Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (އެއްތިރީސްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
September 20, 2020 6 Mins Read
18 Comments

“ބައްޕައަަށް ކިހިނެތްވީ؟” ކުޑަކޮށް ޒާޔާއާއި ގާތަށް ޖެހިލައި ޒާޔާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ލިއަމް އަހައިލިއެވެ. އޭރު ޒާޔާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ލިއަމްގެ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. “ފެނުނީ.” ޒާޔާގެ އަޑު ބެދިގެން ދިޔައެވެ. “ވަޓް؟ ކޯއްޗެއް ފެނުނީ؟” ލިއަމްއަށް ޒާޔާ ކީ އެއްޗެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. “އަހަންނަށް ފެނުނީ.. ބައްޕަ އެ  ރެސް.. ރެސްޓޯރެންޓަށް ވަންނަނިކޮށް.” ވަރަށް އުނދަގުލުން ޒާޔާ އެ ޖުމުލަ ފުރިހަމަކުރިއެވެ. ޒާޔާ އެ ބުނި ޖުމުލައިން ނިހާން މާލޭއައީކަމަށް ލިއަމްގެ ހިތް ބުންޏެވެ. ދެއަހަރު ފަހުން ނިހާން މާލެ އެއައީ ޒާޔާ ދެކެން ހެއްޔެވެ؟ އަމިއްލައަށް އަމިއްލަ ދަރިފުޅު ގެއިން އެއްލައިލައިފައި އެ ދަރިފުޅު ހޯދަން އަންނަނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާވެސް އިތުރަށް ދަރިފުޅު ބަދުނާމުކޮށްލަން ހެއްޔެވެ؟ ލިއަމްގެ ހިތުގައި ނިހާން އާއި ދޭތެރޭ ރުޅިވެރިކަން އުފެދި ނިހާނަށްޓަކައި އެތައް ޝަކުވާތަކެއް އެ ހިތުގައި އުފެދުނެވެ.

“ޒާޔާއަށް ހަމަ ޔަގީންތަ ޒާޔާއަށް ފެނުނީ ޒާޔާގެ ބައްޕަން؟” ލިއަމް އަދިވެސް ބޮޑަށް ޔަޤީންކޮށްލުމުގެ ގޮތުން އަހައިލިއެވެ. “އާނއެކޭ. އަހަންނަށް ފެނުނީ ހަމަ ބައްޕައޭ. އަހަންނަށް ހަމަ ޔަގީން.” ޔަޤީންކަމާއިއެކު ޒާޔާ އެ ޖުމުލަ ބުނެލި ގޮތުން ޒާޔާއަށް ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ބައްޕަ ފެނުނީކަން ލިއަމްއަށް އެނގުނެވެ.

“ޒާޔާ ބޭނުންތަ ބައްޕަ ގާތަށް ދާން؟” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ލިއަމް ސުވާލުކޮށްލިއެވެ. ލިއަމް އެ ސުވާލުކޮށްލުމާއިއެކު ޒާޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ނޫން. މަށަކަށް ނުކެރޭނެ ބައްޕަ ކައިރިއަށް ދާކަށް. މަ ނުދާނަން ބައްޕަ ކައިރިއަކަށްވެސް. ރަށަކަށްވެސް މަ ނުދާނަން…. ލިއަމް ޕްލީޒް. އަހަރެން ބައްޕައަށް ފޮރުވައިގެން ގެންގުޅެއްޗޭ.. ޕްލީޒް.” ލިއަމްގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގެއްގައި ޒާޔާ ބުންޏެވެ. ލިއަމް އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. ޒާޔާ ބުންޏަސް ޒާޔާގެ ބައްޕައަށް ފޮރުވައިގެން އޭނާ ޒާޔާ ގެންގުޅޭނީ ކިހިނެތްހެއްޔެވެ؟ އެއީ ޒާޔާގެ ބައްޕަ ވިއްޔާއެވެ. އޭނާއަކީ ޒާޔާއާއި މީގެ މަސްތަކެއް ކުރިން ދިމާވި ބީރައްޓެއްސެކެވެ. ކިތަންމެ ގާތްގުޅުމެއް މިހާރު އެދެމެދުގައި އުފެދިފައިވިޔަސް އޭނާއަކީ ޒާޔާއަށް ދުރުހިލޭ މީހެކެވެ.

“ލިއަމް ޕްލީޒް.” ޒާޔާ ލިއަމްގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވައިލިއެވެ. ހަމަހޭވެރިކަމެއް ލިބުނުފަދައިން ލިއަމް ޒާޔާއަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ ޒާޔާ އެދޭގޮތާއި އެއްގޮތަށް ކަންތައް ކޮށްދިނުމަށް ބޭނުންވާތީއެވެ.

