Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 11

hygge Level 510 Stories100 Comments100 Login500 Comments
September 12, 2018 6 Mins Read
34 Comments

ދާނިޔަލް މަޑުމަޑުންގޮސް ކޮޓަރިތެރެއަށްވަދެ ދޮރު ތަޅުލިއެވެ. އެޔަށްފަހު އަތުގައި އޮތް ފޮތް މޭޒުމަތިގައި ބާއްވާލުމަށްފަހު އެނދުގައި އިށީނެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ދެއަތް ކަކުލުގައި ވިއްދާލުމަށްފަހު އެދެއަތުން މޫނު ފޮރުވާލިއެވެ. ޝަޒިއްޔާގެ އެ ބަސްތައް ބޭރުކޮށްލަން ކިތަންމެ ފަސޭހަޔަކަސް ދާނިޔަލްއަށް އެ އަޑުއެހުން ވަނީ ނުހަނު ވޭންދެނިވި ކަމަކަށެވެ. އޭނާއަށް މީހެއްގެ ފަރާތުން ދުވަހަކުވެސް ނުރުހުން ފާޅު ނުވާވަރަށް ޝަޒިއްޔާގެ ފަރާތުން ނުރުހުންތެރިކަން އެބަ ފާޅުވެއެވެ. އެހެން ކަމުން އެހިތަށް ވަނީ ފުން އަސަރެއް ކުރުވާފައެވެ. އެގޮތުގައި އިން ދާނިޔަލްއަށް ހަށިގަނޑު ތެދުކޮށްލެވުނީ ފޯނު ރިންގް ވީ އަޑާށެވެ.

ފޯނުގެ ސްކްރީނަށް އަރައިފައި އިން ނަންބަރު ފެނި ދާނިޔަލް ދެބުމަ ގޮށްޖަހާލިއެވެ. ގުޅަނީ ލޭންޑްލައިން ނަންބަރަކުން ކަމުން އޭނާ އެއީ އޮޅުމަކުން ކަމަށް ބަލައިފައި ފޯނު އެނދުމަތީ ބެއްވުމަށްފަހު ފާޚާނާއަށް ވަންނަން މިސްރާބު ޖެހީ ޢަޞުރު ނަމާދަށް ދިޔުމަށްޓަކައި ފެންވަރާލައި ތާޒާވެލުމަށެވެ.

ކަނޑު ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނުގައި ހުރި ދާނިޔަލް ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ފޯނު ޖީބަށް ލައިގެން ދާނިޔަލް ކޮޓަރިން ނިކުތީ އަވަހަށް މިސްކިތަށް ދިޔުމަށެވެ. “މަންމާ ނަމާދަށް އިނގޭ މިދަނީ.. ތަންކޮޅެއް ލަހުން ގެއަށް އާދެވިދާނެ..” ދާނިޔަލް އާލިމާއަށް ގޮވާލުމަށްފަހު ބުނެލިއެވެ. އާލިމާ އުޅެނީ އެއިރު ކޮޓަރީގައެވެ. ތަންކޮޅެއް މަޑުން ނަމަވެސް އާލިމާގެ ޖަވާބު އައުމުން ދާނިޔަލް ގެއިން ނިކުތެވެ.

ކޮޓަރީގައި ހުރި އާލިމާ މިއަދު ފެންނަނީ އިހުނަށްވުރެ ވަރުބަލި ކޮށެވެ. މޫނުމަތިން ފެންދަމާލައިފައި ވާއިރު މިއަދު ހީވަނީ އެހެން މީހެއް ހެންނެވެ. ކޮޓަރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުކައިރީ އޭނާ ހުއްޓިލައިގެން ހުރީ ކުރިމަތިން ފެންނަންހުރި ލޯގަނޑަށް ބަލަހައްޓައިގެންނެވެ. އެޔަށްފަހު އޭނާ މޫނުގައި އަތްޖައްސާލިއެވެ. އެހިނދު ހޯސްލައިފައި ދެލޮލުން ކަރުނަ ފައިބައިގަތެވެ. ދެލޯ ފުހެލުމަށްފަހު ފާރުގައި އަތް ޖައްސައިގެން ހުރެ ހިނގާލައިފައި ގޮސް ކޮޓަރީގެ އެއް ބިތުގައި ހުރި ކުޑަ އަލަމާރި އާލިމާ ހުޅުވާލިއެވެ. އަދި އަލަމާރި ތެރެއިން ހުދުކުލައިގެ ފޮށްޓެއް ނެގިއެވެ. އެޔަށްފަހު އޭގައި އަތް ޖައްސާލަމުން އޭނާ ހިނިތުންވެލިއެވެ.

