ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާނުލާ އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަނހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ހޫމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮށޯތްއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވޭތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ***** އާދުވަހަކަށް އިރު އެރީ އެތައް ބަޔަަކަށް އުފާވެރިކަން ގެނުވާ އެނެއްބަޔަކަށް ހިތާމަވެރިކަން ގެނުވަމުންނެވެ. މިއީ އަބަދުވެސް ދުނިޔޭގެ ހާލަތެވެ. އެއްދުވަހު ހިތާމަވެރިކަން އެމީހަކަށް ލިބިއްޖާ އޭގެ އަނެއް ދުވަހު އެމީހަކަށް ލިބޭނީ އުފާވެރިކަމެވެ. ހެނދުނުގެ ވަގުތުގައި އައިޒަން ހުރީ ގޭގައި ހަދާފައި އޮތް ބަގީޗާގައި ކޮފީއެއް ބޯންށެވެ. ފޮޅިވައިވާ ރަތް ކުލައާއި ފިޔާތޮށި ކުލައިގެ ފިނިމެންމާ ތަކުގެ ސަބަބުން ބަލާ ފޫހި ނުވާނޭ ކަން ގައިމެވެ. އަދި ދުރުގައި ހުރި އެކި ކުލަކުލައިގެ ސާމާ ގަސްތަކުގެ ސަބަބުން އެރީތި ކަން ދެގުނައެވެ. މާމަލުގައި ހުރި ޝަބުނަމް ތިކިތަަކުން މަލުގެ ފުރިހަމަކަން ބަޔާން ކުރަން ވެސް ދައްޗެވެ. ގަސްތަކުގެ ތެރެއިން އެއް މަލުން ފޮނި ކޮޅު ބޯލައި އެނެއް މަލުން ފޮނި ކޮޅު ބޮމުން އުޅުނި ކޮކާތަކާއި ކުޅަނދުރުތައްވެސް އެކަމުގެ އުފާ ހޯދަމުން ދެއެވެ. ކުޅަދުންވަންތަ ކަމުގެ ލާމަސީލު މަންޒަރެކެވެ. މިފަދަ މަންޒަރެއް އާޓިސްޓަކަށް ކުރުހަންވެސް އުނދަގޫ ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެ ބަގީޗާއަކީ އައިޒަން އަބަދުވެސް އޭނާގެ ބޯ ހަމަޖައްސައިލަން އަންނަ އެއް ތަނެވެ. އައިޒަންގެ ކޮއްކޮއަކީ ގަސް ހެއްދުމަށް ނުހަނު ފޯރި ހުންނަ ކުއްޖެކެވެ. އެ ގަސްތަކަކީ ވެސް މާޔާގެ ބުރަ މަސައްކަތެވެ. ”ދަރިފުޅާ އެއޮށް ގަޑިޖެހެނީ މިހާރު… ދެން ދޭ އަވަހަށް ތައްޔާރުވާން…” ކޮފީ ބޯން ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލުމުންނެވެ. އައިޒަން އެތާ ނުހުރެ އަވަސްވެގަނީ އޭނާގެ ޑިއުޓީ ދާން ތައްޔާރުވާށެވެ. ޕޮލިހަކަށް ވުމަކީ އައިޒަން މާ ކުރާ ހިތް ވާ ކަމެއްނޫނެވެ. ނަމަވެސް އޭނާ އެވަޒީފާގައި އެއުޅެނީ އެނާގެ ލޯބިވާ ނިފްޝާއަށް އިންސާފު ހޯދައިދިނުމަށެވެ. ނިފްޝާއަށް އެކަން ކުރި މީހުން ހޯދައި ހައްޔަރު ކުރުމަށެވެ. ނަމަވެސް އަދިވެސް އެ ކުށްވެރިން ހޯދޭ ގޮތެއް ނުވެއެވެ. އެތައް މަސައްކަތެއް ކުރުމުންވެސް މެއެވެ. އެ ވަޒީފާއަށް ދާން ފެށިތާ ހަފްތާއެއް ނުވަނީހެން އައިޒަންގެ ހިތުގައި އެ ވަޒީފާއަށް ޝައުގުވެރިކަން އުފެދުނެވެ. ކޮންމެ ކަމެއްވެސް މިހާރު އެނާ ކުރަނީ ހިތްހަމަޖެހިލައިގެން ހުރެ ކުރާ ހިތުންނެވެ. ”އަނހާ… ދައްތަ މެން ކޮން އިރަކު އައީ…” މަޑު މަޑުން ސައިކަލު ދުއްވަމުން ދިޔަ އައިޒަން އަށް ނިފްޝާގެ މަންމަ އިނާޝާ ފެނުމުން ހިނިތުންވެލައި ވާހަކަދެއްކިއެވެ. އައިޒަންއަށް ނިފްޝާގެ މަންމަވެސް އެފެނުނީ އެތައް ދުވަހަކަށްފަހުއެވެ. ”އިއްޔެ އައީ… ދެން އަބަދަކު މާލެއަކު ނޫޅެވޭނެ ދޯ… އެހެންވެ އެންމެން ބަދަލުވީ މިކޮޅަށް…” އިނާޝާވެސް ހިނިތުނެވުމެއް ރައްދު ކޮށްލައިފައި އައިޒަންއާ ވާހަކަދެއްކިއެވެ. ވާހަކަ ދެއްކުން ހުއްޓާލައިފައި އައިޒަންއާއި ދިމާއަށް އިނާޝާއަށް ބަަލަން ހުރެވުނީ އައިޒަންއަށް އައިސްފައިވާ ބަދަލުތަކުންނެވެ. ބާމަތިފުޅައި ވެފައި ވާއިރު ތުނި ކޮށް ކޮށާފައިވާ ތުނބުޅިންނާއި ލައިފައި ހުރި ޕޮލިސް ޔުނީފޯމް އިން އައިޒަންގެ ރީތިކަން ބޮލީވުޑުގެ ތަރިއަކަށް ވުރެ ދެރައެއް ނޫނެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. ”ޕޮލިހަކަށް ވީތަ… މާޝާﷲ… އައިޒަން ވަރަށް ފުރިހަމަ ތި ޔުނީފޯމް ގައި ހުންނަ އިރުވެސް… ޔަގީން އަންހެން ކުދިން މޮޔަ ވާނެކަން އައިޒަން ފެނިފަ… ހެހެހެ…..” އިނާޝާ އައިޒަން އަށް ތަޢުރީފު ކޮށްފައި ސަމާސާއެއް ކޮށްލިއެވެ. އިނާޝާވެސް މިހާރު ހިތްހަމަ ޖެހިފައި ވާކަން އައިޒަން އަށް ފާހަގަ ކުރެވުނެވެ. ”ހެހެހެ… ދައްތާ ދެން ދަނީ… ނެތް މިގަޑީ ވާހަކަ ދައްކަން ހުރެވޭކަށް….” އައިޒަން އެހެން ބުނެލައިފައި އެތަނުން ދިޔައީ އިނާޝާގާތު ފަހުން ދިމާވާނެ ވާޙަކަ ބުނެފައިއެވެ. ބުރަ މަސައްކަތުގައި ހުރި އައިޒަން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތް އަޑަށެވެ. ގުޅަނީ މަންމަކަމުން އަވަހަށް ފޯނުނަގައި ހަލޯއޭ ބުނެލިއެވެ. ”ދަރިފުޅާ… މިރޭ އެބަ ޖެހޭ އިނާޝާމެން ގެއަށް ދާން…. މިރޭގެ ކެއުމަށް ދައުވަތު ދީފައި އޮތީ… ދަރިފުޅު ފްރީ ވާނެތަ މިރެއަށް…” އައިޒަންގެ މަންމަ އުސްވާ ބުނެލިއެވެ. ” އާން މަންމާ… އަޅުގަނޑު މިރޭ ފްރީ… އެހެންވީމަ ދެވޭނެ… އެކަމަކު މިއަދު އިނާއްތައާ ދިމާވި އިރުވެސް ނުބުނެ ތިވާހަކައެއް…މަންމާ ދެން ބާއްވަނި…. ވަރަށް ބިޒީ ކޮށް މިއުޅެނި..” އައިޒަން ޖަވާބު ބުނެލިއިރު އޭނާގާތު އިނާއްތަ އެވާހަކަ ނުބުނުމުން ޝަކުވާ ކޮށްލިއެވެ. އަދި އިނާޝާ އޯކޭ އޭ ބުނުމުންއައިޒަން ފޯނު ކަނޑާލައިފައި އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ. ނިފްޝާ ދުނިޔޭގައި ހުރި ނަމައޭ އެވަގުތު އައިޒަންގެ ހިތަށް އެރިއެވެ. އަނެއްކާވެސް އައިޒަން ސިއަސައިގެން ދިޔައީ އޭނާގެ ފޯނު ހަޅޭއްލަވައިގަތުމުންނެވެ. މިފަހަރު ގުޅަނީ ހައިޝަމްއެވެ. އަވަސް ކޮށްލައިފައި ފޯނު ނެގީ ހައިޝަމް އާ ވާހަކަ ދައްކާ ނުލައިތާ ގިނަ ދުވަސްވުމުންނެވެ. ”ޕިސްޕިސްޕިސް….. މިހާރު