ބާރުބާރަށް ބަދިގެއިން ނިކުމެގެން ވިޝާމާ އައީ އަޒާންމެން ގާތު ސައިބޯން އައުމަށް ބުނާށެވެ. އެހެން ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވީއެވެ. ކާރުން ފައިބައިގެން ދުވެލައިފައި ގޭތެރެއަށް ވަތް އާދިންއަށްވެސް ވީ ހަމަ އެވަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހުރިތާ މަޑުކޮށްލެވުނު އިރު އެއްވެސް ޙަރަކާތެއް ގެންނަންވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ. ހައިރާންކަންމަތީ އިރުކޮޅެއް ވާންދެން ހުރުމަށްފަހު އާދިން އަވަސް އަވަހަށް އެތެރެއަށް […]
އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ. “އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ […]
އެއްލި ކަޅިޔަކުން ޝަރްވާންއާއި އެކު ޔާނާ ނަށަމުން ދިޔަތަން ރާދިންއަށް ފެނުނެވެ.ޔާނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިންއިރު އަނެއް އަތުން ޔާނާގެ ފަހަތުން ބުރަކަށީގައި ހިފަހައްޓައިގެން ޝަރްވާން އިނުމުން ރާދިންގެ ހިތައް ތަދުވިއެވެ. ޔާނާގެ ދެއަތްވަނީ ޝަރްވާންގެ މޭމަތީގައެވެ. ރާދިންގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ހިތާމަވެރިކަމާއި ހަސަދަވެރިކަމުގެ އިހުސާސް އެހިތުތެރޭގައި އެއްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ރާދިންއަށް ކިޔަން އިން ލަވަ ނޫން އެހެން ލަވައެއް ކިޔަންފެށުމެވެ. އިންތަނުން ތެދުވެ އެލަވަ ކިޔަމުން ޔާނާއާއި ދިމާއަށް ރާދިންއަށް […]
“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ. ކުރިމަތީގައި ހުއްޓި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނި ދެމީހުންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ. “ކާފާ.. ބުރައޭ ބުންޏަކަސް ވާ ބުރަ ދުވަހެއް މިއަދު.. ނޭވާއެއް ލާނެ ވަގތެއްވެސް ވީ ކިރިޔާ..” އަޒާން ވަރުބލިވެފައި ހުރެ ބުނެލިއެވެ. އެވަގުތު މަނިކު […]
ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ. ޝަރްވާންގެ ކާރު ގެކައިރީގައި މަޑުކުރުމުން ޔާނާގޮސް ކާރަށް […]
އިވާނަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ދެލޯ ބޮޑުކޮށްގެން މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “ސޭ އިޓް އަގައިން މާނީ” އިވާނަށް ބުނެވުނެވެ. “އިވާން އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ.” ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް މާނީ ބުންޏެވެ. “އޯ ޕްލީޒް މާނީ! އަހަރެން ހަތަރު އަހަރު މާނީއަށް ކުރި އިންތިޒާރުގެ ފޮނި މީރުކަމަކީ މީތަ؟ އެތައް އަންހެން ކުދިންނެއް އަހަންނާ އިންނަން އެހުމުން އެކަމާ އެއްބަސް ނުވެ އަހަރެން ހުރީ […]
ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ. “އެކަމު މިހާރު މާ ލަސްވެއްޖެ އަހަރެން ބޭނުން އަފްރާގެ ދަރި ނާކާމިޔާބު ކުރަން. މިހާރުވެސް މާމޮޅު ކުޅުންތެރިއަކަށް ވެގެން ބޭރު ގައުމުތަކަށް ގޮސް ވަރަށް ފޮނިވެގެން އޭޭނަ އެއުޅެނީ. ލޯބި ނުލިބުނީމަ ހިތަށް ކުރާނެ އަސަރު އަފްރާގެ ދަރިއަށް ވިސްނަދޭންޖެހޭނެ އޭރުން އަފްރާއަށްވެސް އެއްޗެއް ވިސްނޭނެ. އަފްރާ ކުރި ކުށުގެ ސަޒާ […]
ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް […]
ހަތަރު އަހަރު ފަސް….. ރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ކުޅިވަރު ކަމަށްވާ ވޯލްޑްކަޕަށް ދިވެހި ރާއްޖެ ކޮލިފައިވެގެން ދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ފުޓުބޯޅަވަނީ ހީނުކުރާހާ ބޮޑަށް ކުރިއަރާފައެވެ. އިންޑިއާ ވަށްޓާލުމަށްފަހު އެންމެ ފަހުން ބޭއްވުނުދެ ދެ ސާފްޗެމްޕިއަންޝިޕް ވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެ ބަލިވީ އޮސްޓްރޭލިއާ […]