“ދާނިޔަލް ދަރިފުލާ.. މިއަދު މަންމަމެގެ ވައުދު އިރާދަކުރެއްވިއްޔާ ފުއްދޭނެ..” އާލިމާ އެ ކުޑަ ފޮށި ހިފައިގެން އައިސް އެނދުގައި އިށީނދެލިއެވެ. އޭނާގެ އަތުގައި އޮތީ އެންމެ މިހާރުގެ ފޯނެއް އޮތް ފޮށްޓެކެވެ. އެ ފޯނަކީ އާލިމާ މިހުރިހާ ދުވަހު މަސައްކަތްކޮށްގެން ހޯދި ރުފިޔާއިން ދާނިޔަލްއަށް ގަނެދޭން އޭނާ އަމިއްލަ ނަފްސަށް ވައުދުވި ފޯނެވެ. ދާނިޔަލްއަށް ކުރިން އެކަން އިނގުނު ނަމަ އޭނާ ހުއްޓުވާނެތީ އާލިމާ އެވާހަކަ ދާނިޔަލް ގާތު ނުބުނީއެވެ.

އާލިމާ އެ ފޯނު ގާތުގައި ބާއްވާލުމަށްފަހު އަނެއްކާވެސް އުނދަގުލުން ތެދުވެގެން ގޮސް ކަބަޑުން ފޮތަކާއި ގަލަމެއް ނަގައިގެން އައިސް އެނދުގައި އިށީނދެލިއެވެ. އެޔަށްފަހު ފޮތް ހުޅުވާލައިފައި އޭގައި އެއްޗެއް ލިޔަން ފެށިއެވެ. އަދި އެ ގަނޑު ކަނޑާލުމަށްފަހު ވަރަށް ހިތްވަރު ކޮށްފައި ތެދުވެގެން ގޮސް ދާނިޔަލްގެ ކޮޓަރިއަށް ވަނެވެ. އަދި ދާނިޔަލް ކުޑައިރުއްސުރެ ގެންގުޅޭ ކުޑަ ފިލާފޮށިތެރެއްށް އެ ގަނޑު ފަތްޖަހާލުމަށްފަހު ލިއެވެ.

ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލައިފައި ދިޔަ ދާނިޔަލް ހިނގަމުން ދިޔައީ ހިތްފަސޭހަ ވައިޖެހޭ ހިސާބަކުންނެވެ. ޖެހެމުންދިޔަ ވައިރޯޅިތައް އޭނާގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައިރު އެއިން ކަމަކަށް ދާނިޔަލްގެ ފަރުވާ ނެތްނަމަވެސް އެތަށް ބައެއްގެ ލޯތަށް އޭނާއަށް އަމާޒުވެފައި ހުއްޓެވެ. އެތައް ބައެއްގެ ހިތްތައް އޭނާއަށް ލެނބެމުން ދިޔައެވެ. ދާނިޔަލް އަކީ ރާއްޖެއިންވެސް ހޮވާލެވޭނެފަދަ ރީތިކަމެއް ލިބިފައިވާ ޒުވާނެއްކަން ގައިމެވެ.

ހިނގަ ހިނގާ ހުރި ދާނިޔަލްއަށް ސުނާމީ ބިނާ މައިޒާނާއި ހަމައަށް އާދެވުމުން މަޑުކޮށްލިއެވެ. އެޔަށްފަހު އެތާ ތެރެއަށް ވަދެގެން ދިޔައެވެ. ދާނިޔަލްގެ ފިޔަވަޅުތަށް މަޑުޖެހުނީ އޭނާގެ ޖީބުގައި އޮތް ނޮކިއާ ބައްތި ފޯނު ރިންގް ވާން ފެށުމުންނެވެ. ޖީބަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގައި އޭގެ ސްކްރިނަށް ބަލައިލި ހިނދު ދާނިޔަލްގެ ދެބުމަ ގާތްވެގެން ދިޔައެވެ. މިފަހަރުވެސް އެ ގުޅަނީ ހަމަ އެއްކަލަ ލޭންޑްލައިން ނަންބަރުންނެވެ. ދާނިޔަލް މިފަހަރު ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.

