އިޙްނާ (9)
ރޭގައި ކަންތައްތައް ހިނގާ ދިޔަގޮތުން އިޙްނާގެ މޫޑު ހުރީ ވަރަށް ކަޓާވެފައެވެ. އެމީހާއަށް އެކަން އިނގެން ދިމާވި ކަމަކާ ވިސްނަން ހަދައިގެން އިޙްނާ އިނީ ބޯގޮވާފައެވެ. މިބޮޑު ސިއްރު އަދި އަމުދުން މިލްނާއަށާއި ޔޫންއަށް އިނގޭކަށް އިޙްނާބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާގެ ބައްޕަގެ ކުއްލި ވަކިވެދިޔުމަށްފަހު މިލްނާ ކުރި ފުން ހިތާމަ އެންމެ ގާތުށް ދުށް މީހަކީ އިޙްނާއެވެ.
އިރުކޮޅުކޮޅުން ކާރުގެ ޑުރައިވަރުގާތު އާދެވިއްޖެތޯ އަހާލެވެނީ އެކަމާ މާބޮޑަށް ވިސްނޭތީއެވެ. ސްކޫލަށް އާދެވުމުން ކުރަން ބައިވަރު ކަންތައްތައް އޮންނަންޔާ އެކަން އިސާހިތަކު ސިކުނޑިން ގޮސްދާނެއެވެ. ފުރަތަމަ އައި ތަނުން އިޙްނާ ޖެހުނީ ރިހާމްގެ ކުރިމައްޗަށެވެ.
“ފަހުން އެމީހާ މެސެޖް ކުރިތަ؟ އިޙްނާއަށް ކަމެއްވެއްޖެނަމަ އަހަރެން ކޮންމޫނެއް ދައްކާނީ މިލްނާއްތައަށް.. އަދި އެޔޫންމެން ޖެހޭތަ ހަމަ އެތަނަށް ކާން އަންނަން..” ކަނާއަތް ހިއްލާލައި މުއްކަވައިގެންހުރެ ރިހާމް ރޭގައި އެތަނަށް ޔޫންމެން އައުމުން ރުޅިއައިސްފައި ހުރިކަން މޫނުމަތިން ހާމަވިއެވެ.
“ނަސީބަކުން ފަހުން ނުކުރޭ މެސެޖެއް.. ދެން އިހޫއާމެދު މާވަރަކަށް ނުވިސްނާ ހިނގާ އަވަހަށް ޑިއުޓީ ފޮތް ބަލައިދާން..” މޫނުމައްޗަށް ގަދަކަމުން ފޭކު ހިނިތުންވުމެއް ގެންނަމުން އިޙްނާ އެވާހަކަ އޮއްބާލީއެވެ. ރިހާމް މާބޮޑަށް އިޙްނާގެ ރައްކާތެރިކަމާއިމެދު އޮތް ހާސްކަން ކަނޑާލުމަށެވެ.
ކޮންމެ އާދީއްތަ ދުވަހު ބާއްވާ ޚާއްސަ އެސެމްބްލީ ނިންމާލީ އެހެން ދުވަސްދުވަހު ނިންމާލާ ވަގުތު ކުރިންނެވެ. އެހެނަސް ހުރިހާ ކުދިންނަށް ކްލާސްތަކަށް ދެވުނުއިރު ފުރަތަމަ ގަޑި ނިމޭން އޮތީ 10 ވަރަކަށް މިނެޓެވެ. އިޙްނާވެސް ޑިއުޓީ ނިންމާފައި އައިސް އިނީ އާދައިގެ މަތިން ރިކޯރޑްފޮތް ހަދާށެވެ. މިޙްރާޏް އިޙްނާއާ ދިމާއަށް މަކަރުވެރި ހިނިތުންވެފައި މަޑު ހިނގުމެއްގައި ގޮސް ހުއްޓެލީ އެކުލާހުގެ ފާރުގައި ހަރުކޮށްފައިހުރި ބިއްލޫރި ބޯޑުގެ ކުރިމައްޗަށެވެ.
“އަހަރެން އެބައޮތް އެންމެންނަށް ދޭން ބޭނުންވާ ޚަބަރެއް” އެއާއެކު މުޅިކުލާސްތެރެ ހަމަހިމޭންވިއެވެ. ޕިނެއް ވައްޓާލި ކަމުގައިވިޔަސް އޭގެ އަޑު މުޅި ކުލާސްތެރެއަށް އިވޭނެއެވެ. ކުލާޙުގެ އެންމެންގެ މޫނުމަތިން ދޭހަވަނީ ޝައުޤުވެރިކަމެވެ. އޭރުވެސް އިޙްނާގެ ޝައުޤުވެރިކަންހުރީ ރިކޯރޑް ފޮތަށެވެ.