“އަހަންމަދާ.. މީ ހަމަ ކަލޭގެ ގެ؟” އަޙްމަދުގެ ގެ ފެނުމުން ނިހާން ނިހާނަށް އެއީ އަޙްމަދުގެ ގެ ކަމަކަށް ޤަބޫލެއްނުކުރެވުނެވެ. ނިހާން ހަނދާންވާގޮތުގައި އަޙްމަދުގެ ގެ ހުންނާނީ އާދައިގެ ގޮތަކަށެވެ. އޭނާއަށް އެންމެ ފަހުން ފެނިފައިވަނީ އަޙްމަދުގެ ގެ އެހާ އާދައިގެ ގޮތަކަށް ހުއްޓައި ކަމަށް ވާތީއެވެ.

“އާނ. މީ މިހާރު އަހަރެންގެ ގެ.” ގޭގެ ދޮރު ހުޅުވަމުން އަޙްމަދު ބުންޏެވެ. “ކަލޭ ކޮންއިރަކު އެހާ މުއްސަނދިވީ؟” ނިހާނަށް ހުރީ އަދިވެސް ޤަބޫލުކުރަން ދަތިވެފައެވެ. “ހެހެ. ގަދައަޅައި މަސައްކަތްކުރީމަ ނުވާނެ ކަމެއް ނޯންނާނެ. ރަނގަޅު ގޮތުގަ ގަދައަޅައި މަސައްކަތް ކޮށްގެން އުޅުނީމަ އޭގެ ނަތީޖާ މި ފެންނަނީ.” ފުން ހިނިތުންވުމެއްގައި ހުރެ އަޙްމަދު ބުންޏެވެ. އެކުވެރިޔާގެ އެ ވާހަކަތައް އަޑުއަހައިފައި ނިހާނަށްވެސް ހިނިތުންވެވުނެވެ. އެކުވެރިޔާއާއި މެދު ފަޚުރުވެރިވާ ޙާލު ނިހާންގެ ހިތަށް އެރީ ނިހާންވެސް އޭނާގެ އެކުވެރިޔާ ފަދައިން ގަދައަޅާ މަސައްކަތް ކޮށްފިއްޔާ އޭނާގެ ދަރިފުޅު ފެނިދާނެ ކަމުގައެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް ހަވީރުއަތަށް އަޅައިފިއެވެ. ފަވާޝަތު ތައްޔާރުވަމުން ދިޔައީ އަފްލާހުއާއިއެކީ ބާޒާރަށް ދިޔުމަށެވެ. ރީތިވަރެއްގެ ހެދުމަކާއި ޖީންސެއްލައިގެން އިސްތަށިގަނޑަށް ރީތިގޮތެއް ހަދައިލައިގެން ފަވާޝަތު ކޮޓަރިން ނުކުތެވެ.

ފަވާޝަތު ކޮޓަރިން ނުކުތްއިރު އަފްލާހް އިނީ ތައްޔާރުވެގެން ނުކުމެއެވެ. އަފްލާހް ތެދުވެ ފަވާޝަތު ގާތަށް ގޮސް ފަވާޝަތުގެ އަތަށް ރުފިޔާ ދިނެވެ. “މި ކީއްކުރަން؟” އަތުގައި ހުރި ރުފިޔަލަށް ބަލައިލަމުން ފަވާޝަތު އެހިއެވެ. “ފިހާރަތަކަށް ގޮއްސަ ފަވާ އަމިއްލައަށް އެއްްޗެހި ގަންނަންވާނީ.” އަފްލާހް ބުނެލިއެވެ. “ހްމްމް އޯކޭ. އަހަންނޭ އެއްޗެހި ގަންނާނީ. އެކަމަކު އަފްލާހުބެ ވާނެ ބައެއް އެއްޗެހި މަށަށް އުފުލައިދޭން. އެހާ ބަރު ކޮތަޅުތައް މަށަކަށް ނުއުފުއްލޭނެ.” އަފްލާހް ހިނިތުންވެލައިފައި ބޯ ޖަހައިލިއެވެ. ދެމީހުންވެސް އާލިޔާ ގާތުގައި ކުޑަވަގުތުކޮޅަކު މަޑުކޮށްލުމަށްފަހު ބާޒާރަށް ދާން ނުކުތެވެ.

