Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިވާއޭ 6

Eekko_11 Level 110 Stories
September 21, 2020 4 Mins Read
15 Comments

“މިލީ.. މީޓް މައި ބޯއިފްރެންޑް..” ޝައިހާ އެހެން ބުނެލުމާއި އެކު މިއްލީ ބަލައިލިއެވެ. މިއްލީ އާއި އޭނާގެ ހަތަރުކަޅި ހަމަ ވުމާއި އެކު ދެމީހުންނަށް އެއްފަހަރާ ލޯ ބޮޑުކޮއްލެވުނެވެ.
“އިޝާންބެ.. ވާއު..” ދެވަނަ ސިކުންތުގައި އޭނާހުރީ އިޝާންގެ އަތުތެރޭގައެވެ. އިޝާންވެސް ހައިރާން ކަމާއެކު މިއްލީއޭ ބުނެލިއެވެ. އޭރު ލާމިއުއާއި ޒަޔާ އަދި މިޒްޔަލްވެސް އެމީހުންގެ ކައިރިއަށް އަންނަނީއެވެ.
“އިޝާން..” ލާމިއުއަށް ވެސް އެހިސާބަށް އަރާ ހަމަވެފައި އިޝާން ފެނުމާއިއެކު ބުނެލެވުނެވެ.
“މިލީ.. ޑޫ ޔޫ ނޯ ހިމް..” ޝައިހާ އެހެން އަހާލި އަޑަށް މިއްލީ އިޝާންގެ ގައިން ދޫކޮއްލުމަށްފަހު ޝައިހާއަށް ބަލައިލިއެވެ. އޭރު މިޒްޔަލްއާއި ޒަޔާގެ އިތުރުން ޝައިހާ ވެސް ހުރީ ވާނުވާ ނޭނގިފައެވެ.
“އޮފްކޯޒް އައި ނޯ ހިމް.. އިޝާންބެ އެއީ މިލީ މަންމަގެ އެއްބަނޑު އެއްބަފާ ކުއްޖެއް.. މައި އަންކަލް..” މިއްލީ އެހެން ބުނެލުމާއި އެކު އިޝާން އެންމެންނަށް ހީލިއެވެ.
“ބްރޯ.. ހާދަ ދުވަހެއް ކޮއްލާފަ..” ލާމިއު އިޝާންގެ ހާލު އަހުވާލު އެހުމަށްފަހު އެހެން އަހާލިއެވެ.
“މިދެން އައިސްލީ.. ދެން މިކޮޅުގަ ހުންނާނީ..” އިޝާން އެހެން ބުނެލި އަޑަށް މިއްލީ ހީލިއެވެ. އޭރު މިޒްޔަލް ހުރީ ކުޑަކޮށް ކަޓާފައެވެ. އެތަން ލާމިއުއަށް ފެނުމާއިއެކު ހެވިލާފައި މިއްލީއާއި ދިމާކޮއްލިއެވެ.
“މިލީ.. ސަމްވަން އިޒް ބީން ޖެލަސް..” ލާމިއު ބުނެލި އަޑަށް މިޒްޔަލް ރަކިވިއެވެ. އިޝާން މިޒްޔަލްއާއި ދިމާލަށް ބަލައިލިއެވެ. އަދި ބުމަ އަރުވާލިއެވެ.
“އޯހް.. ސޮރީ.. އަދި އިންޓްރޮޑިއުސް އެއް ނުކޮއްދެވޭދޯ..” ލާމިއު އެހެން ބުނެލާފައި އެންމެން ކިޔާދޭން ފެށިއެވެ.
“މީ ޒަޔާ.. މައި ގާރލް ފްރެންޑް.. ދެން މީ މިޒްޔަލް.. ޒަޔާގެ ބޭބެ.. އެންޑް މިލީގެ ބޯއިފްރެންޑް.. ދެން މީ ޝަ….” ލާމިއުގެ ޖުމުލަ ފުރިހަމަ ނުވަނީސް މިއްލީ ހޭން ފެށިއެވެ.
“ބްރޯ.. ތި އުޅެނީ ޝައި އެއީ ކާކުކަން ކިޔާދޭންތަ..” މިއްލީ ބުނެލިއެވެ. އެއާއެކު އެންމެން މިއްލީއާއި ދިމާލަށް ބަލައިލިއެވެ. އިޝާން ވެސް ރަކިވެފައި ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. އެތަން ފެނިފައި ލާމިއު ވީ ކީއްތޯ އަހާލިއެވެ.
