Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކުޅުދުއްފުށީގެ ދުރު ހަނދާންތަކުގެ ތެރެއިން

SeenuAlifu Level 1
June 12, 2019 3 Mins Read
17 Comments

ތިލަދުންމަތީ ދެކުނުބުރީގެ ވެރިރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓަކީ އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ރޯނު ވެށުމާއި ހާލުފޮޅި އެޅުމަށް މަޝްހޫރު މިރަށުގެ ރައްޔިތުންނަކީ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ހީވާގި ބައެކެވެ.

އަޅުގަނޑުގެ މި ލިޔުމުގައި ބަލާލާނީ އެދުވަސްވަރު ރަށުގެ ވިޔަފާރި ހިނގަމުން އައި ގޮތާއި، ރަށުގެ ބައެއް ދުވަސްވީ ވާހަކަތައް، އަދި އާއްމު ދިރިއުޅުމުގެ ވާހަކަތަކަށެވެ.

ރަށުގައި ހިލާ ދިޔާ ހަކުރާއި، ގޭގައި ފިހާ ހާލުފޮޅި އަދި ވަށާ ރޯނު ބޮނޑިތައް ހިފައިގެން ކައިރި ރަށްރަށަށް ފުރާ ދޯނި ލަފާނީ ރުނބަ ރުނބައިގެ ރިހާކުރާއި ހިކިމިރުސް ބަސްތާއާއި ލުނބޯ ބަސްތާތައް ބަރާ ކޮއްގެންނެވެ. އެޒަމާނަކީ ވިޔަފާރިކުރުމުގައި އާއްމުގޮތެއްގައި ފައިސާ ގެންގުޅުން ޒަމާނެއްނޫނެވެ. ކާޑުގެ ބާވަތްތައް ގަތުމުގައިވެސް އަމަލު ކުރަމުން ދިޔައީ އެހެންނެވެ. ކައްކާފައި ހުންނަ މަހުގެ ބަރުދަނަށް ހަނޑޫ، ހަކުރު އަދި ފުށް ވިއްކާ އުޅުނެވެ.

އެދުވަސްވަރު ގާތްގަނޑަކަށް ރަށުގައި މަހަށްދާ 5 ވަރަކަށް ދޯނި އޮވެއެވެ. އަދި މާލެ ދަތުރުކުރާ ދޯންޏަކާއި 2 ބައްތެލި އޮވެއެވެ. އެއީ މާލިމި ޢަލީ ދޯންޏާއި ދިވެހި ގޯތި ބައްތެލި، އަދި ކޮއްކޮ އަހުމަދުގެ ބައްތެއްޔެވެ. ރަނގަޅަށް ވައިޖެހޭ ދުވަސްވަރު ހައެއްކަ ދުވަހުން މާލެ ދެވެއެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސެން ކައިރިވުމުން ރަށެއްގެ ކައިރީ މަޑުކޮށް، ދެން ދަތުރު ފަށާނީ އަނެއް ދުވަހުގެ އިރު އެރުމުންނެވެ. އެއީ އިންޖީނުލީ ދޯނިފަހަރު ހުންނަ ދުވަސްވަރެއްނޫން ކަމުން ދަތުރުކޮށް އުޅުނީ ރިޔަލު ދޯނީގައެވެ.

އެދުވަސްވަރު ކެއުމުގައި ބޭނުންކުރީ މުޅިންވެސް “ދިވެހި ކާނާ” އެވެ. އަމިއްލަ އަތުން ހައްދާ މޭވާ އާއި ތަރުކާރީއެވެ. ގޮވާމާއި ފަލަމަޑިއެވެ.

ދިވެހިން އަމިއްލައަށް ތައްޔާރުކޮއްފައިވާ ދިޔާހަކުރާއި ރިހާކުރެވެ.

ތިރީގައި މި ހިމަނާލަނީ އެދުވަސްވަރު ކެއުމުގައި ބޭނުންކުރި ބައެއް ބާވަތްތަކެވެ.

* މާފުށް- މާ ޖެއްސި ބިންބި، އުޑިން މުގުރައިގެން ދޮންކޭލާ ހަކުރާ ކާށި ހުނި ލައިގެން މޮޑެގެން.