“އަހަރެން މިއުޅެނީ އިޙްނާއާއި ރައްޓެހިވެގެން”
ކުލާހުގެ އެންމެން އެއްއަޑަކަށް ތީ ކަނޑައެޅިގެން ދޮގެކޭ ކިޔާފައި ހަޅޭއްލަވަން ފެށިއެވެ. އިޙްނާއަކީ ކުލާހުގައި އެންމެ ފިރިހެން ކުދިންނާ ވާހަކަ ނުދައްކާ ލިސްޓުގައި ހިމެނޭ ކުއްޖެކެވެ. ވާހަކަ ދައްކަނީވެސް މުޅި ގްރޭޑުން ޔޫންއާ އެކަންޏެވެ. ވީއިރު އަލަށް އައި މިފިރިހެން ކުއްޖާއާ ރައްޓެހިވާނީ ވަކި ކިހިނެއްހޭ ކިޔާފައި ކުލާހުގައި އުޅޭ ޝާއިފާ އެހިއެވެ.
“ގަބޫލު ނުކުރެވެންޏާ ދޭ އަމިއްލައަށް އިޙްނާގާތު އަހަން” މިޙްރާން ސީރިއަސް ކަމާއިއެކު ޖަވާބުދިނެވެ. ޔޫންވެސް ޚުދު އެކަން ގަބޫލު ނުކުރެވިފައެވެ.
ޝާއިފާ އަސްލަށްވެސް މިޙްރާޏް ބުނި ވާހަކައަކީ ތެދެއްތޯ އިޙްނާގާތު އެހިއެވެ. އިޙްނާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމުން އެއީ ތެދެއްކަން އެންމެންނަށް އެނގުނެވެ. އިޙްނާއަކީ އެއްވެސް އިރަކު ދޮގެއް ހަދައިފައިވާ ކުއްޖެއްނޫންކަމުން އެންމެންވެސް އެވާހަކަ ޤަބޫލުކުރިއެވެ. ޔޫން ބޭނުންވީ އިޙްނާގެ ދުލުން އެކަމުގެ ތެދުކަން ބުނެދޭށެވެ. އެހެންކަމުން ޔޫން އިންތިޒާރު ކުރީ އިންޓަވަލް ގަޑިއަށެވެ.
އިޙްނާ ކެންޓީނަށް ދިޔަމަގުމަތީގައި ޔޫން އިޙްނާގެ ކުރި ބެއްދިއެވެ. އިޙްނާ އަނެއް ފަރާތުން ދާން އުޅުމުން ޔޫން އިޙްނާގެ އަތުގައި ހިފެހެއްޓިއެވެ. ބިރެއް ފެނުނުހެން އިޙްނާ ޔޫން އަތް ފޮޅާލިއެވެ. އަނެއްކާ ހިފެހެއްޓުމުން އިޙްނާ ރުޅިއައިސްފައި ޔޫންއާ ދިމާލަށް ބުނެލިއެވެ. “ކިހިނެއް ވެގެންތަ ޔޫން ތިއުޅެނީ؟”
“މިޙްރާން އެބުނީ ހަމަ ތެދެއްތަ؟.. އެއީ ތެދެއްހޭ؟؟؟”
ލޯބީގައި ދީވާނާވެފައި ހުރި މީހެއްހެން ޔޫން އިޙްނާގެ ދެކޮނޑުގައި ހިފަހައްޓާފައި ތަޅުވަމުން އެހިއެވެ.
“އާނ އެއީ ހަމަ ތެދެއް.. ދެން ޔޫންއަށްވެސް ރަނގަޅުވާނީ އަހަރެންގެ ހަޔާތުން ދުރަށް ދިޔައްޔާ..” އެހެން ބުނެފައި އަނެއް ފަރާތަށް އެނބުރުނުއިރު އިޙްނާގެ ދެލޯ ހުރީ ކަރުނުން ފުރިފައެވެ. އަދި އަނެއްކާ ޔޫން ހުއްޓުވާފާނެތީވެ އިޙްނާ ދުއްވައިގަތެވެ. ހަމައެހިނދު ކުޑަކަކޫ މައްޗައް ޔޫން ތިރިވެއްޖެއެވެ.
****8 އަހަރު ފަސް****
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Alheyyy… varah reetgi mi part vx…. whn is next part… curiouslywaiting for next partttt… ❤❤❤❤❤
Jazakillah khairan lazy queeny ♥️♥️♥️..v avahah next part in sha allah kiyaalan libeyne ?
Salaam miothy 8 and 9 vana part genesdheefa alhamdhulillah… Meege 8 years fahun kihineh baa vaany??? ??? In sha allah next part v avahah kiyaalan libeyne ♥️♥️♥️
When next?
In sha allah next week ga ? dhn inn part iny typing process ga… Jazakillah khairan felix❤️❤️❤️