ޕޮލިހަކަށް ވީމަ އަހަރެމެންނާ އަނގައިންވެސް ބުނެނުލެވެ ދޯ ބިޒީ ކަމުން…. ސާބަސް…. އަދި މީހަކާ އިނީމަ ކިހާވަރެއް ވާނެބާއޭ މަ ހިތައްއަރާ….. އަހަރެމެން ފެންނަ ކަމަށްވެސް ނުހަދާނަން ދޯ؟” ހައިޝަމްއަކީ އަބަދުވެސް މަޖާ މިޒާޖެއްގެ މީހަކަށްވުމުން ކޮންމެފަދަ ވަގުތެއްގައިވެސް ހުންނާނީ ސަކަރާތްޖަހަން ބޭނުންވެފައިއެވެ. ނަމަވެސް ސީރިއަސްވެފައި ހުންނަ ވަގުތެއްގައި ވަރަށް ސީރިއަސްވާނެއެވެ. ”ހެހެހެ… ހައިޝަމް ވެސް މަށަކަށް ނުގުޅާ ވިޔަ މާލެ ދިޔަފަހުން…. މާލެ ފެން ބޮވުނީމަ… ދެން މަވެސް ބިޒީކަމުން ހަމަ ގުޅާނުލެވެނީ… ތިއެއް ނޫނޭ ކީއްކުރަންތަ ތި ގުޅީ މިގަޑީ؟” އައިޒަން ވެސް ރައްދުގައި އެއްޗެކޭ ބުނެލަމުން ހައިޝަމް ގުޅި ސަބަބު އަހައިލިއެވެ. ”ހޫން…. މިހާރުވެސް ފޯނު ނުބޭއްވިގެން ލަސްވީ ދޯ…. ކަމެއް ހުރެއޭ… މީހަކު އަޅެފަހެ އަޖާބެއް ނުވާނެތަ ތި ފިރިހެނަކާ ހެދި… ބަލަ މަވެސް މީ ފިރިހެނެކޭ… ތިޔަހެންނެއް ނޫޅެން… ރައްޓެހިންނާ ވާހަކަދެއްކުމެއް ވެސް ނޯވޭ ދޯ؟ މަ ހިތަށް އަރާ އުސްވާއްތަ ކޮން އެއްޗެއް ބާއޭ ކާން ދިނީ […]
ލާނެތް ހިނިތުންވުމަކާއި އެކު ރިހާމް އުލްވީގެ ލޯކުރިމަތިން އަތްހުރަސްކޮއްލިއެވެ. އުލްވީއަށް ލިބުނު ސިހުމާއި އެކު އަވަސްއަވަހަށް ހަށިގަނޑު ސީދާ ކޮއްލަން އުޅުނު ގަޑީގައި އޭނާގެ ބޮލުން ރިހާމްގެ ބޮލުގައި ޖެހުނެވެ. ދެމީހުން އެކުއެކީގައި އައުޗް އޭ ކިޔައި ބޮލުގައި އަތްކާތަން ފެށިއެވެ. ” ހަތް އަހަރު ވެގެން ދިޔައިރުވެސް އުލްވީ ބަދަލެއްނުވޭ ދޯ.. އަދިވެސް އަބަދު ހުންނަނީ ވެއްޓި ވެއްޓި ދޯ.. ނޫނީ މިހުރިހާ ދުވަހު އެކަން މެދުކެނޑިފަ އަނެއްކާ ފެށުނީތަ.. ތީއަބަދު އަހަރެންގެ އަތު ތެރެއަށް […]
ބޮޑުގެ އިދި ކޮޅު އިސްމާއީލް އަލީ ރ.ކަނދޮޅުދޫ ރައްކާތެރި ކަމުގެ ގެއެއް ފަދައެވެ. އިރުގެ ގަދަ ހޫނުން ސަލާމަތް ކޮށްދެއެވެ. ވާރޭގެ ގަދަ ފިނިން ޙިމާޔަތް ކޮށް ދެއެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށް ބޭނުން ހިފެއެވެ. ތަފާތު ސައިޒު ހުއްޓަސް އަހަރެން ބޮޑެއްނުވެއެވެ ރީތި ކުލަ ތަކުން ޖަރީ ވެފައިވެއެވެ. ގިނައިން ނުކެޔަސް ބައްޓަން ބަދަލުވާން ފަށައިފިއެވެ. ޚިދުމަތަށް އެދުމުން މަލެއް ފަދައިން ފަރިވެ ފޮޅެމެވެ. ބޭނުން ފުދުމުން އަހަރެން ،އަހަންނަށް ވަމެވެ. އަހަރެންގެ ބޭނުންތެރި ކަމުގެ […]
