ފަތިސްނަމާދަށް ބަންގި ދިނީ އަހަރެން ހޭލާ މި ކުޑަކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ހުއްޓައެވެ. އިށީދެގެން ހުރި ގޮނޑިއަށް ދެފައި ނަގައިގެން މޭމައްޗާ ކައިރިކޮށްގެން ކަކޫމަތީ ފޮތް ބާއްވައިގެން އެފޮތުގެ މަތީ ބޯއަޅައިގެން އަހަރެންނަށް ރޯން އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފޮތް ކިތަންމެ ބާ ނަމަވެސް އެ ފޮތުގެ ބޭރުގަނޑު އެ ފޮތުގެ ވެރިޔާ ހަދައި ފައިވަނީ ނުލާހިކު ރީތިކޮށް އެހާމެ މޮޅުކޮށެވެ. އެހެން ނޫންނަމަ މިހާރު އެފޮތް ގިރިގެން ހިނގައިދާނެކަން ޔަޤީނެވެ. އިވެމުން ދިޔަ […]
ހަތަރުވަނަބައި “މިހާރު އެއީ ކޮން ދުވަހެއް.. ދެއަހަރު ކުރިންވީ ކަންތައް އަދިވެސް ފިރާ ހަނދާން ހުރިޔަސް އަހަރެން ހަނދާނެއް ނުވޭ..” ވިޝާލް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. *** “އެދުވަސް އަނބުރާ ގެނެވޭނެ ނަމަ މިހާރު އަހަރެންވާނީ ވިޝާލްގެ އަންހެނުންނަށް.. އެޒިލާ ގަނޑެއް ނޫން..” ފިރާ ވާހަކަ ދެއްކީ ޒިލާ ދަށްކޮށްލައިގެންނެވެ. “ފިރާ އަކަށްވެސް މިހާރު އަހަރެންގެ ވާން އުޅޭ އަންހެނުން ނަކާއި ނުބެހެވޭނެ.. އިރެއްގައި އަހަރެން ފިރާ ދެކެ ލޯބިވިއަސް މިހާރު ނުވޭ.. އެހެން ނޫނަސް […]
‘ހަލޯ..؟’ ނިދި ބަރުވެފައިވައި އަޑަކުން ނިޒްކާ އޭނާގެ ފޯނަށް ޖަވާބު ދިނެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލާ ކޮޓަރީގެ ފާރުގައި ހަރުކޮށްފައި އިން ރަތް ކުލައިގެ ގަޑިއަށް ބަލާލެވުނެވެ. ‘އޯހް ގޯޑް ޒައި.. ކީވެތަ ކުރިން ނުގޮވީ..؟’ އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ޒައިނީއާއި ނިޒްކާ ވާހަކަ ދައްކަމުން ދިޔައެވެ. ‘އޯކޭ.. މި ރެޑީވަނީ.. ޔޫނުސް ކައިރި ބުނޭ އަހަރެން ބަލާއަންނާށޭ..’ ފޯނު ބޭއްވުމާއި އެކު ނިޒްކާ އޭނާގެ އެނދުން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ، ފާހަނައަށް ވަދުނެވެ. ދިހަ ވަަރަކަށް މިނެޓު ފަހުން ތުވާލި އަނދެގެން ނިޒްކާ ފާހަނައިން ނުކުތެވެ. ހަމަ އެއާއެކު އަނެއްކާވެސް އޭނާގެ ފޯނު ރިންގް ވާން ފެށިއެވެ. ފޯނު ނެގުމަށް އަވަސްވެގަތުމުގެ ތެރޭގައި ބިންމައްޗަށް އެޅިފައި ހުރި ފެން ކޮޅަކަށް އެރި ކައްސާލައިގެން އޭނާ ވެއްޓުނެވެ. ބިންމަތީގައި އޭނާ ޖެހުމާއިއެކު މަޑު އާހެއް އޭނާގެ އަނގައިން ނުކުތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަވަސްގޮތަކަށް ކޮޅަށް ތެދުވެ ފޯނާ ދިމާލަށް ހިނގައިގަތެވެ. ގުޅަނީ ކާކުތޯ ބަލާވެސް ނުލާ އޭނާ ފޯނު ނަގައިފިއެވެ. ‘ޒައި ޔޫނުސް އައީ ދޯ.. ބުނޭ ފައިވް މިނެޓްސް މަޑުކޮށްލާށޭ.. ހަލޯ.. ހަލޯ؟..’ ނިޒްކާއަށް ދެތިންފަހަރަކު ގޮވާލުމާއިއެކު އެކޮޅުން ވަރަށް ބާރަށް ހޭ އަޑު އިވުނެވެ. ‘އަޅެ ނަވްރީން ދޯ މިގުޅަނީ.. ދެން..ޔާ އެބަ ރެޑީވަން.. ނޫން ނޫން އަހަރެން ކައްސާނުލަން ކިހިނެތް ވީ..؟’ ނަވްރީން އޭނާއަށް ސުވާލުކުރަމުން ދިޔަ ވަގުތު ނިޒްކާ އެޔަށް އެކި އެކި ޖަވާބު ދެމުން ދިޔައެވެ. ‘ބޭކާރު ވާހަކަ ނުދައްކާ.. މަށަށް އެނގެޔޭ ނިޒް ވެއްޓިގެންކަން ތިއުޅެނީ… ތަދުވިތަ..؟ ޝޫޓިންގއަށް އާދެވޭވަރުވާނެތަ؟’ ކަންބޮޑުވެފައި ނަވްރީން ސުވާލު ކުރަން ފެށުމުން ނިޒްކާ އޭނަޔަށް ދެންމެ ވީގޮތް ކިޔައި ދިނެވެ. ‘އޭ.. ނިޒް މިއުޅެނީ ރެޑީވެ.. ފަހުން ގުޅާނަން އިނގޭ..؟’ ފޯނު ކެނޑުމާއިއެކު އަނެއްކާވެސް އޭނާ ތައްޔާރު ވުމަށް އަވަސް ވެގަތެވެ ‘ޔޫނުސް.. ކޮންތަނަކު އޭ؟.. ހްމްމްމް.. މި ނިކުންނަނީ..’ ފޯނު ޖީބަށް ލުމަށްފަހު، ނިޒްކާ އޭނާގެ ރަތް ކުލައިގެ އެޑިޑަސް ބޫޓަށް އަރާ މޭޒު މަތީގަ އިން ގޫޗީ ދަބަސް އަތަށް ހެޔޮވަރު ކޮށްލަމުން އޭނާ ކޮޓަރިން ނުކުތެވެ. އެ ކުޑަ ވަގުތު ކޮޅުވެސް އޭނައަށް ގިނަބައެއްގެ ނަޒަރު ވަނީހުއްޓިފައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކަޅު ކުލައިގެ ސްކިނީއަކާއި އެއްކޮށް ލައިފަ ހުރި ކަޅާއި ރަތް ކުލައިގެ ގޮޅިޖެހި ގަމީހުގެ ގޮށްތަށް ދޫކޮށްލާފައި ވާއިރު، އެތެރެއިން ލައިފަ އިން ކަޅު ކުލައިގެ ބޮޑީޝޫޓުގައި ނިޒްކާ ފެންނަނީ ނުހަނު ޗާލު ކޮށްނެވެ. އެވަގުތު ބޭރުން އަޑުއިވެމުންދިޔަ ކާރެއްގެ ބަރުގޮނޑުގެ އަޑަށް ނިޒްކާގެ ސަމާޅުކަން ވަނީ ހުއްޓިފައެވެ. އަޅައުފައިވާ ކަޅު ކުލައިގެ ޝޯލް ރީތި ކޮއްލަމުން ނިޒްކާ އޭނާގެ ހޮޓެލުން ނުކުތެވެ. ‘ކޮބާ، ނައްޓާލަންވީ ދޯ؟’ ހޮޓެލް ދޮރުމަތީގައި މަޑު ކޮށްގެން އޮތް ކަޅު ކުލައިގެ މަރސީޑްސް ކާރުގެ ފަހަތު ސީޓަށް ނިޒްކާ އަރާ ހަމަޖެހިލުމާއި އެކުހެން ކާރުގެ ދުއްވާ ބައިގައި އިން ޔޫނުސް ލާނެތް ގޮތަކަށް ބުނެލިއެވެ. ‘ދެން ނައްޓާލައިގެން ދޯ ޝޫޓިންގް އަށް ދެވޭނީ.. ހަމަ ޖެއްސުން ކުރާންވެގެން އުޅޭނީ މީނަ..’ ނިޒްކާ ތުން އަނބުރާލަމުން އޭނާގެ ކަންފަތަށް ހެޑްސެޓް ލައްވާލަމުން ލަވަ އެއް ޖަހާލިއެވެ. ހަމަ އެވަގުތު ޔޫނުސް ކާރު ދުއްވާލިއެވެ. މަގުމަތިން ދިޔަ ހާ ކާރަކާއި ސައިކަލެއް އެ މަރސީޑްސް އަށް ތަންދެއްކުމަށްޓަކައި އަވަސް ވެގަތެވެ. އެއްބައިމީހުން އެކާރުގެ ތެރޭގައި އިނީ ކާކުތޯ ބަލަން މަސައްކަތް ކުރަމުން ދިޔަ އިރު އަނެއްބައި މީހުން އެ ކާރު ފަހަތުން ދުވަމުން ދިޔައީ ފޮޓޯ އެއްނެގުމުގެ ބޭނުމުގަ އެވެ. ‘އެއީ އެއްކަލަ ދުވަހު ރާއްޖެ އައި ބަންގްޓަން ގަރލްސްއެއް ނޫންތަ؟’ މަގުމަތީ ހިނގަމުން ދިޔަ ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ބުނެލިއެވެެ.’ހްމްްމްމް.. އެކަމު އޭގައި އިނީ އެންމެ މީހެކޯ..’ އަނެއް އަންހެން ކުއްޖާ މަގުމައްޗާއި ދިމާލަށް ބަލާލަމުން ބުންޏެވެ. ކާރު ދުއްވަމުން ދިޔަ އިރު ނިޒްކާ އިނީ ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ގެއްލިފައެވެ. ހުޅުމާލޭގެ މަގުތަކުގައި ދުއްވާތަކެތި މަދު ކަމުން އޭނާ ހުރީ ހައިރާންވެފައެވެ. މާލެވެސް މިހާ ހިތްފަސޭހަ ނަމަ ކިހާރަނގަޅު ހެއްޔެވެ. މަގުމަތީގެ ދެފަރާތުގައިގަސް އިންދާފައި ހުރުމުންނާއި ބައެއް ގަސްތަށް އެވަރަކަށް ކޮށާފައި ވުމުން ފެންނަ އިރު ނުލާހިކު ހިތްގައިމެވެ. ގުދުރަތުގެ ރީތިކަމަށް ލޯބިކުރާ ނިޒްކާ އެ މަންޒަރުތަކުގެ ފޮޓޯ ނަގާ ފޯނަށް ރައްކާކޮއްލިއެވެ. އިންސްޓަގްރާމް އަށް ފަހުން ލާންކަމަށް ނިންމައިގެންނެވެ. އޭނާއާއެކު އުޅޭ އެހެން އަންހެން ކުދިންނާއި ޚިލާފަށް ނިޒްކާ އަކީ ފޮޓޯއެއް ނަގައިފިއްޔާ އެ ފޮޓޯއެއް ފޭސްބުކަށް ނުވަތަ އިންސްޓަގްރާމް އަށް ނުލެވިގެން އުޅޭ ކުއްޖެއް ނޫނެވެ. އުމުރުން އަދި 19 އަހަރު ވި އިރު އޭނާއަކީ އޭނާގެ މައިންބަފައިންގެ ބަސްއަހާ ސްކޫލު ދައުރުގައި އެމީހުން ފަޚުރުވެރިވާ ފަދަ ނަތީޖާތަކެއް ހޯދަފައިވާ ދަރިއެކެވެ. އުމުރުން 14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން ފަހުން އޭނާއަށް ވަނީ ގިނަ ފާޑު ކިޔުންތަށް ލިބިފައިއެވެ. އެހާ ޅައުމުރަކު އެފަދަ ބޮޑު ބޭންޑެއްގައި އުޅޭ ނަމަ ކިޔެވުމަށް ބުރޫއަރާނެކަމަށް