މިއަދު ބާޒާރަށް ނުކުތްއިރު ފަވާޝަތު ހުރީ ޒާތަކަށް ފޫހިވެފައެވެ. ކޮންމެ ފިހާރައަކަށް ގޮއްސައިވެސް ކައުންޓަރު ދޮށުގައި ފައިސާ ދައްކަން ހުންނަން ޖެހެނީ ފަވާޝަތަށެވެ. ފަވާޝަތު ނިމެންދެން އަފްލާހް ފިހާރައިގައި ހުންނަ އެކި އެއްޗިއްސަށް ބަލަން ހުންނާނެއެވެ. އެހެންޏާ އެދެމީހުން ބާޒާރަށް ނުކުތިއްޔާ ކައުންޓަރު ދޮށަށް ފައިސާ ދައްކަން ދާނީ އަފްލާހުއެވެ.

ޒާޔާ ކިޔަވާ ކޮލެޖްގައި އޭނާއާއި އެއް ކްލާހެއްގައި އުޅޭ ކުދިންތަކަކާއި އެއްކޮށް ގްރޫޕް ސްޓަޑީ ނިންމައިލައިފައި ކޮލެޖް ދޮރުމަތީ ޒާޔާ މަޑުކޮށްލިއެވެ. ލިއަމް އަންނާނެ އިރަކަށް ޒާޔާއަށް އިންތިޒާރުކުރެވެމުން ދިޔައެވެ. ޒާޔާ އެހެން ހުރިއިރު އަބަދުވެސް މަގުގައި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ބެލެއެވެ. ޒާޔާއަށް ހީވަނީ ހަމަ ދެންމެ ދެންމެވެސް އޭނާއަށް އޭނާގެ ބައްޕަ އެތަނުން ފެނިދާނެހެނެވެ.

ޒާޔާ އެހެން ހުއްޓައި ތަންކޮޅެއް ދުރުން ލިއަމް ސައިކަލުގައި އަންނަ މަންޒަރު ފެނުނެވެ. ލިއަމް ސައިކަލުގައި އައިސް ޒާޔާގެ ކުރިމަތީގައި ހުއްޓުމުން ޒާޔާ އެއްވެސް ވަރަކަށް ލަސްކުރުމެއް ނެތި ސައިކަލުގެ ފަހަތަށް އެރިއެވެ. ޒާޔާ ސައިކަލަށް އެރުމާއިއެކު ލިއަމް އޭނާގެ ގެއަށް ދިއުމަށްޓަކައި ސައިކަލް ދުއްވައިލިއެވެ.

ޒާޔާގެ އެދުމުގެ މަތިން ލިއަމް މިހާރު ޒާޔާ ގެންގުޅެނީ ވަރަށް ފޮރުވައިގެންނެވެ. ކިޔެވުމުގެ ކަމެއްގައި ނޫން ގޮތަކަށް ލިއަމް ޒާޔާ ގޮވައިގެން ބޭރަކަށް ނުދެއެވެ. ލިއަމް ހުންނަނީ ޒާޔާއާއިއެކު ދުއްވައިލަން ނުކުމެ އުފާވެރި ވަގުތުތަކެއް ގެއިން ބޭރުގައި ހޭދަކޮށްލާހިތްވެފައެވެ. އެހެނަސް ޒާޔާގެ ކަންތައް ހުންނަގޮތުން ލިއަމް ހުންނަނީ އެ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތައިލައިގެންނެވެ.

ރޭގަނޑުގެ ވަގުތެވެ. ރަށަށް މޫސުމް ގޯސްވުމާއި ގުޅިގެން ބޯކޮށް ވާރޭވެހި ވަރަށް ބާރަށް ވައިޖެހެމުން ދިޔައެވެ. ކަނޑުގަދަކަމުން ކަނޑުން ނަގާ ބޮޑެތި ރާޅުތަކުގެ އަޑުވެސް ރަށުތެެެއަށް އިވެމުން ދެއެވެ. މިހާބޮޑަށް ވިއްސާރަވުމުގެ ސަބަބުން ވަރަށް މަދުން ނޫނީ އެކަކުވެސް ބޭރަށް ނުކުމެއެއް ނޫޅެއެވެ.

ޖަމީލާ ނިހާ ނިންދަވައިފައި ކޮޓަރިން ނުކުތެވެ. އޭނާ ނުކުތީ ވާރޭ ވެހޭ މަންޒަރު ބަލައިލުމުގެ ނިޔަތުގައެވެ. ސިޓިންގް ރޫމު ސޯފާގައި އިށީނދެ ގޯތިތެރެއަށް ނަޒަރު ހިންގައިލިއެވެ. ގޯތިތެރޭގައި އިންދައިފައި ހުރި ގަސްތައް ވަޔާއި ދެފަރާތަށް ހެެލެމުން ދިޔަލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެން އެ ގަސްތައް ވަޔަށް ބުރައިގެން ހިނގައިދާނެހެންނެވެ. އުނދޯލިވެސް ކޮންމެެވެސްވަރަކަށް ހެލެމުން ދިޔައެވެ.

