނެލައިފިއެވެ.

“އަހަރެންނަކަށް ނުކެރޭނެ އަންޖުމް އަށް އައިލީ އެހާލުގަ އޮއްވަ ދައްކާކަށް… އަހަރެންގެ ހިތަށް މިހާ އަސަރު ކުރާ އިރު އަދި އޭނާގެ ހިތަށް ކެތްވާނެތަ؟ އަބަދާ އަބަދު މަންމަ މަންމަ ކިޔަކިޔާ ހުންނަ އެ ތުއްތު ދަރިފުޅަށް ދޭނެ ޖަވާބެއް ނެތް… ދޮންބެ އަތުގަ އެބައޮތްތަ؟” ރާސިލް ގެ އަޑުގައި ހިތާމަވެރިކަމެއް ވިއެވެ.

ރާސިލް ގެ ވާހަކައިގެ ފަހުން ދާނިޝް އާއި އެދެމެދަށް ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ. “މާނިއު އައިސްފި” އެ ހަމަހިމޭންކަން ފޫދުއްވާލީ ދާނިޝްއެވެ. ރާސިލް އަށް އިސްޖަހައިގެން ހުރެފައި އިސްއުފުލާލެވުނު އިރު އެ މޫނުމަތިން ރުޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ. “ދޮން….”

“އަހަރެން ގަބޫލް ކުރަން އިފޫ އަށް އެހާލު ޖެއްސި މީހަކު ގެ ހަބަރު ދޭން ޖެހޭނެކަމަށް…” ދާނިޝް އެހެން ބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. ރާސިލް އަށް ވެސް ފުން ނޭވާއެއް ދޫކޮށްލެވުނީ އޭނާ ހަގީގަތް ހޯދާނުލާ ހެދުނު ގޯސްތަކުގެ ސަބަބުން ދާނިޝް އޭނާދެކެ ރުޅިއައުން ހައްގު ކަމުގައި ގަބޫލުކުރެވޭތީއެވެ..

އަމިއްލަ މީހާގެ ކުރިމަތީ ލޯބިވާ މީހަކަށް އަނިޔާ އެއްލިބިއްޖެނަމަ އެމީހާ އަށް ކުރާނޭ އަސަރު ރާސިލް އަށް ވެސް އެނގެއެވެ. މި ހަތަރު އަހަރަކީ އެކަން އޭނާއަށް ތަޖުރިބާ ކުރެވުނު އަހަރުތަކަކަށް ވީ ނަމަވެސް އިފްޝާ އަށް ދިމާވިފަދަ ހިތްދަތި ކަން ލޮލުން ފެނުނު މީހެއްގެ ހައިސިއްޔަތުން ދާނިޝް އެ ދުވަހު އުޅޭނޭ ހާލު މިހާރު އެނާ އަށް ވިސްނެއެވެ. އެ ހަޑި ހުތުރު އަމަލް އޭނާގެ ކުރިމަތީ ގައި ހިންގިއެވެ. އިފްޝާ އެ އިލްޒާމު ދާނިޝް ގެ ބޮލުގައި އެޅުވީ ކީއްވެހެއްޔޭ ކިޔާ އެންމެ ފުރަތަމަ އެ ހަގީގަތް އެނގުނު ދުވަހު ސުވާލް ކުރެވުނަސް މިހާރު އެ ސުވާލު ކުރުމުގެ ބޭނުމެއް އޮންނަ ހެން އޭނާ އަށް ހީނުވަނީ އިފްޝާ އެ ވާހަކަ އެ ގޮތަށް ބުނީ ކޮންމެވެސް ސަބަބަކާ ލައިގެން ކަމަށް ގަބޫލް ކުރެވޭތީއެވެ. ނޭނގި އޮތީ އެ ސަބަބެވެ. އެ ސަބަބު ހޯދެން އަންނަނީ އެ ކިޔާ މާނިއު އެއް އަތުލއިގަނެގެންނެވެ.

