“ކާލިންއޭ.. ކާލް… ދޮންތަޔާ އެއްކޮށްވެސް އުޅުންތަ؟ ދެން އައްޗީޑި.. އެކަމަކު އޭނަ ބުނީ….” އަހަރެންގެ ބޯ މާޒީއަށް ވުރެ އީންއަށް މުހިންމު ވީ ކާލިންއެވެ. ރަޝިޔާ މަންމައެއްގެ ރީތި ދަރިއެއް ވީމަ ވާނީވެސް އެހެންނެވެ. އެކަމަކު އޭނަ ދުނިޔޭގަ ހުރީކީވެސް ނޫނެވެ. “ކާލިން ކިހިނެއްވީތަ؟” އަހަރެން އެހީމެވެ. “އެލީނާ.. ކައެ ބޭނުންހާ މީހަކު ކައިރީ ކިޔޭ ފެންވަރުގެ ވާހަކަޔާ އެ ނޫން ވާހަކަތައް ދަންނާތި” އަހަރެން ސިހުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީ ތިބި ބަޔަކު ވަރަށް […]
ބެލްކަނީގައި މާޝީ ހުރީ ތިރީގައި ހިނގައި މަންޒަރު ތަކަށް ފުރިހަމަ ސަމާލުކަމެށް ދީގެންނެވެ. މާލޭގެ ހަލަބޮލި މަގުތަށް ފެންނަލެށް މާޝީއަށް ވަރަށް ހިތްގައިމެވެެ. މާޝީީ އިރުކޮށްކޮޅާ ފޯނު ނަގައިި އެ މަންޒަރު ފޯނުގައި ރައްކާކުރެއެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. ބެލްކަނީގެ ހިތްގައިމު އެކި ކަހަލަ ގަސްތަށް ވެސް މާޝީ ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓް އެހެން ހުރުމަށްފަހު މާޝީ އައިސް ބެލްކަނީގައި އިން ހެއްލާ އުނދޯލީގައި ޖައްސާލިއެވެ. އަދި ވައިފައި އޮން […]
“ދެން ކީއްކޮށްދޭންވީ؟” އެންމެ ފަހުން އެރުވި އެންމެ ބޮޑު ހަވާގެ ކަނިތައް ގެއްލުމުން، އަސްލާން އަހަންނާއި ދިމާއަށް ބަލައިލާފައި އެއްސެވެ. އެ ވަގުތު ކުއްލިއަކަށް ހިތަށްއެރި އެތިން އިސްޖަހައިލެވުނެވެ. މިފަހަރު އަމިއްލައަށް ކަމެއް ހުށައެޅުމަކާއިނުލައި އޭނާ ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަހަރެން އިސްއުފުލައި ސީދާ އަސްލާންގެ ލޮލަށް ބަލައިލީމެވެ. “އަހަރެންގެ…ބަލި ރަނގަޅުކޮށްދެވޭނެތަ؟” ******************************* މަޑުމަޑުން އަހަރެން ބުނި ޖުމުލައިން އަސްލާންގެ މޫނުގެ ކުލަވަރު އޮއްސުންތަން ދުށީމެވެ. ވަގުތުން މުޅި މާހައުލުގެ ވައިވެސް ބަދަލުވިކަހަލައެވެ. “ތި… ނޫން […]
މާޒިންގެ ނަޒަރުން ………… އަހަރެންނަށް ހޭލެވުނީ، ވަރަށް ލަސްވެފައި ހުއްޓައެވެ. ހޮނިހިރު ދުވަހެއްކަން ވެސް ނަސީބެވެ. އަބަދެކޭވެސް އެއްގޮތަށް ތެދުވެ އަހަރެން ފޯނު ބަލައިލީމެވެ. ސިހުނީ ލުވެއިޒް ބައިވަރު މެސެޖުކޮށްފައި ހުރުމުންނެވެ. ދެތިން ފަހަރަކު ގުޅާފަ ވެސް އިނެވެ. ރޭގެ ހާދިސާ ލުވެއިޒްއަށް އެނގުނީހެއްޔެވެ. އަލީނާ ގެއަށް ގޮސް ލުވެއިޒް ކައިރީ ކިޔާލީހެވެ؟ އަނެއްކާ އަނެއް ހަކަންތަކެވެ. މި އަންހެން ކުދިންނަށް މީހުން ކައިރީ ކިޔަން ޖެހޭ ވާހަކައާއި ކިޔަން ނުޖެހޭ ވާހަކަވެސް ވަކިކުރާކަށް ނޭންގޭނެއެވެ. މެސެޖުތައް […]
“އަސްލާން…” ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާންއެއް ނެތެވެ. ******************************* “ޕޮއް!” ފަހަތުން އިވުނު އަސްލާންގެ އަޑަށް ސިހިފައި އަހަންނަށް ފުންމައިގެން އެނދުން ތެދުވެ ފަހަތަށް ބަލައިލެވުނެވެ. އެނދުމަތީ އުޑުފައިން އަރާ އިން އަސްލާން، އަހަންނަށް ވީ ގޮތް ފެނިފައި ކާމިޔާބީން ހޭންފެށިއެވެ. “ކިރިޔާއޭ ހިތް ނުހުއްޓުނީ.” އަސްލާންއާއި ޖެހިގެން އިށީންނަމުން އަހަރެން ބުނީމެވެ. “ހިތް ނުހުއްޓެއްޗޭ.” އަސްލާން ބުންޏެވެ. “ކިހިނެތްވީ އަތަށް؟” ބެންޑޭޖު އޮޅާފައިވީ އަހަރެންގެ އަތް ފެނި އަސްލާން ކަންބޮޑުވެފައި އެއްސެވެ. އަހަރެން ކެއްސައިލިއަސް ބަލިވީކަމަށް އޭނާ […]