ޖަމީލާ އެހެން އިނދެފައި ސޯފާގައި ލެނގިލައިފައި ދެލޯ މަރައިލިއެވެ. އެއާއިއެކު ޖަމީލާގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. ސިހިފައި ޖަމީލާއަށް ދެލޯ ހުޅުވައިލެވުނެވެ. ވަށައިގެން ނަޒަރު ހިންގައިލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެއީ ޖަމީލާއަށް ހީވިގޮތެއްކަމަށް ނިންމަމުން ޖަމީލާ އަނެއްކާވެސް ސޯފާގައި ލެނގިލިއެވެ. ނަމަވެސް މިފަހަރު އޭނާ ލޯމަރައިލާކަހަލަ ޚިޔާލެއް ނުކުރިއެވެ.

ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ޖަމީލާގެ ކަންފަތުގައި އެ އަންހެންކުއްޖާގެ ހުނުމުގެ އަޑު ޖެހުނެވެ. މިފަހަރު އޭނާއަށް އެއަޑު އިވުނީ ކުރިއަށްވުރެވެސް ބާރަށެވެ. ޖަމީލާގެ ހިތުގައި ވަގުތުން ބިރުވެރިކަން އުފެދިއްޖެއެވެ. ނަމަވެސް އަދިވެސް އެއީ ބޯކޮށް ވާރޭ ވެހި މިރޭ މީ ތޫފާނީ ރެއަކަށްވުމުގެ ސަބަބުން ހީވާ ހީވުންތަކެއްކަމަށް ހިތަށް ވިސްނައިދެމުން ޖަމީލާ އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.

“އްމްމްމް މްމްމް މްމް..” މިފަހަރު ޖަމީލާގެ ކަންފަތުގައި ޖެހުނީ އަންހެން ކުއްޖެއްގެ މަޑު ނާނާއެއްގެ އަޑެވެ. ޖަމީލާ ބިރުން ހުރެވެސް ސޯފާއިން ތެދުވެ ސިޓިންގް ރޫމުގެ ދޮރުމަތީ ހުއްްޓިލިއެވެ. ވަށައިގެން ގޯތިތެރެއަށް ނަޒަރެއް ދިނުމުންވެސް ޖަމީލާއަށް އެތަނުން އެކަކުވެސް ނުފެނުނެވެ. ފަސްއެނބުރި ދާން ހިނގައިގަތްތަނާ އަނެއްްކާވެސް ޖަމީލާއަށް އެ މަޑު ނާނާގެ އަޑު އިވުނެވެ. މިފަހަރު ޖަމީލާ ފަހަތް ބަލައިލުމާއިއެކީ އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެެވެ.

އުނދޯލީގައި ނިހާ އުރައިލައިގެން އެކުއްޖާ ނިންދަވަން އެއިނީ ޒާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ނިހާ އަތުތެރޭ ބާއްވައިގެން ޒާޔާ ނާނާކިޔަމުން ގެންދިޔައެވެ. ހަމަ އެވަގުތު ޖަމީލާއަށް އިވެން ފެށީ ނިހާ ރޯ އަޑެވެ. ނަމަވެސް ޒާޔާގެ އަތުތެރޭ ނިހާ އެއޮތީ ރީތިކޮށް ނިދައިލައިފައެވެ. ނިހާގެ މޫނުމަތިން އެކުއްޖާ ރޯކަމުގެ އެއްވެސް ހެއްކެއް ނުފެނެއެވެ. ވީއިރު ނިހާ ރޯ އަޑު އިވެންވީ ކިހިނެތްވެގެން ހެއްޔެވެ؟

ބިރުވެރިކަމުން ފުރިފައިވި ހިތަކާއިއެކު ޖަމީލާ ދެލޯ ބޮޑުކޮށްލައިގެން އުނދޯއްޔާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓައި ކުއްލިއަކަށް ޒާޔާ ޖަމީލާއާއި ދިމާލަށް ބަލައިލިއެވެ. އެއާއިއެކު ޖަމީލާ ދިޔައީ ސިހިގެންނެވެ. އެ ބަލައިލުމުގައި ހުރި ނުރައްކާތެރިކަން އެ ދެލޯ ހަނިކޮށްލިގޮތުންވެސް ޖަމީލާއަށް ފާހަގަވިއެވެ. ނުބައި ވައްތަރަކަށް ހިނިތުންވެލައިގެން އިނދެ ޒާޔާ އުނދޯލިން ކޮޅަށް ތެދުވިއެވެ. އަދި މަޑު ހިނގުމެއްގައި ޖަމީލާއާއި ދިމާލަށް އަންނަން ފެށިއެވެ.