އެކަން ކުރަން އޭނާ އެބަ ދާނިޝް ގެ އެހީތެރިކަން ބޭނުންވެއެވެ. އެހާ އަވަހަށް މާނިއު އައި ކަން ދާނިޝް އަށް އެ އެނގުނީ ހާދަވަރަކަށް އޭނާ އެމީހަކު ހޯދަން މަސައްކަތް ކުރާތީތާއޭ ރާސިލް ގެ ހިތަށް އެރިއެވެ. އެއާއެކު ދާނިޝް އޭނާގެ ދައްތަދެކެ ވީ ލޯބީގެ އަގު އޭނާ އަށް ވަޒަން ކުރެވުނެވެ.

ބޮލުގައ ދެފަރާތުން ހިފައްޓާލަމުން އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.

އެދުވަހުގެ ބޮޑުބައި ރާސިލް ހޭދަކުރީ އައިލީޝް ގާތުގައެވެ. ދާނިޝް ވެސް ހޮސްޕިޓަލަށް ވަދެފައި މަޑުކޮށްލުމަށްފަހު ގެއަށް ގޮސް ފެންވަރާ ހަދައިގެން އަނެއްކާވެސް ދިޔައީ އިޒިކް އާ ބައްދަލުކުރާށެވެ.

*****

ހަތަރު އަހަރު ކުރިން…

އައިލީޝް އެކްސިޑެންޓް އަށް ފަހު ރާސިލް އާއި ދާނިޝް އާ ދެމެ އެއްވެސް ވާހަކައެއްނުދެކެއެވެ. ހޮސްޕިޓަލް ގެ އޮޕަރޭޝަން ތިއޭޓަރ ގެ ބާރުގައި މުޅި އާއިލާ މަޑުކޮށްލައިގެން ތިބިއިރު ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ފުން ހިތާމައެވެ. ޒާހިދު ފިޔަވައެވެ. އޭނާ ގެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭގޭފަދަ އަސަރެކެވެ. އިރުކޮޅަކުން އިއޭޓަރުން ކުއްޖަކު ނުކުމެ ވާހަކަ ދެއްކިއެވެ. “އޭ ޕޮސިޓިވެ ލޭ ބޭނުންވެއްޖެ ވަރަށް އަވަހަށް” އެ އަޑުގައި ހާސްކަން ވެއެވެ. ދާނިޝް އޭނާގެ ގައިގައި ހުންނަނީ އޭ ޕޮސިޓިވް ލެޔޭ ބުނުމުން އެ ކުއްޖާގެ އެދުމަށް ދާނިޝް ދިޔައެވެ.

ތިއޭޓަރަށް އައިލީޝް ވެއްދުނުތާ ގަޑިއިރެއްވަނީއެވެ. އަދިވެސް ޑޮކްޓަރުގެ ހަބަރެއްނުވެއެވެ. ދާނިޝް ވެސް ލޭ ދީފައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ލޮލުގައި ޒާހިދު އަޅައިގަތުމާއެކު އެ ދިމާލަށް ބާރަށް ދިޔައެވެ. އަދި ވާހަކަދެއްކިއެވެ. “އައިލީ އަށް އެހާލު އެޖެހުނީ ބައްޕަގެ ސަބަބުން… އަސްލު ބައްޕަ އައިލީ އަށް ތިހެން ދެރަގޮތް ހަދާ ސަބަބެއް އަހަރެންނަކަށް ނޭނގޭ… ދުވަހަކުވެސް ދުވަހަކުވެސް އަހަރެންނަކަށް ބައްޕަ އަކަށް މާފެއްނުކުރެވޭނެ” ދާނިޝް ގެ އަޑު ބާރުވެފައި ވީއިރު ދަތް ކުޑިވިކިފައި ވިނަމަވެސް އޭނާ ބެލީ ރީއްޗަށް ވާހަކަދެއްކޭތޯއެވެ.

ހަމަމިހާރު މިތަނުން ނުކުމޭ” ދާނިޝް ދައްކަމުން ދިޔަ ވާހަކައިންވެސް ޒާހިދުއަށް އެއްވެސް އަސަރެއްނުކުރުމުން ދާނިޝް އަށް ކެތްތެރިކަން ކޮޅުން ލައިގެން ގޮސް ހަޅޭއްލަވައިގަތެވެ.

