ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ތުނޑީގައި އިށީނދެ އިން ފިރިހެން ކުއްޖާއަށް އެންމެން ދެމުން އެދަނީ ހަމްދަރުދީގެ ނަޒަރެވެ. ރަށަކީ ކުޑަ ރަށެށް ކަމުން ކިތަންމެ ކުޑަ ކަމެއް ވިޔަސް ރަށު ތެރޭ އެ ޚަބަރެއް ވަރަށް އަވަހަށް ފެތުރިގެން ދެޔެވެ. މި ފިރިހެން ކުއްޖާއަށް ވެފައި އެއިނީ ކިިހިނެއް ބާވައެވެ؟؟ މި ސުވާލުގެ ޖަވާބު ހޯދުއްވުމަށް މި ވާހަކައަށް އިންތިޒާރު ކޮއްލައްވާ… ނޯޓު: މިއީ 2 ޕާރޓުގެ ކުރު ވާހަކަ އެކެވެ.
ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި އެކި […]
ޔަމާނީ ހިސާބަކުން ދޫނި މަޑު ކޮށްލިއެވެ. މަޑުމަޑުން ޖުޕިޓާއަށް ތިރިކޮށް ލިއެވެ. އޭނާ ދެން ބަދަލުވީ ފައިދިގުމަކުނަކަށެވެ. މަޑުމަޑުން ގޮސް ހަވަމީގެ ގަނޑުވަރަށް ވަނެވެ. އޭރު ކާގޭގައި ހުރި ހަވަމީގެ ލޭތަށި ތެރެއަށް… އޭނާ ވެއްޓުނެވެ. މިވީ އޭނާގެ ނިމުމަށެވެ. އެއިން ސަލާމަތް ނުވެގެން އުޅެނިކޮށް ހަވަމީ އެތަށި ބޯލިއެވެ. ނަމަވެސް ޔުމްނު ޝަމްސަށް ކުރި ނަފުރަތު ކުރުން ތަށް ބަދަލު ވިއެވެ. ” ޝަމްސް ކިހިނެއްވީ “ޔުމްނު އަށް ހޭލެވުނު އިރު ޝަމްސް ޔުމްނު އަށް […]
“ޔާލް….. އައި މިސްޑް ޔޫ…” އެއާޕޯޓުގެ އެރައިވަލްސް ބައިގައި ހުރި މިޒްޔަލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އަންހެން ކުއްޖަކު އައިސް ބައްދާލުމުންނެވެ. “ޒީން؟…” މިޒްޔަލްއަށް ބުނެވުނެވެ. އެހެނީ އޭނާއަށް އެއަޑު ވައްތަރުވީ އޭނާގެ ބޮޑުދައްތަ ފާއިޒާގެ ދަރިފުޅު ކައިޒީންއާއެވެ. “އޯހް… ޔާލްއަށް ސިއްރެއް ނުވިދޯ…” ކައިޒީން އޭނާގެ ރަންކުލައިގެ ފަން އިސްތަށިގަނޑު އަތުން އޮޅާލަމުން ތުއިގޮތަކަށް ބުނެލިއެވެ. ކައިޒީންއަކީ ފާއިޒާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެންމެ ހަގު ކުއްޖާވެސް މެއެވެ. ބޮޑަށް ތިބޭ ދެފިރިހެން ކުދިން […]
އެމީހާ ހުރީ ދެވިސްނުމެގައެވެ. އެފައިސާގައި ހިފައިފިނަމަ އެމީހުންގެ ދިރި އުޅުން ވަރަށް ބޮޑުތަން ރަނގަޅުވާނެއެވެ. ފައިސާގެ ދަތިކަމަކާ ހުރެ އުޅޭކަށް ނުޖެހޭނެއެވެ. އެހެންމަވެސް އޭނާގެ ދަރިފުޅަކަށް އިންސާފެއް ނުލިބޭނެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އެމީހާ ހަމްޒާގެ ޝަރުތަށް އެއްބަސްވިއެވެ. އިތުރަކަށް އެކައްޗެކޭވެސް ނުބުނެ ހަމްޒާ އެތަނުން ނުކުތެވެ. ***** ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ލަމްހާގެ ޒަހަމްތަށްވެސް ރަނގަޅުވަމުން ދިޔައެވެ. މިހާރު މަދުމަދުން ހިނގާވެސް އުޅެއެވެ. ކުރިއެކޭ އެއްގޮތަށް ރަނގަޅަށް ކާތީ ހަށިގަނޑުވެސް ރީތިވެއްޖެއެވެ. ނަމަވެސް ބަދަލުވީ އެންމެ […]