ޖަމީލާއަށް އެއް ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އެއާއިއެކު ޒާޔާ އޭނާގެ ހިނގުން ހުއްޓައިލިއެވެ. ޖަމީލާ ބަލަހައްޓައިގެން ހުއްޓައި ޒާޔާ ނިހާގެ އަތުކުރީގައި ހިފައި އެކުއްޖާ މައްޗަށް އުފުއްލައިލިއެވެ. އަދި ލުއި ފަތެއް އެއްލައިލާހާ ފަސޭހައިން އެ ކުއްޖާ ދުރަށް އެއްލައިލިއެވެ. އެ މަންޒަރު ފެނިފައި ޖަމީލާއަށް ވީ ގޮތްވެސް ނޭނގުނެވެ. މަގޭ ދަރިއޭ ކިިޔައި ޖަމީލާއަށް ބާރަކަށް ރޮއެގަނެވުނެވެ. އަނެއްކާވެސް ޒާޔާ އެ ނުލަފާ ހިނިތުންވުމުގައި ހުރެ ޖަމީލާ އާއި ދިމާލަށް އަންނަން ފެށިއެވެ. އެވަގުތު ޖަމީލާ ބާރަކަށް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރި ދޮރު ތަޅުލައިފައި އައިސް ޖަމީލާ އެނދުގައި އިށީންގޮތަށް މޫނުގައި އަތް އަޅައިފައި ރޯން ފެށިއެވެ. ވަގުތުކޮޅަކު އެހެން ރޯން އިނދެފައި ޖަމީލާ ތެދުވެ ފާޚާނާއަށް ވަންނަން ދާން އުޅުނެވެ. ހަމަ އެވަގުތު ކޮށި ތެރޭ ރީތިކޮށް ނިދައިލައިފައި އޮތް ނިހާ ޖަމީލާއަށް ފެނުނެވެ. ޖަމީލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެންމެ ޒާޔާ އޭނާގެ ދަރިފުޅު އެއްލައިލި މަންޒަރުވަނީ އޭނާގެ ހަމަލޮލުން ދެކެފައެވެ. ނަމަވެސް އޭނާގެ ދަރިފުޅު އެއޮތީ އަރާމު ނިންޖަކުން ނިދައިލައިފައެވެ. އަނެއްކާވެސް ޖަމީލާގެ ހިތް ބިރުގަންނަން ފެށިއެވެ.

ޖަމީލާގެ ލޮލު ކުރިމަތިން މި ފެނުނީ ރޫޙާނީ ކަންތައްގަނޑެއްބާވައެވެ؟ ޔަޤީންވާކަމަކީ ޒާޔާ އެދުވަހު މާލެ ދިޔަގޮތަށް އަދިވެސް ރަށަށް ނާންނަކަމެވެ. ޖަމީލާގެ ހިތް ޒާޔާއަށްޓަކައި ކިތަންމެ ނުބައި ވިޔަސް ޒާޔާއަކީ އެކަހަލަ ގޯސް ކަމެއް ކުރާނެ މީހެއްނޫންކަން ޖަމީލާއަށް ޤަބޫލުކުރެވެއެވެ. ޒާޔާ ރަށުގައި ނެތްއިރު ދެން މިރޭ ޖަމީލާއަށް މި ފެނުނީ ކޮން ޒާޔާއެއް ހެއްޔެވެ؟ ޖަމީލާއަށް އެ ފެނުނު ޒާޔާގެ އަތުގައި އެއޮތީ ކޮން ނިހާއެއްހެއްޔެވެ؟ ކޮންމެއަކަސް މި ތޫފާނީ ރޭގައި ޖަމީލާއަށް މިވަނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ފެނިފައެވެ. ޖަމީލާ ބިރުގަނެފައިވި ވަރުން ޖަމީލާ ނިހާ ކޮށިން ނަގައިގެން އޭނާ ގާތުގައި ބާއްވައިގެން ޖަމީލާ އެނދުގައި އޮށޯތެެވެ.

މިރޭ ދެން އިތުރު ގޯނާއެއް ކުރާހިތެއް ނެތުމުން މަލައިކާ ޒާޔާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ޖަމީލާގެ ނުބައި ރޭވުންތައް އޭނާ ދޫކޮށްލައިތޯ ބަލަން މިހާރު މަލައިކާ ކުރާކަމަކީ ޖަމީލާ ބިރުގެންނެވުމެވެ. މަލައިކާ އެންމެ ބޭނުންވާ ގޮތަކީ އޭނާގެ އަސްލު ސޫރައިގައި ހުރެ ޖަމީލާ ބިރުގެންނެވުމެވެ. ނަމަވެސް އަދި އެގޮތަށް އެކަން ކޮށްފިއްޔާ މަލައިކާ އެކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުފެނިދާނެތީ އެހެން މީސްމީހުންގެ ސިފަޖެހިގެން ޖަމީލާ ބިރުގަންނުވަނީއެވެ.

