Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 12

Monsta Level 310 Stories100 Comments100 Login
June 12, 2019 6 Mins Read
30 Comments

ހަވީރު އައިގޮތަށް ކޮޓަރީގައި އޮތީ ނުކުންނަން ބޭނުންނުވެފައެވެ. ދިޔައިރުވެސް، މިފަދަ ކަމެއް ވާނެކަން އިނގެއެވެ. އެކަމަކު، ލީޒް ބުނުމުން ނޫނެކޭ ނުބުނަން ވެގެން ދިޔައީއެވެ. ކިތަންމެ ޗިލްކޮށް އެމީހުން ކުރިމަތީ ވާހަކަ ދެއްކިޔަސް، ހިތަށްވެސް ކެތް ވާނީ ވަކި ވަރަކަށެވެ.

“އެލީން…. ދެން ނިކުމެބަ، ބައްޕަޔަށް ލީން ނުކާކަން އެނގިއްޖިއްޔާ މަރާލާނީ ދޮންބެޔޭ… އިނގެއެއްނު އެކަން؟” ދޮރު ކައިރިން ދާ ޚިޔާލެއްވެސް ދޮންބެ ނުކުރެއެވެ. ދޮންބެޔަށް ލިބޭ ދަރިޔެއް އުޅެންޖެހޭނީ ވަރަށް ޙާލުގައި ކަން ޔަޤީނެވެ. ދަރިއެއްގެ ވާހަކަ ކީތްކުރަން، ޝާނާވެސް އުޅެންޖެހޭނީ ޙާލުގައެވެ. އެންމެ މީލްއެއް ނުކެޔަސް ލުވެއިޒް އަށް ހީވަނީ މީހަކު ބަނޑަށްހުރެގެން މަރުވާން އުޅެނީހެންނެވެ.

ލޮލަށް އަރާފައި ހުރި ރަތް ކުލަ މަޑުވެއްޖެހެން ހީވުމުން، ބޭރަށް ނިކުތީމެވެ. ރޯން ކޮޓަރީގައި އޮތަސް މާޒީ ބަދަލެއް ނުކުރެވޭނެއެވެ.

“ކޮބާ ދޮންތަ؟” ކޮފީ ގިރަން ހުއްޓާ ބަދިގެއަށް ވަދެގެން އަންނަމުން، ލުވެއިޒް އަހާލިއެވެ. އެލީޒާ އުޅޭހާ ތަނެއް، ތެޅޭހާ ގޮތެއް އަހަރެންނަށް އިނގެން ޖެހޭ ހެއްޔެވެ. ހަމަ ގައިމުވެސް، މިފަހަރު ކާލިން ކައިރިއަކު ނޫނެވެ.

ރަނގަޅަށް ސަމުސާ ތަޅުވާނުލެވެނީސް، ލުވެއިޒް އަހަރެންގެ އަތުން ކޮފީ ތަށި އަތުލިއެވެ. އަދި އޭގައި ތުންޖަހާލަމުން ކާ މޭޒުކައިރިއަށް ދިޔައެވެ. ރަނގަޅަށްވެސް އެއީ އަހަރެންނަށް ގިރި އެއްޗެއްކަން ލުވެއިޒްއަށް އިނގޭނެއެވެ. އިނގެން ޖެހޭނެއެވެ.

މީހެއް އަތުން ކާއެއްޗެއް އަތުލުމަށްވުރެ ނުބައި ކަމެއް ކުރެވިދާނެ ހެއްޔެވެ. އަދި އެވެސް އަހަރެންގެ ކޮފީތަށްޓެވެ. ހިތަށް ވެރިވެފައި ހުރި ވޭނުގެ މައްޗަށް ރުޅި އިތުރުވުމުން، އެހެންމީހުންނާއި ޚިލާފަށް އަހަރެންގެ ވިސްނުން ވަނީ މޮޅެވެ.

ކަނޑާލި ދެ ކަޕް ނޫޑްލްސް ތަށި ތެރެއިން، އެއް ތަށްޓަށް ގިތެޔޮ މިރުސް އެއްކޮށް ކޮށާލީމެވެ. ލުވެއިޒްއަށް ރަނގަޅަށްވެސް، މިރުހުގެ ރަހަ އެނގޭވަރު ކޮށްދޭނަމެވެ. ރަހައިގެ ވާހަކަ މި ދައްކަނީ ކީތްކުރަން ހެއްޔެވެ. ބޭނުންހާ އިރަކު ޝާ އަތުން ޗޮކުލެޓު އަތުލެވުނަސް، މި އެލީނާއަތުން އެ ލުވެއިޒް ގަނޑަށް އަދި އެހެންމީހަކަށް ވިޔަސް ކާއެއްޗެއް އަތުނުލެވޭނެކަން ރަނގަޅަށް ދަސްކޮށްދޭނަމެވެ.

“އެލީނާ… ތެދަށް ބުނަންވީ. އެއީ ތެދެއްހޭ؟” ގެއަށް ވަނުމާއި އެކު އަހަރެން ފެނުމުން އެލީޒާ އައި ގޮތަށް އައިސް އަހަރެން ކޮއްޕާލިއެވެ. ކުޑައިރު ކެޓްފައިޓް ކުޅޭ ގޮތަށެވެ. ތަފާތަކީ ޢުމުރާއި، ގެއްލުމެއް ވިޔަސް އަޅާނުލާނެ ކަމެވެ. ކޮއްޕާލި ބާރު މިނުގައި އަހަރެން ގޮސް ޖެހުނީ، ފާރުގައެވެ.

