އައިރާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔާނާ އެދެއްކި ވާހަކަ އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ރާދިންގެ ގޮތް އޭނާއަށް އެނގޭތީއެވެ. ނަމަވެސް ޔާނާ އެގޮތަށް ދޮގުނަހާނެކަންވެސް އޭނައަށް އިނގެއެވެ. ޔާނާ ރޮމުން ކޮޓަރިއަށްވަތް އިރުވެސް އައިރާ އެއިން ގޮތަށް އިނީއެވެ. 4 އަހަރު ކުރިން އޭނާއަށް ނޭންގޭ ކަމެއް ޔާނާއާއި ރާދިންއާއި ދެމެދު ހިނގައިދިޔަކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ” ރާދިންއާއި ހެދި އެންމެން އަހަރެންދެކެ ރުޅިއެ އަންނަނީ.. އަހަންނަށް ކޮން ކުށެއްތަ ކުރެވުނީ. ލޯބިވެއޭ ކިޔައި […]
ދާނިޔަލް މަޑުމަޑުންގޮސް ކޮޓަރިތެރެއަށްވަދެ ދޮރު ތަޅުލިއެވެ. އެޔަށްފަހު އަތުގައި އޮތް ފޮތް މޭޒުމަތިގައި ބާއްވާލުމަށްފަހު އެނދުގައި އިށީނެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ދެއަތް ކަކުލުގައި ވިއްދާލުމަށްފަހު އެދެއަތުން މޫނު ފޮރުވާލިއެވެ. ޝަޒިއްޔާގެ އެ ބަސްތައް ބޭރުކޮށްލަން ކިތަންމެ ފަސޭހަޔަކަސް ދާނިޔަލްއަށް އެ އަޑުއެހުން ވަނީ ނުހަނު ވޭންދެނިވި ކަމަކަށެވެ. އޭނާއަށް މީހެއްގެ ފަރާތުން ދުވަހަކުވެސް ނުރުހުން ފާޅު ނުވާވަރަށް ޝަޒިއްޔާގެ ފަރާތުން ނުރުހުންތެރިކަން އެބަ ފާޅުވެއެވެ. އެހެން ކަމުން އެހިތަށް ވަނީ ފުން އަސަރެއް ކުރުވާފައެވެ. […]
”ދަރިފުޅާ ޒީޝާން! މަންމަ އަށް ފެންފޮދެއް ގެނެސްދީބަލަ!” ޒަމްރާ ، އޭނާގެ ދަރިފުޅު ޒީޝާން އަށް ގޮވާލައިފައި ފެން ފޮދެއް ގެނެސްދިނުމަށް ބުނެލިއެވެ.”ދެން ކަންތަކާ މި ޖެހުނި… ތަނެއްގަ އެއްޗެއް ބަލާލަން ވެސް ނޯވެވޭނެ!” ޒީޝާން ކުދިކިޔަމުން މަންމައަށް ފެން ތަށްޓެއް ހިފާގެން ދިޔައެވެ. ޒީޝާންގެ މަންމަ ޒަމްރާއަކީ ފައިގެ މައްސަލައެއް ހުރުމުގެ ސަބަބުން ނުހިނގޭ މީހެކެވެ. މިކަމުގެ ސަބަބުން ޒީޝާން ހުންނަނީ އޭނާގެ މަންމަދެކެ ރުޅި އާއްސައެވެ. ސުކޫލު ދުވަސްވަރުގައި ކުލާހުގައި ތިބޭ ކުދިން އަބަދު ތިބެނީ ޒީޝާންއާ ދިމާކޮށްލަ ކޮށްލާއެވެ. ކުލާސްކުދިން ކުރާ މަލާމާތެއްގެ ސަބަބުން ޒީޝާން އަށް އޭނާގެ މަންމައަށް ނަފްރަތު ކުރެވެން ފެށިއެވެ. އެއީ މަންމަކަން ހަނދާން ނައްތާލެވުނެވެ. ޒީޝާންގެ ބައްޕަވަނީ ޒީޝާންގެ އުމުރުން އެންމެ ނުވައަހަރުގައި މުުޅި އުމުރަށް އެދެ މައިންނާއި ވަކިވެފައެވެ. ޒީޝާންގެ އާއިލާގައި އިތުރުމީހަކު ނެތުމުން އެދެމައިން އުޅުނީ ވަރަށް ނިކަމެތި ހާލުގައެވެ. ނުހިނގުނު ކަމުގައި ވީ ނަމަވެސް ޒަމްރާއަށް ކުރެވޭ މަސައްކަތެއް ކޮށްގެން އާމަދަނީ ހޯދައެވެ. ޒީޝާން ، ޒަމްރާ ދެކެ ކިތަންމެ ރުޅިއައި ކަމުގައި ވިއަސް ޒަމްރާ ، އޭނާގެ ދަރިފުޅު ދެކެ ލޯބިވެއެވެ. އެދަރިފުޅަށްޓަކައި އެތައް ޤުރުބާނީއެއްވިއެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައި ކިޔަވައިދޭންމަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި ޒީޝާން ޖެހީ ކޮޅުފައިންނެވެ. ޒަމްރާ އެ ދަރިފުޅަށްޓަކައި ކަރުނަ އަޅާނުރޮއި އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާނުކުރާ އެންމެ ވަގުތެއްވެސް ނުދާނެއެވެ. މިހާރު ޒީޝާން ވަނީ ރަށުގަ އުޅޭ އެންމެ ނުލަފާކުދިންގެ ތެރޭގައި ހިމެނިފައެވެ. ގޭގޭން ވަގަށް އެއްޗެހި ނަގާ ، މީހުން އަތުން ފަހުންދޭ ގޮތަށް ރުފިޔާނަގައި ، ފިހާރަތަކުން ވައްކަންކޮށް، ސިނގިރޭޓު ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމުގައި އެންމެ ކުރީ ސަފުގައި ހުންނަނީ ޒީޝާންއެވެ. ގަޔަށް ބާރު ޓޮޕާއި ޖިންސުލައިގެން ފިރިހެންކުދިންނާއިއެކު ރަށްކުޑަކުރުން ނޫން ކަމެއް ނުކުރެއެވެ. ގިނަރޭރޭ ގެއަށް ނިދަންވެސް ނާދެއެވެ. ޒަމްރާއާ ހަމައަށް މީހުންގެ ފަރާތުން މައްސަލައެއް ނާންނަ ދުވަހެއް ނުދާނެއެވެ. ކޮންމެ ދުވަހަކު ޒީޝާން ގެއަށް އަންނަ އިރަށް ، ދަނޑިގަޑުގެ އެހީގައި ހިގާފައި ގޮސް ޒީޝާންއަށް ވިސްނޭތޯ ކާރީގައި އިނެގެން ނަސޭހަތް ނުދޭ ދުވަހެއް ނުދާނެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޒީޝާން ދެނީ ޒަމްރާ ދޭ ނަސޭހަތްތަކަށް ބީރު ކަންފަތެކެވެ. ބައެއްފަހަރު ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެކޭވެސް ޒަމްރާގެ ހިތައް އަރައެވެ. ނަމަވެސް ޒަމްރާ ހިތްވަރު އެލުވައެއް ނުލައެވެ. އެދަރިފުޅަށް ވިސްނެންދެން އޭނާ ނަސޭހަތްދޭނެއެވެ. ”ދަރިފުޅާ! ހަނދާންވޭބަތަ އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް؟ މުޅި އުމުރު ތި ހޭދަކުރަނީ ދުނިޔޭގެ ހިތްހަމަ ޖެހުން ހޯދުމުގައި! އުފަލާއި މަޖަލުގައި! މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި! މަންމަ ދަރިފުޅަށް ކީއްކޮށްގެންތަ ދަރިފުޅު މަންމަދެކެ ތިހާ ރުޅިތިއަންނަނީ؟” ރޭގަނޑުގެ ވަގުތެއްގައި ޒަމްރާ ބޭރު ޖޯލިފަތީގައި އިންދާ ، ޒީޝާން ގެއަށް އައިސް ވަނުމުން ހުއްޓުވައިފައި ވިސްނައިދެވޭތޯ ބެލިއެވެ. ”ކަލޭ ދެކެ މަ ރުޅި އަންނަ ސަބަބު ހަމަ ނޭނގިގެންތަ […]
“ޔޫ ލުކް ބިއުޓިފުލް” ޒައިން ކައިރިވަމުން ދިޔުމުން ކުޑަކޮށް ޖެހިލުން ވެފައި ހުރި އީނާލް ލަދުން ރަތް ވީ އޭނާގެ ކަންފަތް ދޮށުގައި ޒައިން ބުނި ވާހަކައިންނެވެ. އިސްޖެހިގެން ދިޔައިރު ފައިގައި ހުރި ރިހުން މަތިންވެސް ހަނދާން ނެތް ފަދައެވެ. “މީހަކަށް ފެނިދާނެ” އީނާލް އަށް ބުނެވުނެވެ. ޒައިން ދުރުވެލުމާއެކު އީނާލް އަށް މަގުގެ ދެފަރާތަށް ބަލާ ހޯދާލެވުނެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒައިން ވެސް ބަލާލިއެވެ. ލަދުން ރަތްވެ ކޯތާފަތަށް ޖަންބު ކުލަ […]