ވެހޭ ވާރޭ ކުރިއަށްވުރެވެސް ބޯވެ ވައި އިތުރަށް ބާރުވެއްޖެއެވެ. އެކިފަހަރުމަތިން މިހާރު ވަރަށް ބާރަށް ގުގުރައިފިއެވެ. ވެހެމުން ދިޔަ ބޯ ވާރެއިން މަލައިކާ ތެންމަމުން ދިޔައިރު ޖެހޭ ވަޔަށް މަލައިކާގެ ހެދުމާއި އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ޒާޔާގެ ކޮޓަރީ ހުރެހުރެފައި މަލައިކާ އަނެއްކާވެސް ގޯތިތެރެއަށް އެ ނުކުތީ ވާރެއާއި ސަމާސާކުރާހިތްވާވަރުންނެވެ.

ގޯތިތެރޭ ހެދިފައި ހުރި ގަސްތަކުގެ ތެރޭ މަލައިކާ އެހެން ހުންނައިރު ހީވަނީ ދުނިޔެމައްޗަށް ދޫކޮށްލައިފައިވާ ހޫރެއްހެންނެވެ. މަލައިކާގެ ދޮން މޫނާއި އަތުގައި ވާރޭގެ ތިކިތައް ބޮސްދެމުން ދާ މަންޒަރަކީ އިންސާނަކަށް ބަލަން ކެތްވާނެވަރުގެ މަންޒަރަކަށް ނުވާނެކަން ގައިމެވެ. މިރޭ މަލައިކާގެ ރީތިކަން ދެގުނަވެފައިވާ ކަހަލައެވެ. އިންސާނަކަށް މަލައިކާ އެހެން ހުއްޓައި ފެނިއްޖެއްޔާ އެ މީހަކު މޮޔަވުން އެއީ ދުރުގައިވާ ކަމެއްނޫނެވެ.

ފަތިހު ފަތިސްނަމާދުގެ ބަންގީގެ އަޑަށް ނިދައިފައި އޮތް ނިހާނަށް ހޭލެވިއްޖެއެވެ. މިއަދު އެހާ އަވަހަކަށް ބަންގި ގޮވުމާއިއެކުވެސް ނިހާނަށް މި ތެދުވެވުނީ ޒާޔާ ހޯދަން ކެތްމަދުވެފައިވި ވަރުން ކަންނޭނގެއެވެ. އެހެންނޫނީ ނިހާނަށް އާންމުކޮށް ހޭލެވޭނީ ފަތިހު ފަހެއްޖަހާ ބޮޑުވީމައެވެ.

ފަތިހުގެ މި ހަމަހިމޭން ވަގުތުގައިވެސް ޒާޔާ ކުރިއެކޭ ޚިލާފަށް އިނީ ބޭރަށް ނުނިކުމެ ގޭތެރޭގައެވެ. ކުޑަމިނުން ބެލްކަންޏަށް ނުކުމެލާކަށްވެސް ޒާޔާގެ ހިތް އެއްބަހެއް ނުވެއެވެ. ޒާޔާ މިހާރު އޭގެން އެއްވެސް މީހެއް ބޭނުމެއްނޫނެވެ. ނިހާން ގާތުގައި އުޅޭކަށް މިހާރު ޒާޔާ އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. ބައްޕަމެން ގާތުގައި ދިރިއުޅުމަށްވުރެ މިތާ ލިއަމް ގާތުގައި ދިރިއުޅުމުން ޒާޔާގެ ހިތަށް ހަމަޖެހުން ލިބެއެވެ. ނަމަވެސް ނިހާންއަކީ ޒާޔާގެ ބައްޕަކަން ޒާޔާގެ ހިތް ވިސްނައިދޭ ކޮންމެފަހަރަކު ޒާޔާ ދެރަވެއެވެ. ބައްޕަ އެފަދަ ގޮތަކަށް ކަންތައް ކުރިޔަސް ބައްޕައާއި ދޭތެރޭ އެހާ ގޯސްކޮށް ވިސްނާކަށް ނުވާނެކަމަށް ޒާޔާގެ އަމިއްލަ ނަފްސު ޒާޔާއަށް ވިސްނައިދެމުން ދިޔައެވެ. ފަހަރެއްގައި ނިހާން ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޙާލާތާއި އެއްގޮތަށް ކަންކަންވެސް ބަދަލުވޭނެޔޭ ބުނާ އަޑު އަބަދުވެސް ޒާޔާ އަހައެވެ. ހަމަ އެގޮތަށް އޭނާގެ ބައްޕައަށްވެސް ވިސްނި ބައްޕަގެ ވިސްނުންވެސް މިހާރު ބަދަލުވެދާނެކަމަށް ޒާޔާގެ ހިތް ބުނަމުން ދިޔައެވެ. މިހާރު އެ ކަމެއް ދިމާވި ފަހުން ދެއަހަރުވީ ވިއްޔާއެވެ. ނަމަވެސް އަދިވެސް ޒާޔާގެ ކިބައިގައި ނިހާންގެ ކުރިމައްޗަށް އަރާނެހައި ހިތްވަރު ހުންނާނެހެނެއް ހިއެއް ނުވެއެވެ. ނިހާން ފެނުނަސް ޒާޔާއަށް އޭނާގެ ހިތްދަތި މާޒީ މަތިން ހަނދާންވަނީއެވެ. ނިހާން އަމުރުކުރުމުން ޒާޔާ ގެއިން ނެރުނު ދުވަސް އިއްޔެވީކަމެއް ފަދައިން ޒާޔާގެ ހަނދާނަށް އަންނަން ފަށައެވެ. ޒާޔާ ނިހާންމެންގެ ކުރިމައްޗަށް އަރަން ޖެހިލުންވާ ސަބަބަކީ މިއީއެވެ. އެހެންނޫނީ އެދުވަހު ރެސްޓޯރެންޓުން ނިހާން ފެނުމުން ޒާޔާ އެގޮތަށް އޭނާގެ މޫނު ފޮރުވައި ނިހާނަށް ފިލަން މަސައްކަތެއް ނުކުރާނެއެވެ.