“ދޮންތަ…. އެއީ މަ ގަސްދުގަ ކުރި ކަމެއް ނޫނޭ. މަށަށް އޭނަ ނުވެސް އިނގޭ. މަގޭ ކުށެއް އޭގަ ކޮބާތަ؟”

އެލީޒާ، ހައިވެފައި އޮތް ޖަނަވާރެއްހެން ރުޅިވެރި ކަމާއިއެކު އަހަރެންނާއި ދިމާއަށް އަންނަމުން ދިޔައިރު، ލިބިދާނެ އަނިޔާއެއްގެ ބިރަށްވުރެ، މީގެ ތިން މަހެއްހާ ދުވަސް ކުރީގެ ހަނދާންތަކުން ލިބެމުން ދިޔަ ވޭން ބޮޑެވެ.

ކިތަންމެ ވަރަކަށް ހަނދާނުން ފުހެލަން މަސައްކަތް ކުރިޔަސް، އެ މާޒީ، އަހަރެންގެ ފަހަތުން ފިލާ ގޮތެއްވެސް ނުވިއެވެ. ކާލިންއަށްފަހު އެ ހަނދާންތަށްވެސް ފަހަތުން ނައްޓާގޮތެއް ނުވިއެވެ.

“އެލީނާ ގެ ކުށެއް ނެތޭތަ ތި ބުނަނީ؟ ބަލަ ތިޔަށްވުރެ ބޮޑު އަނިޔާވެރިއަކު މިތާ ނެތެއްނު……. ހީ އިސް ޑެޑް އެލީނާ…. ހީ އިސް ޑެޑް” އެލީޒާ ރުޅިވެރި ކަމާއިއެކު އައި ގޮތަށް އައިސް، އަހަރެންގެ ކޯތާފަތް މައްޗަށް ހޫނު ހަމަލާއެއް ދިނެވެ. ކޮރެއާ މީހެއް ނަމަ ރަނގަޅަށް ރަތްވީހެވެ.

“ކައެ މެން ދެމީހުން ތި އުޅެނީ ބައްޕަ މަ މަރާނުލައިގެންތަ؟” އެލީޒާ އަހަރެންނާއި ދުރަށް ޖެހިލީ، ދޮންބެ އައިސް ކައިރިއަށް ހުއްޓި ލުމުންނެވެ. ހިތުގައި އަތް ނުލެވޭނެތީ،  ކޯތާފަތުގައި އަތް އަޅައިގެން އަހަރެން ބާރަށް ކޮޓަރިޔާއި ދިމާއަށް ދިޔައީމެވެ. އެވަރުންވެސް، އަހަރެން ދިޔައީ ނޫޑްލްސް ތަށި ހިފައިގެންނެވެ. ދެން އެވަރުން އެ ތައްޔާރުކޮށްފައި ބަހައްޓާފައި ނުދެވޭނެ ނޫންހެވެ.

އެނދުގައި އެތައް އިރަކު އޮތުމަށް ފަހު، ދިހައެއް ޖަހާބޮޑުވިފަހުން އަހަރެން ވަނީ ފެންވަރާލާށެވެ. އަހަރެންގެ ޢާންމު ސްޕީޑުގައި ރީތި ވަމުންގޮސް، ފުނާއަޅަން އިންދާ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ގަޑީގެ ގޮތުން، އެއީ މަންމަ ކަމަށް ނިންމާ، ފަހުން ބަލާލަން ބޭއްވީމެވެ. އޭގައި އޮންނާނީ ކޮންމެވެސް ނަސޭހަތެއްކަން ޔަގީންކޮށްފައެވެ.

ފިނި އެ ރޭގަނޑު ފެންވަރާ ލެވުމުން ލިބުނު ހިތްހަމަ ޖެހުމުގައި، ރީތިކޮށް ފުނާއަޅާލީމެވެ. އަދި ފުށްޖަހާލުމަށް ފަހު ގައިން މީރުވަސް ދުއްވާލީމެވެ. ބޭނުމެއް ނެތަސް ނިދި ނާންނާތީއެވެ.

މެސެޖު ނުބަލާ އިނުމުން އަނެއްކާވެސް ނޮޓިފިކޭޝަން އަޑު އިވުނެވެ. ހައިރާންވީ ނުދަންނަ ނަމްބަރަކުން މެސެޖު އައިސްފައި އިނީމައެވެ. ގަޑިންވެސް އެގާރަ ޖަހަން ކައިރިވެފައެވެ. ކާލްގެ ރައްޓެއްސަކަށް ވެދާނެ ހެއްޔެވެ؟ ނޫނީ އެލީޒާ ގްރޫޕް މީހަކަށް ވެސް ވެދާނެއެވެ.

“ހޭ އީން، ވަރަށް އަރޖެންޓްކޮށް މިތަނަށް އައިސްދީބަ… ޕްލީސް” ފުރަތަމަ ޓެކްސްޓް ކިޔާލާފައިވެސް އަހަރެންގެ ހިތުން ބިރުވެރިކަން ފިލައިގެން ދިޔައެވެ. އީންއޭ ކިޔާފަ އަހަރެންނާއި މުޚާތަބު ކުރާނީ، ދުނިޔޭގައި ހަތް ބިލިއަން މީހުންގެ ތެރެއިން ވެސް އެންމެ މީހެކެވެ.