“ޝައި އެއީ އިޝާންބެގެ ގާރލްފްރެންޑް.. ހީ ނޯސް ހާރ ބެޓަރ ދެން އަސް އައި ގެސް..” މިއްލީ ބުނެލި އަޑަށް ލާމިއު ލޯ ބޮޑު ކޮއްލާފައި އިޝާންއަށް ބަލައިލިއެވެ. އެއާއެކު އިޝާން ހީލާފައި އާނއެކޭ ބުނެލި އަޑަށް އެންމެން އިޝާންއަށް ބަލައިލާފައި މަރުހަބާއޭ ބުނެލިއެވެ.
އެމީހުންނަށް ވާހަކަ ދައްކަން އެތާ ތިބެވުނު އިރެއް ނޭނގުނެވެ. ބަންގި ގޮވި އަޑަށް އެންމެން ވާހަކަ ހުއްޓާލާފައި އެމީހެއްގެ ގެއަށް ދާން ހިނގައިގަތެވެ. ޝައިހާވެސް ގެއާއި އަރާ ހަމަވެފައި ބާއިއޭ ބުނެ ގެއަށް ވަނެވެ.
“ދަރިފުޅުމެން ހާދަ ލަސްވީ..” މިއްލީއާއި ލާމިއު އައިސް ގެއަސް ވަނުމުން ޝިއުރާ ބުނެލިއެވެ. ދެމީހުން މަޢާފަށް އެދެފައި ހީލިއެވެ. އަދި ގޭގެ ދޮރާއި ދިމާލަށް ދާން ފެށުމުން ޝިއުރާ ގޮވާލި ނަމަވެސް އެމީހުން އެއަޑު ނާހާ ގޮސް އެތެރެއަށް އައީ އިޝާން ގޮވައިގެންނެވެ.
“އިޝާން..” ޝިއުރާއަށް ބުނެވުނެވެ. އިޝާން އައިސް ޝިއުރާގެ ކުރިމައްޗައް އަރާފައި ހީލިއެވެ. ޝިއުރާ އިޝާންގެ ގައިގައި ބައްދާލިއެވެ. އަދި މަންމަ ކޮބާތޯ އެހިއެވެ. ޝިއުރާ މަންމަ މަތިން ހަނދާން ހުރެއެވެ. ޝިއުރާގެ ބައްޕަ ވަނީ އޭނަގެ އުމުރުން 32 އަހަރުގައި ނިޔާވެފައެވެ.
“މަންމަ ވީ އެކޮޅުގަ.. ދެން މިކޮޅަށް އަންނަ ހިތްވީމަ މި އައީ..” އިޝާން ބުނެލިއެވެ.
އިޝާންއާއި އޭނާގެ އާއިލާ ދިރިއުޅެނީ އިންޑިއާގައެވެ. އެމީހުންގެ އާއިލާގައި ތިބެނީ ފަސް ކުދިންނެވެ. އެންމެ ބޮޑަށް ހުންނަނީ އަންހެން ކުއްޖެކެވެ. އޭނާ ވަނީ ކާރު އެކްސިޑެންޓެއްގައި ނިޔާވެފައެވެ. ދެން ހުންނަނީ ޝިއުރާއެވެ. ޝިއުރާ އަލްހާންއާއި ކައިވެނި ކުރުމަށްފަހު މާލެއަށް ބަދަލުވީއެވެ. އެއީ ޝިއުރާގެ އުމުރުން 19 އަހަރުގައެވެ. މިހާރު އޭނާއަށް 39 އަހަރެވެ. މި ވޭތުވި 20 އަހަރު ތެރޭގައި އޭނާ މަންމަގެ ގާތަށް އިންޑިޔާއަށް ގޮސްފައި ވަނީ 7 ފަހަރެވެ.
ދެން ހުންނަނީ ދެފިރިހެން ކުދިންނެވެ. އެމީހުން ވެސް ކައިވެނި ކޮއްގެން ދިރިއުޅެނީ އިންޑިޔާގައެވެ. އެންމެ ކުޑަޔަށް ހުންނަނީ އިޝާންއެވެ. އޭނާއަކީ މިހާރު 19 އަހަރުގެ ޒުވާނެކެވެ. އޭނާވެސް ކުޑައިރުންސުރެ އުޅެ ބޮޑުވީ އިންޑިޔާގައެވެ. ޝިއުރާ އެންމެ ފަހުން އިންޑިޔާއަށް ދިޔައީ އިޝާންގެ އުމުރުން 16 އަހަރުގައެވެ. ދިޔައިރު ލާމިއުއާއި މިއްލީ ވެސް ދިޔައެވެ. އެހެންކަމުން، އިޝާން އެމީހުން މަތިން ހަނދާން ހުރެއެވެ.