***

“ރުކާ.. މިތަނުގެ ޖަވާބަށް އަންނަނީ މީތި ދޯ؟” އާލާ އޭނާގެ ފޮތުގައި ލިޔެފައި އިން ޖަވާބު ރުކާއަށް ދައްކާލަމުން ބުނެލިއެވެ. އެހިނދު ރުކާ ވެސް އޭނާގެ ފޮތް ބަލައިލުމަށްފަހު ބޯ ޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ޓެސްޓް ގާތްވަމުން އަންނާތީ އެ ދެމީހުން މިހާރަކަށް އައިސް ވަރަށް ގިނައިން ގްރޫޕް ސްޓަޑީސް ހަދައެވެ. އެ ޓެސްތްތައް ނެގުމަށްފަހު ދެން ދެތިން މަސްފަހުން އޮންނަނި އޭލެވެލް ޓެސްޓްތައް ކަމުން އެ ދެކުދިން އުޅެނީ ހޭބޯނާރައެވެ. މަތީ ނަތީއްޖާއެއް ހޯދުމަށް އެދެމީހުން ދަނީ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

“އަހަންނަކަށްވެސް ނޭނގޭ މި ސުވާލުގެ ޖަވާބު.. ދޮންތައަށް ގުޅާލަންތަ؟” ރުކާ އާލާ ގާތު އަހާލިއެވެ. އެހިނދު އާލާވެސް ވިސްނާލުމަށްފަހު ބޯ ޖަހާލީ އޭނާވެސް އެ ސުވާލާމެދު ވިސްނާ ވިސްނާ ބޯ ގޮވިއިރުވެސް ޖަވާބު ނުލިބުމުންނެވެ. ޓެސްޓްތައް މިހާ ގާތްވެފަ އޮތް އިރު އެހެން ހެވިލައިފައި ތިބެވޭކަށް އޭނާއަށް ނެތެވެ.

“މި އަންނަނީއޯ އިރުކޮޅަކުން.. ފޯނުން ކިޔައިދޭން ވެއްޖިއްޔާ ގެޓު ނުވާނެތީ ދޮންތަ ބުނީ ފަސް މިނެޓު ތެރޭގަ އެބަ އަންނަމޯ.. އޯކޭ އެއްނު ދޯ.. ދޮންތަ އަންނަންދެން ދެން ހިނގާ ބްރޭކް އެއް ނަގަމާ..” މޯޅިއަކަށް ދެމިލަމުން ރުކާ ބުނެލިއެވެ. އެހެން އިދެ އިނދެ އޭނާގެ ބުރަކަށީގައިވެސް މިހާރު ރިއްސަން ފަށައިފިއެވެ. އާލާވެސް ގޮނޑިން ތެދުވެގެން ދިޔަ ގޮތަށްގޮސް އެނދުމައްޗަށް ޖެހިގަތެވެ. ވަރުބަލިވީވަރުންނެވެ.

“ރުކާ ކޯންޗެއްތަ ކިޔަވަނީ ދެން މިހާރު؟ އޯލެވެލް ހެދި އިރު ބުނި ތިމަންނައަށް ކިޔަވާނެ އެއްޗެއް ނޭނގެޔޭ.. މިހާރު އޭލެވެލްވެސް ނިމެނީ.. މިހާރު އޮންނަން ޖެހޭނީ ކިޔަވާނެ އެއްޗެއް ފައިނަލް ވެފަ..” އާލާ ރުކާއަށް ބަލައިލަމުން އަހާލިއެވެ. އެހިނދު ރުކާ ހޭންފެށިއެވެ. “ރަނގަޅު ވާހަކައެއް.. އެކަމަކު އަދިވެސް އޮތީ ހަމަ އެންމެ ޖަވާބެއް.. ނޭނގެ..” ރުކާ ބުނެލިއެވެ. އެހިނދު އާލާ ދެފަރާތަށް ބޯ ހޫރުވާލީ މިކުއްޖާއަކަށް ދުވަހަކުވެސް އަމިއްލއަކަށް ކަމެއް ކަނޑއަލާކަށް ނޭނގޭނެޔޭ ބުނެލައިފައެވެ.

އިރުގަނޑެއް ފަހުން ރިޔާޝާ އައުމުން ރުކާ އާއި އާލާ އަނެއްކާވެސް އެދެމީހުންނަށް ނޭނގޭ އެއްޗެހި ރިޔާޝާ ގާތުން އޮޅުން ފިލުވައިގެން ފިލާވަޅު ހަދަން ހަދަން ފެށިއެވެ. އާލާއާއި ކުރިންވެސް ރިޔާޝާ ދިމާވެފައިވާތީ އެދެމެދުގައި ގާތްކަން އުފެދިފައިވެއެވެ. “ކޮން އިރަކުންތަ ރިޔައްތަ ކިޔަވަން ދަނީ؟” އާލާ ހަމަޖެހިލައިފައި އިނދެ ސުވާލު ކޮށްލީ ފިލާވަޅުތައް ހަދާ ނިމުމުން ފޮތް ލައްޕާލަމުންނެވެ. ރިޔާޝާ މަތީ ތަޢުލީމް ހާސިލް ކުރަން ބޭރަށް ދާވާހަކަ އޭނާއަށް ވަނީ ރުކާގެ ފަރާތުން އިވިފައެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް އޭނާއަކަށް ނޭނގެއެވެ.

