” ލާއިސް!! އޭ!” އެ މީހާ އޭނާ އަށް ގޮވާލުމުން މަޑުމަޑުން ފަހަތަށް ބަލާލި އެވެ. ބަލާ ލުމާއެކު އެ ތާ އޮތީ ކާކު ކަން އޭނާ އަށް އިނގިއްޖެއެވެ. އެތާނގައި އޮތީ ލާއިސް ގެ ސިއްރު މަޙްލޫޤު ރިދަން އެވެ. ސަމާސާ ކުރުމުގެ އެއްވަނަ އެވެ. ” ހެހެހެ! ބިރު ގަންފަ ދޯ ތި ހުރީ ބިރު ކުޑަ ސޮރު! ރިދަން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.” އޭ ރިދަން މަޖަލެއް ނޫނޭ! “މަ މި އައީ ބޮޑުބެ މަރު ވެގެން އޭނާ ވަޅުލާފަ! އަދި މަޖާ ތަ ކުރަން ވީ! ރިދަން ކައެ ޖެހޭނެ މަ ބޮޑުބެ މަރާލި މީހާ ހޯދަން އަހަންނަށް އެހީވާން! ލާއިސް އެހެން ބުނުމުން ރިދަން ވަރަށް ސީރިއަސް ވެލިއެވެ.” އޯކޭ! މަ ބަލާނަން ހޯދޭތޯ! ރިދަން ޖަވާބު ދިނެވެ. ” ތެންކްސް މައި މޭން! މަ އެބަ އަންނަން ފެންވަރާ ލައިގެން! ދީބަލަ އެ އޮތް މަގޭ ތުވާލި! ކައެ މަ ބިރު ގަންދުވާލައިފި ވިއްޔަ!” ލާއިސް ހެވިފައި ބުނެލި އެވެ.
ރިދަން ތުވާލި ދިނުމުން ލާއިސް ވަނީ ފެން ވަރާށެވެ. ލާއިސް ފެން ވަރަން ވަނުމުން ރިދަން ލާއިސް ލެފްޓޮޕް ނަގައި އިންޓަނެޓު ހާވާލި އެވެ. ” އޭ ރިދަން ކައެ މިހާރު މަ ލެޕް ނަގައިގެން ކީއްތި ކުރަނީ!” ލާއިސް ފެންވަރައިގެން ނުކުތް އިރު ރިދަން އޭނަގެ ލެޕްޓޮޕް ނަގައިގެން އިނުމުން އަހާލިއެވެ. ” މި އުޅެނީ ކަލޭ ބޭބެ މަރާލި މީހުން ހޯދާނެ ގޮތެއް ފެނޭތޯ” ރިދަން ލެޕްޓޮޕަށް ބަލަން އިނދެ ބުނެލި އެވެ. ” އޯ! އެހެން ދޯ” ލާއިސް އަށް އެކަން އެނގުމުން ބުނެލި އެވެ.
އިރުކޮޅަކުން ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ ލުވޭޒު އެވެ. އެ ވަގުތު ލުވޭޒު ލޮލުގައި ލެޕްޓޮޕާއި ކުޅެން އިން ރިދަން އަޅާ ގަތެވެ. ” ލާއިސް މީ ކާކުތަ! ހާދަ ފާޑަކަށް ހުރި މީހެކޭ! ލުވޭޒުއަށް ލާއިސް ފެނުމުން އަހާލިއެވެ.” އޯ ލުވޭ ކީއް ކުރަން ތި އައީ! އާން އެއީ ދޯ! އެއީ މަ ރައްޓެއްސެއް! ލާއިސް ބުނާނެ އެއްޗެއް ނޭނގި ގެން ބުނެލި އެވެ. މި ޖެހެނީ އަނެއް ކަންތަކާ އެވެ. ލުވޭޒު އަށް މި ޖެހެނީ ކިޔާ ދޭށެވެ. ލާއިސް އެހެން ގޮތެއް ނެތިގެން އޭނާއަށް ރިދަން ފެނުނު ގޮތާއި ހުރިހާ އެއްޗެއް ކިޔާދިނެވެ. އެ ހުރިހާ އެއްޗެއް އޭނާ އަށް ކިޔާ ދިނުމުން ވަރަށް ހައިރާން ވި އެވެ. އަދި ލާއިސް ކައިރީ ރިދަން އަށް އޭނާ ތައާރަފު ކޮށްދޭން އެދުނެވެ. ލާއިސް ރިދަން އަށް ގޮވާލާ ލުވޭޒު ތަޢާރަފް ކޮއްދިނެވެ. ރިދަން އާއި އިސާހިތަކު ލުވޭޒު ރައްޓެހި ވެއްޖެއެވެ.
