އަޅުގަނޑުގެ ވާހަކައިގެ 2 އެޕިސޯޑު ލިޔުުމަަށްފަަހުު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުންް ވާހަކަވަނީ މެދުކެޑިފައެވެ. މާތް الله ގެ އިރާދަފުޅުން އަޅުގަނޑުގެ ބަލިވަނީ ފަސޭހަވެފައެވެ. އެހެންކަމަށް ވުމާއެކު އަޅުގަނޑު ވަނީ ވާހަކަ ކުރިއަށް ގެންދަން ނިންމާފައެވެ. ތިރީގައި އެވަނީ ކުރީގައި އަޅުގަނޑު ގެނެސްދީފައިވާ ބައިތަކުގެ ކުރު ހުލާސާއެކެވެ. ތިޔައެއްމެހައި ކިއުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ. *************** އިފްރާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރީ އިފްރާގެ މަންމައެވެ. އިފްރާ ވަރަަށްް ކުޑައިރު އިފްރާގެ ބައްޕަވަނީ ނިޔާވެފައެވެ. އެހެން ޒުވާންް […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް ކިއާރާގެ ސިކުޑީގައިވަނީ މިޔަދު ހިނގާފައިވާ ކަންތައްތަކެވެ. ލަވާގެ ޒަރީއާއިން ދެނެގަނެވުނު ކައިޒަންގެ ހާލެވެ. ކައިޒަންގެ ލޮލުން ފެނިގެން ދިޔަ ލޯތްބެވެ. ” ކައިޒަން އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ކައިޒަންގެ ދުލުން ބޭރު ކުރި ބަސްތައް އެއީ އަހަރެންނަށް ބުނެދިން އެއްޗެހި ހެއްޔެވެ؟ ” ކިއާރާގެ ސިކުނޑި ފުރިފައިވީ މިކަހަލައެތައް ސުވާލަކުންނެވެ. މިއަދު ކައިޒަންގެ އަމަލުތައް ހުރި ގޮތުންވަނީ ކިއާރާގެ ހިތައް އެތައް އަސަރެއް ކޮށްފައިއެވެ. ހިޔާލުތަކުގެ ދުނީގައި އޮތް […]
ނިޔާޝް ގަބޫލް ކުރާ ގޮތުހގައި އައިޒާއަށް ވުރެ ރަނގަޅު މީހެއް އޭނާގެ ހަޔާތަކަށް ނާންނާނެވެ. ”ދޮންބޭ ބަލާވަލަ ގަޑި. މިހާރު އެއޮށް ޕާޓީ ފެށޭ ގަޑިޖެހެނީ…. ތިއްތި އަކީ ވަރަށް ގޮތްް ދޫ ނުކުރާ މީހެއް… ދޮންބޭ ދެންވެސް ދާނީ ފެންވަރަން….” ރިހުމަތަު އޭނާގެ ދޮންބެ ގައިގާ ވިކާ ގަންނަމަުން ބުނެލިއެވެ. ”އޫމް…. މިދަނީ…” ރިހުމަތު ވިކާ ގަތްތާ ފުރުމާލަމުން ނިޔާޝް ބުނެލިއެވެ. ******** 8:30 ވިއިރުު ނަޒްހާ ހުރީ ޕާޓީއަށް ދާން ތައްޔާރު ވެގެންނެވެ. އޭނާ […]
