ހާސިލް ވުމަށް އެދި 5
އީނާޝްއަަށް ސުކޫލް ފެނުމާއިއެކު ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ހަނދާނަށް އައީ އޭގެ އެތަށް އަހަރެއް ކުރިން އީނާޝް ހަމަ އެސުކޫލަށް އައި ދުވަސް މަތިންނެވެ. އެއީ ދުވަހަކުވެސް އީނާޝް ހަނދާނުން ފިލާނެ ދުވަސްތަކެއް ނޫނެވެ. އެގޮތަށް ސުކޫލާ ދިމާއަށް ބަލަން ހުރެފައި އީނާޝް ސުކޫލަށް ވަންނަން ދިޔައީ އެހެން ކުދިންވެސް ސުކޫލަށް ވަންނަން ދިޔުމުންނެވެ.
ނަމަވެސް އޭރުވެސް އީނާޝް ގެ ސިކުނޑީގައި ހަރުލާފައި ވަނީ ކުޑަ އިރު ސުކޫލަށް އައި ދުވަސްތަކެވެ. އެެހެން ކަމަކަށް ސަމާލުކަން ދޭވަރަށް ވުރެ އީނާޝް ހުރީ އެކަމަށް ގެއްލިފައިއެވެ.
އީނާޝް ކުލާހަށް ވަނުމާއިއެކު ގިނަ ކުދިންގެ ލޯތައް ވަނީ އީނާޝް އަށް އަމާޒުވެފައިއެވެ. ކުލާހުގައި ސަކަރާތް ޖަހަން ތިބި ދެތިން ކުދިންވެސް އީނާޝް ފެނުމާއިއެކު ހުއްޓުން އާރާފައި ތިއްބެވެ. ނަމަވެސް އީނާޝް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ފަހަތުގައި އިން ހުސް ގޮނޑިއެއްގައި އިށީންދެލިއެވެ. އެހުރިހާ އިރު ކައިޒީން އިނީ އީނާޝްގެ ހަރަކާތްތަކަށް ބަލަ ބަލާއެވެ. އަދި ކައިޒީންގެ ގާތުގައި އީނާޝް ނީއްތުމުން ކައިޒީން އިނީ އެކަމާއި ދެރަވެފައިއެވެ. އީނާޝްގެ ހަރަކާތްތައް ހުންނަ ގޮތުން ކައިޒީން އާއި އެއް ފުރާޅެއްގެ ދަށުގައި އުޅޭކަށް ވެސް އީނާޝް ބޭނުން ނުވާކަށް ކައިޒީން އަށް ވަނީ މިވީ ދުވަސްތަކުގައި އެނގިފައިއެވެ. ނަމަވެސް އަދިވެސް ކައިޒީން މަސައްކަތް ކުރަނީ އީނާޝްގެ ލޯތްބާއި ރުހުން ހޯދުމަށެވެ.
ކައިޒީންގެ އަމިއްލަ ދުނިޔެއިން ހޭލެވުނީ ކޮން ނަމެއް ހޭ ކިޔަނީ އޭ ކިޔައި ކުދިން އެއްފަހަރާ ނުހަނު ބާރަށް ސުވާލު ކުރަމުން ދިޔަ އަޑަށެވެ. އީނާޝްގެ ވަށައިލައިގެން ހުރިހާ ކުދިން ތިބިއިރު ކައިޒީން އަށް އީނާޝް ނުވެސް ފެނެއެވެ. އެހުރިހާ ކުދިން އީނާޝްއާ ސުވާލުކުރަމުން ދިޔައިރުވެސް އީނާޝް އަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ. އެންމެ ފަހުން ކައިޒީން ކޮޅަށް ތެދުވެލާފައި އީނާޝް ގެ ކުޑަ ތަޢާރަފެދިނެވެ. އެވަގުތަކީ މުދައްރިސް އައިސް ކުލާހަށް ވަން ވަގުތު ކަމުން އެއްވެސް ކުއްޖަކަށް އީނާޝްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބުނެވެ. އެހެން ކަމުން ހުރިހާ ކުދިންވެސް ގޮސް އެކުއްޖަކު އިށީންނަން ޖެހޭ ގޮޑީގައި އިށީންދެލައި ހަމަޖެހިލީ މުދައްރިސަށް ވާހަކަ ދައްކަން ފުރުސަތު ދެމުންނެވެ. އީނާޝްވެސް ވަރަށް ކަނުލައި އަޑު އަހަން އިނީ މުދައްރިސް އައިސް ނަސޭހަތް ދޭން ފެށުމުންނެވެ. ނަމަވެސް އެވަގުތުގައި ބައެއް ކުދިން ވާހަކަ ދައްކަމުން ދިޔައީ އެއީ ކުރީގައި އެމީހުންގެ ކުލާހުގައި އިން އީނާޝް ހޭ ކިޔާފައިއެވެ. އީނާޝްއަށް އެއަޑު އިވުމުންވެސް އެއްވެސް އެއްޗެކޭ ނުބުނެ އިނީ ވެފައި ހުރި ދެރައެއްގެ ސަބަބުންނާއި މުދައްރިސް ދޭ ނަސޭހަތްތައް އަޑު އެހުމުގެ ބޭނުމުގައިއެވެ.
