ޔުމްނު އާއި ޝަމްސް ކިޔަވައި ނިމުމުން ކައިވެނި އަވަސް ކުރިއެވެ. އެމީހުންގެ ކައިވެންޏަށް 1 އަހަރު ނުފުރެނީސް ލޯބި ލޯބި ކުއްޖެއް ލިބެއެވެ. ނަމަވެސް މިކުއްޖާ ކިޑްނީ ގައި ބަލި ހުރެއެވެ އެވެ. އެކުއްޖާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރެއިން އެކުއްޖާ ގެ ދެ ކިޑްނީ ފެއިލް ވިއެވެ. މި ކަމުގެ ސަބަބުން ޔުމްނު އަމިއްލައަށް މަރުވާން އުޅުމުގެ ކުރިިން ޔުމްނު އަށް ޖިންނީގެ ބާރު ފޯރަން ފެށިއެވެ. އަދި އެކުއްޖާ މަރާލައެވެ. މި ކަމުން […]
* ރަވިކާން ބުމަ ގޮށްޖަހާލީ ކުޑަދޮރަށް އެޅުނު ހިޔަނި ފެނިފައެވެ. ޒައިލީން އެނބުރި ބަލާލީ އޭނާއަށް ހުރެވުނީ ކުޑަދޮރަށް ފުރަގަސް ދީގެން ކަމުންނެވެ. ނަމަވެސް ރަނގަޅަށް ބަލާ ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ރަވިކާން ޒައިލީންގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. ރަވިކާން އަވަސްއަރުވާލާފައި ދަމާލިގޮތުން އަތަށް ތަދުވި ނަމަވެސް ޒައިލީންގެ ބޮލުގައި ޖަހާލީ ނުރައްކާތެރިކަމުގެ ރަނގަބީލެކެވެ. ކަމެއްވާން އުޅޭހެން ހީވެގެން ޒައިލީންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެން ޒައިލީންގެ ކަންފަތުގައި ޖެހުނީ އާދިޔަންގެ ހުނުމުގެ […]
ހުމޭޝްގެ މެސެޖު ހުޅުވައިލުމުން ހަނާގެ ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުމޭޝްއަށް އާއެކޭ ބުނެ ޖަވާބު ދިނުމަށްފަހު ނިދޭތޯ ލޯމަރާލިއެވެ. ހެނދުނު ތެދުވެ ހަނާއަށް ފުރަތަމަ ކަމަކަށްވެސް މިރޭ ބައްޕައާ ބައްދަލުކޮށްލަން މެހުމާނަކު އަންނާނެ ވާހަކަ މަންމަ ކައިރީގައި ބުނެލެވުނެވެ. ފަލާޙާއަށް ހަނާގެ މޫނުމަތީގައިވާ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. ނަމަވެސް ހަނާ ބުނީއެއީ ސިއްރެއް ކަމަށެވެ. އަދި ބައްޕައަށް އެވާހަކަ ނަންގަނެ ދެއްވަން ހަނާ ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާވެސް ވަރަށް ފަތިހާ ހޭލައިގެން ނިކުތެވެ. […]
މަތީން އައިސް ނިހާން ގާތުގައި އިށީންދެލައިފައި ނިހާނާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ނިހާން ވެސް ހިނިތުންވެލައިފައި މަތީނާއި ސަލާމް ކޮށްލިއެވެ. “ވަރަށް ފެނިފަ ހުރި މީހެއްހެން ހީވަނީ. ކޮން ނަމެއް ކިޔަނީ؟” ނިހާން އެ ސުވާލުކޮށްލުމާއިއެކު މަތީނަށް އިސް ޖަހައިލެވުނެވެ. މަތީން އޭނާގެ ނަން ނިހާން ގާތުގައި ބުނެފިއްޔާ ނިހާން ހަދައިލާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެހެނަސް މަތީން ކުރިން ހެދި ގޮތަށް އެއްވެސް ކަމެއް އޮޅުވައިލަން ބޭނުންނުވުމުން މަތީން އޭނާގެ ނަން ހާމަކުރަން ނިންމިއެވެ. […]