އެންމެން އަނގަތަޅަން ތިބެފައި ލާއިސް އާއި ލުވޭޒު މިސްކިތާއި ދިމާއަށް ހިނގާ ގަތީ އަޝުރު ނަމާދު ބަންގި ގޮވުމުން ނެވެ. ދެ މީހުން އަނގަތަޅަމުން މިސްކިތާ ދިމާއަށްވެސް ދިޔަ އިރު ގަބުރުސްތާނަށް ދިމާއަށް މީހަކު ހިނގާފަ ދާތަން ފެނުނެވެ. ރިދަން އާ ވައްތަރު ކަމުން ލާއިސް އާއި ލުވޭޒު އާ ދެމީހުން ފުރަތަމަ ހިނގާ ގަތީ އެ ދިމާއަށެވެ. އެ މީހާ ކުރާ ކަމެއް ބަލާށެވެ. އެމީހާ ހުރީ ކަޅު ކުލައިގެ ހޫޑީ އަކުން މޫނު ފޮރުވައިގެން ކަމުން އެ މީހާ މޫނު ރަނގަޅަކަށް ނުފެނެ އެވެ. އެ މީހާ ފުރަތަމަ ވެސް ގޮސް ހުއްޓުނީ ބޮޑުބެ ގެ މަހާނަ ކައިރީގަ އެވެ. ކުއްލިއަކަށް ލާއިސް ލޮލު ގައި އަޅާ ގަތީ އެމީހާ އަތުގައި އޮތް ރިހި ކުލައިގެ ލެޕްޓޮޕް ކެވެ. އެމީހާ އެ ލެޕްޓޮޕް ހުޅުވާ ކޮންމެސް ކަމެއް ކުރަން ފެށި އެވެ. އެހެން އިނދެފައި އިރު ކޮޅަކުން ތެދުވެ ދާން ހިނގާ ގަތެވެ. މި މީހާ ފަހަތުން ދަނިކޮށް މި މީހާ ގޮސް ވަނީ އެތާ ހުރި ގެ އަކަށެވެ. އޭރު އަޝުރު ނަމާދު ގަމަތް ދީފި އެެވެ. ލާއިސް އާއި ލުވޭޒު އާއި ދެ މީހުން އަވަހަށް ވުޝޫ ކޮށްލައިގެން މިސްކިތަށް އެރިއެވެ.
ނަމާދު ކޮށް ނިންމައިގެން އައީ މަގުމަތީ ދެ މީހުން އެހެން ވާހަކަ އެއް ފެށިއެވެެ. ” އޭ ލާއިސް! އަސްލު މަ ތި ގެއަށް އައީ މާދަމާ އަކީ ހަމީސް އުފަން ދުވަސް ވެގެން އެ ވާހަކަ ބުނަން ވެގެން! އެހެން ވެގެން އެކަމަކާ މަޝްވަރާ ކޮށްލަން ވެގެން! ލާއިސް ދާން ވާނެ މިއަދު ދަނޑަށް! އަހަރެމެން ގުރޭޑް އެންމެން ދާނެ! މިއަދު މަވެސް ދާން ވެގެން މި އުޅެނީ! އެ ތަނަށް ގޮސް ދޯ ކިޔާނީ! ހަތަރު ގަޑި ފަނަރާ ގަ މަ ނައްޓާލާނަން! އޯކޭ ދޯ ކައެ ދާތި! ލުވޭޒު މިހެން ބުނުމުން ލާއިސް އޯކޭ އޭ ބުނެލިއެވެ. ލުވޭޒު މިދަނީ ރެޑީ ވާށޭ ބުނެ އޭނާ ގެއާ ދިމާ އަށް ހިނގާ ގަތެވެ.
