މޭރީ ބްރައުން އިން ކައިޒީން ނުކުމީ ނުހަނު ބާރަށް ހިނގަމުންނެވެ. ސަބަބަކީ ޒިރާން ގުޅާފައި ގެއަށް އައުމަށް ބުނުމުންނެވެ. ސުކޫލް ނިންމާލާފައި ގެއަށްވެސް ނުގޮސް ކައިޒީން ދިޔައީ އޭނާގެ އެކުވެރި ދެ ކުދިން ގޮވައިގެން މޭރީ ބްރައުންއަށެވެ. ފޯނަށް ބަލަމުން ދިޔަ ކައިޒީން މީހެއްގެ ގައިގައި އަޅާގަނެފައި އޭނަގެ އަތުގައި ހުރި ފޮތްތަކާއި ފޯން ވެސް ބިތްމައްޗަށް ވެރުނެވެ. އަދި އެމީހާގެ އަތުގައި ހުރި އެއްޗެހިވެސް ބިންމައްޗަށް ވެރުނެވެ. ކާރުން ނުކުމެގެން އާރިފާގެ އަތުގައި ހިފައިގެން އިނާޝް ދިޔައީ ނުހަނު ބާރަށް ހިނގަމުންނެވެ. އީނާޝް ހުރީ ހުޅުމާލެއަށް ނުދެވިގެން ކެތް މަދު ވެފައިއެވެ. އެހެންކަމުން އީނާޝް ބާރަށް ހިނގަމުން ދިޔައީ މީހަކަށްވެސް ބަލާނުލައިއެވެ. އާރިފާ މިހާރު އެތަށް ބުރަކު މަޑުން ހިނގަން […]
މީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކަ!….. މި ވާހަކަަޢިގެ ފުރަތަމަ ޕާޓު ވީހާވެސް އަވަހަށް އަޕް ކުރާނަމެވެ…. ކިޔުންތެރިން މިވަހަކައަށް އިންތިޒާރު ކުރާނެކަމަށް އުމްމީދުކުރަމެވެ..
ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އެލީނާ އޭނާގެ ހިތާމަ ތަކުގެ މަތިން ހަނދާންނެތުނެވެ. ޢެލީނާ އެރޭ ޕާޓީއަށް ލާނެ ރީތި ހެދުމެއް ހޯދުމަށްޓަކައި އެދުވަހުގެ ހަވީރު ގަޑީގައި ފިހާރަތަށް ބަލަން އީޝަލްއާއި އެލިނާ ނިކުތެވެ. ހަފްތާ ބަންދު ދަވަހެއް ކަމުން މަގުމަތި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެކި ފުރާއިގެ ކުދިންނާއި މީހުން ފެނެއެވެ.އެންމެންވެސް ދިޔައީ ބަންދު ދުވަހަކަށް ވުމުން އާއިލާ ނުވަތަ އެކުވެރިންނާއެކީ ހިތްހަމްޖެހޭ އުފާވެރިވަގުތު ކޮޅެއް ހޭދަ ކުރެވޭތޯއެވެ. ޢީޝަލް ހުރީ ކާރެއް ނުލިބި ގިނައިރު […]
ގެއްލިގެންދިޔަ ހުރިހާ ކަމެއް ކަރަންޓު ޝޮކެއްހެން ހަނދާނުގައި ދުވެގަތީ ކުއްލިއަކަށެވެ. ފުންމައިގެން އެނދުން ތެދުވެވުނެވެ. “އަސްލާން!!!” ******************************* ކުރިމަތިން ފާޅުވި އަސްލާން ގައިގައި އަހަންނަށް ބައްދައިގަނެވުނެވެ. އަސްލާންގެ ނަން ދެތިން ފަހަރަކު ތަކުރާރުކުރެވުނީ އަނެއްކާވެސް ހަނދާނުން ފިލައިފާނެ ކަމުގެ ބިރާއިހެދިއެވެ. “ކިހިނެތްވީ؟” އަސްލާން ކަންބޮޑުވެފައި އެއްސެވެ. އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. މުޅި ދުނިޔެއިން ވެސް އެންމެ ލޯބިވާ މީހާ މުޅިން ހަނދާން ނެތުނީ ކޮންއިރަކު ކަމެއް ނޭންގެއެވެ. އޭނާގެ ހަނދާންތަކާއި ނުލައި އާދައިގެމަތިން […]
ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ […]
އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ. ދާ ގޮތަށް ގޮސް ދޮންނަ މެޝިނަށް ނުލައިފިއްޔާ ރަނގަޅެވެ. ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ. “ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އަތް ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ. […]
“އިޓްސް އޯކޭ.” އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ރޮނގު ފޮހެލާފައި އަސްލާން ބުންޏެވެ. “ސޮރީ ބުނަންޖެހެނީ އަހަންނެއްނު. ލުއާ އަހަންނަށް ނުގޮވަފާނެތީ ބުނަން ނުކެރުނީ.” އަނެއްކާވެސް އަސްލާން ވާހަކަދެއްކީ އަސަރެއް ނެތް އަޑަކުންނެވެ. ހުރިހާ އިހުސާސެއް ފޮރުވަމުންނެވެ. “އާނ ދެން މީގެ ފަހުން އަހަންނެއް ނުގޮވާނަން.” ******************************* އަހަރެންގެ ޖުމުލައިން އަސްލާންއަށް ހީވީ އަނެއްކާ އަހަންނަށް އޭނާގެ މޫނުމަތީ ޖެހުނުހެންނެވެ. “އަސްލާން ބޭނުންއިރަކު އަންނާނީ.” “ނޫން! ލުއާ ނުގޮވަންޏަކާ އަހަންނަކަށް ނާދެވޭނެއޭ!” އަސްލާން ހީވީ އަނެއްކާވެސް ރޮވެން […]
“ހަނދާން ނައްތައިނުލައްޗޭ ދުވަހަކުވެސް.” އަސަރުގަދަ ލޮލަކުން އަހަންނާއި ކަޅިހަމަކޮށްފައި ބުނެލި އަސްލާންގެ އަޑުގައިވީ ރިހުމެކެވެ. ކުއްލިއަކަށް ދިމާވާންފެށި އާދަޔާއި ހިލާފު ކަންކަމާއި ގުޅުމެއް ހުރިކަން އަހަންނަށް އެނގުނެވެ. ނަމަވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަދިވެސް ނުލިބުނެވެ. ހިތުގައިވީ ބިރުވެރި ވަހުމުތައް ދުލުކުރިއަކަށް ނުނެރެވުނެވެ. ******************************* އެއީ މީގެ ވިހި އަހަރު ކުރިއެވެ. ސިކުނޑީގެ ބައްޔެއްޖެހިގެން އަހަރެން މި އެސައިލަމްއަށް ގެނެވުނެވެ. ހުދު ހޯލްވޭތަކުން ލާފައި ގޮސް ވެއްދި ހުދުކަން ބޮޑު ކޮޓަރީގައި ބަންދުކުރުމުން ގަތް ބިރުން ރޯން […]
ހެނދުނުގެ ހިތްގައިމު ވަގުތުގައި މަގުމަތީގައި ހިނގަމުން ދިޔަ އަންހެން ކުއްޖާގެ އެއްވެސް މިސްރާބެއް ނެތެވެ. ރަތް ކުލައިގެ ކަކުލާއި ހަމައަށް އަންނަ ވަށްތިރި ހެދުމެއް ލާފައި ހުރިއިރު އެ ދޮން ހަށިގަނޑާއި އެހެދުން ނުހަނު ގުޅެއެވެ. އުނަގަނޑާއި ހަމައަށް އަރާ ރާޅުބާނީ ދިގު އިސްތަށިގަނޑު ވަނީ ވަށްޓާލާފައިއެވެ. ފިޔާތޮށި ކުލައިގެ ފިނިމެންމަލެއް ފަދަ ތުންފަތެއް ލިބިފައިވާ އެކުއްޖާގެ ލޯވަނީ ބޯ ދިގު އެސްފިޔަ ތަކުގެ ނިވަލުގައި ރައްކާކުރެވިފައިއެވެ. ރޫޅާފަތި ހަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ ބަލާބެލުމަށް […]