ގަޑިއަކަށްފަހު ގަޑިއެއް ހަލުވި ކަމާއިއެކު ފާއިތުވަމުން ގޮސް އެންމެ ފަހު ގަޑި ވެސް އީނާޝް މެން ނިންމައިލީ މުދައްރިސަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ. މުދައްރިސް ކުރާ ސުވާލު ތަކަށް އީނާޝް ޖަވާބު ދޭ ގޮތުން މުދައްރިސް ވެސް އަދި ކުދިން ވެސް ތިބީ ހައިރާންވެ އަންތަރީސް ވެފައިއެވެ. ކައިޒީންވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އަދި އެތައް ސުވާލެއް ކައިޒީންގެ ސިކުނޑީގައި ދިޔައީ އުފެދެމުންނެވެ. ސަބަބަކީ އާރިފާއްތަ ބުނި ގޮތުގައި އީނާޝް އެންމެ ފަހުންވެސް ސުކޫލަށް ދިޔައީ އުމުރުން ދިހަ އަހަރުގައި ކަމަށްވީތީއެވެ. ނަމަވެސް ކައިޒީން އެ ސުވާލުތައް މަތިން ހަނދާން ނައްތައިލީ ފަހުން އީނާޝްއާއި ސުވާލުކުރުމުގެ ގަސްދުގައިއެވެ.
ކުލާހުން އީނާޝްއާއި ކައިޒީން ނުކުމެގެން ދިޔައީ އެކު އެކީގައިއެވެ. ދިޔަ މަގުމަތީގައި ވެސް އެކި ކުދިން ދިޔައި އީނާޝް އަށް ކަޅި ޖަހައި ނުލައި ބަލަމުނެނެވެ. އެކަމުގެ ސަބަބުން އީނާޝްއަށް ކިތަންމެ އުނދަގޫވި ނަމަވެސް އެކަމާއި އެހައި އަޅައެއް ނުލައެވެ. ކައިޒީންވެސް ހުރީ އެކަމާއި ނުހަނު އުނދަގޫވެފައިއެވެ. އަދި އީނަޝް އެކަންކަމަށް އަޅާނުލާއި ހުރުމުން ކައިޒީން ހުރީ ހައިރާންވެފައިއެވެ. ކައިޒީން ނަމަ އެއިން ކުއްޖަކާ ދިމާއަށް އެއްޗެކޭ ބުނެނުލައިއެއް ނުހުރެވޭނެއެވެ. ކުރިމަތީގައި ކާރުގައި މާހިލް ބަލައި އައިސް އޮތުމުން ކައިޒީން މަޑުކޮށްލީ ކާރު ކައިރީއެވެ. ނަމަވެސް އީނާޝް ދިޔަ ގޮތަށް ދިޔައީ ކައިޒީން ގޮވަ ގޮވާ އޮއްވައެވެ. އީނާޝް ތަންކޮޅެއް ދުރަށް ދިޔުމުން މާހިލްގެ އެދުމުގެ މަތިން ކައިޒީން ކާރަށް އަރިއެވެ. އަދި މާހިލް ކާރު ދުއްވައިލީ ނުހަނު ބާރަށެވެ. ސަބަބަކީ އީނާޝްއާ އެއްވަރު ކުރުމެވެ.