އިޝާންއާއި ޝިއުރާ ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބެވެ. މިއްލީއާއި ލާމިއު އޭރު އެމީހުންގެ ކޮޓަރިއަށް ވަދެއްޖެއެވެ. މިއްލީ އިނީ މިޒްޔަލް މިއަދު އަޅުވައިދިން އަނގޮޓިއަށް ބަލަހައްޓައިގެންނެވެ. އޭނާ އިނީ ފެންވަރައިގެން ނުކުމެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގައެވެ. ކަޅުކުލައިގެ ކޮނޑަށްވުރެ ތިރިއަށް އަރާ އިސްތަށިގަނޑުވަނީ ދޫކޮއްލެވިފައެވެ. ވަޔާ އިސްތަށިގަނޑު ވިހުރެމުން ދާ މަންޒަރު ކިތަންމެހާވެސް ނަލައެވެ. އޭރު ތުނިތުނިކޮން ވިއްސާރަ ވެހެމުން ދިޔައެވެ. ދޭތެރެއަކުން ހީކަރުވާ ވަރަށް ވައި ޖެހެއެވެ.
މިއްލީ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ބެލްކަނީދޮރުގައި ޓަކި ޖެހުމުންނެވެ. މިއްލީ އަވަހަށް ގޮސް ފޮތިގަނޑު ކަހާލިއެވެ. ހަރުގަނޑަކަށް އަރައިގެން އޭނާގެ ބެލްކަންޏަށް އަރާ ހުރީ މިޒްޔަލްއެވެ.
“ޔާލް..” މިއްލީ އެހެން ބުނެލުމަށްފަހު މިޒްޔަލް ވެއްދިއެވެ. މިޒްޔަލް ގޮސް މިއްލީގެ އެނދުގައި އިށީނެވެ. އަދި ކައިރިއަށް އައުމަށް އެދުނެވެ. މިއްލީ ގޮސް މިޒްޔަލްގެ ގާތުގައި އިށީނެވެ. މިޒްޔަލް އައި ބޭނުން ބުނެފައި ވާހަކަ ދައްކާލަން މަޑު ކޮއްލިއެވެ.
އޭރު ވިއްސާރަ ބޯކޮއްލައިފިއެވެ. އެއާއެކު މިޒްޔަލް މަޑުކުރީ ވިއްސާރަ މައިތިރި ވަންދެނެވެ. ކުއްލިއަކަށް ބާރަށް ގުގުރާލުމާއެކު މިއްލީ ހަޅޭއްލަވައި ގަނެފައި މިޒްޔަލްގެ ގައިގައި ހިފައިގަތެވެ. އޭރު އޭނުގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެ ހެންނެވެ. އިރުކޮޅަކުން މިއްލީ ހަމައަކަށް އެޅުނެވެ. އަދި މިޒްޔަލްގެ ގައިން ދޫކޮއްލާފައި ސޮރީއޭ ބުނެލިއެވެ.
“އިޓްސް އޯކޭ..” މިޒްޔަލް ހީލާފައި ބުނެލިއެވެ. ކުއްލިއަކަށް މީހަކު އައިސް ދޮރުގައި ޓަކިދިނެވެ. މިއްލީ ކާކުހޭ އަހާލުމުން އިވުނީ ޝިއުރާގެ އަޑެވެ. މިއްލީ އަވަހަށް ގޮސް ދޮރު ކައިރީ ހުރެލުމަށްފަހު ކީއްވީހޭ އަހާލިއެވެ.
“މިލީ ގުގުރާއިރު ބިރުގަންނާތީ..” ޝިއުރާ އެހެން ބުނެލުމުން މިޒްޔަލް މަޑުމަޑުން ހޭން ފެށިއެވެ. މިއްލީ ފަހަތަށް އެނބުރި ތުން އަނބުރާލާފައި ގޮސް އެނދުމަތީގައި އިން މިޒްޔަލްގެ ބޮލުގައި މަޑުމަޑުން ޖަހާލާފައި އަނެއްކާ އައިސް ދޮރު ކައިރީގައި މަޑު ކޮއްލިއެވެ.