މިއަދު އިއްޔެއަށް ވަނީ އެވެ. ބުރަތަކުގައި ތަފާތެއް ނެތެވެ. ކޮންމެދުވަހަކުގެ ވަދާއުއެކެވެ. ހިތްތައް ފަތަހަވެވި ނަފުސު ޤަތުލުވެތެވެ. ދިރިހުރުމުގައިވީ އެބަޔަކުގެ ވިންދެވެ. އިހުސާސްތަކާއި ތަޞައްވުރެވެ. އިމްނާ ހިނިތުންވެލި އެވެ. އެ ޢާލަމެއްގައި ޤައިދުވެވި ހުރެއެވެ. ބީހުންތަކުގައި ބަލއިަގަތުމެވެ. ރާގުތަކުގައި އޯގާވެރިކަމެކެވެ. އަޑުތައް މަސްހުނިވެ އެއް ހިސާބަކަށް ޖަމާކުރެތެވެ. ހަރަކާތްތައް މަރުގަންނުވާ ލޮލުފިޔަތައް ހަރުވެފައެވެ. ހަމައެކަނި އެ ފުރާނައަކަށްޓަކައެވެ. އެއީ ކުޑަ ވަގުތުކޮޅެއްގެ ކަމެކެވެ. ޖިސްމުގެ ސިއްހަތު ކަށަވަރުވުމުން ބެހިދިއުމަށެވެ. އެ އޮއިވަރެއްގައި ފިކުރާތައް ވާވައްދުވިފައެވެ. މި ހަށި […]
ނާއިލް ފެނުމާއެކު އެވަގުތުކޮޅުވެސް އަޝްރާ ފިނިވެގެން ދިޔައެވެ. ޒަހާ އޭނަގެ ކޮނޑުގައި ކޮށްޓާލަމުން ދާށޭ ބުނުމާއެކު އަޝްރާ މަޑު ފިޔަވަޅުތަކެއްގައި ނާއިލްގެ ގާތަށް ދިޔުމަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނާއިލްގެ ކުރިމަތީގައި އައިސް ހުއްޓުނު އަޝްރާ އެފިރިހެންވަންތަ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވާއިރު މޫނު މަތީގައި ވަނީ ތާޒާކަމެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީއެއްގައި ހުރިއިރު […]
ތިލަދުންމަތީ ދެކުނުބުރީގެ ވެރިރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓަކީ އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ރޯނު ވެށުމާއި ހާލުފޮޅި އެޅުމަށް މަޝްހޫރު މިރަށުގެ ރައްޔިތުންނަކީ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ހީވާގި ބައެކެވެ. އަޅުގަނޑުގެ މި ލިޔުމުގައި ބަލާލާނީ އެދުވަސްވަރު ރަށުގެ ވިޔަފާރި ހިނގަމުން އައި ގޮތާއި، ރަށުގެ ބައެއް ދުވަސްވީ ވާހަކަތައް، އަދި އާއްމު ދިރިއުޅުމުގެ ވާހަކަތަކަށެވެ. ރަށުގައި ހިލާ ދިޔާ ހަކުރާއި، ގޭގައި ފިހާ ހާލުފޮޅި އަދި ވަށާ ރޯނު ބޮނޑިތައް ހިފައިގެން ކައިރި ރަށްރަށަށް ފުރާ ދޯނި ލަފާނީ […]
ހަވީރު އައިގޮތަށް ކޮޓަރީގައި އޮތީ ނުކުންނަން ބޭނުންނުވެފައެވެ. ދިޔައިރުވެސް، މިފަދަ ކަމެއް ވާނެކަން އިނގެއެވެ. އެކަމަކު، ލީޒް ބުނުމުން ނޫނެކޭ ނުބުނަން ވެގެން ދިޔައީއެވެ. ކިތަންމެ ޗިލްކޮށް އެމީހުން ކުރިމަތީ ވާހަކަ ދެއްކިޔަސް، ހިތަށްވެސް ކެތް ވާނީ ވަކި ވަރަކަށެވެ. “އެލީން…. ދެން ނިކުމެބަ، ބައްޕަޔަށް ލީން ނުކާކަން އެނގިއްޖިއްޔާ މަރާލާނީ ދޮންބެޔޭ… އިނގެއެއްނު އެކަން؟” ދޮރު ކައިރިން ދާ ޚިޔާލެއްވެސް ދޮންބެ ނުކުރެއެވެ. ދޮންބެޔަށް ލިބޭ ދަރިޔެއް އުޅެންޖެހޭނީ ވަރަށް ޙާލުގައި ކަން ޔަޤީނެވެ. ދަރިއެއްގެ […]