“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ހަޅޭއް ލަވައިގަތެވެ. އައިރުޅިން އަހަރެން ބާލީސް ހޫރާލީމެވެ. ރުކާން ބާލީސް ނަގައި އަހަރެންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކުވެސް އަހަރެން ތެދުވީއެވެ. މަޖުބޫރު ވެގެންނެވެ. “ބޮޑުކަމެއް ބޯމަތީ އޮތް އިރުވެސް ޒިން އޮންނާނީ ނިދަން.” ނުރުހިފައި ޖިހާން ބުނެލިއެވެ. އަހަރެން ހަށިގަނޑު ދަމާލަމުން އެ ދެ މީހުންނަށް ބަލައިލީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވަގުތުން އަހަރެންނަށް ނަގައިގަނެވުނެވެ. “ޕޮލިސް ޔޫހާ ހޯދައިފި.” ޖިހާން ފަހުރުވެރި […]
ބޭރުގައި އުޅެފައީ ޝިނާނަށް ގެޔަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހައި ބޮޑުވެފައެވެ. މިހާރު ޖަމްނާ އިންނާނީ އޭނާގެ އިންތިޒާރުގައެވެ. ” ޒިންދަގީ ރެސްޓޯރެންޓު ” ގެ މަތީ ފަންގިފިލާގައެވެ. ޝިނާނު އައި މަގުމަތީ ޖަމްނާ ވަނީ ފަސް ފަހަރު ޝިނާނު ނައިސް ލަސްވެގެން ގުޅާފައެވެ. ޝިނާނު އަވަސް ކޮށްގެން ރެސްޓޯރެންޓަށް ދިޔައިރު ޖަމްނާ ކުޑަކުއްޖެއްހެން ތުންދަމާފަ ބޮޑާ ހާކަން އިނެވެ. އަންހެނަކަށް ވުރެ ޝިނާނު ތަތް ވާނޭ ކިޔާ ދިމާ ކުރަން ފެށިއެވެ. ޝިނާނު […]
‘ވަކަރުގޭ’ ކުޑަކުއްޖެއްގެ ގޮތަށް އުޅެބޮޑުވި ‘މައިޝަން’އާ ގާނޫނު އަރާ ހަމަކުރެވުނު ތަނެއް ނާދެ އެވެ. ގާނޫނުގެ ދިގު އަތުން ހިފައި، އިންސާފުގެ މުގުރުން އޭނާއަށް ނިޔާ ކަނޑައެއް ނާޅަ އެވެ. އަމާންވެށި ގާއިމުކުރާ ފާރަވެރިންނަށް ހެއްކާއެކު އޭނާ އަތުލެވޭ ކަމަކަށްނުވެ އެވެ. ‘މައިޝަން’ގެ ބާރުވެރިކަމުގެ މުގޫ ގުޅިފައި ވަނީ ‘ބާރުވެރި’ ފަރާތްތަކާއެވެ. ޢައްދާރުންނާއި ޙާއިނުންގެ އެކުވެރިޔަކީ ވެސް ‘މައިޝަން’ އެވެ. ނަމަވެސް، އެންމެ ފަހުން މި ހުރިހާ ކަމެއް ބަދަލުވެއެވެ. އެއީ ކުށުގެ ވެށީގައި އަވަލައި، ބަނދެވިފައިވާ […]
ހިޔާލީ ދުނިޔެއަކަށް އަރަގުވަމުންދިޔަ ކިޔާންއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ބަލައިލިއިރު ގުޅަނީ އީޝަލްއެވެ. މި ގަޑީގައި އީޝަލގެސުވާލުތަކަށް ޖަވާބުދޭނެހާ ހިތްވަރެއް ކިޔާް ގަޔަކުނެތެވެ. އެހެންކަމުން ކިޔާން އެ ކޯލް ބިޒީ ކޮށްލިއެވެ. އީޝަލްގެ ކޯލްތަށް މެދުނުކެނޑި ލިބެން ފެށުމުން ކިޔާން ފޯނު ނިއްވާލިއެވެ. ނަމަވެސް މިހެް އަބަދު އީޝަލްއަށް ފިލާއިގެން ނޫޅެވޭނެކަން އޭާއަށް އިނގެއެވެ. މަދަމާ ނޫނީ ފަހުން އޭނާ ޖެހޭނީ އެންމެންގެ ހިތުގައި ވާ ސުވާލުތަކަށް ޖަވާބުދާރީ ވާށެވެ. ********** […]
ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ. ދޮރު ހުޅުވީ ލުވެއިޒްއެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން […]
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި […]
ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ލުއްކެއްޖަހާ ނާއިލް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުގައިވި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާ ލާންވެސް ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ ހިމަފޮދު ވާރޭ ތިކިތަކުގެ އިހުސާސްކުރެވުމުންނެވެ . ތެޅިގަނެފައި އަޝްރާ ދާން […]
އެތައް އިރެއްގެ އިންތިޒާރީ އަކަށް ފަހު ކުއްޖަކު އައިސް ދޮރު ހުޅުވިއިރު ދަންވަރު އެއްގަޑި ބައިވެދާނެއެވެ. ވަދެގެން އައީ ލޫޅާފަތި، ދޮން އަންހެން ކުއްޖެކެވެ. ހުދު ހެދުމުގައި ހުރި އިރު އިސްތަށިގަނޑު އޮތީ ރީތިކޮށް ހުޅިއެއް ޖަހާފައެވެ. ބަލާބެލުމަށް ފަންސަވީސް އަހަރަށް ވުރެ ދޮށްޓެއް ނުވާނެއެވެ. ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ. “ކަލޭމެންނަށް ހީވަނީ މަ މީ މިތާ ބަހައްޓަން ގެނައި އަސީރެކޭތަ؟ ބަލަ މަ ކުރަން ހުރި ކަންތައް މަދުވެގެނެއް ނޫޅެމޭ. ކިހާ ދެރަކަމެއްތަ؟ މަ […]
ފަތިހުގެ ހޭލެވުމެވެ. ދޫނިތައް ގޮވައިގަތެވެ. އާންމު އަޑުތަކަކުނެއް ނޫނެވެ. އޭގަައި ވަނީ ތަރާނާ އެކެވެ. ހިތްތައް ސުލޫކު ކުރުވަދެއެވެ. ނޭވާތަކުގައި ބަރުކަމެކެވެ. ނިދުމުގައި އާވާރާވެވިފައެވެ. ޤުދުރަތުގެ އަޑަކަށް ސަމާލެއްނެތެވެ. އެބަޔެއްގެ އަމިއްލަ އަޑުތަކެވެ. ބޭނުންވެފައިވި ވަގުތެއްގައި ހަށިތައް ކޮއްޅަށް ޖެހުމަށެވެ. ދުންޔަވީ މަސްއޫލުތަކެވެ. އެކަމެއްގައި ނޫނީ ޝަައުޤު އުފެއްދުމެއް ނެތެވެ. ނުރަނގަޅު ނަޒަރުތައް ބަލައިގަތުމަށް ފަސޭހަވެފައިވީތީ އެވެ. ދުނިޔޭގެ އާދަ އަށް އެކަން ވެފައިވުމުންނެވެ. ޞާލިހެއްހަގައި ވުމީ ޢައިބެކެވެ. ޢީމާނުގައިވި ބަލިކަށިކަމެވެ. އަދި އުނގެނުމަށް ލޯބި ނެތުމެވެ. […]