Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ފާޙަނާ – 2

Cheen Level 1
February 8, 2020 4 Mins Read
5 Comments

ނައިރާގެ ސޫރަ ސިކުނޑީގައި އެތަކެއް ފަހަރު ކުރަހާލެވުނެވެ. ފުރިހަމަ ބައްޓަމެކެވެ. ލަކުނެއް ނެތް ދޮން މޫނުކެވެ. މީގެ ކުރިން ފެނުނުނަމަ އަހަރެންގެ ލޮލަށް އަޅައިނުގަނެ ނުދާނެއެވެ. ސާރާއަކާ ހެދި ލޮލަށް ފުސް ބުރީ ތޯއްޗެވެ. ސާރާގެ ހިޔާލު އަނެއްކާވެސް އުދަނގޫކުރަން ފަށައިފިއެވެ. ކަންފަތަށް ހެޑްސެޓު ޖަހައިގެން ނިދިފައި އޮއްވާ މަޣްރިބު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުނެވެ. އެވަގުތު ފާޙަނަ ތެރެޔަށް ފެތުރުނު ކަޅު ދުންތައް ކޮޓަރިއައް ފޭދިގެން ވަނެވެ.

ހޭލެވުނުއިރު މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. ޖިންސުގެ ގޮށް ނެއްޓިފައި އޮތްއިރު ގަމީހުގެ ގޮށްތައް ވެސް ހުރީ ނެއްޓިފައެވެ. ބޮލުގައި ވަނީ ފާޑެއްގެ ރިހުމެއް އުފެދިފައެވެ. ދެންމެ ޖަހާލި ނިދިގަނޑުން ލިބުނު އެއްވެސް ފައިދާއެއް ނެތެވެ. އަދިވެސް އިހްސާސްކުރެވެނީ ވަރުބަލިކަމެވެ. ޖިންސުގެ ގޮށްތައް އަޅުވާލުމަށްފަހު ފާޙަނަޔަށް އަހަރެން ވަނީމެވެ. ދަތް އުނގުޅާލުމަށްފަހު މޫނު ދޮވެލީމެވެ. މިރޭ އަދި ކިލާހެއް އޮތުމުން މޫޑް ގޯސްވިޔަސް ދާން ޖެހޭނެއެެވެ. އެހެން ނޫނިއްޔާ ހާޒިރީ ހަމައެއް ނުވާނެއެވެ. ސާރާގެ ކެހިވެރި މޫނު ފެނުނަސް ކެތް ކޮށްލާނީއެވެ. އެކަންތައް އޮއްބާލަން މިހާރުވެސް މާލަސްވެއްޖެއެވެ.

ރަތް ކުލައިގެ ގަމީހެއް ލަމުން ފަން އިސްތަށިގަނޑުގައ އަތުން ފުނާއަޅާލީމެވެ. އަތުގައި ގަޑި އަޅާލަމުން ޗާޖަރަށް ޖަހާފައި އޮތް އައިފޯނު ނެގީމެވެ. އޭރު ބައްޕަ ތިން ފަހަރަކު ގުޅާފަ އިނެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ކޯލް ރެކޯޑުން ބައްޕަގެ ނަންބަރު ފޮހެލީމެވެ. ހުރިހާ މަލާމާތަކާއި ފުރައްސާރައިގެ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައި ހުރެއެވެ. ހަނދާނުން ފިލައިގެން ނުދެއެވެ. ބައްޕައަށް މަޢާފު ދެވޭނީ ކިހިނެތް ހެއްޔެވެ؟ އަބަދުވެސް އަނގަގަދަވެފައި ލޯބިން އުޅުނު މަންމަ ފެނުނަސް އަހަރެންގެ ހިތް ރޯލައެވެ. މަންމަގެ ހާލަތުގެ ޒިންމާވެސް ނަގަން ޖެހޭނީ ހަމަ އެ ޖާހިލު ބައްޕަ ނޫން ދެވަނަ މީހެއް ނޫނެވެ.

ކޮލެޖަށް އާދެވުނުއިރު ކިލާސް ކައިރީގައި ކުރިން ނުފެންނަ އަންހެން ކުއްޖެއް ހުއްޓެވެ. ރަތް ކުލައިގެ ކަކުލާއި ހިސާބަށް އަރާ ހެދުންވަނީ އޭނާގެ ބައްޓަމަށް ފަހާފައެވެ. ކިލާސް ވަށައިގެން އެހެން މީހުން ވެސް ތިއްބެވެ. އެ އަންހެން ކުއްޖާ ހުރީ އެކަނި ތަނބެއް ކައިރި ލެގިލައިގެންނެވެ. އައު ކުއްޖެއް ތޯއްޗެެވެ. ފަޒީލް ފެނުމުން ފަޒީލްގެ ގާތަށް އަހަރެން މިސްރާބުޖެހީމެވެ. އޭރުވެސް ފަހަތުގައި އެއަންހެންކުއްޖާ ހުއްޓެވެ.