އެއްބައި މީހުން ބުނަމުން ދިޔައިރު އަނެއްބައި މީހުން އޭނާއާއި ގުޅުން ކަނޑާލާނެ ކަމަށް އިންޒާރު ދެމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ނިޒްކާ ކުރިއަށް ދިޔައެވެ. ‘ކޮބާ.. މި އާދެވުނީ…’ ކާރުގެ ދުވެލި ސުމަކަށް ހުއްޓާލުމަށްފަހު ޔޫނުސް ފަހަތަށް އެނބުރި ނިޒްކާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. *ނުނިމޭ* *ޖައުޝާންގެ ނަން ވަނީ ‘ޒައުޝާން’ މި ނަމަށް ބަދަލު ކޮށްފައެވެ.. މިކަން ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަމެވެ*
“ހެލޯ ލިއަމް. ވަރަށް އަވަހަށް އެކްސް.ބީ އޮފީހަށް އައިސްލަދީބަލަ.” އެކްސް.ބީ އޮފީހުގެ މުވައްޒަފެއް ލިއަމްއަށް ގުޅައިލަމުން ބުންޏެވެ. ލިއަމް މި ދަނީކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އަދި އޭނާގެ މިޞްރާބު މާލޭގެ މަޝްހޫރު ވިޔަފާރިވެރިއާކަމަށްވާ އަޙްމަދު ހިންގާ އެކްސް.ބީ އޮފީހާއި ދިމާލަށް ބަދަލުކޮށްލިއެވެ. “ކީއްކުރަން މިތަނަށް އަންނަން ބުނީ؟” އޮފީހަށް ގޮސް އޮފީސް ދޮރުމަތީ ދެންމެ ލިއަމްއަށް ގުޅި ކުއްޖާ ހުރުމުން ލިއަމް އެކުއްޖާ ގާތުގައި އަހައިލިއެވެ. “މީހަކު ލިއަމް އާ ބައްދަލުކޮށްލަން ބޭނުންވާތީ. އެހެންވެ.. ހިނގާ.” […]
ޒާޔާ ޓީވީ ބަލަން އިންދައި ގޭގެ ބެލް އަޅުވައިލި އަޑު އިވުނެވެ. “މިގަޑީ ކާކުތަ؟” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެ ސުވާލުކޮށްލުމަށްފަހު ޒާޔާ ސޯފާއިން ތެދުވިއެވެ. މިގެއަކީ އެހެން މީހަކުވެސް ވަންނަ ގެއަކަށް ނުވުމާއި އަދި މިއީ ލިއަމް ގެއަށް އަންނާނެ ވަގުތަކަށް ނުވީމަޔާއިއެކީ ޒާޔާގެ ހިތުގައި ސުވާލު އުފެދުނީ މިގަޑީ އެގެއަށް އަންނާނީ ކާކުކަމާއި މެދުގައެވެ. ދެވަނަ ފަހަރަށްވެސް އެ މީހަކު ބެލް އަޅުވައިލުމާއިއެކު ޒާޔާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ކުރިމަތީ ހުރި މީހާ […]
ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުން މިއްލީއާއި މިޒްޔަލް ސިއްސައިގެން ގޮސް ދޮރާއި ދިމާލަށް ބަލައިލިއެވެ. “ޔާލް.. މިތާ ކީއްކުރަނީ..” ދޮރުމަތީގައި ހެވިފައި ތިބީ ލާމިއުއާއި ޒަޔާއެވެ. “ޒާއްކޮ، މިތާ ކީއްކުރަނީ ތި..” މިޒްޔަލްވެސް އަހާލީ ހަމަ އެސުވާލެވެ. އޭނައައީ ގޭ އެންމެންނަށް ފިލައިގެން ކަމުން އެކަކަށް ވެސް އޭނާ މިގެއަށް އައިކަމެއް ނޭނގޭނެއެވެ. “މަންމަ ބުނެގެން ކާން ގޮވަންވެގެން ދިޔައިން… ކޮޓަރިއަކު ނެތް…. މުޅި ގެއެއްކޮން ހޯދިން، ގެއަކު ނެތް… އެހެންވެ ހިތައް އެރީ މިގޭގަ ވެދާނެޔޭ… […]