*މަސްކާށި، ބޯކުރި ބަނބުކެޔޮ

*ާކާށިކިރު، ތެލުލި ރިހާކުރު، ފިހުނުމަސް، ރޫސިހާ ބަތް

ދިގު މާޒީއެއް އޮތް މިރަށަކީ ބިޔަ ޖަންގައްޔެއް އޮންނަ ބޮޑު ރަށެއްކަމުން މިރަށުގައި މީހުނަށް ފެނިފައި ހުރި ރޫޙާނީ ކަންތައްތައް ވެސް މަދެއްނޫނެވެ.

މިރަށުގައި ހިނގާފައި ހުރި ބައެއް ކަންތައްތައް: *އަޅުގަނޑުގެ ބޮޑުބޭބެއަށް ދިމާވި ކަންކަން

_ބޮޑުމީހަ_

0030 ހާއިރު މަހަށްދާން ގޮވަން ނުކުތްތަނާ، ހަނދުވަރުގެ އަލީގައި ފެނުނީ، އިސްކޮޅުން ދިގު މީހަކު ބޮޑުމަގުން އުތުރަށް ދާތަނެވެ. މިހާރުގެ އޭ.އީ.ސީ ހުރި ބިމުގައި އޭރު އޮންނަނީ ވާބޯ ޖަންގައްޔެވެ. އެތަނުގައި ކޮންމެވެސް ވަރަކަށް ކަރާ، ޒުވާރި، އަދި ބިންބި ހައްދާފައި އޮންނަ ކަމަށް ވެއެވެ. އެހެނަސް އެތަނުގެ ބޮޑުބައި ވަނީ ރަނިކަ ގަސްތަކުން ފުރިފައެވެ.

(މިހާރު އޭ.އީ.ސީ ގައި ހުންނަ ބޮޑެތި ރަނިކަ ގަސް ތަކަކީ އޭރުވެސް ހުރި ބައެއް ގަސް) އެމީހާ ގޮސް ވަނީ ރަނިކަ ގަސް ތަކުގެ ތެރެއަށެވެ. އެ ދަންވަރު އިންސާނަކު އެސަރަހައްދަށް ނުދާނެކަން ވިސްނުމުން، އާދަމް(އަސްލުނަމެއް ނޫން) އަވަހަށް ގޮސް ވަނީ މަހަށްދާން ގޮވަން ދިޔަ މީހާގެ ގެއަށެވެ.

މީގެ އިތުރުންވެސް ބޮޑުމީހާ، ނުވަތަ ރަށުމީހުންގެ ބަހުން ނަމަ “އަށްބޭބެ” ވަރަށް ގިނައިން ރަށުން ފެންނަކަމަށް ވެއެވެ. ހުކުރު ނަމާދަށް ނުގޮސް ވަލުތެރޭގައި ތިބޭ ސޮރުމެންނަށް، ހުދު ހެދުމެއް ލައިގެންދާ ބިޔަ މީހެއް ފެނެއެވެ. އެއީ ބޮޑުމީހާ ކަމަށާއި، ބޮޑުމީހާ އެދަނީ ހުކުރަށް ކަމަށްވެސް ކިޔާ އުޅެއެވެ.

އަދި ހަމަ މިއާއިއެކު އޭރު އެންމެ ގިނައިން ކިޔާ އުޅުނީ، ގޭގޭގައި ގެންގުޅޭ ކުކުޅު ހާ އިރު އަރާއިރު ކަރު އަނބުރާ މަރާލާފާ އޮންނަ ވާހަކައެވެ. އެއީވެސް ބޮޑުމީހާ ކުރާކަމެއް ކަމަށާއި، އެއީ ބޮޑުމީހާ ގެންގުޅޭ ބަޑިއަށް ވަޒަނުގެ ގޮތުގާ ކުކުޅުގެ ނަޖިސް އަޅަން ވެގެން ކުރާ ކަމެއް ކަމަށްވެއެވެ. ބޮޑުމީހަ ބަޑި ޖަހާ އުޅުނީ މީހަކު މަރުވެ، ގިނައިރު ވަޅުނުލާ އޮވެއްޖެނަމައެވެ. “އަށްބެ ބަޑި ޖަހާ” އަޑު އިވެނީ ދަންވަރަށް ކަމުން، އެ އަޑު އިވި ބިރުން އެކަމާ ނުނިދި ހުންނަން ޖެހުނު އެކަކަށް ޔަޤީނުންވެސް އަޅުގަނޑު ވާނެއެވެ.