ދެވަނައަށް އޮތް މެސެޖުގައި، އެޑްރެސްއެއްގެ އިތުރުން، އޮތީ ނަމެވެ. ކާކުކަން ނޭންގޭނެ ކަމަށް ހީކޮށް ކަމަށްވެސް ވެދާނެއެވެ.

މާޒިންއަކީ އަދި އާދައިގެ މީހެއް ނޫނެވެ. އެއް އިރަކު ނުލާހިކު ރީތިކޮށް ވާހަކަ ދައްކާފައި، އަނެއް އިރަކު އައިސް ތަޅައިވެސް ގަނެފާނެއެވެ. ދެން ދޮންބެ ކަހަލަ މީހަކު ހުންނާނީވެސް އެއްވަރުގެ ޤަމާރު އެކުވެރިން ނޫންހެއްޔެވެ.

މާޒިން އެހާ ކުއްލި ގޮތަކަށް އައިސްދީބަލާށޭ ބުނުމުން ވިސްނަން ވީ ގޮތެއް ނޭންގުނެވެ. އަނެއްކާ އަނެއް ފަހަރު މޮޅުވާންވެގެން ސްޕައިއަކަށް ވެލީހެއްޔެވެ. ދެވަނަ ފަހަރަށް ޕޮލިސް ނުގެންދިޔައިއްޔާ ވެސް ރަނގަޅެވެ. ނޫނީ އަހަރެންގެ ސިއްރު މާޒިން އަށް އެނގުނީ ހެއްޔެވެ؟ އެވަރަކުން އެހޯދަން އުޅުނީވެސް ހަމަ މާޒިންއެވެ.

ނިދިނަޔަސް، ބޭރަށް ދާން ބޭނުމެއް ނުވިއެވެ. ވަކިން ޚާއްސަކޮށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

އެނދުގައި އިށީންދެފައިމެ އަހަރެން އަލަމާރި ކައިރިއަށް ދިޔައީމެވެ. ޚިޔާލު ބަދަލުވެގެންނެވެ. ދެ ޚިޔާލެއްގައި ހުރެ އަހަރެން އެނދާއި އަލަމާރިއާ ދޭތެރޭ ދެތިން ބުރު ޖަހަންޖެހުނެވެ. އެންމެ ފަހުން، އަހަރެން ހަވީރުލާ ކަޅުކުލައިގެ ހެދުމެއް ލައިގެން ނިކުތީމެވެ. އެއިރު އެލީޒާއާއި ލުވެއިޒް ވާނީ ކޮޓަރީގައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، އަހަރެން ގެއިން ނުކުތީމެވެ.

މާޒިން ބުނި ތަނަކީ މާ ދުރު ނޫން ތަނެއް ކަމުން،  މީހުންގެ ބެލުނަތައް އަމާޒު ވަމުން ދިޔަ ނަމަވެސް، އަހަރެން ބާރަށް ހިނގާފައި ދިޔައީމެވެ. މިކޮޅަށް ބަދަލު ވީފަހުން، އަދި އެހާ ދަންވެފައި ހުއްޓާ، ބީޗް ނޫންތާކަށް އަހަރެން ބޭރަކަށް ނުދަމެވެ.

ބޭރުގައި އިރުކޮޅަކު ހުރެފައި އަހަރެން އެ ރެސްޓޯރެންޓް ތެރެއަށް ވަނީމެވެ. އެހާ ލަސްވެފައި ވުމުން އެތަނުގައި ތިބީ ވަރަށް މަދު ބަޔެކެވެ.

މާޒިން ފެނޭތޯ އެނބުރި އެނބުރި ހުއްޓާ ވެއިޓްރެސްއެއް އައިސް، އަހަރެންނަކީ އެލީނާތޯ އަހާލިއެވެ. އަހަރެން މަޑުމަޑުން އާނއެކޭ ބުނުމުން، އެ މީހާގެ ފަހަތުން އަންނަން ބުންޏެވެ.

އޭނަ ގޮސް، އެއް ފަރާތެއްގައި ހުރި ދޮރެއް ހުޅުވައިދިނެވެ. އަދި އެތެރެއަށް ދާން ބުންޏެވެ. އެއީ ރެސްޓޯރެންޓުގެ ތެރޭގައި ހަދާފައި އިން ކުޑަ ޕްރައިވެޓް ތަންކޮޅެކެވެ. ހާމައަށް އުޑު ފެންނަ ގޮތަށް އޮތް އިރު ބިމުގައި ހައްދާފައިހުރި އެކި ކަހަލަ މާގަސްތަކުން، އެތަން ފުރިހަމަ ކޮށްދެއެވެ.

ފެންނަން އޮތް މަގުން އަހަރެން ހިނގައިގަތީމެވެ. އެއިރު، ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ހިތަށް ވެރިވެފައިވިއެވެ. ތަންކޮޅަކަށް ދިޔަތަނާ، އަހަރެންނަށް މާޒިންފެނުނެވެ. އަހަރެން ގަހަކާ ނިވާވެލުމަށްފަހު، މާހައުލު ރަނގަޅަށް ބަލައިލީމެވެ.

މުޅި އެތަނުގައިވެސް، ހުރީ މާޒިން އެކަންޏެވެ. ފަނޑުއަލިކަމުގެ ތެރެއިން، މާޒިންގެ މޫނު އަހަރެންނަށް ފެނުނެވެ. އަބަދުހެން ހިނިތުންވެފައި، ކޮންމެވެސް ސަކަރާތެއް ޖަހަން އުޅޭ މީހާގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ބަނަކޮށްލާފައި އުޑަށް ބަލަހައްޓައިގެން ހުރެފައި، ދެތިން ފަހަރު އެނބުރި ދޮރާ ދިމާއަށް ބަލައިވެސް ލިއެވެ. ގަސްތަކާއި ނިވާވެގެން ހުރުމުން އަަރެންނެއް ނުފެންނާނެއެވެ.