“ބުރޯ.. އާ ކުއްޖެއްތަ އެހެރީ؟”

އަހަރެން ވަގުތުން ފަޒީލް ކައިރި އަހާލީމެވެ. އޭރު ފަޒީލް ހުރީ ފޯނުން ގޭމެއް ކުޅެންށެވެ. އަހަރެންގެ އަޑަށް ވަށައިގެން ތަންތަން ހޯދާލިއެވެ.

“ކާކު؟ ކޮބާ؟”

ފަޒީލް އެހެން އަހާލަމުން ފަހަތަށް އެނބުރިލާފައި ތަނބުކައިރި ބަލާލީމެވެ. ތެދެކެވެ. އެކުއްޖާ ފެންނާކަށް ނެތެވެ. އަނެއްކާ ކިލާސް ތެރެއަށް ވަނީ ތޯއްޗެވެ. ފަސް މިނެޓު ފަހުން ޓީޗަރު ވަދެގެން ދިޔަތަން ފެނުމުން އެންމެން އެއްފަހަރާ ކިލާހަށް ވަންނަން ދިމާކުރިއެވެ. އެންމެ ކުރީ ސަފުތައް ފުރި ބާރުވުމުން ފަހަތު ސަފުގައި އިން ތަންކޮޅެއްގައި ފަޒީލް އިށީނެވެ. އަހަރެން އިނީ ފަޒީލާއި ތަންކޮޅެއް ދުރުގައެވެ. ކައިރީގައި އެ ރަތް ކުލައިގެ ހެދުން ލައިފައި ހުރި އަންހެން ކުއްޖާ އިނުމުން ހިތަށް ހަމަޖެހުމެއް ގެނުވިއެވެ. އެކުއްޖާއާއި ވާހަކަ ދައްކާލަން ވެސް ނުކެރި އިންދާ ކިލާސް ފެށުމަކަށް އަޔެވެ.

ފަހަރަކު ޖުމުލައެއް ފޮތުގައި ލިޔަމުން ދިޔައިރު އެ އަންހެންކުއްޖާއަށް ވަށައިގެން ތިބި މީހުން ނުފެންނަ ކަހަލައެވެ. އޭނާ އިންނަނީ ބޯޑަށް ގޮސް ގެއްލިފައެވެ. އަހަރެން އިނީ އޭނާގެ މޫނަށް ގޮސް ގެއްލިފައެވެ. ދިހަ މިނެޓުފަހުން ދުރު އަަހަރެން ބަލާލީމެވެ. އެވަގުތު އެ އަންހެންކުއްޖާ ކަނާތްފަރާތަށް އެނބުރި އަހަރެންގެ މޫނަށް ބަލަމުން ގެންދިޔަކަން ލޮލުގެ ކަނުން ދުށީމެވެ. ހާދަ ހުށިޔާރު އަންހެނެކެވެ. ހިތާއި ހިތުން ހިނިގަނޑެއް ޖަހާލަމުން އޭނާޔާއި ދިމާލަށް އަނެއްކާވެސް ލޯ އަޅާލީމެވެ. އެވަގުތު ދެމީހުންގެ ލޯ ބައްދަލުވެގެން ދިޔައެވެ. މާމުއި ކުލައިގެ ސާފު ކަޅިއެކެވެ. އެސްފިޔަތައް ދިގުވެގައި ތުންފަތުގެ ބައްޓަމުން ހިތުގެ ހިމަ ނާރަށް ކުޅެލިއެވެ. އެ ތުންފަތުގެ ރަހަ ބަލައިލުމަށް ހިތް އެދެން ފެށިއެވެ. އެހެން ނަމަވެސް ހިނދުކޮޅަކަށެވެ. އަންހެނެއްގެ ފަހަތުން ދުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދުވަހަކުވެސް ބޭނުމެއް ނޫނެވެ.

ކިލާސް ނިމުމަކަށް އައީއެވެ. ފަޒީލް ގެއްލުނެވެ. ޔަޤީނުންވިއްޔާ އިޝާ ނަމާދު ކުރަންށެވެ.