 

 

_ކަނޑުގެރި_

(ފަތިހުގެ އަނދިރީގައި، (ގަޑި ޔަޤީނެއް ނޫން) ގޮނޑުދޮށަށް މަސްބާނަން ދިޔައީ އެކުވެރިއަކާއި އެކުގައެވެ. އޭރު އަތިރިމަތީ ދެކުނު ކޮޅުގައި “ގަނބާ ތަނޭ” ކިޔާތަނެއް އޮންނަ ކަމަށް ވެއެވެ. އަދި އެތާގައި ވަރަށް ބޯ ކަށިކެޔޮ ފީންޏެއް އޮވެއެވެ. ގޮނޑުދޮށަށް ފައިބަން ވެގެން ކަށިކެޔޮ ފީނި ކައިރިން ދަނިކޮށް އިވުނީ ގަސްތައް ތެރެއިން ކަށިތަކެއް ހަފާ އަޑެވެ. އެ އަޑު އަންނަ ދިމާލަށް ގޮސް ބަލާލިއިރު ފެނުނީ، ވެލާކަށި ތަކެއް ކާން އޮތް އެއްޗެކެވެ. އޭގެ ނިގޫކޮޅާއި ހަށިގަނޑުން ވައްތަރީ ގެރިއަކާއި އެވެ. ( އެޒަމާނަކީ މިރަށުގައި ގެރި ބަކަރި ގެންގުޅުން ޒަމާނެއްނޫނެވެ.)

އެ އެއްޗެއްގެ މޫނެއް ނުފެނެއެވެ. ފެނުނީ ފަހަތެވެ. އެނގުނުހާވެސް އެއްޗަކީ އެއީ އާދައިގެ އެއްޗެއް ނޫން ކަމެވެ. ގެއަށް އައިސް އެެންމެނަށް އެވާހަކަ ކިޔާދިނުމުން އެންމެންވެސް ޤަބޫލުކުރީ އެއީ “ކަނޑުގެރި” އެެއް ކަމަށެވެ.

 

ރަށުގައި ޒަމާނުއްސުރެ ވަކި ސަރަހައްދު ތަކަކަށް ވަކި ނަންތައް ކިޔާ އުޅެއެވެ. މިގޮތުން ފާހަގަކޮއްލެވޭ އެއްތަނަކީ “ބޯ ޒިޔާރަތެވެ.”