ޒާހިދު ދާނިޝް އާ ދިމާލަށް ބަލާލަމުން ދެ ބުމަ ގޮށްޖަހާލަމުން ނުކުތެވެ. ދާނިޝް ފުންނޭވާއެއްލަމުން އެތާ ހުރި ގޮނޑިއަށް ވެއްޓިގަތެވެ. ހިޝްމާ ދާނިޝް ގާތަށް ޖެހިލާ ކޮނޑުގައި ހިފާލިއެވެ. އޭރު ޒީޝާވެސް ހޮސްޕިޓަލްގައި ހުއްޓެވެ. އޭނާވެސް ރޮވޭހާލު ގޮނޑިއެއްގައި އިނެވެ. ރާސިލް ފާރަށް ލެނގިލައިގެން ހުއްޓެވެ.

“ނަރުސްކުއްޖާ ނުކުމެ ސިޒޭރިއަން އަށް ރެޑީވަނީ ކަމަށް ބުނުމުނ ރާސިލް އަށް ދެލޯ މަރޭލެވުނެވެ. “ބޭބީ ސަލާމަތް ކުރަން ބޭނުންނާނަމަ އަވަހަށް ސިޒޭރިއަންއަކަށް ދާން ޖެހޭނީ…” ނަރުއްކުއްޖާ ބުނެލިއެވެ. “ސައިން ކުރަން ދުރުވަން ވީނޫންތޯ” އެ ކުއްޖާ ރާސިލް އަށް ބަލާލަމުން އެ ދިމާލަށް އައި ދާނިޝް އާއި ހިޝްމާ ގެ އިތުރުން ޒީޝާ އަށް ވެސް ނަޒަރެއްދިނެވެ. ހިޝްމާ އާއި ދާނިޝް އަށް ބަލާލަމުން އެތަނުގެ އެއްފާރތުގައި ހުރި މޭޒެއްދޮށަށް ކައިރިވެފައި ރާސިލް ފައިލްގައި ސޮއިކުރަން ގަލަން އަތަށް ނެގިއެވެ. އޭރު އެ އަތުގައި މަޑޫ މަޑޫ ތުރުތުރެއްވިއެވެ. ލަސްނުކޮށް ލޯ މަރާލާ ފުންނޭވާއެއްލަމުން އޭނާ ދެވަނަނފަހަރަށް ލޯ ހުޅުވާލީ މީހާ ހަމަޖެހެމުންނެވެ. އަދި ސޮއިކޮއްލިއެވެ. ނަރުސްކުއްޖާ ފައިލް ހިފައިގެން ދިޔުމުން ރާސިލް ކަރުނަތަށް ފޮހެލާފައި އަލުން އަނބުރާ އެތަނުން ގޮނޑީގައި އިށީނެވެ.

އޭގެ އިރުގަނޑެއްފަހުން ނަރުސްކުއްޖާ ނުކުތީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. ދަރިފުޅު ދައްކާލާފައި އެތެރެއަށް ވަތް ގޮތަށް ދެން ހަބަރެއްވީ ގަޑިއިރެއްފަހުންނެވެ. ޑޮކްޓަރު ނުކުތުމާއެކު ރާސިލް އާއި ދާނިޝް އާއި ދެމީހުން ގެ އިތުރުން ހިޝްމާ އާއި ޒީޝާވެސް ގޮސް ކައިރިއަށް ހުއްޓުނެވެ.

“އައި އެމް ސޮރީ” ޑޮކްޓަރު ބުނެލިއެވެ. “ކިހިނެތްވީ؟” ރާސިލް އަށް ސުވާލުކޮށްލެވުނެވެ. “ވަޓް ހެޕެންޑް ޑޮންޓަރ” އަޑު ކުރެހިފައިވާ ހާލު ދާނިޝް ވެސް ރާސިލް އަށް ފަހު ސުވާލުކޮށްލިއެވެ.

