“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ. ******************************* “ނިދީގަ ކަމަށް ވާނީ.” އަހަރެން އޮޅުވައިލީމެވެ. ހިލްމީ އިތުރު އެއްޗެކޭ ނުބުނެއެވެ. “ކި..ކިހިނެތްވީ؟” ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަހަރެންގެ ގޮވުމަށް އިޖާބަދީ، ގާތަށް އައި އަސްލާންގެ މޫނުމަތީވީ ޒަހަމުތައް ފެނިފައި ހިތުގައި ތޫނު އެއްޗަކުން އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ. “މީ…މީ ރައްޓެއްސަކާ ކުޑަ މައްސަލައެއް ޖެހިގެން… އަރާރުންވެފަ…” އަސްލާންގެ ތުންފަތަށް ވެރިކުރި މަސްނޫއީ ހިނިތުންވުން އަހަންނަކަށް […]
“އެއީ ކައެ ގަސްދުގަ ކުރި ކަމެއްނު..” ކޮފީތަށީގައި ތުންޖަހާލިތަނާ އަފްޒަލް ބުނެލި އެއްޗަކުން، އަހަރެންނަށް ހީވީ މީހަކު ކަރަންޓު ޝޮކެއް ދިންހެނެވެ. ހޫނު ކޮފީތަށި ގަޔަށް ވެރުމުން، ވީ އުނދަގޫ، ބޮޑު ކަމަކަށް ނުވީވެސް އެހެންވެއެވެ. “ޒަރީރު ނެތްނަމަ ފައްކާކޮށް އޭނަ ބެދުނީސް.. ރުކާން އަފީފް ދަރިޔަކަސް މާ ބާރެއް ނުހުންނާނެ… އިނގެއެއްނު، އޭނަ ކުޑަކޮށް ގަމާރުވެސް ވާނެ…. ޒަރީރް، އޮތް ތަނަކުން ހެކި ހޯދައިގެން މާޒިން ސަލާމަތް ކޮށްފިވިއްޔަ..” ޖިހާން ވާހަކަ ދައްކަމުން ދިޔަ އިރު […]
މިޝް އާއި އީން ކޮންމެވެސް އެއްޗެއް ކައްކަން އުޅެއުޅެފައި، ނުވައެއް ޖަހަން އުޅެނިކޮށް، އީން ގެއަށް ދާން ނިކުތެވެ. މިޝްކާ ކޮޓަރިއަށް ވަދެދޮރުޖެހުމާއި އެކު އަހަރެން ނިކުތީމެވެ. ފަޔަށާއި އަތަށްވެސް ތަދުވަމުން ދިޔަ ނަމަވެސް، ގޭގަ އޮންނަން ހިތް ނޭދޭތީއެވެ. “މަށާއެއްކޮށް ތާކަށް ދާން އާދެބަ” ގޭޓުން ނިކުންނަން ދިޔަ އީންގެ، މޫނުމަތި ވަގުތުން ބަދަލުވެގެން ދިޔައެވެ. ލައިބްރަރީގައި ވީ ގޮތް ހަނދާންވީ ކަންނޭންގެއެވެ. “ކޮންތާކަށް؟” “ހަމަ ތާކަށް” އީން ސުވާލު ކުރުމުންވެސް، އަހަރެން އެދެވޭ ޖަވާބެއް […]
ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ. ………… ފަނޑު ނޫއަލީގެ ތެރެއަށް ލޯ ހުޅުވާލެވުމުން، ފުރަތަމަ ހީވީ، ހޮސްޕިޓަލުގައި، އެނދުމަތި ކޮށްފައި އޮވެވުނު ހެނެވެ. ނަމަވެސް،މާ ގިނައިރެއް ނުވެ، ވަށައިގެން ހުރި ތަންތަން ފެނުނެވެ. ކުޑަގޮޅިއެއް ނޫނަކަސް، އެއީ ޖަލުގެ ސެލްއެއްކަން އެނގުނީ، ހުރި ދޮރުގެ ގޮތުންނާއި، ކައިރީގައި […]
އިއާން އެމަލުގައި އޭނަގެ ތުންފަތުގައި ޖައްސާ ބޮސްދިނުމަށްފަހު މިންހާގެ ތުނި ތުންފަތުގައި އެމަލުން ފިރުމާލިއެވެ. ލަދުން މިންހާގެ މޫނަށް ޖަންބުކުލަ ވެރިވިއިރު އިއާން ދިއްކޮށްލި މަލުގައި ހިފަމުން އަވަހަށް ދުރުވެލިއެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފަހައްޓާ އެއަތަށް ބޮސްދިން ގޮތުން މިންހާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކުރަމުންދިޔަ ދެމީހުނަށް ސިޓިންރޫމުން ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުޅުވުނު އަޑުއިވި ސިހިފައި ދުރުވެލެވުނެވެ. އޭރު ފޯނެއްގައި ހުރެ މާހިލް ބޭރަށް ނުކުންނަނީއެވެ. […]
