ކުރިމަތީގައި ހުރި ލޯގަނޑުން އިޝްމާ އޭނާގެ އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހިނދު ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. އޭނާ ރީތިކޮށްފައި ހުރިލެއް ފުރިހަމަކަމުން ހިތާހިތުން މާނީއާއި އިސްރާއަށް ތައުރީފުކޮށްލެވުނެވެ. ޕީޗްކުލައިގެ ކައިވެނި ހެދުމުގައި ހުރި އިޝްމާއާ ކޮށްފައި ހުރި ލުއި މޭކަޕު ނުހަނު ގުޅެއެވެ. ޝޯލް އަޅުވައިފައިވެސް އެހާމެ ރީތި ކޮށެވެ. އިޝްމާއެކޭ އެއްފަދައިން ނަވްޔާވެސް ހުރީ ޕީޗްކުލައިގެ ކައިވެނި ހެދުމުގައެވެ. ނަވްޔާއާ ގުޅޭ ގޮތަށް އޭނާގެ މޭކަޕް […]
“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. މިކްޔަން ގެ ވާހަކައަށް އޭނާ މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ. ޑިއުޓީ ނިންމާލާފައި އިނާލް ދިޔައިރު ނާޖިދު އާއި ސާމިރާ އާއި ދެމީހުން ސޯފާގައި ތިއްބެވެ. އޭރު ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. “އީނާލް […]
ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނީ ފޯނަށް ގެއްލި […]
” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި […]
“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިނާލް ވިސްނާލިއެވެ. އޭނާ އެ ނަންބަރަށް މެސެޖް ކޮށް ޒައިން ތޯ އަހަން ވީ ހެއްޔެވެ؟. އެހެންނަމަވެސް ޒައިން އަށް އެ ނަންބަރު ލިބޭނީ ކިހިނެތްތޯ އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއަށް ފަހު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ވަރަށް ވިސްނާލުމަށް ފަހު އޭނާ އެ ނަންބަރަށް މެސެޖެއް […]
އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް […]
ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން […]
އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ. “މިތަނަށް އަހަރެންގެ މަންމަ ގެނެސްފިއޭ ބުނީމަ.. ކޭން އައި ސީ […]
މާއިޒްގެ އިތުރުން އާރާޝްވެސް ފުރައިގެން ދިޔުމުން ގޭތެރެ ފަޅުވިއެވެ. އެކަނިވެރިކަން އެންމެ ބޮޑަށް އިހްސާސް ކުރެވުނީ މާނީއަށެވެ. ނައުޝާދްގެ ކުއްލި ނިންމުމުގެ ސަބަބުން ޝަހުދާއަށް ސިހުން ގެނުވިއެވެ. ދެ ހަފްތާ ތެރޭގައި އިސްރާ އަދި އަހުސަމްގެ ކައިވެނި ކުރުވަން ނައުޝާދް ނިންމިއެވެ. ފާޅުގައި އެކަމަށް ޝަހުދާ އިންކާރުކުރިއެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ކައިވެނީގެ ކަންތަކާއިގެން ނައުޝާދް އުޅުނެވެ. އިސްރާ މާނީމެންނަށް ގުޅާފަ އެޚަބަރު ދިނުމުން އެކުދިންވެސް އެކަމާ އުފާކުރިއެވެ. “ކަލޭ ހާދަ ފޭކޭދޯ! ހަމަ އަހަރުން […]