“ޝީޒް އިން ކޯމާ އައި އެމް ސޮރީ” ޑޮކްޓަރު ބުނެލިއެވެ. އެއާއެކު ހަބަރު އަޑުއަހަން ކެތް ތެރިކަން ކުޑަެވފައި ތިބި ހަތަރު މީހުންގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ. ދާނިޗް ގެ ހަރަކާތް ހުއްޓި ހުރިތަނަށް މީހާ ގަނޑުވެގެން ދިޔައެވެ. ރާސިލް ގެ ލޮލުން ކަރުނަތަށް އޮހިގަތީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. “ނޫން” ހުރިތަނަށް ތިރިވެވުމާއެކު އޭނާ އަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. “އައިލީ އަހަރެން ދޫކޮށްލާފަ ނުދޭބަލަ… އަހަރެން އެ ދުވަހު ދެއްކި އެއްވެސް ވާހަކަ އަކީ ތެދެއްނޫނޭ… އައި ރިއަލީ ޑޫ… އަދި ކިރިޔާ އެބަ އިނގޭ މިހުތުގަ ލޯބި ފޮރުވެފަ އޮތް ވަރު… އެކަމަކު އެކަމަކުވެސް މިހާރު ވަގުތު ފާއިތުވެއްޖެ” ރާސިލް ގެ ދުލުކުރިއަށް އެއްވެސް އެއްޗެއް ނަޔެވެ. ހިތުން ވާހަކަ ދައްކަމުން ދިޔައިރު އައިލީޝް އާއި އޭނާއާއި ދެމެދު ވީ ހުރިހާކަމެއް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

***

އޭނާ އެތެރެއަށް ވަދެ އައިލީޝް އޮތް ރޫމަށް ވަތް އިރު އައިލީޝް ގެ ގާތު ހިޝްމާ ވެސް އިނެވެ. “ކޮބާ އަންޖު މަންމާ…” ރާސިލް މަޑުމަޑުން އަހާލިއެވެ. “ޒީ ކައިރީގަ ބަހައްޓާފަ މަންމަ މިއައީ” ހިޝްމާ ބުނެލިއެވެ. “އަޅުގަނޑު މަޑޫކޮށްލާނަން އައިލީ ގާތު… ޒީ އަންނާނެއެއްނު އިރުއޮއްސޭއިރު… އޭރުން ދާނަން” ރާސިލް ބުނެލިއެވެ. އެއާއެކު ހިޝްމާ ވެސް ބޯ ޖަހާލިއެވެ. އިރުކޮޅަކު ތިބެލާފައި ހިޝްމާ ދިޔުމުން ރާސިލް އެކަނިވިއެވެ. އޭނާ އައިލީޝް ގާތު އިށީނެވެ.

އެންމެފުރަތަމަ އައިލީޝް އާ ދިމާވި ދުވަހާ އެދުވަހުގެ ހާދިސާތަށް މަތިން ރާސިލް ހަނދާންވިއެވެ.

******

ދޮންތަގެ ހާލަތު ކޯޓު މަރުހަލާތަކަށްފަހުވެސް ރަނގަޅުވާގޮތެއްނުވިއެވެ. ނިދިފައި އޮންނަ އިރުވެސް އެދުލުން އަބަދާއަބަދު އިވެނީ ދާނިޝް ގެނަމެވެ. ސިއްސައިގެން ގޮސް ހޭލެވުނަސް ގޮވާނީ ދާނިޝް އަށެވެ. ބައެއްފަހަރު ރޮއި ރޮއި ދާނިޝް ގާތަށް ގެންގޮސް ދޭނޭ ކިޔާނެއެވެ. އަނެއްބައިފަހަރު ދާނިޝް އަހަރެންނަށް ދުވަހަކު މާފެއް ނުކުރާނޭ ކިޔާ ހަޅޭއްލަވާނެއެވެ. ރާސިލް އަށާއި ސަލީމާ އަށް ވެސް އިފްޝާ ހިފެއްޓެނީ ކިރިޔާއެވެ.