“ހެލޯ؟”

ފަހަތުން އަންހެންވަންތަ އަޑެއް ކަންފަތުގައި ޖެހުނެވެ. އެނބުރި ބަލައިލިއިރު ރަތް ކުލައިގެ ހެދުން ލައިގެން ހުރި ފުރިހަމަ ޖިންސުލްލަތީފެެވެ. އެއްޗެކޭ ބުނަން ވެސް ނޭނގިފައި ހުއްޓާ މޫނުގައި ހިނިތުންވުމެއް ކުޅެލިއެވެ. ކުރިއަކުން އަންހެން ކުއްޖެއް ފެނި ބަސްހުއްޓިފައި ނުހުންނަމެވެ. މިފަހަރު މިވީ ކީއް ހެއްޔެވެ؟

“މިތާ ކައިރި ތަ އަުޅެނީ؟”

އަހަރެންގެ އަތުގައި އޮތް ސައިކަލުގެ ތަޅުދަނޑިއަށް ލޯ އަޅަމުން އޭނާ ބުންޏެވެ.

“އާނ..ޑުރޮޕެއް ދީފާނަން.. ކޮންތާކަށް ދާންވީ؟”

ޕާކްކޮށްފައި އޮތް ސަރަހައްދުން ސައިކަލު ނެރުމާއި އެކީ އެ އަންހެން ކުއްޖާ ސައިކަލު ފަހަތަށް އަރާފިއެވެ. ހާދަ ކެރޭ އަންހެނެއް ތާއެވެ. އަދި މިއުޅެނީ ނަންވެސް ނޭނގިގެނެވެ.

“ކޮން ނަމެއް ކިޔަނީ؟”

އިސްވެ އެ އަންހެންކުއްޖާ އަހާނެކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އިރުކޮޅަކު އަނގަ ހުޅުވައިގެން މަގާ ވީ ދިމާލަށް ބަލަން ހުރެފައި ކުއްލިއަކަށް މާބާރަށް އަހަރެން ނަން ބުނެލީމެވެ. ޖަވާބުގައި އޭނާ ޖަހާލީ ޗާލު ހިނިގަނޑެކެވެ.

“އައިމް ރަޝާ..”

ރަޝާގެ ލޮލަށް އުދަނގޫކުރަމުން ދިޔަ އިސްތަށިކޮޅު ކަންފަތް ފަހަތަށް ލަމުން އޭނާ ބުނެލިއެވެ. އޭނާގެ އެ ހަރަކާތް އަހަންނަށް ކަމުދިޔައެވެ. ކަމުދިޔަ ވަރުން އެއްޗެއްގައި ނުޖެހި އެކްސިޑެންޓު ނުވިކަންވެސް އެއީ ނަސީބެކެވެ. ރަޝާގެ ގޭ ހުންނަނީ އަހަރުމެން ގޭ ކައިރީގައެވެ. އަލަށް ހަދަމުން ދާ އެ ޢިމާރާތުގެ ފަންގިފިލާއެއްގައެވެ. އެޕާޓްމަންޓުގެ ނަންބަރެއް އޭނާ ނުބުންޏެވެ.

“ސީ ޔޫ ސޫން؟”

ސުވާލެއް ގޮތަށް އަހާލަމުން އަވަސް އަވަހަށް އަހަރެން ބޯޖަހާލީމެވެ. އަނގައިން ބަސް ބުނުމުގެ ކުޅަދާނަ ރަޝާ ވަގަށްނެގި ކަހަލައެވެ. އޭނާގެ ވިހުން ގަދަ ކަޅު އިސްތަށިގަނޑު ތަޅުވަމުން ގޮސް އިމާރާތުގެ ތެރެއަށް ވަދެ ގެއްލުނު އިރުވެސް އަހަރެންނަށް އަދިވެސް އެ ސޫރަ ފެންނަ ކަހަލައެވެ.

ގެޔަށް އާދެވުނުއިރު ނައިރާގެ ބަދަލުގައި އެހެން ނަރުސް ކުއްޖެއް ހުއްޓެެވެ.

“ކޮބާ އިއްޔެ ހުރި ކުއްޖާ؟”

އަހަރެން މަންމަގެ ގާތަށް ޖެހެމުން އެ ކުއްޖާ ކައިރި އަހާލީމެވެ.

“އިއްޔެ…އިއްޔެ އައިތަ ނަރުހެއް؟”

އޭނާ ދެލޯ ކުނާކޮށްލަމުން އެހެން އަހާލި އިރު ހީވަނީ އެއްޗެއް ނޭނގިގެން އުޅޭ ހެނެވެ. ފުން ނޭވާއެއް ލަމުން އަނެއްކާވެސް ނަރުސް ކުއްޖާއަށް ކިޔައިދެވޭތޯ ބެލީމެވެ.

“އިއްޔެ އައިސް ހުރި ނައިރާ ކިޔާ ނަރުހެއް.”