ސިކުނޑީގައި އުފެދެމުން ދިޔަ ބޭކާރު ޚިޔާލުތައް ދޫކޮށްލަން މަސައްކަތް ކުރަމުން ލިއަމް ކޮފީ ޖޯޑުން އެތިފޮދެއް ބޮއެލިއެވެ. އޭނާ އެއްގޮތަކަށްވެސް ޒާޔާއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭކަށް ބޭނުމެއްނުވެއެވެ. އެފަދަ ގޮތަކަށް ލިއަމް އުޅެންޏާ އަނެއްކާވެސް ޒާޔާއަށް އިތުރު ދެރައެއް ނޫނީ ނުލިބޭނެކަން ލިއަމް އަށް ވަރަށް ރަނގަޅަށް އިނގެއެވެ. ލިއަމްގެ ގަމީސް އިސްތިރިކޮށްދިނުމަށްފަހު ޒާޔާ އައިސް ލިއަމް ގާތުގައި އިށީނެވެ. ލިއަމް އޭނާއަށްޓަކައި ހަދައިދިން ކޮފީއިން އެތިކޮޅެއް ބޮއެލައިފައި ޒާޔާ އޭނާގެ ފޯނު ނެގިއެވެ. ޒާޔާ […]
މާހިލްގެ ހިތައް އަރާނީވެސް ކީކޭ ހެއްޔެވެ. ލުމާ ލަދުގަންނަން ވެސް ފަށައިފިއެވެ. މިއަދަކީ އަނެއްކޮޅުން ހުރިހާ ސްޓާފުންގެ މީޓިންގ ވެސް އޮންނަ ދުވަހެވެ. މިކަންތަކަށް ފަހު އަނެއްކާވެސް މާހިލްއާ ކުރިމަތިލާން ޖެހުނީއެވެ. ދެބަޔަށް ވަކިން ހަދާފައިވާ ތަނެއް ހުރެ އެތަނުގައި ބޮޑު އަކުރުން ވަކިވާހެން ނަން އަޅައިފައި ހުއްޓާވެސް ލުމާއަށް ކުރެވުނު ކަންތަކުން އަވަހަށް އެތަނުން ނިކުމެގެން ދާންވެސް ހިތައް އެރިއެވެ. އެންމެންގެ ދިމާ ކުރުންތަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ސައިގަޑީގައިވެސް މިއަދު ދެކަމެއް ނުކުރެއެވެ. އެންމެން ލުމާއާ […]
އެއްވަނަ އެޕިސޯޑުގެ ތެރެއިން.. ދެމީހުން ވެސް އިރުކޮޅަކުން ދެލޯ ހުޅުވާލިއިރު ހަތަރު ކަޅު ވަނީ ސީދާ ވެފައިއެވެ. ހައިޝަންގެ އަތް އައިރީގެ އުނަގަނޑު ގައިވާ އިރު އައިރީގެ އަތުން ވަނީ ހައިޝަންގެ ޓައީގައި ހިފަހައްޓާފައިއެވެ. ދެމީހުންވެސް ވަށައިގެން ވާކަންކަމުގެ ހިޔާލެއް ނެތިފައި އޮވެވުނީ ދެލޮލަށް ގެއްލިފައިއެވެ. އެހާ ކައިރިން އައިރީގެ މޫނު ފެނުމާއިއެކު ފުރަތަމަ ފަހަރަށް އައިރީގެ ރީތި ކަމާއިމެދު ހައިޝަންއަށް ވިސްނާލެވުނެވެ. ހަމައެގޮތަށް އައިރީ ވެސް ހައިޝަންގެ މޫނުން ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ކަހަލަ އެވެ. […]
“”ދައްތާ.. އަޒްހާން އެބައުޅޭތަ..” ގެއަށް ވަދެވުމާއެކީ ޝަރުމީލާ ފެނުމުން، ޝަރުމީލާ އާއި ސުވާލު ކޮށްލިއެވެ. “ކޮޓަރީގައިވީ.. ދެންމެ އުޅުން ނިކުމެވެސް.. އަޅެ ދޭބަލަ ބަލާލަން..” ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭތީ މަލްދާ އެގެއަށް އަލެއް ނޫނެވެ. ބަލާކަށް ނުހުރެ އަވަހަށް ގޮސް އަޒްހާންގެ ކޮޓަރިއަށް ވަނެވެ. މަލްދާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެކޮޓަރިއަށް ވެދެވުން އިރު އަޒްހާން ހުރީ މަލްދާގެ ފޮތް […]
ވާހަކަ ނުގެނެސްދެވޭތާ ގިނަ ދުވަސްތަކެއް ވުމާއި އެކީގައި ޔޫން 26 ވަނަ ޕާރޓް އާއި އެކީގައި 25 ވަނަ ޕާރޓް ވެސް ގެނެސްދޭނަމެވެ. -ފިޔަފަތް- 25 ވަނަ ޕާރޓް ************************** * ޒައިލީންއަށް ގުޑިވެސްނުލާ ހަނދަށް ގެއްލިފައި އޮވެވުނެވެ. ނަމަވެސް ރަވިކާންގެ އެ ބުޅާދެލޯ ހަނދަށް ވުރެ ބޮޑަށް ހުއްޓެމުން ދިޔައީ ޒައިލީންއަށެވެ. ރަވިކާންއަށް ޒައިލީންގެ މޫނަށް ގެއްލިފައި އޮވެވުނެވެ. ޒައިލީންއަށް ރަވިކާންއާއި ދިމާ ބަލާލެވުނެވެ. ރަވިކާން ޒައިލީންއާއި ދިމާ ބަލާލައިގެން އޮތްގޮތުން ހީވަނީ ތުއްތުކުއްޖެއް […]