“މިހާރު އެބަ ދުވަސް ކައިރިވޭ.. މިއަންނަ މަހު ފަހުކޮޅު ދަނީ..” ރިޔާޝާވެސް ހިނިތުންވެލަމުން ޝޯލް ރީތިކޮށްލަން އިނދެ ބުނެލިއެވެ. އާލާ ވެސް ހިނިތުންވެލުމަށްފަހު ބުނެލިއެވެ. “އަހަރެމެންވެސް މިއަންނަ އަހަރު ކިޔަވަން ދާނަމޭ ދޯ ރުކާ..” އާލާ ރުކާއަށް ދޯ އެއްލަމުން ބުނެލިއެވެ. އެހިނދު ރުކާވެސް އާލާގެ އަތާ އަތް ޖަހާލަމުން އެކަމާއި އެއްބަސްވިއެވެ.

***

ކޮޓަރިތެރޭގައި ނަމާދުކުރަން ހުރި އާލިމާ އިރުކޮޅަކާއި ކެއްސައިގަނެއެވެ. ނަމަވެސް ހިތްވަރު ކޮށްލަމުން ލަސްލަހުން އޭނާ ދިޔައީ ނަމާދު ކުރަމުންނެވެ. އެޔަށްފަހު ނަމާދުކޮށް ނިންމާލަމުން ހުރިހާ ސާމާނެއް ފޮރުވުމަށްފަހު އެނދުގައި އޮށޯވެލީ ވަރުބަލި ކަމުން ވަރުބަލި ފިލުވާލާށެވެ. އޭނާގެ ގައިގައި މިއަދު އެއްވެސް ވަރެއް ނެތްފަދައެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް މި ވަނީ ކީތްކަންވެސް ރޭކާލައިފިއެވެ.

ނަމަވެސް އެކަމަކަށް އާލިމާގެ ފަރުވާލެއް ނެތެވެ. އޭނާ އެނދުގައި އޮށޯވެލަމުން ހިތާހިތުން ދުޢާކޮށްލީ ހުރިހާކަމެއްވެސް ރަނގަޅަށް ވުމަށް އެދިއެވެ. އަދި އޭނާގެ ދަރިފުޅަށް ކާމިޔާބު ދެއްވުން އެދިއެވެ. ހަމަ އެއާއެކު ދާނިޔަލް އާއި ދިމާވުމަށް އެދިއެވެ. އޭނާއަށް މިވަގުތު ދުޢާ ކުރުން ނޫން ގޮތެއް ނެތެވެ.

***

ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރި ދާނިޔަލްއަށް ހުރެވުނީ އިވިގެން ދިޔަ ވާހަކަ އަޑުއަހަން ދަތިވެފައެވެ. “ކިކޭތޯ؟” އޭނާއަށް އަދިވެސް އެ ޚަބަރެއް ޤަބޫލެއް ނުކުރެވެއެވެ. ހަމަ އެހެން ވެދާނެ ހެއްޔެވެ؟ އޭނާ ހަމަ އެހާ ނަސީބު ގަދައީހެއްޔެވެ؟ ޙަޤީގަތުގައިވެސް އޭނާއަށް ސްކޯލާޝިޕް ލިބުނީހެއްޔެވެ؟ ދާނިޔަލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ހިތުގައި ތަފާތު ޝުއޫރުތައް އުތުރި އަރައިގަތެވެ. އެ ޚަބަރު އާލިމާއަށް އިވިއްޖެނަމަ އޭނަ ކިހާ އުފަލެއް ވާނެ ހެއްޔެވެ؟ އެކޮޅުން ވާހަކަ ދައްކާ ނިމުމުން ދާނިޔަލް ފޯނު ކަންފަތާއި ދުރުކޮށްލިއެވެ. އަދި ހިނިތުންވެލުމަށްފަހު އަމިއްލަ ނަފްސަށް އިވޭވަރަށް “އަލްޙަމްދުލިއްލާހް” އޭ ބުނެލިއެވެ.