ހަދާނެ ގޮތެއް ނޭންގިފައި އަހަރެންނަށް އެތާ ހުރެވުނީއެވެ. މާޒިން ގެ މެސެޖުއެއީ އޮޅިގެން އަހަރެންނަށް ފޮނުވުނު މެސެޖެއްކަމާއި މެދުވެސް، މިހާރު އަހަރެންނަށް ޝައްކެވެ. އެކަމަކު، އެހެންނަމަ، ވެއިޓްރެސް އަށް އަހަރެންގެ ނަމެއް ނޭންގޭނެއެވެ.

ފުދޭ ވަރަކަށް ގިނައިރު ވީ ފަހުން، މާޒިން ގަޑިޔަށް ބަލާލިއެވެ. އަހަރެންވެސް ގަޑިޔަށް ބަލައިލީމެވެ. ބަރާބަރު ބާރަ ޖެހީއެވެ. ފާރުގައި ލެނގިލައިގެން ހުރި މާޒިން، ހިނގައިގަތެވެ. އަވަސް ހަރަކާތާއި އެކު އަހަރެން ފިލޭތޯ އުޅުނީމެވެ. ނަސީބު ރަނގަޅުކަމުން، މާޒިން އިޚުތިޔާރު ކުރީ އެތަނުން މަގުމައްޗަށް ނިކުމެވެން ހުރި ދޮރެވެ.

ދެތިން ފިޔަވަޅު ނަގާފައި މާޒިން ހުއްޓިލިއެވެ. އަދި އަތުގައި އޮތް އެއްޗަކަށް ބަލަހައްޓައިގެން ހުރެފައި ބިންމައްޗަށް ވައްޓާލިއެވެ. ދާން ހިނގައިގަތުމުން އަހަރެން މަޑުމަޑުން ގޮސް އޭތި ނެގީމެވެ. އެއީ ރަތްކުލައިގެ ރީތި ފިނިފެންމަލެކެވެ. ލިބުނު ސިހުމާއި އެކުވެސް އޭގެން ވަސް ބަލައިލެވުނީ، އެއްވެސް އިޚުތިޔާރެއް ނެތިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންނަށް ވިސްނާލަން މަޖުބޫރުވިއެވެ.

މާޒިން އެއުޅެނީ ކީކޭ ހިތަށްއަރައިގެން ހެއްޔެވެ. އަހަރެން މީ ޙަޤީގަތުގައި ކިހާވަރެއްގެ ކާކުކަންވެސް މާޒިންއަކަށް ނޭންގޭނެއެވެ. ބުންޏަސް، އެ ބޯހަރު މީހާ ޤަބޫލުވެސް ކުރާނީކީ ނޫނެވެ. ނަމަވެސް މާޒިންގެ ހިތަށް އަނިޔާއެއް ދޭކަށްވެސް އަހަރެންނަކަށް ނުކެރޭނެއެވެ. ފިރިހެނުންނަކީ މޮޔަ ބަޔެކެވެ. ކުރިންފަހަރު ކާލިން ކަންތައް ކުރި ގޮތަށް މާޒިން ކަންތައް ކޮށްފިނަމަ….

ހިތަށް އެރި އެއްޗަކުން އަހަރެން ބާރަށް ގޮސް ބޭރަށް ނިކުތީމެވެ. ޙަޤީގަތުގައިވެސް ހާދަ ބިރެއް ގަތެވެ. އަހަރެންގެ ސަބަބުން އިތުރު މީހަކަށްގެއްލުމެއް ވާކަން އަހަރެން ނޭދެމެވެ. އަހަރެންނާ ހެދި މާޒިންއަށް، ކާލިންއަށް ވީ ފަދަ ގޮތެއް ވެއްޖެނަމަ ދުވަހަކުވެސް އަހަރެންނަށް އަހަރެންގެ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.

އަހަރެންނަށް ނިކުމެވުނު އިރު މާޒިން ފުދޭވަރަކަށް ދުރަށް ގޮސްފިއެވެ. އަހަރެން ބާރަށް މާޒިންއާއި ދިމާއަށް ހިނގައިގަތީމެވެ.

……………

“ޒިން!” ފަސްވަރަކަށް ފޫޓު ދުރުގައި ހުރެފައި އަހަރެން ގޮވާލީމެވެ. ނެގި ފިޔަވަޅު ހުއްޓާލަމުން މާޒިން އެނބުރި ބަލާލިއެވެ. މޫނުގައިވި މޮޅިކަން ވަގުތުން ބަދަލުވެގެން ދިޔައެވެ. ހައިރާންކަމަށެވެ. މާޒިން އަހަރެންގެ އަތުގައި އޮތް ފިނިފެންމަލަށް ބަލައިލުމަށް ފަހު ކުރިއަށް ޖެހިލިއެވެ. އަހަރެންނަށް އެއް ފިޔަވަޅު އެޅުނީ ފަހަތަށެވެ. ދެވަނަ ފަހަރަށް ލޯބީގައި ފަނާވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“އީން… އައި….. ޕްލީސް، ބީ…….”