އޭނާގެ ފަރި ހިނގުމުގެ ޖާދޫގައި އަހަރެން ޖެހުނުހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަހަރެން އަނެއްކާވެސް މޫދުގެ އޮއެވަރަށް ސަމާލުކަން ދިނީމެވެ. ދެން އިވުނީ ހިމޭން މިޔުޒިކެއްފަަދަ ހުނުމެއްގެ އަޑެވެެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް އެފަދަ ހިތްގައިމު ހުނުމެއްގެ އަޑު އިވުނެވެ. މިފަހަރު އަހަންނަށް އެ ދިމާލަށް ނުބަލާ ނީނދެވުނެވެ. މޫނު އަނބުރާލާ އެ ނުދަންނަ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލީމެވެެ. ހީވާ ގޮތުންނަމަ އޭނާ ހުރީ ފޯނެއްގައެވެ. ރާޅުޖަހާ ފަށުގައި ފައިގެ އިނގިލިތަކުން މޫދުގެ […]
ނިފްޝާއަށް ވަނީ މިހާރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިއެވެ. އަދި ފިރިހެނުންދެކެ އޭނާ އިންތިހާއަށް ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ބިރުވެސް ގަނެއެވެ. ނަމަވެސް އެނާ ކުރާނީ ކީއްހެއްޔެވެ؟ އެ އޮތްތަނުން ތެދުވެވެނީކީ ނޫނެވެ. ހަތަރެސްފައި ވަނީ ބަނދެފައެވެ. މުޅި ހަށިގަނޑުވަނީ އަނަރޫފަވެފައިއެވެ. އެތާ އޮވެގެން ނިފްޝާއަށް މިހާރު މާތްﷲ އަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިހްސާން އޭނާއަށް މިހެން އެހަދަނީ ކީއްވެބާއޭ ނިފްޝާގެ ހިތަށް އެތަށް ފަހަރަކު އަރައެވެ. ”ހައިޝަމް.. ސިމާލު… މުޅި މިރަށް ބެލިއިރުވެސް އެހެރީ އަހަރެމެން ނުބަލައި ތަނެއް.. މިރަށުގަ ހުރި ހުރިހާ ފަޅުގެއެއް ބެލިއިރުވެސް އަދި އެހުރީ ނުބަލައި ގެއެއް… ހިގާބަ އެގެއަށް ދާން….” އައިޒަން އޭތާ ވަލުއެތެރޭގައި ހުރި ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ގެއަކަށް އިޝާރާތް ކުރަމުން ކުރެހިފައި ހުރި އަޑަކުން ބުނެލިއެވެ. ”އާން ހިނގާ އެތަން ބަލާލަން ދާން… މަށަކަށް ހިޔެއްނުވެ ފުލުހުންވެސް އެތަން ބެލިހެންނެއް….” ހައިޝަމް ބުނެލިއެވެ. އައިޒަން ބާރު ހިނގުމެއްގައި ގޮސް އެގެއާއި ހަމައަށް ދިޔައެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ނިފްޝާވީ އެތަނުގައި ކަމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ތެޅެމުން ދިޔަ ހިތަކާއިއެކު އައިޒަން ގޮސް ތަޅު ގައި ހިފާލިއެވެ. ނަމަވެސް ތަޅުލައިފައި ހުރުމުން ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ”ސިމާލު… ހައިޝަމް… ހިނގާބަަލަ މި ދޮރު ވައްޓާލަން…” އައިޒަން ހާސްކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. ”ނޫން އޭރުން އަހަރެމެން ކުއްވެރި ވެދާނެ… ތީމީހަކު އެއްޗެހި ރައްކާކުރާ ތަނަކަށް ވެސް ވެދާނެ….” ސިމާލު ގަނެފައި ހުރި ބިރާއެކު ބުނެލި ޖުމުލައިން އައިޒަން ރުޅި އަންނަ ގޮތްވިއެވެ. ”ނޫން… އަހަރެންގެ ހިތް އެބަ ބުނޭ ނިފްޝާވީ މިތަނުގައޭ… އާދޭސްކޮށްފަ އަހަރެންނާއިއެކު މިކަން ކޮށްދީބަލަ.. ސިމާލް…. ހައިޝަމް…..” އައިޒަން އާދޭހައިއެކު ބުނެލިއިރު އެދޮލުގައި ކަރުނައިގެ ފަށަލައެއްވެއެވެ. ހައިޝަމް، އައިޒަން އާއި ބައިވެރި ވީ އޭނާގެ އެކުވެރިއަށްޓަކައިއެވެ. ސިމާލުވެސް