“ލީން؟ އިސް ދެޓް ޔޫ؟؟؟؟……….” އޭނާ ސިއްސައިގެނެއް ނުދެއެވެ. ލަސްލަހުން އޭނާ ފަހަތްް ބަލާލާ އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާ އަޑުމަޑުކުރުމަށް އެންގިއެވެ. އަހަރެން ހިމޭންވީމެވެ. ދެވަނަ ސިކުންތުގައި އޭނާ އަހަރެންގެ މޭގައި އަޅާ އެނދާއި ދިމާލަށް ކޮށްޕާލިއެވެ. އަނެއްކާވެސް އޭނާ ހިމޭންވުމަށް އެންގިއެވެ. އަހަރެން ޖެހުނު ގޮތަށް ހިރިވެސް ނުލާ އޮތީމެވެ. އޭނާ ހުރި ތާގައި އަހަންނާ ފުރަގަސް ޖަހައިގެން ހުރީއެވެ. މަޑުމަޑުން އަހަރެން އެނދުން ތެދުވީމެވެ. ފުރަގަސް […]
އޭނާގެ ފަރި ހިނގުމުގެ ޖާދޫގައި އަހަރެން ޖެހުނުހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަހަރެން އަނެއްކާވެސް މޫދުގެ އޮއެވަރަށް ސަމާލުކަން ދިނީމެވެ. ދެން އިވުނީ ހިމޭން މިޔުޒިކެއްފަަދަ ހުނުމެއްގެ އަޑެވެެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް އެފަދަ ހިތްގައިމު ހުނުމެއްގެ އަޑު އިވުނެވެ. މިފަހަރު އަހަންނަށް އެ ދިމާލަށް ނުބަލާ ނީނދެވުނެވެ. މޫނު އަނބުރާލާ އެ ނުދަންނަ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލީމެވެެ. ހީވާ ގޮތުންނަމަ އޭނާ ހުރީ ފޯނެއްގައެވެ. ރާޅުޖަހާ ފަށުގައި ފައިގެ އިނގިލިތަކުން މޫދުގެ […]
ތަރިތައް ފިޔަޖަހަމުން ދިޔައިރު ހަނދުގެ ވާޖިބު އަދާކުރަމުން ދިޔައީ އެންމެ ފުރިހަމައަށެވެ. މޫދުގެެ ނަލަނަލަ އޮއެވަރު މައްޗަށް ހަނދުވަރު ދީފައި އޮތް މަންޒަރު ވީ އަހަރެންގެ ހިތް ހަމަ ޖެހުމަކަށެވެ. ނިދީގެ ޝިކާރައަކަށް ވޭތޯ ކުރެވުނު މަސައްކަތް ފެނަށް ދިޔުމުން އަހަރެން ގަސްތުކޮށްގެން ތުނޑިއަށް އައީ ހިތްހަމަޖައްސާލުމަށެވެ. ދެއަތް ޖީބަށް ޖަހައިގެން ހިނގާފައި އައިއިރު އިރުއިރުކޮޅާ ޖައްވުތެރޭ ހަރަކާތްތެރިވަމުން އައި ތެތްފިނިި ރޯޅިތައް ބީހިލުމުން ގައިން ހީބިހި ނެގިއެއްކަމަކު އަހަރެން އެ ހިތްގައިމު މާހައުލުު ދޫކޮށް ދާހިތެެއްް […]