އެހިނދު އާލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. އާނއެކެވެ. އޭނާއަށް އޭނާގެ މަންމަގެ ބޮލަށް ވަދެވިއްޖެއެވެ. ދާނިޔަލްއަށް ކުރެވެން އޮތްހާ ޖެއްސުމެއް ވިއްޔާ އޭނާ ކުރާނެއެވެ. މިގޭގައި ވަޒީފާގައި ނޫޅެވޭ ވަރުވެސް ކުރާނެއެވެ. އެއީ ދާނިޔަލްގެ އެ ހުންނަ ނުފިލާ އަޒުމެއްގެ ސަބަބުން އާލާއަށް ކެތްނުވުމުން އޭނާ ރޭވި ރޭވުމެކެވެ. ދާނިޔަލްގެ އެ ޢަޒުމަކީ ދުވަހަކުވެސް ގުޑާނެހެން ހީނުވާ އެއްޗެކެވެ. ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާވެސް އޭނާގެ ކިޔެވުމައިގެން އުޅޭއިރު ދާނިޔަލްވެސް ހިތްވަރާއެކު އޭނާގެ ވަޒީފާ […]
“ވަޢަލައިކުމުއްސަލާމް.. މަރުޙަބާ ދާނިޔަލް.. ތިޔަ ކުރި ހިތްވަރަށް އަދި ތި ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ.. ދާނިޔަލްގެ ހުވަފެން ތިފަދަ ނަތީއްޖާއަކާއެކު އަދި ޙަޤީގަތަކަށް ހެދޭނެ.. އިން ޝާ ﷲ..” އަރީފް ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ޙަޤީގަތުގައި އޭނާ އެހުރީ ބަޔާންކުރެވޭވަރަށްވުރެވެސް އުފާވެފައެވެ. ފުރަތަމަ ދުވަހުއްސުރެވެސް ދާނިޔަލްއަކީ އޭނާގެ ދަރިއެއްފަދައިން އަރީފް ދެކެއެވެ. އެއީ އޭނާގެ އެހެން ދަރިއެއް ނުހުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެޔަކަސް ދާނިޔަލް ފެނުމުންވެސް އޭނާއަށް […]
އެހެންނަމަވެސް އަޔާން މަސައްކަތް ކުރަމުން ދިޔައީ އެ އަސަރު އެއްކޮށް ފިލުވާލެވޭތޯއެވެ. މޫދަށް ދިޔަ ގޮތަށް އެތަނުގައި އުޅުނު ގުރޫޕަކާ ބައިވެރިވެގެން ޒައިން އާއި އޭނާގެ އެކުވެރިޔާ އާސިފް ވެސް ސަކަރާތުގައި މަސްއޫލުވިއެވެ. އެހެން ނަމަވެސް ގަޑިން ފަސްގަޑި ބައި ވުމާއެކު ޒައިން އާސިފް އަށް ގޮވާލަމުން މޫދަށް އަރަން އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ބޯޅައިން ކުޅެމުން ދިޔަ ކުޅިވަރު އެންމެ ފޯރި ގަދަވި ވަގުތު ޒައިން ދާން ފެށުމުން އެތަނުން އެއްކުއްޖަކު ޒައިން އަށް ގޮވާލަމުން […]
އެހިނދު އަރީފްގާތު ބުނަން ވެފަ އޮތް ވާހަކައެއް ހަނދާންވެގެން އަވަހަށް ތެދުވެލުމަށްފަހު ގަރާޖާއި ދިމާލަށް ހިނގައިގަތެވެ. “ބައްޕާ.. އަޅުގަނޑު އަތުގަ ހުރި ހުރިހާ ވާހަކަ ތަކެއް މިހާރު ކިޔާ ނިމިއްޖެ.. ބައްޕަ ބުނީމެއްނު މިހާރު ހުރި އެއްޗެހި ނިމުނީމައޭ ދެން ގަނެދޭނީ.. އޭގެ ފަހުންވެސް މިހާރު ދެބުރަށްވެސް ބައެއް ފޮތް ކިޔައިފިން.. އަޅުގަނޑަށް މިއަދު ފެނުނު ވަރަށް ރިތި ވާހަކަ ސިރީސް އެއް.. އޭތި އަޅުގަނޑަށް ގަނދޭންވީ..” އިސްދަށަށް ޖަހައިގެން ހުރެ ފޯނާއި ކުޅެމުން ނުހަނު ފޯރީގައި […]