ދެން އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް އެތާ ހުންނާކަށް ދާނިޔަލްގެ ހިތެއް ނޭދުނެވެ އޭނާގެ ހިތުގެ ކަނަކުން ވީހާވެސް އަވަހަކަށް ގެއަށް ދިއުމަށް އެދި ގޮވަމުން ދިޔައެވެ. މަންމައަށް އެ ޚަބަރު ދިނުމަށްޓަކައި އޭނާ އެވަނީ ކެތްމަދުވެފައެވެ. މިއަދު ހިނގޭ ވަރުވެސް އާދަޔާއި ޚިލާފަށް މަޑުހެން ދާނިޔަލްއަށް ހީވާންފެށީވެސް ގެއަށް ދާހިތްވެފަ ހުރިލެއް ބޮޑުކަމުންނެވެ. ތެޅެމުން ދިޔަ ހިތަކާއެކު ހިނިތުންވެލައިގެން ހުރެ އާދައިގެ ވަރަށްވުރެ ތަންކޮލެއް ބާރަށް ހިނގާލައިފައި ދާނިޔަލް މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަ ދާނިޔަލްއަށް މިއަދު ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙުސާސެކެވެ. ގޭތެރެއިން އިޙުސާސްވަމުން ދިޔައީ ފަޅުކަމެވެ. މަރުފަދަ ހިމޭން ކަމެކެވެ. އޭނާއަށް އެކަމުގެ ސަބަބުން ނޭނގޭ އުނދަގުލެއް ވަމުން ދިޔައެވެ. ދާނިޔަލްގެ ހިތުގެ ކަނަކުން އެ ހިމޭން ކަމަކީ ރަނގަޅު ކަމެއް ނޫނޭ ބުނަމުން ދިޔައެވެ. އެހެން ކަމުން އޭނާ ވަކި ހިސާބަކަށް ގޮސް މަޑުމަޑުން އާލިމާއަށް ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. ފަހަރުގައި ދާނިޔަލް ގޮވިލެއް މަޑުކަމުން އާލިމާއަށް އަޑުނީވުނީ ކަންނޭނގެއެވެ.

ސިކުނޑި ފުރެމުން ދިޔަ ނުބައި ވަސްވާސްތައް އެއްފަރާތް ކޮށްލުމަށްފަހު ހުރިހާކަމެއް ﷲގެ އިރާދަފުޅުން ރަނގަޅުވާނެކަމަށް އުންމީދުކޮށް ހިތަށް ވިސްނައިދެމުން ދާނިޔަލް އަނެއްކާވެސް ކުރިޔަށް ދެތިން ފިޔަވަޅު އަލާލިއެވެ. އެޔަށްފަހު އަނެއްކާވެސް އާލިމާއަށް ގޮވާލިއެވެ. އާލިމާގެ ކޮޓަރީގެ ދޮރުމައްޗަށް ދާނިޔަލް އެރި ވަގުތު އާލިމާ ކެއްސާލި އަޑު އެ ތޫނު ކަންފަތުގައި ޖެހުނެވެ. ދާނިޔަލްގެ ހިތް އެވަގުތު ބިރުވެރިކަމުން ވަށާލިއެވެ.

މަޑުމަޑުން ދޮރުގައި ޓަކި ޖަހާލުމަށްފަހު އާލިމާގެ ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. ނަމަވެސް ދާނިޔަލް އަށް ފެނުނު މަންޒަރުން ޖެހި ބުދެއް ހެން އޭނާއަށް ހުރެވުނީއެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތަށް އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. މިއީ ހުވަފެނަކަށް ވާނެ ނަމައޭ އެ މަދު ސިކުންތުކޮޅު ތެރޭގައިވެސް އެ ޒުވާން ހިތަށް އެރި އަދަދުވެސް ނޭނގެއެވެ. ހުރި ތަނުން ދުވެފައި މާ ދުރަށް ދާންވެސް އެހިތް ގޮވަމުން ދިޔައެވެ. ދާނިޔަލް ދެލޯ މަރާލީ އެއީ އޭނާއަށް ހީވި ހީވުމެއްތޯ ޔަގީން ކޮށްލުމަށެވެ. އެހިތް އެދެމުން ދިޔައީވެސް އެގޮތަށް ވުމަށް އެދިއެވެ. ނަމަވެސް ތަޤްދީރުގެ ނިންމެވުން ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟ ދާނިޔަލް ދެލޯ ހުޅުވާލިއިރުވެސް މަންޒަރު ބަދަލެއް ނުވިއެވެ.

އެނދުމަތީގައި އޮށޯވެ އޮތް އާލިމާގެ މޭމަތީގަޔާއި އެއްކޮށް ވަނީ ލެޔެވެ. އޭނާގެ ދެލޯ މެރިފައި އޮތް އިރު ލަސްލަހުން ނޭވާ ލަމުން ދިޔައެވެ. ދާނިޔަލްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދާނިޔަލް ބާރުބާރަށް ހިނގާލައިފައި ގޮސް އާލިމާ ގާތު އެނދުކައިރީގައި ހުއްޓިލިއެވެ. އާލިމާގެ ދެލޯ ވަނީ މެރިފައެވެ. ނަމަވެސް ދާނިޔަލް އައުމުން ވަރުބަލި ކަމާއެކު އޭނާ ދެލޯ ހުޅުވާލިއެވެ.