ދާނިޝް ގެ ބޮލުގައި ދޮންތަ އެޅުވި އިލްޒާމުގެ ސަބަބުން ރާސިލް ގެ ހިތުގައި އޭނާ އާ މެދު އޮތް ނަފްރަތުކަން ދިޔައީ ބޮޑުވަމުންނެވެ. އެ ހާލުގެ ޒިންމާ ނަގަން ޖެހޭނެ މިހަކީ ދާނިޝް ކަމަށް އޭނާ ގެ ސަމީރު އޭނާ އަށް ވިސްނައިދެމުން ދިޔައެވެ.

އިފްޝާގެ ކޭސް އާ ބެހޭ މައުލޫމާތުން މުޅި ނިޔުސް ފީޑް ފަޅުފިލުވަމުން ދިޔައީ އެއީ މަޝްހޫރު ވައިލެޓް ކޮންޕެނީ އާއި ވިޔަފާރިވެރިޔާ ޒާހިދު ގެ ދަރި ދާނިޝް އާ ގުޅޭ ކޭސްއަކަށް ވެސް ވީމައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….27

Next

ކެތްކުރާނަށް އުއްމީދުގައި (ފަހުބައި)

Next
April 28, 2018

ކެތްކުރާނަށް އުއްމީދުގައި (ފަހުބައި)

Previews
April 28, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….27

21 Comments!

  1. Hi Mi says:
    April 28, 2018 at 4:34 pm

    Salaam. Sorry kuru v ma. I am super bixi. And ehenve kuree 2 parts ah reply nukurevuni. Ves. Mi part himi up kohlifahun mistake eh ves fenijje. And typing mistakes ves huredhaane. In Sha Allah. E thankolhu edit kohlaanan. ❤

    1. unique says:
      April 29, 2018 at 2:37 pm

      itx okey dear…. humans can do mistakes dhw………. n haadha bxy koshey thiulheny………. anyways story was excellent

  2. Binth says:
    April 28, 2018 at 4:41 pm

    Wslm. Masha allah ❤❤❤ mi part ves v reethi

  3. Shiman says:
    April 28, 2018 at 4:47 pm

    Wow

  4. ??? says:
    April 28, 2018 at 4:49 pm

    Story is amazing… Good luck

  5. rishy says:
    April 28, 2018 at 5:02 pm

    vvvvvvvvvvvvvvvv reethi mi part vx..

  6. Pinky shifoo says:
    April 28, 2018 at 5:06 pm

    Wowwwwww ?????… AWESOME ❤️❤️❤️❤️❤️… Mi part vx v v v reethi ?????… Alhey ailee ragalhu vaane nama avahah ???… Plxx Hi Mi ailee ragalhu kurahchey ❤️❤️❤️❤️❤️… Maaniu gandu aeee dhw ?????… Mifaharu maaniu ah hahgu adhabu dheynvaane ingey Hi Mi… Ifsha dhaanish aa dhekolhah heki dhiny majubooru vegenn henn pinky ah heevany… This story is soooooo interesting ????????… Hi Mi hama best ingey ??????????… Kurakas story up kola dhinyma v v v happy ????… Baeh faharu ehenvx vaane ???… Thank you so much Hi Mi thihaa bxy koh ulhemunvx vaahaka up kohdheythy ?????????… Keep up the good work ?????… Curiously waiting for the next part… Lots of love and take care my favourite Hi Mi ????❤️❤️❤️❤️❤️?????????????????

  7. Jenna says:
    April 28, 2018 at 5:10 pm

    ??V salhi??
    Keep up the good work?

  8. annoying reader says:
    April 28, 2018 at 5:33 pm

    v reethi kiyaa hithun hurima varah short hen heevani. finally dhww. aili coma in heylah van anju genes dhy himi. she will touch once ans aili will wakeup ?. alhe izik ah mifaharu ves raaidha ge vaahaka nubunevunu dhw. mifaharu rangalhu landeh dheche maniu menah. i m sure ifsha dhanish ge nan kiyuni zahid ge atheh vaathi kan. eyna kuruvi nubai kanthah ei. lets se himi ge theory i love it. cant wait for anju to meet her mom its time dnt u think himi?? waiting for the nxt part.

  9. Blue beauty says:
    April 28, 2018 at 6:13 pm

    nice mi part ves…keep it up????????