“މާޒިން” މާޒިން ބުނަމުން ދިޔަ ޖުމުލަ އަހަރެން މެދު ކަނޑާލީމެވެ. މާޒިން އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އެ ބެލުމުން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރަމުން ދިޔައެއްކަމަކު، މާޒިންގެ އެދުމަށް އަހަރެންނަށް އާބަސް ބުނެވޭކަށެއް ނެތެވެ.

“އީން….”

“މާޒިން… ހަމައިގަތަ ތިހުރީ…. އީން އަށް އެންމެ ސޯޅައަހަރޭ އަދި…”

“ދެން އޭގަ މައްސަލައެއް އެބެތްތަ؟ ޕްލީސް އީން… މަ ގަސްދުގަ އީން ދެކެ….” ދެންވެސް، އަހަރެން މާޒިންގެ ވާހަކަ މެދު ކަނޑާލީއެވެ.

“މާޒިން ކައިރީ މަ ބުނީމެއްނު، މަ މީ ކާކުކަން އެނގޭނަމަ ޒިން މަށާ ވައި އެޅެންވެސް ބޭނުމެއް ނުވާނެ.”

“ޕާސްޓް ޑަސަންޓް މެޓަރ އީން” މާޒިން ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ހުރިހާ ފރިހެނުންވެސް އެއްގޮތޭ ބުނާބުނުން އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް، ތަޖުރިބާ ހެކިވަނީ އެއީ ތެދެއްކަމުގައެވެ.

“އެކަމަކު މާޒިން..” އަހަރެން ބުނެބުނެ ހުރި ޖުމްލަ ހުއްޓާލަން ޖެހުނީ ވާރޭ ތިކި ޖަހަންފެށުމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ވާރޭ ބޯކޮށްލިއެވެ. ތިބެވުނީ މަގުމަތީގައި ކަންވެސް ހަނދާންވީ ދެނެވެ. ނަސީބު ދިމާކުރި ގޮތުން، ތިބެވުނީ ރެސްޓޯރެންޓާއިވެސް ފުދޭވަރަކަށް ދުރުގައެވެ.

ހަދާނެ ގޮތެއް ހިތަށް ނައިސްގެން އެހެން ހުއްޓާ މާޒިން އަހަރެންގެ އަތުގައި ހިފައިގެން ވަރަށް ބާރަށް ހިނގައިގަތެވެ. އެ ވާރޭގައި ތެމެން ބޭނުން ނުވާތީ އަހަރެންވެސް ދެކޮޅު ހެދުމެއް ނެތި ދިޔައީއެވެ.

މާޒިން ވަދުނީ ބޮޑު ހޮޓެލްއަކަށެވެ. ފުދޭ ވަރަކަށް ކައިރިކަމުން، މާ ބޮޑަށް ނުތެމުނަސް، ވަރަށް ބޮޑަށް ފިނިވަމުން ދިޔައެވެ. މާޒިން އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން އަހަރެންވެސް ހަނު ހުރެގެން އޭނަ ފަހަތުން ދިޔައީއެވެ. އަތުގައި ހިފާއްޓާފައި އޮތުމުން ދާން ޖެހުނީއެވެ.

މާޒިން އަހަރެން ގެންދިޔައީ އެންމެ މަތީ ފްލޯއަށެވެ. އެތަނަށް މާޒިން އެ އައީ ކީއްވެހެއްޔެވެ؟ ވަރަށް ރީތިކޮށް އެތަން ފަރުމާކުރެވިފައިވީއިރު، އެ ފްލޯރގައި ހުރީ އެންމެ ކޮޓަރިއެކެވެ. މާޒިން އާއި އެކު އަހަރެން ދިޔައީ އެތަނަށެވެ. ކިންގްސައިޒް އެނދަކާއ އެހެން ފަރުނީޗަރާއި އެކުވެސް އެ ކޮޓަރީގައި ހުސްޖާގަ ބޮޑެވެ.

އަހަރެން އެތަނަށް ރީތިކޮށް ބަލައިލީމެވެ. އެއީ މާޒިންގެ ކޮޓަރިހެއްޔެވެ؟ ވައްތަރެއް ނޫނެވެ. މިހެން ބުނަން މި ޖެހުނީ ކިޔަވާ މޭޒުދޮށް ވަރަށް ކިޔަވާ މީހެއް ވައްތަރު ޖަހާތީއެވެ. މާޒިން އަކީ ބޮޑު ގަމާރު މީހެކެވެ. އަނެއްކޮޅުން އަހަރެންނަށް މާޒިންގެ އުމުރުވެސް ޔަގީނެއް ނޫނެވެ. ނިޔުސްގައި ސަތާރައޭ އޮތް ކަންނޭންގެއެވެ. އެކަމަކު އެހާ ކުޑަ ވައްތަރެއް ނުޖަހައެވެ.

މާޒިން އަހަރެންގެ އަތުން ދޫކޮށްލުމުން އަހަރެން ގޮސް އެނދުގައި އިށީންދެލީމެވެ. މާޒިން ދިޔަގޮތަށް ގޮސް ހުއްޓުނީ، އަލަމާރި ކައިރީއެވެ. ދެން ކުރި ކަމަކުން އަހަރެންނަށް ވަގުތުން ދުރު ބަލާލެވުނެވެ. މާޒިންގެ ކޮޓަރިޔަސް ކޮޓަރި ނޫނަސް، އަހަރެން ހުރި ކަން ހަނދާން ބަހައްޓަން ޖެހޭނެ ނޫންހެއްޔެވެ.