ނަބާޙު ރިޕޯޓްފޮތް ހިފައިގެން އައުމުން އެންމެ ފުރަތަމަވެސް މަރުހަބާ ކީ އީނާޝްއެވެ. އީނާޝް އަބަދުވެސް ނަބާހުއަށްޓަކައި ފަހުރުވެރިވެއެވެ. ދުވަހަކުވެސް ނަބާހު އާއި މެދު ހަސަދަވެރިއެއް ނުވެއެވެ. ބޭރުން ކިތަންމެ ބޮޑަކަށްވެސް އީނާޝް އުފާވެރިކަމެއް ދައްކައިގެން ހުއްޓަސް އީނާޝް އެތެރެ ވަނީ އެއްކޮށް މަރުވެފައިއެވެ. އާރިފާ އީނާޝްއާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ އީނާޝްއާ ދިމާއަށް ކުދި ކިޔަމުންނެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝް އާރިފާއަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރެއެވެ. އެންމެ މޮޅު ކުދިންނަށް ދޭ […]
އެކަކުއަނެއްކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުން ލީޝް އަދި ޝިރާހްގެ ހުނުމުގެ އަޑަށް ސިއްސައިގެން ގޮސް ހުނުމުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލިއެވެ. ހުރެވުނުގޮތް ރޭކާލުމުން ދެމީހުން ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. އަދި އެކަކު އަނެއްކަކާ ދުރުވެލައި ހަމަޖެހިލިއެވެ. ” ސޮރީ..” ގަތް ލަދުން ކިއާރާ މައާފަށް އެދުމަށް ފަހު އެތަނުން ހުނުމުގައި ހުރި ލީޝްގެ އަތުގައި ހިފާ ބާރު ހިނގުމެއްގައި އެތަނުން ދިޔައެވެ. ކިއާރާއާއި ވީ ދިމާލަށް ބަލަން ހުރެފައި ޒިޔާންއަށް އޭނާގެ ބޮލަށް އަތް ހިނގާލެވުނެވެ. […]
އެހެން އަހަރެމެން ތިބޭތާ އެތައް އިރެކެވެ. އެންމެންނަށް ދޮރާ ދިމާއަށް ބަލައިލެވުނީ، ބެލް ޖެހި އަޑަށެވެ. މީހަކު ހައިރާން ނުވާނެ ހެއްޔެވެ. ދާހިތްލާ ފޯވެފައި، މާނޭވާ އެހުރީ އެނޫން ދެވަނަ އެހެން މީހެއް ނޫނެވެ. “ޝާން…؟؟؟” …………………. ފުރަތަމަ ފަސް މިނިޓު ޝާން ހޭދަ ކުރީ، މާ ނޭވާ ލުމުގައެވެ. އެއައީ، ކިލޯ މީޓަރެއް ދުވެފައި ކަމަށްވެސް ވެދާނެއެވެ. އެ ހުރިހާ އިރު އަހަރެމެން އެންމެންނަށް، ކުރެވުނު ހާވެސް ކަމަކީ، ދެލޯ ވެއްޓޭވަރަށް ބޮޑުކޮށްގެން ބެލުމެވެ. “ލުވެއިޒްއާ، […]
ހަ އަހަރު ކުރި. ”މަ މި ބުނީނު ސުކޫލަށް ދާނެ ކަމެއްނެތޭ.. އެހެން ބުނީމަވެސް ކީއްވެތަ ސުކޫލަށް ދާން ތިއުޅެނީ.. ދެން ހަމަ ޔުނީފޯމާ އެއްޗެހި އިރާލާނި..” އާރިފާ އީނާޝް އާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައިރު އާރިފާ ހުރީ ރުޅިއައިސް މުޅި މޫނުވެސް ރަތްވެފައިއެވެ. އީނާޝްގެ އެއްވެސް ކުށެއްނެތި އީނާޝް ސުކޫލަށް ނުފޮނުވައި އާރިފާ އެހިފަހައްޓަނީ އާރިފާގެ އަތުން ރުފިޔާ އެއް ގޮސްދާނެތީއެވެ. އީނާޝްއަށް އެންމެ ހަރަދެއް ކުރާކަށްވެސް އާރިފާ ބޭނުމެއްނުވެއެވެ. އާރިފާ އަބަދުވެސް ބޭނުންވަނީ […]
