ތިލަދުންމަތީ ދެކުނުބުރީގެ ވެރިރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓަކީ އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ރޯނު ވެށުމާއި ހާލުފޮޅި އެޅުމަށް މަޝްހޫރު މިރަށުގެ ރައްޔިތުންނަކީ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ހީވާގި ބައެކެވެ. އަޅުގަނޑުގެ މި ލިޔުމުގައި ބަލާލާނީ އެދުވަސްވަރު ރަށުގެ ވިޔަފާރި ހިނގަމުން އައި ގޮތާއި، ރަށުގެ ބައެއް ދުވަސްވީ ވާހަކަތައް، އަދި އާއްމު ދިރިއުޅުމުގެ ވާހަކަތަކަށެވެ. ރަށުގައި ހިލާ ދިޔާ ހަކުރާއި، ގޭގައި ފިހާ ހާލުފޮޅި އަދި ވަށާ ރޯނު ބޮނޑިތައް ހިފައިގެން ކައިރި ރަށްރަށަށް ފުރާ ދޯނި ލަފާނީ […]