ފުން ވިސްނުމެއްގައި ޒާޔާ އިންދައި ލިއަމް ކޮޓަރިން ނުކުމެއްޖެއެވެ. “ރޭގަ ގަމީސް އިސްތިރި ކުރިންތަ؟” ލިއަމްގެ ގަމީސް އިސްތިރިނުކުރެވޭކަން ޒާޔާއަށް ހަނދާންވީ ލިއަމް އެ ސުވާލު ކޮށްލުމުންނެވެ. ޒާޔާ ނޫނެކޭ ބުނެ އަވަހަށް ގޮސް ލިއަމްގެ ގަމީސް ނަގައިގެން އައިސް އެ އިސްތިރިކުރަން ފެށިއެވެ.

ދެމީހުންނަށް ވާވަރަށް ކޮފީ ހަދައިފައި ލިއަމް ތަބަކަކަށް އެ ދެ ކޮފީތަށި ލައިގެން ސިޓިންގް ރޫމަށްވަނެވެ. ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ތަބައް ބައިންދައިފައި ލިއަމް ސޯފާގައި އިށީނެވެ. އެވަގުތު ލިއަމްގެ ކަޅި ހުއްޓުނީ ދުރުގައި އޭނާގެ ގަމީސް އިސްތިރިކުރަން ހުރި ޒާޔާއަށެވެ. ޒާޔާ އެގޮތަށް އޭނާގެ ކަންތައް ކޮށްދޭން އެއްކޮށް މިގެއަށް އަންނާނެނަމައޭ ލިއަމްގެ ހިތަށް އެރިއެވެ. ހިތަށް ވެރިވި އެއްޗެއް ރޭކައިލުމުން ލިއަމް ސިހިފައި އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ބޮލުގައި ކުޑަކޮށް ޖަހައިލެވުނީ ލިއަމްއަށް މިހާރަކަށް އައިސް ކުރެވޭ ޚިޔާލުތަކެއްގެ ސަބަބުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނުފިލާނޭ މިހިތަކުން… 32

Next

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..3

Next
September 20, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..3

Previews
September 20, 2020

ނުފިލާނޭ މިހިތަކުން… 32

18 Comments!

  1. R¥N says:
    September 20, 2020 at 9:37 pm

    Ryn 1 thrrr ?…so sweet mi part ves ??????????????????????ure vvvvv talented ??????????maasha Allah ????????????????????????????????varah reethi ????????????????????????curiously waiting dhonthy ??????????????????????????LYSM ???????????TC ????????????

    1. Dhonthy says:
      September 22, 2020 at 11:09 am

      RYN 🙂 🙂 🙂 Thank you so much dear. vvv ufaawejje 😀 😀 😀 😀 😀 And yes! keep waiting for the next episode dear. Love you too and take good care <3 <3 <3 <3 <3

  2. Ram says:
    September 21, 2020 at 4:16 am

    Maasha allah vvvvv reethi mibai ves next part plese?????????????????????????

    1. Dhonthy says:
      September 22, 2020 at 11:10 am

      Ram 🙂 🙂 🙂 Thank you so much dear. Next part liyevunuhaa avahakau upload kolladheynan inge 😀 😀 <3 <3 <3 <3

  3. maasha says:
    September 21, 2020 at 5:32 am

    Ooh wow varah reeth dhonthy waitng for next part???