“ޒިން މަށަކަށް ނޭންގެ ތިމީހުން ތިކިޔާ ލޮއިތްބަކީ ކޯޗެއްކަމެއް. އުފާވެރި އިހުސާސެކޯ. އެކަމަކު، ފިރިހެނުން ތިވާ ލޯބިން ހިތްދަތި ކަން ނޫން އެއްޗެއް ލިބޭތަ… މަވެސް ބޭނުމޭ އުފަލުގަ ހިތް ހަމަ ޖެހިގެން ދިރިއުޅެން.. އެންމެނަކަށް މާޒިންހެން ހެވިފަ ދިރިއެއް ނޫޅެވޭނެ. އެކަން ޤަބޫލު ކޮށްބަ..” އެލީނާގެ އަޑާއި ލޮލުގައިވީ އާދެހޭއެވެ. ނަމަވެސް އަހަރެންނަށް އެކަންކަން އެނގޭނީ ކިހނެއްހެއްޔެވެ. ކިޔައިދޭނީ ކާކު ހެއްޔެވެ. “އެލީނާ ކާލިން ދެކެ އެހާ ލޯބި ވަނީ އީން ދެކެ ވީ ލޯބިން […]
” ކިހިނެއްވީ؟ ކޮންކަމަކާ ތިވިސްނަނީ؟؟” އެހެން ބުނުމުން ޒުބޭދާ އިރުކޮޅެއް ވަންދެން ސާފިރްއާ ދިމާބަލަހައްޓައިގެން ހުރެ ބުނާނެ އެއްޗަކާމެދު ވިސްނިއެވެ. އަދި އެއައް ފަހު ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. ” މިހާރު މުހުތާރުވެސް މަރުވެޖެ ދެން ކީއްވެ ކޮއްކޮ ގެ ސިފަ ބަދަލުނުވަނީ؟ހްމްމްމް ސާފިރް ތި އުޅެނީ އަދި ވެސް ކޮއްކޮގެ ގައިތެރޭގަ ދޯ” ސާފިރް ހީލުމަށްފަހު ބުނެލިއެވެ. “އާ. ކޮއްކޮގެ ގައިން އަދިނުނިކުންނަން” އަވަސް އަވަހަށް ޒުބޭދާ ސުވާލު ކޮއްލިއެވެ. ” ދެން ކޮން އިރަކުން ނިކުންނަނީ؟” ސާފިރް އެއްޗެކޭނުބުނެ އިސްދަށަށް ޖަހާލިއެވެ. އަދި ވާހަކަ ދަކަން ފެށިއެވެ.” ކޮއްކޮ ގައިން ސާފިރް ނިކުންނާނީ ކޮއްކޮގެ އަސްލު މަންމަ ކައިރިއަށް ދިޔައީމަ. ކޮއްކޮ ރުޅި އަޔަސް ނަޔަސް ސާފިރް މި ބުނަނީ ކޮއްކޮގެ ރަންގަޅަކައް. އަދި ބުނަންތަ ވާހަކައެށް ކޮއްކޮގެ ގައިން ސާފިރް ނުކުންނައިރު ކޮއްކޮ ލިއިގެންނާ އަޅައިގެން ހުރި ހުރިހާ އެއްޗެއް އަންދާނެ.” އެހެން ބުނުމުން ހާސް ވެފައި އަވަހަކައް ޒުބޭދާ އަހައިލިއެވެ. “އެއްވެސް އެއްޗެ ނުއަންދާނެހެން ބެހެއޮޓިދާނެތަ؟” އެހެންބުނުމައް ފަހު އަތުގައި އޮތް އަންގޮޓީ ގައި ހިފާލިއެވެ. ޖަވާބު ދޭން އަންގަ ހުޅުވައިލިތަނާހެން ކުއްލިއަކަށް ސާފިރް ގެއްލުނެވެ. އިރުކޮޅެއް ނުވެ ޒުހުރާ އައިސް ކޮޓަރިއައް ވަދުނެވެ. އަދި ވަރަށް ހާސްވެފައި ބުނެލިއެވެ.” ކާކާ ތި ވާހަކަ ދައްކަނީ. ޒުބޭ ޖިންނި މޮޔާވީތަ؟” އެހެން ބުނުމުން ޒުބޭދާ ބާރަކައް ހޭންފެށިއެވެ. ހީ ނިމުމަށް ފަހު ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. ” ދެން މަންމަ ވެސް ދޯ ދައްކާވާހަކަ ބަލާލަ. ޒުބޭ ޖިންނި މޮޔަވޭދާނެތަ؟ ޒުބޭ ބާރަށް….މި..މިއޮތް ފޮތް ކިޔާއަޑު މަންމަ އަށް ތިއިވުނީ” އެހުން ބުނުމައް ފަހު ކައިރީގައި އޮތް އިންގިރޭސި ވާހަކަ ފޮތަށް އިށާރާޔް ކޮށްލިއެވެ. އެހެން ބުނުމުން ޒުހުރާ ފުން ނޭވައެއް ލުމައް ފަހު އަނެއްފަރާތަށް އެންބުރި ކޮޓަރިން ނިކުމެ ސިޓިން ރޫމް އަށް ދިޔައެވެ. ޒުހުރާ ދިއެމުން ޒުބޭދާ އަވަސް އަވަހައް އަވަހައް ދަބަހަށާއި އަލަމާރި މަތީގައި އޮތް ފޮށި ނެގުމަށް ފަހު ހުރިހާ އެއްޗަކަށް ފުރާ ޒުބޭދާގެ ހެދުން ތައް އެޅިއެވެ. ޒުބޭދާ ދޮރުހުޅުވުމައް ފަހު ބޭރަށް ނިކުތެވެ. ވާނޭންގި އިން ޒުހުރާށް ވާހަކަ ދައްކަން އެންގުނީ ވެސް ޒުބޭދާ ދޮރާ ހަމަ އަށް އެރުމުންނެވެ.” ޒުބޭ! ތީ ކޮންކަމެއް؟ކޮނަތާކަށް….. ދަނީ…..”ކިޔާފަ ނުކިޔާނެ އެއްޗެއް ނޭންގިގެން އުޅުމުން މެދުތެރެއިން ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. “މަންމާ! ޒުބޭ އަށް އެންގޭ ތި މަންމަ އަކީ ޒުބޭގެ އަސްލު މަންމަ ނޫން ކަން. އެއްކަލަ ދުވަހު ބުނީމެއް ނުން މީހަކު ގޮވިއޭ ޝައިމްއޭ ކިޔާފަ. އެންގޭތަ އެއާ ކާކު ކަން. އެއީ ޒުބޭ ގަޔަށް މިހާރު ލައިފަ އިން ޖިންނި. ޖިންނިއައް ކިޔަނީ ސާފިރް. މަންމަ ހިތައް އަރާފާނެ ކީއްވެބާއޭ ދޯ ޒުބޭ މަރުނުވީ….. އެންގޭތަ ކީއްވެކަމެއް؟ އެއީ ސާފިރް އަކީ މުސްލިމް ޖިންނިއެއް ވީމަ. ސާފިރް ބުނި ޒުބޭ ކައިރީ މަރާ ނުލާނަމޭ. އަދި ބުނަން މަންމައާ މުހުތާރުއާ ދެއްކި ހުރިހާ ވާހަކައެއް ވެސް އަޑުއިވުން. މުހުތާރު ބުންޏެއްނުން މިހާރު ހޭނެތިފައޭ އޮންނާނީ ޔަގީނުން ވެސް. އޭރު އަދި ހޭއެރީ…. އެހެންވީމަ މަންމައާ މުހުތާރުއާ ދެއްކި ހުރިހާ ވާހަކައެއް ވެސް އަޑު އިވުން.” އެހެން ބުނުމައް ފަހު ޒުހުރާ އާއި ދިމާ ބަލާލިއިރު ޒުހުރާ އިނީ ޖެހި