ކުޅުދުއްފުށީގެ ދެކުނު ސަރަހައްދަކީ، (މިހާރުގެ އާޓިފިޝަލް ބީޗް އޮތްތަނަކީ) އޭރުގެ އެންމެ ވާބޯ އެއް ސަރަހައްދެވެ. ބޮޑު ދޮންވެލި ތުނޑިއެއް އޮންނަ އެ ސަރަހައްދަށް އާއްމުކޮށް މީހުން ގޮސް އުޅުނީ ވެލި ބަލައެވެ. އޭރު ހަނި މަގަކުން ދެވޭގޮތަށް އޮންނަ އެ ސަރަހައްދަކީ މިހާރު އެމް.އާރް.ޑީ.ސީ އަދި ފެނަކަ ހިންގަމުންދާ ސަރަހައްދެވެ. އެތަނަކީ ޖުޒާމް ބަލި ޖެހުމުން މީހުން އެކަހެރިކޮށް ބައިތިއްބާ ސަރަހައްދެއް ކަމަށްވެއެވެ. ބަލި ޖެހުމުން އެތަނުގާ އަޅާފައިވާ ފަންގެއަށް ލާ، އެމީހަކު ނިޔާވަންދެން އެކަހެރިކޮށްފައި ބަހައްޓައެވެ. އެމީހަކު ނިޔާވުމުން ވަޅުލަނީވެސް އެތަނުގައެވެ. މީހުން އެކަހެރިކޮށް ބެހެއްޓުމުގެ ސަޤާފަތް ނެތި ދިޔަ ފަހުން، ވެލި ބަލައި ދިޔަ ބަޔަކަށް އެތަނުން މީހެއްގެ ބޮލުގެ ނާށިގަނޑު ފެނުނެވެ. ދެން އެތަނުގައި ޒިޔާރަތް ހަދާ ވަރަށް ގިނަ ދުވަސް ވަންދެން ބެލެހެއްޓިއެވެ. “ބޯ ޒިޔާރަތަށް” ނަދުރު ބުނެ، ކާށި ލައި ބޮލި އެއްލާ ދިދަ ޖަހާ ހެދި ކަމަށްވެއެވެ. އެތަން ހުންނަނީ ގާފޮޅެއް ހަދާ މަތި ހިޔާކޮއްފައެވެ. އެތަން ނެތި ދިޔަ ގޮތެއް ނޭނގެއެވެ. (މިރަށުގެ ބައެއް ދުވަސްވީމީހުންނަށް އެކަން އެނގުން އެކަށީގެންވޭ) އާޓިފިޝަލް ބީޗް ސަރަހައްދަށް ޒަމާނުންސުރެ “ބޯ ޒިޔާރަތް” ކިޔާ އުޅެނީ މި ސަބަބާ ހުރެއެވެ.

 

*ރަށާ ގުޅޭ އިތުރު މައުލޫމާތު ހޯދައިގެން މިއަށްވުރެން ފުރިހަމަ ލިޔުމެއް ލިޔާނެކަމަށް އުއްމީދު ކުރަން. ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުހަބާ ކިޔަން. ޝުކުރިއްޔާ!

 

-ސީނު އަލިފު

Share Article

Follow Me Written By

SeenuAlifu

Level 1

Other Articles

Previous

އަހަރެން….1

Next

ބުނެދޭށޭ ރުހެމޭ 38

Next
June 13, 2019

ބުނެދޭށޭ ރުހެމޭ 38

Previews
June 12, 2019

އަހަރެން….1

17 Comments!

  1. Afoo says:
    June 12, 2019 at 10:36 pm

    Yayy.. My island… Knew some new things.. Thank u seenu alifu…

    1. SeenuAlifu says:
      June 15, 2019 at 4:22 pm

      ❤❤?

  2. Sidu says:
    June 13, 2019 at 2:33 am

    Varah reethi. Sifa kurun tha varah furi hama.varah avaha ithuru liyume kiyaa lan libeene kama umeedhu kuran.

    1. SeenuAlifu says:
      June 13, 2019 at 6:36 pm

      Shukuran ? ❤

  3. މުހަންމަދު says:
    June 13, 2019 at 9:30 am

    ލިޔުމުން ކޮންޒަމާނެއްކަމެއް އެނގޭކަށްނެތް.
    އޭއީސީ ގޯތި ތެރޭ އެހުރި (ރަ)ނިކަ ގަސްތަކަކީ މާފަހުން އިންދި ގަސްތަކެއް. ކޮމިޔުނިޓީ ސްކޫލްގެ ގޮތުގައި އޭއީސީ އޮތް އިރުވެސް ރަނިކަގަހެއް ނުހުރޭ.

    1. SeenuAlifu says:
      June 13, 2019 at 6:35 pm

      Salam, liyumuga e vany alhuganduge mamma kiyaa dhin gothah ehves uni ithureh nethi. AEC hadhan ethan saafu kuri iru mamma ves ulhunu ekamuga. Mihaaru huri rani gasthakuge size ah balaalias engilavva nun tho gina dhuvas thakeh vefa huri gasthakeh kan ei. E dhuvasvaru ge thaareehu rangalhah mamma ah bunedheyn neyngumun ebai himanaa nulee. Shukuriyya 🙂

  4. Ilu says:
    June 13, 2019 at 10:09 am

    Ahunnah nuvx ingey eiy kihineh onnathaneh kamehvx… Lolun vx nudheken… Mi kiymaa ingunu Haa dhaal kulhudhuhfuhtaki e atholhuge viyafaariy marukazukn…. Ithuru ehcheh neygunu… Dhn mulhi akun kada article ekey vx nubunaanan dhn ragalhu… ?????