  10. Ifu ♥️ says:
    April 28, 2018 at 6:46 pm

    Pak Pak Pakaak ???????????
    HiMi finally up kolly dhw???
    Ifu ah vex heevany anju aily aa met kuruvan vejje hen
    After all mom n daughter jeheynu ehthan kuruvaaan ????⭐️⭐️
    Mi part kyiru anju mathin v miss vi
    Her sweet talks ?????
    Hehe ?
    Ifu ah neiy mi gady dhigu cmnt eh liyevey kah ???
    V sad ehenve
    But what to do
    Ifu hadhan eba huri adhi homeworks
    Ehenve
    But I promise u HiMi ????
    Dhen anna part ha ifu ge mind ekkoh kiyaadheynan kan
    Mi story aa related hurihaa ideas thakeh ????
    Hehe
    Bye for now ??????
    Luv yuh HiMi ???
    HiMi ge mooost biggest fan ifoo ❤️❤️❤️

  11. Malak says:
    April 28, 2018 at 7:06 pm

    Alhea anjum and Aily Dhimaakhba eyrah maybe Aily ok ves vedhaane. Ehn kannyge vaani yey ????

  12. maya says:
    April 28, 2018 at 7:46 pm

    wow himi it’s amazing..v salhi ..izik ge koko thr raidhaa akyyy yageen zahidh ge atheh vey thikamuga…??aili dhen heylabaa anju ves beynun vanehnu mom dhekilan and raasil haaadha sufffer kurey baey ,,,ehen nuhadhabaa,,waiting for next part…mipart ves hama awesome

  13. Pritty says:
    April 28, 2018 at 8:00 pm

    When is the next part. ?? Kome part ah comment nukuriyas baraabarah kiyan egy. Can’t wait for the next part. V v v v v salhi egy story

  14. Axy says:
    April 28, 2018 at 9:40 pm

    V reethi ? Thanks HI MI ☺☺

  15. Xaaaan says:
    April 28, 2018 at 10:26 pm

    Wow woooooooow himi dhooni❤❤❤ Masha Allah mi partves haadha reechey??????????? himi neyge bunaane ehchehves himi haadha molhey???????❤ waiting next part????❤

  16. lotus says:
    April 29, 2018 at 6:47 am

    soo sry fr bein so late.. there was a prob with my phon n i cudnt use the intrnet these past few days.. himi dhooni..stry is just fabulous as alwys???????.. kon irakun ba ailee hey araanee??

  17. Any says:
    April 29, 2018 at 7:00 am

    Alhey hadhamolhey himi masha Allh ????

  18. ❤ kingsanjel? says:
    April 29, 2018 at 3:41 pm

    Thihaa buxy shedule ehhga ulhemun ves himi bunefa on a dhuvas thakuga up koddheythy v bodah thanks …..anjel mi ulheny buxy kamun tv ves hulhuvà nulevigen…..mi ephisode ves mi kiuny dheburu mathin….school unn ais course aa dheythrey oyy vaguthu kolhuga ebbay kiyaafa dhen mihaaru adhi phone ga mi ayy levuny….story hama HABEYS …varahh salhi,and aily hey aruvaba haadha dhera veyey raasil ehen alone vefa hunnaathiive….aily ahh vaahaka dhekkeyne goyy hadaidheee plx .plx….much loves anjel….
    ?
    N I know anjel spelling nubai kan…? Hehe

  19. Hashaa says:
    April 29, 2018 at 7:46 pm

    Vv reethi

  20. Aesh says:
    April 29, 2018 at 9:50 pm

    maa shaa allah… vrh reethi mi vaahaka.. kuriyah oiyy bai thah ves varah reethi koh genesdhehchey.. ingey.. 🙂 eh bai kiyaa nimey iru hunnany anhe bai kiyaa hithun hama nuhurevey vary vefa.. hehe.. adhi alah mi story ah comment kuran mi feshy.. kiyan feshy ves.. hehe.. vrh vrh vrh furihama story eh.. just wow! when is nxt part? curiously waiting… 🙂

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (24)←


All Right Reserved!