“މަންމަ.. މިލީ އޯކޭއޭ.. ބިރެއް ނުގަނެ..” މިއްލީ އެހެން ބުނެލުމުން ޝިއުރާ ހައިރާންވެފައި ތިރިއަށް ދާން ހިނގައިގަތެވެ. މިއްލީއަކީ އަބަދުވެސް ގުގުރާއިރު ބިރުގަންނަ ކުއްޖެކެވެ. މިއަދު ކިއްވީބާއޭ ހިތަށް އަރާ ކޮނޑު އަރުވާލުމަށްފަހު ގޮސް އަލްހާންމެން ކައިރީގައި ސޯފާގައި އިށީނެވެ. އޭރު އެތާ އިޝާން ވެސް އިނެވެ.
“ޔާލް.. ކޮން ކަމަކާ ހެނީ..” މިއްލީ އައިސް ރުޅިއައި ކަމަށް ހެދެމުން އަހާލިއެވެ.
“އެއީ ބިރުގަންނާތީ ހެވުނީ.. ސޮރީ..” މިޒްޔަލް އެހެން ބުނެލާފައި މިއްލީގެ އަތުގައި ހިފާ ދަމައި ގަތެވެ. މިއްލީ ގޮސް ތަތްވީ މިޒްޔަލްގެ މޭގައެވެ. ދެމީހުންނަށް އެކަކު އަނެކަކާ ދިމާލަށް ބަލަން ތިބެވުނީ އިރުކޮޅަކަށެވެ. އަނެއްކާ ގުގުރާލި އަޑަށް މިއްލީ ސިއްސައިގެން ދިޔައެވެ. އޭނާ މިފަހަރު ހަޅޭއް ނުލެވިކަން އެއީ ހަމަ ނަސީބެކެވެ.
މިއްލީއާއި މިޒްޔަލް އެނދުމަތީގައި ސަކަރާތް ޖަހަން ތިއްބެވެ. އެކި ވާހަކަ ދައްކަ ދައްކާފައި ހެނީއެވެ. އިރުކޮޅެއްނުވެ، މިއްލީ އައިސް މިޒްޔަލްގެ ކުރިމައްޗަށް އެރިއެވެ. އަދި ލޯ މެރުމަށް އެދުނެވެ. މިޒްޔަލް ލޯ މަރާލުމުން މިއްލީ އޭނާގެ އަލަމާރިން ނެގި އަނގޮޓިއެއް ހިފައިގެން އައިސް އޯކޭއޭ ބުނެލުމުން މިޒްޔަލް ލޯ ހުޅުވާލިއެވެ. އޭރު މިއްލީ އިނީ އޭނާގެ ކަނާއަތް ދިއްކޮއްގެންނެވެ. މިޒްޔަލް އޭނަގެ އަތް މިއްލީގެ އަތް މަތީގައި ބޭއްވުމުން މިއްލީ އެ އަނގޮޓި އަޅުވާލަދިނެވެ.
“މިލީ.. މީ ކޮން އިރަކު ގަނެފަ..” މިޒްޔަލް އަހާލީ ހައިރާންވެ އިނދެއެވެ. މިއްލީ މިއަދު ހަވީރު އެމީހުންނާއި އެކީ އުޅެފައި އިރުއޮއްސުމުން ގެއަށް ވަން ގޮތަށް އަދި ނިކުތް ކަމެއް ނޭނގެއެވެ.
“ދޮންބެ ގަނެދިނީ.. މިލީ ބުނެގެން.. އެންޑް ޔާލް މިލީއަށް ސަޕްރައިސްއެއް ދިނީމަ މިލީވެސް އެއްޗެއް ދޭ ހިތްވީ.. އައި ނޯ ބޯއިސް ޑަސްންޓް ލައިކް އިޓް..” މިއްލީ ބުނެލިއެވެ. އެއާއެކު މިޒްޔަލް ހީލުމަށްފަހު މިއްލީ ގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ.