    1. SeenuAlifu says:
      June 13, 2019 at 6:38 pm

      Mi article aky alhuganduge furathama article. Adhi kuriah oiy thaaga miyah vure furihama sifa kurun thakaa eku liyaanan in sha Allah. Shukuran dhevvi hiyaalah ?

  5. މަ says:
    June 13, 2019 at 4:12 pm

    ކުކުޅު ކަރު އަނބުރަފާނެ އެއީ ވައްކަންކުރަންއުޅޭ މީހުން ކުރާކަމެއް ކަމުގަވަނީ އެކަން ކުރަނީ މީހުން ބިރުގަންނުވަން އޭރުން ރޭގަނޑު މީހުން ނުނުކުންނާނެއްނު

    1. SeenuAlifu says:
      June 13, 2019 at 6:40 pm

      True point ? Hama kiyaa ulhey vaahakaeh v ma ebai ves himanaaly. ?

  6. Dhonthee says:
    June 13, 2019 at 6:17 pm

    Thoddoo kujjakas alhuganduves vv shaugu hurey kulhudhuffuttah…. ???V thaareekhee rasheiy dhw eiy…. V mauloomaathu libijje kulhudhuffuttah behey gothun??????Adhives ithuru baivaru mauloomaathu libeynekamau ummeedhukuran????????And mi mazmoonu vvv reethi ingey?????Thi gothuga kuriah dhey??????????

    1. SeenuAlifu says:
      June 13, 2019 at 6:42 pm

      Shukuran. Alhugandu ves thoddoo ah varah shaugu hurey. Hehe. Varah ufaavejje dhevvi hiyaalah. ❤❤

  7. ގެރިނުކާ މޯދީ says:
    June 13, 2019 at 9:56 pm

    ރަށުގެ ދަރިޔަކު ލިޔާ ލިޔުމަކީ އަޅުގަނޑު ހެޔޮހިތުން ބަލައިގަންނަ ލިޔުމެއް…އެކަމަކު ޝަރުތަކީ ދީނާއި ޤައުމާއި ރަށަށް ހުތުރު ނުވާގޮތަށް އިރުން ..މިލިޔުމަށް 100 އަހަރެން ދޭނީ 85.. ބުނެލަން އޮތީ ހިތްވަރާއި އެކު ކުރިއަށްދާށޭ ތިނަން “ސިނުއަލިފު” މި ޤައުމާއި ރަށް ފަޚުރުވެރިވާ ފަދަ ނަމެއް ކަމުގައި ހެދޭތޯ ދުޢާކޮށް ގަދައަޅާ މަސައްކަތްކުރާށޭ. ފެން ބުނެލަން އޮތީ ތޯތޯ ވާހަކަތަށް ހުންނާނީ އެކި މީހުން އެކީރަހަ ލައްވާލާފައި .. ލިޔުމުގައި ގޯހެއްނެތް ކަމަށް ދެކެން .. މިބުނީ އެކަމަކު ތިހުރިހާ ސްޓަންޓު ރަށް ތެދުކުރަމެކޭނޫން ތ

    1. SeenuAlifu says:
      June 14, 2019 at 12:34 pm

      Shukuriyya! ?

  8. Rozy says:
    June 14, 2019 at 3:47 pm

    Alhugandu vec from kulhudhuffushi,alhugandu vec kiyaa adu ahaa ehchehi mi hury mi article ga. Varah furihama , SeenuAlifu keep it up ☺

    1. SeenuAlifu says:
      June 14, 2019 at 5:41 pm

      Shukuriyya! ??

  9. Simon says:
    March 25, 2020 at 11:12 pm

    Varah furihama.. thigothah kuriyah gendhey.. adhi ithuru liyun thah kiyaalaan hama inthizaaruga mi hury!

Comments are closed.



All Right Reserved!