އިވެންފެށި އަޑުން، ބާލީސް ނަގައި، ކަންފަތުގައި އަޅާލީމެވެ. ފަޔަރ އެލަރމްގެ އަޑުން މުޅި ހޮޓަލް އެއްއަޑުވެފައިވީއިރު، ގުޑިލަންވެސް ބޭނުންނުވެފައި މަ އޮތީއެވެ. ކަމެއްވެއްޖިއްޔާ ބެލްކަނީ މަ ރެސްކިއު ކުރަން އަންނާނެ ނޫންހެއްޔެވެ. ޓެރަހުގައި ސްވިމިން ޕޫލެއް އޮއްވާ، ބޮޑުހަރަދުކޮށްގެން، ތިރީގައިވެސް ޕޫލެއް ހެދީ، ސަބަބެއްނެތިއެއް ނޫނެވެ. އެލަރމް އަޑަށް ވުރެ ބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑު އިވެންފެށިއެވެ. ތެދުވަން ބޭނުން ނުވެފައި ހުރެމެ، އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެވަރަށް ބުނުމުންވެސް، ސެކިއުރިޓީ އަހަރެން ބުނި […]
ކޮޓަރީގައި އޮއްވާ، ސްޓާފެއް އައިސް، މީހަކު އަހަރެން ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އަހަރެން ހޯދަން ގެއަށް އައިސް، ކޮޓަރިއަށް ނުވަންނާނީ ކާކުތޯ ވިސްނަމުން ނިކުތް އިރު، ސޯފާގައި އިށީންދެލައިގެން، ދެ އަންހެން ކުދިން ތިއްބެވެ. އެކަކަކީ ކާކު ކަމެއް ނޭންގެއެވެ. ނަމަވެސް އަނެއް ކުއްޖާ އަކީ…. އެއީ ކާކު ހެއްޔެވެ؟ ވަރަށް ދަންނަ ވައްތަރެއް ޖަހައެވެ. މަ ފެނުމުން އޭނަ ކޮއްޅަށް ތެދުވެލިއެވެ. އަދި ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ. މަޑުމުށި ބުޅި އިސްތަށިގަނޑެކެވެ. […]
އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ރޭގެ ކަންތަކާއި، އޮވެވުން ތަން ހަނދާން ވުމުން، މީހަކު ބުރަކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ. “އާހް… ދެން ޗުއްޓީ ދުވަސްދުވަހުވެސް މިހާ އަވަހަށް މީހުން ހޭލަން ޖެހޭތަ؟” އަހަރެންނަށް ގޯސްވީ، ތިރީގައި ކުޅެން ތިބި ދެތިން މީހުންނެވެ. އިށީނުމުން، އެމީހުންނަށް ރީތިކޮށް އަހަރެން ފެންނާނެއެވެ. މާ ގިނައިރެއް ނުވެ، އެކަކަށް ފެނި ބާކީ މީހުންނަށް އޭނަ، އަހަރެން ދައްކާލިއެވެ. ދެތުންފަތް ފޭ ކުރެވޭނެ އެންމެ ބޮޑަކަށް ފޭކުރުމަށް ފަހު […]
އަހަރެންނަށް އެނދުގައި ޖައްސާލެވުނު އިރު ފަތިހު ހަތަރުގަޑި ބައިވަނީއެވެ. ފަތިސްނަމާދުކޮށްގެން ނިދަން، އަހަރެން، ފޯނު ބަލައިލީމެވެ. ހައިރާންވީ ދުވަހަކުވެސް ނާންނަ ވަރަށް މެސެޖު އައިސްފައި ހުރުމުންނެވެ. ދަންނަ އެންމެންހެން މެސެޖުކޮށްފައި ހުރި އިރު، ނުދަންނަ މީހުންގެ ޓެކްސްޓް މެސެޖުތައްވެސް މަދެއް ނޫނެވެ. ބަޔަކު މީހުން މީ އަހަރެންގެ އުފަންދުވަހޭ ސޯޝަލް މީޑިއާގައި ޖެހީ ހެއްޔެވެ؟ ވީ ގޮތެއް ހިތަށް އަރުވާލަންވެސް މަށަކަށް ނޭންގުނެވެ. “އީދް މުބާރިކް” “ހެޕީ އީދް” ނަމާދުން އައިސް މެސެޖުތައް ކިޔަންފެށީމެވެ. އާނއެކެވެ. ޢީދެވެ. […]