“މިލީ.. އައި ލަވް އިޓް.. މިލީ ދިނީމަ ބާއްވާނަން މުޅި އުމުރަށް ވެސް… ތެންކްސް..” މިޒްޔަލް އެހެން ބުނެލާފައި މިއްލީގެ އަތުގައި ހިފާލިއެވެ. މިއްލީ އަވަހަށް މިޒްޔަލްގެ އުނގުން ތެދުވުމަށްފަހު ދުރަށް ދުއްވައިގަތެވެ. އޭރު ވިއްސާރަ އަނެއްކާވެސް ބޯކޮއްލައިފިއެވެ. މިއްލީގެ އެދުމުގެ މަތިން މިޒްޔަލް އެގޭގައި މަޑުކުރީއެވެ.
ދެމީހުން ކޮޓަރީގައި ތިބެ ސަކަރާތް ޖަހަމުން ދިޔައެވެ. ކުރަމުން ދިޔަ ވިއްސާރައަށް ވެސް ބަލައިނުލައެވެ.
ދެމީހުން ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. އަވަހަށް ދުރަށް ޖެހިލާފައި މިޒްޔަލް އަލަމާރި ފަހަތަށް ވަނުމުން މިއްލީ ގޮސް ދޮރު ހުޅުވާލިއިރު ލާމިއުއެވެ.
“މިލީ.. މަންމަ ބުނީ ކާން އަންނާށޯ..” ލާމިއު ކާން އަންނާށޭ ބުނެލި އަޑަށް މިއްލީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ބްރޯ.. މިލީ ބަނޑުހައެއް ނުވެ.. އިރުކޮޅަކުން ކާން ދާނަން.. ޕްލީޒް..” މިއްލީ ލާމިއުއަށް ޖަވާބު ދީފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި މިޒްޔަލްއަށް ގޮވިއެވެ.
“ޔާލް..” މިއްލީ ގޮވާލި އަޑަށް މިޒްޔަލް ހުރި ތަނުން ނިކުމެ މިއްލީގެ ގާތުގައި އިށީނެވެ. މިއްލީ މިޒްޔަލްގެ އަތުގައި ހިފާލިއެވެ.
“މިލީ.. ކިހިނެއް ވީ..” މިޒްޔަލް އަހާލިއެވެ. އެއާއެކު މިއްލީ މިޒްޔަލްގެ ކޮނޑުގައި ބޯއަޅާލިއެވެ.
“ޔާލް.. އައި ލަވް ޔޫ.. އައި ލަވް ޔޫ އަ ލޮޓް..” މިއްލީ އެހެން ބުނެލި އަޑަށް މިޒްޔަލް މިއްލީ ނަގައި އޭނާއަށް ބަލައިލިއެވެ. އޭރު މިއްލީގެ ލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ.
“މިލީ.. ކިހިނެއް ވީ ކުއްލިއަކަށް..” މިޒްޔަލް މިއްލީގެ ލޮލުން ފޭދިފައި ހުރި ކަރުނަތައް ފޮހެލަދިނުމަށްފަހު ކަންބޮޑުވެފައިވާ އަޑަކުން އަހާލިއެވެ.
“ޔާލް.. ހިތައް އަރަނީ ހަމަ ޔާލް ގެއްލިދާނެ އޭ..” މިއްލީއަށް އެހެން ބުނެލާފައި ރޯން ފެށުނެވެ. މިޒްޔަލް މިއްލީގެ ބުރަކަށީގައި ފިރުމާލިއެވެ.
“މިލީ ޕްލީޒް.. ރުއިން ހުއްޓާލަބަލަ.. ނުދާނަމޭ މިލީއާ ދުރަކަށް.. އައި ޕްރޮމިސް.. ދެން ހުއްޓާލަބަލަ.. ޕްލީޒް..” މިޒްޔަލް އެހެން ބުނެލާފައި މިއްލީގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އޭރުވެސް މިއްލީ އިނީ އިސްދަށަށް ޖަހައިގެންނެވެ.
ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުން މިއްލީއާއި މިޒްޔަލް ސިއްސައިގެން ގޮސް ދޮރާއި ދިމާލަށް ބަލައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-4