*ޒަކުވާން ކުޑަދޮރާއި ދިމާލަށް ބަލާލައިފައި އޭނާގެ ފޯނު ނަގާ އެ ކުޅެން ފެށިއެވެ. ނައުފަލް އެތަނުން ވާހަކަ ފޮތެއް ނަގާއެ ކިޔަން ފެށިއެވެ. ކައިލާން ގޮނޑިއެއް ގެނެސް ކުޑަ ދޮރު ކައިރީގައި ބަހައްޓައި އިށީނެވެ.* ********************************* ބްރިޖް އިން ލާފައި މާލެ އެރި އެމްޓީސީސީ ބަސް ފަހަރަކު ސްޓޮޕަކަށް ހުއްޓަމުން ހުއްޓަމުން ގޮސް އެންމެ ފަހުން ގްރޭޓަރ މާލޭ ބަސް ސްޓޭޝަން ކައިރީއަށް ބަސް ހުއްޓިއެވެ. ބަހުގައި ތިބި އެންމެން ފައިބަން ފެށުމުން ޒައިނީވެސް އެމީހުންނާއެކު އެ ބަހުން ފައިބައި ސްޓޭޝަން އިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ހަމަ އެބަހުން ނުކުތް ބައެއް މީހުން އެތަނުގައި ޓެކްސީ އެއް ހޯދުމުގެ ބޭނުމުގައި އެއް ކާރަކަށް ފަހު އަނެއް ކާރަކަށް އަތް ނަގަމުން ދިޔައެވެ. ޒައިނީ ދެކޮޅު ބަލާލުމަށް ފަހު މަގު ހުރަސް ކޮށް އަނެއް ފަރާތަށް ހިނގައިގަތެވެ. އަަދި މޭރީ ބްރައުން ގެ ދޮރުމަތީގައި ހުއްޓިލައިގެން އިރުކޮޅަކު ހުއްޓެވެ. ވަންނަން ޚިޔާލު ކޮއްފައިވެސްނުވަދެ އޭނާ ހިނގައިގަތެވެ. މަގަކަށް އަޅައިލުމާއު އެކު އޭނާއަށް ނުކުމެވުނީ އަމީނީމަގަށްވެ. އިއްޔެ ކާރުގައި މާލެ ވަށައި ބުރު ޖެހިވަގުތު އޭނާއަށް މިމަގުގުގައި ހުރިފުޑް ކޯޓުތައް ވަނީ ފެނިފައެވެ. ނަމަވެސް އޭނާ އެތެރެއަށް ކުޑަކޮށް ބޯ ދިއްކޮށްލުމަށްފަހު އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އެގޮތަށް މަގުމަތީގައި ހަަތަރު މިނަޓު ވަންދެން އެނބުރުމަށް ފަހު އޭނާއަށް ރަސްފަންނަށް އާދެވިއްޖެއެވެ. މޫދުގައި ކުދިން މަޖާނަގަމުން ދިޔައިރު މޫދު ކަސްރަތު ކުރާ މީހުން ވެސް ތިއްބެވެ. ޒައިނީ ވެލިގަނޑުގައި ވަކި މަންޒިލެއް ނެތި ހިނގަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ގްލޯރިއާ ޖީންސް ކޮފީސް ބޮޑު އަކުރުން ޖަހާފައިވާ ކެފޭ އެއް ފެނުމާއިއެކު އޭނާ އަށް ހިނިތުންވެލެވުނެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ********************************* ‘ދެން ފައިބާ.. މިހާރު ނައުފަލް ހުންނާނެ ރަތް ވެފަ..’ ޖިޔާން ކާރު ސޯޝަލް ސެންޓަރ ކުރިމަތީ މަޑުކޮށްލަމުން ބުންޔެވެ. ޖިމްޔާން ކަންފަތަށް ހެޑްސެޓް ލައްވައިފައި ވުމުން އޭނާއަށް ދެންމެ ޖިޔާން ވާހަކަ ދެއްކި ކަމެއްވެސް ނޭނގެ އެވެ. އެއަށްވުރެން ބޮޑަށް ޖިމްޔާން ހުރީ އޭނާ ނެޓްފްލިކްސް އިން ބަލަމުން ދިޔަ ‘ދަ ނޯޓްބުކް’ މޫވީ އަށް ގެއްލިފައެވެ. ޖިޔާން މިފަހަރު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ނަމަވެސް ކުރިޔެކޭ އެއްފަދައިން އޭނާއަށްއެ އަޑެއް ނީވުނެވެ. އެވަގުތު ޖިޔާން އަށް އޭނާގެ ފެންފުޅި ފެނުނެވެ. އެހެން ކަމުން ޖިޔާން ގެ ބޮލަށް އައި އެންމެ ފުރަތަމަ ކަން ކޮށްލިއެވެ. ‘އޭތް!” ޖިމްޔާން އަށް ހަމަ ބިމަށް އާދެވުނީ ޖިޔާން އޭނާގެ އަނގަޔަށް ފެންއަޅާ ޖިމްޔާންގެ މޫނަށް ބުރުއްސާލުމުންނެވެ. ޖިޔާން އަނެއްކާވެސް އަނގަޔަށް ފެން އަޅާ ޖިމްޔާންގެ މޫނަށް ބުރުވާލަން ތައްޔާރުވިއެވެ. ޖިމްޔާން ޖިޔާން ގެ ކޮލުގައި ޖަހާލައިފައި ކާރުން ނުކުންނަން އަވަސްވެގަތެވެ. ޖިޔާން އަނގައިގަ ހުރި ފެން ކޮޅު ދިރުވައިލަމުން ބޯ ކަހާލިއެވެ. އޭރު ޖިމްޔާން މަޑު މަޑުން ރަސްފަންނުއައި ދިމާލަށް ދަނީއެވެ. ބޯހޫރައިލުމަށްފަހު ޖިޔާން ކާރު ހުޅުމާލެ އަށް ދިޔުމަށް އަނބުރާލިއެވެ. ޖިމްޔާން ފަހަތައް އެނބުރި ބަލާލި ވަގުތު ޖިޔާންގެ ކާރު ނެތުމުން އޭނާއަށް ހައިރާންވެވުނެވެ. ނަމަވެސް އޭނާ ކޮނޑު އަރުވާލުމަށްފަހު އަނެއްކާ ވެސް ކުރިޔަށް ހިނގައިގަތެވެ. ‘އެކްސްކިއުޒް.. ގްލޯރިއާ ޖީންސް ކޮފީސް ކޮބާތަ؟’ ރަސްފަންނަށް އާދެވުމާއިއެކު ކުރިމައްޗަށް އެރި އަންހެން ކުއްޖެއް ކައިރީ ސުވާލު ކުރިއެވެ. ‘އެހެރީ..’ އެކުއްޖާ އަތް ދިއްކުރީ މޫދުގެ ލޮނުގަނޑުގައިކިރިޔަ ކިރިޔާ ޖެހިފައި ހުރި އިމާރާތަށެވެ. ޝުކުރު އަދާ ކުރުމަށްފަހު ޖިމްޔާން އެދިމާޅަށް ދިޔައެވެ. ޖިމްޔާން ހިނގަމުން ދިޔަ އިރު އޭނާއަށް ގިނަ ބަޔަކުގެ ލޯތައް ހުއްޓެމުން ދިޔައެވެ. އެތަނުންވެސް ގިނައީ އަންހެން ކުދިންނެވެ. އެއްބައި އަންހެން ކުދިން ލޯ ބޮޑުކޮށްގެން އަނގަމަތީ އަތް އަޅައިފައި ވާއިރު އަނެއް ބައި ކުދިން ޖިމްޔާން ގައިގައި އަތް ލެވޭތޯ ފަހަތުން ދުވަނީއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އޭނާ ގައިގައި އަތް ލެވުމުގެ ކުރިން އޭނާ ފަހަތަށް އެނބުރި އެކުދިންނާއި ދިމާލަށް ހީނލިއެވެ. މިކަންވެސް ވެގެން ދިޔައީ މުޅި ގޮނޑުދޮށުގައި އަންހެންކުދިންގެ ތޫލި ހަޅޭކުގެ އަޑު މުޅިތަނުގައު ގުގުމައިލީ ކަމަކަށެވެ. ޖިމްޔާންއަށް މީ ފެނިފެނި ބާވެފައިވާ މަންޒަރެއް ކަމުން އަނެއްކާވެސް އޭނާ ހީނލާ އިސްތަށީގައި އަތް ކާއްތާލުމަށްފަހު ގްލޯރިއާ ޖީންސް ކޮފީސްގެ އިމާރާތް ތެރެއަށް ވަދުނެވެ. ******************************** ޒައިނީ އެތެރެއަށް ވަދެ ވަށައިގެން މޭޒަކަށް ފަހު މޭޒަކަށް ބަލާލިއެވެ. ވަގުތަކީ މީހުން މަދު […]