މާޒިން ޓީޝާޓު ނުލައި ހުއްޓާ ދެފަހަރަކު ފެނިފައި ވީ ނަމަވެސް، އަހަރެން ގަތް ލަދުން، ދުރު ބަލަހައްޓައިގެން އިނީމެވެ. ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރު ވީ މާޒިން ހޭންފެށުމުންނެވެ. އަހަރެންނަށް ވީގޮތް ފެނިފަ ކަންނޭންގެއެވެ.

މާޒިން އަހަރެންނާއި ދިމާއަށް އައުމުން، ވަގުތުން ފަހަތަށް ޖެހިލެވުނެވެ. ފިރިހެނުން ހާދަ ބިރުވެރިއެވެ. ލާނެއް ހިނިތުންވުމެއް ދެމުން، މާޒިން އެނދުގައި އިށީނެވެ. އަހަރެން އެއަށް އިށީނުމެކޭ ނުކިޔާނަމެވެ. ވެއްޓި ގަތީއެވެ. ކަންނެތް މީހާ ގަނޑެކެވެ.

“އީން ހާދަ ޝައިއޭ” ފަޑީގައި ލެނގިލަމުން، މާޒިން އެހެން ބުނުމުން، އަހަރެން އަދި އިތުރަށް ލަދުގަތެވެ. ކޮންމެ މީހަކުވެސް، ވަކިވަރެއް ވީމާ ލަދު ގަންނާނެއެވެ. މާޒިން އުޅޭ ގޮތުން، ލަދުގެ ކަންފުޅެއް ނެތް މީހާވެސް ލަދު ގަންނާނެއެވެ.

“މީ ކޮންތަނެއް؟”

“ކޮޓަރިއެއްނު” އަހަރެން އެހީ ކޮން މާނައެއްގައި ކަން ރަނގަޅަށް އެނގިހުރެ މާޒިން ބުންޏެވެ.
“އެކަން އިނގެޔޭ..” ސުވާލު އަހާނެ ގޮތް ނޭންގިގެން، އަހަރެން ބުނީ އެހިސާބަށެވެ.

“މީ ޒިން ގެ ކޮޓަރި….. ގޭގަ އުޅޭ ހިތް ނުވާތީ މިތާ އުޅެނީ” ނަސީބަކުން މާޒިން އިތުރަށް ސާފު ކޮށްދިނެވެ. އެކަނި ދިރި އުޅޭ ހިއްވާ މާޒިންއެއް ތާއެވެ. ކުރިން ހީކުރެވިފައި އޮތް ގޮތާއި ތަފާތެވެ.

ވާރޭ ހުއްޓާކަށްވެސް ނޫޅުނެވެ. އިތުރު ސުވާލުތަކެއް ކުރިމަތި ވުމުގެ ކުރިން ދާންއަހަރެން ބޭނުމެވެ. އެނދު ކައިރީ ލައްކޮށްލާފައި އިން ގިޓާ އަހަރެންނަށް ފެނުނެވެ. އަހަރެން އެއަށް ބަލާކަން އެނގިގެން ކަންނޭންގެއެވެ. މާޒިން ގިޓާ ނެގިއެވެ.

އަހަރެންނަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. މާޒިންގެ ހުރި ހުނަރެއް ބަލައިލަން އަހަރެން ބޭނުމެވެ. އަސްލު އީދުގަ މާޒިން ޝޯގައި ޕަރފޯމް ކުރާތަން ހުރީ ވަރަށް ބަލާ ހިތުންނެވެ. އެކަމަކު ފަތިހު ފުރަން ޓިކެޓް ނަގާފައި އޮތުމުން، އަވަހަށް ނިދަންޖެހުނީއެވެ. ލުވެއިޒް އާ ހެދި މަޖުބޫރުވީއެވެ.

މާޒިން ގިޓަޔާއި އެކު ލަވައެއްގެ ތަންކޮޅެއްކިޔާލުމުން، ހިތު ވިންދު އަވަސް ވެގެން ދިޔައެވެ.

“ނުކުރިޔަކަސް މަށަށް މަޢާފް،

ތިޔަ ކަރުނަތަކުގެ އަސާސް،

ބުނެދޭށޭ ބަހުން ސާފް،

ހޯދައިދޭނަން އިންސާފް…”

………..

ވާރޭ ހުއްޓާލީ މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނިކޮށެވެ. އެހުރިހާ އިރު، އަހަރެމެން ވާހަކަ ދައްކަން ތިބީއެވެ. ނަސީބު ރަނގަޅުކަމުން ފަހުން، އެރޭގެ އަސްލު މައުލޫއަކަށް ވާހަކައެއް ނުދައްކައެވެ. އަދި އެހެންޏާ ކުރާ ސުވާލުތަކެއްވެސް ނުކުރެއެވެ.

ގެއަށް ވަންނަމުން، އަހަރެން މާޒިންއާއި ދިމާއަށް އެނބުރި ބަލައިލީމެވެ. “ތެންކްސް”

“ތެންކްސްއެއް ނޫނޭ… ޔެސް އޭ ބުނެބަލަ” މާނަފުން ހިނިތުންވުމެއް ދެމުން މާޒިން އެބުނީ ކީކޭކަން އަހަރެން ނަގައިގަތީމެވެ. “ތިންކް އިނގޭ” ދަމުން މާޒިން ބުނެލިއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށް ފަހު، އަހަރެން ދޮރު ކައިރީ އިށީނީމެވެ. އިށީންދެވުނީއެވެ. ހިތަށް ކޮންމެވެސް ގޮތެއް ވާހެންވެސް ހީވެއެވެ. ނެގިނެގިފައި އެ ޖެހެނީ މާ ގިނައިން ނޫންހެއްޔެވެ. އެ ގޮތަށް ވަރަށް ގިނައިރު އިނުމަށްފަހު ތެދުވި ވަގުތު، މޭޒު މަތީ އޮތް ސިޓީއެއް ލޮލުގައި އަޅައިގަތެވެ. އޭތި ކަނޑާލުމަށް ފަހު އަހަރެން އެ ކިޔާލީމެވެ. ސިޓީ އެއްލައިލެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ޖިންނި

Next

ވަފާތެރި ކެހިވެރިޔާ….