ޔުއާން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަނާގެ ކައިވެނީގެ ކަންތައް ހަމަޖެހެން އުޅޭކަން ޔުއާންއަށް އެނގުނު ހިސާބުން މުޅި މީހާގެ މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. އޭނާ ކުރި އެއްވެސް އާދޭހެއްގެ އަޑެއް ހަނާނޭހިއެވެ. ހަނާގެ ހިޔާލުތަކުގައި ބަނދެވިފައި ހުރެ ސާރާވެސް ދޫކޮށްލައިފިއެވެ. އަނެއްކޮޅުން ޗުއްޓީ ހަމަވެއްޖެ ތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ވަޒިފާއަށް ނުނިކުންނާތީ ވަޒީފާއިން ކަނޑާލާނެ ކަމުގެ މެސެޖުވެސް ލިބިއްޖެއެވެ. ނަމަވެސް އެތަނަށް ދާނެ ހިތްވަރެއްވެސް ޔުއާންގެ ކިބަޔަކު ނެތެވެ. އޭނާއަށްޓަކައި ހަނާ […]
ތިންވަނަބައި ހުސް ޖަވާބު ނުލިބޭ ސުވާލުތަކުން ލައުރާގެ ސިކުނޑި ގޮއްވަމުން ދިޔައެވެ. އެސުވާލު ތަކުގެ ޖަވާބު އިންޓަނެޓުން ވެސް ލިބުމަކީ ނުވާނެ ކަމެކެވެ. ދެން އެސުވާލުތަކުގެ ޖަވާބު ހޯދަން އަހާނީވެސް ވަކި ކާކު ކައިރީގަހެއްޔެވެ؟ *** އެދުވަހު ހަވީރުވާން ކައިރިވަނިކޮށް ލައުރާ ނިކުތީ އެދުވަހު ޒިލާގެ ބޮޑުދައިތަ އަންނަ ވާހަކަ ބުނެފައި ވާތީވެއެވެ. އޭރުވެސް މަންމަ ބުރަކޮށް ބަދީގޭގައި އުޅެއެވެ. ލައުރާވެސް ގޮސް މަންމަ އަށް އެހީތެރިވެދެން ފެށިއެވެ. އަޞުރު ވުމުގެ ކުރިން ނިންމާލެވުމުން ލިއުޝާގެ ހިތައް […]
އަހަންނަކީ މިހާތަނަށްވެސް އެންމެންގެ ލޯބި ލިބިގެން ބޮޑުވަމުން އައި ކުއްޖަކީމެވެ.އެންމެ މީހެއްގެ ލޯބި ފިޔަވައެވެ. އެ މީހެއްގެ ލޯތްބަށްޓަކައި މުޅި އުމުރު އިންތިޒާރު ކުރަމުން އައި ހަމަ އެކަނި ލޯތްބެވެ.އަހަރެންގެ މަންމަގެ ލޯތްބެވެ. 15 އަހަރު ވީ އިރު، ދުވަހަކުވެސް އެ ލޯބި އިހްސާސް ކޮށްލުމުގެ ނަސީބެއް ނުލިބެއެވެ. އެންމެ ދުރު ހަނދާނަކަށްވެސް ހުންނަނީ މަންމަގެ ރުޅިވެރި ނަޒަރާއި އަވަގުރާނަ ގޮވުންތަކެވެ.ހިތް ރޮއްވާލާ ފަދަ ބަސްތަކެވެ.ލޯބިން ދަރިފުޅާއޭ ކިޔާފައި ގޮވާލި ދުވަހެއް ކީއްކުރަން ހެއްޔެވެ؟ރުހުމުގެ ލޮލަކުން އަހަންނާއި […]