“މަންމާ..” ދާނިޔަލްގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ދެލޯ ފުރި ބަންޑުންވަމުން ދިޔައީ ތާޒާ ކަރުނައިންނެވެ. އެހާ އުފާވެރި ޚަބަރެއް ދޭން އައި ވަގުތު މި ފެނުނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ ދާނިޔަލްއަށް ރޮވެމުން ދިޔަ ވަރު އިތުރުވަމުން ދިޔައެވެ. ފިރިހެން ކުއްޖެއް ކަމަކު ބަނޑުއަޅާ ވިހޭ މައިމީހާ އެފަދަ ޙާލެއްގައި އޮވުމުން އަސަރު ނުކުރާނީ ކާކުގެ ހިތަށް ހެއްޔެވެ؟ ކެތްވާނީ ކާކަށް ހެއްޔެވެ؟

ބިންމަތީގައި ދެކަކޫ ޖަހާލުމަށްފަހު ދާނިޔަލް އާލިމާއަށް އަނެއްކާވެސް ގޮވާލިއެވެ. އެހިނދު އާލިމާ ލަސްލަހުން ދެލޯ މަރާލުމަށްފަހު އަނެއްކާވެސް އުނދަގުލުން ލޯ ހުޅުވާލިއެވެ. “ދަ.. ދަރިފު.. ދަރިފުޅާ… މަންމަ ދަ.. ދަރިދުޅު.. ގާތު ވަޢުދެއް.. ވީމެއްނު.. މި.. މިއޮތީ.. ދަރިފުޅަށް އޮތް އިނާމު.. މަން.. މަންމަގެ ވަޢުދު މި.. މި ފުއްދުނީ..” އާލިމާ އުނދަގުލުންވެސް ވާހަކަ ދެއްކޭތޯ ބަލަމުން ދިޔައެވެ. އޭނާގެ ނޭވާ ވަނީ ކުރުވެފައެވެ. އަޑު އަންނަނީ ކެނޑި ކެނޑިގެންނެވެ. އެޙާލުގައި އޮވެގެންވެސް އާލިމާ ހިނިތުންވެލިއެވެ.

ދާނިޔަލްއަށް އަނެއްކާވެސް މަންމާއޭ ކިޔައި ރޮވެން ފެށުނެވެ. އޭނާގެ އަޑު ކުރެހެމުން ނަމަވެސް އެ ކުޑަ ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހިނދު އާލިމާ އޭނާގެ އިނގިލި ދިއްކޮށްލީ އެނދުމަތީގައި އޭނާއާއި ކައިރީގައި އޮތް ކުޑަ ފޮށިގަނޑަށެވެ. ދާނިޔަލް އަށް އެއީ އާލިމާ އެ ވާހަކަ ދައްކާ އެތި ކަން އިނގުނެވެ. “ނޫން މަންމާ.. އިހަށް އޭތި ބާއްވާ.. މަންމައަށް ކިހިނެތްތަ ވީ ކުއްލިޔަކަށް.. މަންމާ.. ހިނގާ ހޮސްޕިޓަލަށް.. ދާން މި ގުޅަނީ އެންބިއުލެންސް އަށް..” ދާނިޔަލް އަވަސް އަވަހަށް ޖީބުން ފޯނު ނަގަން އުޅެމުން ބުނެލިއެވެ. އޭނާގެ ހިތް ވަނީ ނުހަނު އަވަސްވެފައެވެ. ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައިރު އެ ނިކަމެތި ފިރިހެން ކުއްޖާއަށް ދިޔައީ ގަދައަށް ގިސްލެވެމުންނެވެ.

“ނު.. ނޫން ދަރިފުޅާ.. ދެން އެމީހުންނަކަށްވެސް.. އެއްކަމެއްވެސް ނު.. ނުކުރެވޭނެ.. މިއީ ކޮންމެ.. ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ.. ކަމެއް.. އެމީހެއްގެ އަޖަލު އައިސް.. އައިސް ޖެހުމުން އެއްވެސް މީހަކަށް.. އެކަމެއް ނު.. ނުހުއްޓުވޭނެ.. ދަރިފުޅާ.. އެ.. އެ ފޮށި.. ފޮށި ނަގާތި.. އެއީ މަ.. މަންމަގެ ހަދި.. ޔާއެއް.. ދަރިފުޅާ.. މަންމަ ނެތް ދުނިޔެއެއްގަވެސް ބަސް އަހައިގެން އުޅޭތި.. ބޮޑުވީއޭ ކިޔައިފަ ދީނާއި ޚިލާފް ޢަމަލުތަކަށް އަރައިނުގަންނާތި.. އަޚްލާޤް.. އަޚްލާޤް ރަނގަޅު ކުއްޖެއް ގޮތުގައި ވާތި.. ނަމާދު ނާޅާ.. ބަރާބަރަށް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާތި.. ދަރިފުޅަށް މާތް ﷲ.. އަބަދުވެސް ކާމިޔާބު މިންވަރު ކުރައްވާށި..” އާލިމާ މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. އެއިރު ދާނިޔަލް އިނި އާލިމާގެ އަތުގައި ހިފާލައިގެންނެވެ.