މެޗު ނިމުމަށް ފަހު އޮތީ ގައުމީ ޓީމަށް ނަވީންކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ. ހުރިހާ ސަޕޯޓަރުންނާއި މުޚާތަބުކޮށް ނަވީން ވާހަކަ ދެއްކިއެވެ. ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ނަވީން ޝުކުރު އަދާކުރިއެވެ. ނަވީން ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަޔާ ހިތާމައިގެ ކަރުނައެވެ. ނަވީންގެ އިތުރުން ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހުވެސް ކުޅުން ހުއްޓާލި ވާހަކަ އިއުލާން ކުރިއެވެ. ނަވީނެކޭ އެއްފަދައިން ސިމާހުވެސް ވާހަކަ ދެއްކިއެވެ. އެދެކުޅުންތެރިންގެ […]
ބޮޑު ޗުއްޓީ ނިމި މިއަދަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ. އެހެންދުވަސްތަކާ އެއްގޮތަށް އަހަރެންނަށް މިއަދުވެސް ފަތިސްނަމާދު ބަންގީގެ އަޑަށް ހޭލެވުނެވެ. އަހަރެންނަކީ ފަރުޟު ފަސްނަމާދު ކުރާ، އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅެމުން އަންނަ ކުއްޖެކެވެ. އެހެންމީހުންގެ ލޯތްބާއި އިޙްތިރާމު ހޯދާފައިވާ ކުއްޖެކެވެ. ނަމާދުކޮށް ޤުރުއާން ކިޔަވައިގެން އަހަރެން އަވަސްވެ ގަތީ ސުކޫލަށް ދާން ތައްޔާރުވާށެވެ. އަހަރެން ގެއިން ނުކުތީ ގަޑިޖެހެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި، ރަށުގެ ބޮޑު މަގުގައި ހިނގަމުން ސުކޫލަށް ދިޔައީމެވެ. އަހަންނަކީ ޕްރިފެކްޓެއްކަމުން […]
އާލިމާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޔަލް މަތިން ހަނދާންވި ވަގުތު އިހުނަށްވުރެ ގިނައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެފަކީރު އޭނާއާއި ނުލައި އުޅޭނެ ޙާލު ހިތަށް އަރުވާލަންވެސް އާލިމާއަށް ދައްޗެވެ. އެ ދަރިފުޅަކީ އޭނާގެ ހުރިހާ އުންމީދެކެވެ. އެ ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ޙަޤީގަތަކަށް ވާތަން ދެކެން އޭނާވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބޭނެ ބާވައެވެ؟ “އަޅުގަނޑުމެންނަށް ވީވަރަކުން މަސައްކަތް ކޮށްދެވޭތޯ ބަލާނަން.. އެކަމަކު އާލިމާގެ ފަރުވާއަށް މިވަގުތު […]
” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. ************************ ލޯންޗު މާލެއާއި ކައިރިވަމުންދާ ވަރަކަށް ޔާނާގެ ހިތުގެތެޅުން އަވަސްވަމުން ދިޔައެވެ. މީހާ ނުތަނަސްވެ މޫނުމަތިން ދާހިތްލަންފެށެމުން ޓިޝޫއަކުން […]
ސިނަމާލެ ބްރިޖް ހުރަސްކޮށް އެތަށް ބަޔަކު ހުޅުމާލެއަށް ޖަމާވަމުން ދިޔައީ އެއްމަސް ދުވަސްކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑުކަމަށްވާ މާލްދީފް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވޭ އެންމެ ފުރަތަމަ މެޗު ބަލާލުމަށްޓަކައެވެ. އެ ޚާއްސަ ދަނޑުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީވެސް ޚާއްސަ މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އިރާން ވާދަ ކުރާ މެޗެވެ. އެ މެޗަކީ އެތަށް ގޮތަކުން ދިވެހިންނަށް ޚާއްސަ މެޗެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރު […]