Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ގަބުރުސްތާނު ސަންދޯކު

Anusha Mohamed Level 110 Stories100 Login
February 14, 2020 One Min Read
9 Comments

މިއީ ގްރޭޑު 4 ގައި މިއަހަރު ކިޔަވަމުން ގެންދާ އަޅުގަނޑުގެ ދަރިވަރު ހަސަން އަޝްފާޤް ލިޔެފައިވާ ހިޔާލީ ކުރު ވާހަކައެކެވެ.

 

އެއްދުވަހަކު ވަރަށް އެކުވެރި ފަސް ކުދިން ފުޓުބޯޅަ ކުޅެން އުޅުނެވެ. މުޙައްމަދު، ޙާމިދު، ޙުސެއިން، އަޙްމަދު އަދި ޙަސަނެވެ. އެންމެން މަޖާކޮށް ފުޓްބޯޅަ ކުޅެން އުޅެފައި ޙުސެއިން ޖެހި ޕެނަލްޓީ ބޯޅަ އެންމެނަށް ފެންނަ ހިސާބަށްވުރެ މަތިން ގޮސް ބޯޅަ ގެއްލިއްޖެއެވެ. ކުޅެން ލިބިފައިވަނީ އެންމެ ބޯޅައެއްކަމަށް ވުމުން އެންމެން ބޯޅަ ހޯދަން ދާންވެގެން މަންމަމެން ކައިރީ ހުއްދަ ހޯދަން ދިޔައެވެ.އެތަނުން ހުއްދަ ލިބުނީ ޙަސަނަށް އެކަންޏެވެ.

ޙަސަނު ބޯޅަ ހޯދަމުން ހޯދަމުން ގޮސް ގަބުރުސްތާނު ތެރެއަށް ވަނެވެ. އަދި ގަބުރުސްތާނުގެ ގަސްތަށް ކައިރި ބަލަމުން ދަނިކޮށް ބޮޑު ސަންދޯކެއް ފެނުނެވެ. އެއީ ވަރަށް ބިޔަ މީހެއް އޮތް ސަންދޯކެއްކަން ޔަގީންވިއެވެ. ނަމަވެސް ސަންދޯކުތެރޭ މީހެެއް ނެތެވެ. އަދި ސަންދޯކު އަނެއް ފަރާތުގައި ގެއްލިގެން އުޅުން ބޯޅަ އޮތެވެ.

ބޯޅަ ނަގާފައި އަނެއް ފަރާތަށް އެނބުރުނު ބާރަށް ޙަސަނު ދެލޯ ބޮޑު ވެގެން ދިޔައެވެ. ކުރިމަތިން ފެންނަން ހުރީ ގަބޫލު ނުކުރެވޭފަދަ އެއްޗެކެވެ. ބޮޑު ބިޔަ ފުރޭތައެކެވެ. ޙަސަނު ވަރަށް ބާރަށް ހަޅޭއްލަވަމުން ގަބުރުސްތާނުން ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ޙަސަނުގެ ބާރު ހަޅޭކުގެ އަޑަށް އެއްކަލަ ހަތަރު އެކުވެރިން އެއްތަނަކަށް އައިސްފިއެވެ. އަދި ހަތަރު މީހުން ގަބުރުސްތާނަށް ވަތްއިރު އެއްކަލަ ފުރޭތަ ޙަސަނު ފަހަތުން ދުވަނީއެވެ.

ހަތަރު ކުދިން ފުރޭތައާއި ދިމާލަށް ވަރަށް ބާރަށް ހަޅޭއްލަވާގަތެވެ. އަދި ފުރޭތަ އެ ކުދިންނާ ދިމާލަށް ދުއްވާގަތް ވަގުތު ޙަސަނު އެންމެން ކައިރީ ވަރަށް ބާރަށް އަޢޫޒު ކިޔަން ބުންޏެވެ. އެންމެން އެކީ އަޢޫޒު ކިޔުމުން ފުރޭތަ ވެއްޓިއްޖެއެވެ. އަދި ތެޅެ ތެޅެ އޮއްވައި ޙުސައިންގެ ބައްޕަ އައިސް ފުރޭތަ ގަޔަށް ބަޑި ޖަހައި މަރާލާފިއެވެ. ޙުސައިންގެ ބައްޕައަކީ ޕޮލިހެކެވެ.

ފުރޭތަ މަރުވުމުން އެންމެންވެސް ވަރަށް އުފާވިއެވެ. އަދި ދުވަހަކުވެސް އެކަނި ގަބުރުސްތާނަށް ނުވަންނަން އެންމެން އެއްބަސް ވިއެވެ. ޙަސަނަށް ކުރެވުނު ކުށަށް މާފަށް އެދުމުން އެންމެން ޙަސަނަށް މާފު ކޮށްފިއެވެ. އަދި މިހާރު ހުރިހާ އެކުވެރިންވެސް ވަރަށް އުފަލުގައި ފުޓްބޯޅަ ކުޅެމުން ދިޔައެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 1 –

Next

ނޭދެން ވަކިވާކަށް (10)

Next
February 14, 2020

ނޭދެން ވަކިވާކަށް (10)

Previews
February 13, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 1 –

9 Comments!

  1. Ema says:
    February 14, 2020 at 2:16 pm

    wow masha allah… he is really talented… ??? go boy ❤️❤️❤️

    1. Anonymous2 says:
      February 14, 2020 at 2:43 pm

      ?Ema ge laptop k tha mihaaru

    2. Anusha Mohamed says:
      February 14, 2020 at 7:01 pm

      thank you

    3. Ema says:
      February 15, 2020 at 1:05 pm

      umm yh… may i know who u r? dhanna kuhjeh hn hiivaathii… hehe

    4. Anonymous2 says:
      February 15, 2020 at 1:59 pm

      yh u will knw me..ekm seedhaa mee kaaku kameh nukereyne bunaakah…..public ehnu dww…..btw ema alun hangout use kuran fashaanan tha

    5. Ema says:
      February 15, 2020 at 10:43 pm

      umm yh maybe… but adhi eh nuun… mihaar hiivey eba ingey hen sis ehnnuuny _eyz dhw.. or maybe _ysh or _al… hehe neynge dhn… anyway, eygen knmme miihakas vrh miss vey ingey ?luv yuh all

  2. Zaee says:
    February 14, 2020 at 6:43 pm

    V nice. Keep it up..

    1. Anusha Mohamed says:
      February 14, 2020 at 7:03 pm

      thank you

  3. Koxy says:
    February 17, 2020 at 12:54 pm

    Keep it on???

Comments are closed.


All Right Reserved!