Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (8)

Ihoo Level 2100 Login10 Stories100 Comments
May 23, 2020 2 Mins Read
0 Comments

ޔޫންއާއި އާއި މިޙްރާންވެސް ދިޔައީ ޗިލީ ރެސްޓޯރަންޓަށެވެ. މަލްސާ ޔޫން އަތަށް ރުފިޔާ ދީފައި ދެކުދިން ކާލަން ދިއުމަށް ބުންޏެވެ. މިޙްރާންގެ އަނގަ ހުއްޓާނުލާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ޔޫން އެކަމަށް މާބޮޑު މާބޮޑު ސަމާލުކަމެއް ނުދެވުނީ ވިސްނުމެއްގައި ހުރުމުންނެވެ. އިޙްނާ ރޭގައި ޑަލްގަނޯ ގިރާފައި އޭނާއަށް އެތިފޮދެއް ނުދޭ ކަމުގެ ޝަކުވާއެވެ. އަދި މިއަދު ހެނދުނު ޔޫން ހޭލީއްސުރެ އިޙްނާއެއް ނުފެނެއެވެ. މިލްނާ ގާތު އެހުމުން އެނގުނީ ރިހާމްމެން ގެޔަށް ދިޔަ ކަމެވެ. ވިސްނުމުން ބޭރުވީ މިޙްރާން ބާރުބާރަށް އިޙްނާއަށް ގޮވުމުންނެވެ. އޭރު އެދެކުދިންގެ ކުރީގައި ތަންކޮޅެއް ދުރުގައި ތިބި ދެކުދިން ބަލައިލިއެވެ. 

އެއީ ޔޫން ހިތުގެ ރާނީއާއި ރިހާމެވެ. މިޙްރާން އެމީހުންނާއި އަރާ ހަމަކުރަމުން ޔޫންއަށް ގޮވާލީއެވެ. އަދި އާޝޯހުވެފައި ޔޫންއަށް ހުރެވުނީ އިޙްނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ދެމީހުންވެސް ތިދަނީ ހަމަ ޗިލީ ރެސްޓޯރެންޓަށް ދާންވެގެންތަ؟” ޝައްކުވެފައިހުރެ ޔޫން އަހާލިއެވެ.

“ދާން…. މިއޮއް އުޅޭ އިޙޫނާގަނޑު އެތަނަށްދާން ކިޔާވަރުން ބޮލަށް އުނދަގޫވެގެން މިއައީ.. ޔޫންއަށްވެސް އިނގެއެއްނު އިހޫ ކަމަކު ކިޔައިފިނަމަ އެކަމެއް ނުކޮށްދެނީހެން ހުއްޓާނުލާނެކަން..” ރިހާމް އެތަނަށް އަސްލު އައީ ޙަޤީޤަތް ފޮރުވަމުން ވާހަކައެއް ހަދާލިއެވެ. އިޙްނާއެއަށް އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭނުން ހުރީއެވެ. 

ހަތަރު ކުދިން ޗިލީ ރެސްޓޯރެންޓަށް ވަދުނެއިރުވެސް ކާއެއްޗެހީގެ މީރުވަސް ހުއްޓެވެ. ހުރި ސީދަލަށް ވަދެގެން ކަނާއަތަށް ވީ ފަޅީ ހުންނަ އޭސީ ބަޔަށް ވަދުނެވެ. މޭޒުގައި އިށީނދުމަށްފަހު މާގިނަ ވާހަކަތަކެއް ހަތަރު ކުދިންގެ މެދުގައި ނުދެކެވެއެވެ. އެކަމަކު ކާއެއްޗިހި ގެނެއުމާއެކީ ރިހާމާއި މިޙްރާންފެށީ ކުޑަ ޒުވާބު ކުރާށެވެ.

އިޙްނާއާއި ރިހާމް ގެނައީ ވަޅޯމަސް ނޫޑްލިހާއި ކިޓްކެޓް މިލްކްޝޭކެވެ. މިޙްރާނާއި ޔޫން ގެނައީ ބީފް ސަބްމެރިންނާއި ދެކޯކު ދަޅެވެ. އެންމެން ކަމުންދިޔަ ވަގުތު ޔޫންގެ ނަޒަރު އިކޮޅުކޮޅުން އިޙްނާއަށް ހުއްޓެއެވެ.

އިޙްނާ ރެސްޓޯރެންޓަށް އައީ ވަރަށް ކާހިތުން ކަމުގައި ވިޔަސް ޔޫންއާއި މިޙްރާނަށް ޝައްކުނުވާނެހެން ނިކުންނާނެ ގޮތަކާމެދު ވިސްނަން އިނދެވުނީ ތަށީގައި އޫ ހާކާލަހާކާލައެވެ.

އެންމެންނަށް ބަހާލައިގެން ބިލް ދެއްކުމަށްފަހު ދިޔައީ ރިހާމްމެން ގޭދޮށަށް ރިހާމް ގެއަށް ލާށެވެ. އެއަށްފަހު ތިން މީހުން އެކީ ގެއަށް އައިސް ވަތްތަނުން އިޙްނާއަށް އެއްކަލަ މީހާގެ ފަރާތުން އެހެން މެސެޖެއް ލިބުނެވެ. އޭގެފަހުން އޮތީ ރިޕޯޓެއްގެ ފޮޓޮލެކެވެ. 

އިޙްނާގެ އަތްތުރުތުރު އަޅަމުން ދިޔަ ހާލުގައި އެއަށް ރިޕްލައި ދެވުނެވެ. “ކޮންތާކުން ތީތި ހޯދީ؟” 

“ހަހަހަ.. އަހަރެން ކަމެއް ހޯދަން ބޭނުންނަމަ އެކަމެއް ވަރަށް އަވަހަށް ހޯދާނަން.. ހާސްނުވޭ އަހަރެން ބުނާކަމެއް ކުރީމާ މި ރިޕޯރޓް އޮންނާނީ ސިއްރެއްގެ ގޮތުގައި..” 

“ކޮންކަމެއް ކޮށްދިނީމާ؟” 

“މުޅި އުމުރަށް އަހަރެންގެ މީހަކަށްވުން”

“އަހަރެން ތިކަމަށް އެއްބަސް” އޭރުވެސް އިޙްނާގެ ނިތްކުރިމަތިން ހާސްކަމާއި ކަންބޮޑުވުމެގެ ދާތައް އޮހޮރިގެން ދެއެވެ.

އިޙްނާގެ އެންމެ ބޮޑު ސިއްރު އިނގޭނީވެސް މަލްސާއަށް އެކަންޏެވެ. ޚުދު އިޙްނާގެ އުފަން މަންމައަށްވެސް މިކަމެއް ނޭނގެއެވެ. ވީއިރު މިމީހާ އިޙްނާގެ ސިއްރު ހޯދީ ކިހިނަކުން ބާވައެވެ؟ އަދި އެންމެންނަށް ސިއްރު ކޮށްގެން އުޅޭ ސިއްރަކީ ކޮބާ ބާވައެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

ނޭނގޭ!(6)

Next

އިޙްނާ (9)

Next
May 23, 2020

އިޙްނާ (9)

Previews
May 23, 2020

ނޭނގޭ!(6)



All Right Reserved!