Next

ދިރިއުޅުން އަލިކޮށްދިން 10

Next
September 22, 2020

ދިރިއުޅުން އަލިކޮށްދިން 10

Previews
September 21, 2020

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-4

15 Comments!

  1. Naa says:
    September 22, 2020 at 6:01 am

    varah reethi..cover pic ga thibi boys badhal kohlan veenu. Curiously waiting for the another part

    1. Eekko_11 says:
      September 22, 2020 at 11:12 am

      Thank you….?? Cover pic hadee tha???
      Next part Insha Allah vrh avahah

  2. ?Flower? says:
    September 22, 2020 at 8:13 am

    Wow varah reethi mi part ves masha Allah
    Curiously Waiting for the next
    Ly ❤️❤️❤️

    1. Eekko_11 says:
      September 22, 2020 at 11:12 am

      Thank you so much dear…??☺️??
      Next part Insha Allah vrh avahah
      Lyt dear
      Stay safe

  3. Eekko_11 says:
    September 22, 2020 at 11:14 am

    Salaam dear readers
    Here’s the 6th part of the story
    Hope you all will like it
    If there is a mistake please let me know
    Both positive and negative comments are welcomed
    Stay safe all dear readers
    Ly all???☺️?☺️

  4. Shaima shaee says:
    September 22, 2020 at 11:18 am

    Wowwwwwwwwwwww Varrrrrasalhi hama bunaane ehchehves neyngifa Meenee ?????????????????☺️☺️Curiously waiting for the next part Luv ya Eeeko 11

    1. Eekko_11 says:
      September 23, 2020 at 8:20 am

      Ohh hi dear☺️☺️
      Thank you so much dear?????
      Insha Allah Saturday noony Sunday ga next part genes dheynan
      Love you too dear?????

  5. unknown queen says:
    September 22, 2020 at 3:30 pm

    Who was that??? Omg I am soo curious
    Btw vv salhi Inge whn next?♥️♥️

    1. Eekko_11 says:
      September 23, 2020 at 8:21 am

      Hehe let’s see dhw who that is☺️☺️
      Thank you so much ??
      Insha Allah next part Saturday noony Sunday ga

  6. R¥N says:
    September 22, 2020 at 4:53 pm

    Eekko …maashaa Allah ????????????????????????varah reethi mi part vx????????????????????????curiously waiting for the nxt ????????????tc

    1. Eekko_11 says:
      September 23, 2020 at 8:22 am

      Hi ryn???
      Thank you so much rynuuuuuu????
      Insha Allah next part Saturday noony Sunday ga ☺️☺️
      Tc rynnn

  7. ❤shyn❤ says:
    September 22, 2020 at 9:41 pm

    Maasha allah.❤❤❤.v.reethi mi bai ves???…curiously waiting for the nxt prt ???
    Lysm????????????????????
    Stay safe ???????

    1. Eekko_11 says:
      September 23, 2020 at 8:24 am

      Hey shyn??
      Thank you so much dear?????
      Insha Allah next part Saturday noony Sunday ga
      Love you much more????
      Tc and stay safe

  8. Mrs. Chick says:
    October 1, 2020 at 10:30 am

    This looks like me letting my bf in the house without my parents knowing. Very nice ❤️❤️❤️

    1. Eekko_11 says:
      October 4, 2020 at 8:02 pm

      Thank you so much
      Hehe is that so??
      Tc

Comments are closed.

Next Episodeލޯބިވާއޭ 7←


All Right Reserved!