” ކިހިނެއްވީ ކަލޭމެން މިސްކިތުން ނިކުމެގެން ތިއުޅެނީ..” އަހަރެން އަހާލީމެވެ. ” ސަމީރުތީ މޮޔައެއްތަ؟.. މިސްކިތަކީ އަހަރެމެން ބޭނުންހާ ވާހަކައެއް ދައްކަން ގޮސް ތިބޭނެ ތަނެއް ނޫނޭ..” އުމައިރު ބުންޏެވެ. ” އޯކޭ.. އަހަރެން ދިޔައީ އަދި ހަވީރު ސައި ނުބޮއެ މިހުރީ..” އަހަރެން ބުނެލީމެވެ. ” ސަމީރު އަހަރެމެންނަށް ހީވަނީ ތި ކުރެވެނީ ރަގަޅު ކަމެއް ނޫންހެން.. އެކުއްޖާއާ އެކު ތިހެން އުޅެން ނަހަދާ.. ސަމީރުއާ ގުޅޭ ކަހަލަ ކަމެއްވެސް ނޫން..” ޒާހިދު ބުންޏެވެ. އަމްނާއާ […]
*’އަނެއްކާ ލިޒީއަށް ކަމެއް ވީބާ..’ ޔޫލީން އެގޮތަށް ބުނެވެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫނުސް އަށް އެއަޑު ވަރަށް ސާފުކޮސް އިވުނެވެ. ނަވްރީންއަށް ވެސް އިވުނެވެ. ނަމަވެސް ބާކީ ތިބި ކުދިންނަށް އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެކުދިން ތިބީ އެކުދިންގެ އަމިއްލަ ހިޔާލީ ދުނިޔޭގައެވެ.* ގާތް ގަނޑަކަށް ދެ ގަޑިއިރު މާލެ ވަށައިގެން ބުރު ޖެހުމަށްފަހު ޔޫނުސް ކާރު ހުޅުމާލެކޮޅަށް އަނބުރާލިއެވެ. މާލޭގައި ކާރު ދުއްވި ވަގުތު ވާހަކަ ދެއްކީ ޔޫލީން، ޔޫނުސް, ނަވްރީން އަދި ނައިލީ ނޫން ހުރިހާ އެންމެނެވެ. ބައެއް ފަހަރު ‘އައި ސްޕައި’ ކުޅުނު އިރު އަނެއްބައިފަހަރު ‘ޓްރުތް އޯރ ޑެއަރ’ ކުޅެއެވެ. ދަތުރުގެ މަޖާގައި ބައިވެރި ނުވާ ހަތަރު މީހުން ތިބީ އަގައިންވެސް ނުބުނެއެވެ. ހުޅުމާލެއަށް އަރާ ހޮޓެލާއި ހަމަ އަށް ދެވުމާއިއެކު ޔޫނުސް ކާރު ގަރާޖުގައި ޕާކު ކުރުމަށް ފަހު ހޮޓެލުގެ […]
ކުއްލިއަކަށް ޖަމީލާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ނިހާން ޖަމީލާގެ އަތް ފޮޅުވައިލައިފައި ފަވާޝަތު ކައިރިއަށް ގޮސް ނިހާ އުރައިލިއެވެ. އަދި ޒާޔާގެ އަތުގައި ހިފައިގެން ޒާޔާ ގޮވައިގެން އެތަނުން ހިނގައިގަތެވެ. ނިހާންމެން ދިޔުމާއިއެކު ފަވާޝަތުމެންވެސް އެމީހުންގެ ގެއަށް ދާން މިޞްރާބުޖެހިއެވެ. ބަނދަރުމަތިން މީހުންތައް މަދުވަމުން ގޮސް މިހާރު އެތާ ތިބީ އުސްމާނާއި ޖަމީލާ އެކަންޏެވެ. ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި ދެތިން މީހަކު އޮލަ ވާހަކަތަކެއް ދައްކަން ތިއްބެވެ. ޖަމީލާ އިސްޖަހައިގެން ހުރެ ރޮނީއެވެ. ޖަމީލާ […]