އޭނާގެ ޙާލަތަކަށް ބަދަލެއް ނާދެއެވެ. އާލިމާގެ އަޑުން އެކަނިވެސް އެ ހަށިގަނޑުގައި އަޅަމުންދާ ވޭން ވަޒަންކޮށްލެވެއެވެ. ދާނިޔަލްގެ ހިތަށް އެތައް ހާސް ހަންޖަރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ.

އޭގެ ދެވަނަ ސިކުންތުގައި އާލިމާ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. އެޔަށްފަހު މަޑުމަޑުން ލޯ މެރެމުން ގޮސް އެއްކޮށް ދެލޯ މެރުނެވެ. އެޔާއެކު ދާނިޔަލްގެ އަތުތެރޭގައި އޮތް އާލިމާގެ އަތް މަޑުމަޑުން ބާރު ދޫވަމުން ގޮސް އެ އަތުތެރެއިން ދޫވެގެން ވެއްޓުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ޒީޝާން!

Next

ބުނާށެ ލޯބި ނުވަނީހޭ 03

Next
September 12, 2018

ބުނާށެ ލޯބި ނުވަނީހޭ 03

Previews
September 12, 2018

ޒީޝާން!

34 Comments!

  1. annoying reader says:
    September 12, 2018 at 6:17 pm

    alhey sooo sad. i love this story so much but this is my first comment. mi vaahaka genes dhey gotha dheeni kanthah himanaigen society ah good msgs libeythi varah ufaa vey. noor thi kura hiy varah saabas. keep it up. i feel so sad for dhaan. waiting for the next part,varah kiya hiy vejje

    1. aish noor says:
      September 13, 2018 at 12:29 pm

      aww.. 🙁 ehentha? vrh ufaavehje annoying reader ah mi vaahaka kamudhaakan ingunyma.. 🙂 jazakillah khairan dear.. 🙂

  2. Kookie says:
    September 12, 2018 at 6:21 pm

    Oh no? dhaaniyalge mom e maru v.. alhey kookie ah rovijje..?? alhe dhn dhaaniyal ah khneii tha vaanyvx.. haadha dhera ekey me v..??? kn irakun tha next part.. next part avahah genesdhehchey plxxx??????☹???????

  3. pengiun says:
    September 12, 2018 at 6:35 pm

    me second dhw…kiyaalaafa comment kollaanan

    1. pengiun says:
      September 12, 2018 at 6:43 pm

      wow mibai vx hama vvv reethi..curiously waiting for nxt part……

    2. aish noor says:
      September 13, 2018 at 12:30 pm

      yess dear.. congrats penguin.. 🙂 jazakillah khairan dear. 🙂

  4. No one says:
    September 12, 2018 at 6:51 pm

    Me third dhw❤❤so saddened?

    1. aish noor says:
      September 13, 2018 at 12:30 pm

      yess dear.. aww.. 🙁

  5. Mixuhan says:
    September 12, 2018 at 6:59 pm

    Alhey….so sad ???

    1. aish noor says:
      September 13, 2018 at 12:31 pm

      alhey Mixuhan dear.. 🙁

  6. Anonymous says:
    September 12, 2018 at 7:00 pm

    Aaaaaah…. hama rovijje???

    1. aish noor says:
      September 13, 2018 at 12:32 pm

      alhey dear.. 🙁 sorry ingey ekamahtakaa..

  7. Ibsha says:
    September 12, 2018 at 7:12 pm

    Varah reethi varah asarukohfi rovijje..varah avahah pate12 kiyaalan beynun..

    1. aish noor says:
      September 13, 2018 at 12:33 pm

      jazakillah khairan dear.. 🙂 alhey.. 🙁 hehe.. ehentha dear? in sha allah miadhu up vaane 12th part.. 🙂

  8. Nunnu says:
    September 12, 2018 at 7:15 pm

    Varah dheravejje. ???