އީނާޝްއާއި އެއް ހަމައަަކަށް ގޮސްފައި މާހިލް ކާރު މަޑުކޮށްލިއެވެ. ނަމަވެސް އީނާޝް ކުރިއަށް ދިޔަ ގޮތަށް ދިޔައީ ކާރަށް ނާރަންވެގެންނެވެ. މާހިލްވެސް އެކަމާ މާ ބޮޑަށް އަޅާނުލައި އަނެއްކާވެސް ކާރު ދުއްވާލިއެވެ. ހަމަ އެވަގުތު އީނާޝްވެސް ހިނގުން ހުއްޓާލައިފައި ކާރަށް ބަލަން ހުއްޓެވެ. އީނާޝްއަށް ނޭނގުނު ކަމަކީ މާހިލްވެސް އިނީ ކާރުގައި އިންނަ ލޯގަނޑުން އީނާޝްއާއި ދިމާއަށް ބަލަން ކަމެވެ.
”ދަރިފުޅާ.. ކޮބާ އީނާޝް؟” ކައިޒީން ގެއަށް ވަނުމާއިއެކު ޒިރާން އީނާޝް ކޮބައިހޭ ސުވާލުކުރުމުން ކައިޒީން ހުރީ ދޭނެ ޖަވާބެއްވެސް ނޭނގިފައިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ކައިޒީން އެސުވާލަށް ޖަވާބުދިނީ އީނާޝް އެބަ އަންނަ ކަމަށް ބުނަމުންނެވެ. އެވަގުތަކީ އާރިފާވެސް އެތަނަށް އައިސް ހުއްޓިލި ވަގުތެވެ. ”ކައި.. މިއަދު ސުކޫލްގެ ކިޔެވުން ކިހިނެއްވަނީ؟” އާރިފާ ވަރަށް ލޯބިން ކައިޒީން އާއި ސުވާލުކުރުމުން ކައިޒީންވެސް ރަނގަޅޭބުނެ ޖަވާބުދިނީ ވަރަށް ލޯބިންނެވެ. އަދި ކައިޒީން އާރިފާ ގައިގާ ބައްދައިގަތް ވަގުތަކީ އިީނާޝް ވެސް އައިސް ގެއަށް ވަން ވަގުތެވެ. އެވަގުތު އީނާޝްއަށް ލިބުނީ ބަޔާން ކުރަންވެސް ދަތި ހިތްދަތި ކަމެކެވެ. އާރިފާ ކައިޒީންގެ ގައިގާ އެއް އަތުން ބައްދައިގެން ހުރި އިރު އެނެއް އަތުން ކައިޒީންގެ ބޮލުގައި ފިރުމަނީއެވެ. އާރިފާއަށް އީނާޝް ފެނުމުން ވެސް ހަމަ އެހުރި ގޮތަށް ހުރީ އީނާޝް ހިތުގައި ޖެއްސުމުގެ ބޭނުމުގައި ކަމަށް ވެސް ވެދާނެއެވެ. އީނާޝް އެ މަންޒަރު ބަލަން ނުހުރެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހީ ޒިރާންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ. ކޮޓަރިއަށް ދާން ހިނގައިގަތް އީނާޝް ހުއްޓުން އެރީ ޒިރާން ސުކޫލް ރަނގަޅު ހޭ ކިޔައި ސުވާލު ކުރުމުނެވެ. ނަމަވެސް އީނާޝް އެ ސުވާލަށް ޖަވާބު ނުދީ ގޮސް ވަނީ ކޮޓަރިއަށެވެ.
އާރިފާ ޒިރާންގެ ގޭގައި އުޅޭތާ ވީ ތިން ހަފްތާ ތެރޭގައި ޒިރާން އަށް ވަނީ އާރިފާ ގެ ގިނަ ހަގީގަތްތަކެއް އެނގިފައިއެވެ. އެގޮތުން މިއަދުވެސް ޒިރާން އަށް ކަމެއް އެނގިއްޖެކަން ޒިރާން އާރިފާއާ ދިމާއަށް ބަލަން ހުރި ގޮތުން ވަރަށް ރަނގަޅަށް ހާމަވަމުން ދިޔައެވެ. އަދި އެވަގުތު ޒިރާންގެ ހިތުގައި އީނާޝްއާއި މެދުގައި ހަމްދަރުދީ އާއި ލޯބި އުފެދުނެވެ. ޒިރާންއަށް ހޭވެރިކަން ވީ ކައިޒީން އައިސް ޒިރާންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ދަނީ އޭ ކިޔައި ކައިޒީން ކޮށްޓައިލުމުންނެވެ. ހަމައެވަގުތު އާރިފާވެސް ގޮސް ބަދިގެއަށް ވަނީ އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމަށެވެ.