ލާއިސް މަޑު ހިނގުމެއް ގައި ގޮސް އޭނާގެ ކޮޓަރި އަށް ވަދުނެވެ. ކޮޓަރި އަށް ވެދުން އިރު ރިދަން އިނީ އަދިވެސް ލެޕްޓޮޕުން އިންޓަނެޓަށް ވަދެގެން ނެވެ. ލާއިސް ލައިގެން ހުރި ގަމީސް ބާލާ އެނދަށް އެއްލާ ލުމަށްފަހު ޖީންސް ވެސް އެނދަށް އެއްލާލިއެވެ. އަލަމާރިން ސޯޓަކާއި ޒޯޒީއެއް ނަގާ އޭތި ލި އެވެ. އެއްޗެހި ލައިގެން އައިސް ރިދަން ކައިރީ ކުޅެން ދާނަން ހޭ ބުނުމުން ރިދަން ބޯ ހޫރާލުމުން ލާއިސް އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުތެވެ.
ކޮޓަރިން ނިކުމެ ބޫޓު އަޅާ ހަރުގަނޑު ކައިރީގައި އަށް ގޮސް ބޫޓު ނަގައިގެން ގެ އިން ނުކުމެ ދަނޑާއި ދިމާއަށް ހިނގާ ގަތެވެ. ދަނޑާ ދިމާއަށް ދިޔަ މަގުމަތިން އޭނާ އާ ލުވޭޒު އާއި ދިމާވި އެވެ ދެ މީހުން ވާހަކަ ދައްކަމުން ދަނޑާ ދިމާއަށް ދިޔައެވެ
އިސާހިތަކު ދަނޑަށް ދެވިއްޖެއެވެ. އޭރު އެންމެން ދަނޑުގައި ތިއްބެވެ. އެންމެން ބައި ބަހައިގެން ކުޅުން ފެށިއެވެ. މަޤްރިބް ނަމާދު ބަންގި ގޮވުމާއި އެކީ ކުޅުން ހުއްޓާލުމަށް ފަހު އެންމެން ގެއަށް ދާން ހިނގާ ގަތެވެ. ލާއިސް ލުވޭޒު އާއި ދެމީހުން ގެ ހުންނާނީ ކައިރީގައި ކަމުން އެ ދެ މީހުން ދިޔައީ އެއް މަގަކުންނެވެ. ދެ މީހުން ދައްކަމުން ދިޔައީ މިއަދު މިސްކިތް ކައިރިން ފެނުނު މީހާ ގެ ވާހަކަ އެވެ. ” އޭ ލުވޭ ހިނގާބަ މިރޭސް އެގޭ ފާރު މަތިން ބަލަން އެގެ! ސަޅި ވާނޭ ބުރޯ! ލާއިސް ބުނެލި އެވެ.” އާން މަ އަންނާން ފެންވަރާ ގެން ތި ގެއަށް އޯކޭ އެއްނު! ލުވޭޒު އެހެން ބުނެ އޭނާގެ ގެއަށް ވަނެވެ.
ލާއިސް ވަރަށް ވަރުބަލި ވެފަ ހުރު މުން ހިނގެނީ ވަރަށް މަޑުން ނެވެ. މަޑު ހިނގުމެއް ގައި ހިނގަމުން ގޮސް ގެއާ ހަމަވުމުން ބޫޓު ބާލާ ބޫޓު އަތުން ހިފައިގެން ގެއަށް ވަދުނެވެ. ބޫޓު ހަރުގަނޑު ގައި ބަހައްޓާ ލާއިސް ހިނގާ ގަތީ ކޮޓަރި އާއި ދިމާއަށެވެ. ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އިރު ރިދަން އަދިވެސް އިނީ ލެޕްޓޮޕާއި ކުޅޭށެވެ.” އޭ ލާއިސް އެގިއްޖެ މިހާރު ހަދަންވީ ގޮތް! ފުރަތަަމަ މި އުޅެނީ ހަމްދާނު ހޯދަން! ހިނގާބަ މަ ބުނާ ތަނަކަށް! ރިދަން އަށް ލާއިސް ފެނުމުން ހަދަންވީ ގޮތް އެގިއްޖެ ކަމަށް ބުންޏެވެ. އަހަރެން އެބަ އަންނަން ފެންވަރާގެން ” އެހެން ބުނެ ލާއިސް ފެންވަރަން ފާޙާނަ އަށް ވަދުނެވެ.