    1. Dhonthy says:
      September 22, 2020 at 11:11 am

      maasha 🙂 🙂 🙂 Thank you so much dear 😀 😀 And yes! Keep waiting for the next episode 🙂 <3 <3 <3

  4. Yooha says:
    September 21, 2020 at 5:47 am

    Wow varah reeethe maasha allah curiously waiting for nxt ep.ಠ ͜ʖ ಠ♥️?

    1. Dhonthy says:
      September 22, 2020 at 11:12 am

      Yooha 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiously for the next episode 😛 😛 😀 😀 😀 <3 <3 <3

  5. ❤️shyn❤️ says:
    September 21, 2020 at 8:22 am

    V. Reethi mi part vx…? Curiously waiting for the nxt part ???
    LYSM

    1. Dhonthy says:
      September 22, 2020 at 11:13 am

      shyn 🙂 🙂 🙂 Thank you so much dear 😀 And yes! Keep waiting curiously for the next episode 😛 😀 😀 😀 <3 <3 <3 <3

  6. Maash says:
    September 21, 2020 at 10:54 am

    Hama comment eh nukohlaa needhevuny mihaa reethi vaahaka akah? Maasha Allah mi part varah reethi??? your very telented dhonthy ? next part avahah up kohdhehchy?Lyssm donthy TC????

    1. Dhonthy says:
      September 22, 2020 at 11:14 am

      Maash 🙂 🙂 🙂 Thank you so much dear 😀 😀 😀 Yes! Next part avahau upload kolleveythw balaanan inge. Love you too and Take Care <3 <3 <3 <3

  7. ⛦Xoya⛤ says:
    September 21, 2020 at 12:29 pm

    Superb dhonthy. Mi part ves varah furihama. Masha Allah. Curiously waiting for the next part. Lysssssssssm dhonthy. ??????????????????????????????????????you are an awesome writer. This is the best story. Hama varah habeys. ?????????????????????????????????????????????????

    1. Dhonthy says:
      September 22, 2020 at 11:15 am

      Xoya 🙂 🙂 🙂 Thank you so much dear. 😀 😀 😀 😀 vv ufaawejje 😀 😀 And yes! Keep waiting for the next episode <3 <3 <3 <3 😛 Once again thank you so much dear for your support and love 😀 😀 😀 <3 <3 <3 <3 <3 <3

  8. Aisha says:
    September 21, 2020 at 11:44 pm

    Can you write a story about a girl named alaa and a boy named meekail both 13 years. Loabeege vaahakaeh, aharen ge hayaathuge vaahaka akey Buneveynee, mi bai Genesdheeba vaahaka liyaairu, (grade 4 GA rahtehivun grade 6 last yearge November GA break up Vee break up vaanee reehaan kiyaa kuhjeh dhogu vaahakathakeh kiyaagen. Then you beynun bai ithuru Koh laagen plx aadheyheh,. Vaahaka nimey iru alun rahtehi Vaagothah nimaaladheythi vrh vrh body Aadheyheh mee .

    1. Dhonthy says:
      September 22, 2020 at 11:19 am

      Aisha 🙂 🙂 🙂 Thank you dear but i have to say sorry for this. Alhugan’du loabeege vaahakaeiy nuliyan and mi vaahaka liyaairu thibai gennan v undhaguwaane eiy already story ge plot ready vefa otheema dhn alhuga’dau v undhaguwaane loabeege vaahaka eiy liyan 🙂 🙂 🙂 🙂 Hope you’ll understand dear.
      Umm loabeege vaahaka liyaa author eiy gaathu thi vaahaka buneliyyaa okay waane kanneynge dhw Aisha 🙂 🙂 🙂 🙂 🙂 <3 <3 <3

  9. Sadha says:
    September 22, 2020 at 11:37 pm

    Whoaaaaa…. dhonthy … vrh improve vehje mihaaru writing ma sha allah… vrh vrh vrh vrh vrh vrh vrh vrh vrh vrh vrh salhi mi part vx …. cant wait for next… sorry lahun kiyaalevuniima?
    ❤❤Love you

    1. Dhonthy says:
      September 23, 2020 at 12:58 am

      Sadha 🙂 🙂 🙂 Thank you soo much dear. vvv ufaawejje 😀 :D:D Keep waiting for the next episode. And it’s okay inge lahun comment kollevuniyas. It’s not a must to comment 🙂 🙂 🙂 Love you too <3 <3 <3

Comments are closed.

Next Episodeޒާޔާ (ބައްތިރީސްވަނަ ބައި)←


All Right Reserved!