ބައިވެރިވިއެވެ. އަައިޒަންގެ ހިތަށް ކޮށްފައިވާ އަސަރު އެނގުނީކަމަށް ވެސް ވެދާނެއެވެ. އިން މީހުންގެ ބުރަ މަސައްކަތުން ދޮރު ހަލާކު ކޮށްލެވުނެވެ. ”ތިދެ މީހުން ހުރޭ ބޭރުގަ… މީހަކު އާދޭތޯ ބަލަން… އަހަރެން އެތެރެއަށް ވަންނާނަން..” އައިޒަން އަވަސްވެފައިވާ ހިތަކާއިއެކީ އޭނާގެ ދެ އެކުވެރިންނަށް އިރުޝާދު ދޭ ފަދައަކުން ބުނެފައި ގޮސް އެތެރެއަށްވަނެވެ. އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހުއްޓުން އެރީއޭނާގެ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މި މަންޒަރު ހުވަފެނަކަށް ވާނެ ބާއޭ އައިޒަން ގެ ހިތަށް އެރީ ކިތަށް ފަހަރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ ކުރިމަތިން އެފެންނަނީ ހަޤީޤަތެވެ. ކުރިމަތިން ފެންނަ މަންޒަރު ހުވަފެނަކަށް ހަދާނީވެސް ކިހިނަކުން ހެއްޔެވެ؟ އައިޒަންގެ ލޮލުން ކަރުނައައީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ. އައިޒަން ބަލަން ނުހުރެ އަވަހަސް ގޮސް ދުރުގައި އޮތް މެރޫން ކުލައިގެ ހެދުން ހިފައިގެން އައިސް ނިފްޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ. ނަމަވެސް އައިޒަން އެންމެ ފަހަރަކު ވެސް ނިފްޝާއާ ދިމާއަށް ބަލާފަކައެއް ނެތެވެ. ހެދުން ލައްވަން ކިތަންމެ އުނދަގޫ ވިނަމަވެސް ލޯ ހުޅުވާކަށް އައިޒަން ގަސްތެއް ނުކުރެއެވެ. ހެދުން ލައްވައި ނިމުމުން ކައިރީގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ޝޯލް ނިފްޝާގެ ބޮލުގައި އޮޅާލިއެވެ. އޭރު އައިޒަންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ފިރިހެނަކަށްވެސް ކެތް ކުރެވޭނީ ވަކިވަރަކަށެވެ. ހުރިހައި ކަމެއް ކޮށް ނިމުމުން އައިޒަންގެ އެ ކުރެހިފައިވާ އަޑުން ސިމާލު އަށާއި ހައިޝަމްއަށް ގޮވާލީ ފުލުހުންނަށް ގުޅުމަށެވެ. އަދި ވަރަށް އުނދަގުލުން ނިފްޝާގެ ހަތަރެސްފައިގައި އައްސާފައި ހުރި ވާ ތައް މޮހައިލިއެވެ. ލުއިފަތެއްހެން އައިޒަންގެ ބާރުގަދަ އަތްދަނޑި މައްޗަށް ނިފްޝާ ލައިގެން އައިޒަން ބޭރަށް ނުކުތެވެ. އޭރު ފުލުހުންވެސް ވަނީ އެތަނާ ނުހަނު ކައިރީގައިއެވެ. ފުލުހުންގެ ޖިޕު އެތަނަށް ހުއްޓުމުން ތިން މީހުން އަވަސްވެގަނީ ޖިޕަށް ލައިގެން ނިފްޝާ ހޮސްޕިޓަލަށް ގެންދުމަށެވެ. ޖިޕަށް އެރުމަށްފަހު އައިޒަން ހަމަޖެހިލައިފައި ނިފްޝާގެ މަންމަމެންނަށް އެހަބަރު ދިނެވެ. އަދި ނިފްޝާގެ އެ ދިރުމެއްނެތް ހަށިގަނޑާ ދިމާއަށް ބަލަން އިނީ ކަރުނުން ފުރިފައިވި ދެލޮލުންނެވެ. ފަސް މިނެޓު ތެރޭގައި ޖިޕުގޮސް ހޮސްޕިޓަލުގެ ދޮރު ކުރިމައްޗަށް ހުއްޓިއެވެ. ސައިކަލުން ފެއިބި އިހްސާންގެ ތުންފަތުގައި ކުޅެލައިފައި ވަނީ ނުލަފައި ހިނިތުންވުމެކެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ޓިނުން ހަނދައިފައި ހުރި ކުޑަ ގޭ ދޮރު ކުރިމަތީގައި ގޮސް ހުއްޓުނު އިހްސާން އަށް ސިހުން ގެނުވީ އެގޭގެ ދޮރު ވައްޓާލައިފައި ހުރުމުންނެވެ. އަވަސް އަވަހަށް ގޮސް އެތެރެއަށް ވަނީ އެތަނުގައި ނިފްޝާ އޮތްތޯ ބެލުމަށެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް ހަނާން އާއި ޝާނާއައެވެ. ”އިހްސާން ކިހިނެއްވީ.. ކޮބައި ނިފްޝާ؟” ޝާނާ މޫޅި އެތަނަށް ބަލައިލަމުން ބުނެލިއެވެ. ” ކޮބާހޭ؟ މަށަށްތަ އިނގޭނީ އޭނާ ވީތަނެއް… ކަލޭމެންނަކަށް ނޫންތަ… މަމިތަނުން ދިޔައީ ކަލޭ މެން ކައިރީ ކީކޭ ބުނެފަ….. ކީކޭބުނެފަ ހޭ މަމިތަނުން ދިޔަ އީ…” އިހްސާންގެ ލޮލުން އަލިފާން ކަނި ބުރަ ބުރައި ހުއްޓެެވެ. އޭނާ ހީވީ ހަނާން އާއި ޝާނާވެސް ފިއްސާލަފާނެހެންނެވެ. ހުރިހާ ރުޅިއެއް އޭނާ ބޭލީ ހަނާން އަށާއި ޝާނާއަށެވެ. ”އިހްސާން ރުޅި މަޑު ކުރޭ… އަހަރެމެން ބަނޑުހައިވެފައި ހުރިވަރުން ކާން ދިޔައީ ވަރަށް އަވަހަށް އަންނަން… އަހަރެމެން ދިޔަތާ އަދި ބަރާބަރު ފަނަރަ މިނެޓު ވާނީ… އެކަމަކު އާއިރު މިއޮތީ މިތަން އޮތް ގޮތް… އެ ނިފްޝާގަނޑު ކޮންތާކަށް އެދިޔައީ؟” ޝާނާ ބިރުގަނެފައި ހުރިނަމަވެސް އެކަން ފޮރުވަމުން ބުނެލިއެވެ. ”ހެވޭ ދެން… ކޮންމެހެން ބަހަނާތަކެއް ދައްކާނެ ކަމެއްނެތް… އަންނަން ވީ އަހަރެންނާއެކު ދާން… އަހަރެމެންގެ ޕުލޭން ފުލޮޕް ވީމިދެން ކޮންކަމެއް ކުރެވޭނީ… މިތާ ހުރުމުގެ ބޭނުމެއް ކޮބާ؟ އަންނަން ވީ ދާން…. ބަދަލުވެސް ހިފުނީނު މި…. އެކަަމަކު އަދިވެސް އަހަރެން މިކަން ހުއްޓާއެއް ނުލަން… އަދިވެސް ބަދަލު ހިފާނަން…” އިހްސާން ދަތްތައް ފިއްތާލައިފައި ބުނެލިއިރު އެދެލޮލަށް ބަލައިލި މީހަކުވެސް ބިރު ގަންނާނެއެވެ. ”ކޮބާ މަގޭ ދަރިފުޅު… ކޮބާހޭ މަގޭ ދަރިފުޅު…” އިނާޝާ ހޮސްޕިޓަލަށް ވަނުމާއިއެކު ހަޅޭލަވައިގަތެވެ. ރޯރޯ އޭނާގެ ދެލޯ ވަނީ ރަތްވެފައިއެވެ. ”އިނާ ހަމަޖެހިބަލަ… އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅަކަށް އެއްވެސް ކަމެއް ނުވާނޭ… ދެން ނުރޮއިބަލަ… ހިތްވަރު ކޮށްބަލަ… އަލްހަމްދުލިއްލާހް.. އަހަރެމެންގެ ދަރިފުޅުވެސް ފެނުނީނު މި…” ސުޖާއު ދިޔައީ އިނާޝާއަށް ވިސްނައިދެމުންނެވެ. އޭނާގެ ހިތަށްވެސް ވަނީ ނުހަނު އަސަރު ކޮށްފައިއެވެ. ނަމަވެސް އޭނާ ރޯގެން އޭނާގެ އަންހެނުން ހުއްޓޭނީ ކިހިނަކުން ހެއްޔެވެ؟ ނިފްޝާގެ އާއިލާއެންމެން ހޮސްޕިޓާލަށް ދިޔައެވެ. އަދި ނިފްޝާވެއްދި ރޫމްގެ ކާއިރީގައި މަޑު ކޮށްލއިގެން ތިބީ ޑޮކްޓަރު ނިކުމަންނާނެ އިރަކަށެވެ. ”އައިޒަން.. އަހަރެންނަކަށް ނޭނގެ އައިޒަންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް… އަހަރެމެންނަށް ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް…ދުވަހަކުވެސް އައިޒަންގެ ތި ހެޔޮ ކަން މިހިތަކުން ފިލައިގެން ނުދާނެ….” އިނާޝާ ، އައިޒަންގެ ކުރިމަށްޗަށް ގޮސް ހުއްޓިލައިފައި ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އައިޒަންވެސް އެއީ އެއްވެސް ކަމެއް ނޫނޭ ބުނެ ވާހަކަ ކުރު ކޮށްލީ ޑޮކްޓަރު ނުކުމުންނެވެ. އިނާޝާ ބާރަށް ގޮސް ޑޮކްޓާރުގެ ކުރިމަތީގައި ހުއްޓި ނިފްޝާގެ ހާލު އެހިއެވެ. ”ނިފްޝާގެ ހާލު ވަރަށް ސީރިއަސް… ވީ އެންމެ އަވަހަކަށް މާލެ ގެންދުން ރަނގަޅީ.. މިތަނުން ދެވެން އޮތް ފަރުވާއެއް އަޅުގަނޑުމެން ދެމުން މިތަނީ…” ޑޮކްޓާރު ހިތާމަޔާއިއެކު ބުނެލި ވާހަކައިން އެތާ ތިބި އެންމެންނަށް ހީވީ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އިނާޝާ އަޑުން އަޑު ނަގައި ރޯން ފެށި އިރު ސުޖާއު ހުރީ ބަސް ހުއްޓިފައިއެވެ. ނިފްޝާ މާލެ ގެންދިތާ އޭގެ ދެވަނައަށް ވީ ދުވަހެވެ. މުޅި ރަށުގައި ކިޔަމުން ދިޔައީ ނިފްޝާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީ ވާހަކައެވެ. އައިޒަންގެ ކަންފަތާއު ހަމައަށް މި އަޑު ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައިއެވެ. ނިފްޝާ މިދުނިޔެއާއި ވަކިވެގެން އެދިޔައީ އެތައް ބައެއްގެ ރުހުން ހޯދައިފައިއެވެ. ދެރަ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ސިމާލު އާއި ހައިޝަމް ވެސް ވަނީ ނުހަނު ދެރަވެފައިއެވެ. އެމީހުންގެ ކުރިމަތީގައި އައިޒަން ހުރި އެއް ކަމަކު އޭނާއެކޭ ނެތް މީހެކޭ އެއްގޮތެވެ. އެހިތަށް ކޮށްފައިވާ އަސަރު ގަލަމަކުން ބަޔާން ކުރަން ވެސް ދަތި ވާނެއެވެ. އައިޒަން ހިތްހަމަޖެއްސުމަށްޓަކައި އޭނާގެ ދެ އެކުވެރިން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އައިޒަން އަށް ނަސޭހަތްދެނީ އކުވެރިއެއްގެ ހައިސިއްޔަތަކުންނޫނެވެ. ކޮއްކޮ އެއްގެ ހައިސިއްޔަތުންނެވެ. އައިޒަންގެ ކޮންމެ އުފަލެއްގައާއި ހިތާމައެއްގައި އެދެ މީހުން ބައިވެރިވެއެވެ. އައިޒަންގެ މޫނު ފެންނަ މީހަކުގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ކޮން ކަހަލަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟ ނިފްޝާ މަރުވިފަހުން އެއާއިލާގެ އެކަކުވެސް އެމީހުން ރަށަށް އައިސްފަކާއެއް ނެތެވެ. ދިރިއުޅުން އެއްކޮށް މާލެއަށް ބަދަލު ކުރީއެވެ.ނިފްޝާއަށް އެހެން ހެދީ ކޮން ބައެއްކަމެއް އަދިވެސް ފުލުހުންނަށް ވަނީ ނުހޯދިފައިއެވެ. ނަމަވެސް އެމީހުން ހުއްޓާ ނުލައި މަސައްކަތް ކުރަމުން އެދަނީ އެ މީހުން ފެނޭތޯއެވެ. ***ފަސް އަހަރު ފަސް*** ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަސް އަޅާނުލައި އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކަކައި ކުރިމަތިވިއެވެ. ” ހުމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮއްތާލިއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވެއެތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ (ނުނިމޭ)
ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. މިވީ ދުވަސްތަކުގައިވެސް އަނީސް ގާތު އެ ވާހަކަ ބުނާނޭ ގޮތެއް ނާޖިދު އަކަށް ނުވިސްނުނެވެ. އަނީސް ގާތު ބުނެފިނަމަ އެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އަރާނޭ ލޮޅުމެއް އޭނާ އަށް ލަފާ ކޮށްލާކަށް ނޭނގެއެވެ. ސިކުނޑީގައި އެނބުރެން ފެށީ މީގެ އަހަރުތަކެއް ކުރިން އަޔާން މަލަކް އާ އެކު އުޅުނު ދުވަސްވަރު އައިމަން ބުނެފައިވާ ވާހަކަ ތަކެވެ. ހިޔާލް ގެ މަންޒަރަށް އެ ދުވަސްތައް ފެންނަން ފެށުމާއެކު […]
ޢީން ފުރަތަމަ ފެނުނު ވަގުތު ވެސް އަހަރެންގެ ހިތަށް އެ ރީތިކަން ކުޅެލިއެވެ. އެ މަންޖެގެ މޫނުގައި އަލިކަން ހުރީ ސާދަވަނަަ ރޭގެ ހަނދުވަރު ފަދައިންނެވެ. ދެލޮލުގައި ހުރި ތޫނު އަސަރުން ހިތްކަތިލެވިގެން ދިޔައީ މަދު ސިިކުންތު ކޮޅެއް ތެރޭގައި ކަން ގައިމެވެ. އެ އިސްތަށިގަނޑު ސިފަވަނީ ރޭގަނޑު ކަޅު އަނދިރީގެ ތެރޭ ތަރިތައް ވިދާބަބުޅާ ފަދައިނެވެ. އެ މޫނުގައި ހުރި އަލިގަދަ ކަމަކުން ވީނަސް ތަރިވެސް ލަދުން ފިލާފާނެ ތޯއްޗެކެވެ. ހާދަހާވާ ފުރިހަމައެވެ. ފުރަތަމަ ނަޒަރުން […]
މިއަދަކީ މައިރާގެ ނަތީޖާ ލިބޭ ދުވަހެވެ. 12 އަހަރު ވަންދެން އޭނަ ކުރި މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. މައިރާ ސްކޫލަށް ދިޔައީ ސަނާޝް ގޮވައިގެންނެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބޭ ފަހަރު އަންނަކަން މައިރާ ޤަބޫލުކުރެއެވެ. ޚުދު އޭނާ މިހާރުއެދަނީ އެކަންތައްތއް ތަޙައްމަލް ކުރަމުންނެވެ. ބައްޕަގެ ލޯބި ހޯދުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތްވީ ފެނަށެވެ. އެބައްޕަގެ ފަރާތުން ލޯބީގެ ބަދަލުގައި […]
ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު އީނާލް ބަލާ ބޮޑު ކުރީ އެ މައިން ބަފައިންނެވެ. އޭނާ އަކީ އަދި އިހަކަށް ދުވަހު އީނާލް އަށް ފެނުނު މީހެކެވެ. އީނާލް އަށް އޭނާގެ މައިންބަފައިން ވެސް މުހިންމު ވާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އީނާލް އަށް އޭނާގެ މައިން ބައިން ބޭނުންވާފަދަ އަރާމް ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާގެ އަތުން އީނާލް ގެ ހިތް ކުދި ކުދޮ ކޮށްލަން ވީ ހެއްޔެވެ؟ ކުރިއަށް ވާން […]