“އަހަރެންނަން މިހެން ވީ ކީއްވެ؟” ޝަކުވާ ގެ ބަސްތައް އަނގައިން ނުކުންނަމުން ދިޔަ ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. ހިއްސާ ކޮށްލާނޭ މީހަކުނެތެވެ. ހުރިހާ ކަމެއް އަމިއްލަ ހިތު ތެރޭގައި އޮއްބާލައިގެން ހުރެ ހުރެ އޭނާ ވަރުބަލިވެއްޖެއެވެ. ހެނދުނުގެ ވަގުތެވެ. ފަތިސް ވީފަހުން ވާރޭ ތުނިކޮށްލާފައި ވީނަމަވެސް އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އާދީއްތަ ދުވަހަށް ވުމުން މަގުމަތީގައިވެސް މީހުން ގިނައެވެ. ހެނދުނު ދަންފަޅިއަށް ސްކޫލަށް ދާ ކުދިން ސްކޫލަށް […]
ރޭގައި ވާރޭވެހިފައި ހުއްޓާލީ ފަތިސް ވީ ފަހުންނެވެ. އެހެންނަމަވެސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ވިލާތަކަށް ބަދަލެއްނާދެއެވެ. އެ ވިއްލާގަނޑަށް ވުރެ އަނެއްވިލާގަނޑު ގަދަވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިރުގެ އަލި ދުނިޔެމައްޗަށް ފުރިހަމަ ގޮތުގައި ފެތުރުމަށް ހުރަސްއެޅިފައިވެއެވެ. ދޫނި ސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. ފަޒާގައި ހިފާފައިވި ފިނީގެ ސަބަބުން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ވިލާ ބޯކޮށްފައި އޮތަކަސް ވަޔެއްނުޖެހެއެވެ. އެހެންކަމުން ގަސްތަކުގެ ފަތްތަށްވެސް ފެންނަނީ އާދަޔާ ހިލާފަށް […]
އެ ބޮޑު ސްޓޭޑިއަމް ފުރިފައިވަނީ އެތަށް ހާސް ސަޕޯޓަރުންނެއްގެ ސަބަބުންނެވެ. މުޅި ޖައްވުގައި ގުގުމާލައިފައިވަނީ އެ ސަޕޯޓަރުންގެ އަޑެވެ . ހުދުކުލައިގެ ޖާޒީގައި ގިނަ ސަޕޯޓަރުން ތިބި އިރު ވިލު ނޫ ފާޑުގެ ނޫކުލައެއްގެ ޖާޒީގައި ތިބި ސަޕޯޓަރުންވެސް ތިއްބެވެ espanolviagra.net. ބެނާއާއި އަދިވެސް ސަޕޯޓު ކުރުމަށްޓަކައި އެކި ސާމާނުތަށް ސަޕޯޓަރުން ގެންގުޅެމުން ދެއެވެ. ފޯރި ވަރަށްވެސް ގަދައެވެ. ނަމަވެސް އަދި މެޗު ފެށުމާއި ދޭތެރޭ ވަގުތުކޮޅެއް އޮތެވެ. އެހެން ކަމުން ދެން އަދި މެޗު ފެށުމުން […]
“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަލްވަދާއު ކިޔާފިއެވެ. ދާނިޔަލްވެސް މަޣްރިބް ނަމާދުން އައިސް ގެޔަށް ވަނެވެ. އާލިމާގެ ޚަބަރެއް ނުވުމުން އޭނާވެސް ކޮޓަރިއަށް ވަނީ މިވަގުތު […]
“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ. ކާރުގައި ގެޔަށް އައިސް ވަތް އަރީފް ކާރު ގަރާޖުގައި ބޭއްވުމަށްފަހު […]