މޫނަށް ވައްތަރެއް ޖައްސާލަމުން ނަރުސް ކުއްޖާ ދެކޮނޑު އަރުވާލިއެވެ. މީނައަށް އިނގޭ އެއްޗެއް އެބަ އޮތް ހެއްޔެވެ؟

“ތިނަން ކިޔާ ނަރުހެއް ނުދަންނަން.. ވެދާނެ އަާ ކުއްޖެއް ކަމަށް.. ބައި ދަވޭ އައިމް ޖިޔާ..”

މަންމަގެ އިނގިލިތައް ފޮހެމުން ޖިިޔާ ކުޑަ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެ ހިނިތުންވުމުގެ ޖަވާބެއް ނުދީ އަހަރެން ހިނގައިގަތީ ކޮޓަރިއަށެވެ. މަންމަގެ ހާލަތު ފެންނަ ކޮންމެ ފަހަރަކު ތަބީޢަތު ހަރާބުވެއެވެ. ބައްޕަ ގޭގައި ހުރި އެންމެ ފަހު ރޭ ކުރި ޒުވާބުގެ މަތިން ހަނދާންވެ ލޭ ކެކޭ ގޮތް ވިއެވެ. އެރެޔާއި އެއްގޮތަށް މިރޭ ވެސް އޮތީ އުޑުމަތި ބަނަކޮށްފައެވެ. ވާރޭވެހެން އުޅޭ ކަމުގެ ނިޝާންތައް އުޑުމަތީގައި ޖަމާވަމުންދިޔަ ކަޅު ބޯ ވިލާތަކުން ދައްކުވައިދިނެވެ. އެނދުގައި ޖައްސާލުމާއި އެކީ ފުން ނިންޖަކަށް އަހަރެން ޣަރަޣުވިއެވެ.

“ގުޑް މޯނިންގް..”

ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ. ދޮރު ހުޅުވާލަން ދިޔަތަނާހެން އަމިއްލަ ހާލަތު ފެނިފައި ހާސްވެގެން ތެޅެގަނެވުނެވެ. ގައިގައި އެއްވެސް ފޭރާމެއް ނެތް އިރު އަހަރެންގެ ގައިގައި ފާޑެއްގެ ރަތް ފިތެލިތަކެއް ހުއްޓެވެ. އަނެއްކާ ނިދީގައި އޮވެގެން ހެދުން އަމިއްލައަށް ބޭލެނީ ހެއްޔެވެ؟ އަނެއްކާ އެއީ ބައްޔެއް ބާއެވެ؟ ނޫނީ ހެދުން ބާލައިގެން އޮއްވާ މަދިރި ކަނީ ހެއްޔެވެ؟

ދެހިޔާލެއްގައި ހުރެ ހެދުން ލައި ވެސް ނިމިއްޖެއެވެ. ދޮރުގައި ޓަކި ދިން މީހެއްގެ ހަބަރެއް ދެވަނަ ފަހަރަކު ނުވިއެވެ. ދޮރުގެ ތަޅުގައި ހިފި ތަނާހެން ބޭރުން އަނެއްކާވެސް އަޑެއް އިވުނެވެ.

“ފިރާ؟”

އަންހެން އަޑެކެވެ. ކުރިން އަޑުއިވިފައި ހުރި އަޑެކެވެ. ދޮރު ހުޅުވާލުމުން ކުރިމަތީގައި ހުރި ނައިރާ ފެނި އަހަރެން ހައިރާންވިއެވެ.

Share Article

Follow Me Written By

Cheen

Level 1

Other Articles

Previous

ހަށިފާރަވެރިޔާ 3

Next

ނަފްރަތުން އުފެދުނު ލޯބި… 7 ވަނަ ބައި

Next
February 8, 2020

ނަފްރަތުން އުފެދުނު ލޯބި… 7 ވަނަ ބައި

Previews
February 8, 2020

ހަށިފާރަވެރިޔާ 3

5 Comments!

  1. Yan♥️ says:
    February 9, 2020 at 2:23 pm

    Me biruveri vaahaka ehtha varah reethi ? konirakun next part

  2. iyaadh says:
    February 10, 2020 at 11:51 am

    Yes mi vaahaka Vrh reethi

  3. Aiham says:
    February 10, 2020 at 1:29 pm

    faahanaya saabaheee

  4. Aiham says:
    February 10, 2020 at 1:35 pm

    ފާހަނަ ތައްޱަށް ބޮންއެޅީ

  5. BOSS says:
    February 10, 2020 at 1:38 pm

    ފާހަނަ ތައްޱަށް ބޮންއެޅީ

Comments are closed.


All Right Reserved!