ކައިޒީން ދިޔަ ގޮތަށް ގޮސް ވަނީ އީނާޝްގެ ކޮޓަރިއަށެވެ. ކައިޒީން ކޮޓަރި އެތެރެެއަށް ވަން އިރު އީނާޝް ދޮރަށް ފުރަގަސް ދީގެން ރޯން އިން ގޮތުން ކައިޒީންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ހަމައެއާއިއެކު ކައިޒީން އީނާޝް އޭ ގޮވަައިލުމުން އަވަސް އަވަހަށް އީނާޝްގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލި ގޮތުން ކައިޒީންއަށް އެމަންޒަރު ދައްކަން ބޭނުންވާ ހެނެއް ހިޔެއްނުވެއެވެ. ކައިޒީންވެސް އެކަމާ މާ ބޮޑަކަށް ފަހުން އަޅައެއް ނުލައިއެވެ. ”އީނާޝް.. ދައްތަ ބުނި އީނާޝް އެންމެ ފަހުން ސުކޫލަށް ދިޔައީ ދިހަ އަހަރުގައި އޭ.. އެކަމު މިއަދު މުދައްރިސް ކުރި ސުވާލުތަކަށް ދިން ޖަވާބުތަކުން ހިޔެއް ނުވޭ އީނާޝް ސުކޫލަށް ނުގޮސް ހުރިހެންނެއް.. ސުކޫލަށް ނުދާނަމަ ހިޔެއް ނުވޭ އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭން އިނގޭނެހެންނެއް.. އަޅެ ބުނެބަލަ.. އީނާޝް ހަމަ އެންމެފަހުން ސުކޫލަށް ދިޔައީ ދިހަ އަހަރުގައިތަ؟” ”ތިއީ ކައިޒީން ބަލަން ޖެހޭ އެއްޗެއް ނޫން.. ކައިޒީންއަށް ކިޔެއް އަހަރެން ސުކޫލަށް ދިޔަޔަސް ނުދިޔަޔަސް… އެއީ ކައިޒީންއާ ބޭހޭ ކަންތައްތަކެއް ނޫން.. އަހަރެން ކައިޒީންއާއި އެއްގެއެއްގައި އުޅުނަސް ކައިޒީން ނުޖެހޭ ތިހުރިހާ އެއްޗެއް ބަލާކަށް.. ” އީނާޝް ދިން ޖަވާބުން ކައިޒީންގެ ބަޑި ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މީގެ ކުރިން މިކަހަލަ ކަމެއް ވެގެން ދުވަހަކުވެސް ކައިޒީން ރޮއެފަކާއެއް ނުވާނެއެވެ. ނަމަވެސް މިއަދު ކައިޒީން އެރުއި ވަރަށް ބޮޑަށް ވެސް ހިތުގައި ޖެހިގެން ކަން ކައިޒީން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން އެނގެއެވެ. އީނާޝް ދެވަނަ ފަހަރަށް ވެސް އެއްޗެކޭ ބުނަން އުޅުމުން ކައިޒީން އަވަހަށް އެތަނުން ނުކުމެގެން ދިޔައީ އާރިފާ އައިސްދާނެތީއެވެ. ކައިޒީން ކޮޓަރިން ނުކުތުމާއިއެކު އީނާޝް އަނެއްކާވެސް އެނދުމައްޗަށް ޖެހިގަތެވެ. އަދި ކައިޒީންގެ އެސުވާލުން މިއަދު ހެނދުނު އާވި ހަނދާންތަކާއި ދިމާއަށް އީނާޝްގެ ސިކުނޑި އެނބުރެން ފެށިއެވެ. އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވެސް މާ ބޮޑަށެވެ.