އިރުކޮޅަކުން ލާއިސް ފެންވަރާނިކުމެ ރީތި ވާން ފެށި އެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ވައްޓާލިއެވެ. އަލަމާރިން ކަޅު ކުލައިގެ އަތްދިގު ޓީސާޓެއް ނަގާ އެ ޓީސާޓާ އެކު މަޑު ނޫކުލާގެ ޖީންސެއް ލިއެވެ. ރީތި ވެ ނިމިގެން ރިދަން އާ އެކު ކޮޓަރިން ނުކުތެވެ.
ލާއިސް ފައިވާނަށް އަރާ ރިދަން ގެ ފަހަތުން ހިނގައި ގަތެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ ލުވޭޒު ލާއިސް އަށް ވަރަށް ބާރަށް ގޮވާ އަޑު އިވުނުވެ. ލާއިސް ފަހަތް އެނބުރި ބަލާލި އިރު ލުވޭ އެތާ ހުއްޓެވެ. ލާއިސް ލުވޭޒު ކައިރީ އަންނާށޭ ބުނުމުން ލުވޭޒު އެތަނަށް އައެވެ. ” ލާއިސް ކޮންތާކަށް ތި ދަނީ މި ގަޑީގައި ރިދަން ފަހަތުން!” ލުވޭޒު އެ ތަނަށް އައިސް ބުނެލި އެވެ. “އޭ ލުވޭ ހިނގާބަ އަހަރެމެންނާއި ތަނަކަށް!” ލުވޭޒު ހިނގާބަލާށޭ ބުނުމުން ދެ މީހުން އެއް ކޮއް ރިދަން ފަހަތުން ހިނގާ ގަތެވެ.
ރިދަން ގޮސް ހުއްޓުނީ އެއްކަލަ އިރު ގަބުރުސްތާނުން ފެނުނު މީހާ ވަން ގެ ކުރި މައްޗަށެވެ. ” ލާއިސް އޭ މީ އެއްކަލަ މީހާ ވަން ގެ ދޯ” ލުވޭޒު ވައި އަޑުން ލާއިސް ކައިރީ ބުނެލި އެވެ. ލާއިސް އާއެކޭ ބުނެލި އެވެ. ” އޭ ރިދަން! ކީއް ކުރަން މި ތަނަށް ތި އައީ!” ލާއިސް ވަރަށް ހައިރާން ވެފައި އަހާލިއެވެ. ” އާދެބަ މި ގެއަށް ވަންނަން އޭރަށް އެނގޭނީ ކީއް ކުރަން ކަން މި ގެއަށް އައީ!” ރިދަން ޖަވާބު ދިނެވެ. ލާއިސް ބޯ ޖަހާލުމަށް ފަހު ރިދަން ގެ ފަހަތުން އެގެއަށް ވަންނަން ހިނގާ ގަތެވެ.
ތިން މީހުން އެއްކޮށް އެގެއަށް ވަން އިރު މުޅި އެ ގެ ހުރީ އަނދިރި ކޮށެވެ. ” ކޮން ބައެއް!” ކުއްލިއަކަށް ވަަރަށް ބަރު އަޑަކުން މީހަކު ގޮވާލި އަޑު އިވުނުވެ. ކުރިމަތިންނެވެ. ކުރިމަތީގައި ހުރި އަދިރި ގަނޑު ތެރެއިން ކަޅު ކުލައިގެ ހޫޑީ އެއް އަޅާފައި ހުރި މީހަކު ނުކުތެވެ.
(ނުނިމޭ)

17

1 Comment

  1. ވާހަކަކިޔުންތެރިއެއް 📖

    September 26, 2020 at 11:51 am

    Up to date

Comments are closed.