ބުދެއް ހެންނެވެ. އަނެއްކާ ވެސް ޒުބޭދާ ވާހަކަ ދައްކަން ފެށިއެވެ. “އަދި އިންގޭ ތި މަންމަ ކަން ޝައިމްގެ މަންމަ އާއި ބައްޕަ މަރާލީ. ޒުބޭ އައް އެންގޭ ކިިހިނެއްކަންވެސް. އަދި އެންގޭތަ މަންމަ އައް ޝައިމްގެ މަންމަ އާއި ބައްޕަ މިރުނުވާކަން އަސްލު؟” އެހެން ބުނުމައްފަހު ޒުހުރާ އާއި ދިމާ ޒުބޭދާ ބަލާލިއެވެ. ޒުހުރާ އަންގަހުޅުވުމަށް ފަހު އަންގަމަތީ އަތް އަޅާިއެވެ. ޒުބޭދާ ނިކުތެވެ. ދަނީ އޭ ބުނުމަށް ފަހުއެވެ. އޭރުވެސް ޒުހުރާ އަކަށް ހޭވެރިކަމެއް ނުވެއެވެ. ޒުބޭދާ ސާފިރް ކިޔާދޭ މަގުތަކުން ގޮސް ވަރަށް ރީތިކޮށް ހަދާފައި ހުރި 10 ބުރީގެ އިމާރާތެއް ކައިރީ މަޑެކޮށްލިއެވެ. މުޅި އިމާރާތުގައި ވަނީ އުޑެގައި ހުންނަ ކަހަލަ ރީތި މަޑު ނޫކުލައެކެވެ. ސާފިރް އެތެރެއައް ވަދުމަށްް އިށާރަތް ހުރިއެވެ. ޒުބޭދާ ގޮސް ލިފަތަށް ފިތާލިއެވެ. ލިފްޓު އައުމުން ވަދުމާއެކު 9 އަކަށް ފިއްތާލުމަށް ސާފިރް އެދުނެވެ. 9 ވަނަ ފުލޯއައް އެރުމަށް ފަހު ބެލް ޖަހާލުމުން ޒޫވާން އަންހެން މީހެއް ކޮރު ހުޅުވިއެވެ. އެ އަންހެން މީހާ ޒުބޭދާ ދިމާ ބަލާލުމަށް ފަހު ސާފިރް އާދިމާ ވެސް ބަލާލިއެވެ. އަދި އެތެރެއަށް ވަންނަން ބުނެލިއެވެ. ގެއަށް ވަދެވުމާއެކު ގޭތެރެ އެއަކޮއް ވަށައިގެން ބަލާލުމައް ފަހު “ވާވް” އޭ މަޑުމަޑުން ބުނެލުމާއެކު ސާފިރް ހީލިއެވެ. އިރުކޮޅެއް ނުވެ އެހެން ފިރިހެން މީހެއް ވެސްވަދުނެވެ. ވާނުވާނެންގި ހުރި މި އަންހެން މީހާ އާ ސާފިރް ވާހަކަ ދައްކަން ފެށިއެވެ. ” ޝަމްހާ، ޝަމަމްހޫދް މީ ޒުބޭދާ…. އަސްލު ޒުބޭދާ އެއް ނޫން އަސްލު މީ ޝައިމް. ކޮއްކޯ މީ ކޮއްކޮގެ މަންމަ އާ ބައްޕަ” އެހެން ބުނުމުން ޝަމްހާ އާއި ޝަމްހޫދް ދެމީ ހުން ދެމީހުންނާ ދިމާ ބަލާ ލުމައް ފަހު ޒުބޭދާ އާ ދިމާ ބަލާލިއެވެ. ޒުބޭދާ އާއި ސާފިރް ގޮވައިގެން ކޮޓަރިއައް ދަމުން ޝަމޮހޫދު ކައިރީ ބޭރުގައި މަޑުކޮށް ލުމައް ބުނެފައެވެ. އޭގެ ބައި ގަޑިއިރު ވުމައް ފަހު ކޮޓަރީން އެންމެން ނިކުތެވެ. ޝަމްހޫދް އައް އެންމެން ނިކުތުމުން މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުން އެންމެނައް ވެސް އެ އިހުސާސް ކުރެވޭ ކަހަލައެވެ.