ބޮޑުބޭބެވެސް ޝާފީގެ ބޮލުގައި ފިރުމާލިއެވެ. އަދި ޔަމާންއާއި ސަލާމްކުރިއެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއްލި ކަޅިއަކުން އެތާ ކައިރީގައި ހުރި ޒުވާނާ ފެނިފައެވެ. ********************** އެއްވެސް އަސަރެއް މޫނުމަތިން ދައްކާނުލާ އެތާ ހުއްޓިލައިގެން ހުރިއިރު ކައިރީގައި ތިބި މީހުންނަކަށްވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެތައް ދުވަހެއް ފަހުން ފެނުނު ނަމަވެސް އެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކަޅު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު އަވިއައިނަކުން އެ ދެލޯ ފޮރުވާލެވިފައިވިއެވެ. ބޮޑުބޭބެ ޔަމާންއާއިއެކު […]
ކޮންޓްރޯލުން ނައްޓައިގެން އައި ކާރު އެދިޔަ ބާރު މިނުގައި ގޮސް، ޖެހުނީ، ކުރިމަތީ އޮތް ކާރުގައެވެ. ބާރު އަޑުފަށްގަނޑާއި އެކު، އެ ކާރު، ކޮންޓްރޯލުން ނައްޓައިގެން ގޮސް، ކޮންމެވެސް ވަރަކަށް ކަހާލާފައި ބްރިޖުގެ ކައިރީގައި ޖެހިފައި މަޑުވިއެވެ. ގަތް ބިރާއެކު އަހަރެންނަށް އަޑުގެ ނެތްކޮޅަށް ހަޅޭތް ލަވައިގަނެވުނެވެ. “އެލީނާ…..” …………………. ކޮޅު ކޮޅަށް އެކިއެކި މީހުން ހަރަކާތްތެރި ވަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ގަނޑުވެފައެވެ. ޕޮލިހުންނާއި ނަރުހުން، އިރު ކޮޅުކޮޅާ އަހަރެންގެ ކުރި ކަނޑަމުން، ބާރަށް ހިނގާފައި […]
އީނާޝްއަަށް ސުކޫލް ފެނުމާއިއެކު ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ހަނދާނަށް އައީ އޭގެ އެތަށް އަހަރެއް ކުރިން އީނާޝް ހަމަ އެސުކޫލަށް އައި ދުވަސް މަތިންނެވެ. އެއީ ދުވަހަކުވެސް އީނާޝް ހަނދާނުން ފިލާނެ ދުވަސްތަކެއް ނޫނެވެ. އެގޮތަށް ސުކޫލާ ދިމާއަށް ބަލަން ހުރެފައި އީނާޝް ސުކޫލަށް ވަންނަން ދިޔައީ އެހެން ކުދިންވެސް ސުކޫލަށް ވަންނަން ދިޔުމުންނެވެ. ނަމަވެސް އޭރުވެސް އީނާޝް ގެ ސިކުނޑީގައި ހަރުލާފައި ވަނީ ކުޑަ އިރު ސުކޫލަށް އައި ދުވަސްތަކެވެ. އެެހެން ކަމަކަށް ސަމާލުކަން […]
ބޭނުން ވީ ކޮޓަރިއަށް ގޮސް، އަރާމުކޮށް ނިދާލާށެވެ. އީން ހުވަފެން ބަލާލާށެވެ. ނަމަވެސް އަހަރެން ދިޔައީ ބަނދަރަށެވެ. އަދި، ނުނިންމާ ކަމެއް އޮތީމާ، އެކަން ނިންމާލާށެވެ. އަހަރެން ދިޔައިރު، ރިފާޝާ، އިންތިޒާރުގައި ހުއްޓެވެ. ލޯންޗު އޮތީ ރެޑީކޮށްފައެވެ. އަހަރެން ފެނުމުން، ރިފާޝާ، ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެންވެސް އޭގެ ބަދަލު، ހިނިތުންވުމެއް ދިނީމެވެ. އަޔާޒް އެއްބަސް ނުވިއަސް އަހަރެމެން، މިކަން ކުރާނަމެވެ. ރިފާޝާ ލޯންޗު ދުއްވަން އިން އިރު، އަހަރެމެން ދެމީހުން ނޫން އިތުރު މީހަކު އެ […]