*******
ހަ އަހަރު ކުރި.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.







Yes i read first vr salhi waiting for next part keep IT ÜP dear
thanks a lot aishatooo rihla.. 🙂
Nafu ÜP nuvegen ülhuni story miothiy ÜP vefa akamu maa kurey thankolhe digu kohla Bal dear story vr Reethi häma Keep going
Miothiy ÜP nuvegen ülhuni story ÜP vefa vr reethi mi part ves keep IT ÜP dear waiting For next part
yeah.. finally miothy up vefai.. maafu kurey maa kurukoh mi part genes dhevunyma.. nd thanks a lot mubaah.. 🙂 🙂
assalam alaikum..
enme furatahama vs beynumy kiyuntheringe faraathun maafah edhen.. mi epsd lahun genes dhevuni kamahtakai.. but this is not my mistake inge.. alhugandu vaany mi epsd monday night ga submit kohfa.. ekam miadhu mi up v.. 🙁 🙁 monday night ga vs kurukoh liyevunas hama submit kury tuesday ga up veytho.. ekam hykuri gothakah noon v.. 🙂 🙂 vr vr vr vr bodah maafah edhen..
nd hurihaa kiyun therinnah vs mi epsd vs kamudhaane kamah unmeedhu kuran.. nd mistakes huriyyaa buneladhinun vs edhen.. 🙂
🙂 🙂 🙂 give a like and comment down below if you like this epsd or the views you want share about this story.. 🙂 🙂 🙂
ethah faharaku balaagn adhi mi up vy story …. masha allah varah reethi story keep it up buddy …
owh… vr vr bodah maafah edhen las vi kamahtakai.. nd thanks a lot friend eh.. 😉 🙂 🙂
Hellow sorry ee nubunaane waiting is good for health and good things happen to those who wait
yes your right friend eh…heheeh 🙂 🙂
Mubaah salaam buniyo… and v nice story keep it up
Thanks unknown… ????
Overall koh vv rythi???…Ekm ‘nyhthumun ‘ mikahala words use nukurahchey…kon irakun next upkohdheyny❤❤❤..waitinn
thanks a lot jiji.. 🙂 🙂 ya insha allah.. next edsd friday gai.. insha allah.. keep waiting ingey… 🙂 🙂 🙂
V reethi. When is the next part??????????????????????????????????????????curously waiting.
thanks a lot anjel.. next epsd friday gai.. insha allah.. keep waiting ingey.. 🙂 🙂 🙂 🙂 :}
You dhw nafu.
Seriously
???
mi cindrellas sister kiyaa korea series ehga vaagoiy. hama same. plx correct me if im wrong
u r wrong cindrella.. mee amihla hiyaalah liyaa story eh..
I think its amihla hiyaalah liyey story eh henn
yess it is… 🙂 🙂 🙂
Kn irakun nxt part up koh dheyny …
insha allah.. mireyah up kohlevey thr balaanan… keep waitin
dhen balama kome episode ehga vaagoiy kiya dheefaanan. couplesthah libey gotha hurihaa ehcheh. this is same. ekam im hoping that you will change the story. mihaa hisaabah thi dhiyaee hama same koh. dhen lets see.
amihla hiyaalah liyaa story eh v ma faharehga same vefai vs huredhaane.. mi story vr vr vr bodah different vaane eh series aa.. lets see dhw vaane goii.. nd i will try to change the story if it is same as that.. nd kuriyah huri epsd thah vs vr vr vr vr bodah thafaathu vaane..
Nafu???..kobaa thr story..avahah upkohbaa???..
Jiji.. ????? submit kohfaa vaany.. mirey hyvey up vaane hen.. keep waitin dear..❤️❤️❤️❤️❤️
Vvv ufaavey. Ihavandhoo kudhinge gaiga vaaahaka liyumuge hunaru hunnaaathy
???
Hi sis ur story vv salhi keep it up i am always with u any time ☺️vv vaahaka kiyaa noolhen me but try kolaafa sis ge vaahak kima vaahaka kiyaa hih jehihje
Awwn❤️❤️❤️ thanks a lot dear..❤️❤️❤️❤️❤️❤️❤️❤️❤️❤️ once again thank u sooo much..?????