Next
June 12, 2019

ވަފާތެރި ކެހިވެރިޔާ….

Previews
June 12, 2019

ޖިންނި

30 Comments!

  1. Kud@@ says:
    June 12, 2019 at 10:15 pm

    Alheyyyy.. kiyan feshi kameh neynge, nimijje lol.. next part avas up kollahchey.. vrh vrh salhi mi bai ves ❤️

    1. Monsta says:
      June 13, 2019 at 4:30 am

      Hehe thankss. Next part maadhamaa rey Insha Allah

  2. Neko says:
    June 12, 2019 at 10:18 pm

    Finallyyy up vejje dhww kiaalaafa mi comment kollaniii….dear drex i mi faharu i vs 1st akah naii???

  3. Neko says:
    June 12, 2019 at 10:37 pm

    Oww….soww nice.? Love this part ….maaz haadha rom ey dhww.?????.. fashamun bunelacche kaaku ge nazar un kan vaahaka mi othii mi gothah liyan yaa cause unlike neko some readers wouldnt read all the comments ?so it could be i bit confusing….Monsta neko ah lava kiyaadhn vaane ingey handhaan koh ?? Dhn een vs dhww SAY YESS! SAY YESS! ??and neko ge loabi maaz een set nuvaniis dhoo nukuraathi ?? MAAZ FIGHTING ✊ ahaha best of luck boy in luv ?? keep it up little sis?

    1. Luc!f3r says:
      June 12, 2019 at 10:53 pm

      I second her opinion if u r gonna be changing the point of view.. n Monsta is a girl? n Little?

    2. Neko says:
      June 12, 2019 at 11:08 pm

      Little ey mibunii neko ah vuren kuda vaahaka ingey dear Luc!f3r hehe … and yup shes a girl …. maaz ge nazarun liyun iru evves varakah hiyyeh nuvey mii grl aku liyefa oyy eccheh heneh ….. i mean maaz akii boy eh kamah vefa aanmu gotheh ga opposite gender ge miiheh ge nazarun stry liyaakamuga vannyaa bodethi writer ah vs hurey baeh odd kamah faahaga vaa kahala mistakes hedhifa but ur stry is
      Chinchaa beautiful ? keep up the great work and keep improving ..loadss of love???

    3. Monsta says:
      June 13, 2019 at 4:35 am

      Hehe lol. Sure next episode ga liyelaanan kaaku nazarakun kan. Lavaige raagu dhww. Eii haadha ladhu kamekeyy. ??? but sure. N thankss

    4. Monsta says:
      June 13, 2019 at 4:42 am

      Yep monsta akii girl ehh. Dhn neko little sis nukiyaaasheyy ???. Asluves everybody thought I actually was a boy. Hehe monsta aanmukoh hurihaa stories ves hunnaany boy kudhin nazarun liyefa. Thanksss a lot ❤️❤️❤️

    5. Luc!f3r says:
      June 14, 2019 at 6:18 am

      Neko and Monsta kon age eh.. Neko is quite the cheer leader??.. I thought Monsta miee boy ekkamah and around my age kamah.. Probably cuz Maazin is around my age i found ur description perfect.. Btw Lavaige raagey?

    6. Monsta says:
      June 14, 2019 at 8:44 pm

      Monsta kudakohh kuda vaany neko ahh vure.. turning fifteen soon… ohh eii story ga inn song ge raagu… 🙂 😉

  4. Luc!f3r says:
    June 12, 2019 at 10:49 pm

    I like the change.. Btw are you gonna be changing the view of the person according to the context? Like alun maazin ge point of view gennan hiyaalu eba huri tha?

    1. Monsta says:
      June 13, 2019 at 4:51 am

      Umm yeahh. Next episode, mihaaru varah bodu baii liyefa onnaany. And Maaxinge nazarun liyuny. Aslu mi part maaxin ge nazarun liyunn nama story ehhkoh sad story akahhnu badhal vaany. Like all the time he waited and that moment een try to explain. Plus een ge past aa story varah bodah gulhifa othyma Een ge usual life genesdhenn vegenn. And drax kept crying luveiz ge part maa madhuvyma ???. And next episode ga nazaru badhal kuran jeheny, I can’t let the readers know all about een ge past this soon and the story is mainly about Maaxin, finding the truth and fighting for justice. Really thankss ?❤️❤️?

    2. Luc!f3r says:
      June 14, 2019 at 6:33 am

      Well.. Iike the idea of changing narrator from time to time according to the incident… Even the same incident would be different for 2 ppl.. Sirruthah dhen faalhaa araane thaa dhw madu madun.. Btw next baiga evves varakah genes dhentha mibaiga maazin ge hithah eri echchehyge handhaaneh viyas? Either way.. I love this stroy already.. Adhi kithamme “Naainsaafu” viyas??