އެ އަންހެނާ އެވެ. އަހުރެންގެ ގޭ ކުރިމަތީ އަވައްޓެރިޔާ އެވެ. އެހެރަ އުޅެނީ ޝިކާރަކުރުމުގައެވެ. ބަލިކަށި ކާޅެކެވެ. އަހުރެންގެ ބޯ މައްޗަށް އަރައިގަތެވެ. ބޮލުގައި ގަައުކޮޅެއް ޖެހި ތަދެއްއަރުވައިފި އެވެ. ވަލިގަނޑުމައްޗަށް ތިރި ވެވުނެވެ. އެ ދޫންޏެއް ނުފޮއްސުނެވެ. އަންހެނާ ގާތްވާން ފެށި އެވެ. އަހުރެންނަށް ހަމަލަ ދިނުމަށެވެ. އަވަހަށް ތަނުން ބެހިގަތީމެވެ. އެއިރު މެންދުރުވަނީ އެވެ. ގެއަށް ދާންވީ ވަގުތެވެ. އެކަމަކު ފިޔަވަޅުތައް ހުއްޓި އެރައްޖެވެ. އެ އަންހެނާ ފަދައިންނެވެ. ނަޒަރީ ފާޑުވެރިކަމެއްގައި އަހުރެންގެ […]
އެހެން އިންނަތާން އެތަށް އިރެއްފަހުން މާފިނި ބޮޑުވާތީވެ އެލީނާ ފެންވަރާއިގެން ނިދަން އޮށޯތޮވެ. އަރާމު މަޑު ތަންމަތީގައި ބުރަކަށި ޖެހުމާއެކު މާ އިރުތަކެއްނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް އެލީނާ ގެނބުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑު ލޮޑުވެފއިވާތީ އަަވަހަށް ނިދުނީއެވެ. އެހެން ނޫންނަމަ އެލީނާ ފަކީރު މުޅި ރޭ ވޭތު ކުރިހީ އޭނާގެ ވިއްސިވިހާލި ވެފައިވާ ހަޔާތާ މެދު ވިސްނާ ފިކުރު ކުރުމުގައި އެވެ. **** **** **** **** ޢަނެއް ދުވަހު އިރުއޮއްސި ހައެއް […]
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ. “ޔޫ ނީޑް މެޑިކަލް އެސިސްޓެނސް…” ރިފާޝާ ހުންނަނީ ޒާތީގޮތުން އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟ އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް […]
އޭގެ އެނެއް ދުވަހު އީނާޝް ތައްޔާތުވަމުން ދިޔައީ އެގެއިން ނިކުތުމަށެވެ. އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން ސޮބާހު މާލޭގައި ނެތުމުން އިނާޝްއަށް އެގެއިން ނުކުތުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަދި އީނާޝްގެ ނަސީބު ރަނގަޅުކަމުން އެދުވަހަކީ ނަބާހުއަށް ވެސް ސުކޫލްގެ ކަމަކު ދާން ޖެހުނި ދުވަހެކެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުތް އީނާޝްއަށް ހުއްޓެން މަޖުބޫރު ވީ ކުރިމަތިން ފެންނަން ތިބި މީހުންގެ ސަބަބުންނެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި […]
ނާހިލް ކިއާރާއަށް ގޮވުމުން އެ ޒުވާނާ ފަސް އެންބުރި ކިއާރާއާއި ވީ ދިމާ ބަލާލިއެވެ. ކުރިމަތިން ކިއާރާއަށް ފެނިގެން ދިޔަ ސޫރައިގެ ސަބަބުން ކިއާރާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކިއާރާގެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔައެވެ. ކިއާރާފެނި އެ ޒުވާނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލުގެ ތޫނު ނަޒަރު ކިއާރާއަށް އަމާޒުވެފައި ވިއެވެ. އެ ޒުވާނާގެ ނަޒަރު ކިއާރާއަށް ހުއްޓިފައި ހުރުމުން ކިއާރާއަށް އުނދަގޫވާގޮތެއް ވިއެވެ. ” އާދެބަލަ […]