    1. aish noor says:
      September 13, 2018 at 12:33 pm

      alhey Nunnu dear.. 🙁

  9. Lotus says:
    September 12, 2018 at 7:31 pm

    Alhey dear kihine thihedhee.. mulhin rovvaalaifi.. so sad n sorry for our dhaniyal..
    Waiting for the next part

    1. aish noor says:
      September 13, 2018 at 12:34 pm

      vrh bodah sorry ingey dear men dhera kohlevuneema. 🙁 alhey.. 🙁

  10. riyer says:
    September 12, 2018 at 7:44 pm

    Masha Allah sis ge vaahakathah hama varaha reethi thank you for sharing all these with all of us . may Allah bless you and give you the Hannah?

    1. aish noor says:
      September 13, 2018 at 12:48 pm

      jazakillah khairan riyer dear.. 🙂 marhabaa dear.. 🙂 🙂 maaiyy allah thibaa ah heyo rahmaiyy lavvaa thibaage faafa fussavaashi.. aameen.. 🙂

  11. Xaha says:
    September 12, 2018 at 8:00 pm

    Alhe nooo dhaan ge mamma maruvanyy tha noooo nooo plx

    1. aish noor says:
      September 13, 2018 at 12:49 pm

      balamaa dhw.. 🙂

  12. Mal says:
    September 12, 2018 at 8:25 pm

    Ooh no…????alhe noor dhn dhaan ah ehn nuhadhaa…???????hr will be so alone…..dhaan kihaa dhera vaane…..mal hama aslahves rovijje…..?????????dhn hama aslahves dhaan mom niyaavytha?????????? mal ah hyvany dhn dhaan dhaany scholarship ah hen…goss annaay v dhuvaskohfa hen…dhn annathanun aalaa aa dhimaa vaany…?????????don’t mind ingey,….hama dhn mind ah ai goiiy….and noor u r so talented….masha allah???????☺☺may u have a bright future in writing stries….. Insha allah… ??????❤❤❤❤mi part ves v rythi…lysm❤❤❤❤❤❤

    1. aish noor says:
      September 13, 2018 at 12:52 pm

      alhey dear.. 🙁 dhn balamaa dhw vaagotheh.. 🙂 hhehe.. it’s ok.. dear ah heevaa gotheh bunun aee massala eh noonennu dhw? hehe.. 🙂 jazakillah khairan dear.. 🙂 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen. 🙂 jazakillah khairan Mal. 🙂 aww.. <3<3<3<3<3

  13. lai says:
    September 12, 2018 at 8:57 pm

    alhey so sad hama reehchah ves lai ah rovijje 🙁 🙁 🙁 🙁 🙁 🙁 mi part varah salhi ……… waiting for next part >3 >3 >3

    1. aish noor says:
      September 13, 2018 at 12:54 pm

      alhe lai.. 🙁 jazakillah khairan lai.. dear haalu kihineh mihaaru? 🙂

  14. Shafaq says:
    September 12, 2018 at 10:09 pm

    Roi roi halaaku vejje.. nice story..

    1. aish noor says:
      September 13, 2018 at 12:55 pm

      alhey.. 🙁 jazakillah khairan Shafaq dear. 🙂

  15. Maain says:
    September 12, 2018 at 10:11 pm

    Alheyy.. hama rovijje.. varah dhera vejje.. dhaan ah ehn nuhadhaa alhe..

    1. aish noor says:
      September 13, 2018 at 12:56 pm

      alhey Maain dear.. 🙁 ekamaku vaan oiyy kameh aharumennahakah vaki nuhuttuveynennu dhw dear? dhn balamaa dhw story ga vaagotheh.. 🙂

  16. Unknown ?? says:
    September 13, 2018 at 3:46 am

    So nice story! MaSha Allah?✨
    So Interesting! Vaahaka kiyamun dhr iru Hama hitah sifa vey !??
    Hama rangalhah es rovihjje mythi kiyaafa!☹️?
    Waiting for next part!✨??

    1. aish noor says:
      September 13, 2018 at 12:57 pm

      jazakillah khairan dear.. 🙂 ehentha? vrh ufaavehje ingey dear thihen bunelyma.. 🙂 alhey asluvestha? 🙁 12th part up vefa innaanee mihaaru.. 🙂

  17. Aisha says:
    September 14, 2018 at 9:57 pm

    ??? vrh vrh dhera vejje. ? poor dhaan. Dhaan ah rangalhu gotheh furure ga dhimaavaane kamah ummeedhu kuran. Hama aslah ves rovijje?. But great story. Keep it up.????

  18. Aanyy says:
    October 7, 2018 at 11:06 am

    ???why did she die???????dhaan is gonna be so lonely. . . . .kill aala??
    Jk…..v reethi mivaahaka
    U got talent noor
    Keep up the good work
    Lysm??

Comments are closed.


All Right Reserved!