    3. Luc!f3r says:
      June 14, 2019 at 6:42 am

      I like the idea of switching perspective.. As for secrets.. As story goes on secrets would slowly get revealed.. That would be nice.. … Btw evves varakah mi part ga maazin kuri kankan kiyaadheytha next part ga.. Like why he decided to do what he did n all.. From his point of view.. Either way I love this story already

    4. Monsta says:
      June 14, 2019 at 8:49 pm

      Thankss… yeahh secretes hama dhenn reveal vaane… Maaxin was afraid that he might lose her… thats all.. dhen maaxin kudakohh gamaarehnu, lol.. 😉

  5. drax says:
    June 12, 2019 at 11:16 pm

    Oh sister mi part ves awesome
    But eenand her sis I hate them making my luvaiz in trobble
    When is next part
    I need a new song from u too please make a song nice one ،???
    And new funny seen s please

    ???????????

    1. Monsta says:
      June 13, 2019 at 5:03 am

      Alhe ekkala drax. Eothiii song ehh liyedhyynmfa noontha. Komme five episode akun song ehh hadhan vangnaa monsta jeheyny 24 hrs heylaa hunnan. School ahh dhaairu vaguthehh nuveyeyy. N myky noon dhw hama ekani monsta kuraa masaiikathakii. Monsta ahh ehaa faseyhaehh noon Dhivehi sings hadhann raagu hadhaakahh. So if you expect more songs from me, just read the English ones I wrote okayy??? And luveiz….. seriously drazx. Drax ahh kamudhaa gothehhves nethehnu. Story ga characters gina vyma readers ahh ves undhagoo vaane. Midhemyhunn ge big brother ehh bahattaafa eheryy kommes kamakueyy. He was born to clean the mess his sisters do okayy???? Funny scene ehh… next episode ga innane kudakoh funny scene ehh. But next three episodes ga ves sad bai onnaane varah bodah. Nikan drax lavaehh ge raagu hadhaa dheeba. I’ll rhyme for sure. Dhen thanksss monsta ge foni druxlerr

    2. Neko says:
      June 13, 2019 at 4:08 pm

      Sister love??? saabahey drex and monsta both of u seriously ????

    3. Monsta says:
      June 13, 2019 at 5:21 pm

      Don’t act like luveiz neko. Monsta aa drax ge fights huttuvann ????

  6. Firoo says:
    June 13, 2019 at 3:43 am

    Woow? v rythi ingey.. keep it up ???♥️♥️ waiting for the next part ♥️?

    1. Monsta says:
      June 14, 2019 at 8:03 am

      Thankss

  7. aaliya says:
    June 13, 2019 at 1:33 pm

    Een say yes pls… Magey zin heart break koh nulahchey… n kuda kuda mistake eh… Vadhuny eh nuun vany kiyaany… don’t take it negative… The story is awesome… Love u moree ♥️♥️♥️♥️

  8. aaliya says:
    June 13, 2019 at 3:39 pm

    een say yes! nama nama magey zinge heartbreak koh nulaathi… btw story is beautiful… when next??? but kuda kuda mistake eh… vadhuny eh nuun vany kiyaany… ingey

    1. Monsta says:
      June 13, 2019 at 5:24 pm

      Hehe. Mirey ehen noony maadhamaa Insha Allah. Ohh anekkaaves vadhunyn liyevifa dhw iny. Monsta egothah kiyaathy hama ehn liyevenyy. Mistakes rangalhu kuri iru notice nuvefa einyy. Next time rangalhu kohhlaanan Insha Allah. And thanks a lot ❤️?

  9. Rai says:
    June 13, 2019 at 7:55 pm

    Zin is so brave and romantic . een yes nubunany eii een ge bodu past otheemaey dho Monsta. ekam zin bunaahen past doesn’t matter een .Story varah nice.N don’t let my zin sad.???

    1. Monsta says:
      June 13, 2019 at 10:06 pm

      hehe… brave tha? yeah, yes ey nubunany past ga vefa huri kan kamuge gothun hama.. Aslu Zin ves ehenehh nubunaaney Een ge past ingey namaehh.. Past ge ehbaii two episodes fahun genesdheynan Insha Allah.. eahh vure avas ves las ves vedhaane ekam…. Zin ehaa chill myhehh vyma aslu neyngeyne ehaa dhera vaakashehh…. But mi story akii sad ves story ehh… so hunnaane sad thankolhu thankolhu ves….een ge answer past ge kurinn genesdheyynan…. Thank you so much Rai

  10. jiji says:
    June 13, 2019 at 9:32 pm

    Alheyy…Mi part vec v rythi ingey..kalo gayaa zin hama gadha ey dhw???….Monsta whn next part upkohlaany…waiting ingey
    ?????????????❤❤??????????????????❣❣??????????????????????????????

    1. Monsta says:
      June 13, 2019 at 10:08 pm

      ahaha… Zin gamaaraks rom eyy… hehe..Insha Allah vyhaa ves avahakah up kohdheynana… N thankss jiji

  11. yellow storm says:
    June 18, 2019 at 2:17 pm

    I govaigen monsta hingaaba eyge thaakah…… I ah follower eh hifaggen,,,,,,,,,,,,,, this zin guy is so goals /// I love the story a lot I like tht u wrote this part een ge nazarun but I enojoy zin ge nazaruge ones more since his words are funny and personality tooo

    1. Monsta says:
      June 19, 2019 at 2:35 pm

      Hehe. Thankss a lot.

Comments are closed.

Next Episodeނާއިންސާފް 13←


All Right Reserved!